“ޒަފަރް..” ޒޯޔާއަށް ވައި އަޑުން ބުނެލެވުނު އިރު ބިރުން މީހާ ތުރުތުރު އަޅަމުން ދިޔައެވެ.
“އަހަރެން މަތިން ހަނދާންވިތަ..؟” ޒޯޔާގެ ކުރިމަތީ ހުއްޓިލަމުން ޒަފަރް ވެރިކުރުވީ ވިހަ ހިނިތުންވުމެކެވެ.
“މިތާ..؟ ކިހިނެއް..؟ އަހަރެން..” ޒޯޔާ ހާސްވެފައި ހުރިވަރުން ރަނގަޅަކަށް ވާހަކައެއް ނުދެއްކުނެވެ. އެފަދައިން ކުއްލި އަކަށް ޒަފަރް ފެނިދާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ.
“ޒޯޔާ މިތާ ހުރިކަން އެނގުނީ ކިހިނެއްހޭ އަހަންތަ ތިއުޅެނީ..؟ ޒޯޔާ ހީކުރީތަ އަހަރެންގެ ކިބައިން އެހާ ފަސޭހައިން ސަލާމަތްވެވޭނެ ކަމަށް.. އަހަރެން އަބަދުވެސް ހުންނާނީ ޒޯޔާގެ ހިޔަނި ފެންނަ ފަށުގަ.. އަދި ހަނދާން ކުރާތި.. އަހަރެން ބުނި ބަހުގެ ތެދުކަން ދައްކާލާނަން.. ކަލޭ އަތުން ތިއޮތް ދަރިފުޅުވެސް އަތުލާނަން..” ޒަފަރް އިންޒާރެއްދޭ ބީދައިން ބުނެލިއެވެ. އެހެނަސް އެވާހަކަތަކާއެކު ޒޯޔާގެ ގައިން ހީބިހި ހިލުވާލިއެވެ. ޒަފަރްގެ ވަކިތަކުން ދުވަހަކުވެސް މިންޖު ނުވެވޭނެކަމަށް ހިތް ބުނަމުން ދިޔައެވެ.
ކާރު ދުއްވަމުން އައި އައިވިން އަށް ޒޯޔާގެ ކައިރީ ހުއްޓިގެން މީހަކު ހުރިތަން ފެނުނެވެ. ފުރަގަހަށް އެނބުރި އެ ހުރި މީހަކާ މެދު ސުވާލު އުފެދި ހުރެ ކާރު ކްލިނިކް ކައިރިއަށް މަޑު ކޮށްލިއެވެ. އެހިނދު ޒޯޔާގެ ކައިރީ ހުރި މީހަކީ ކާކުކަން އެނގުމާއެކު އައިވިން އަށް ތެޅިގަނެވުނެވެ. ކާރުން ފައިބަމުން ޒޯޔާގެ ކައިރިއަށް ދެވުން ގޮތްވެސް ނޭނގެއެވެ. ޒޯޔާގެ ހުދުވެފައި ވާ މޫނު ފެނުން އައިވިން ޒޯޔާ ގެނެސް އޭނާގެ ގަޔާ ކައިރި ކޮށްލިއެވެ.
“ޒަފަރް މިތާ ކީއްކުރަނީ؟” ރުޅިވެރިކަމާއެކު އައިވިން ޒަފަރް އާ ދިމާއަށް ބަލާލިއެވެ.
“މިއީ ކުޑަ ކަމެއް ޒޯޔާއަށް ހަނދާން ކޮށްލަ ދިނީ.. ހަނދާނުން ކަސިޔާރު ވެދާނެތީ..” ޒަފަރްގެ މޫނުމަތިން ކުށްވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ފާޅުނުވެއެވެ. ދެފިޔަޅު ޒޯޔާގެ ކައިރިއަށް ޒަފަރް އަޅާލިއެވެ.
“ޒޯޔާ އާ ދުރުގަ ހުރޭ!” އައިވިން އަމުރު ކޮށްލަމުން ޒަފަރްގެ މޭގައި އަތް އަޅާ ދުރަށް ޖައްސާލިއެވެ. މަލާމާތުގެ ބަލާލުމަކުން ޒޯޔާ އާ އައިވިން އަށް ޒަފަރް ބަލާލުމަށްފަހު ލޮލުގައި އަވިއައިނު އަޅާލުމަށްފަހު ހިނގައިގަތީ އޭނާގެ ކާރާ ދިމާއަށެވެ.
