Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 17

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 29, 2020 5 Mins Read
6 Comments

ހެނދުނުން ސުރެ ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މެންދުރު ވީތަނުން ވިދާ ގުގުރަން ފެށިއެވެ. މުޅި ދުނިޔެ ވަނީ އަނދިރި ކަމުގެ ސާލެއްގެ ތެރޭގައެވެ. ވައި ބާރު ކަމުން މަގު މަތީގައި ހުރި ގަސްތައް ބިމުން ލޫހި ވެއްޓިދާނެހެން ހީވެއެވެ.

ކޮޓަރީ ކުޑަދޮރު ކައިރީ އިށީންދެލައިގެން މިންހާ ބޭރު ބަލަން އިނެވެ. ވާރޭ ތިކިތައް ބިއްލޫރިގަނޑުން ތިރިއަށް ފައިބައި މަންޒަރަކީ މިންހާ ވަރަށް ބަލާހިތްވާ މަންޒަރެކެވެ. މާލޭގައި އުޅުނު އިރުވެސް ވާރޭ ވެހެން ފަށައިފި ނަމަ މިންހާ ގޮސް އިންނަނީ ބެލްކަނި ކައިރީ ނޫނީ ކޮޓަރީ ކުޑަ ދޮރު ކައިރީ ހުއްޓިލައިގެން ވާރޭ ވެހޭ މަންޒަރު ބަލާށެވެ. “ކޮފީ؟” އާވި އަރަ އަރާ ހުރި ކޮފީ ތަށްޓެއް ހިފައިގެން އައިސް ޔޫސުފް މިންހާއަށް ދިއްކޮށްލިއެވެ. “ވާއު އަޅެ ހާދަ މީރުވަސް ދުވައޭ. ދޮންބެދައްތަގެ ކޮފީއެއް ނުބޯތާ ވަރަަށް ދުވަސްވެއްޖެ” ދެލޯ މަރާލަމުން މިންހާ ކޮފީތަށީގެ ވަސް ބަލައިލިއެވެ. ކޮފީގެ މީރުވަސް ދުވުމާއެކު ހަށިގަނޑަށް ތަފާތު އަރާމުކަމެއް ލިބިގެން ދިޔައެވެ. “ޔެޕް ނަވާގެ ކޮފީ އެއީ އެންމެ ބެސްޓް ތިއެއް ނޫނޭ. ދޮންބެ ކޮއްކޮއާ މި ވާހަކަ ދައްކަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. ރަނގަޅު ވަގުތެއް ނުވެގެން ނުދެއްކިފަ މި ހުންނަނީ. މިންނު ދެން އިތުރަށް ކިޔަވަން ބޭނުމެއް ނޫންތަ؟ މިހާރު އަހާން އާއި ޒާޔާ ވެސް ކިޔަވަނީ. މަންމަ އާއި ބައްޕަ ތިބި ނަމަވެސް ބުނާނެ މިންނު ގާތު ކިޔަވާށޭ” ޖެހިލުން ވެފައި ހުރެވެސް މަންމަ އާއި ބައްޕަގެ ނަން ޔޫސުފް ގަތެވެ. މަންމަ އާއި ބައްޕަގެ ވަކިވެ ދިޔުމަށް ފަހު އޮޅިގެން ނަމަވެސް ޔޫސުފް އަދި މިންހާ ވެސް އެކަކު އަނެކަކާ މަންމަމެންގެ ވާހަކައެއް ނުދައްކައެވެ. “ޔެއާ ޔޫ އާރ ރައިޓް. މަންމަ ބޭނުންވި ދޯ ދޮންބެ ކުޅެމުން ވެސް ކިޔަވަން. އެހެންވީމަ މިންނު ކިޔަވަން ވެސް މަންމަ ބޭނުންވާނެ” މަންމަގެ ވާހަކަ ދައްކަން އުނދަގޫވިއެެއް ކަމަކު މިންހާ އެކަން ޔޫސުފް އަކަށް ނުދައްކައެވެ. “އެހެންވީމަ ތިބުނީ ކޮލެޖަށް ދާނަމޭ ދޯ. އޯކޭ މާދަން ޕްރެކްޓިސުން އަންނައިރު އެޕްލިކޭޝަން ފޯމެއް ގެނަސް ދޭނަން. މިންނު ކިޔަވާ ހިތުން އިނގޭ ކޮލެޖަށް ދާނީ. ކޮންމެހެން ދޮންބެ މި ވާހަކަ ދެއްކީމަ ދޮންބެ ޑިސަޕޮއިންޓް ވެދާނެތީއެއް ނޫން ދާނީ. ކޮއްކޮ ބޭނުން ކޮންމެ ގޮތެއް ދޮންބެއަށް އޯކޭ. ނޯ ޕްރެޝާރ” މިންހާ ކިޔަވަން ދާން އެއްބަސްވީ ޔޫސުފް ދެރަ ނުކުރަންހެން އޭނާއަށް ހީވިއެވެ.”އޮފްކޯސް މިންނު ކުރިން ވެސް ޕްލޭންކޮށްގެންނޭ އިނީ ކޮލެޖަށް ދާން.”

