ޔައިޝް ރުޅިއައިސް އެއިނީ ފޯނުގައި އިން އެއްޗެއްގެ ސަބަބުންކަން ގާތްގަނޑަކަށް ޔަޤީން ވާތީއެވެ.ފޯނު ބަލައިލުމާއެކު ތާނިމްގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ.އޭނަ ދެރަވެސް ވިއެވެ.ހަމައެހެންމެ ކޮންމެވެސް ވަރަކަށް ހިންހަމަވެސް ނުޖުނެވެ.ކޮންމެއަކަސް އެންމެ ނުވާން އޭން ދުޢާ ކުރި ކަންތައް މި އޮތީ ވެފައެވެ.އާއެކެވެ.ޔައިޝް އުޅެނީ ހުދާއާ ހެދިންނެވެ.ކޮންމެއަކަސް ތާނިމް މި “ލަވް ޓްރެއެންގަލް” ތެރެއަށް ވަންނާކަށް ބޭނުމެއް ނޫނެވެ.އެއްކޮޅުން އަމިއްލަ ކޮއްކޮއެވެ.އަނެއްކޮޅުން އަމިއްލަ އަބިމީހާގެ ކޮއްކޮއެވެ.ހަމައެކަނި އަބިމީހާގެ ކޮއްކޮއެއް ނޫނެވެ.މިހުރިހާދުވަސް ވަންދެން ކޮއްކޮއެއްގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދިނީވެސް ހުދާއެވެ.ނުވިތާކަށް ތާނިމް އަށް ހުދާ އެހެން ކުއްޖެއްދެކެ ގަޔާވާކަން އެނގެއެވެ.އެކުއްޖައަކީވެސް ތާނިމްއާ އެހާގާތް ކުއްޖެކެވެ.ތާނިމް ބިކަވި ދުވަހު ކާންދީ ހެދި ދެމަފިރިންގެ ދަރުފުޚެވެ.ހުދު އެ ކުއްޖާވެސް ހުދާދެކެ ގަޔާވާކަން ތާނިމްއަށް ވަނީ ފާހަގަ ކުރެވިފައެވެ.މިކަހަލަ ދަނޑިވަޅެއްގައި ތާނިމް އެހުރިހާ ކަމެއްގެ ތެރޭގަ ބެދޭކަށް ބޭނުމެއް ނޫނެވެ ހުސް އެއްވަރެއްގެ މީހުންނެވެ.
އެނގޭތަ؟ސަނޫއަށް.މަރިޔަބު އެހަދަނީ ހުސް ދޮގު.ސާމިހު ބުނެލިއެއްޗަކުން ހުދާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ދޮގެއް އެއީ..ކީއްވެ ހުދާ ސަނޫ ކައިރީ ދޮގުހަދަންވީ.. ހުދާ އަވަސް އަވަހަށް ބުންޏެވެ.
އެބުނާހެން ކުޑަބޭ.ހުދް ސަނޫ ކައިރިޔަކު ދޮގެއްނަހަދާނެ.. ސަނާ ޅަވެފައި ބުނެލިއެވެ.އެވަގުތު ހުދާ ކޮންމެސް ވަރަކަށް ދެރަވެސް ވިއެވެ.އޭނަގެ އެކުވެރިޔާ އޭނަޔަށް ކުރާ އިތުބާރު ފެނުފައެވެ.އެކަމަހުވެސް ހުދާއަކަށް އަދި އެވާހަކަ ބުނެވޭކަށް ނެތެވެ.ވަގުތުގެ ޖެހުމުން ހުރިހާ އެއްޗެއް ކިޔައިދޭނީއެވެ.
އޯކޭ މިދަނީ ނަމާދަށް.ހުދް ހިނގާ ސޭމްއާއެއްކޮށް ގެޔަށް ލައިދޭނަން.ހުދްވެސް ނަމާދަށް އަރަންވާނެއެއްނު. ސާމިހު ގަސްތުގައި ހުދާ ތަޅުވާލަންވެގެން ބުންޏެވެ.ހުދާގެ މޫނު މައްޗައް އަރާނެ ކުލަވަރެއް ބެލުނުގެ ގޮތުންނެވެ.ސާމިހު އެސުވާލު ކުރުމާއެކު ހުދާ ތެޅިގަތެވެ.
