Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 12 ވަނަ ބައި

Hoody Level 310 Stories100 Comments
June 5, 2015 6 Mins Read
52 Comments

ދަތްކުނޑި ވިކާލުމަށްފަހު ޖަޒްލާ އެ ތިލަ އަތުގެ މުލައްދަނޑީގައި ޖައްސަ ފިއްތާލިއެވެ. އެއާއެކު އެ ނާޒުކު ތުނި ހަންގަނޑު ފޫގޮސް ލޭގެ ކޯރު  ހޯސްލާފައި ފައިބައިގަތެވެ. ޖަޒްލާ މަޑުމަޑުން ޔައީޝްގެ ނަން އެ އަތުގައި ކަނޑާނަގަމުންދިޔައެވެ. އަތުން ލޭތަށް އޮހޮރެމުންދިޔައެވެ. ޖަޒްލާގެ މުނުމައްޗަށް އަނދިރިވީ މާގިނައިން ހަށިގަނޑުން ލޭ ބޭރުވުމުގެ ސަބަބުންނެވެ. އޭނާ މަޑުމަޑުން އެނދުމައްޗަށް ތިރިވިއެވެ. ދެލޯ މެރި ފުން ނިންޖެއްގެ ތެރެއަށް ދަމައިގަތެވެ.

***

ބޮލަށް އަރާފައިވާ ބުރާންތިކަން ފިލައި ޖަޒްލާއަށް ލޯ ހުޅުވާލެވުނުއިރު ގަޑިން ރޭގަނޑު 8 ޖަހަނީއެވެ. އޭނާ އަތަށް ބަލައިލިއިރު ލޭއައުން ވަނީ މަނާވެފައެވެ. ނަސީބަކުން ކޮޓަރި ތަޅުލާފައިވުމުން އެއްވެސް މީހަކު ކޮޓަރިއަށް ވަދެފައެއް ނެތެވެ. ޖަޒްލާ ތަށިމުށިތައްމަތީގައި ގަނޑުވެފައިހުރި ލޭތައް ސާފުކޮށްލިއެވެ. އަދި ފަސްޓް އެއިޑް ކިޓް އިން އޭނާގެ އަތް ބެނޑޭޖްކޮށްލިއެވެ.

***

ހެދުނު ޖަޒްލާ ހޭލިއިރު ދެލޯ ވަނީ ރަތްވެ ދުޅަވެ އަރާފައެވެ. މޫނުގެ ހަންގަނޑަށް އަވީގެ އަސަރުކޮށް ކުޑަކޮށް އަނދާފައިވެއެވެ.

އޭނާ ފެން ވަރާލައިގެން އައިސް އަތުގެ ބެންޑޭޖް އާ ކޮށްލިއެވެ. އަދި އަލަމާރި ހުޅުވާލުމަށްފަހު ހެދުންތަށް ހާވަންފެށިއެވެ. އޭނާއަށް މިއަދު ކަމުދިޔައީ ކަކުލާހަމައަށް އަންނަ ކަޅު ހެދުމެކެވެ. އެއްވެސް ކަހަލަ ޑިޒައިނެއް ޖައްސާފައިނެތް ވަރަށް އާދައިގެ ހެދުމެކެވެ.

އޭނާ ވަގުތުން ހެދުން ވައްޓަލުމަށްފަހު ލޯގަނޑުކައިރިއަށް ހުއްޓުނީ ކުޑަކޮށް ރީތިވެލުމަށެވެ. މިއަދު އޭނާ ބޭނުންވަނީ ވިހާވެސް އަދައިގެ ގޮތަކަށް ތައްޔާރުވާށެވެ. އިސްތަށިގަނޑުވެސް ނުއައްސާ ދޫކޮށްލާފައި ބެހެއްޓިއެވެ. ނިތްކުރިމަތިން ބައެއް މޫނުމަށްޗަށް ވާގޮތަށް ވައްޓާލީ ލޯ ފޮރުވަންވެގެންނެވެ.

***

“ޔައީޝް! ޔައީޝް!” ޝައިމާ ގޮވަމުންދިޔައެވެ. “އޭ ޔައީޝް! ތެދުވާކަށްނުވޭތަ؟ އެއޮށް 6 ގަޑި ބައި ވީ!”

ޔައީޝް މަޑުމަޑުން ލޯ ހުޅުވާލިއެވެ. ހަށިގަނޑަށް ވެރިވެފައިވަ ލޮޑުކަމުގެ ސަބަބުން ތެދުވާހިތެއް އޭނާގެ ނެތެވެ. ނަމަވެސް އިރުކޮޅަކު އޮވެލުމަށްފަހު ތެދުވިއެވެ. ހަމަ ތެދުވުމާއެކު ހީވީ ބޮލުގައި އެއްޗަކުން ޖެހި ހެންނެވެ. ބޮލުގެ އެއްފަޅީގައި ރިއްސައިގަތެވެ. އޭނާއަށް ދެލޯމަރާލަމުން ބޮލުގައި ފިރުމާލެވުނެވެ.

“ޔައީޝް! ކިހިނެއްވީ!” ޝައިމާ ޔައީޝް ގަތުގައި އިށީނެވެ. “ބޮލުގައި ރިއްސަނީތަ؟”

ޔައީޝް މަޑުމަޑުން ބޯ ޖަހަލިއެވެ.

“ތިހެންވީރު މިއަދު އޮފީހަށް ނުދާންވީނު!”

“ނޫނޭ! ދާންވާނެ! ފެންވަރާލަނިކޮށް އޯކޭ ވެދާނެ!” ޔައީޝް ތެދުވެގެންގޮސް ތުވާލިހިފައިގެން ފާހާނައަށް ވަނެވެ.