ލިވަޕޫލްގެ ސްޓީވެން ޖެރާރޑް ޔުނިވާރސިޓީ އިން ޔޫސުފް ވަނީ ބިޒްނަސް މެނޭޖްމެންޓުން ޑިގްރީ ހާސިލްކޮށްފައެވެ. ސްޓީވެން ޖެރާރޑް ޔުނިވާރސިޓީއަކީ ލިވަޕޫލްގެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާ މެންބަރުންނަށް ޚާއްސަކޮށް މަތީ ތަޢުލީމު ޙާސިލް ކުރެވޭނެ ގޮތަށް ހަދައިފައިވާ ޔުނިވާރސިޓީއެކެވެ. ކުޅުންތެރިންގެ މެޗުތަކަށް ބުރުނާރާނެހެން ކްލާސް ގަޑިތަކާއި ޓެސްޓްތައް ހެދޭނެ ގޮތަށް ގަޑިތައް އެ ޔުނިވާރސިޓީން ވަނީ ހަމަޖައްސައިދީފައެވެ. ގިނަ އަދަދެއްގެ ލިވަޕޫލް ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާ މެންބަރުން ވެސް އަންނަނީ އެ ޔުނިވާރސިޓީން ތަޢުލީމު ހާސިލް ކުރަމުންނެވެ. ނަވާރް ވެސް އޭނާގެ ޑިގްރީ ޙާސިލް ކުރީ އެ ޔުނިވާރސިޓީންނެވެ. މިންހާއަށް ވެސް އެ ޔޫނިވާރސިޓީން ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ.

ލިވަޕޫލަށް ވެހޭހާ ބޯކޮަށް ނުވެހުނަސް ލަންޑަންއަށް ވެސް ވާރޭ ވެހެމުން ދިޔައެވެ. ވާރޭ ވެހޭތީވެ ގެއަށް ނުދެވިފައި ގިނަ ކުދިން ކޮލެޖް ތެރޭގައި މަޑުކޮށްގެން ތިއްބެވެ. ވާރެއާ ތެމޭހިތުން ކެތްމަދު ވެފައި ހުރި ނަމަވެސް ހިތާއި ދެކޮޅަށް ޒާޔާ ވެސް ޖެހުނީ ކޮލެޖް ތެރޭ ހިޔަލުގައި މަޑު ކުރާށެވެ. އޭނާ ވާރޭ ތެރެއަށް ނުކުމެ ދާނެތީ އަހާން ހުރީ ޒާޔާ އަތުގައި ހިފަހައްޓައި ބާރުކޮށްގެންނެވެ. ވާރެ ކޮޅެއް ވެހިއްޖެ ނަމަ ތެމިނުލާ ޒާޔާއަކަށް ނީންދެވޭނެއެވެ. “އަހާން އަޅެ އަހަރެން ދޫކޮށްލަބަ ދޯ. އަޅެ މިިއޮށް ފަދަ ވާރެއާ ނުތެމި އިންނަން ހިތަށް ހާދަ އެބަ އުނދަގޫވެޔޭ. އަހާން ޕްލީޒް” ކުޑަ ކުއްޖެެއް ފަދައިން ތުންކޮޅު އޫ ކޮށްލަމުން ޒާޔާ ޝަކުވާކޮށްލިއެވެ. އެ ވަރުން ވެސް އަހާން ޒާޔާ އަތުން ދޫކުރާ ޚިޔާލެއް ނުކުރިއެވެ. އަހާންގެ ބާރުގަދަ ކަމުން ޒާޔާ އަތް ނައްޓަން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ.

