Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ – 18

Afaa Level 310 Stories100 Comments
November 10, 2020 6 Mins Read
9 Comments

އެކުވެރިންނާއި އެކު ގޮނޑު ދޮށުގައި އެކި ވާހަކައިގައި ތިބެ ހިނގަމުން ދިޔަ ލައިބާގެ ލޮލުގައި އަޅައިގަތީ، ހޭޅިފަށުގެ ހޮޅުއަށީގައި އިން އަންހެން ކުއްޖާއެވެ. ދެލޯ މަރާލައިގެން އިން އިރު، އެ އަންހެން ކުއްޖާ ރޮނީކަން ލައިބާއަށް ޔަޤީންވިއެވެ.

އެކުވެރިންގެ ގާތު އެބަ އަންނަން ކަމުގައި ބުނެ އެ އަންހެން ކުއްޖާގެ ގާތަށް ދިއުމަށް ލައިބާ ހިނގައިގަތެވެ.

**********

ދެލޯ މަރައި ތަގުޅި ކޮށްލައިގެން އިން ނޫރްއަށް ސިހުމެއް ލިބުނީ މީހަކު އައިސް އޭނާގެ ގާތުގައި އިށީނިހެން ހީވުމުންނެވެ. ނުރުހުމުގެ ކުލަވަރު އޭނާގެ މޫނު މަތިން ފެނިލި އިރު “އިވާން” އެ ނަން ނޫރްގެ ދުލުން ބޭރުވެގެން ދިއައެވެ. ނަމަވެސް ދެލޯ ހުޅުވާލުމާއި އެކު އޭނާއަށް ސިހުމެއް ލިބުނީ، އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާ ފެނުމުންނެވެ.

ދޮން ހަންގަނޑެއް ލިބިފައިވާއިރު، ތާޒާކަން ވީ އެކުއްޖާގެ މޫނުމަތީގައި ވަނީ ހިތްހެޔޮ ހިނިތުންވުމެކެވެ. “ސޮރީ….އެހެން މީހަކު އަންނަންދެން ތަ ތިހިރީ؟” އޭނާގެ ކުރިމަތީގައި އިން އަންހެން ކުއްޖާގެ މޫނުމަތީގައިވީ ސުވާލު ނަގައިގަނެވުމުން ލައިބާ މަޢާފަށް އެދުނެވެ.

“ހެހެހެ ނޫނޭ….އިންތިޒާރުކުރުމަކީ އުންމީދުވެރިންގެ ސިފައެއް….މި ދުނިޔެ މަތީގަ އެއްވެސް މީހެއްގެ ފަރާތުން އެއްވެސް އުންމީދެއް ކުރާކަށް ނުވާނެ” ހިތި ހިނިތުންވުމަކާއި އެކު ކުރިމަތީގައި ހުރި ނުދަންނަ އަންހެން ކުއްޖާއަށް ނޫރް ޖަވާބުދިން އިރު، އެ ކުއްޖާއާއި ވާހަކަދައްކަލަން ހިތް އެދުނީ ކީތްވެކަމެއް ހުދު ނޫރްއަށް ވެސް ނޭނގެއެވެ.

“ތިބުނީ ވަރަށް ޑީޕް، މީނިންގްފުލް އެއްޗެއް….އައި އޭމް ލައިބާ….އިފް ޔޫ ޑޯންޑް މައިންޑް އަހާލެވި ދާނެ ތަ ކީތްވެތޯ ތި ރޮނީ؟” ނުދަންނަ ބީރައްޓެހި މީހަކަސް، ކުރިމަތީގައި ހުރި އަންހެން ކުއްޖާގެ ރުއިމާއި ވޭން ފެނި، އެ އަންހެން ކުއްޖާގެ ރިހުމާއި ކަރުނައިގެ ސަބަބު އިނގެން ލައިބާ ބޭނުންވިޔެވެ.

“ބައެއްފަހަރު އާވާ ހަނދާންތަކުގެ ސަބަބުން ހިތްވެސް އުދާސްވާނެ….ބައެއްކަހަލަ ހަނދާންތަކަކީ ދެން އަލުން އަނބުރާ އައުމެއް ނެތް ކަންކަން ވީމަ” ކޮށްޅަށް ތެދުވެލަމުން ނޫރް ބުނެލިއިރު، އޭނާގެ އަޑުގައިވީ ވޭނީ ރިހުން ލައިބާއަކަށް ސިއްރެއް ނުވިއެވެ. ކީތްވެ ކަމެއް ނޭނގެއެވެ. މި ނުދަންނަ އަންހެން ކުއްޖާގެ ވާހަކަތައް އޭނާއަށް ވެސް އެތައް ކަމެއް އެބަ ވިސްނައިދެއެވެ.