ތެދެއް ހުދް ދޭ ގެޔަށް.ނާމާދުކުރަން.ސަނޫ އެން ދޮންބެ އަންނާނަން ނަމާދު ނިމުނީމަ.ގާތް ގަނޑަކަށް ހަތަރެއް ޖަހާއިރު.އޯކޭ.ސަނާ ބުންޏެވެ.
އޯކޭ ބަޓް ގޭގަ އެބަ އުޅޭ ވިއަރޑޯ އެއް އިނގޭ.ވަރަށް އުންދަގޫ ބޮޑޫވާނެ.ހުދާ ތުންކޮޅުއޫކޮއްފައި ސަނާއަށް ބުނެލިއެވެ.
އަޅޭ.އަދިވެސް މި މަރިޔަބު މޫނުމަތީ އެކްސްޕޮރެޝަންގެންނަން ހާދަ މޮޅޭދޯ… ސާމިހު ހުދާއާދިމާކޮއްލިއެވެ.
ހެހެހ.ގައިގަ ހަރުލާފަ ހުންނަ ކަމެއް ބަދަލުވަނެތަ… އެހެންވިމަ ހިނގާ ދާން ޖަމައަތް ނިމުނީމަ ދާންތަ ހިތުލައިން ތި އުޅެނީ.ހުދާ ސާމިހުއަސް ރައްދު ދިނެވެ.އަދި ހުދާމެން ގެޔަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ޔައިޝް ނަމާދަށް ދާކަށް ނުވޭތަ؟ޖަމާއަތް ފަށާނެ އިރުކޮޅަކުން.ތާނިމް ހިތްވަރު ކޮއްލާބައި ބުނެލިއެވެ.ހިތާހިތުން ޔައިޝް އޭން ކުރެން ޔައިޝްގެ ހިތުގައިވާ ކަންކަން ކިޔައި ނޫދޭނެކަމަށް ދުޢާ ކުރަމުންނެވެ.ކޮންމެއަކަސް ކަންވީ ތާނިމް އުންމީދު ކުރި ގޮތާ މުޅިން އިދި ކޮޅާށޭވެ.
ދޮންބޭ.އެބަ އޮތް ވާހަކައެއް ބުނަން ވެފަ ދޮންބެ ރުޅި ނާއްނައްޗޭ ކިޔައި ދިނީމަ.ޔައިޝް އަސް ލުގަސްތުގައެއްނޫން.ޔައިޝް ކުރަކިވެފައިވާ އަޑުން މާޔޫސީ ގޮތަކަށް ބުނެލިއެވެ.”ނުން ކޮއްކޯ ނޫން.ދޮންބެ ތިދޭތެރެޔަށް ނުވައްދާ.”ތާނިމް ހިތާ ހިތުން ކިޔައިލިއެވެ.
އައްދޭ އަނެއްކާ ކޮންވާހަކައެއް.ދޮންބެ ރުޅިއެއްނާން ނާނަން އެކަމަކު ބޫނާއެއްޗަކުން ދޯ އިނގޭނީ.ރުޅިއަންނަން ވެސް ނާންނަންވެސް.. އިހައް ހިގާ މިސްކިތައް ދާމަގުމަތީވެސް ކޮންމެވެސް ވަރެއް ވެދާނެއެއްނު ދޯ.ތާނިމް ހިނުތުންވެލާފައި މިހެން ބުނެލީ ޔައިޝް ހިންހަމަ ޖެއްސުމުގެ ގޮތުންނެވެ.ބޭބެ އަކަށް ވީތީ އަމިއްލަ ކޮއްކޮ ބުނަން ބޭނުންވާ އެއްޗެއް އަޑުއަހަން ޥާނެތާއެވެ.
