ވަމޭ ތިލޯބި އެދިއެދި ( ސާދަވަނަ ބައި )
1 ހަފްތާ ފަސް
ވަށައިގެންވަނީ މާމެލާމެލީގެ ތަފާތު ވައްތަރުތަކެވެ. ދުވަހަކުވެސް ލޮލުން ނުދެކޭހާ ފުރިހަމަ މާމެލާމެލިން މުޅި ބަގީޗާތެރެވަނީ ޖަރީކޮށްފައެވެ. ތަފާތު މާމެލާމެލީގެ ވަސް އެއްވުމުން މާޙައުލުގައިވަނީ ބުނެދޭން
ނޭނގޭފަދަ އިހްސާސެއް ކުރުވާ ލުއިލުއި މީރުވަހެކެވެ. ދުރުދުރަށްދާންދެން ފެތުރިފައިވާ އެ ބަގީޗާތެރޭގައި ކިޔާންގެ އުނގުގައި ބޯއަޅާލައިގެން އެއޮތީ ޔަނާލް ނޫން ދެވަނަ ދެމީހެއް ނޫނެވެ. “ދުވަހަކުވެސް އަަހަރެންގެ އަތުން ދޫނުކޮށްލައްޗޭ” ޔަނާލް ކިޔާންގެ ތުނިތުނި ތުނބުޅީގައި އަތް އުނގުޅާލަމުން ބުންޏެވެ. “އިންޝާﷲ ދުވަހަކުވެސް ތިއަަތަކުން ދުލެއް ނުކުރާނަން، އެހެން އަންހެނަކަށް މިހިތުން ޖާގައެއް ނުދެވޭނެ.” ކިޔާން ލޯތްބާއެކު ބުންޏެވެ. “މިސާލަކަށް ކިޔާންގެ ދިރިއުޅުމަށް އިތުރު އަންހެނަކު ގެނައުމަށް މަޖުބޫރުވީއްޔާ ކިހިނެއް ހަދާނީ؟” ޔަނާލް ބުންޏެވެ. “ޔަނާލްވާނީ އަަހަރެންގެ ފުރަތަމަ ލޯތްބަށް، އަދި އަނބިމީހާއަށް، އެދަރަޖަ އިތުރު އަންހެނަކަށް ނުދެވޭނެ، އަދި އެލަޤަބު އެހެން އަންހެނަކަށް ނުވެސް ލިބޭނެ، އެދުވަސް އައިނަމަވެސް، މުޅިދުނިޔެ އަހަރެންނާއި ޔަނާލްގެ ގުޅުމަށް ނުޤަބޫލުވިކަމުގައި ވިޔަސް މިދިރިއުޅުމަކުން ޔަނާލް ނެރެ އެއްލައެއް ނުލާނަން، މިއީ އަހަރެން ޔަނާލަށްވާ ވައުދެއް” ކިޔާން ބުނެލިއެވެ. ކުއްލިއަކަށް އުޑުމަތި ބަނަވިއެވެ. ވައިގަދަވެ މުޅި ބަގީޗާ ހަފުސްވެއްޖެއެވެ. ބޯވާރޭގެ ސަބަބުން މިހާރު ފެންގަނޑު ޔަނާލްގެ އުނަގަނޑަށް އަރައިފިއެވެ. ފެންގަނޑު ބޮޑުވަމުން، ބޮޑުވަމުންގޮސް އިސްކޮޅުނުކާ ވަރުވެއްޖެއެވެ. ކިޔާން ދުއްވައިގަތީ ޔަނާލް ސަލާމަތްކުރުމަށްވެ. ކިޔާންއަށް ޔަނާލްގެ އަތުގައި ހިފާލެވުނެވެ. އަދި ބާރުކޮށްލީ ނުދޫކޮށްލާނަމޭ ބުނާ ބީދައިންނެވެ. އޮއެވަރުގައި ޖެހި ޔަނާލްއާއި ކިޔާންގެ ގުޅިލާމެހިފައިވި އަތްތިލަ ނެއްޓުނެވެ. އަދި އޮބަމުން އޮބަުންގޮސް ކިޔާން ޔަނާލްގެ ލޮލުކޮޅަށް ގެއްލިއްޖެއެވެ. ޔަނާލަށް އަޑުވީއްލާ ރޮއެގަނެވުނެވެ. އިރުގަނޑެއްވީފަހުން ފެންގަނޑު ހިނދުނެވެ. ނަމަވެސް ބަގީޗާގެ މާތަށވަނީ މޯޅިވެ މަރުވެފައެވެ. ބިންގަނޑުވަީ ކަނޑަކަނޑައިގެން ގޮސްފައެވެ.