“ދައްތައަށް އިނގޭތަ، މީހުން ދުނިޔެ ދޫކޮށް ހިނގައިދާނެ….އަހަރެމެންގެ ދިރިއުޅުމުން ވެސް އެތަކެއް ކަމެއް ބީވެ ހިނގައިދާނެ….ދޫކޮށް ނުދާ ހަމައެކަނި އެއްޗަކީ ހަނދާންތައް….އެ ފޮނި ހަނދާންތައް އާވާ ކޮންމެ ފަހަރަކު ތިހެން އުދާސް ވުމުގެ ބަދަލުގަ ހިނިތުންވެ އެ ދުވަސްތައް ދެއްކެވި ކަމަށް ޓަކާ މާތްﷲ އަށް ޝުކުރުވެރި ވާން އަހަރެމެން ޖެހޭނެ….އޭރުން އެ ހަނދާންތައް ގުޅިފަ ވީ ފަރާތް ކޮންމެ ތާކު، ކިތަންމެ ދުރުގަ ހުއްޓަސް ހުންނާނީ އުފަލުގަ” ލައިބާގެ ބަސްތައް އަޑުއިވުމާއި އެކު ސިހުމެއް ލިބުނު ނަމަވެސް، ލައިބާއަށް ހިނިތުންވެލަމުން ނޫރް ލައިބާގެ ބޮލުގައި ފިރުމާލިއެވެ.

“ތެންކިޔޫ….ނޭނގެ ކީތްވެ ކަމެއް ބަޓް ލައިބާގެ ތި ނަސޭހަތް އަހަރެންނަށް ވަރަށް ބޮޑަށް އެހީތެރިވެދީފި….ގޯޑް ބްލެސް ޔޫ ޑިއާރ” ހިނިތުންވެލަމުން އެއްގަމާއި ދިމާލަށް ނޫރް ހިނގައިގަތީ، އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުންނެވެ. ނުދަންނަ މީހަކަސް އެ އަންހެން ކުއްޖާގެ ކޮންމެ ލަފުޒެއް، ކޮންމެ ޖުމުލައެއް އޭނާއަށް އަމިއްލަވަންތަކަން އިހުސާސް ކޮށްދީފިއެވެ. އާވަމުން ދާ ހިތި އަދި ފޮނި ހަނދާންތަކާ ހަނގުރާމަ ކުރުމަށް އައު ހިތްވަރެއް ލިއްބައި ދީފިއެވެ.

ނޫރް ގޮސް ލޮލުކޮޅަށް ގެއްލެންދެން ބަލަން ހުރި ލައިބާގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ނުދަންނަ މީހަކަސް، އެ އަންހެން ކުއްޖާއަށް ކުޑަ ނަމަވެސް އެހީތެރިކަމެއް ފޯރުކޮށް ދެވުނީތީ، އޭނާގެ ހިތަށް ތަފާތު ހަމަޖެހުމެއް ލިބިގެން ހިނގައްޖެއެވެ.

***********

“އުޒްވާ…” އޮފީހުގެ އޭނާގެ ކެބިންގައި ކުރިމަތީގައި ހުރި ކޮމްޕިއުޓަރަށް ނަޒަރު ހުއްޓާލައިގެން އިން އުޒްވާއަށް އެ ކެބިންގެ ދޮރާއި ދިމާލަށް ބަލާލެވުނީ، އޭނާގެ ނަމުން މީހަކު ގޮވިހެން ހީވުމުންނެވެ. ކެބިންގެ ތެރެއަށް ހަރު ހިނގުމެއްގައި ވަދެގެން އައި އުޒާމް ފެނުމުން އުޒްވާގެ މޫނުމަތިން ފޫހިކަން ފައުޅު ވިއިރު، އެކަމަށް ފަރުވާލެއް ނުދީ އުޒާމް އައިސް އުޒްވާގެ ކުރިމަތީގައި ހުއްޓިލިއެވެ.