އަސްލު.ދޮންބެ ރުޅިނާންނައްޗޭ.އައި ލަވް ހު…. ޔައިޝްއަށް ބުނެވުނީ މިހާ ހިސާބަށެވެ.ސަކަރާތް ޖަހަމުން ދޮރުން ވަދެގެން އައި ހުދާ އާއި ސާމިހު ފެނުމާއެކު ޔައިޝް ހުއްޓުން އެރިއެވެ.ތާނިމްއަށް ވަރަށް ރަނގަޅަށް އެކަން ފާހަގަ ވިއެވެ.
އަޅެ ސޭމް ހީލި އަރައޭ… ހުއްޓާލަބަލަ.މަގުމައްޗެއް ގެޔެއް ނޯންނާނެ މި އަހުމަދު ސާމިހު މިހާދު އަކަށް.ކުޅިދައްކާލާނަމޭ މިއަދު ހަވީރު މިގެޔަށް އައީމަ… ހުދާ ސާމިހުއަށް ބުނެލިއެވެ.
މަރިޔަބު.ބަލާނަމޭ.ދެންދޭ އެތެރެޔަށް.ސާމިހު ހުދާ ކައިރީ ބުނެލިއެވެ.ސިޓިން ރޫމް ދޮރާ ދިމާލަށް ސާމިހު އާއި ހުދާއަށް ބަލައިލެވުނީ އެއްފަހަރާއެވެ.ވަގުތުން ދެމީހުން ސަކަރާތް ޖެހުން ހުއްޓައިލިއެވެ.
ތާނިމްބޭ…ސާމިހު ގޮވައިލިއެވެ.
ލައްބަ.ބަލައިލަ އަންގާވެސް ނުލާ އައިސް ވައްޓާލީ.ހިގާމިސްކިތަށް މިހާރުވެސް މާލަސް ވެއްޖެ.ތާނިމް މިހެން ބުނުމުން ތިންމީހުން ހިގައިގަތީ މިސްކިތާ ދިމާލަށެވެ.ތާނިމް ދިޔައީ ހިތާހިތުން ސާމިހު އެމީހުނާއެކު އައި ކަމަށް ޓަކައި ޝުކުރުވެރިވަމުންނެވެ.އެއާ ހިޔާފަށް ޔައިޝް ހިތުގައި ސާމިހުއަށް އޮތް ހަސަދަ އިތުރަށް ބޮޑެވެ.
ހުދާ ގެޔަށް ވަންގޮތަށް ގޮސްވަނީ ހުދާގެ ކޮޓަރިއަށެވެ.ފެންވަރައިން ވުޟޫކޮށްލައިގެން ނަމާދުކުރިއެވެ.އަދި ކުޑަކޮށް ރީތިވެލައިގެން ބޭރަށް ނުކުތީ ސަނާމެން އަދި އަނަންވާއިރަށެވެ.ހުދާ ބޭރަށް ނުކުތްއިރު ތާނިމް އާއި ޔައިޝްވެސް ސޯފާގައި ތިއްބެވެ.
ހެއި ދޮންތަބޭ.ކޮބާ ދޮންތަ؟ސަނާމެން ނަދޭތަ؟ސޭމް ކޮބާ؟ ހުދާ ތާނިމްއާ ސުވާލު ކޮއްލިއެވެ.
ހުދާއްކޯ..ރިލޭކްސް.ދޮންތަވީ ކޮޓަރީގަ ނަމާދަށް.ސޭމް ގޮއްސި ނަމާދުން ފައިބައިން ސަނާ ހޯދަން.ތަނިމް ހުދާ ކައިރީ ބުނެލިއެވެ.
އޯހ..ހުދާ ބުނެލިއެވެ.އަދި ޔައިޝްއާ ދިމާލަށް ވައްކަޅިން ބަލާލުމައްފަހު ގޮސް ސޯފާގައި އިށީނެވެ.އޭރު ހުދާއަށް ވިނެމުން ދަނީ ޔައިޝްގެ ބަދަލުވެފައިވާ މިޒާޖާދޭތެރޭ އެވެ.ކުރިން ހުދާ ފެނިއްޖެނަމަ ޖެއްސުމެއް ކޮއްނުލާ ހުންނަ މީހާ މިހާރު ހުންނަނީ ބަހެއްވެސް ބުނެ ނުލައެވެ. ވީގޮތް އޮޅުން ފިލުވަންވެސް ހުދާ ބޭނުންވެއެވެ.އެކަމަކުވެސް ވާހަކަދައްކާކަށްވެސް ބޭނުމެއްނުވެއެވެ.
