ޔައިޝް ޕަބްޖީ ކުޅެން އިންދާ ފޯނަށް ނޯޓިފިކޭޝަންއެއް އައެވެ.”ލަވްލީ ހޫދާއްކޮ” ރީސެންޓްލީ އެޑެޑް ހާ ސޮޓޯރީ”މިހެންނެވެ.ވަގުތުން ގޭމުން މަރުވާނެކަމަށްވެސް ވިސްނާލުމެއްނެތި ހުދާގެ ސްޓޯރީ ވިއުކޮށްލިއެވެ.އެވަގުތު ޔައިޝްގެ މުޅި ދުވަސް އެއްކޮށް ހަރާބު ވިކަހަލައެވެ.ހުދާ 3 ވަރަކަށް ސްޓޯރީސް ލިއެއްކަމަކު އެންމެ ފުރަތަމަ ވިއުވި ސްޓޯރިގައި އިނީ ހުދާ ސާމިހުގެ ކޮލުގައި ހިފައިގެންނެވެ.ސާމިހުވެސް އިނީ ހުދާގެ ކޮލުގައި ހިފައިގެންނެވެ. ހުދާ އިނީ އޭގައި ސާމިހު ޓެގްކޮށްފައި “ވެލްކަމް ބެކް ހޭންޑްސަމް ސޭމް” ޖަހާފައިއެވެ.އޭގެ ކައިރީ ރަތްކުލައިގެ ހިތެއްވެސް ޖަހާފައި އިނެވެ.ބަލާމީހަކަސް ހީވާނީ އެއީ ރައްޓެހިވެގެން އުޅެ ދެމިހުން ކަމަށެވެ.ޔައިޝްއަށް ވެސް ހީ ކުރެވުނީ ހަމައެހެންނެވެ.ޔައިޝް މިފޮޓޯއަށް ބަލައިން އިންދާ ހުދާ އަނެއްކާއެހެން ސްޓޯރީއެއްލިއެވެ.އެ ފޮޓޯގައި ސާމިހު ހުރީ ހުދާ ކޮޑުމައްޗަށް އަތްވައްޓައިގެންނެވެ.ހުދާހުރީ ފުޅާ ހިނިތުން ވުމަކާއެކު ލައިޓްނިން ލޭމްޕްއެއް ނަގައިގެންނެވެ.މިގައިވެސް ހުދާ އިނީ ސާމިހުއަށް ޓެގްކޮއްފައެވެ.އަދި ބެސްޓް އެވާ ޖަހާފައި ރަތް ހިތެއްޖަހާފައި އިނެވެ.މިފޮޓޯފެނުމުން ޔައިޝް ކުރިޔަށްވުރެންވެސް ބާރަށް ފޮނުގައި ހިފެހެއްޓިއެވެ.އޭގެ އިތުރަށް ކުޑަކޮށްވެސް ޔައިޝް ފޯނަށް ބާރުކޮށްލައި ފިއްޔާމުން ފޯނު ތަޅައިގެން ހިގައި ދިޔުމަކީ ގާތްކަމެވެ.