“ބުނަން….އުޒްވާގެ ޒާތީ ކަންކަމާ ބެހޭކަށް އަހަރެން ބޭނުމެއް ނޫން….އުޒްވާގެ ދަރިޔާ އުޒްވާއާ ދޭތެރޭ ޖެހުނު މައްސަލައަކީ ކޮބައިކަމެއް އިނގޭކަށް ވެސް އަހަރެންގެ ޝައުގުވެރިކަމެއް ނެތް….އެކަމަކު އުޒްވާ ނޫނީ އުޒްވާގެ ދަރިޔާ ހެދި އަހަރެންނާ މުޅި އާއިލާގެ ނަން ބަރުބާދުވަންޏާ އަހަރެންނަކަށް މަޑަކުން ނުހުރެވޭނެ!” ހިތްހަމަނުޖެހުން އެކުލެވިގެންވީ އުޒާމްގެ އަޑާއިއެކު އޭނާ އިން ގޮނޑިން އުޒްވާ ތެދުވި އިރު، އުޒާމްއާއި ދިމާލަށް އޭނާ ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ.

“ސްޓާރލައިޓުން އައިމަން ވަކި ކޮށްފި! މީ މިއަދުގެ ފަލަ ސުރުހީ!” އަތުގައި އޮތް ނިއުސް ޕޭޕަރު އުޒްވާގެ މޭޒުމަތީގައި ބާއްވަމުން އުޒާމް ބުނެލިއިރު، އުޒްވާގެ މޫނުމަތިން ހައިރާންކަން ފެނިލިއެވެ.

“މަށަށް ހީވަނީ އަސްލު ރަނގަޅަށްހެން ތިވީ….އައިމަން ލަވަކިއުމުގެ ދާއިރާއިން ކުރިއަށް ދިއުމަކީ އެއް އިރެއްގަވެސް އަހަރެން ބޭނުންވި ގޮތެއް ނޫން” ހަށަން ބަނދެލަމުން އުޒްވާ ބުނެލީ، ކުރިމަތީގައި ހުރި އޭނާގެ ބޭބެއާއި ހަތަރުކަޅި ހަމަކޮށްލަމުންނެވެ.

“އުޒްވާއަށް ނޭނގުނަސް، އައިމަން ސްޓާރލައިޓުން ވަކި ކުރުމަކީ އުޒްވާގެ ސަބަބުން ވީކަމެއް….ދެން އެކަން ބާއްވަމާ….އަހަރެމެންގެ ކުންފުނީގެ ޝެއާރ ޕްރައިސަސް ލޯ ވުމަކީވެސް ހަމަ އުޒްވާގެ ކުށް….އަހަރެންގެ ކެތްތެރިކަން ޓެސްޓު ނުކޮށް ތި ހޭވި ހަޑި ސާފުކުރަން އުޅޭ!” އުޒާމްގެ އަޑު ބާރުވެގެން ދިއައިރު އޭނާގެ ނިއްކުރިއަށް ރޫތައް ޖަމާވެގެން ދިއައެވެ.

“އަހަރެންގެ ކުށް އެކަނި ތަ ދޮންބެއަށް ފެންނަނީ….އަމިއްލަ މީހާ ތީ މާ ރަނގަޅު މީހަކީތަ؟ އެ ލާމިއުއާ ތޯރިޤުއާ އެއްވެގެން މީގެ ފަނަރަ އަހަރު ކުރިން ދޮންބެ ގަތް ގަނޑުގެ ވާހަކަ އަހަރެންވެސް ދައްކަން ފަށަންވީތަ؟” “އުޒްވާ!!!” އުޒްވާގެ ޖުމުލައާއެކު އުޒާމްގެ ދެލޮލުން ނުރައްކާތެރި ވިދުވަރެއް ފެނިލިއިރު، އޭނާގެ އަތް އުޒްވާގެ ކޯތާފަތާއި ދިމާލަށް ހިއްލިފައިވިއެވެ.

“ވާއު….ޖަސްޓް ވާއު….ބުނަން ދޮންބޭ! އަހަރެން ކުރިއްޔާ ކުރިކަމެއް ދުނިޔެއަށް އިނގި އޭގެ ވާހަކަ މީހުން ހަމައެކަނި ދައްކަނީ….ދުވަސްކޮޅެއް ތެރޭ ހަނދާންވެސް ނެތިދާނެ….އެކަމު ދޮންބެ ކުރި ކަންތައް ފަޅާ އަރައިފިއްޔާ ދޮންބެއާ މިމުޅި އެމްޕަޔަރާ، ދޮންބެގެ ހުރިހާ ބައިވެރިން ދާންޖެހޭނީ ޖަލުގެ ކުޑަ ގޮޅިއަށް….ސޯ އަހަރެންނާ އަހަރެންގެ ދަރިފުޅުގެ ބޮލަށް ހުރިހާ ކަމެއް ޖެހުމުގެ ބަދަލުގަ ވިސްނާލާތި!” އުޒާމްއަށް އިންޒާރެއް ދެމުން އެ ކެބިންއިން އުޒްވާ ނިކުމެގެން ދިއައިރު، ރުޅިއާއި ނުރުހުން އަދި ހައިރާންކަމާއި ކަންބޮޑުވުމުގެ ކުލަވަރު އުޒާމްގެ މޫނުމަތިން ފެނިލިއެވެ.