***

އޮފީސް ތެރެ އޮތީ ވަރަށް ހަމަހިމޭންކޮށެވެ. ޔައީޝް އޮފީހަށް ވަދެގެން އައިސް ސޮއެ ކޮށްލުމަށްފަހު އޭނާގެ ކެބިންއަށް ވަނެވެ. އެއިރު ފަޒީލް އައިސް އިނެވެ. ނަމަވެސް ޖަޒްލާއެއް ނެތެވެ.

“ހައި ބަޑީ!” ފަޒީލް ޔައީޝްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “ވަޓްސް އަޕް؟”

“ވަރަށް ސަކާރާތް! ބޮލުގައި ރިއްސައިގަނެގެން މިއުޅެނީ! ރޭގަ ނުވެސް ނިދޭ!”

“މާ ބޮޑަށް ވިސްނީ ދޯ” ފަޒީލް އައިސް ޔައީޝްގެ މޭޒު ކައިރީ އިށީނެވެ. “ވާހަކައެއް ބުނަންތަ!؟ ރުޅި ނާންނައްޗޭ!”

“ކިޔާބަލަ ކިޔާބަލަ!”

“ޖަޒްލާ މަ ކައިރީ ބުނީ އޭނަ ޔައީޝަށް އިންތިޒާރު ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެޔޯ! ޔައީޝް މެރީ ކުރުމުގެ ކުރިންވެސް އޭނަ ޔައިޝް ދެކެ ލޯބިވެޔޯ!” ފަޒީލް ދަތްދޮޅީގައި އަތްވިއްދާލަމުން ޔައީޝްގެ މޫނަށް ބަލައިލިއެވެ.

“އާނ! މަވެސް ތި ސުވާލު ހިތަށް އެރިއޭ! އިއްޔެ ދަތުރުގޮއްސަވެސް ޖަޒްލާ ތިކަހަލަ އެއްޗެކޭ ބުނި! މަގޭ ހިތަށް އަރަނީ ކީއްވެބާއޭ ކުރިން އޭނަ ނުބުނީ؟”

 ދެމީހުންގެ ވާހަކަ ހުއްޓުނީ ކެބިންއަށް ވަދެގެން އައި ޖަޒްލާ ފެނުމުންނެވެ. އޭނާ މިއަދު ވަރަށް ތަފާތެވެ. ލާފައިހުރީ ކަޅުކުލައިގެ ކަކުލާހަމައަށް އަރާ ދިގު ހެދުމެކެވެ. ކުރިއާ ހިލާފަށް އިސްތަށިގަނޑުގެ ބޮޑުބައެއް ވަނީ މޫނުމަށްޗަށް ވައްޓާލާފައެވެ. އެހެންކަމުން އޭނާގެ މޫނުގެ އެއްފަޅިވަނީ ފޮރުވިފައެވެ. މަޑުހިނގުމެއްގައި ޖަޒްލާއައިސް އޭނާގެ މޭޒުދޮށުގައި އިށީނެވެ. ޔައީޝްއަށާއި ފަޒީލަށް ބަލައިވެސް ނުލައެވެ. ޔައީޝް އާއި ފަޒީލް ދެމީހުންދެމީހުންނަށް ބަލައިލަމުން ދެކޮނޑުއަރުވާލިއެވެ.

  ފަޒީލްގޮސް އޭނާގެ ގޮނޑީގައި އިށީނުމުން ޔައީޝް ފުން ނަޒަރަކުން ޖަޒްލާއަށް ބަލައިލިއެވެ. އެއްވެސް މޭކަޕްއެއް ނުކޮށްހުރިއިރުވެސް ޖަޒްލާގެ ރީތިކަން ފާޅުވެވެ ހުއްޓެވެ. ލާފައިވާ ކަޅުހެދުމާއި އޭނާގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ނުއައްސާ ދޫކޮށްލަފައި ވުމުން ހީވަނީ ގޮތިކް މޮޑެލް އެއް ހެންނެވެ. މޫނުމައްޗަށް ވައްޓާލާފައިވާ އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ލޯ ފެންނަވަރެއް ނުވިއެވެ. އެހެންނަމަވެސް އޭނާގެ ރީތި ތުންފަތް ފެންނަށް ހުއްޓެވެ. ޖަޒްލާގެ އަތުގައި އަޅަފައިވާ ބޮޑު ބެންޑޭޖުގަނޑު ޔައީޝްގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ޔައީޝްގެ ދެ ބުމަ ގޮށްޖެހިގެން ދިޔައީ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ. ޖަޒްލާގެ އަތަށް ކީހިނެއް ވީ ބާއެވެ؟ އަނެއްކާ އޭނާ އަމިއްލައަށް…… އެހެން ވެއްޖެނަމަ….. ޔައީޝްގެ މޫޑު ވަގުތުން ޚަރާބު ވިއެވެ.

***

ދުވަސް ނިމިގެން ދިޔައިރުވެސް ޔައީޝް ޖަޒްލާއާ އަނގައިން ނުބުނުމުން ޖަޒްލާ ހިތުގައި ޖެހުނެވެ. ދެރަވިއެވެ. އެންމެ ކުޑަމިނުން ހަމްދަރުދީގެ ބަހެއް ބުނެލުންވެސް އެއީ ޖަޒްލާއަށް ވަރަށްބޮޑު ޝިފާއަކަށްވާނެއެވެ. އޭނާގެ މަސައްކަތް ނިންމާލުމަށްފަހު މަޑުކޮށްނުލާ ގެއަށް އައީ ހިތުގައިޖެހި ރޮވިދާނެހެން ހީވުމުންނެވެ.

