އިސާހިތަކު ލޮނުގަނޑު ހުރީ އޭނާގެ ކަރާ ހަމާގައެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އޭނާ ލޮނުގަނޑުގެ އަޑިއަށް ގެނބިގަތެވެ.
ގަސްތަކުގެ ނިވަލުގައި ފިލާހުރި ހަމްދޫނަށް ލިބުނީ ހައިރާން ކަމެވެ. އޭނާ މަޑުމަޑުން އަތިރިމައްޗަށް ނުކުތެވެ. ދެލޯ ބޮޑުކޮށްގެން ޖަޒްލާ އަޑިއަށް ދިޔަ ދިމާއަށް ބަލަން ހުރީ އޭނާ މައްޗަށް އާރާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ނަމަވެސް ސާޅީހަކަށް ސިކުންތު ވީއިރުވެސް ޖަޒްލާގެ ޚަބަރެއް ނުވިއެވެ. ހަމްދޫނު ދުވެފައިގޮސް މޫދަށް ފުންމާލީ އެހިސާބުންނެވެ.
***
ޝައިމާއާއި ޔައީޝް މެންދުރުގެ ކެއުމަށް އިންސާފުކުރަމުންދިޔައެވެ. ދެމީހުންވެސް ތިބީ ބަސް މަދުވެފައެވެ. ޔައީޝް ވިސްނަމުންދިޔައީ ކޮންކަމަކާމެދުކަން ޝައިމާއަށް ނުހަނު ސާފުކޮށް އެނގެއެވެ. އޭނާ ހަމަ ހިމޭން ވެފައި އިނީވެސް އެހެންވެއެވެ. ޕާސްތާ ތަށި ހުސްވުމާއެކު ޔައީޝް މަޑުމަޑުން ވެލިގަނޑުމަތީ އޮށޯވެލިއެވެ. ޝައިމާ އުޅުނީ ތަށިހިފައިގެން ތެދުވާށެވެ. ނަމަވެސް އޭނައަށް ހުއްޓެވުނީ ކުއްލިއަކަށް ބަނޑަށް ފާޑެއްގެ ގޮތެއް ވާން ފެށުމުންނެވެ. އޭނާ މަޑުމަޑުން ބަނޑުގައި އަތްލިއެވެ. އެވަގުތު ކުއްޖާ ތެޅިލިކަމުގެ އިހުސާސް އޭނަގެ އަތާ ހަމައައްވެސް ފޯރިއެވެ.
“އަތްލަބަލް އަތްލަބަލަ!” ޝައިމާ އުފަލުން ހީވަނީ އެހެން ކަމެއް ހެންނެވެ. “ބޭބީ ތެޅިލައިފި!” ޝައިމާ ޔައީޝްގެ އަތް ނަގާ އޭނާގެ ބަޑުގައި ޖައްސާލިއެވެ. އެވަގުތު ދަރިފުޅުގެ ތެޅިލިއެވެ. އެ އިހުސާސް ޔައީޝްގެ އަތާ ހަމައަށްވެސް ފޯރިއެވެ.
“ދަރިފުޅާ ބޭބީ!” ޔައިޝްގެ ކަންފަތް ޝައިމާގެ ބަނޑުގައި ޖައްސާލަމުން ވާހަކަ ދައްކަންފެށިއެވެ. “ދަރިފުޅާ! މީ ދަރިފުޅުގެ ބައްޕި އިނގޭ! ތީ މަންމި ކަހަލަ ލޯބި ލޯބި ކުޑަ ކުޑަ ޝައީއެއްތަ؟ ދެން އަވަހަށް ނިކުންނަން އުޅެބަލަ! ބައްޕި މިހާރު އުރާލާހިތުން މިހިރަ ކެތް މަދުވަނީ!”
“ދެން ހެޔޮ!” ޝައިމާ ހިނިގަނޑަކާއެކު ޔައީޝް ދުރުކޮށްލިއެވެ. “އެހާ އަވަހަކަށް އުރާކަށް ނުލިބޭނެ ދޯ ދަރިފުޅާ! ބައްޕި ދަހިކޮށްލާ ރަނގަޅަށް!”
