Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 19

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 28, 2020 6 Mins Read
3 Comments

ސައުތް ކޮރެއާ އަދި ރާއްޖެ ކުޅޭ އެކުވެރިކަމުގެ މެޗު އޮތީ ކޮރެއާ ގަޑިން ރޭގަނޑު އަށެއް ޖެހިއިރުއެވެ. ދެ ޤައުމުގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބެވެ. މެޗު ނުފެށެނީވެސް ސަޕޯޓަރުންގެ އަޑު ހުއްޓުމެއް ނެތި ދަނޑުގައި ގުގުމަމުން ދިޔައެވެ.

ލައިޝާ އަދި އާޔާ ދަނޑަށް ދިއުމުގެ ކުރިން ނިދުމާއެކު އެ ކުދިން ބަލަން ހޮޓެލްގައި ޒާޔާ އާއި މިންހާ އަދި އަހާން ހޮޓެލްގައި މަޑު ކުރިއެވެ. އިޝަލް މެޗުގެ ފުރަތަމަ އެގާރައަށް ނާރާކަން ޔަޤީން ވުމާއެކު މިންހާ އަދި އަހާން ދާން ބޭނުންނުވީއެވެ. ރިއަން ކުޅޭތީ ދާން ބޭނުންވެފައި ހުރި ނަމަވެސް، ފަހަކަށް އައިސް އަހާން ގަސްތުގައި އޭނާއާ މާ ދުރުން އުޅޭހެން ހީވާތީ ޒާޔާ ބޭނުންވީ އަހާންއާ އެއްކޮށް މަޑު ކުރާށެވެ. އަހާން އޭނާއާ ދުރުން އުޅެނީ ކީއްވެތޯ އޮޅުން ފިލުވަން ބޭނުންވިއެވެ.

އެކުވެރިކަމުގެ މެޗަކަށް ވުމުން ތަޖުރިބާ ކާރު ކުޅުން ތެރިން ބެންޗުގައި ބައިތިއްބައިފައި މުޅިން އަލަށް ޤައުމީ ޓީމު ސްކޮޑުގައި ހިމެނުނު ފަސް ކުޅުންތެރިއަކު މެޗުގެ ފުރަތަމަ އެގާރާގައި މާއިޒް ހިމެނިއެވެ. ރާއްޖޭ ޓީމުގެ އެންމެ މުހިންމު ދެކުޅުންތެރިން ޓީމުގެ ކެޕްޓަން އަދި ވައިސް ކެޕްޓަން ޔޫސުފް އާއި އަލްޔަސް މެޗު ފެށީ ބެންޗުންނެވެ. ޔޫސުފްގެ ބަދަލުގައި އެންމެ ކުރިއަށް ކުޅުމުގެ ފުރުސަތު ރިއަންއަށް މާއިޒް ދިނެވެ. އެކުވެރި ކަމުގެ މެޗަކަށް ވުމުން އަޖުމަ ބަލާލުމަށް އެ ކުޅުންތެރިންނަށް ފުރުސަތު ދޭން މާއިޒް ނިންމީއެވެ.

ފުރަތަމަ އެގާރައިން ޖާގަ ނުލިބުނެއް ކަމަކު އިޝަލްގެ އެއްވެެސް ޝަކުވާއެއް ނެތެވެ. ޤައުމީ ޓީމުގެ ބެންޗުގައި އިންނުމުގެ ފުރުސަތު ލިބުމަކީ ވެސް އޭނާއަަށް ވަރަަށް ބޮޑު ޝަރަފަކަށް ވިއެވެ. ޚާއްސަކޮށް ބޭބެ ޔޫސުފް އާއި އަލްޔަސް އަދި ޒެވިޔަން ވެސް އޭނާއާ އެއްކޮށް ބެންޗުގައި އިނުމުން އިތުރަށް ފަޚުރުވެރިވިއެވެ.

