Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 34

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 8, 2020 4 Mins Read
0 Comments

“ތިހެން ކަންތައް ކުރީމަ ވަކި ކަލެއަށް ވީ މޮޅަކީވެސް ކޮބާތަ؟.. އޭރު ތިހެން އަޅާލުން ބޭނުންވީ އަހަރުމެނޭ.. މަންމައޭ ކިޔާ އާދޭސް ކުރީ އަހަރުމެނޭ.. އެކަމަކު.. އެކަމަކު މިއަދު ތިތާ އޮވެ އަޅާލުން ބޭނުންވެގެން ދަރިފުޅާއޭ ކިޔާ އާދޭސް ކުރިޔަސް އަހަރުމެނަށް އަޑު ނީވޭ ސަބަބު އެނގިއްޖެދޯ؟” ލަހުމާގެ ހަށިގަނޑުގައި އަނދަމުންދިޔަ ހުޅުގަނޑު އިތުރަށް ރޯވާން ފެށިއެވެ.

“ދެންވެސް އަޑުއަހާ.. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުރީ އަހަރެންގެ މަންމަގެ އަތުންނޭ މީހަކާ ދިމާލަށް ބުނަން މިޖެހުނީ ފުރަތަމަ ފަހަރަށް.. މީގެ ކުރިން އަހަރެންގެ އެތައް ރައްޓެހިންނެއް އަހަރެންގެ ދިރިއުޅުމާ ބެހޭގޮތުން އަހާ.. އެކަމަކު ލަޠީފަށް މިވާހަކަތައް ކިޔައިދޭން މަޖުބޫރުވީ..”

“ރަޝީދާއަށް ލަޠީފް ރަނގަޅުވެގެން މިއަދު ކައިވެނި ކުރާށޭ ބުންޏަސް އަހަރެން އެކަމެއް ނުކުރާނަން. ދިމާވި ފުރަތަމަ މީހާގެ ސަބަބުން އެއްވެސް ފިރެހެނަކަށް އިތުބާރުކުރަން އުނދަގޫވީ.. ދިމާވި ދެވަނަ މީހާގެ ސަބަބުން ހުރިހާ ފިރެހެނުންދެކެ ބިރު ގަނޭ.” ހިރަފުސް އަރާފައިވާ ލަހުމާގެ މާޒީގެ ފޮތް ލައްޕާލަމުން ރަޝީދާއާ ދިމާލަށް ބަލައިލިއެވެ.

ރަޝީދާގެ ލޮލުން ހޯސްލާފާ ކަރުނަތައް ބޭރުވަމުން ދިޔައެވެ. އޭނާގެ އަޑުގައި ކުރެކި ކަމާ ގިސްލުމުގެ އަޑު ނޫން އެހެން އަޑެއް ނުވެއެވެ. ލަހުމާގެ ވާހަކަތައް އެއީ ދޮގެއް ކަމަށް ހުއްޖަތު ދައްކައިދޭން ކުރާނެ އެއްވެސް ޢިޝާރާތެއް ރަޝީދާގެ އެއްވެސް ގުނަވަނަކުން ނުދެއްކުނެވެ. އެ އެނދުގައި އޮވެ ބަލިކަމުގެ މައްޗަށް ހިތް ބަލިކަން ތަޙައްމަލް ކުރަން ޖެހުމުން ރަޝީދާއަށް ކުރަމުންދާ އަސަރު ވަކިން ބޮޑެވެ.

ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައި އިން ލަޠީފަށް ޙަޤީގަތް ހާމަކޮށްދެމުން ލަހުމާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

އޭރު ތާނިޔާވެސް އޭނަގެ ގޮތުގައި ހުރީއެވެ. އެހުރިހާ ވާހަކަތަކެއް އަޑުއަހާ އެތާންގައި ނިމިދިޔަ ޑްރާމާގެ ހުރިހާ މަންޒަރެއް ތާނިޔާގެ ހިތާއި ސިކުނޑިޔަށް ވަގުތުން ރެކޯޑް ކުރީ އިސްތަށި ގަނޑުން އިސްތަށި ކޮޅެއް ނަގާ އިނގިއްޔަށް އޮޅާލަ އޮޅާލާ ހުރެއެވެ. ލަހުމާ އެތަނުން ގޮސް އިރުކޮޅެއް ވީއިރަށް ތާނިޔާވެސް އެތަނުން ހިނގައިގަތެވެ.

ރަޝީދާ ރޮމުން ގިސްލަމުން ދިޔައިރުވެސް ލަޠީފްއިނީ ގަބުވެފައިވާ މީހެއް ފަދައިންނެވެ. ރަނގަޅީ ލަހުމާ ކަމެއް ނޫނީ ރަޝީދާކަމެއް އިންސާފު ކުރާނެ ގޮތެއް ލަޠީފަކަށްވެސް ނުވިސްނެއެވެ.

ތެދެކެވެ. ލަހުމާގެ ވާހަކަތަކުން ރަޝީދާ އެވަނީ ދަރިޔަކަށް ދޭން ނުވާވަރުގެ އަނިޔާތައް އެތައް ގޮތަކުން ދީފައެވެ. އެކަމުގެ ސަބަބުން ލަހުމާގެ ސާފު ޠާހިރު ނަފްސުގައިވަނީ ބަދު އަޚްލާޤާއި އަނިޔާވެރި ކަމުގެ އިޙްޞާސްތައް އެތައް ގޮތަކަށް އަށަގަނެފައެވެ. ހަމައެޔާއެކު ރަޝީދާވެސް ވަނީ ލަހުމާއަކީ އޭނާގެ ދަރިންނަށާ ރަޝީދާއަށް އަގަލު ކުޑަ މީހެއް ކަމުގައި ބުނެ އެތައް ވާހަކަތަކެއް ދައްކާފައެވެ.

އާދުވަހަކަށް މަރުޙަބާ ކިޔަމުން އިރުގެ އަލިކަން މަޑުމަޑުން ދުނިޔެއަށް ފާޅުވަމުން ދިޔައެވެ. ފަތިސް ނަމާދު ކުރުމަށްފަހު ސީމާ އެނދުގައި ޖައްސާލީ ކުޑަ އިރުކޮޅަކުން ތެދުވުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ސީމާގެ ދެލޯ ކުއްލިޔަކަށް ހުޅުވާލަން މަޖުބޫރުވީ ބޭރު ދޮރުގައި މީހަކު ޓަކި ދޭއަޑަށެވެ. އަވަސް އަވަސް ކޮށް މޫނު ދޮވެލައިން ނުކުންނާނަމޭ ހިތާ ސީމާ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

“އައްސަލާމް ޢަލައިކުމް” ބޭރުން އައި މީހަކު ސަލާމް ގޮވާލުމާއެކު ފާއިދު ދޮރާދިމާލަށް ބަލައިލިއެވެ.

“ވަޢަލައިކުމުއް ސަލާމް. ތީ ކާކު؟” އެމީހާއާ ދިމާލަށް ބަލަންހުރި ފާއިދު ހައިރާންވެފައި ހުރެ ސަލާމްގެ ޖަވާބު ދެމުން ކޮށްލީ ސުވާލެކެވެ.

ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ފަން އިސްތަށި ގަނޑުގައި ހުޅިއެއް ޖަހަމުން ސީމާ ނުކުތެވެ.

“އަނހަ! ވަދޭ.. ވަދޭ.. ސަމީރު ދޯ. ދަރިފުޅާ! އަވަހަށް އެބޭބެއާ އެކީ އެކޮޅު ކޮޓަރިއަށް ގޮސް ދަބަސް ބަހައްޓަން ބުނޭ.. ދެން ވަރަށް އަވަހަށް ގޮސް އެބޭބެއަށް ތުގާ ކޮއްކޮ ދައްކާލާ.. މަންމަ ވަރަށް އަވަހަށް މި ސައި ހަދާލަނީ..”