އެވަގުތު ޔައީޝްގެ ސަމާލުކަން އަތުލީ ތަންކޮޅެއް ދުރުން އިވެމުންދިޔަ ބައެއްގެ ހަޅޭކުގެ އަޑެވެ. އޭނާ ވަގުތުން އެދިމާއަށް ބަލައިލިއެވެ. އެއްވެފައިވާ މީހުންތަށް ފެނުމާއެކު ކަމެއް ގޯސްވެއްޖެކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން އިންޒާރު ދިނެވެ. އޭނާ އަވަސް އަވަހަށް އެތަނުން ތެދުވެ ގައިން ވެލި ފޮޅާލަމުން އެ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ކަހަލަގޮތަކަށް ޝައިމާވެސް ތެދުވެގެން ހިނގައިގަތެވެ.
އެއްވެފައިވާ މީހުންތަކުގެ ތެރެއަށް ޔައީޝް ވަނީ ވެގެން މިއުޅެނީ ކީއްތޯ ބަލާލުމަށެވެ. އެތާ ތިބި ކޮންމެ މީހެއްްގެ މޫނުމަތިންވެސް ފެންނަނީ ސުވާލުމާކެކެވެ. އެއިރު ވެލިގަނޑުމަތީ ކޮންމެވެސް އަންހެން ކުއްޖަކު ބާއްވާފައި އޮތެވެ. ހަމްދޫން އެ ކުއްޖާގެ ބަނޑަށް ފިއްތަ ފިއްތާފައި ‘ސިޕީއާރު’ ދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ހަމްދޫން އެ ކުއްޖާ ކައިރިން ދުރަށް ދިއުމާއެކު ޔައީޝްގެ ދެލޯ ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. އެކުއްޖާގެ މޫނު ޔައީޝްއަށް މި ފެނުނީ އަދި ކިރިޔާއެވެ. އެއީ ޖަޒްލާއެވެ. ލޮނުބޮވި މީހާ ފިނިވެފައި ވުމުގެ ސަބަބުން މޫނުމަތި ވަނީ ހުދުވެފައެވެ. ތުންފަތްވަނީ ހިކިވެ ހަރުވެފައެވެ. ދެލޯ ވަނީ މެރިފައެވެ.
“މި ކުއްޖާ އަމިއްލައަށް މަރުވާން އުޅުނީ!” ސުވާލު ކޮށްލުމުން މީހަކު ކިޔައިދިނެވެ. “އެތާ ފުއްޓަރު ފަރާތުގަ އެކަނި ހުއްޓަޔޯ ހަމްދޫނަށް ފެނުނީ! އިރުކޮޅަކުން ފެނުނީ އަމިއްލައަށްގޮސް ގެނބިގަން ތަނޯ! އަހަރެމެންނަށްވެސް ފެނުނީ އޭނާ މި ގޮއްޔެ އަތްދަނޑިމައްޗަށް ނަގައިގެން ގެންނަނިކޮށް! މިކުއްޖާ އެކަނި މޫދަށް އެރެނިކޮށް ހަމްދޫނަށް ނުފެނުނުނަމަ މިއަދު ފެންނާނީ މި ކުއްޖާގެ ފުރާނަނެތް މަސްގަނޑު!”
ހަމްދޫން އަނެއްކާވެސް އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އެވަގުތު ކުއްލިއަކަށް ކެއްސައިގަތުމަށްފަހު ޖަޒްލާ ލޯ ހުޅުވާލިއެވެ. އަދި އޯކަށް ދެމިގަތުމަށްފަހު އަނގައިން ފެންގަނޑު ފައިބައިގަތެވެ.
ޔައީޝްގެ ހިތުގައި ފުރަތަމަ ފަހަރަށް ޖަޒްލާއާއި ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. ލޯތްބައްޓަކައި އަމިއްލަ ފުރާނަ ދުއްވާލަން ފަސްނުޖެހޭ ކުދިންވެސް އުޅޭކަމަށް ޔައީޝްއަށް ޤަބޫލުކުރެވުނެވެ.
ޝައިމާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މި ލިބުނީ ބިރުވެރި އިންޒާރެކެވެ. ޖަޒްލާ އަމިއްލައަށް މަރުވާން އުޅުނު ސަބަބު ހަމަ ރަނގަޅަށްވެސް އޭނާއަށް އެނގެއެވެ. އޭނަގެ ހިތް ތުރުތުރު އަޅައިގެން ދިޔައީ މި ސަބަބާ ހުރެއެވެ.