***

އޭގެ އަނެއްދުވަހު ޖަޒްލާ އޮފިހަށް ދިޔައީ ތަންކޮޅެއް އަވަހަށެވެ. އޭނާ އޮފީހަށް ވަންއިރު ސެކިއުރިޓީ ގާޑް ނޫން މީހަކު އެތާކު ނެތެވެ. ޖަޒްލާ ގޮސް ކެބިންއަށްވަދެ އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ފަޒީލް އާއި ޔައީޝް ކެބިން އަށް ވަނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އެމީހުން ވަނުމުންވެސް ޖަޒްލާއަކަށް ހިލަމެއް ވީހެންވެސް ހިޔެއް ނުވިއެވެ. ނަމަވެސް އެއީ އޭނާގެ މޮޅު އެކްޓެކެވެ. އޭނާގެ ހިތް އެއިރު ރޮމުންދިޔައެވެ.

***

“ހަލޯ!ލައްބަ ސަރ! އަޅުގަނޑު ހަނދާން ނެތިފަ މި ހުންނަނީ! ލައްބަ ހަމަ މިހާރު މިދަނީ!” ފަޒީލް ފޯނަށް ޖަވާބުދިނުމަށްފަހު ނިކުންނަން ދިޔައެވެ. “އޭ ޔައީޝް! މަ އެބައަންނަން ގެއަށް ޖައްސާލާފަ! ވަރަށް މުހިންމު އެއްޗެއް ބާއްވާފައި މި އާދެވުނީ!”

ޔައީޝް އައިސް އިށިނީ އޭނަގެ ގޮނޑީގައެވެ. ދެމީހުން ކެބިންގާ އެކަނިވީއެވެ. އެވަގުތު ޖަޒްލާ ބޭނުންވީ ޔައީޝްގެ ގަމީހުގައި ހިފާ ދަމައިގެންނާށެވެ. އެއަތުތެރެއަށް ބޮނޑިވެ ގަންނާށެވެ. އެ ހަށިގަނޑުގެ ހޫނުކަން އިހުސާސްކޮށްލާށެވެ.

ނަމަވެސް އޭނާ ކެތްތެރިވިއެވެ. މިފަހަރު އޭނާ ޔައިޝް ހާސިލް ކުރާނި މުޅިން ތަފާތުގޮތަކަށެވެ. ލައިލާ އާއި މަޖުނޫނުވެސް ކަންތައްކުރަން ހިތަށް ނާރާފަދަ ގޮތަކަށެވެ.

***

  އެވަގުތު ޔައީޝްގެ ފޯނު ރިންގް ވާން ފެށިއެވެ. އޭނާ ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ.

“ޔައީޝް އެއްކަލަ ފައިލްތަށް ޗެކްކޮށް ނިމިއްޖެތަ؟” އެކޮޅުން އިވުނީ ބޮސްގެ އަޑެވެ.

“ޔެސް ސަރ! ލައްބަ! ނިމިއްޖެ! މިދަނީ!” ޔައީޝް އަވަސް އަވަހަށް ފޯނު ބާއްވަމުން މޭޒުމަތީ ހުރި ފައިލް ތަކެއް ތަރުތީބުކުރުމަށްފަހު އެ ހިފައިގެން ކެބިން އިން ނުކުންނަން ހިނގައިގަތެވެ. އެއިރު އޭނާގެ ފޯނު އޮތީ މޭޒުމަތީގައެވެ.

ހަމަ ނުކުތުމާއެކު ޖަޒްލާ އިސް އުފުލާލުމަށްފަހު ބަލައިލިއެވެ. ޔައީޝްގެ މޭޒުމަތީ އޮތް ފޯނު ފެނުމާއެކު އޭނާގެ ތުންފަތަށް ވެރިވެގެން ދިޔައީ ނުލަފާ ހިންޏެކެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން ގޮސް ފޯނުނެގިއެވެ. އޭނާ ބޭނުންވަނީ ޝައިމާ ގެ ފޯނު ނަންބަރެވެ. ޝައިމާ އަތުން ޔައީޝް ޖަހައިގަތުމުގެ މަޝްރޫއު ފެށޭނީ އޭރުންނެވެ.

ނަސީބަކުން އެ ފޯނުގައި ޕާސްވޯޑެއް ޖަހާފައެއް ނެތެވެ. ފަސޭހަ ކަމާއެކު ހުޅުވުނެވެ. އޭނާ އަވަސް އަވަހަށް ޝައިމާގެ ނަންބަރު ނަގަން މަސައްކަތް ކުރިއެވެ. ހަމައެވަގުތު އެ ފޯނަށް މެސެޖެއްވެސް އައެވެ. ޖަޒްލާއަށް އޮޅިގެން އެ މެސްޖު ހުޅުވާލެވުނެވެ. އެއީ ޝައިމާގެ މެސެޖެކެވެ. ލޯބީގެ އިބަރާތްކޮޅެކެވެ. އޭނާ ޔައީޝް ދެކެ ވާ ލޯބި މި ކުޑަކުޑަ އިބާރާތްކޮޅުން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެންދިޔައެވެ.