ބެންޗުގައި އިން ނަމަވެސް ޤައުމީ ސަލާން ކިޔަމުން ދިޔަ ވަގުތު ޤައުމީ ޖޯޝާއި ލޭ އޭނާ ގައިގައި ހިނގަމުން ދިޔައެވެ. ކުރިން ދުވަހަކު ވެސް ނުކުރެވޭ ފަދަ އިޙުސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. މުޅި ގައިން ހީބިހި ނަގަމުން ދިޔައެވެ. ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑު ކަމުން އޭނާގެ ލޮލުން ކަރުނަ ވެސް ނީރައިލިއެވެ.

މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓު ބޯޅަ ހިފަހައްޓައިގެން ގެންގުޅުނީ ދިވެހި ޓީމެވެ. މެޗުގެ ފުރަތަމަ މިނެޓު ތެރޭގައި ވަރަށް ނުރައްކާތެރި ހަމަލާއެެއް ގޯލާއި އަމާޒުކޮށް ރިއަން ފޮނުވައިލިއެވެ. ނަސީބު ދެރަކަމުން ބޯޅަ އޮޅެމުން ގޮސް އެންމެ ފަހު ވަގުތު މަތީ ދަނޑީ ޖެހިފައި ބޯޅަ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައީއެވެ.

“ޔެސް. އެ ރިއަންއަށް ގޯލް ނުޖެހުނިއްޔާ ރަނގަޅީ” ފުދޭވަރަކަށް ބާރަށް ޔާޒް ހަޅޭއްލަވައި ގަތުމުން ދިވެހިންގެ ލޯތައް ޔާޒްއަށް އަމާޒުވާން ފެށިއެވެ. އޭނާ ވަރަށް ނޫންކަމަށް ހަދައިފައި ދެރަވާ ކަމަށް ހެދުނެވެ. ޔާޒް ހަޅޭއްލަވައިގަތް ގޮތުން ހިނިއައި ނަމަވެސް އައިރާ ހިނިގަނޑު ހިފަހައްޓައިލިއެވެ. ޔާޒްއާ ދިމާއަަށް ބަލާލައިފައި ލޯ އަޅާލާމުން ދެފަރާތަަށް ބޯ ހަލުވާލިއެވެ. ޔާޒް ވައި އަޑުން ސޮަޮރީއޭ ބުނެލިއެވެ.

މެޗުގެ ފަސް ވަނަ މިނެޓަށް ފަހު ބޯޅަ މުޅިން ވެސް ގެންގުޅުނީ ކޮރެއާ ކުޅުންތެރިންނެވެ. ހާލަކުން ފަހަރަކު ރާއްޖޭ ކުޅުންތެރިންނަށް ބޯޅަ ލިބުނު ނަމަވެސް ވަރަށް ފަސޭހަކަމާއެކު ކޮރެއާ ކުޅުންތެރިން އެ ބޯޅަ އަތުލައެވެ. ބޯޅަ ހޯދަން ކޮރެއާ ކުޅުންތެރިން ފަހަތުން ދުވެ ދުވެ ދިވެހި ކުޅުންތެރިން ތިބީ ވަރުބަލިވެފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖޭ ކޮޅަށް ކޮރެއާއިން ތިން ލަނޑު ޖެހިއެވެ.

ހަނދާން ނެތިގެން ނަވާރްއަށް އިނދެވުނީ އަލައިކާއާ ޖެހިގެން އިން ގޮނޑީގައެވެ. ފޯރި އަރާ ކޮންމެ ވަގުތަކު ނަވާރްގެ ކަނާއަތަށް އަލައިކާ އަތުގެ ހަމަލާއެއް އަރައެވެ. ކޮންމެ ފަހަރަކު ވެސް މާފަށް އެދިފައި އަނެއްކާ ދެވަނަ ފަހަރަށް ވެސް އަރާ ފޯރީގައި ޖަހައެވެ. “އަލްކޮ ނަވާރްއަށް ތިހާ އަނިޔާ ކުރަން ހެޔޮ ވެސް ނުވާނެ. ޔޫސުފްއަށް އެނގިއްޖެޔާ ދުނިޔެއިން ބޭރަށް އަލްކޮ އެއްލާލަން ވެސް ފަހެއް ނުޖެހޭނެ” އަލައިކާ ރަކި ކުރުމުގެ ބޭނުމުގައި ޔާޒް ބުނެލިއެވެ. އައިރާ ވެސް ޔާޒްއާ އެއްބަސްވިއެވެ.