ބަލާބަ…މިއިން ދަ އައިކް ސްޓޯރީއަށް ލާފަ އިން އެއްޗެއް.އަހާވެސް ނުލާ.ހަމަ ހުވާ ތަޅާލަންވެފަހުރި މީހާ ގަނޑެއް.. ހުދާ އޭމީހުންގެ އެކުވެރި އައިކަލް ލާފައި އިން ސްޓޯރީ އަށް ބަލާލުމަށް ފަހު ބުންޏެވެ.އޭތި ފެނުމުން ހުދާ ކިތަންމެ ހިތް އަވަސް ވާގޮށް ވިނަމަވެސް މޫނުހަދާލަމުން އައިކަލްއާ ދިމާލަށް އެއްޗެހި ކިޔެވެ.ކޮންމެޔަކަސް ހުދާއޭނަގެ ހިތުގައި އޮތް އެއްޗެއް އެހާ އަވަހަށް އެންމެންގެ ކުރި މައްޗަށް ގެންނާކަށް ބޭނުމެއް ނުވެއެވެ.އެވާހަކަ އެނގޭނީ ހަމައެކަނި ހުދާގެ ދޮންތައާއި ދޮންތަބެ،އަދި އައިކަލްއަށެވެ.ސަނާ ކައިރީ ބުނަން އުޅެފައިވެސް ހުދާ ނުބުނީ ސަބަބަކާ ހުރެއެވެ.ކޮންމެ ގޮތެއްވިޔަސް އެންމެ ގާތް އެކުވެރިޔާ ކައިރި ނުބެ ހުނަން ޖެހުމުން އެކަމާ ހުދާ ވަރަށް ދެރަވެސް ވެއެވެ.މިއަދުވެސް އެއްފަހަރު ބުނެވެން އުޅުނެވެ.ނަމަވެސް މިހުރިހާ ދުވަހަކުވެސް ހުރެވުނު ގޮތަށް އަދިވެސް ހުރެވޭނެކަމަށް ހުދާ ހިތް ހުދާއަށް ވިސްނައިދިނެވެ.އަދި ވަގުތުޖެހުމުން ސަނާ ކައިރީ ބުނަންވެސް ހުދާ ވަނީ ހިތުގެ އަޑިން ކަނޑައަޅާފައެވެ.އައިކަލް ސޮޓޯރިއަށް ލާފައި އިނީ ހުދާ އެންމެ ފަހުން ސްޓޯރީއަށް ލީ ފޮޓޯގައި “ކޮންގޮރާބެސްޓޫ” ޖަހައިފައެވެ.ހުދާ އެ އެސް.އެސް ނެގުމަށްފަހު “ތޭންކްސް” ޖަހާފައި ލިއެވެ.
ސޮޓޯރީ ބެލުމަށްފަހު ތަނެއް ދޮރެއް ނޭނގޭ ސަނާ ހީކުރި ލައިޓްނިން ލޭމްޕްއެއް ލިބުމުން ކޮނަގްރޭޓްސް ކިޔާފަ އިނަކަމަށެވެ.އައިކަލްއަށްވެސް ހުދާ އާއި ސަނާ އެކަހަލަ އެއްޗެއް ބެނުންވެގެން އުޅޭކަން ކުޑައިރުންސުރެން އެނގިފައިވާތީ އެލިބުމުން ކޮންގޮރޭޓްސް ކީ ކަމަށެވެ.ސަމިހުއަށް އެ ސޮޓޯރީ ފެނުމުން ހިނިތުންވެވުނެވެ.ސަނާއަށް އޭގެއިން ނުބައި މާނައެއްނެގުނަސް ސާމިހުއަށް ނެގުނީ އޭގެ އަސްލު މާނައެވެ.
މަރިޔަބުވެސް…ޔެސް…އެކަމް ޔަގީން ކޮއްލަން ސަނޫ ކައިރީ އަހާލާންވީ ކަންނޭގެ މަރިޔަބު ނުހުންނަ ގަނޑިޔަކު.ސާމިހު ހިތައް މިހެން އެރުމުން ކުރިޔަށް ވުރެންވެސް ހިނިތުންވުން ފުޅާވިއެވެ.މި މަންޒަރަސް ގެއްލިފައި ހުދާއިނެވެ.
އޯހް.ހީ އިޒްސޯ ހޭންޑްސަމް.މިހާރު ހީވަނީ ހަމަ ޖޭ.ބީ ހެން.ހިސް ސްމައިލް އެންޑް އައިސް.އޯން.ސޯކިއުޓް.ފޯނު މެޔާލާ ފިތަލަމުން ހުދާ ހިތާ ހިތުން ކިޔާލިއެވެ.އެވަގުތު ހުދާއަށް ތަންކޮޅެއް ބާރަށް އޯވން އޭ ކިޔުމުން ސަނާ ހުދާއާ ދިމާލަށް ބަލައިލިއެވެ.އޭރު ހުދާއިނީ ސާމިހުއަށް ގެއްލިފައެވެ.އެހެނަސް ސަނާ ހީ ކުރީ އެދިމާއިން އެހެން އެއްޗެއް ފެންނަނީ ކަމަށެވެ.
ހުދާއްކޮގަނޑު.ކޮންތަނެއްތިބަލަނީ.ސަނާ މިހެން އެހުމުން ސާމިހު ހުދާއާ ދިމާލަށް ބަލައިލިއެވެ.އެވަތު ސާމިހުއަށް ހުދާގެ ނަޒަރު އޭނާއަށް ހުއްޓިފަ ވާކަން ފާހަގަވުމުން ހުދާއާއި އޭނަ ހަތަރު ކަޅި ހަމަކޮށްލިއެވެ.އަދި އިރުކޮޅަކަށް ބަލަން އިނުމަށްފަހު ހުދާއާދިމާލަށް ހަނާ އަޅާލިއެވެ.