ޖަޒްލާގެ ލޭ ކެކިގެން ދިޔައެވެ. މި ވަގުތުކޮޅުގައިވެސް ލޯބިން މާފޮޅުވަން ޖެހޭހެއްޔެވެ؟ ދެން މާ ރޮމެންޓިކް މީހަކަށް ހެދިގަނެގެން އުޅެން މީ ކާކުހެއްޔެވެ؟ ބުރުގާގަނޑެއް އަޅައިގެން ހުރި ފަގީރު ކުއްޖާގަނޑެކެވެ.

ޖަޒްލާގެ ހިތަށް އެތަށް ޝުއޫރުތަކެއް ވެރިވަމުންދިޔައެވެ. ހަމަ އެހެންމެ އެ ދެލޮލަށް ލޭއަރައި ރުޅިވެސް ގަދަވެގެން ދިޔައީ އިންތިހާއަށެވެ. އަވަސް އަވަހަށް ޝައިމާގެ ނަމްބަރު ނެގުމަށްފަހު ފޯނު އޮތްތާ ބޭއްވިއެވެ.

އަދި ގޮނޑިގައި އިށީނދެ ވިސްނަން ފެށިއެވެ. އިތުރަށް ވިސްނި ވަރަކަށް އޭނާގެ ސިކުނޑިއަށް ބާރުބޮޑުވާން ފެށިއެވެ. އޭނާ ވަގުތުން ހޭނޑްބޭގު ތެރެއިން ބޭސް ކާޑެއް ނެގިއެވެ. އަދި ފަހަރަކު ގުޅައެއް ކަނޑަމުން ދިޔައެވެ. އަވަސް ކުރަން ހަދައިގެން އޭނާގެ އަތް ތުރުތުރު އަޅަމުންދިޔައެވެ. ހުރިހާ ގުޅައެއް ކާޑާ ވަކިކޮށްލުމަށްފަހު އަނގަޔަށް އަޅާލައި ދިރުވާލިއިރު އޭނާގެ ދެލޮލުން ކަރުނަ ފައިބައެވެ. އިރުކޮޅެއް ފަހުން އޭނާގެ މުނުމައްޗަށް އަނދިރިވާންފެށިއެވެ. ސިކުނޑިގެ މަސައްކަތް މަޑުޖެހެމުން ވަރު ހުސްވަމުންދިޔައެވެ. ދެލޯ މެރެމުންގޮސް އެއްކޮށް މެރުނެވެ. އެންމެ ފަހުން މަޑުމަޑުން ބޯތިރިވެ މޭޒުގައި ލައްވިއެވެ….

****

  ޔައީޝް އެނބުރި ކެބިންއަށް އައިއިރު ޖަޒްލާ އޮތީ މޭޒުގައި ބޯއަޅާލައިގެންނެވެ. ޔައީޝް މަޑުމަޑުން ޖަޒްލާ ގާތަށް ޖެހިލިއެވެ. އަދި ޖަޒްލާގެ މުލަށްދަނޑީގައިވާ ބެންޑޭޖްއަށް ބަލައިލިއެވެ. ބެނޑޭޖްގައި އެއިރު ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. ޖަޒްލާ ބޯ ހިއްލާލަ ފާނެތީ ޔައީޝް އަވަސް އަވަހަށް އޭނާއާއި ދުރަށް ޖެހިލިއެވެ. އޭނާގެ ގޮނޑީގައި އިށީންތަނާ ޖަޒްލަގެ މޭޒުމަތީގައި އޮތް ފޯނު ރިންގް ވާންފެށިއެވެ. އެހެންނަމަވެސް ޖަޒްލާ ގުޑައިވެސް ނުލިއެވެ. އޭނާއަށް އަޑުވެސް ނީވޭ ކަހަލައެވެ. ފޯން ރިންގްވެފައި ކެނޑިއްޖެއެވެ. އިރުކޮޅަކުން ޔައީޝްގެ ފޯނު ރިންގްވާންފެށިއެވެ.

“ހަލޯ ސަރ!”

“ކޮބާ ޖަޒްލާ! ކެބިންގަ އެބައިންތަ؟  ” ބޮސް ބުންޏެވެ.

“ލައްބަ!” ޔައީޝް ޖަޒްލާއަށް ބަލައިލިއެވެ.

“ދެން ކީއްވެ ފޯނު ނުނަގަނީ؟”

“ޖަޒްލާއަށް އިނީ ނިދިފަހެން ހީވަނީ! މަޑުކުރައްވައްޗޭ! އެބަގޮވަން!”

“ގޮވާލާފަ ބުނޭ ޗެކްކުރަން ހަވާލުކުރި ފައިލްތަށް ހިފައިގެން މިކޮޅަށް އަންނާށޭ! ތި ކެބިންގެ ޓެލެ ފޯނު ހަލާކުވެފަ ހުރީމަ ފަހަރަކު މީހެއްގެ މޯބައިލަށްވިއްޔަ މި ގުޅަންވެސް ޖެހެނީ! އެ ރިޕެއަރ ކުރަން ހަވާލު ކުރި މީހާވެސް ނޭނގެ ވީ ހިސާބުވެސް!” ބޮސް ހުރީ ހިތްހަމަ ނުޖެހިފައެވެ.

ޔައީޝް ތެދުވެގެން އައިސް ޖަޒްލާކައިރިއަށް ހުއްޓުމަށްފަހު ދެތިން ފަހަރަކު ގޮވާލިއެވެ. އެހެންނަމަވެސް އޭނާގެ ޚަބަރެއް ނުވިއެވެ. ޔައީޝް މަޑުމަޑުން ޖަޒްލާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ޖަޒްލާގެ ބޯ އަރި އަޅާލިއެވެ. ޔައީޝް އަވަސް އަވަހަށް ޖަޒްލާގެ ގައިގާ ހިފެހެއްޓިއެވެ. ހަމައާއެކު ޖަޒްލާގެ މުށުތެރޭގައި އޮތް ބޭސް ކާޑު ބިންމަށްޗަށް ވެއްޓުނެވެ. ޔައީޝްއަށް ބިންމަތީއޮތް ހުސް ކާޑު ފެނުމާއެކު ބަރަށް ހަޅޭލަވައިގަނެވުނެވެ.