* * * * * *
ސިއްސައިގެންގޮސް ޔަނާލަށް ހޭލެވުނީ އެލާމްގެ އަޑަށެވެ. ތެދުވެ ކިޔާންއަށް ނަމާދަށްދާން ގޮވުމަށްފަހު ޔަނާލް ފެންވަރަންވަެވެ. ނަމާދުކޮށްލައިގެން ކިޔާން މިސްކިތުން އަންނަން ވާއިރަށް ކޮފީއެއް ހެދުމަށް ތިރިއަށް ފޭބިއެވެ. ކޮފީ ހަދަން ހުރިއިރުވެސް ޔަނާލްގެ ޚިޔާލުތައް ގުޅިފައިވަނީ އެ ހުވަފެނާއެވެ. އެހުވަފެން ހަގީގަތަކަށް ވެއްޖެނަމަ ވާނެގޮތް ޚިޔާލުކޮށްލަންވެސް ދައްޗެވެ. “ޕޮއް” ޢެ ޚިޔާލުތަކުން ނިކުމެވުނީ ކިޔާން އައިސް ސިއްސވާލުމުންނެވެ. ބޭއިޚްތިޔާރުގައި ޔަނާލްއަށް ރޮވުނެވެ. “ހެއި ޔާލް އަރޔޫ އޯކޭ؟” ކިޔާން ކަންބޮޑުވެފައި ބުންޏެވެ. ޔަނާލް ދެއަތަށް ބޯހޫރުވާލަމުން ރޭގައި ފެނުނު ހުވަފެން ކިޔައިދިނެވެ. “ޔާލް ހުވަފެނަކީ ބިލާހެކޭ، ޑޯންޓްވޮރީ ދެޓްމަޗް.” ކިޔާން ބުންޏެވެ. ޔަނާލް ހަމައަކަށް އެޅުނީ ދެނެވެ. ނަމަވެސް ކޮންމެވެސް ކަމެއް ނުބައިވާން އުޅޭކަމުގެ އިންޒާރު އޭނާގެ ހިތަށް ލިބެމުން ދިޔައެވެ.
* * * * *
“ލިވީ، ޔާ އައިމް ސޯ ވޮރިޑް، ކޮންމެވެސް ކަމެއް ނުބައިވާން އުޅޭކަމުގެ ކޮޅުމަތި އަހަރެންނަށް ފެނޭ، ޔެޕް، އާއްމުކޮށް އަހަރެންނަށް ފެންނަ ހުވަފެން ވަރަށް ތެދު،” ޔަނާލް ހާސްވެފައިހުރެ ލިވިޔާއާއި އެހުވަފެނުގެ ވާހަކަ ހިއްސާކުރިއެވެ. “އެއީ ބިލާހެކޭ، އެކަމާދެން ހާސްނުވެބަލަ ނާލް!” ލިވިޔާ އެކޮޅުން ބުނެލިއަޑު އިވުނެވެ. “އެނީވޭސް ކިޑެއް ހޯދަނީ ކޮންއިރަކުންތަ؟” އަނެއްކާވެސް ލިވިޔާ ބުނެލިއެވެ. “އޯހް، ތިހެން ބުނީމަ މިހަނދާންވީ، މީ ކިޔާންއާއެކީ އެރޭ ސްޕެންޑް ކުރިތާ އަދި ވީކެއްތާ އެވީދޯ، މިހާރު ހެނދުނު ހޭލާއިރު ހުންނަނީ ބޮލަށް ބަރުވެފައި، ހީވަނީ ހިލަގަނޑެއް ލައިގެން އުޅެވޭހެން، އައި ތިންކް އައިމް ޕްރެގްނެންޓް، މިއަދު އާދެވިދާނެތަ ކިޓެއް ހިފައިގެން” ޔަނާލް ނުހަނު ޝަޢުޤުވެރިވެފައި ބުނެލިއެވެ. “އޭނ؟ އަޅެ ހުވާތަ؟ އޯކޭ ދާނަން އިނގޭ، އައިމް ސޯ އެކްސައިޓެޑް” ލިވިޔާވެސް ޝައުގުވެރިކަން ފާޅުކުރިއެވެ. ދެއެކުވރިން ފޯނު ބޭއްވީ އެތަކެއް ވާހަކައެއް ދެއްކުމަށް ފަހުގައެވެ.