**********

ގެއަށް އައިސް ހަމަޖެހިލަމުން އައިމަން ލައިބާގެ މެސެޖުތައް ހުޅުވާލިއެވެ. އެއާއިއެކު އޭނާއަށް ލިބުނީ އިތުރު ސިހުމެކެވެ. ލައިބާވެސް ވީ އައްޑޫގައެވެ. އެންމެންވެސް އޭނާ އެކަނި ކޮށްފައި ދަނީ އެއްތާކަށް ހެއްޔޭ ހިތަށް އެރުމުން އައިމަންގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ.

***********

ހަނދުއޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާއި އަލްވަދާޢު ކިއުމާއިއެކީ، އިރުގެ ރަން އަލި ދުނިޔެ މައްޗަށް ފެތުރިގެން ދިއައެވެ. ދޫނިތައް ގޮވާ އަޑު ފަޒާގައި ގުގުމާލާފައި ވީއިރު، ޖެހެމުން ދިޔަ ހެނދުނުގެ ފިނި ވައިރޯޅިތައް ނަފްސު ތާޒާ ކޮށްދޭނެކަން ގައިމެވެ.

ހެނދުނުގެ މަރިޔާދު އެވަގުތު ނޫރްއާއި އިވާންގެ މަންޒިލަކަށްވީ އައްޑު ސިޓީގެ ފޭދޫއެވެ. ކާރުގައި ދަތުރު ކުރުމުން ދިއައިރު، ޑްރައިވަރާއި އެކު ކުރީ ސީޓުގައި އިން އިވާންގެ ނަޒަރު ފަހަތު ސީޓުގެ ހެޑްބޯރޑުގައި ލެގިލައި، ދެލޯ މަރައިލައިގެން އޮތް ނޫރްއަށް އިރުއިރު ކޮޅާ ހުއްޓެމުން ދިއައެވެ.

ކާރު މަޑުކޮށްލުމާއި އެކު ނޫރް އޭނާގެ ދެލޯ ހުޅުވާލި އިރު، ނޫރްއިން ނަޒަރު ވަކި ކޮށްލަމުން ކާރުން ފޭބުމަށް އިވާން ވެސް އަވަސްވެގަތެވެ. ކާރުން ފޭބުމަށްފަހު ކުރިމަތީގައި ހުރި ގެއަށް ނޫރް ފުން ނަޒަރެއް ދިނެވެ.

ހަތަރު ފާރުގައި ގަދަ ފިޔާތޮށި ކުލައެއް ލެވިފައިވީއިރު، މަޅު ދޮރު ވަނީ ވަރުނިސްލައި ވިދުވާލައިފައެވެ. ގޭގެ ފާރު ކައިރީގައި ވެސް އެކި ވައްތަރުގެ މާއަޅާ ގަސްތައް ހެއްދިފައި ހުރިއިރު، ގޭގެ އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ނޫރްގެ ލޮލުގައި އަޅައިގަތީ އެގޭގެ ގޯތިތެރޭގައި ހުރި ބޮޑު އަނބުގަހެވެ.

ފެހިކަން ގަދަ އެގަސް ބިޔަވެ ފޯދިފައި ވުމުގެ ސަބަބުން މުޅި ގޯތި ތެރެއަށް ގަހުގެ ހިޔާ އެޅިފައިވީއިރު، ގަހުގެ އޮފިތަކުގައި ޖޯލިތައް އެލުވާލެވިފައި ވިއެވެ. ގަހާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި ނޫރްއަށް މާޒީގެ ތެރެއަށް ފީނަން މަޖުބޫރު ވީއިރު، އޭނާ ސިއްސައިގެން ދިއައީ، ކުރިމަތިން އަންހެނެއްގެ އަޑު އިވުމުންނެވެ.