“ދެމީހުން ބަލަން ތިބޭތި..” ޒަފަރް ހުއްޓި ފަހަތަށް އެނބުރެމުން އައިވިން އަށާ ޒޯޔާއަށް އިއްވާލުމަށްފަހު ހުޅުވާލަދިން ކާރުގެ ދޮރުން އެތެރެއަށް ވަނެވެ. ކާރު ދުއްވާލުމާއެކު އައިވިން ބަލާލީ ޒޯޔާއަށެވެ.
“ދެންމެ ވީކަންތައް ހަނދާން ނައްތާލާ.. ހިނގާ ދާން..” ޒޯޔާ ހުރީ ބިރުގަނެފައިކަން އިޙްސާސްވެ އައިވިން ބުނެލިއެވެ. އައިވިން ޒޯޔާގެ އަތުގައި ހިފައިގެން ގެނެސް ކާރަށް އެރުވުމަށްފަހު ކާރު ދުއްވާލިއެވެ.
މާލޭގެ ކާރޫބާރު ބޮޑެތި މަގުތަކުގައި އުނދަގުލާއެކު ކާރު ދުއްވަމުން ދިޔަ އައިވިން އަށް ދޭތެރެއަކުން ޖެހިގެން އިން ސީޓުގައި އިން ޒޯޔާއަށް ބަލައިލެވެއެވެ. ޒޯޔާ އާދަޔާ ޚިލާފަަށް ބަސްމަދުވެފައި އިންކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ޒަފަރް ފެނުމުން އައި ބަދަލެއްކަން އައިވިން އަށް އެނގެޔެވެ. އޭނާ ނެތް ވަޤުތުގައި ޒޯޔާގެ ހަމަޖެހުން ގެއްލިދާފަދަ ވާހަކައެއް ޒަފަރް ދެއްކީކަމުގައި އައިވިން އަށް ޝައްކު ކުރެވެން ފެށުނެވެ.
******
ކާރު ގަރާޖަށް ވެއްދުމަށްފަހު އައިވިން އާއި ޒޯޔާ ލިފްޓަށް އެރީ އެކުއެކީގައެވެ. ޕެންޓް ހައުސްއަށް ވަދެވުމާއެކު ޒޯޔާ މިސްރާބު ޖެހީ ކޮޓަރިޔާ ދިމާއަށެވެ. ހިތަށް ލިބިފައިވާ ނުތަނަވަސް ކަމުގައި އެކަނިވެލަން ބޭނުންވީއެވެ. ނަމަވެސް އައިވިން ގޮވާލުމާއެކު ޒޯޔާއަށް ހުއްޓެން މަޖުބޫރުވިއެވެ.
“އަހަންނަށް އެނގޭ ޒޯ ތިހިރީ ކަމެއްވެފަ ކަން.. އަހަންނަކަށް ކިޔައެއް ނުދޭނަންތަ..؟ ޒަފަރް ވާހަކައެއް ދެއްކީތަ..؟” އައިވިން ޒޯޔާ އާމެދު ކަންބޮޑުވެފައިވާކަން އެ މޫނުނަތިންވެސް ފެންނަމުން ދިޔައެވެ.
ޒޯޔާއަށް ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް އެދެލޯ ފެންކަޅި ވެއްޖެއެވެ. އެތަން ފެނި އައިވިން އަވަސް އަވަހަށް ޒޯޔާގެ އަތުގައި ހިފާލައިގެން އައިސް ސޯފާގައި ބޭނދިއެވެ. އަދި ނަޖުމާއަށް ގޮވާލަމުން ފިނި ފެންތައްޓެއް ގެނެސް ދިނުމަށް އައިވިން އެދުނެވެ.
ފެންޓަށި ތަބަކަކަށް ލައިގެން އައި ނަޖުމާއަށް އިސްޖެހިފައި އިން ޒޯޔާ ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އިޙްސާސްކުރެވުނެވެ. އެހެނަސް އޭނާ ދެމީހުންނަށް އެކަނި ވެލަން ވަޤުތު ދެމުން ފެންތަށި ބަހައްޓާފައި އަނބުރާ ހިނގައިގަތެވެ.