* * * * *
“މަރާލުމުގެ ކުރިން އެދެމެދަށް ދުރުކަމެއް ގެންނަން އެބަޖެހޭ، ކިހިނެއް ހަދާނީ؟” ތުގާ އަދިވެސް އޭނާގެ ޕްލޭންގެ ލޮނު ހެޔޮވަރު ކުރަމުން ދަނީއެވެ. އެތައް އިރަކު ވިސްނުމަށްފަހު މޮޅު ޚިޔާލެއް ތުގާގެ ސިކުނޑިއަށް އައިފަދައަކުން ކޮޅަށް ތެދުވެވުނެވެ. “ވިލީ” ތުގާ ގޮވާލިއެވެ. ވިލީޝާ ޖަވާބުދިނެވެ. “އަހަހަރެން ބުނީމެންނު ޔަނާލް އާދެޔޭ ކިޔާންއަށް ލަންޗް ހިފައިގެން ކޮންމެ ދުވަހަކު މޭބީ އައިކަެން ޔޫސް ދެޓް ޓައިމް” ދެލޯ ހަނިކޮށްލަމުން ތުގާ ބުނެލިއެވެ. “އޯހް ގަދަ!” ވިލީޝާ ބުނެލިއެވެ. ތުގާއަކީ ހަމަ ހަރުފައެކެވެ. ތުގާއާއި ދިމާވުމުގެ ކުރިން ވިލީޝާއަކީ ބަސްއަހހާ ރަނގަޅު ދީންވެރި ކުއްޖެކެވެ. ނަމަވެސް އަހިވަކާޖެހި އަހިވަށް ފާވާނޭ ބުނާބީދައިން ތުގާއާއި ޖެހި ވިލީޝާވެސް ނުބައިވީއެވެ.
* * * * *
ޓަކިޖަހާލިއަޑަށް ޔަނާލްގޮސް ދޮރުހުޅުވާލިއެވެ. “އަނހާ ލިވީ ތިއަޢީ ދޯ!” ޔަނާލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަތުގައި އޮތް ކިޓް ދިއްކޮށްލަމުން ގުޑްލަކްއޭ ބުނެލިއެވެ. ޔަނާލް ބިސްމިކިޔާފައި ފާހާނައަށް ވަނެވެ. އިރުކޮޅެއްފަހުން ޔަނާލް ފާހނައިން ނުކުތެވެ. ޢަދި ކިޓް ދައްކާލިއެވެ. “އިޓްސް އޯކޭ ނާލް، އެހހެން ފަަހަރަކުން ޓްރައި ކޮށްލާނީ” ވިލީޝާ ބުންޏެވެ. “ބަޓް، ހޮސްޕިޓަލަށް ދާން ބޭނުން، ބައެއްފހަރު ކިޓުން ނެގަޓިވް ވިޔަސް ބްލަޑް ޓެސްޓުން ޕޮސިޓިވް ވެދާންނުން، އެހެންވެގެން” ޔަނާލް ބުންޏެވެ. “އޯކޭ، ނާލް ބޭނުންގޮތެއް، ދޭ ހެދުން ބަދަލްކޮށްލައިގެން އަންނަން، އައިވިލްބީ އަޕްސްޓެއަރސް” ލިވިޔާ ބުނެލިއެވެ.