ސީމާގެ ދުލުން ނުކުތް ކޮންމެ ޖުމްލައެއްގައި ވަނީ އިޙްތިރާމުގެ އެތައް އާދައެކެވެ. ހަސަދަވެރި ކަމުގެ ކުޑަވެސް ސިފައެއް ފެންނަން ނެތް އެ އިންސާނާގެ ބަސްތައް އަޑުއިވުމާއެކު ސަމީރުގެ ހިތް އުފަލުން ފޮޅުނެވެ. ސީމާ ބުނާހެން ސަމީރަށް ހީވެއެވެ. ސަމީރުގެ ހަމަޖެހިލުމާ ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށް ސަމީރުގެ ދެލޮލުން ތުގާ ފެނިލުންވެސް އެވަރުބަލި ކަމުގެ މައްޗަށް ފުދެއެވެ.

“ދައްތާ! ތުގާ ކޮއްކޮ އޮތީ ނިދާފައެއްނު؟” ފާއިދުގެ ދިރިއުޅުމުގައި ދުވަހަކުވެސް ތުގާ އޭނާގެ އަރާމު ނިދިން މަހްރޫމް ވިޔަކަ ނުދެއެވެ. އެހެންވެ ފާއިދު އެހެންބުނީ އެއީ ބަހަނާއެއް ކަމުގައި ދައްކަމުންނެވެ.

“ދަރިފުޅާ! އެއީ ތުގާ ކޮއްކޮގެ ބައްޕަ. އެބައްޕައަށް ހަމަ ޖެހިގެން ސައެއް ނުބޮވޭނެ އެކޮއްކޮ ނުފެންނަންޏާ.. އެބައްޕަގެ ހިތަށް ފަރުވާއެއް ނުލިބޭނެ އެކޮއްކޮ އުރާނުލެވެންޏާ.. ދަރިފުޅަށް އެނގޭތަ؟ އެބައްޕަ ކިތަންމެ ވަރުބަލި ވެފަ ހުއްޓަސް މިއަދު އެބައްޕަގެ އަތަށް ބުރައެއް ނުވާނެ އެކޮއްކޮ އުރާލައިގެން.. ތުގާކޮއްކޮ ބައްޕަގެ ލޮލަށް ފިނިވާނީވެސް އެކޮއްކޮ ފެނުނީމަ.. ދެންވެސް އަވަހަށްދޭ.”

ސަމީރުގެ އެއް އަތުގެ އިނގިއްޔެއްގައި ހިފާލައިން ހުރި ފާއިދަަަށް ބަލަން ހުރެ ސީމާ ވާހަކަ ދެއްކިއެވެ.

ސީމާގެ ފަށުވި ޢިބާރާތްތައް އަނެއްކާވެސް ސަމީރުގެ ހިތް ފަތަޙަ ކޮށްފިއެވެ. ފާއިދާއެކު ކޮޓަރިއަށް ވަދެ ތުގާއޮތް އެނދާ ކައިރިވެލަމުން އަރާމު ނިދީގައި އޮތް ތުގާ ނަގާ ސަމީރުގެ މެޔާލާ ބޮނޑި ކޮށްލިއެވެ. ހަމަ އެވަގުތު ތުގާވެސް ކޮންމެސް ވަރަކަށް ޚަރަކާތް ކޮށްލާ ލޯ ހުޅުވާލަމުން ސަމީރުގެ ގައިގައި ބައްދާލިއެވެ. ތުގާގެ ލޯބި ލޯބި އެހެނަސް އެ ކުޑަކުޑަ ޚަރަކާތުގެ ސަބަބުން ސަމީރުގެ ދެލޯ ތެންމާލާ ފިނިކަމެއް ގެނެސްދެމުން ދެތިން ކަރުނަ ތިކި ވައްޓާލިއެވެ. އެ މަންޒަރު ބަލަން ފާއިދު ހުރީ ޝޯޚުވެފައެވެ. އަންތަރީސް ވެފައެވެ. ނޫނީ ކޮންމެސް ކަމެއް ޤަބޫލު ކުރަން ދަތިވެފައެވެ.