ލައިޝާ އާއި އާޔާ ނިދައިފައި ތިބުމުން މިންހާމެން ތިބީ ޓީވީގެ އަޑު ވަރަށް މަޑުކޮށްގެންނެވެ. ރިއަން ކުޅޭތީވެ މިންހާ ގަދައަަށް ޒާޔާއާ ދިމާކުރިއެވެ. މިންހާ ދިމާ ކުރިނަމަ ވެސް އަހާން ދިމާ ކުރުމުގެ ގޮތުން އެންމެ ބަހެއް ވެސް ބުނެނުލައެވެ. އޭނާ މެޗު ބަލަން އިނެއް ކަމަކު ގިނަ ވަގުތު ހުރީ ވެސް ފޯނު ހިފައިގެންނެވެ. އަހާން ދިމާ ނުކުރުމުން ޒާޔާއަށް އުނދަގޫވިއެވެ.

“އަހާން ހިތްހަމަ ނުޖެހިފަތަ؟” ހާފު ގަޑި ޖެހުމުން މިންހާ ދިޔައީ ކާ އެއްޗެކަށް އޯޑަރު ކުރާށެވެ. ޒާޔާ އާއި އަހާން އެކަނި ވުމުން ޒާޔާ ބޭނުންވީ އަހާންއާ ކުޑަކޮށް ވާހަކަ ދައްކާލާށެވެ. “އުނހޫ” ޒާޔާއާ ދިމާއަށް ބަލާލުމެއް ވެސް ނެތި ފޯނާއި ކުޅެމުން އަހާން ޖަވާބު ދިނެވެ.
“ދޮގު ހަދާނެ ކަމެއް ނެތް. އަހަރެން އަލުން ރިއަންއާ ގުޅުނީމަ ހިތްހަމަ ނުޖެހިފައެއްނު ތިހިރީ. އަހަންނާ ވާހަކަ ނުދައްކާ ދުރުން އުޅެން ކޮންމެހެން ކީއްކުރަން އެ ދުވަހު ރިއަން ގެނައީ؟ އަހާންގެ ސަބަބުން ދޯ މަށާ ރިއަންއާ އަލުން ގުޅުނީ! ހިތްހަމަ ނުޖެހޭއިރު ކީއްކުރަން އެ ގޮތަށް ކަންތައް ކުރީ؟” އަހާން ރުން ކުރުކޮށް ޖަވާބު ދިނުމާއެކު ޒާޔާ ރުޅިގަދަވިއެވެ. ނުރުހުނު ނަމަވެސް ޒާޔާ ވާހަކަ ދެއްކީ މަޑުންނެވެ. ޒާޔާ ލޮލުން ފެންނަމުން ދިޔައީ ހިތްދަތި ކަމެވެ. އޭނާގެ ލޮލުގައިވި އަސަރުން އަހާން ހިތަށް އަސަރު ކުރިއެވެ.
“އަހަރުން ދެމީހުން ކުރިން އުޅުނުހެން ނޫޅެވޭނެދޯ. ރިއަން ވެސް ހިތްހަމައެއް ނުޖެހޭނެ. އެހެންނޫނަސް އަހަރެން ވެސް މިއުޅެނީ ކުއްޖަކާ ރަށްޓެހިވެގެން. އެކުއްޖާ ހިތްހަމައެއް ނުޖެހޭ އަހަރެން އެހެން ކުދިންނާ ވާހަކަ ދައްކާކަށް”

“އެހެން ކުދިން؟” އަތުން ކޮމާ ކޯޅިއެއް ހެދިއިރު ޒާޔާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ކުޑަ ދުވުން ފެށިގެން އެ ދެމެދުގައި އޮތް އެކުވެރިކަން އަހާންއަށް އެއްވެސް އެއްޗެކަށް ނުވުމުން ހިތުގައި ޖެހުނެވެ. އަހާން އޭނާއާ މެދު ދެކެނީ ‘އެހެން ކުއްޖެއް’ ގޮތުގައިކަން ޤަބޫލު ކުރަން ޒާޔާއަށް އުނދަގޫވިއެވެ. އަހާންއަށް އޭނާއަކީ އެއްވެސް ޚާއްސަ މީހަކަށް ނުވިއެވެ.