* * * * *
އޭ.ޑީ.ކޭ ހޮސްޕިޓަލުން ނުކުމެ ދެެއެކުވެރިންވެސް މިސްރާބުޖެހީ ލިވިޔާގެ ގެއާއި ދިމާލަށެވެ. “ލިވީ މެންގޭގައި މިއަދު ލަންޗް ހަދާނީ،” ޔަނާލް ބުންޏެވެ. މައްސަލައެއް ނެތްކަމުގައި ލިވިޔާ ބުނެލިއެވެ. ގެއަށް ވަދެގެންގޮސް ދެއެކުވެރިން ބަދިގޭގައި މަޑުކޮށްލިއެވެ. “ކިހާއިރަކު ރިސަލްޓް ބަލާދަނީ” ލިވިޔާ ބުންޏެވެ. “1 އޮކްލޮކްގަ، އަދި އެގާރަ އެޖެހީ 2 އަވާސް އެބޮތް އަދި، ވަރަށް ކިއުރިއަސްވެފަ މިހިރީ.”ޔަނާލް ބުންޏެވެ. “ޔަހް މީޓޫ، އެސޮރު ހާދަ އުފާވާނޭ ދޯ، މާގަސްތަކުގައި މޭވާއެޅީމަ” ލިިވިޔާ ލާނެތް ގޮތަކަށް ބުންޏެވެ. ވަގުތުން ޔަނާލްގެ ހިނިތުންވުން އޮއްސުނެވެ. “ވަޓް ހެޕެންޑް، ވަޓްސް ރޯންގް” ލިވިޔާވެސް ހާސްވިއެވެ. “ރޭގެ ހުވަފެން…” “އޯ ކާމް ޑައުން ނާލް، އިންޝާﷲ އެހެންނެއް ނުވާނެ” ލިވިޔާ ބުނެލިއެވެ. ދެން ފެށީ ދެމީހުންވެގެން ކިޔާންއަށް އެންމެ މީރު ވައިޓްސޯސް ޕާސްތާ ތައްޔާރުކުރާށެވެ.
* * * * *
ކިޔާންއާއި އޭނާގެ އެކުވެރިޔާ ނިއަމް ތިބީ އެމީހުންގެ އޮފީހުގެ ކެންޓީނުގައެވެ. “ކިޔާބަލަ ދެން ތި ބޮޑުވާހކަ،” ނިއަމް ބުންޏެވެ. “ވީގޮތަކީ އަހަރެން އިއްޔެ ނޫން ކުރިންދުވަހު ކިޔައިދިނީމެންނު ހުވަފެނެއް، ހަމަ އެހުވަފެން ޔަނާލްއަށްވެސް ފެނިއްޖެ” ކިޔާން ހާސްކަމާއެކީ ބުނެލިއެވެ. “ވަޓް، ކޮންމެވެސް ނުބައިކަމެއްގެ ފެށުން ކަންނޭނގެ، އަހަރެންގެ ކާފަވެސް ބުނާނެ ނުބައި ހުވަފެނަކީ ކޮންމެވެސް ނުބައި ކަމެއްގެ ފެށުމޭ،” ނިއަމްވެސް ހާސްވިއެވެ. “ދެން ކިހިނެއް ހަދާނީ؟” ކިޔާން ބުންޏެވެ. “އޭ، ވަރަަށް އެހެހންކަހަލަ ވާހކައެއް އެބައޮތޭ، މިއުޅެނީނުން ތުގާދޯ، އެއީ ހާދަ ފާޑެއްގެ އަންހެނެކޭ، ކިޔާންއަށްވެސް ދެނީ ހުސް ލޯބިވެތި ނަޒަރު، އަދި އެދުވަހު ޔަނާލް ލަންޗް ހިފައިގެން އައީމަ ޔަނާލްއަށް ބެލީ ނަފްރަތުން ފުރިފައިވި ގޮތަކަށް،” ނިއަމް ބުންޏެވެ. “ާނޯ، ތޫ އިސްއަ ލޯންގް ޓައިމް ފްރެންޑް،، އޭނަ ނުދެކޭނެ އެހެންނެއް އަހަންނާ ދޭތެރޭގައި، ތިވާނީ ހީވިގޮތަކަށް” ކިޔާން ބުމަކައިރިކޮށްލަމުން ބުނެލިއެވެ. ނިއަމްވެސް އެވާހަކަ އޮއްބާލަމުން ހިނިތުން ވެލިއެވެ.