ޔުސްރާ ލަސް ހިނގުމެއްގައި އައިސް އަފީފާ ކައިރިޔަށް ހުއްޓިލިއެވެ. އޭރު އަފީފާ އަވަދިނެތި ބަދިގެތެރޭ މަސައްކަތްތަކުގައި މަޝްޢޫލު ވަމުން ދިޔައެވެ. ހަޤީގަތުގައި ޔުސްރާއަކީ އަފީފާގެ ހިތް މާ ގަޔާވާ މީހެއް ނޫނެވެ. ޔުސްރާގެ ދުލުން ބޭރުވާ ބައެއް ބަސްތަކުންވެސް އަފީފާއަށް ލިބެމުން ދަނީ ތުރާލެކެވެ. އެއްގޮތަކުން ބުނާނަމަ ހީވަނީ ޔުސްރާއަކީ ސަމީރުގެ މަރުވަމުން ދިޔަ ހަޔާތް ނަގަހައްޓަން އައިސްފައިވާ މީހެއް ހެނެވެ.

“އަފީފާ.! އަހަރެން މިއައީ މާލިކްއަށް އެންމެ މީރު ގޮތަށް ކަނޑޫ މޮޑެފަ.. ފޮނުވަބަލަ މަށާއެކީ އަހަރުން ގެއަށް. މާލިކަށް އެހާ ކަމަކު ނުދެޔޯ މިހާރު މިގޭން ލިބޭ ކެއުންތަކެއް ދޯ..؟ އަފީފާ ކޯއްޗެއް ތި ކާންދެނީ އެކުދިންނަށް.؟ ކައްކަންވެސް ނޭނގެނީތަ؟” ޔުސްރާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“މާލިކް ބަލައެއްނު ތިއައީ. އޭނަ ގޮވައިގެންދޭ. އެކަމަކު މައިދާތަ ގެއަށް ނުގެންދާތި.. އެހެންވީމަ މާލިކްވެސް ވަރަށް ވާހަކަ ދައްކާލާފަދޯ ހުރީ.؟” އަފީފާ އެއްމިޔަކަނުން ހީލަމުން އިސް ޖަހާލިއެވެ.

“ވަރަށް ވާހަކައޭ؟ ހައްހައްހާ… ދެން އޭނަ ގެންނާނީ މިރޭ.” ޔުސްރާ ބުނެލިއެވެ.

“ޔުސްރާ! ކަލޭތީ ހެވަކަށް އުޅޭ މީހެއްތަ؟” އަފީފާ އެހެން ބުނުމާއެކު ޔުސްރާ ހިނގައިގަތެވެ.

ސީމާއާ ފާއިދު ދިޔައީ ސަމީރާއެކު އެއްތަށިމަތިން ސަޔަށް އިންސާފު ކުރަމުންނެވެ. އެތައް ވާހަކަ ތަކެއް ސަމީރާއި ސީމާ ދައްކަމުން ދިޔައެވެ. އޭރުވެސް ތުގާ އުރާލައިން އިނީ ސަމީރެވެ. އިރުކޮޅަކާ “ބައްޕަ” އޭ ބުނާކަހަލަ ގޮތަކަށް އަޑު ލައްވާލައެވެ. ތަފާތު އެކިއެކި ހަރަކާތްތައް ކުރަމުން ދިޔަ ތުގާ ދޭތެރެއަކުން ސަމީރަށް ބަލާލައެވެ. އަދި މާ ދޯޅުވެފައިވާ ފަދައިން ސަމީރުގެ މޫނުގައި އެ ކުޑަކުޑަ އަތުން ފިރުމާލައެވެ.

