Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..31

euphoria Level 210 Stories100 Login
October 27, 2020 5 Mins Read
10 Comments

ކަޅުކުލައިގެ ޝޯލްއަކުން އިސްތށިގަނޑު ފޮރުވާލާފައި ވާއިރު އެ އަންހެން ކުއްޖާގެ މޫނު ޝޯލްގެ ތެރެއިން ފެންނަނީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. މޫނުމަތީގައި ފައުންޑޭޝަން ހާކާފާ ނެތް ނަމަވެސް އެ ވަށް ދޮން މޫނު ކޮޅު ފެންނަނީ ނުހަނު ހިތްގައިކޮށެވެ. ބޮޑު ބޮޑު މައުސޫމް ދެލޮލުގެ ތެރޭގައިވާ ކަޅުކުލައިގެ ރީތި ކަޅިރަވަ ހިމާޔަތް ކޮށްދެމުން ދިޔަ ބޯ ދިގު އެސްފިޔަ ތަކުގައި މަސްކަރަ އަޅާފައި ވާއިރު އެ ދެލޮލުގެ ހުދުކަން އިތުރުކޮށްދޭފަދައެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާފައިވުމުން ހިތްގައިކަމަށް ދައްކައެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓް ބުރުވާލުމަށް ފަހު އޭނާގެ ކްރީމް ކުލައިގެ ވަށްކޮށް އިން ކުޑަ ހޭންޑްބޭގް ހުރަސްވާހެން އަޅުވާލިއެވެ. އަދި އެއަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތް ނަމަވެސް ކަމެއް ހަނދާން ވ ފަދައަކުން ގޮސް އަލަމާރި ކައިރި ހުއްޓި އޭގެ ތެރެއިން ކުޑަ ފޮއްޓެއް ނެގިއެވެ. އެ ހުޅުވާލުމާއެކު ފެނިގެން ދިޔަ އަލިމަސްޖެހި ރިހި ކުލައިގެ އަނގޮއްޓި ނަގާ އޭނާގެ ވައަތުގެ ކަށިއިނގިލީގައި އެޅިއެވެ. އެއާއެކު ހީވީ އެ އަންހެން ކުއްޖާގެ ދޮން އަތް ތިލަ އަށް ވެސް އިތުރު ދިރުމެއް ލިބި ފަޅުފިލުވާ ލެވުނު ހެންނެވެ. އެ ކުޑަކުޑަ ތުން ފަތަށް ލޯބި ހިނިތުންވުމެއް ވެރިވިއިރު އެ އަންހެންވަންތަ އަޑުން އިވިލީ އެންމެ ތިން ލަފްޒެވެ.

” އައިމް ކަމިން ޔާޝް ”

****************

ހީލަމުން ނާޔާ އިޔާޝް އޭނާ އަށް ދިން އަނގޮއްޓިއަށް ނަޒަރު ހުއްޓާލައިގެން ހުރެ އެހެން ބުނެލުމަށްފަހު ކޮޓަރިން ނުކުމެ ދޮންތަ ކައިރި ދަނީ އޭ ބުނުމަށްފަހު ގެއިން ނުކުމެގެން ދިޔައީ ނަޝާގެ ތިން މަހުގެ ދަރިފުޅު ނީމްގެ ކޮލަށް ބޮސްދިނުމަށްފަހު އެ ކުއްޖާ ކައިރި އިން އަށް އަހަރުގެ ނީޝްގެ ބޮލުގައި ވެސް ފިރުމާލާފައެވެ.

ގޭގެ މައި ގޭޓުން ނުކުމެ ޓެކްސީއެއްގައި ނާޔާ އޭނާގެ މިސްރާބު ހިތް އެދެމުން ދިޔަ ދިމާލަށް އަމާޒުކޮށްލިއެވެ. އިޔާޝް ދެކިލުމަށް އެ ހިތް ހުއްޓުމެއް ނެތި ތެޅިފޮޅެމުން ދިޔައިރު އޭނާ ފެނުމުން އިޔާޝް އަށް ވާނެ ގޮތް އަންދާޒާކޮށްލެވުނަސް ނާޔާގެ ހިތް އުފާވެރިކަމުން ފުރިގެން ދެއެވެ. ފަސްއަހަރު ފަހުން އިޔާޝް ޑޮކްޓަރެއްގެ އިތުރުން ހޮސްޕިޓަލްގެ ސީ.އީ.އޯ ގެ ގޮތުގައި މުޖްތަމަޢުގެ ތެރޭ އުދުހިލި އިރު އެކަން ވެގެން ދިޔައީ އިޔާޝްއަށް ޓަކައި ނާޔާގެ ހިތް ފަޙުރުން ފުރިގެން އައި ކަމަކަށެވެ. އޭގެ ދެއަހަރު ފަހުން ނާޔާ ވެސް އޭނާގެ ކިޔެވުން ނިންމާލުމަށްފަހު ރޭގެ ވަގުތެއްގައި މާލެ އައިސްފައި ވަނީ އޭނާގެ އެންމެ ބޮޑު ހުވަފެން ހަޤީޤަތަކަށް ހެދުމަށްފަހު އޭގައި ހަޤީޤީ ކުލަޖައްސާފައެވެ. އެކޮޅުން އައުމުގެ ކުރިން ވަޒީފާގެ ހުރިހާ ކަމެއް ‘ ޑްރީމް ކެއާ ހޮސްޕިޓަލް އިން ‘ ނާޔާ ވަނީ ހަމައްޖައްސާފައިކަމުން ހަފްތާއެއް ފަހުން ވަޒީފާއަށް ނުކުތުމުގެ ހުއްދަ ވަނީ ލިބިފައެވެ. އެހެންކަމުން ހަމަޖެހިލައިގެން ހުރެ ހެނދުނުގެ އެ ވަގުތު އިޔާޝް އަށް ސަޕްރައިޒް އެއް ދިނުމަށްޓަކައި ހޮސްޕިޓަލަށް ދާން ނާޔާ ނިންމީ އިޔާޝްގެ ޑިއުޓީ އޮތީ ހެނދުނުކަން ޔަޤީންކޮށްފައެވެ. އެކުވެރިންނަށް ވުރެ ވެސް މިފަހަރު ނާޔާ އަށް މުހިންމު ވީ އެ ހިތް އެދެމުން ދިޔަގޮތެވެ. އެކަމުން ވެސް އެ ހިތުގައި އިޔާޝްއަށް ޓަކައި ފޮރުވިފައި އޮތް ލޯބި ހާމަވެއެވެ.