“އަހާ…ތީ ދޯ އިވާންގެ ދެމަފިރިންނަކީ….މީ ފަތުހިއްޔާ އިނގޭ ދާނިމްގެ އަންހެނުން….އާދޭ ކޮޓަރި ދައްކާ ލާނަން!” ފަތުހިއްޔާގެ ފަހަތުން އިވާންއާއި ނޫރް ހިނގައިގަތް އިރު، ފަތުހިއްޔާ ގޮސް ހުއްޓިލީ އެގޭގެ އެންމެ އެތެރޭގައި ހުރި ކޮޓަރިއެއްގެ ކުރިމަތީގައެވެ. އަތުގައި އޮތް ބޮޑު ތަޅުދަނޑިފަތިން އެ ކޮޓަރީގެ ދޮރު ހުޅުވާލަ ދިނުމަށް ފަހު، ފަތުހިއްޔާ ހިނިތުންވެލިއެވެ.

“މީ ތި ދެމީހުންގެ ކޮޓަރި….އެއްޗެއް ބޭނުން ވެއްޖިއްޔާ ފަސްނުޖެހި ބުނެލައްޗޭ އިނގޭ…..ތާޒާ ވެލައިގެން އަވަހަށް އާދޭ ސައިބޯން” “މީ އަހަރެމެން ދެމީހުންގެ ރޫމް؟ ޔޫ މީން އަހަރެމެން ދެމީހުން އެއްކޮޓަރިއެއްގަ؟” އިހްތިޔާރަކާއި ނުލައި ނޫރްގެ އަނގައިން އެ ސުވާލު ނިކުމެގެން ދިއައިރު، އިވާންގެ ދެލޯ ބޮޑުވެގެން ދިއައީ، ފަތުހިއްޔާއަށް ކަމެއް ފަހުމް ވެދާނެ ތީއެވެ.

“ހެހެހެ….ދެމީހުން މައްސަލަ ޖެހިގެންތަ ތިއުޅެނީ އަނެއްކާ….އަޅާލާ އެއްޗެއް ނޫން އިނގޭ ނޫރް….ދެމަފިރިން ދޭތެރޭގަ މައްސަލަވެސް ޖެހޭނެ، އެކަމު މައްސަލަ ޖެހިގެން ތާ ދޯ ގުޅުމެއް ކުރިއަރާނީ” ނޫރްގެ އަތުގައި ހިފާލަމުން އެހެން ބުނެލުމަށްފަހު ފަތުހިއްޔާ ގޭތެރެއަށް ހިނގައިގަތް އިރު، ކޮޓަރީގެ އެތެރެއަށް ނޫރް ވަނީ ނުރުހުންވެ ހުރެއެވެ.

“ދިސް އިޒް އޯލް ޔުއާރ ފޯލްޓް….ދެން މިދެދުވަހު އަހަރެން ހުންނަންޖެހޭނީ އިވާން އާ އެއްކޮޓަރިއެއްގަ” އެނދު ކައިރީގައި ހުއްޓިލަމުން ނޫރް ވާހަކަދެއްކި އިރު، އެ އަޑުގައިވަނީ ނުރުހުމުގެ އަސަރުތަކެވެ. ހަށަން ބަނދެލައިގެން ހުރިއިރު، އޭނާގެ ތޫނު ދެލޯ އަމާޒުވެފައިވަނީ ސީދާ އިވާންގެ މޫނަށެވެ.

***********

ކެބިންގެ ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އުޒާމްގެ މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ނިތައް ރޫ ޖަމާވެފައި ހުރި އިރު، އޭނާގެ ނިއްކުރި މަތިން ދާތިކިތައް ބަބަޅަމުން ދިއައެވެ. “ތޯރިޤް…މަށަށް ފެންނަނީ ވީހާވެސް އަވަހަކަށް ތުގާޔާ އިވާންގެ ކައިވެނީގެ ވާހަކަ މީޑިއާތަކަށް އަންގަން….އެނޫނީ މިވަރުން ދަންޏާ އޭޒެޑްއަށް ވަރަށް ބޮޑު ގެއްލުމެއް ކުރާނެ! އެންޑް އައި ކާންޓް ލެޓް ދެޓް ހެޕަން، އެޓް އެނީ ކޮސްޓް” ކުރިމަތީގައި ހުރި އެކުވެރިޔާއާއި ދިމާލަށް ބަލައިލަމުން އުޒާމް ވާހަކަ ދެއްކި އިރު، އޭނާގެ ކަންބޮޑުވުން ތޯރިޤަށް ކިތަންމެ ރަނގަޅަށްވެސް ނަގައިގަނެވުނެވެ.