އަހާން ކުރިމަތީ އެންމެ ސިކުންތަކު ވެސް މަޑު ކުރަން ބޭނުން ނުވުމުން ޒާޔާ އެ ކޮޓަރިން ވެސް ނުކުތެވެ. ޒާޔާ ދިޔަ ދިމާއަށް ބަލަން ހުރި އަހާންއަށް މޭގައި އަތް އަޅާލެވުނީ ހިތަށް ކުރި އަސަރުން ކެތް ނުވެގެންނެވެ. ދެލޯ މަރާލުމާއެކު އެސްފިޔަތަށް ފޫއަޅުވާފައި އަހާން ލޮލުން ކަރުނަ ފޭބިއެވެ.

ޕިއްޒާއަކަށް އޯޑަރުކޮށްފައި އެނބުރި އައި މިންހާ އަހާން އާއި ޒާޔާއަށް ނުފެންނާނެހެން މަޑުކޮށްލީ ދެކުދިން ވާހަކަ ދައްކަން ތިބުމުންނެވެ. އަހާން ޒާޔާއާ ދުރުން އުޅޭތީ ޒާޔާ ވަނީ އޭނާ ގާތު ވެސް އެ ޝަކުވާ ކޮށްފައެވެ. އެ ދެ ކުދިންނަށް ނޭންގުނު ކަމުގައި ވިއަސް އެ ދެމެދުގައި ދެކެވުނު ވާހަކަތައް މިންހާއަށް އަޑު އިވުނެވެ. ޒާޔާ ފަހަތުން ދާންވީ ކަމެއް އަހާން ގާތު މަޑު ކުރަންވީ ކަމެއް މިންހާއަކަށް ނޭންގުނެވެ.

 

ދެވަނަ ހާފުގެ ކުޅުން ފެށީ ރާއްޖޭ ޓީމުން ދެބަދަލާއެކުއެވެ. ރިއަން އާއި ނަޒާލްގެ ބަދަލުގައި ޔޫސުފް އަދި އަލްޔަސް ކުޅެން އެރިއެވެ. ޔޫސުފް އާއި އަލްޔަސް ދަނޑަށް އަރަން އައި ވަގުތު ސަޕޯޓަރުންގެ އަޑު ގަދަވެގެން ދިޔައެވެ. ޚާއްސަކޮށް އަންހެން ކުދިންގެއެވެ.

“އަޅެ އަލްޔަސް މަށަށް ލިބޭނެ ނަމަ ދޯ!” އަލައިކާ ފަހަތުގައި އިން އަންހެން ކުއްޖާ ތޫލިއަޑަކުން ބުނެލިއެވެ. ވަގުތުން އަލައިކާގެ މޫނު ރުޅިން ރަތްވެގެން ދިޔައެވެ.