ކި…ހިނެއް…..ކިހިނެއްވި؟ހުދާ ވަގުތުން ނޫން ކަމަށް ހަދާފައި އަހާލިއެވެ.
ކަމެއްނުވޭ ކުޑާބެ އާދިމާލަށް ބަލައިން ގެއްލިފަ އިނީމަ.އަހާލީ….؟ސަނާ ބުނެލިއެވެ.ވަގުތު ހުދާގެ ކޯތާފަށް ރަތްވެގެން ދިޔައެވެ.ހީވަނީ ލޭ ކޮޅެއްހެންނެވެ.މިކަންވެސް ސާމިހުއަށް ފާހަގަވިއެވެ.އެހެނެއްކަމަކު ހުދާއާއި ޖެހިގެން އިން ސަނާއަކަށް މިކަމެއްފާހަގަ ނުވިއެވެ.އަދިވެސް ސަނާގެ ސިކުޑީ ތަރަށްޤީނުވަނީ ތޯއްޗެކެވެ.
ސޭ…ސޭ…މް ސޭމްއަށްގެއްލިފައޭ…. ހެހެ… ސޭމް އަކަށް ނޫނޭ އަހަރެން ބަލައިން އިނީ. އެދިމާއަށް ކަޅި ހުއްޓާކަސް.ކުރީގެ ހަދާންތައް އާލާވީއޭ ކުޑަކޮށް.ހުދާވާހަކަ ހަދާލިއެވެ.
އޯހް.އަސްލުވެސް ވަރަށް މިސް.ހުދާވާހަކަ ހެދިއެއްކަމަކު ސަނާއަށް އެކަންވެސް ގަބޫލު ކުރެވުނެވެ.މިކަމާ ހުދާ އަދި ސާމިހު ގާތަށް ހިނިއައެވެ.ހުދާ މޫނުމައްޗަށް ކުލަވަރެއް ނުގެނައެއްކަމަކު ހިތާހިތުން ދިޔައީ ހެމުންނެވެ.
ހެއި…ލިލް ބޮރޯ…އަދިވެސް ޕަބް ގަތަ.ނަމާދު ވަގުތުޖެހެނީއެއްނު.ހިޑިން ފައިބަމުން އައި ތާނިމް ބުނި އެއްޗެއް ޔައިޝްއަކަށް އަޑެއް ނީވެއެވެ.
އަދިވެސް އޭން އިނީ އެ ކުރިން އިންގޮތަށެވެ.މިހާރު އަދި ކުރިއަށްވުރެންވެސް ދެލޯރަތެވެ.އަދި ހުރީ ފާޑަކަށް ފެންކަޅިވެސް ވެފައެވެ.އެއީ އަބަދުވެސް ޔައިޝްއަށް ވާކަމެކެވެ.ތާނިމް ޔައިޝް ކައިރިޔަށް ދިޔަ އިރު ކަމަކުދާކަށްނެތެވެ.ޔައިޗް އިނީ ރުޅިއައިސް ރަތް ވެފައެވެ.ތާނިމް ވަގުތުން ޔައިޝްގެ ފޯނަށް ބަލައިލިއެވެ.ޔައިޝް ރުޅިއައިސް އެއިނީ ފޯނުގައި އިން އެއްޗެއްގެ ސަބަބުންކަން ގާތްގަނޑަކަށް ޔަޤީން ވާތީއެވެ.ފޯނު ބަލައިލުމާއެކު ތާނިމްގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ.އޭނަ ދެރަވެސް ވިއެވެ.ހަމައެހެންމެ ކޮންމެވެސް ވަރަކަށް ހިންހަމަވެސް ނުޖުނެވެ.ކޮންމެއަކަސް އެންމެ ނުވާން އޭން ދުޢާ ކުރި ކަންތައް މި އޮތީ ވެފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Maasha allah ?
Mi part vx varah reethi. ?
Keep it up ?
Curiosly waiting for the next part ?
Stay safe and take care ?