“ހަމަޖެހިލައިގެން މި ފެންތަށި ބޯލާ.. ހާމަ ފެންޑާއަށް ނިކުމެލަން ބޭނުންތަ..؟” ޒޯޔާގެ ކަރުނަތައް ފޮހެލަ ދެމުން އައިވިން ސުވާލު ކުރިއެވެ. ހާމަ ތަކަނަކަށް ނިކުމެލުމުންވެސް ޒޯޔާ ހަމަޔަކަށް އެޅިދާނެ ކަމަށް އައިވިން އަށް ވިސްނުނެވެ.
ފެންތަށި ބޯލަމުން ޒޯޔާ ބޯ ޖަހާލިއެވެ. އައިވިން ޒޯޔާ ސޯފާއިން ތެދުއްވުމަށްފަހު ހާމަ ފެންޑާއަށް ނިކުންނަން ހިނގައިގަތެވެ.
*********
ހާމަފެންޑާގެ ލައުންޖް ގޮނޑިތަކުގައި އައިވިން އާއި ޒޯޔާ ހަމަޖެހިލިއެވެ. އިރުކޮޅަކު އިސްޖަހައިގެން އިނުމަށްފަހު ޒޯޔާ ވާހަކަ ދައްކަން ފެށިއެވެ.
“އޭނަ ބޭނުންވަނީ އަހަރެންގެ ދަރިފުޅު އަތުލަން.” ޒޯޔާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައި ވެއެވެ. އައިވިން އަށް ޒޯޔާއަށް ބަލާލެވުނީ ކަންބޮޑުވެ އިނދެއެވެ.
“ޒޯ.. ޒަފަރް ބުނާ ވާހަކައެއް އަޑު އަހާނެކަމެއް ނެތް.. އޭނަ އެއުޅެނީ ޒޯ ބިރުގެންނުވޭތޯ.. އަހަރެން އިރާދަކުރެއްވިއްޔާ ޒޯ އާ ބޭބީ ރައްކާތެރި ކުރާނަމޭ..” އައިވިން އަވަހަށް ބެލީ ޒޯޔާ ހިތްހަމަ ޖެއްސޭތޯއެވެ.
“އައިވިން އަކަށް ނޭނގޭނެ.. ޒަފަރް އަކީ އޭނަ ކުރަން ދިމާކޮށްފި ކަމެއް އެއްގޮތުން ނޫނީ އަނެއްގޮތުންވެސް ކުރާ މީހެއް..އޭނަ ބޭނުންވާނެ އަހަރެންނާ އަހަރެންގެ އާއިލާ ހަލާކު ކޮށްލަން..” ޒޯޔާ ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. ޒަފަރް ގެ އިންޒާރު އަދިވެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދާފަދައެވެ.
“ކީއްވެތަ ޒަފަރް ޒޯއަށް އެގޮތަށް އެކަންތައް ކުރަނީ..؟ އޭނަ ޒޯގެ ދިރިއުޅުން ހަލާކު ކޮށްލަން މަސައްކަތް ކުރަންވީ ކީއްވެތަ..؟” އައިވިން އަށް އަވަސް އަވަހަށް ސުވާލު ކޮށްލެވުނެވެ. ސޯބިރާ އޭނާގެ ގާތުގައި ދެއްކި ވާހަކަތައް ކުއްލިއަކަށް ހަނދާނަށް ވެރިވެގެން ދިޔައެވެ. ޒޯޔާ ޒަފަރް އާއެކު އުޅެނީ މަޖުބޫރުވެގެން ކަމަށް ބުނި ހަނދާން އާވުމުން އެކަމުގެ ސަބަބު ހޯދަން އައިވިންގެ ހިތް ތެޅިފޮޅި ގަތެވެ.
އައިވިންގެ ސުވާލާއެކު ޒޯޔާ ހިނމޭންވެލިއެވެ. އޭނާއަށް އެއީ ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ދިރިއުޅުމުގައި ކުރިމަތިވި އެންމެ ކަޅު އަނދިރި ދުވަސްތައް ހިތުގައިވަނީ ފަސޭހަ ވުމެއްނެތް ޒަޚަމްތަކެއް އުފައްދާފައެވެ. އެވާހަކަ ދައްކަން ފަސްޖެހެވޭ ސަބަބަކީ އެއީއެވެ.