ޔައިޝްގެ ނުތަނަވަސް ވެފައިވާ ހިތް ހުދާ ފެނުމާއެކު އިތުރަށް ނުތަނަވަސްވިއެވެ. ތެދުވެގެން ގޮސް ކޮޓަރިޔަށް ވަންނަންވެސް ބޭނުން ވިއެވެ. އެހެނަސް ކުއްލިއަކަށް ތެދުވެގެން ދިޔުމަކީ ރަނގަޅު ކަމަކަށް ނުވެދާނެތީ ޔައިޝް މަޑުން އިނީއެވެ.
ހުދާއްކޮ.ކޮންއިރަކުތަ ސަނޫމެން އަންނަނީ.އަދި ބުނެވެސް ނުލައޭ އެމީހުން އަންނަ ވާހަކަ.ނިމް ނުބުނިނަމް ދޮންތައަށް ނުވެސް އެނގޭނެ.ދުވަހަކުވެސް މި ހުދާއްކޮ ރަނގަޅެއް ނުވާނެ.ހަމީދާ ހުދާއާ ދިމާލަށް ފަތިވަރެއް ގޮވައިލިއެވެ.
ދޮންތާ.ހުދާއްކޮ އުޅުނީ ބުނަންށޭ.ބަޓް ހުދާއްކޮ އައި އިރު ދޮންތަ ހުރީ ނަމާދު ކުރަން.އެންޑް ދެންމެ އޭ ހުދާއްކޮވެސް ނަމާދުކޮއްގެން މި ފޭބީ އަހާބަ ދޮންތަބެ ކުރެން.ހުދާ ބޮޑާވެލާފައި ބުނެލިއެވެ.
އޯކޭ އޭ ތިވަރު ނުވިއަސް.އާދޭ ސައި ހަދަން އެމީހުން އަންނަން ވާ އިރަށް. ނިމް ދާންވީނު ޔައިޝް ގޮވައިއިގެން ހެދިކާކޮޅެއްގަނެލަން.ހަމީދާ މިހެން ބުނެ ހުދާ ގޮވައިން ގޮސް ބަދިގެޔަށް ވަނެވެ.
ސާބަސް.ތިއަވަސް ކޮއްބަ. މީހަކު ނޫޅެޔޭ ތި ކުޑަބެއާ ދިމާލަށް ބަލާ ހިތަކުން.މިހަރު ހުދް ހުނާނެ މިހާރު ލަސްވެފަ. ލޯގަނޑު ކުރިމަތީ ހުރެ ބޯ އެކި ސްޓައިލް ސްޓާއިލަށް ބަދަލު ކުރަމުންދިޔަ ސާމިހުއާ ދިމާލަށް ސަނާ ބުނެލިއެވެ.އެހެން ނަމަވެސް ވީކަމެއް ނެތެވެ.ސާމިހުއަށް ކަމުދާ ސްޓައިލަކަށް ބޯ ހަދާލެވުނީ 3 ވަރަކަށް ފަހަރު ސްޓައިލް ބަދަލު ކުރުމަށް ފަހުގައެވެ.
ޔައިޝްއާއި ތާނިމް ބޭރަށް ނުކުތް ވަގުތާއި ސަނާމެން އައިސް އެގެޔައަރައި ހަމަވި ވަގުތުވިއެއްވަގުތަކަށެވެ.
(ނުނިމޭ)
*****
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Maasha allha ?
Mi part vx varah reethi. . Keep it up ?
Waiting for the next part ?
Stay safe and take care?
THANKX “MARY ZAAKKO”.
U TOO BE SAFE
INSHA ALLAH MADHAN KIYAALAN LIBEYNE NEXT PART.
ALSO SORRY I GUESS EHN PART AKAHVES COM KURI KANEYGE “MARY ZAAKKO” . BUT I COULDNT REPLY TO THAT. I AM REALLY SORRY IF I HAVENT RESPOND