* * * * *
“ކޮންގްރަޗުލޭޝަންސް ޔަނާލް، ޔަނާލް ބަނޑުބޮޑު” ޑޮކްޓަރ ފުޅާ ހިނިތުންވުމަކާއެކު ބުންޏެވެ. “ރިއަލީ، ޔެސް އައިމް ސޯ ހެޕީ” ޔަނާލްއަށް އުފަލުން ލިވިޔާގެ ގައިގައި ބައްދާލެވުނެވެ. “ދެން ފެހިކަންގަދަ ކާނާ ބޭނުންކުރުން މުހިެމު، އުސްތަންތަަނަށް އަަރާއިރު ސަމާލުވުން މުހިއްމު، މާދަމާ ގައިނީއަކަށް ދައްކާލަން މިކޮޅަށް ދުރުވާތި” ޑޮކްޓަރ ނަސޭހތްތެރިވިއެވެ. ލިވިޔާއާއި ޔަނާލް ހޮސްޕިޓަލުން ނުކުމެގެން ކިޔާންގެ އޮފީހަށް މިސްރާބު ޖެހިއެވެ. “ކިޔާން ހިތަށް އަރާނެ މިއަދު ލަންޗް ހާދަ ލަސްވެެއްޖޭ، ލޮލް، އެކަމަކު ލަންޗަށްވުރެ އެތައް ގުނައެއް ރަނގަޅު ސަޕްރައިސެއް ލިބޭނެ ކިޔާންއަށް” ލިވިޔާ ހީގަންނަމުން ބުނެލިއެވެ، ޔަނާލް ލިވިޔާގެ ވާހަކައާއި އެއްބަސްވިއެވެ. ނަމަވެސް ޔަނާލަށް ނޭނގޭކަމަކީ ޔަނާލް ކިޔާންއަށް ދޭންއުޅޭ ސަޕްްރައިޒަށްވުރެ ވަރުގަދަ ސަޕްރައިޒެއް ކިޔާންގެ ފަރާތުން ޔަނާލްއަށް ލިބޭނެކަމެވެ.
* * * * * *
“ކޮބާ ތޫ ހުރި ހާ ކަމެއް ބަރާބަރުތަ؟” ވިލީޝާ ފޯނުން އެކުވެރިޔާއާއި ގުޅައިގެންހުރެ ބުނެލިއެވެ. “އައްދޭ، އެކަމާއި ހާސްނުވޭ ، ހުރިހހާ ކަމެއްވެސް ބަރާބަރު، ލެޓްދަ ގޭމް ބިގިން” ވިހަ ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި ފޯނުކޯލު ނިންމާލަމުން ރެސްޓްރޫމްތަކާއި ދިމާލަށް މިސްރާބުޖެހިއެވެ. އެތަނަށްވަދެ ލޯގަނޑުކުރިމަތީ ހުއްޓިލަމުން ތުންފަތުގައިހުރި ލިޕްސްޓިކްގެ ކުލަ ގަދަކޮށްލިއެވެ. އަދި ސެންޓުފުޅިން ސެންޓުކޮޅެއް ޖަހާލަމުން މޭޒުމަތީހުރި ފައިލްތައް ނެގިއެވެ. މޭމަތިން އެއްގޮށް ނައްޓާލާ ‘ބޭޑް ގާލް’ އަކަށް ބަދަލުވިއެވެ. އަދި ފައިވާނުގެ ކަށިއަޑު ގޮއްވަމުން ގޮއްވަމުން ގޮސް ކިޔާންގެ ކެބިންގައި ޓަކިޖެހިއެވެ. ވަނުމުގެ އިޒްނަ ލިބުމުން އެންމެ ސިކުންތެއްވެސް ލަސްނުކޮށް އެތެރެއަށް ވަނެވެ. ޕޮޒިޝަން ސީދާ ކޮށްލަމުން ހިނގާފައި ގޮސް ކިޔާންގެ މޭޒާއި ހިސާބަށް އަރާފައި ގަސްތުގައި ވެއްޓުނެވެ. ކިޔާންއަށް ފެނުނީ ވެއްޓެމުން އައި ތުގާއެވެ. ނަމަވެސް ތެދުވުމުގެ ކުރިން ތުގާ ވެއްޓުނީ ކިޔާންގެ އުނގަށެވެ. ޖެހުނުގޮތަަކުން ތުގާއާއި ކިޔާންގެ ތުންފަތް ބައްދަލްވިއެވެ.