އަހާން ފޯނަށް މެސެޖެއް އައުމުން އެ މެސެޖު ބަލައިފައި އޭނާ އަދި ޒާޔާގެ ދަބަހާއި ފޮތްތައް މިއާ އަތަށް ދިނެވެ. ޒާޔާ އަތުގައި ހިފައިގެން އަހާން ކޮލެޖުން ބޭރަށް ނުކުންނަން ހެދުމުން ޒާޔާ ހައިރާންވިއެވެ. މިއޮށް ހުރިހާ އިރު އޭނަ ވާރެޔާ ތެމުނަ ނުދީ ހިފަހައްޓައިފައި ކުއްލިއަކަށް އޭނާ ގޮވައިގެން ކޮލެޖުން ނުކުތުމުން ޒާޔާ ހިތުގައި ސުވާލު އުފެދުނެވެ. “އަހާން ކީއްވެ އަހަރެން ގޮވައިގެން ވާރެއަށް ތި ނުކުތީ؟” ކޮލެޖު ގޭޓުން އަހާން ނުކުތުމާއެކު ޒާޔާ އަހާން ހުއްޓުވިއެވެ. ކުޑަކޮށް ތެމުނު ކަމުގައި ވިއަސް ފިނިވެގެން ޒާޔާ ތުރުތުރު އަޅައެވެ. “އަޅެ ސަލާމަތެއް ނެތެންނު. އެތެރޭގަ ހުރިއިރު ވާރެއާ ނުތެމެ ވިގެން މަގޭ ސިކުނޑި ކައިނުލީ ކިރިޔާ. މިހާރު ވާރެއާ ތެމެން އައިމަވެސް ޝަކުވާ ކުރަނީ. ސަލާމަތެއް ނެތެއްނު” އަހާން ދެފަރާތަށް ބޯ ހޫރައިލައިފައި ޕިސް ޕިސް ތަޅައިލިއެވެ. އަހާން ހިތުން މޮޅު ކަމެއް ކުރަން އުޅޭހެން ހީވެގެން ޒާޔާ އަހާންއަށް ދެލޯ އަޅައިލިއެވެ.

 

ކަންފަތަށް ހެޑްސެޓް ޖަހައިގެން ނިކަން ހަމަޖެހިފައި އެރިކް ސޯފާގައި އޮށޯވެލައިގެން އޮތެވެ. ފާއިތުވި ތިން ދުވަހުގެ ވެސް އާދައިގެ މަތިން އެ ގަޑީ އޭނާ އޮތީ މިންހާއަށް ގުޅައިގެންނެވެ. ޕްރެކްޓިހުން އައިސް ފެންވަރައިގެން ފާއިތުވި ތިން ދުވަހު ވެސް އޭނާ މިންހާއަށް ގުޅިއެވެ. އެ ގަޑިއަކީ މިއާ ވެސް ކޮލެޖުގައި އުޅޭ ވަގުތު ކަމުން އޭނާއަށް ހަމަޖެހިލައިގެން މިންހާއާ ވާހަކަ ދައްކާލެވެއެވެ.

މިންހާ އެރިކްއާ ވާހަކަ ދައްކަން އިނީ ލައިޝާ ގޮވައިގެންނެވެ. މިންހާ ކޮޓަރީގައި ކުޅޭ އެއްޗިހި ހިފައިގެން ކުޅެން އައިސް ލައިޝާ އިނެވެ. މިންހާ އޭނާއަށް ސަމާލުކަން ނުދީ ފޯނުން ވާހަކަ ދައްކަން އިނުމުން ލައިޝާ ދެތިން ފަހަރު ހަޅޭއްވެސް ލަވައިގަނެފިއެވެ. އެ ވަރުން ވެސް ފޯނު ބާއްވާ ޚިޔާލެއް މިންހާ ނުކުރެއެވެ. ލައިޝާއާ އެއްކޮށް ކުޑަކޮށް ކުޅެލައިފައި އަނެއްކާ ވެސް ފޯނަށް ސަމާލުކަން ދެއެވެ.

 

“ޒާޔާ” ވެހެމުން ދިޔަ ވާރެއާއެކު އެ އަޑު އިވުނު ނަމަވެސް ޒާޔާއަށް އެ އަޑެއް ނޯޅޭނެއެވެ. ލަސްލަހުން ޒާޔާ ފަހަތް ބަލާލިއިރު ވާރެއާ ތެމި ފޯވެގެން ރިއަން އިނެވެ. ޒާޔާ އެއްފަހަރު އަހާންއަށް ބަލައިލައިފައި އަނެއް ފަހަރު ރިއަންއަށް ބަލައިލިއެވެ. މިއޮށް ހުރިހާ އިރު އޭނާ ވާރެއާ ތެމުނަ ނުދީ އަހާން ހިފެހެއްޓި ސަބަބަކީ މިއީއެވެ.