“އޭ ޑޫޑް އަލްޔަސް އުޅެނީ މީހަކާ އިނދެގެން އަދި ދެކުދިން ވެސް ތިބޭ” ފަހަތަށް އެނބުރިފައި ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ގަދަކަމުން އަލައިކާ ހިނިތުންވިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވި ހަސަދަވެރިކަން ވިސްނައިގެން ބަލާލި މީހަކަށް ފާހަގަ ވާނެއެވެ. “އޭނާ ވައިފް ދޫކޮށްފަ އަންނާނީއޭ. މަށަށް ޔަޤީން އެކުއްޖާއަށް ވުރެ އަހަރެން މާ ރީތިވާނެކަން” ކުރިއަށް ވުރެ ބޮޑަށް ތުއި ވެލާފައި އެ އަންހެން ކުއްޖާ ބުނެލިއެވެ. “އެ އަންހެން ކުއްޖާއަކީ އަހަރެން. އަލްޔަސްއާ ދިމާއަށް ނު ގޮތަކަށް އިތުރަށް ބާލާލިއަސް ތި ދެލޯ ކޮނެލަން ވެސް އަހަރެން ފަހެއް ނުޖެހޭނަން” އަލައިކާ އަކީ ކާކުކަން އެނގުމާއެކު އެ އަންހެން ކުއްޖާ ރަކިވިއެވެ. ރަކިވެގެން އިސްޖެހި ގޮތަށް އިސްއުފުލައި ބަލާލަން ވެސް ނުކެރުނެވެ. އެ ކުއްޖާއާ އެެއްކޮށް އައިސް ތިބި ކުދިން ހެމުން ދިޔައެވެ.

އަލްޔަސް އާއި ޔޫސުފް އެރުމުން ރާއްޖޭ ޓީމުން ތަފާތު ފެންނަން ފެށިއެވެ. ގިނަ ވަގުތު ކުރީގައި ބޯޅަ ހިފަހައްޓާއި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަނަވަސް ކުރަމުން ދިޔައެވެ. ދެވަނަ ހާފުގައި މޮޅަށް ކުޅެމުން ދިޔައީ ރާއްޖޭ ޓީމުންނެވެ. ރާއްޖެއިން އުއްފަދާ ހަމަލާތައް ތިން ދަނޑިން އެތެރެއަށް ނުވަދެ ދަނީ ކޮރެއާ ކީޕަރުގެ މޮޅު ކަމުންނެވެ.

މެޗުގެ ހަތްދިހަ ފަސް ވަނަ މިނެޓުގައި ކޮރެއާގެ ޑިފެންޑަރަކަަށް ހެދުނު ގޯހެއްގެ ފައިދާ އަލްޔަސް ނެގިއެވެ. ޑިފެންޑަރު ބަލާ ނުލައި ކުރިއަށް ދިން ބޯޅަ ލިބުނީ ސޯދާ އަލްޔަސްއާށެވެ. އަލްޔަސް ބޯޅަ ހިފައިގެން ހަލުވިކޮށް ދުވެފައި ގޮސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނެވެ. އޭރު އޭނާ ގާތު ދެ ޑިފެންޑަރުން ޖައްސައިފައި ތިއްބެވެ. އަލްޔަސް ރަނގަޅަށް ބަލާލުމަށްފަހު ދުވެފައި ކުރިއަށް އެރި ޔޫސުފްއަށް ބޯޅަ ނަގައިދިނެވެ. އަލްޔަަސް ބޯޅަ ގޯލަށް ޖަހާނެ ކަމަށް ހީކޮށްގެން ކޮރެއާ ކުޅުންތެރިން ތިބީ ޔޫސުފްއާ މެދު ނުވިސްނައެެވެ. އަލްޔަސް ނަގައިދިން ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވައިގެން ރާއްޖެއިން ފަރަގު ކުޑަ ކުރިއެވެ.

ލަނޑެއް ޖެހުމާއެކު އިތުރު ހިތްވަރާއެކު ރާއްޖެއިން ކުޅެން ފެށިއެވެ. މޮޅު ނުވިއަސް ބަލިނުވެ އެއްވަރު ކުރަން މަސައްކަތް ކުރިއެވެ. އަލްޔަސް އާއި ޔޫސުފްގެ ހަލުވި ކަމުން ކޮރެއާގެ ދިފައީ ކުޅުންތެރިންނަށް ބާރު ކުރަމުން ދިޔައެވެ. މެޗުގެ އަށްޑިހަ ވަނަ މިނެޓުގައި ޒެވިޔަން ކުޅެން އެރުމުން ކޮރެއާާއަށް އިތުރު އުނދަގޫތަކާ ކުރިމަތި ލާން ޖެހުނެވެ.