* * * * *
“ލިވީ މަޑުކުރޭ އަަހހަރެން މައްޗަށް ދާނަން” ޔަނާލް ބުނެލިއެވެ. ލިވިޔާ ބޯޖަހާލިއެވެ. ސިއްރު ފިޔަވަޅުތަކެއްގައި ލިފްޓުން ފައިބައިގެން ޔަނާލް ކިޔާންގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. މަޑުމަޑުން ތަޅުހުޅުވާލަމުން އެތެެއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއިއެކު ހުރިތަނަށް އޭނާ ގަނޑުވިއެވެ، ކިޔާން ދިޔައީ ސިިއްސައިގެންނެވެ. ވަގުތުން ތުގާ ކޮށްޕާލަމުން ޔަނާލާއި ދިމާލަށް މިސްރާބުޖެހިއެވެ. ޔަނާލްގެ ދެލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ އަންނަމުންނެވެ. “ކީއްވެ؟” ވައިއަޑުުން ޔަނާލަށް ބުނެވުނެވެ. “ޔަނާލް ހީކުރާކަހަލަ ކަމެއްނޫނޭ ހިނގީ. އަަހަ…… ” ކިޔާންގެ ޖުމްލަ މެދުކެނޑުނީ ޔަނާލް ހަޅޭއްލަވައިގަތުމުންނެވެ. “ސްޓޮޕް، އިނަފް އިސް އިނަފް، އިތުރު ވާހަކައެއް ބޭނުމެއްނޫން” ޔަނާލް ރޮމުން ރޮމުން ބުންޏެވެ. އަދި ފަސްއެނބުރި ބަލާލުމެއްނެތި އެތަނުން
ދިޔައެވެ. “ކިޔާން އައިމް ސޮރީ، އަހަންނާ ހެދި…” ތުގާ ގިސްލަމުން ބުންޏެވެ. “ހޭއި. އަމިއްލަ ނަފްސު ކުށްވެރިނުކުރޭ، އަހރެން ޔާލްއާއި ވާހަކަ ދައްކާނަން، އެކަމަކު އަހަރެންނަށް މިވަގުތު ރަނގަޅީ ތުގާ މިތަނުން ދިޔައްޔާ، އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ބޭނުން.” ކިޔާން އިސްތަށިގަނޑަށް އަތްމަހާލަމުން ބުނެލިއެވެ. ތުގާވެސް އެތަނުން ނުކުތީ ހިނިގަނޑުު ނުހިފެހެއްޓިދާނެތީ އެވެ. އަދި އެތަނުން ނުކުމެފައި ނަށާލާފައި ވިލީޝާއަށް ގުޅާލަމުން އެއިމާރާތުން ނުކުތެވެ. ކިޔާންއަށް ބިންމަތީގައިހހުރި ގަނޑުތަކެއް ފެނުނީ މާފަހުންނެވެ. އެ ކަަރުދާސްތައް ނަގާފައި ގޮނޑީގައި އިށީނދެ ކިޔާލިއެވެ. އެއާއެކު އެ މޫނުމައްޗަށް ހައިރާންކަމާއި އުފާވެރިކަން ވެރިވިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ދެންމެ ހިނގި ހާދިސާ ހަނދާންވެ އެ ފިރިހެންވަންތަ ހިނިތުންވުން ގެއްލުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Salaam dear readers, here is the 14th part of the story, I think there will be 4 or 3 or 5 episodes left, thankyou for your support, stay safe take care, enjoy reading
Heiiiii nerf
Long time no talk dhw heheheh
Srry ingeyy kurin part Ah cmnt Eh nukohlevuny maa but e part ves keen ingeyy
Vrh vrh sali Mi part vesss
Masha Allah keep it up igeyyy
Kuree part vess vrh sali
Stry nimuny dhw i will miss this stry
Btw waiting for the next part
Stay safe and take care
Heii ril yeah long time dhw, I understand how hard it is to comment a story, varah baivaru process thakeh hurey dhw hehe, thankyou so much ril for your support, no nunimey, oh you mean nimeny dhw, ehehe, miss you too ril, stay safe take care
Ooopps Yh aslu buna uluny nimeny dhw eyyyy
Hhehehe oluny
Yh mihaaru cmnt kuran vrh hard Ekamku vess kurevey thoo balany dhw heheh
Varah loabi mi part ves looking forward to the next part ??
Thanks midhuha next inshalallah tommorow