“ޒޯ ޕްލީސް.. ދެން އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ނުފޮރުވަބަލަ. އަހަރެންނަށް ޒޯގެ ތި ހިތާމަ ތަކާ ކަންބޮޑު ވުންތަކުގައި ބައިވެރި ވުމުގެ ހުއްދަ ދީބަލަ..ކިހާ ދުވަހެއް ވަންދެންތަ ތި ގޮތަށް ހިތުތެރޭގަ ހުރިހާ ކަމެއް ފޮރުވައިގެން ހުންނާނީ..” އައިވިންގެ އަޑުގައިވަނީ އާދޭހެވެ. އޭނާއަށް ޒޯޔާގެ ހިތާމަތަކަށް ލުޔެއް ގެނެސްދެވޭނީވެސް އެހިތާމަ ތަކުގެ ފަހަތުގައިވާ ސަބަބު އެނގިގެން ނޫންހެއްޔެވެ.
ޒޯޔާ ނޭފަތް އެތެރެއަށް ދަމާލަމުން ހަމަޖެހިލިއެވެ. އޭނާ ހިތްވަރު ކޮށްފައި އައިވިން އަށް އެހާދިސާ ކިޔައިދެން ފެށިއެވެ.
*******
މާލެއިން ކިޔަވާ ނިންމައިގެން ރަށަށް އާދެވުމާއެކު ޒޯޔާގެ ހިތަށް ބުނެދެން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. އަންގާވެސް ނުލާ ކުއްލިއަކަށް ޒޯޔާ އައުމުން ޝޮކުގައި ތިބި މަންމަ އާއި ބައްޕަގެ ގައިގާ ޒޯޔާ ބައްދާލީ ލޯބިންނެވެ.
ހޮސްޕިޓަލިޓީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރި ޒޯޔާ ވަޒީފާ ހަމަޖެހިގެން ދިޔައީ ރަށުގައި ހުރި އެންމެ ނަން މަޝްހޫރު “ފްލެކްސް ގެސްޓް ހައުސް” އިންނެވެ. މަސައްކަތައް ފަރުވާ ބަހައްޓާ ޒޯޔާ ތަނުގައި މަސައްކަތް ކުރަމުން ދިޔައީ ކަމަށް ކަމޭހިތައިގެން އެކަން ކުރާހިތުންނެވެ. އެހެނަސް ޒޯޔާގެ ހިތުގައިވާ ހަމައެކަނި ޝަކުވާ އަކީ ތަނުގެ ވެރިމީހާއެވެ. ޒަފަރް އޭނާއަށް ކުރިމަތިކުރުވާ ނަޒަރާއި ދޭ ހިނިތުންވުން ޒޯޔާއަކަށް ކަމަކު ނުދެއެވެ. އެ މޫނުމަތިން ހިތްހެޔޮކަން ފެނުމުގެ ބަދަލުގައި ދަހިވެތިކަން ހާމަވަމުން ދާތީއެވެ. ބައެއް ފަހަރު ޒަފަރް ކޮށްލާ ކުދި ކުދި ގޯނާއިން ޒޯޔާގެ ރުޅިގަނޑު އިންތިހާއަށް ދެއެވެ. ޒޯޔާގެ އިސްތަށިގަނޑުގައި ހިފާލުމާއި ނޫންގޮތަކަށް އަތުގައި ހިފުން އާންމު ކަމަކަށް ވެގެން ދިޔައެވެ. ތަނުގެ ވެެރިފަރާތަށް ވުމުން ކުރެވޭނެ މާބޮޑު ކަމެއް ނެތް ނަމަވެސް ޒޯޔާ ވިސްނަމުން ދިޔައީ އެތަނުން ކެނޑިގެން އެހެން ތާކަށް ވަޒީފާއަށް ކުރިމަތި ލުމަަށެވެ. އެހެނަސް ރަށްފުށުގައި މާގިނަ ވަޒީފާގެ ފުރުޞަތު ތައް ނެތުމާއެކު އެއީ ފަސޭހަ ކަމަކަށް ނުވިއެވެ.