އެއްވެފައިވާ މީހުންތަކުގެ ތެރޭގައި ތަފާތު ވާހަކަތަށް ދެކެވެމުންދިޔައެވެ. ޔައީޝްގެ ބޮލުގައި ވަގުތުން ރިއްސައިގަނެއްޖެއެވެ. އޭނާ މީހުންތަކު ތެރެއިން ނުކުތުމަށްފަހު މިސްރަބުޖެހީ އެއްގަމާ ދިމާއަށެވެ. އެވަގުތު ފަޒީލް އައިސް ޔައީޝް ހުއްޓުވިއެވެ.
“އައި ނީޑް ޓު ޓޯކް ޓު ޔޫ!” ފަޒީލްގެ މޫނުމަތީގައިވާ ނުތަނަވަސް ކަމާއި ސީރިޔަސްކަމުން ޔައީޝްގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. “ހަމަމިހާރު!”
ދެމީހުން ހިނގައިގަތީ މީހުން ނެތް އެކަހެރި ހިސާބަކަށެވެ. އަސުރަށް އަޅާފައިވުމުން ޖައްވުގައިވާ ހޫނުމިންވެސް ދަނީ މަޑުވަމުންނެވެ.
” އައި ތިންކް ޝީ ރިއަލީ ލަވްސް ޔޫ!” ފަޒީލް އެންމެ ފުރަތަމަވެސް ބުނެލީ އެހެންނެވެ. ޔައީޝްއަށް މިވަނީ ވިސްނަން ޖެހިފައެވެ. އަމިއްލަ ފުރަނައަށްވުރެވެސް ބޮޑަށް ޔައީޝް ދެކެ ލޯބިވާ ކުއްޖެއް ހުރުމުންނެވެ.
“ފަޒޭ! އަހަންނަށް މިހާރު ވިސްނިއްޖެ ޖަޒްލާ އަހަރެންދެކެ ވާ ހަޤީޤީ ލޯބި!” ޔައީޝް ވެލިގަނޑުމަތީ އިށީނެވެ. “އެކަމު މަ ކިހިނެއްތަ ހަދަންވީ؟ މަށަކަށް ޝައިމާއާއި ނުލާ ނޫޅެވޭނެ! އަދި އޭނައާ ވަތްކެއްވެސް ނުވެވޭނެ! އައި ޑޯންޓް ހޭވް އެނީ ޗޮއިސް!!”
“ޝައިމާއާއި ވަކިނުވިއަސް ޖަޒްލާއަށް ޔައީޝްގެ ލޯބި ދެވޭނެ ގޮތްތަށް އެބަހުއްޓެއްނު!”
“ވަޓް؟؟؟” ޔައީޝް ހިތްހަމަ ނުޖެހިފައި ބުންޏެވެ. “ފަޒޭ ނުވާނެ ތިހެން ވިސްނައިގެންވެސް! އަހަރެން ދުވަހަކުވެސް ޝައިމާއަށް ދެރަގޮތެއް ވިއަކަ ނުދޭނަން! އެކަން ހަމަރަނގަޅަށް ފަޒޭއަށް އެނގޭނެ. އަހަރެންގެ ދިރިއުޅުން ހިއްސާ ކުރެވޭނެ ހަމައެކަނި ބައިވެރިއަކީ ހަމައެކަނި ޝައީ!! ދެވަނަ ފަހަރަށް ތި ކަހަލަ ވަހަކައެއް ދައްކައިގެން ނުވާނެ!” ޔައީޝް ތެދުވެގެން ހިނގައިގަތެވެ.
“ޔައީޝް!!” ފަޒީލް ޔައީޝް ހުއްޓުވަން އުޅުނެވެ. ނަމަވެސް އޭނާ މަޑުނުކޮށް ދިޔައީއެވެ.