ފާއިތުވި ދެ ހަފްތާ ތެރޭ ކަން ހިނގައިދިޔަ ގޮތުގެ ސަބަބުން އޮމާން ކަނޑުގެ ރާޅުތައް ބިޔަވެ، އޮއެވަރާއި ދިޔަވަރު ބަދަލުވެއްޖެއެވެ. ޖެހެމުން އަންނަ ގަދަ ވައި ތޫފާނުގެ އިންޒާރު ދެމުން އަންނަ އިރު، އެ ތޫފާނުގެ އަސަރު އުޒާމްގެ އާއިލާއަށާއި އޭޒެޑަށް ކިތަންމެ ރަނގަޅަކަށް ވެސް ފޯރައިފިއެވެ. ޕާރޓީގައި ފެންމަތިވި އުޒްވާ އަދި މަމްދޫހުގެ އެ ވީޑިއޯ އިން ފެށިގެން ގޮސް، އައިމަން ސްޓާރލައިޓުން ވަކި ކުރުމާއި، އިވާންގެ ސިއްރުވެރި މިޒާޖު، ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމަށް ހެކިދިން ނަމަވެސް، އެއީ ކޮން ކަމެއް ތޯ އަދި ކޮންކަހަލަ ތޫފާނެއްތޯ ދެނެގަތުމުގައި މިއަދު އުޒާމްވެސް ނުކުޅެދިއްޖެއެވެ.

“އާން މަށަށް ވެސް ފެންނަނީ ވީހާވެސް އަވަސް ކުރަން….ދެ ވިޔަފާރި މިހާރުވެސް ގުޅިފަ އޮތަސް، އާއިލީ ގޮތުން ގުޅިއްޖިއްޔާ އެތައް ފައިދާއެއް ކުރާނެ….އެކަމު އުޒާމް، އިވާން ކޮބައިތަ؟ އެކޮޅަށް ދިޔަފަހުން ހަބަރެއް ވެސް ނުވަނީތަ؟” ތޯރިޤު ކޮށްލި ސުވާލާއިއެކު އުޒާމްގެ ނިތައް ރޫތައް ގިނަ ވެގެން ދިއައިރު، އަވަހަށް ޖީބުގައި އޮތް ފޯނު ނަގައި އިވާންގެ ފޯނަށް އޭނާ ޑައިލް ކޮށްލިއެވެ.

“ނިއްވާލާފަ…މަ ގުޅާ ގުޅާ ހަންވެއްޖެ….ނޭނގެ އެސޮރަށް ކިހިނެއް ވެގެން ކަމެއް އެއުޅެނީ..އެކަމު މަށަށް ހީވަނީ މިކަމާ އެން އޯ އާރް ސްކޮޔާރޑް އާ ގުޅުމެއް ވާހެން” ކައިރީގައި ހުރި ކަޅުކުލައިގެ ލެދާރ ސޯފާގައި އިށީނދެލަމުން އުޒާމް ބުނެެލިއިރު، ތޯރިޤަށް އިތުރަށް އެއްޗެކޭ ނުބުނެވުނީ އެ ކެބިންގެ ދޮރު ހުޅުވާފައި ވައިން ތުގާ ފެނުމުންނެވެ.

***********

ކުރިމަތީގައި ހުރި ހަ ބުރީގެ އިމާރާތުގެ ތެރެއަށް ވަނުމަށް ހިނގައިގަތް އައިމަންގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމާއި ވަރުބަލިކަމެވެ. ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިއައީ ކުރިމަތިލާން ޖެހިދާނެ ހާލަތެއް ނޭނގޭތީއެވެ. ނަމަވެސް ހިތްވަރު އެލުވައި ނުލައި އެ އިމާރާތުގެ މައި ދޮރުގެ ބެލް އައިމަން އަޅައިލިއެވެ.

މިނެޓެއް ނުވަނީސް ދޮރު ހުޅުވިގެން ދިއައިރު، ކުރިމަތީގައި ހުރީ ބިދޭސީ ފިރިހެނެކެވެ. ލައިގެން ހުރި ޔުނީފޯރމެއް ފަދަ އަންނައުނު އޭނާއަކީ އެގޭގެ ނޯކަރެއްކަން ހާމަކޮށްދެއެވެ. “ވަސީމް އެބަ އުޅުއްވާތޯ؟” އައިމަންގެ ސުވާލާއިއެކު ބޯ ޖަހައިލަމުން އައިމަން ވަނުމަށް އެމީހާ ތަން ދެއްކި އިރު، ފުން ނޭވާއެއް ދޫކޮށްލަމުން އެ ބޮޑު ގޭގެ ތެރެއަށް އައިމަން ވަނެވެ.