******
އާދައިގެ މަތިން ޒޯޔާ ވަޒީފާ ނިންމާލުމަށްފަހު ގެޔަށް އައީ އިރުއޮށްސެން އުޅެނިކޮށެވެ. ބޭރު ޖޯލިފަތީގައި އިށީންނަމުން ކައިރީގައި ރަންގު ތަކެއް މަށަން އިން ސޯބިރާއާ ސުވާލު ކޮށްލީ އޭނާގެ ބައްޕަ ވީތަނަކާ މެދުއެވެ. އެހެންނޫނި އިރުއޮއްސޭ ވަޤުތު އަބަދުވެސް ގޭގައި އުޅޭ މީހަކު މިއަދު ގޭތެރެއިން ހިލަމެއް ނުވެގެންނެވެ.
“ދަތުރަކު ގޮސްވީ.. މިއުޅޭ ޒަފަރްގެ މަންމަ އާއި ބައްޕަ ލަންކާއިން އައީނު..އެހެންވެ އެމީހުން ބަލާ އެދިޔައީ.. ” ސޯބިރާ ޒަފަރްގެ ނަން ކިޔާލުމާއެކުވެސް ޒޯޔާގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ޖޯލިންތެދުވެގެން ކާން ހުރި އެއްޗަކާ މެދު ސުވާލު ކުރަމުން ޒޯޔާ ހިނގައިގަތީ މެންދުރުވެސް ނުކައި ހުރުމުން އެއްޗެއް ކާލާށެވެ.
ކައި ނިމިގެން ކާގޭގައި ތަށި ދޮންނަން ހުރި ޒޯޔާއަށް ސޯބިރާގެ ހަޅޭކުގެ އަޑު އިވިގެން ދިޔައީ ކުއްލިއަކަށެވެ. ދޮންނަން ހުރި ތަށިވެސް ސިންކު ތެރެއަށް ދޫކޮށްލުމަށްފަހު ދުވަމުން ޒޯޔާ ނިކުތީ ގޯތި ތެރެއަށެވެ. އޭރު ސޯބިރާ ކައިރީ ހަރުވަރުގެ ދެފިރި ހެނުން ހުއްޓިގެން ތިއްބެވެ.
ސޯބިރާ ރޮމުން ދެކަކޫ މައްޗަށް ތިރިވިތަން ފެނި ބާރު ހިނގުމުގައި ގޮސް ޒޯޔާ ސޯބިރާގެ ގައިގާ ހިފަހައްޓާލިއެވެ.
“މަންމާ…” ހާސްކަމާއި ކަންބޮޑު ވުމުގެ ތެރެއިން ޒޯޔާއަށް ގޮވާލެވުނެވެ. އޭނާގެ މުޅި ޙަޔާތުގައިވެސް ސޯބިރާ އެފަދަ ހިތްދަތި ގޮތަކަށް ރޮނިކޮށެއް ނުދެކެއެވެ. ބޮޑު ކަމެއްވެގެން ނޫނީ މަންމަ އެފަދައިން ނުރޯނެކަން އެނގި ޒޯޔާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ކައިރީގައި ތިބި ދެފިރިހެންނުނާ ދިމާއަށް ޒޯޔާއަށް ބަލައިލެވުނީ ވެގެން އުޅޭގޮތް ސާފުކޮށްދިނުމަށް އެދި ހުރެއެވެ.
“އެކޮއެގެ ބައްޕަގެ ލޯންޗު ގޮވައިފި… ދަތުރުކުރި އެކަކުވެސް… ސަލާމަތެއް ނުވި..” އެތަނުން އެކަކު އިސްޖަހާލަމުން ބުނެލިއެވެ. އެވާހަކަތަކާއެކު ސޯބިރާގެ ރުއިން އިހުނަށްވުރެ ބާރުވެގެން ދިޔައިރު ޒޯޔާއަށް ހުއްޓުން އަރާފައި އިނދެވުނީ ދެންމެ ކަންފަތައް އިވިގެން ދިޔަ ވާހަކަ ޤަބޫލު ނުކުރެވިފައެވެ.
” ނޫން..ތިވާނީ ކޮންމެވެސް އެހެން ލޯންޗަކަށް.. ތިއުޅެނީ އޮޅިގެން.. ބައްޕަ ވަރަށް އަވަހަށް އަންނާނެ.. ދޯ މަންމާ.. ބައްޕަ ބުނިދޯ ވަރަށް އަވަހަށް އަންނާނަމޭ..” ޒޯޔާ އެޚަބަރު ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ލޮލުގެ ކޮޅުން ފައިބައިގެން ކަރުނަ އަވަސް އަވަހަށް ފޮހެލިއެވެ.