“ޖަޒްލާ!!!”

***

“އޮވާ ޑޯޒް ވެފަ ހުރީ! މާ ނުރައްކަލެއް ނޫން! ދެތިން ގަޑިއުރުތެރޭ ދޫކޮށްލެވޭނެ!” ޑޮކްޓަރ، ބޮސްއާއި ވާހަކަ ދައްކާއަޑު ޔައީޝްއަށް އިވުނެވެ. އޮފީހުގެ ހުރިހާ މުވައްޒަފުންހެން ހޮސްޕިޓަލަށް އައެވެ. ޖަޒްލާ ބާއްވާފައި އޮތް ރޫމްގައި ތިބި އެންމެން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ޔައީޝް މަޑުކޮށްލައިގެން ހުރީއެވެ. ޖަޒްލާގެ ދުޅަވެފައިވަ ދެލޮލަށް ބަލަހައްޓިއިގެންނެވެ.

މީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ލޯބި ނުލިބުމުން އަމިއްލަ ނަފްސަށް އަނިޔާވެރިވާނީ ހާދަ ވަރެއް ވީމައެވެ. އެހެން ވުމަކީވެސް އެކަށީގެންވާކަމެކެވެ. ޖަޒްލާ ޔައީޝްއަށް އިންތިޒާރު ކުރާތާ ގިނަ ޒަމާންތަކެއް ވެއްޖެކަމަށް ޔައީޝްއަވެސް ގަބޫލުކުރަން މަޖުބޫރު ވެއްޖެއެވެ.

ރޫމްގެ ދޮރު ހުޅުވާލިއަޑަށް ޔައީޝް ބަލައިލިއެވެ. އެއިރު ނަރުސް ކުއްޖާ ވަދެގެން އާދެއެވެ. ނަރުސް އައިސް ޖަޒްލާގެ އަތުގައި އޮތް ބެނޑޭޖް ނައްޓުވަން ފެށިއެވެ. ކަތުރުން ބެންޑޭޖް އައްސާފައިވާ ގޮށް ކަފާލުމަށްފަހު ބެނޑޭޖް ނައްޓުވަން ފެށިއެވެ. އަތުގެ މުލަށްދަނޑީގެ ބޮޑުބައެއްގައި އޮޅާފައިވާ ބެންޑޭޖްގަނޑު އެއްކޮށް ނެއްޓުމާއެކު ޔައީޝްގެ ދެލޯ ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. ހަތަރެސްފައި ފިނިވިއެވެ. ގައިން ހީބިހި ނެގިއެވެ.

ޖަޒްލާގެ މުލައްދަނޑީގައި ބޮޑުއަކުރުން ކަނޑާ ނަގާފައިއެވަނީ ދެވެނަ އެހެން މީހެއްގެ ނަމެއް ނޫނެވެ. އެއީ ޔައީޝްގެ ނަމަވެ. ޔައީޝް އެތަން ބަލަން އުނދަގޫވެގެން އެންމެފަހުން ރޫމްއިން ނުކުމެގެން ދިޔައީއެވެ.

ޔައީޝް ހަމަރަނގަޅަށްވެސ މޮޔަވެއްޖެއެވެ. ލޮލުން ކަރުނައަންނަން ފެށިއެވެ. މީހަމަ ޔައީޝްގެ ސަބަބުން ވާހާ ކަންތަށްތަށް ހެއްޔެވެ؟ މި ހުރިހާ ކަމަކަށް ޒިންމާ ވާންޖެހޭނީ ޔައީޝް ހެއްޔެވެ؟ ނޫނެކެވެ. މީގައި ޔައީޝަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޖަޒްލާގެ ލޯތްބައްޓަކައި ޔައީޝްގެ ދިރިއުޅުން ރޫޅާލެވޭނެހެއްޔެވެ؟ ޔައީޝް ދުވަހަކުވެސް ޝައިމާއަށް ދެރަގޮތެއް ނުހަދާނެއެވެ. ޝައިމާ ދެކެ ޔައީޝްވާ ލޯބި މާވަރުގަދަވާނެއެވެ.

***

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބޭއްވުމަށްފަހު ޖަޒްލާ ގެއަށް ފޮނުވާލީ އޭގެ ތިން ގަނޑިއިރުފަހުންނެވެ. އޭނާ ގެއަށް އައިސްވެސް ކުރިކަމަކީ ރުއިމެވެ. ކޮޓަރީގައި އެކަނި މާއެކަނި އޮވެގެން ހިތާމަކުރަމުންދިޔައެވެ.

ބައި ގަޑިއިރެއްހާއިރުފަހުން ޖަޒްލާ ތެދުވިއެވެ. ފާހާނައަށް ވަދެ ތާޒާވެލައިގެން ނުކުމެ ފޯނު ނެގިއެވެ. ފިތްތަކަށް ފިތާލިއެވެ. އެއިރު އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ވިހަ ހިނިތުންވުމެކެވެ.