ހަތަރު ފާރުގައި ކްރީމް ކުލައެއް ލެވިފައިވީއިރު، އެ ބޮޑު ސިޓިން ރޫމުގެ މެދުގައި މުށި ކުލައިގެ ބޮޑު ލެދާރ ސޯފާ ސެޓެއް ބެހެއްޓިފައި ހުއްޓެވެ. އަގުބޮޑު ފަރުނީޗަރާއި، ހިފައިގެން ގުޅޭ ސާމާނުތަކުގެ އިތުރުން އެގޭގެ ޝާހީ އިންޓީރިއާރ ގޭގައި އުޅޭ ފަރާތުގެ ހައިބަތާއި ވަނަވަރު ހާމަކޮށް ދެއެވެ.

“މިތާގަ މަޑުކޮށްލަނީ އަހަރެން ބޮސްއަށް ގޮވަނީ” ނޯކަރު މީހާ ބުނެލުމުން ގަދަކަމުން ހިނިތުންވެލަމުން ގޮސް ސޯފާގައި އައިމަން ފޫޖައްސައިލިއެވެ.

ފަސްވަރަކަށް މިނެޓުފަހުން ސިޑިން ފައިބައިގެން އައީ މުސްކުޅި އުމުރުގެ ފިރިހެނެކެވެ. ހަށިގަނޑު ބިޔަވެފައި ބޮލުގައި އެންމެ އިސްތައްޓެއްވެސް ނެތެވެ. އެމީހާ އައިސް އޭނާއާއި އަރައި ހަމަވުމުން ކޮށްޅަށް ތެދުވެ އެމީހާއާއި އައިމަން ސަލާމް ކޮށްލިއެވެ. “އައިމަން” އަމިއްލައަށް ތަޢާރަފުވެލަމުން އައިމަން ބުނެލިއެވެ.

“ބޭބެއަށް އިނގެޔޭ….ވަސީމްބެ ތިގެޔަށް ގޮސް އުޅުނީމޭ އައިމަންއާ އިވާން ކުޑައިރު، ދެން މިހާރަކު ތިކުދިން ނުހުންނާނެތާ ހަނދާނެއް ދޯ! ކަމަކުތަ އައިމަން ތިއައީ ބޭބެ ގާތަށް” ހިތްހެޔޮ ހިނިތުންވުމަކާއި އެކު ވަސީމް ވާހަކަ ދެއްކުމުން އައިމަންގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިގެން ދިއައިރު، ހަމަޖެހިލަން މަސައްކަތް ކުރަމުން އޭނާ ވަސީމްއާއި ދިމާލަށް ބަލައިލިއެވެ.

“މި…އަސްލު….ބައްޕަ މަސައްކަތް ކުރި ކުންފުންޏަށް ދިއައީމަ އިނގުނީ އެންމެ ފަހުން ބައްޕަ މަސައްކަތައް އައީ މިގެޔަށް ކަން….އެހެންވެ ބައްޕަ ވީތަނެއް ބޭބެއަށް އިނގޭތޯ އަަހާލަންވެގެން” ހިތްވަރު ކޮށްލަމުން މަމްދޫހްއާއި ބެހޭގޮތުން އައިމަން ސުވާލުކުރިއިރު، ވަސީމްގެ މޫނުމަތީގެ ކުލަވަރު އެކީހެން ބަދަލުވެގެން ދިއައެވެ.

***********

“ތޫ ދަރިފުޅާ ކަމަކުތަ؟” ތުގާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއިއެކު ތޯރިޤު އަހައިލިއިރު، ތުގާގެ މިލައިފައިވާ މޫނު ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ ރަތް ސިގުނަލް ތޯރިޤަށާއި އުޒާމްއަށް ލިބުނެވެ. “ތެދެއް ތޫ ކަމެއް ވީތަ؟ އިވާންގެ ހަބަރެއް ވީތަ؟” ކަންބޮޑުވުމާއިއެކީ އުޒާމްވެސް އަހައިލިއެވެ.