***
ސިކުނޑި ހީވަނީ ގޮވާފަނެ ހެންނެވެ. ޔައީޝަށް ވަނީ މަގު ބަންދުވެފައެވެ. އެއްކޮޅުން އޭނާގެ ލޯބިވާ އަނބިމީހާއެވެ. އަނެއްކޮޅުން އޭނާ ދެކެ އިންތިހާއަށް ލޯބިވާ އަންހެން ކުއްޖެކެވެ. ޔައީޝްއަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. އޭނާ މަޑު ހިނގުމެއްގައި އައިސް ޖަޒްލާ ބާއްވާފައި އޮތް ޓެންޓް ކައިރިއަށް ހުއްޓުނެވެ. އަދި މަޑުމަޑުން އެތެރެއަށް ވަނެވެ. އެއިރު ޖަޒްލާ އިނީ އިށީންދެލައިގެން ބާލިހެއްގައި ބައްދާލައިގެން ރޯށެވެ. ޔައީޝް ވަންތަން ފެނުމުން އޭނާގެ ރުއިން ބާރުވިއެވެ.
“ޖަޒްލާ ޕްލީޒް!” ޔައީޝް އައިސް ޖަޒްލާ ކައިރި އިށީނެވެ. “އަހަރެމެންގެ ދިރިއުޅުމާ މެދު ވިސްނާލަބަލަ! އަހަރެނަށްވުރެ މާ ރަނގަޅު މީހުންވެސް އުޅެއެއްނު! އިރާދަކުރެއްވިއްޔާ ޖަޒްލާއަށް މާ ރަނގަޅު މީހަކު ލިބޭނެ!” ޔައީޝް ބެލީ ޖަޒްލައަށް ވިސްނައިދެވޭތޯއެވެ.
“…..” ޖަޒްލާ އެއްޗެކޭ ބުންނަން އަނގަ ހުޅުވާލި ނަމަވެސް އޭނާގެ އަނގައަކުން ބަހެއް ނުނުކުތެވެ. އިތުރަށް ގިސްލެވެން ފެށުނެވެ. އެހެންކަމުން އޭނާގެ މޫނު ބާލީހުގައި އަޅާ ފޮރުވާލިއެވެ.
ޔައީޝް އިސްތަށިގަނޑުގައި އަތްހިނގާލަމުން ޓެންޓުން ނުކުތެވެ. އޭނާގެ ބޮލުގައި ގަދައަށް ރިއްސަމުންދިޔައެވެ.
އަތިރިމައްޗަށް ނުކުންއިރު ހުރިހާ ފިރިހެނުންތަށް ފުޓުބޯޅަ ކުޅެން އުޅެއެވެ. ޔައީޝް ޝައިމާ ކޮބައިތޯ ބަލައިލިއެވެ. އެއިރު ޝައިމާ ހުރީ އޮފީހުގެ ސެކެޓްރީ، ޝަހުލާ އާއެކީ ވާހަކަދައްކާށެވެ.
ދިރިއުޅުން އެހެން އަންހެނަކައެކީ ހިއްސާކުރަތަން ބަލަން ޝައިމާއަށް ކެތްވާނެބާއެވެ؟ ޝައިމާއާއި އުފަންވާން އުޅޭ އޭނާގެ ދަރިފުޅަށްޓަކައި، ޖަޒްލާގެ ހިޔާލު ސިކުނޑިން ނެރެ އެއްލާލަން އޭނާ ނިންމިއެވެ. ނަމަވެސް ނުރައްކަލަކީ ޖަޒްލާ އޭނަގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެދާނެތީއެވެ. އޭނާއަށް ލިބޭ އަނިޔާއެއްގެ ޒިންމާ ޔައީޝަކަށް ނުއުފުލޭނެއެވެ. ޖަޒްލާ އެފަދަކަމެއްކޮށްފައިވެސް އެކަމުގެ ޒިންމާ އަޅުވާނީ ޔައީޝްގެ ބޮލުގައިކަން ކަށަވަރެވެ.