ކީޕަރު ޕާސް ކުރި ބޯޅަ ލިބުނީ ޑިފެންޑަރަށެވެ. ޑިފެންޑަރު ބޯޅަ ހިފައިގެން ގޮސް މެދު ތެރެއަށް ކުޅޭ ކުޅުންތެރިއާއަށް ޕާސް ކުރިއެވެ. އެ ކުޅުންތެރިއާ ކޮރެއާ ކުޅުންތެރިއެއް ގާތުން ނައްޓާލުމަށް ފަހު ޒެވިޔަންއަށް ބޯޅަ ދިނެވެ. ޒެވިޔަން އަރިމަތިން ބޯޅަ ހިފައިގެން ގޮސް ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ޔޫސުފްއަށް ބޯޅަ ދިނެވެ. ޔޫސުފް ބަލައިލައިފައި ކަނާއަތް ފަޅީ ހުހަށް އޮތް އަލްޔަސްއަށް ބޯޅަ ޖައްސާލިއެވެ. މަޑު މަޑުން ވައަތުން ފައިން ގޯލާއި ދިމާއަށް އަލްޔަސް ފޮނުވާލި ބޯޅަ ކީޕަރު އަތް ދަށުން ލައިފައި ގޯލުގެ ތެރެއަށް ވަނެވެ.

ރާއްޖޭޓީމުން ފަރަޤު ކުޑަ ކުރުމާއެކު ސަޕޯޓަރުންގެ އަޑު ކުރިއަށް ވުރެ ގަދަވިއެވެ. ތިންވަނަ ލަނޑެއް ޖަހަން ޓީމަށް ހިތްވަރު ދޭން ފެށިއެވެ. ދެވަނަ ލަނޑު ޖަހައިފައި އަލްޔަސް އަތުން އޭ އަކުރެއް ހަދާފައި އެ ލަނޑު އަލައިކާއަށް ޚާއްސަ ކުރިއެވެ. އެ ގަޑީ ކެމެރާ އަލައިކާއަށް އަޅުވާލުމާއެކު އަލައިކާ ލަދުން މުޅި މޫނު ރަތްވެގެން ދިޔައެވެ.

ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތު ތެރޭ ރާއްޖެއަށް ޕެނަލްޓީއެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ހުސްކޮށް އޮވެ ބޯޅަ ހިފައިގެން ވަން ޒެވަޔަން ދަތި އަޅުވާ، ކޮރެއާ ކީޕަރު އޭނާ ވައްޓާލިއެވެ. ރާއްޖޭ ޓީމުގެ ޕެނަލްޓީ އާންމުކޮށް ޖަހާ ކުޅުންތެރިއަކީ ޔޫސުފްއެވެ. ނަމަވެސް މި ޕެންލްޓީ ޖެހުމުގެ ފުރުސަތު ޔޫސުފް ޒެވިޔަންއަށް ދިނެވެ. ފަހަކަށް އައިސް ޒެވިޔަންއަށް ލަނޑު ނުޖެހޭތީވެ ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ ޒެވިޔަންއަށް އަމާޒުވެފައެވެ.

ވަރަށް ހަމަޖެހިލައިގެން ހުރެ ޒެވިޔަން ބޯޅަ ފޮނުވާލީ ސީދާ ގޯލުގެ މަތީ ކަނަށެވެ. ޒެވިޔަން ބޯޅާގައި ޖެހިލެއް ބާރުކަމުން ކީޕަރު ހުރީ ހަރަކާތެއް ކުރަން ނޭންގި ހުއްޓުން އަރާފައެވެ. ޒެވިޔަން ޕެނަލްޓީ ކާމިޔާބު ކުރުމާއެކު ހުރިހާ ކުޅުން ތެރިން އައިސް އޭނާ ގަޔަށް އަރައިގަތެވެ. ސަޕޯޓަރުން ވެސް އެކަކު އަނެކަކު ގައި ބައްދައި ހެދިއެވެ. މެޗުން ބަލި ނުވެ އެއްވަރު ވުމުން ސަޕޯޓަރުންނާއީ ކުޅުންތެރިންނަށް ވެސް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ.