“ކީއްވެ ބަލަހައްޓައިގެން ތި އިންނަނީ. މިއޮށް ވިއްސާރާއިގަ އަހަރެން ބުނީމަ ރިއަން އެއައީ ޔޯޔޯއާ ބައްދަލު ކުރަން” ޒާޔާ އަހާންއަށް ބަލަން އިންނަން ފެށުމުން އަހާން ބުނެލިއެވެ. “ޔޫ ކޯލްޑް ހިމް؟” “ހުމްމް. އަހަރެން ބުނިންދޯ ރިއަން އަދި ޔޯޔޯ އެކަކު އަނެކަކު ދެކެ ލޯބިވަންޏާ އެކަކަށް ވެސް ތި ދެމީހުން ދުރެއް ނުކުރެވޭނޭ” އަހާން ރިއަންއަށް ގުޅައިފާނެ ކަމަކަށް ޒާޔާ ހިއެެއް ނުކުރެއެވެ. އޭނާއަށްޓަކައި އެ ވަރު ބޮޑު ކަމެއް އަހާން ކޮށްދިނުމުން ޝުކުރު އަދާކުރާނެ ގޮތެއް ވެސް ޒާޔާއަކަށް ނޭންގުނެވެ. “ތެންކްޔޫ ތެންކް ޔޫ ތެންކް ޔޫ ސޯ މަޗް” އަހާން ނުވިސްނާ ހުއްޓައި ޒާޔާ އޭނާ ކޮނޑުގައި ދެއަތް ވަށައި ބައްދައިލިއެވެ. “ރިއަން އައިސް މަގޭ މޫނު މަތީ ނުޖަހަނީސް ދެން ވެސް ދޭބަލަ ދޯ” ޒާޔާ އޭނާ ގައިން ދޫނުކުރުމުން ސަމާސާ ރާގެއްގައި އަހާން ބުނެލިއެވެ. “ލަވް ޔޫ އަހާން” އަހާން ގައިން ދޫކޮށްފައި ޒާޔާ ވައި އަޑުން ބުނެލިއެވެ.

ޒާޔާ ދުވެލަައިފައި ގޮސް ރިއަން ގައިގައި ބައްދައިލުމުން ޒާޔާ މެދު ހަށީގައި ހިފައި ރިއަން އޭނާ އުފުލާލިއެވެ. ޒާޔާ އޭނާގެ ދެއަތުން ރިއަންގެ މޫނުގައި ހިފަހައްޓައި އޭނާގެ ނިއްކުރި ގެންގޮސް ރިއަން ނިއްކުރީގަައި ޖައްސައިލިއެވެ. ޒާޔާ އަދި ރިއަންގެ ލޮލުގައި ވެސް އުފާވެރި ކަމުގެ ކަރުނަ ވިދަމުން ދިޔައެވެ.

“ލަވް ޔޫ ޓޫ ޔޯޔޯ މޯރ ދޭން ޔޫ އީވަން ނޯ” ޒާޔާ ގޮސް ރިއަން އަތުތެރެއަށް ވަނުމާއެކުހެން ވައި އަޑުން އަހާންއަށް ބުނެވުނެވެ. ހިތާ ދިމާއިން މޭ މަތީ އަތް އަޅައިލެވުނީ މެއަށް ކުރަމުން ދިޔަ ބާރަށް ކެއްނުކުރެވިގެންނެވެ. ތޫނު ހަންޖަރަކުން އޭނާ ހިތުގައި އެތައް ފަހަރަކު ކޫރުން އަޅާ ކަމުގެ އިޙްސާސް އަހާންއަށް ކުރެވެމުން ދިޔައެވެ. ވާރެއާ އެކުވެގެން އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

 

 

ފޯނުން ގޭމް ކުޅެން އިން އެރިކްއަށް ލިބުނު މެސެޖުން އެރިކްއަށް ފުންމައިގެން ތެދުވެނުނެވެ. އެ މެސެޖުގައޮ އޮތް އެއްޗެއް ޤަބޫލު ނުކުރެވިގެން ދެތިން ފަހަރު ކިޔައިލެވުނެވެ. ބުނާނެ އެއްޗެއް ނޭންގި މުޅި މީހާ ގަނޑު ވެގެން ދިޔައެވެ. އެއީ ހަމަ ހަޤީގަތެއްތޯ ހިތާހިތުން އޭނާއަށް ސުވާލު ކުރެވުނެވެ.