***

ޝައިމާ އެނދުގައި އޮށޯވެލައިގެން އޮތީ މިރޭ ބަނޑަށް އުނދަގޫވާލެއް ބޮޑުކަމުންނެވެ. ވިހާ ދުވަސް ކައިރިވެފައިވާތީ ޝައިމާ ހުންނަނީ ނުހަނު ބިރުގަނެފައެވެ. ފުރަތަމަ ދަރިފުޅަށް ވީގޮތް ހަނދާނަށް އައުމުންވެސް އޭނާގެ ހަށިގަނޑުން ހީބިހި ހިލުވާލައެވެ.

ކުއްލިއަކަށް ސައިޑް ޓޭބަލް މަތީ އޮތް ޝައިމާގެ ފޯނު ރިންގު ވާން ފެށިއެވެ. ޝައިމާ ފޯނަށް ބަލައިލިއިރު އަރާފައި އޮތީ ނުދަންނަ ނަންބަރެކެވެ. ޖަވާބު ނުދޭން ހިތަށް އަރާފައިވެސް އޭނާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“ހަމަ މިހާރު ޔައީޝް ކައިރިން ވަރިވޭ! އެހެން ނޫނީ ދެން ވާނެ ގޮތް މާ ރީއްޗެއް ނުވާނެ!” އެންމެ ފުރަތަމަވެސް އިވުނީ މި އިންޒާރުގެ ބަސްތަކެވެ. ޝައިމާގެ ގައިން ހީބިހި ނެގިއެވެ. ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. މިއީ ކާކުކަން އެންމެ ފުރަތަމަ ލަފްޒާއެކުވެސް ޝައިމާއަށް އެނގި ކަށަވަރުވިއެވެ. ނަމަވެސް އެނގޭ ކަމަކަށް ނުހެދައި ޖަޒްލާ ދައްކާ ވާހަކަ އަޑުއަހަން ހުރީއެވެ.

“ކަލޭ ދެކެ ޔައީޝް އެއްވެސް ލޮތްބެއް ނުވޭ! ނުވެސް ވާނެ! ތީ ދެން މީހަކު ލޯބިވާން ކާކުތަ؟ ދޫ ގޯނި ގަނޑަކަށް އެރި އޮތް ސުންޕާ ގަނޑެއް!” ޖަޒްލާގެ ތޫނު ލަފްޒުތަށް ޝައިމާގެ ހިތަށް ހެރެމުންދިޔައެވެ. ނަމަވެސް އޭނަ ކެތްކުރިއެވެ.

“އަހަރެން ދޭނީ އެންމެ މަހެއް! އޭގެ ކުރިން ވަރި ނުވެއްޖެއްޔާ ކުޅި ދައްކާލާނަން! ޔައީޝް އެއީ އަހަރެންގެ މީހެއް! ހަމައެކަނި އަހަރެންގެ މިހެއް!” ޖަޒްލާގެ ޒީލަ ގަދަ ތޫނު އަޑު ޝައިމާގެ ކަންފަތުގައި ގުގުމައިގެން ދިޔައެވެ.

“ޔައީޝް ކަލޭދެކެ ލޯބިވާނަމަ އޮންނާނީ ކަލޭ ކައިރީގައެއްނު! މަގޭ ކައިރިއަކު ނޫނެއްނު!” ޝައިމާއަށް އެންމެ ފަހުން ކެތްނުވެގެން ބުނެވުނެވެ. މިކުޅެވުނީ އަލިފާނާކަމެއް އެއިރަކު ޝައިމާއަކަށް ނޭނގެއެވެ. ޖަޒްލާ ރުޅިއައިސް ހަޅޭލަވައިގަތުމަށްފަހު ފޯނު ކަނޑާލިއެވެ.

***

ފޯނު އެނދުމައްޗަށް ހޫރާލުމަށްފަހު ޝައިމާއަށް ގިސްލަ ގިސްލާފައި ރޮވެން ފެށުވުނެވެ. އޭނަގެ ހަޔާތަށް ކުޑަ އުފާވެރިކަމެއް އައުމަށްފަހުގައި މިފަދަ އަނދަވަޅަކަށް ވެއްޓުން މިއީ އަބަދުވެސް ދިމާވާނެ ގޮތް ހެއްޔެވެ؟ އޭނާއަށް ދާއިމީ އުފަލެއް ހައްގު ނުނީހެއްޔެވެ؟

ޔައީޝް ގެއަށް އައިއަޑު އިވުމުން ޝައިމާ ވަގުތުން ދެ ލޯފުހެލުމަށްފަހު ތާޒާވެލިއެވެ. މީގެން އެއްވެސް ކަމެއް އަންގާކަށް ޝައިމާ ބޭނުމެއް ނޫނެވެ. މިފަދަ ހަމަނުޖެހުންތަށް ފިރިމީހާއަށް ކިޔައިދޭހިތެއް ޝައިމާ ނުވެއެވެ. އޭނާ ބޭނުންވަނީ ހަމަޖެހޭ ދިރިއުޅުމެކެވެ. ނަމަވެސް އޭނާގެ މިނިންމުމުގެ ސަބަބުން އިތުރު ނުރައްކަލަކާއި ކުރިމަތި ނުވާނެ ބައެވެ؟…..

***

ޖަޒްލާވެސް އޭނާގެ ފޯނު ހޫރާލީ އެނދާ ދިމާއަށެވެ. އެއަށްފަހު އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. މޫނުމަތީ އަމިއްލައަށް ވަކި އަޅައިގަތެވެ. ބިންމައްޗަށް ތިރިވެ އަތުން ތަށިމުށިގަންޑުމަތީ ތަޅައިގަތެވެ.