“ޔަޤީންނުވެ ބޭބެމެންވެސް މިކަހަލަ ވާހަކައެއް ނުދައްކާނެ އެންނު.. ޕޮލިހުންވެސް އެބަ ހަރަކާތްތެެރިވޭ.. ވަރަށް އަވަހަށް އެންމެންގެ ހަށިގަނޑުތައް ރަށަށް ގެނެވޭނެ.. ހޮސްޕިޓަލަށް ދާން ތައްޔާރުވެގެން ތިބޭތި..” އެ ދެމީހުން އެހެން ބުނެލުމަށްފަހު ގެއިން ނިކުންނަން ހިނގައިގަތެވެ.
އަދިވެސް ހަޤީޤަތާ ކުރިމަތިލާން ބޭނުންނުވެފައި އިން ޒޯޔާ ދެފަރާތަށް ބޯ ހޫރުވާލިއެވެ.
“މަންމާ..އެމީހުން އެހަދަނީ ދޮގު ދޯ..؟ އެމީހުން ހާދަ ގޯހޭ.. އެކަހަލަ ދޮގު ހަދާކަށް ނުވާނެ އެންނު..” ޒޯޔާގެ އަނގައިން ފާޅުގައި ދެކޮޅު ހަދަމުން ދިޔަ ނަމަވެސް އޭނާގެ އަރުބެދޭގޮތްވިއެވެ. މަންމަގެ ރޯ ރުއިމާ ދެންމެ ވާހަކަ ދެކެވުނު މީހުންގެ މޫނުމަތިން ފާޅުވި ކުލަވަރުތައް އެހިތަށް ބުނެދެމުން ދިޔައީ އެހެން ވާހަކައެވެ. އަރު ބެދި ލޮލުން ކަރުނައައިސް ގިސްލެވެން ފެށުނީ އެެހެންވެއެވެ. އޭނާގެ ބައްޕަ ވަދާޢުގެ ސަލާންވެސް ކޮށްނުލާ ވަކިވެގެން ދިޔައީ ހެއްޔެވެ؟
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.







Hi wonder..This is the first time i’ m commenting on your story..i just read your stories..it was just amazing..i have no words..first liyunu ‘vaashey mashaa eky’ vaahaka ves hama vv salhi..mi storyy ves hama ehaaa..i can’t wait for the next part..May god bless you and your great work❤
Take care and be safe?❤❤❤
Hellow Ishh. Awwn so happy to c a comment from a new reader . V ufaavejje wonder ge stories thah ehaa kamudhiyaeema.. thidhey support ah v bodah shukuriyya. May Allah bless u too dear. Next part In sha Allah Tuesday ga up kohla dheynan. U too tvgc n b safe?❤️
Hey wonder varah reethi mi partves, if you don’t mind kuryge posts thah delete kuraane gotheh engeytha. Engenyaa bunedhybala. Varah reethi hurihaa part eh ves. Loved it ??? stay safe take care waiting for the next part
Thank u so much Dominator. V ufaavejje mi vaahaka kamudhaathy. Esfiya gavaaidhu bunaa gothun publish kuraathaa 48 gadi iru vumah fahu post eh delete eh nukureveyne.. eii ehen site akah publish kuran kamuga viyas.. ekam dear ge reason eh othihyaamu esfiya admin aa vaahaka dhahkaaleema faharehga vedhaane. U too stay safe dear. Next part In sha Allah Tuesday ga?❤️
Hey wonder.. mi part vx hama vrh vrh reethi???❤❤.. but mi zafar gandu anehkaa zoaya ah undhagoo kuran aii dhw?????????????.. btw mi vaahakaige enme part akah adhi I comment kury, aslu test dhuvas kolhuvyma busy vaathy hurihaa part akah comment nukureveny?.. ekam dhen hurihaa part akah vx comment kureveytho balaanan?☺❤?.. curiously waiting for the next part????✨ when next?✨.. tc wonder❤
Oh ok thankyou so mcuh wonder. ???????
Wow Maashallah v reethi mi part vx sisoo
Alhey..e zafaru he undhagoo foaree dhw..noon plx Zoya athun baby nugendhaathi
Curiously waiting for nxt part
Stay safe n Tc
Lyyyyyyyyysssssssssmmmmm