ލޯގަނޑު ކުރިމަތީ ހުރެ ބޯ އެކި ސްޓައިލް ސްޓާއިލަށް ބަދަލު ކުރަމުންދިޔަ ސާމިހުއާ ދިމާލަށް ސަނާ ބުނެލިއެވެ.އެހެން ނަމަވެސް ވީކަމެއް ނެތެވެ.ސާމިހުއަށް ކަމުދާ ސްޓައިލަކަށް ބޯ ހަދާލެވުނީ 3 ވަރަކަށް ފަހަރު ސްޓައިލް ބަދަލު ކުރުމަށް ފަހުގައެވެ.
ޔައިޝްއާއި ތާނިމް ބޭރަށް ނުކުތް ވަގުތާއި ސަނާމެން އައިސް އެގެޔާ އަރައި ހަމަވި ވަގުތުވީ އެއްވަގުތަކަށެވެ. ވަގުތު ޔައިޝްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.ތާނިމްއަށް ވަރަށް ރަނގަޅަށް ވެސް މިކަން ފާހަގަވިއެވެ.
ހެއި.ތަނިމްބޭ .ކޮބާ މަރިޔަބު އެންޑް ދޮންތަ.ސާމިހު އަހާލިއެވެ.ސާމިހުއާއި ސަނާ ކުޑައިރުއްސުރެން ހުދާއާއު އޮން ގާތް ގުޅުމުގެ ސަބަބުން އެމީހުންވެސް ކިޔަނީ ހަމީދާ ދިމާލަށް ދޮންތައެވެ.ނަމަވެސް ތާނިމް އާދިމާލަށް ދޮންތަބެ ނުކިޔުނީ ކުރިންވެސް އެމީހުން ތާނިމްއާ ދިމާލަށް ކިޔައި އުޅެނީ ތާނިމްބެ ކަމަށް ވާތީ އެވެ.
ހުދާއްކޮ އާއި ދޮންތަ ވެއްޖެ ބަދިގޭގަ.ސާމިހުމެން އަނަން ވާއިރަށް ސައި ހަދަން.ވަދެބަ އެތެރެޔަށް.ތާނިމް ބުނެލިއެވެ.
އަޅެ އަހަރެން ދެން މިގެޔަށް އަންނަ ފުރަތަމަ ފަހަރު ނޫން ވިއްޔާ ސައި ހަދަން.އަބަދު ދޮންތަ ހުންނާނީ ސޭމް މެން އަންނަވާހަކަ ނުބުނެގެން ދޯ ސައި ހަދަން.އެންޑް ކޮންތާކަށް ތާނިމްބެމެން ތިދަނީ. ސާމިހު އަހާލިއެވެ.
ހެހެ.އަބަދުވެސް ސޭމް އަންނަންޔާ އެކަނިދޯ ސަނޫ.ސޭމް ނެތް އިރު ސަނޫ އަޔަސް ނޯވޭ ވަރަށް ސަޔެއް. ތާނިމްބެ މެން މިދަނީ ހެދިކާ ކޮޅެއް ގަންނަން.ސޭމްމެން ވަދޭ. އެބަ އަންނަން ވަރަށް އަވަހަށް.ތާނިމް މިހެން ބުނެ ޔައިޝް އާ އެކު ހިގައި ގަތެވެ.
ސާމިހުމެން އެތެރެޔަށް ވަންއިރު ހުދާއައި ހަމީދާއުޅުނީ މޭޒު މައްޗަށް ތަށިނެގުމުގައެގަވެ.ހުދާ ހުރީ ދޮރަށް ފުރަގަސް ދިގެން ކަމުން އެތެރެޔަށް ވަން ސާމިހުއާއި ސަނާއެއް ހުދާއަކަށް ނުފެނެއެވެ.ހަމީދައަށް މިދެމީހުން ފެނިގެން އެއްޗެއް ބުނަން އުޅުމުން ސާމިހު އަގަމަތީގައި ޝަހާދަތް އިގިލި ޖައްސައި އެއްޗެއް ނުބުނުމަށް އިޝާރާތުން ބުންޏެވެ.އަދި ފިޔަވަޅުތަކަކުގެ އަޑު ނީވޭހާ މަޑުންގޮސް ހުދާ ލޯ މަތީގައި އަތް އެޅިއެވެ.
އާއް.ކާކު ؟ ހުދާ އަހާލިއެވެ.ނަމަވެސް އެކަކުވެސް ޖަވާބެއް ނުދިނެވެ.