މެޗު ނިމިގެން ޑްރެސިން ރޫމަށް ގޮއްސައި މާއިޒް އޭނާގެ ކުޅުން ތެރިންނަށް ތަޢުރީފު ކުރިއެވެ. ފުރަތަމަ ހާފުގައި އެންމެ ރަނގަޅަށް ނުކުޅެވުނު ކަމުގައި ވިއަސް އެ ކުދިން ކުރި ހިތްވަރަށް މާއިޒް ސާބަސް ދިނެވެ. ގިނައިން މެޗުތައް ކުޅެން ލިބޭ ވަރަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ ހަމަޖެހިލައިގެން ކުޅެވޭނެކަން އޭނާ ބުނެދިނެވެ.

 

ޔޫއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ދެކޮޅަށް ޖަރުމަނުގައި ކުޅޭ ފްރާންސް ޓީމުގެ ފުރަތަމަ އެގާރައިން އެރިކްއަށް ޖާގަ ލިބުނެވެ. ޖަރުމަނަ ފަދަ ގަދަ ބާރަކާއި އެއްކޮށް ކުޅޭ މުހިންމު މެޗެއްގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމުން އެރިކްއަށް ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. އެ މެޗަކީ މުހިންމު މެޗަކަށް ވުމުން އޭނާގެ އެންމެ މޮޅު ކުލުން ދައްކާ ހުރިހާ ސަޕޯޓަރުން އަދި ކޯޗު ފަޚުރުވެރި ކޮށްދޭނެއެވެ.

އެެރިކް ކުޅޭ ފުރަތަމަ މެޗު ބެލުމަށްޓަކައި އެރިކްމެން ރަށުގެ އެ ހިސާބު ގަނޑުގައި އުޅޭ އެންމެން ކަހަލަ ގޮތަކަށް އެރިކްމެން ގޭ ކައިރީ އަޅުވައިފައި ހުރި ބޮޑު ސްކްރީން ކައރިއަށް ޖަމާވިއެވެ. ކޮންމެ މީހެއްގެ މޫނު މަތިން ވެސް ފެންނަނީ އެރިކްއާ މެދު ފަޚުރުވެރިވެފައިވާ ކަމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

love is sour n sweet
Previous

ހުދާއްކޮ 11

Next

އެކުއްޖާ 2 ޓްރެއިލަރ

Next
November 28, 2020

އެކުއްޖާ 2 ޓްރެއިލަރ

Previews
November 28, 2020

ހުދާއްކޮ 11

love is sour n sweet

3 Comments!

  1. Kiyara says:
    November 28, 2020 at 11:41 am

    Salam my dear readers. First of all i would like to apologize my dear readers for not updating the story almost for two weeks. I had some personal issues going on. I try my best to update the story as soon as possible but unfortunately i am unabl to do so. I can’t promise when i will be able to upload next episode. I am really sorry that i disappointed my fellow readers.

    1. shambbx says:
      November 29, 2020 at 9:37 pm

      iss ok its no big prob kiyaa sis sham bunaany kiyaa sis ge story kiyan kei kohgen hunna meehun kiyaa story update kuraaleh las vathy ekamh shakuvaa eh nukoh hunnaane kiyaa sis vx hama ehen meehun henn kanthakaa dhimaavaane so kiyaa sis uh veevarakun story update kollumaky sham dhekey gothuga massala ehnoon keep it up am so speachless by your work after an year am hear reading and commenting to your story gotto say i missed you kiyaa sis ,jiji and anonymous and the other story writer ifoo ;);) :):)<3

  2. 🌻LamHaa🌻 M@L@@N@ says:
    November 29, 2020 at 8:13 am

    Maashallah v reethi mi part vx sis
    Curiously waiting for nxt part
    Stay safe n Tc
    Lyyyyyyssssssmmmmm

Comments are closed.

Next Episodeމަންޒިލް 20←


All Right Reserved!