ކޮންމެ ދުވަހެއްގެ ވެސް ހަވީރު އިޝަލް ހޭދަކުރަނީ އޭނާގެ އެކުވެރިންނާ އެއްކޮށެވެ. އެކުވެރިންނާ އެއްކޮށް ގިނަ ވަގުތު ހޭދަކުރަމުން ދިޔަ ވަރަކަށް އެ އެކުވެރިންގެ މިޒާޖު ދަސްވެ ގުޅުން ބަދަހިވަމުން ދިޔައެވެ. ޓީމުގެ އެހެން ކުޅުންތެރިންނާ އޮންނަ ގުޅުން ރަނގަޅު ވުމަކީ މެޗު ކުޅޭއިރު އެކުގައި މަސައްކަތް ކުރަން ފަސޭހަވާނެ ކަމެކެވެ. އޭގެ އިތުރަށް އެކުވެރިންނާ އެއްކޮށް ގިނަ ވަގުތު ހޭދަކުރަމުން ދިޔަ ވަރަކަށް އިޝަލްއަށް ޖަރުމަނު ބަސް ވެސް ފަސޭހައިން ދަސްވަމުން ދިޔައެވެ. ކުދި ކުދި ލަފްޒު ބޭނުން ކޮށްގެން ޖަރުމަނު ބަހުން ވާހަކަ ދެއްކުމަކީ މިހާރު އިޝަލްއަށް އުނދަގޫ ކަމެއް ނޫނެވެ. އޭނަގެ އެކުވެރިންނާ އެއްކޮށް ކާން ވެގެން ރެސްޓޯރަންޓަކަށް ގޮސް ހުއްޓައި އިޝަލްއަށް އައި މެސެޖުން އޭނާއަށް ބާރު ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އެ ވަގުތު އެތާ އެތެރޭ ތިބި އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ބައެއް މީހުންނަށް އެ މޭޒު ދޮށު ތިބީ ޑޯރޓްމަންޑަށް ކުޅޭ ބައެއް ކުޅުންތެރިންކަން އެނގުމުން އެ މީހުންނާ އެއްކޮށް ސެލްފީ ނަގަން އަައެވެ. އިޝަލް އަކީ ޑޯރޓްމަންޑަށް އާ ކުޅުންތެރިއަކަށް ވުމުން އެމީހުންނަށް މާ ބޮޑަށް އިޝަލް ވަކި ކުރާކަށް ނޭންގެއެވެ.

“ބްރޯ ކިހިނެއް ތި ހެދީ؟ އަނެއްކާ ގާލް ފްރެންޑް މާ ބޮޑު މެސެޖެއް ކުރީތަ؟” ސަޕޯޓަރުންނާއެކު ސެލްފީ އަދި އެމީހުންނަށް އޮޓޮގްރާފް ދީ ނިމުމާއެކު އެއް ކުޅުންތެރިޔަކު އަހައިލިއެވެ. ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެގެން އިޝަލް އިނުމުން އޭނާއަށް ލިބުނީ އުފާވެރި ޚަބަރެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އިޝަލް އޭނާ ފޯނަށް އައި މެސެޖު އެކުވެރިންނަށް ދައްކައިލުމުން ހުރިހާ އެކުވެރިން ވެސް އޭނާއަށް މަރުހަބާ ކިޔެވެ.

އަލައިކާ މަންމާއޭ ކިޔައި ގޮވިލެއް ބާރު ކަމުން އިޝްމާ ބިރުން ދުވެފައި ގޮސް ކިހިނެއްވީތޯ އެހިއެވެ. އިޝްމާ ފަހަތުން އައި އަކްމަލް ވެސް ހުރީ ދެލޯ ބޮޑުވެފައެވެ. ޒާޔާ އާއި އަހާން ވެސް ދުވަމުން ކަހަލަ ގޮތަކަށް އައިސް ވެގެން އުޅެނީ ކިހިނެއްތޯ އެއްސެވެ. އަލައިކާ ފޯނު ނަގައި އޭގައި އޮތް އެއްޗެއް ދައްކާލުމުން އެންމެންގެ މޫނު މައްޗަށް އުފާވެރިކަން ވެރިވިއެވެ. އެންމެ ބޮޑަށް އުފާވީ އިޝްމާ އާއި އަކްމަލެވެ. އިޝްމާ އުފަލުން ގޮސް އަކްމަލް ގައިގައި ބައްދައިލިއެވެ. އޭނާގެ ދެލޮލުން އުފާވެރި ކަމުގެ ކަރުނަ ނީރައިލިއެވެ.