***
ދަތުރުގެ ކަންތަށް ވަރަށް އަދައިގެ ގޮތަކަށްގޮސް އިރުއޮއްސެން އުޅެނިކޮށް އެންމެން ދޯންޏަށް އަރައިފިއެވެ. ޔައީޝް ޖަޒްލާ ކޮބައިތޯ ނަޒަރު ހިންގާލިއެވެ. އޭނަ އިނީ ދޯނީގެ ދިރުނބާކޮޅުގައެވެ. ހަށަންބަނދެލައިގެންއިންއިރު ޖެހޭ ފިނި ވަރޯޅިތައް އޭނާގެ ފަން އިސްތަށިގަނޑާ ސަމާސާ ކުރަމުންދިޔައެވެ. ރޮއެރޮއެ ދެ ލޯ ދުޅަވެފައިވުމުން މޫނުމަތީގެ ދިރުމެއް ނެތެވެ. ދެލޯކައިރި ވަނީ ކަޅުވެފައެވެ. ތުންފަތް ހިކިފައެވެ. ނަޒަރު ހުއްޓިފައިހުރީ ޖައްވުގައި ފެވެމުންދިޔަ ތަފާތު ކުލަތަކަށެވެ. މަޖާ މިޒާގެއްގެ ވެރި ޖަޒްލާއަށް އައިސްފައިމިވާ ބޮޑުބަދަލުގެ އަސްލަކީ ޔައީޝްހެއްޔެވެ؟ ޔައީޝް ކަންބޮޑުވާ ސަބަބަކީވެސް އެއީއެވެ. އޭނާގެ ސަބަބުން އެހެންމީހަކަށް ހިތާމައެއްލިބުމަކީ އޭނާގެ ހިތަށް އެންމެ އުނދަގޫ ކަންތަކެވެ.
***
ދިރުނބާކޮޅުގައި އިނދެގެން ޖަޒްލާ ހިތާހިތުން ރޮމުންދިޔައެވެ. މިދުނިޔާގައި އޭނާ ދެކެ ލޯބިވާ މީހަކު ނެތީހެއްޔެވެ؟ އޭނާ ގުރުބާންވެގެން ހޯދަން ބޭނުންވި ލޯބި އޭނާއަށް ނުލިބުނީ ކީއްވެހެއްޔެވެ؟ މި ހިތާމައިން އަބަދުގެ އަބަދަށް ދުރަށްދާން ކުރި މަސައްކަތްވެސް ބޭކާރުވީއެވެ. ހަމްދޫންވެސް އޭނާ ސަލާމަތްނުކޮށް މަރުވާން ދޫކޮށްލިނަމައެވެ.
***
ޝައިމާ އުނގުގައި ބާއްވައިގެން އިން ޔައީޝްގެ ނަޒަރު އިރުއިރު ކޮޅާ ޖަޒްލާއާއި ދިމާއަށް ހުއްޓެއެވެ. ރަށާ ހަމައަށް ދެވެންދެންވެސް ޖަޒްލާ އިނީ ހަމަ އެތާނގައެވެ. ހަމައެއިންގޮތަށް ހުއްޓިގެން އިންއިރު ހީވަނީ ބުދެއް ހެންނެވެ.
***
ޔައީޝްގެ އުނގުގައި ބޮއަޅާލައިގެން އޮތް ޝައިމާގެ ނަޒަރު ހުއްޓިފައި ހުރީ ޔައީޝްގެ މޫނަށެވެ. ޖަޒްލާއަށް ބަލަން އިން ޔައީޝްގެ މޫނުމައްޗަށް އަންނަ ބަދަލުތަށް ޝައިމާ ދެނެގަތެވެ. އެހިތުގައި ޖަޒްލާއާމެދު ހަމްދަރުދީ އުފެދިފައިވާކަން އެ މޫނުމަތިން ދޭހަވެއެވެ.
***
“އަހަނ! ދަރިފުޅުމެން އައީ ދޯ!” ސިޓިން ރޫމުގައި ޓީވީ ބަލަން އިން ސީމާ ތެދުވެގެން އައިސް ޝައިމާ ކައިރީގައި ހުއްޓުނެވެ. “ކޮބާ ދަތުރު ކިހިނެއްވަނީ؟”
“ދެން އޯކޭ! އަނެއްހެން އެހާ މަޖަލެއް ނޫން!” ޝައިމާ އައިސް ސޯފާގައި އިށީނެވެ. “ޔައީޝްމެން އޮފީހު އަންހެން ކުއްޖަކު އަމިއްލައަށް މަރުވާން އުޅުނީ ދޯ!” ޔައީޝްއަށް ބަލާލަމުން ޝައިމާ ބުންޏެވެ. އެއާއެކު ޔައިޝްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ބޯ ޖަހާލުމަށްފަހު އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ.