“ނޯ އަންކަލް….އެކޮޅަށް ދިއަފަހުން އިވާންގެ ހަބަރެއް ކީތްކުރަން އެންމެ ކޯލެއް ވެސް ނާދޭ….ފޯނު އަބަދު އޮންނަނީ ނިއްވާލާފަ ނޫނީ ގުޅޭ ސަރަހައްދުން ބޭރުގަ….އެ ވާހަކަ ދައްކަން އަޅުގަނޑު މިއައީ ވެސް” ކަންބޮޑުވުން އެކުލެވިގެން ވީ ތުގާގެ އަޑު އިވުމާއިއެކީ އުޒާމްއަށާއި ތޯރިޤަށް އެއްފަހަރާ އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނެވެ.

“ދަރިފުޅާ، ވެދާނެނު އިވާން ބިޒީ ވީކަމަށް….ބައްޕައަށް ހާދަ ހީވޭ ހަމައެކަނި އެހެންވެ ނޫންހެން ދަރިފުޅު ކަންބޮޑުވެގެން ތިއުޅެނީ…ނިކަން ސާފުކޮށް ބައްޕައަށް ކިޔާދީބަލަ” ތުގާގެ ކޮނޑުގައި ހިފައި ސޯފާގައި ބައިންދަމުން ތޯރިޤުވެސް ސޯފާގައި އިށީނެވެ.

“އަންކަލް…ޑޭޑް…އިއްޔެ އަޅުގަނޑު އިވާންގެ އޮފީހަށް ދިއައީ އެންޑް…….” ފާއިތުވީ ދުވަސްތަކުގައި ވެދިޔަ ކަންތައް އަކުރުން އަކުރަށް ތުގާ ކިޔައިދިން އިރު، އުޒާމްގެ ތޫނު ސިކުނޑިއަށް އެތައް ކަމެއް ފަހުމްވެގެން ދިއައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

ތިޔަ ލޯބީގާ 3

Next

ނޭދެމޭ ވަކިވުމެއް-26

Next
November 10, 2020

ނޭދެމޭ ވަކިވުމެއް-26

Previews
November 9, 2020

ތިޔަ ލޯބީގާ 3

9 Comments!

  1. ivaaneymee says:
    November 10, 2020 at 10:08 pm

    Sisoo hama fakkaa ingey??
    Noor aa ivaan aaa ehkotari ehga amooomooo hehehhehr? kihineh baa vaanee
    Mi uzaamakaa uzwaa yakaa dhe bulhaa hen koalhey varun vx meehakah hama nidhi nulibeyne
    Mi uzaatte ge amihla edhun bodu kamun sahaadheh mibunyyyy

    Adhi thugarudhiya gandu banduga vaahaka harunulain gos falhaa laifi ehnu hurihaa karaleh huhhh vrh fuuhi vey?

    Sisoo hama habeys❤️Inthizaaruga mihiry magola hama?✨

    1. Afaa says:
      November 11, 2020 at 12:42 pm

      Hehe thankyou ivv❤️✨

  2. ?Ril? says:
    November 10, 2020 at 10:59 pm

    Vrh Sali mi part vess❤️❤️
    Masha Allah❤️❤️
    Keep it up sis❤️❤️
    Waiting for the next ❤️❤️
    Love you ❤️❤️
    Stay safe❤️❤️

    1. ivaaneymee says:
      November 11, 2020 at 12:41 pm

      Ey rilooo haalukolhu kihineh tha? Koba lhiyanu

    2. Afaa says:
      November 11, 2020 at 12:43 pm

      Thankyou rilooo, lym miss you?✨❤️

    3. ?Ril? says:
      November 12, 2020 at 8:14 am

      Awwwww miss u more sis ???❤️❤️

    4. ?Ril? says:
      November 12, 2020 at 11:52 am

      Ivaan ma Hama baraabaru brw kihineh thr
      Neyge liyanu veethane
      Misss him???

  3. ? BLOSsOM QuInN ? says:
    November 11, 2020 at 6:59 pm

    heii sis…
    how’s yah..??
    Mashaa’Allah mi prt ves vrh reethi…???
    hama vrh obi…???
    waiting for the nxt prt…❤️❤️❤️
    luv you..??
    stay safe and take care..??

  4. ?Ril? says:
    November 12, 2020 at 8:15 am

    Ivaan eba ulen dhw
    Vrh vaa enmen nethy maa vess dhw
    Misss vey hurihaa kudhin mathin vess.??????????????????????????????❤️❤️❤️❤️

Comments are closed.

Next Episodeއިންތިހާ – 19←


All Right Reserved!