“މިންނު އިޒް ދިސް ޓްރޫ؟” ޔޫސުފް ދުވަމުން ކަހަލަ ގޮތަކަށް އައިސް ފޯނު މިންހާއަށް ދައްކައިލިއެވެ. މިންހާ އޭނާގެ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީނލައިގެން އިނދެ ބޯ ޖަހައިލިއެވެ. “ގޯޑް އައި ސޯ ހެޕީ. އައި ކާންޓް ވެއިޓް ފޯރ ދިސް ޓު ހެޕަން” އެއީ ތެދެއްކަން ޔަޤީން ވުމާއެކު ޔޫސުފް ގޮސް މިންހާ އަދި ނަވާރް ގައިގައި ބައްދައިގަތެވެ.

 

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވަމޭ ތިލޯބި އެދިއެދި ( ތޭރަވަނަ ބައި )

Next

މަގޭ ވާހަކަ ( ބައްޕަ 1)

Next
October 29, 2020

މަގޭ ވާހަކަ ( ބައްޕަ 1)

Previews
October 29, 2020

ވަމޭ ތިލޯބި އެދިއެދި ( ތޭރަވަނަ ބައި )

6 Comments!

  1. Kiyara says:
    October 29, 2020 at 5:32 am

    Salam guys. Here is the 17th episode of Manzil. Hope u all enjoy reading this part. Sooo what do u guys think is the news which left Eric shocked and Ishal and his whole family sooo happy? Comment ur thoughts. Stay safe and Take care everyone.
    Much love from kiyara ♥️

  2. Naa says:
    October 29, 2020 at 6:56 am

    Alhey dhen haadha curiouse kohlaafaey thi ninmaaly mi episod????e. Alhey kiya sis I’ve truely been a fan of your stories. Alhey sis aslu Naa kudakoh vaanuvaaga mihunnany . Ishmaa aa Akmal ge dhari aky Ishal. Dhen alaika aky ahaan ge mamma. Dhen minha ge mom maany aa bappa aarash maruvefa. Dhen yoyo ge parents aa ahaan dad kobaa. I’m curiously waiting for the another episode of MANZIL?????
    Stay safe kiya sis

    1. Kiyara says:
      October 29, 2020 at 5:49 pm

      Thanks dear♥️ ahah ehen ves vedhaane
      Maany and aarash ge kids aky yoosuf and minhaa.
      Maaiz and navyaage kids aky Yaaz and Zaaya
      Isra and Ahusam ge kids aky Aira and Ahaan
      Ishma and Akmal ge kids aky Alaik and Ishal. Raastha 1&2 kiyaalyma understand vaan faseyha vaane mi characters thah. More characters from season 1 &2 will be coming for the future episodes

  3. ?Ril? says:
    October 29, 2020 at 9:07 am

    Heiiiii sis❤️❤️
    Mi part vess vrh sali❤️❤️❤️
    Masha Allah keep it up sis ❤️❤️❤️
    Aley ahaan I am feeling very sad for him????❤️❤️
    Maany aa aarash mathin vrh miss vi ❤️❤️???
    Aleyyyy Sis kihineh evey minhaa kee kureetha anehkaa❤️❤️❤️
    Haadha curious Eyyy ❤️❤️❤️
    Sis avaha up kohlaadheychey ingeyy❤️❤️❤️
    Love uuuu❤️❤️❤️ Stay safe ❤️❤️❤️

    1. ?Ril? says:
      October 29, 2020 at 9:08 am

      And I am the first dhw

    2. Kiyara says:
      October 29, 2020 at 5:52 pm

      Thanks dear♥️ Nooney mifaharu second dhw. ISA balaanan avahah up kohdheveytho.

Comments are closed.

Next Episodeމަންޒިލް 18←


All Right Reserved!