އެ ޚަރަކާތްތަކަށް ބަލަން ކަޅި ޖަހާނުލާ ފާއިދަށް އިނދެވެނީ ކީއްވެ ބާއެވެ؟ އެ މާތް ގުޅުމުގެ ލޮބުވެތިކަން ފާއިދަށް ބުނެދެނީ އެތައް ވާހަކަތަކެކެވެ.. ތަފާތު އިޙްޞާސްތައް ކުރުވަމުންނެވެ.

“އެއީ އަސްލު އަހަރުމެން ދެމަފިރިންނަށް ފާއިދު ލިބުނު ގޮތަކީ. މަދު މީހަކަށް ވިޔަސް މާވަހަރު ލިބޭނީ ކަނޑުން. ކިތަންމެ ވަސް ނުބަޔަސް ކުލަ ކަޅަކަސް އަގެއް އޮންނާތީތާ އެވެސް ހޯދަން ބަޔަކު އުޅޭނީ.. މީ މަގުމަތިން ލެއްވި ރަޚްމަތެއް. ނޭނގެ ފާއިދުގެ ނަޞީބު ކަމެއް. އަހަރުމެންގެ ނަޞީބު ނޫން ކަމެއްވެސް. ފާއިދު ގެނައި އިރު ފާއިދަކީ ދޮވެ ސާފުކުރަންވެފަ އިން ކުއްޖެއް. އެކަމަކު މިހާރު މިސޮރު ހުންނާނީ ވަރަށް ޗާލުކޮށްދޯ؟” ފާއިދުގެ އަތުގައި ފިރުމާލަ ފިރުމާލާ އިނދެ ސީމާ އެ ވާހަކަ ކިޔައިދިނެވެ.

ކުއްލިޔަކަށް ދޮރު ހުޅުވާލަމުން މޫސަ ގޭތެރެއަށް ވަދެ ސޯފާގައި އިށީނދެލިއެވެ. މޫސަގެ ހާސްކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ސަމީރު ފެނުމުންވެސް މޫސަގެ މާބޮޑު ސަމާލުކަމެއް ސަމީރަކަށް ނުހުއްޓުނެވެ. މޫސަގެ މޫނުމަތިން ހެކި ދެމުންދިޔަ ހާސްކަން ސީމާއަށް ވަރަށް އަވަހަށް ނަގައިގަނެވުނެވެ. ސީމާގެ ވާހަކަ ވަގުތުން ހުއްޓާލަމުން މުޅިތަން ހަމަހިމޭން ވިއެވެ.

( ނުނިމެ )

—————–*****————-
އަޅުގަނޑު އުންމީދު ކުރަނީ މި ޕާރޓް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް. އަންނަ ހަފްތާގެ ބަޔަށް އިންތިޒާރު ކޮށްލައްވާ!
???

(އަންނަ ހަފްތާގެ ބައިގައި)

“ރަނގަޅު… ހާއްސަކޮށް މިއަދު ސަމީރު މިތާ ހުރީމަ އަހަންނަށް ތިލިބުނީ ވަރަށް ރަނގަޅު ފުރުޞަތެއް.” ސީމާ ދިއްލޮށްލި ފެންތަށި އެއްފަހަރުން ބޮއެ ނިންމާލާ ލުއިލުއި ހިނިތުމެއް ވެރި ކުރުވަމުން މޫސަ ބަލައިލީ ސަމީރާ ދިމާލަށެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ހިތި ނިމުން 14

Next

ޔުމްނު އަށެއް

Next
November 9, 2020

ޔުމްނު އަށެއް

Previews
November 8, 2020

ހިތި ނިމުން 14



All Right Reserved!