***
މާގަނޑުން ފައިބަމުންދިޔަފެންތަށް ޔައީޝްގެ ހަށިގަނޑަށް އެޅެމުންދިޔައެވެ. ސިކުނޑިއަށް ބާރުބޮޑުވުގެ ސަބަބުން ބޮލުގައި ރިއްސަމުންދިޔައީ އިންތިހާއަށެވެ. އެހެންކަމުން އޭނާ ދެލޯ ފިއްތާ ބާރުކޮށްލަމުން ބޮލުގެ އިސްތަށިގަނޑުގައި ދެ އަތުން ހިފަހައްޓާލިއެވެ.
އެވަގުތު ޖަޒްލާގެ ހުދުވެފައިވާ މޫނު އޭނާގެ ލޯމައްޗަށް ތަސްވީރުވެގެންދިޔައެވެ. ޔައީޝް ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އެވަގުތު ޖަޒްލާ ބުނެފައިވާ ޖުމްލަތަށް އޭނާގެ ކަންފަތްދޮށުގައި ގުގުމައިގެން ދިޔައެވެ.
“އަހަންނަކަށް ދެން ޔައީޝްއާ ނުލާ ނޫޅެވޭނެ….. އަހަރެން ހާދަ އިންތިޒަރެއް ކުރީމޭ……..!”
މިއީ ޔައީޝްއަށް ވިސްނާލަން މަޖުބޫރު ކުރުވި ޖުމްލައެކެވެ. ޖަޒްލާ އެހެން ބުނަންވީ ކީއްވެ ހެއްޔެވެ؟ އެ ދެމީހުން އެންމެ ފުރަތަމަ ދިމާވެފައި ވަނީ ވެސް އޮފީހުންނެވެ. އަދި އޭގެ ފަހުން މާ ގިނަ ދުވަސް ތަކެއް ވީއެއްވެސް ނޫނެވެ. ވީއިރު އޭނާ އެ ކުރި ‘ދިގު އިންތިޒާރު’ ގެ ސިއްރަކީ ކޮބައިބާއެވެ؟
މާބޮޑަށް ފިނި ގަދަވާންފެށުމުން އޭނާ އަވަހަށް ފާހާނައިން ނުކުމެ ކޮފީއެއް ހަދާލައިގެން ބޯންފެށިއެވެ. އެއިރު ޝައިމާ ސިޓިން ރޫމުގައި އިނދެފައި އައިސް ކޮޓަރިއަށް ވަންނަނީއެވެ.
“އައްދެ!” ޔައީޝް ކޮފީތަށި ހިފައިގެން އެނދުމަތީ އިނުމުން ޝައިމާ އައިސް ޔައީޝް ކައިރީ އިށީނެވެ. “ކީއްވެ ނުގޮވީ ކޮފީ ހަދަން!”
“މިހާރު ޝައީ ލައްވާ އެހާ މަސައްކަތް ކުރުވާކަށް ނުވާނެ! އެންމެ ފުރަތަމަ ބޭބީއަށް ވީގޮތް ހަނދާންވުމުންވެސް ބިރުގަނޭ!” ޔައީޝް ކޮފީތަށި ސައިޑް ޓޭބަލް މަތީ ބެހެއްޓުމަށްފަހު ޝައިމާގެނެސް މޭގައި ޖައްސާލަމުން އޭނާގެ ބަނޑުގައި ފިރުމަލިއެވެ. ” މި ބޭބީއަށްވެސް ވިސްނަން ޖެހޭނެއެއްނު!”
“ދެން ޔައީޝް އަބަދު!..” ޝައިމާ ތިރީ ތުންފަތުގައި ދަތްއަޅާލީ ލަދުގަންނަ ގޮތްވުމުންނެވެ. ޝައިމާގެ މިފަދަ އަންހެންވަންތަ ހަރަކާތްތަކުން ޔައީޝްގެ ހިތުގައި ވާ ލޯބި އިތުރުވެގެންދެއެވެ. ތުންފަތަށް ހިނިތުންވުން ގެނުވައިދެއެވެ. ނަމަވެސް ކުއްލިއަކަށް ޖަޒްލާ މަތިން ހަނދާންވުމުން އޭނާގެ ހިނިތުންވުން ފަނޑުވެގެންދިޔައެވެ.
