Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

އެ ބިރުވެރި ރޭ ( ދެވަނަ ބައި )

Lilly Aish Level 110 Stories
November 2, 2020 2 Mins Read
3 Comments

ދުވަމުން ދުވަމުން އައިސް ޔަމާނީ ގެއަށް ވަން އިރު ޔަމާނީ ހުރީ ބިރުން ގޮސް ހަލާކުވާ ވަރު ވެފައެވެ އެވެ. އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ބިރުގަނެފައި ހުރި ޔަމާނީގެ ރީތި ބޮޑު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޔަމާނީ ގެއަށް ވަން އަޑު އިވުމާއި އެކު ، ކައިގޭގައި ހުރި ޔުބީން ބޭރަށް ނުކުތް ވަގުތު ފެނުނު މަންޒަރުން އޭނާގެ ބަޑި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ވާނީ ވެސް އެހެން ތާއެވެ. ހުރި ހަމައެކަނި ދަރިފުޅު ރޯތަން ފެނުމުން ދެރަ ނުވާނީ ކޮންމައެއް ހެއްޔެވެ ؟ ” ދަރިފުޅު ކިހިނެއް ވެފަ ތިހުރީ؟ކީއްވެ ތި ރޮނީ؟ “ޔުބީން އޭނާގެ ދަރިފުޅުގެ އޭނާގެ ކައިރިއަށް ގެނެސް އެ ދަރިފުޅުގެ ގައިގާ ލޯބިން ބައްދައިލިއެވެ.” ކަމެއް ނުވެޔޭ މަންމާ. ކުޑަކޮށް ބަނޑުގައި ރިއްސާތީ. “ޔަމާނީ އޭނާއައް ދިމާވި ކަންތައް ޔުބީންއަށް އޮޅުވައިލިއެވެ.”އެހެން ވެއްޖިއްޔާ ދޭކައިގެން އަރާމު ކޮށްލަން. މަންމަ ހުންނާނެ ދަރިފުޅަށް އެންމެ މީރު މަސްބަތް ހަދާފަ. ކައިގެން އަރާމު ކޮށްލީމާ ރަނގަޅު ވާނެ. “ ޔުބީން ހީލަމުން ޔަމާނީގެ ބޮލުގައި ބޮލުގައި ފިރުމައިލިއެވެ.

އެއް ހަފުތާ ވީއިރު ވެސް ނުފައިލްގެ އެއްވެސް ހަބަރެއް ނުވާތީ ޔަމާނީ ހުންނަނީ ވަރަށް ބޮޑަށް އުފާ ވެފައެވެ. ކުރިމަތިވަމުން އަންނަ ބޮޑު ކޮޅިގަނޑުގެ އެއްވެސް ހިލަމެއް ނުވާ ޙާލުގައި އެވެ.

ދުވަސްތައް ފާއިތުވަމުން ދަނީ އެސްފިޔަ ޖަހާލާހާބާރު މިނުގައި އެވެ. މިރޭ ވެސް ޔަމާނީ ހިނގަމުން އެދަނީ އެކްސްޓަރ ކުލާސް ނިންމާފައި ގެއަށް ދިޔުމަށް ޓަކައެވެ. އޭނާގެ ރީތި އަޑުން އަޅުވައިލާއި ހުރި ރާގުގެ އަޑު އިވޭ މީހެއްގެ ހިތްތައް ވިރިގެން ދާނެއެވެ. ކުއްލިއަކަށް ޔަމާނީގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ޖާނުން ވަރުގަދަ ދެ ޒުވާނުން އޭނާގެ ކުރިމަތީ ހުއްޓުމުންނެވެ. އެމީހުން ފާޑަކަށް ޔަމާނީއާއި ދިމާއަށް ބަލަހައްޓައިގެން ތިބުމަށް ފަހު މަޑުމަޑުން ޔަމާނީއާއި ކައިރިވާން ފެށިއެވެ. ޔަމާނީގެ ހިތަށް ނުރައްކަލެއް ކުރިމަތި ވަމުން އަންނަ ކަމުގެ ބިރުވެރިކަން ވެރިކުވީ ދެނެވެ.

މެއާއިލާ ފޮތްތައް ބޮނޑިކޮއްލައިގެން ޔަމާނީ ފަހަތަށް ޖެހެމުން ދިޔައީ ހިތުގެ އަޑިން ﷲގެ ޙަޟްރަތުން ސަލާމަތް އެދި ދުޢާ ދަންނަވަމުންނެވެ. ފަހަތައް ޖެހެމުން ޖެހެމުން ގޮސް އޭނާ ޖެހުނީ ފަހަތުގައި ހުރި ރުކެއްގައިއެވެ. އެފުރުސަތުގެ ބޭނުން ހިފާ އެ މީހުން ޔަމާނީގެ ގައިގާ ހިފަހައްޓާ ، ޔަމާނީގެ ދެ އަތް ފުރަގަހަށް ގެންގޮސް އެދެއަތުގައި ބާރަށް ހިފަހެއްޓިއެވެ.” ހަމަމިހާރު އަހަރެންގެ ގައިން ދޫކޮށްލާ! “އެ މީހުންގެ ކިބައިން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ޔަމާނީ ހަޅޭލަވައިގަތެވެ.” މަޑު މަޑުން ހުރޭ! އެހެން ނޫނީ ގޮތެއް ހަދަން ޖެހިދާނެ! “ އެތަނުން އެކަކު ޔަމާނީއާއި ދިމާއަށް ހަރުކަށިކަމާއި އެކު ހަޅޭލަވައިގަތެވެ. ސަލާމަތް ވާނެ އެއްވެސް މަގެއް ޔަމާނީއަށް ނުފެނުމުން އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ކޯތާފަތް މައްޗަށް ފައިބައި ގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilly Aish

Level 110 Stories

Other Articles

Previous

އަލްވަދާޢު-15

Next

ހަދިޔާ

Next
November 2, 2020

ހަދިޔާ

Previews
November 2, 2020

އަލްވަދާޢު-15

3 Comments!

  1. Fathimath Midhuha says:
    November 2, 2020 at 12:44 pm

    Mi vaahakai ge second part mii.. Hope you guys like it ?

  2. Shein says:
    November 2, 2020 at 1:57 pm

    Nicee♥️♥️me frist dhw

    1. Fathimath Midhuha says:
      November 3, 2020 at 6:25 am

      Yes. Thanks for reading my story. ☺️☺️

Comments are closed.

Next Episodeއެ ބިރުވެރި ރޭ ( ތިންވަނަ ބައި )←


All Right Reserved!