އަޅެ ދޮންތަ ބުނެބަ ކާކުކަން.ޕޮލީޒް.ހުދާ ހަމީދަގާތުން އަހާލިއެވެ.
ހެހެ.ދޮންތަ ކީއްވެ ބުނަންވީ ހުދާއަށް ނޭނގޭ މީހެއް ނޫން ހަމަގައިމުވެސް.ކުޑަކޮށް ވިސްނާލާ.ހަމީދާ މިހެން ބުނުމުން ހުދާ އޭނަގެ އަތް ހިލާލުމައްފަހު އެމީހެއްގެ އަތް މަތީގައި އަތް ޖެހިއެވެ.އަދި ދެވަނަ ވިސްނުމަކަށް ނުގޮސް އެއީ ކާކުކަން ހުދާއަށް އެނގުނެވެ.
އަހުމަދުގަނޑު.ހުދާ މިހެން ބުނެ އެމީހެއްގެ އަތް ނެގިއެވެ.އަދި ބަލާލިއިރު އެއީ ސާމިހުކަން އެގުނުން އުފަލުންގޮސް ޔެސް އޭ ބުނެލިއެވެ.
ކޮބާ އައިގެސްޑް ހޫޔޫއާ.އަދިވެސް އެކަހަލަ ލަޑުދޭން ހަދާތި.ހުދާ މޫނު ހަދާލަމުން ބުނެލިއެވެ.
ހެހެ.މަގޭ މަރިޔަބުއަށް މަވަކިކުރަން ނޭނގޭނެ ގޮތެއް އަޅެ ދޮންތަ ބުނެބަ.ސާމިހު މިހެން ބުނެލުމަށް ފަހު ހަމީދާއަށް އެއްލޯ މަރާލިއެވެ.
އެބުނަހެން.ދޯ ސޭމް.ހުދާއްކޮއަށް އިނގޭނެއެއްނު ހުދާއްކޮގެ ސޭމްދޯ. ހަމީދާވެސް ސާމިހުއާއި ބައިވެގެން ހުދާއާއި ދިމާކޮއްލިއެވެ.ވަގުތު ހުދާގެ ދޮން ކޯތާފަތް ރަތް ފިނިފެންމަލެއްހެން ރަތް ވެގެން ދިޔައެވެ.ދޮރުމަތީ ހުއްޓިލައިން ހުރި ޔައިޝްއަށް ކިތަންމެ ފުރިހަމަޔަކަށްވެސް މިކަން ފާހަގަ ވިއެވެ.ހަމައެހެންމެ އެވީ ވަގުތު ކޮޅު ތެރޭ އެތެރެއިން ދެކެވުނު ހުރިހާ ވާހަކައެއްވެސް ޔައިޝްގެ ކަންފަތާ ހަމަޔަށް ފޯރިއެވެ.ތަނެއްދޮރެއް ނޭނގޭ ޔައިޝްއަށް މިއަޑުތައް އިވުމުން ކުރިޔަށް ވުރެންވެސް ބޮޑަށް ޝައްކުތައް ވީ އިތުރެވެ.
“ހަމައަސްލައް ވެސް ހުދާއާއި ސަމިހު އުޅެނީ ރައްޓެހިވެގެންތަ؟ މިހެންވެތަ އެޜޭ ހުދާ ބުނީ އައިހޭވް ލޮޓްތޫޑު ވިތް އޭ.ނޫން ނޫން ހުދާއެއީ ހަމައެކަނި އަހަރެންގެ ހައްގެއް.އެހެން މީހަކަށް އަހަރެންގެ ހައްގު ދޭކަށް އަހަރެންނެތިން.ނޫން ސާމިހު ޔު ހެވްޓު ގެޓް އައުޓް ބިޓްވީން ހުދާ އެންމީ.ޔޫ ގެޓް ލޮސްޓް.ގޯ.ގޯ.ގޯ އަވޭ…. ހުދާއަށް ނުފެންނަހަ ދުރަށްދޭ. ” ޔައިޝް ހިތާ ހިތުން ބުނަމުން ދެއެވެ.