“މަ މިދަނީ ފެންވަރާލަން!” ޔައީޝްގެ ކޮލުގައި ހިފާލަމުން ޝައިމާ ގޮސް ފާހާނާ ދޮރުކައިރިއަށް ހުއްޓުނެވެ. އެއިރު ޔައީޝް ލެއްޕި ފާހާނައިގެ ދޮރު އަނެއްކާވެސް ހުރީ ހުޅުވިފައެވެ.
“ޔައީޝް! މި ފާހާނާ ދޮރު އަބަދު ހުޅުވެނީ ކީއްވެތަ؟” ޝައިމާ ބުންޏެވެ. “ހަމަ ލައްޕާފަ ފަހުން ބަލާލާއިރު ހުންނާނީ ކުޑަކޮށް ހުޅުވިފަ!”
“އެއީ ހުޅުގެ މައްސަލައެއް!” ޔައީޝް އެނދުގައި ހުރަހަށް އޮށޯވެލިއެވެ. “ފަހުން ރަނގަޅުކުރާނީ! މިހާރު ވަރަށް ވަރުބަލި!”
***
ޖަޒްލާ ގޭގެދޮރު ހުޅުވާލުމަށްފަހު ގެއަށްވަންއިރު މަންމައާއި އައިނާ ތިބީ ޓީވީ ބަލާށެވެ. ޖަޒްލާ ވަންތަން ފެނުމުން އައިނާ ދުވެފައި އައެވެ.
“ދޮންތީ ދަތުރު މަޖާތަ؟”
ޖަޒްލާއަށް ޖަވާބުގައި ކުރެވުނުހާވެސް ކަމަކީ ބޯ ހަލުވާލުމެވެ. އޭނާގެ އަޑު ބޭރުވެއްޖެނަމަ ކިތަންމެވަރަކަށްވެސް ރޮއެފައިވާކަން އެނގި ހާމަވަނެއެވެ. ޖަޒްލާ އަވަސް އަވަހަށް ގޮސް ވަނީ ކޮޓަރިއަށެވެ.
އެނދުގައި އުއްޑުން އޮށޯވެލުމަށްފަހު ޖަޒްލާ ލޯމަރާލީ ނިދާލަންވެގެންނެވެ. ނަމަވެސް ލޯމަރާލާއިރަށް ސިފަވަނީ ޔައީޝްއާއި ޝައިމާއެވެ. އެދެމީހުން އެ އުޅެމުންދަނީ ކިހާ ލޯބިންހެއްޔެވެ؟ ވަކި ޖަޒްލާއަށް އެފަދަ ދިރިއުޅުމެއް ނުލިބެންވީ ސަބަބެއް ކޮބައިހެއްޔެވެ؟
ކުއްލިއަކަށް އަނެއްކާވެސް ޖަޒްލާގެ ހިތުގައި ޝައިމާއާ ދޭތެރޭ އޮތް ނަފްރަތުން ހުޅުފަޅައިގެން ދިޔައެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ނުބައި ޝައިޠާނާ ވެރިވެގަތެވެ. އޭނާއަށް ވިސްނުނު ގޮތުގައި ދެން އޮތީ ހަމަ އެންމެ ގޮތެކެވެ. ޝައިމާ އަތުން ޔައީޝް ޖަހައިގަތުމެވެ. މިހާރު އޭނާގެ ލޯބިވެސް މިވަނީ ޔައީޝްއަށް ހާމަ ކޮށްފައެވެ.
ޖަޒްލާ އެނދުން ފުންމާލައިގެން ގޮސް އަލަމާރި ހުޅުވާލިއެވެ. އަދި ކަޓަރުތިލައެއް ނެގުމަށްފަހު އެނދުގައި އިށީނދެލިއެވެ. އެ ތޫނު ތިލައިގެ މިޔައަށް ބަލަހައްޓައިގެން އިން ޖަޒްލާގެ ލޮލުން ކަރުނަތިކިތައް ފައިބަމުންދިޔައީ މުތީ ތަކެއް ފަދައިންނެވެ.
ދަތްކުނޑި ވިކާލުމަށްފަހު ޖަޒްލާ އެ ތިލަ އަތުގެ މުލައްދަނޑީގައި ޖައްސަ ފިއްތާލިއެވެ. އެއާއެކު އެ ނާޒުކު ތުނި ހަންގަނޑު ފޫގޮސް ލޭގެ ކޯރު ހޯސްލާފައި ފައިބައިގަތެވެ…….
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.