ޖަޒްލާ ދެން ނިންމީ އެންމެ ފަހުގެ އެތިފަހަރު ހެދުމަށެވެ. އެއީ އެންމެ ނުރައްކާތެރިގޮތްވެސް މެއެވެ. އޭނާ ފޯނު ނެގިއެވެ. އަދި ޑައިރެކްޓްރީ ހުޅުވާލުމަށްފަހު “ފަންޑިތަ”، މިހެން ޖަހާފައިވާ ނަންބަރަކަށް ޑައިލްކޮށްލަމުން ކަންފަތުގައި ފޯނު ޖަހާލިއެވެ. އެއިރު އެ ތުންފަތަށް ވެރިވެފައިވަނީ ޝައިޠާނި ހިނިތުންވުމެކެވެ……

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ފަނާ 20

Next

އިންތިޒާރު 32

Next
June 5, 2015

އިންތިޒާރު 32

Previews
June 4, 2015

ފަނާ 20

52 Comments!

  1. Hoody says:
    June 5, 2015 at 2:08 pm

    Mi bai vex kamudhaane kamah ummeedhu kuran…. 🙂

  2. Aaan's says:
    June 5, 2015 at 2:31 pm

    Varah reethi..next bai avahah up khllahche.. Waiting

  3. smilebuddy says:
    June 5, 2015 at 2:37 pm

    .aneh bai vex avahah up kohlahchey
    mi bai vex vvv salhi hoody haadha molhey maasha allah . keep it up hoody best of luck

  4. azoo says:
    June 5, 2015 at 2:41 pm

    ..nice story.love to read

  5. Shuhu says:
    June 5, 2015 at 2:42 pm

    varah salhi mibai ves…mi jazlaa dhen guraidhoo ah fonuvaalaba…alhe heybali vegentha eulheny…i hate her so much..aaarrrrrrggghhhhhhh…

  6. noosh says:
    June 5, 2015 at 2:51 pm

    Wow hoody Iluv . Mashaallah.. ur stories this one is olso perfect.. avahah anehbaii up kuracheyyy 🙂

  7. nathoo says:
    June 5, 2015 at 3:08 pm

    Mihaaru Kiya vaahaka thakun emme kiyahihva vaahaka.vvv reethi. Keep it up hood

  8. neeem says:
    June 5, 2015 at 3:09 pm

    Woowww!!!
    Maasha allah, vv vv reeethi..
    Dhn kn irakuntha up vaany, internet connection dhiyaama v dhera vefa mi hury vaahaka nukiyene kamah, thy vx ra atol kuhjjen..
    Any way thanx miha reethi vaahakeh kiyavaa kujjeh genesdheythy..

  9. nihaa says:
    June 5, 2015 at 3:16 pm

    Wow… Avahah up kohdhehChey aneh part…

  10. haleemath says:
    June 5, 2015 at 3:18 pm

    Hoody dhen kon irakun upp vany? I love this stry

  11. liu says:
    June 5, 2015 at 3:29 pm

    one more question ahaalanth hoody … umm mee photo shop download kuryy kihineh konthaakun kan i mean kon website akun kan bunedhevi dhaane tha plssssssssssssssssssssssssssssssssssssssss? btw mi part vess v salhi 🙂

  12. Hoody says:
    June 5, 2015 at 3:30 pm

    thnkx all! next part mirey up kureveythoa balaana In Sha allah!
    neeem thee raa Atoll kujjeh tha? kn rasheh…?…

  13. Hoody says:
    June 5, 2015 at 3:33 pm

    Thnkx liu… 🙂 but sorry ingey… alhugandakah neynge ehgothakahvex… alhuganduge beybe alhaidhin application eh eiy…… sorry… but you can search it from internet…. gud luck with that….. I’ll try ingey e website hoadheythoa… can you tell me your Facebook ID…. so I can tell you if I found it….

  14. jenny says:
    June 5, 2015 at 3:38 pm

    Hood i love ur stryz …mi part vzz vvvvvvvvvv habeys plzz up soon cant wait….

  15. neeem says:
    June 5, 2015 at 3:56 pm

    Hoommmm, alifushi..
    Iyye internet mahssala eh ukhunen mi atoll ga, hama gaimu vx mi 4ashuga.. miadhu stat istic test nimmaafa ai iru rangalhu vefa hury.
    Ehnve engunyy.

  16. neeem says:
    June 5, 2015 at 3:58 pm

    BTW tnhnxx thiha avahah up khdheythy..
    Love ur story a lott!!

  17. naani says:
    June 5, 2015 at 3:59 pm

    M just loving this story … Hoody u r a gourgious story writer… Masha Allah … Keep it up… :*

  18. mira says:
    June 5, 2015 at 4:12 pm

    varah salhi mi vaahaka ekamuves jaish libeyny zaxlaa ah fanditha hedhymabut nimmun mi hen vyma kihaa hadi vaaneh hoody eyrun zaxlaa ge hageegai jaish ah egyny dhn zaxlaa bakeevany mi hen vyma kihaa hadi.. eyrun kiyun therin kiyaa hithe nuvaaneh hody… but all the best … me mira emmeh kiyaa hithun kiyaa vaahaka ekamu eh gotha nimenaa varah hadi

  19. Hoody says:
    June 5, 2015 at 4:20 pm

    Thnkx all…
    To mira…. thi buni henneh nooney vaaneekee mira…. vaa goi varah thafaathu vaane…. so heekuran wait kuraane kamah… thnkx….