ސަބަސް ދޮންތާ.ހުދާ އިސްޖަހައިން ހުރެ ހަމީދާއަށް މިހެން ބުނެފައި އެބުރުނީ ކޮޓަރިޔަށް ދާންވެގެންނެވެ.އެންމެން ކުރިމަތީ ބޭޒާރު ވާން ނެދޭތީ އެވެ.އެމޫނަށް ވެރިވެފައިވާ ޖަމްބުކަން ސާމިހުއަށް އެނގެން ނޭނދޭ ތީއެވެ.އެންމެ ގާތް އެކުވެރިޔާއަށް މިހުރިހައި ދުވަހަކު ސިއްރު ކޮއްގެން ހުރި ކަންކަން އެހާ އަވަހަށް ފަޅާ އަރަން ބޭނުން ނުވާތީ އެވެ.އެވެސް އަދި މިހާ ނާޒުކު ވަގުތެއްގައެވެ.ނަމަވެސް ނަސީބު ކަން ދިމާ ކުރި ގޮތުން ހުދާ މިކަން ފާހަގަ ވުމަށް ނޭނދޭ އެކަކަށް މިކަން ފާހަގަވިއެވެ.ތިހީކުރަނީ ރަނގަޅަށެވެ.ހުދާ ހިގައިގަންނަން ބެލިއިރު ދޮރުމަތީގައި ޔައިޝް އާއި ތަނިމް ހުއްޓެވެ.ލާނެތް ގޮތަކަށް ތާނިމް ހިނިތުންވެގެން ހުރުމުން ތާނިމްމެންއަށް މިހުރިހާ އިރަކު ދެއްކި ހުރިހާ ވަހަކައެއް އަޑު އިވުނުކަން ހުދާއަށް އެނގުނެވެ.ގަތް ލަދެއްގެ ސަބަބުން އަބުރާ ބަދިގެޔަށް ވަދެ ފުރިޖުން ފެންފުޅިޔެއްނަގައިގެން ފެންފޮދެއްބޯލިއެވެ.އަދި ފުން ދެތިން ނޭވާ ލުމަށްފަހު އެންމެނާ ކުރިމަތިލިޔެވެ.
އުހުމްއަހަމް..ކޮބާ ހުދާއްކޮ ކިހިނެއް؟ހަމީދާ މަޖާ ވެލާފައި އަހައިލިއެވެ.ވަގުތު ހުދާ އިސްދަށަށް ޖަހާލިއެވެ.އޭރު ތާނިމްވެސް ހުރީ ހުދާ އާއި ދިމާކޮއްލާ ހިތުންނެވެ.ނަމަވެސް ޔައިޝްގެ އިހުސާސްތަކަށް ވިސްނައި އެއްޗެއް ނުބުނީއެވެ.ސަނާވެސް ހުރީފާޑަކަށް ހިނިއައިސްފައި ހުއްޓެއް ކަމަކު އެފަކީރަށް މިވާނުވާއެއް ނޭނގެއެވެ.ސާމިހުގެ ހާލަކީތޯއެވެ.އޭނަވެސް ހުރީ ހެވިދިއްލިފައެވެ.އުފަލުންގޮސް ދެންމެ ދެންމެ އުދުހިގެންފާނަމޭވެސް އޭނަހިތަށް އަރައެވެ.އާއެކެވެ.މިއަދު ހަޔަޤީނަށްވެސް ހުދާ އޭނަދެކެ ގަޔާވާކަން ސާމިހުއަށް ކަށަވަރުވެއްޖެއެވެ.މިއެންމެންގެ ތެރޭގައި އޮއްސިފައިވާ ރޭގަނޑެއް ހެން ޔައިޝް ހުއްޓެވެ.އޭނަޔަށްވެސް އޭނަޔަށް ވާގޮތެއް ނޭނގެއެވެ.ރުޅިއާދެއެވެ.ދެރަވެއެވެ.ސާމިހު މަރާލަންވެސް ހިތަށް އަރަމުންދިޔައެވެ.ސާމިހުއަށް ވުރެން ކުރިން ހުދާކައިރީ ހިތުގެ ހާލަތު ބުނަންވެސް ބޭނުންވެއެވެ.ނަމަވެސް އަގައިން ބަހެއް ބުނާނެހާ ހިއްވަރެއް ނެތެވެ.
ކޮބާ؟އަދިވެސް ދޮންތަ ހުދާއްކޮއާ ސޭމްއާ އަޅުވާކީމަ ބުނަތި ޖަސްޓް ފޮރެންޑްސް އޭ.ނަތިންމަޗްއޭ. ދޮންތަމެން ޖެލަސްވަނީ ހެއްޔޭ.ދޯ ތާނ..ހަމީދާއަށް ބުނެވުނީ މިހަހިސާބަށެވެ.
ހުއްޓާލާ…ހުއްޓާލާ… ސާމިހު އެންޑް ހުދާއިޒް ނޮޓް އަކަޕަލް.އެންޑް ކޭންނެވާބީ..
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


varah salhi vaahaka eh Aayoo