mi part vex kamudhaane kamah ummeedhu kuran… 🙂
nice…. rhanksss for uploading day by day….. hoody ure the bst… when u will upload nxt part…. love to read. .
Wow and interesting
Thnkx reesh and raya… In Sha Allah tonight next part up vaane…..
ur the best hoody mi part ves v nyc
Wow…v nice and v interesting..keep it up dear..all the best
Thnkx smilebuddy and iba… 🙂
MAASHA ALLAH Hoody vvv molhu. Mibai wes vvv reethi thankyou Hoody. Next part up kurany konirakun?
Thnkx shehey… Tonight In Sha Allah…
Hooody u r bst… v happii we vahaka awas wefa rythi vyma… keep it up… nv habeyx mi v .. v kiyaa hithuh mi kiyany v salhi ngey…
ur one of the best writers hoody others upload their stories soo late
Thnkx same santhi…
Maasha Allah..hoody ur the best..vara reethi….kon irakun next part?
Vvvv nice Mi story…. Mi story kiyaahithun mihaaru kameh vaavareh ves nun… I love ur story hoody
Hoody gaidi eh bunebala
Hoody keehve vaahaka liun medhu kandaaly.. me en aslu exam dhuvaskolhu… februaryga edexel exam eh nethen..
Any way, story is perrect.. v v v nice stry.. n v kiya hiyve genesdhyfa hunna gothunna avahah up kh dheythy..
Thnxx
Hoody ur the best.. avaskoh up kuraathy v hour:)B-)
Vvvvvv nice ki part vz..i love this stry n keep it up..
Nice story mihamaaalah kiyunu iru vx adhi coment eh nukureve sorry 4 that hoody but thankxz a lot thihaaa avahah upload kohdheythee i really love ur stories
Thnkx all…
To sahara… mirey ge kmmes vaguthehga up kureveythoa balaanan….
To neem… e vy gothakee e dhuvas kolhu ulhunee exam ah ready vaan…. and exam nimijje may 12th ga….
Mäï Shä thw kiyey ly
Nun
Haan
mi partves reethi. keep up going
hoody mi part ves vrh salhi.keep it up.:*
keep it up, varah salhi
varah ufaa vey mihaa avahah kiyaalan libeythyy….vaahaka innaaney ithah araafa balaalaa konme faharaku up vefa indhey….varah ufaavey 🙂
You r the best writer…thanks 4 uploading day by day….
Hoody kon rasheh? Heevany hoody dhadhanahen
kiaa ah hoody ge vaahaka thah v nice….. thankx for uploading this part… we love your stories….
Thnkx all…
To dhaniya.. Im from raa Atoll maakurath… 🙂
Hoody thee kiyavaa kuhjehtha??? Well your story is awsome….. I love this story….. Feeling kehmadhu…..
avahah upload koh dheithy varah happy way aslu . i love your story hoody . specially this one
kon grade eh gatha hoody ulheny
Thnkxx…….
To zalaf…. grade 11 nimunee now…. dhn innaanee 12….
Wow
Awsome
Ur juss amazing
love it
Keep it up
Love u
Nice
Hoody u re so best… I m proud of u …. Anyways mi part vx vvvvvvvv salhi…thanks avahah up khdhi nyma…….luv this story a lot…..
Wow varah salhi mi story ♡♡♡♡
Varah salhi ekamakuves vaahkaaage kuneh nei….kiyun therinan mihaaru egey vaahaka vaaa oi goiiii….. ey dhn zazlaa fandhitha hadhNy using black rose so she will get yaish and shaima will die so dhn one day zazlaa will get busted so yaish will divorce her.
So storu is finish. Eh mahoolugu yaish kairy vaahaka nunany simple story
Varah reethi mi part ves…keep it up:)
Thnkx all……
To gmiruhaadhu… sorry but vaahakaiga kuriah vaan oi goi thi kiee mulhin rangalhakah noon…. adhi thafaathu ethah kameh hingaane….. so …. kamudhaane kamah ummeedhu kuran….
i just want say that this is a nice story I hve ever read … soo keep doing well and upload next part as soon as u can hoody
alhe shaimaa maruvikamah nahadhaa shaimaa maru vy huvafenehga kamah hadhaa dhyba plx
… up kohdechey avahah… best wishes….It was lovely
Varah salhi vaahaka