  20. reesh says:
    June 5, 2015 at 4:32 pm

    hoody thanksss for uploading. … dis story z lovely….. love to read… waiting. …. the bst writer

  21. shai says:
    June 5, 2015 at 4:54 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvreethi ingey hoody . i love this story a lot

  22. thachi says:
    June 5, 2015 at 5:41 pm

    .best story so far, keep going girl,your the best

  23. summer says:
    June 5, 2015 at 5:55 pm

    hoody thy kiyavaa kujjeh dhw… kiyava kujjaka alaablaairu hoody varah molhu story liyan… u can do it…. so u re girl dhw?

  24. gmiruhaadhu says:
    June 5, 2015 at 6:03 pm

    Hoody thy girl ehtha

  25. Hoody says:
    June 5, 2015 at 6:04 pm

    Whaaaatttt??? Im not a girl!!!!! Im a boy……. 🙁 btw thnkx….

  26. shai says:
    June 5, 2015 at 6:07 pm

    hoody is a boy. his name is hoodh m rigth dhoh hoody

  27. shiaa plxxxxxxxxxxxxxxxxxxxxx says:
    June 5, 2015 at 6:10 pm

    alhe hoody plx shiaana kiyaa charecter eh mi story ah lai dhyba plxxxxxxxxxxxxxxxxxxxxxxxxxx

  28. shiaa says:
    June 5, 2015 at 6:11 pm

    i love your stories hoody

  29. Hoody says:
    June 5, 2015 at 6:22 pm

    Yeah shai u r right 🙂
    Thnkx all… hehehehe… Shiaana kiyaa charectaer eh dhw??? visnaalaanan ingey…

  30. shiaa says:
    June 5, 2015 at 6:31 pm

    thanks hooody

  31. shiaa says:
    June 5, 2015 at 6:49 pm

    Hmmmmmmmmm thanks hoody

  32. shiaa says:
    June 5, 2015 at 7:02 pm

    hoody mi jaxla ah hithun nufilaa kahala bodi eh dhy bala . haadha foossekei vany 🙁

  33. shiaa says:
    June 5, 2015 at 7:07 pm

    :-0 🙁

  34. anee says:
    June 5, 2015 at 7:12 pm

    Vvvvvvvv. reeti

  35. shiaa says:
    June 5, 2015 at 7:30 pm

    when next part 🙂

  36. shiaa says:
    June 5, 2015 at 7:50 pm

    🙂 🙂 🙂

  37. shiaa says:
    June 5, 2015 at 8:02 pm

    shiaa men rashu ga ulhey shaimaa kiyaa kujje . eenage step mom ge dharifulhah kiyany yaish . majaa dhoh he hehe

  38. Boa rangalhu soreh says:
    June 5, 2015 at 8:10 pm

    Vvv.reethi…. I luv ur stories …. Its awsme.. I like it.. ☺

  39. dhonthi says:
    June 5, 2015 at 8:15 pm

    thankew hoody mihaa avahaah vaahaka upkohdheytheee…varah reethi mi part ves…waiting for next part 🙂

  40. lam says:
    June 5, 2015 at 8:20 pm

    vvv hadi story eh

  41. shiaa says:
    June 5, 2015 at 8:22 pm

    *)
    *

  42. shaya says:
    June 5, 2015 at 9:15 pm

    Mi vaahaka varah salhi

  43. naj says:
    June 5, 2015 at 9:30 pm

    Hoody love ur story’s a lot….vara vara reethi..maasha Allah…

  44. deqar says:
    June 5, 2015 at 9:46 pm

    i knew it… eyru vex ma bunymehnun e jazla black magic hadhaany ey… varah foohi vey…

  45. july says:
    June 5, 2015 at 10:54 pm

    vaahaka v nice……..waiting for next part

  46. Hoody says:
    June 5, 2015 at 11:33 pm

    Thnkx all…

  47. shaan says:
    June 5, 2015 at 11:34 pm

    Shaan ah heevanee Jazlaa fanditha hadhaameeha kairi ah gos fanditha hadhaidheyn buneema eyge agehge gothuga fanditha hadhaidhey meehaa aa gulhumeh hinganhen beynunvaanee. Dhen enmefahun jazla pregvegen yaeesh ge boluga ekan alhuvaanee. Anyways thanks hoody interesting story

  48. Hoody says:
    June 5, 2015 at 11:42 pm

    Thnkx shaan…. vaane goi ingeyne dhn oi bai kieema!!!

  49. Raa e says:
    June 5, 2015 at 11:42 pm

    Wow wow wow hoodh vareh nei kyhve aslu hoody kiyanny hoody v hadi name ei hoodh kiyaaba hoodh maa rychehnnu ….I luv this story v bodah thankx ehaa avahah upkohdheythyve v molhu writer ei thy raa e dhekey gothuga..Bst of luck hoodh thy anehkkaa bihmmaa ibraahimge kokko eh tha..?????:-):-):-):-):-D:-D:-D:-D:-D:-D:-P:-P:-P:-P

  50. Hoody says:
    June 5, 2015 at 11:44 pm

    hehehhe thnkx raa e….. bimmaa akaa aailee gothun evvex gulhumeh oi henneh hiyeh nuvey… hehehe.. :p But bimmaa eiy alhugandu ge vex favrt writer…

  51. Raa e says:
    June 5, 2015 at 11:46 pm

    Kyhve mi storyge beyruga don’t go to sleep ..???jahaafa innanny

  52. Raa e says:
    June 5, 2015 at 11:48 pm

    Raa e gevs..Gud nyt :-):-):-)N thank u hoodh

Comments are closed.

Next Episodeކަޅު ފިނިފެންމާ… 13 ވަނަ ބައި←


All Right Reserved!