***************

” ހަފްތާއެއް ފަހުން އަދި މިކޮޅަށް ދުރުވެލަން ޖެހޭނެ..” ރީތި ހިނިތުންވުމަކާއެކު އިޔާޝް އޭނާގެ ފިރިހެންވަންތަ ބަރު އަޑުން އެހެން ބުނެލީ ކުރިމަތީގައި އިން ދެމަފިރިން ކުރެ ފިރިހެން މީހާއަށެވެ. އެއާއެކު ރީތި ހިނިތުންވުމެއް އިޔާޝް އަށް ރައްދު ކުރަމުން ބޯ ޖަހާލުމަށްފަހު އެތަނުން ނުކުތުމަށް އެ ދެމީހުން ދިޔައެވެ. އިޔާޝްގެ ހިތްހެޔޮ ކަމާއި އަޅާލަުމުން އެ ދެމަފިރިންގެ މޫނުމަތީގައި ވެސް ވަނީ ހިތްހަމަ ޖެހުމުގެ ހިނިތުންވުމެއް ކުރަހާލެވިފައެވެ.

ބަލަން ހަމަޖެހިފައިވި ޕޭޝަންޓުން ނިމުމާއެކު އިޔާޝް ތެދުވެ ހިންދެމިލިއެވެ. ލައިގެން ހުރި ޑޮކްޓާރ ކޯޓު ދެފަރާތަށް ކުޑަކޮށް ޖައްސާލަމުން ފަޓުލޫނުގެ ޖީބަށް އަތް ޖަހާލިއިރު ފިރހެންވަންތަ ކަމުގެ އިންތިހާއެވެ. އޭނާގެ އިސްކޮޅާ އެއްވަރަށް ހުރި ދިގު ބިއްލޫރި ދޮރުގެ ކުރިމަތީ ހުއްޓިލި އިޔާޝްގެ ނަޒަރު ދަތުރުކުރީ ހާމައަށް ފެންނަން އޮތް ފުންމިން ނޭނގޭ ކަނޑާ ދިމާލަށެވެ. އެވަގުތުކޮޅަށް ވެސް އެ ހިތާ ސިކުނޑީގައި ކުރަހާލެވުނީ ނާޔާގެ ހިތްގައިމު ލޮބުވެތި ސޫރައެވެ. އާދަޔާޙިލާފަށް އިޔާޝްގެ ހިތުގެ ހިނގުން މިއަދު އަވަސް ވެފައި ވާއިރު ކޮންމެސް ކަމެއް ވާން އުޅޭ ކަމުގެ ފެހި ސިގްނަލް ދޭ ފަދައެވެ.

******************

ތުއްތު ތުއްތު ކުއްޖެއްގެ ލޮބުވެތި ހީލުމުގެ އަޑުން ހިމޭން ވެފައިވި ގޭތެރޭގެ ހިމޭންކަން ނެތިގެން ދިޔައެވެ. މާހައުލުގެ އުފާވެރިކަން އެ އަޑުން އެކަނި ވެސް އިތުރުކުރުވިއެވެ. ތަނަވަސް ބޮޑު ސިޓިންރޫމް އެއްގައި ބެހެއްޓިފައި ހުރި ފެންވަރު ރަނގަޅު ސޯފާގައި ހަމަޖެހިލައިގެން އިން މަހުދީ ގެ މޫނުމަތީގައި ވެސް ހިނިތުންވުމެއް ދުވެލީ ކާފަ ދަރިފުޅުގެ ލޮބުވެތި ހީލުމުގެ އަޑުންނެވެ. އޭނާގެ ކައިރީގައި އަންހެނުން މާހީން އިން އިރު ކުރިމަތީގައި ޓައިލްސްތައް މަތީގައި އަޅާފައި އޮތް މެޓު މަތީ އެއް އަހަރުގެ ކުޑަކުޑަ ފިރިހެން ކުއްޖެއް އިނެވެ. މާހީން އާއި މަހުދީގެ މޫނުމަތި ވެސް އުޖާލާވެފައި ވީއިރު އެ ކުޑަކުޑަ ކުއްޖާގެ މައުސޫމް ހަރަކާތްތަކުން އެ ދެމަފިރިންގެ ހިތް ހީވަނީ ލޯބިން ބަންޑުން ވެދާނެ ހެންނެވެ. އެވަގުތު ވީ  ބެލްކަނީގައި ދުރުދުރަށް ދާންދެން ވާ މެލޭޝިޔާގެ ތަނަވަސް މަގުތަކަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު މީޝާ ވެސް އެތެރެއަށް ވައިން ވަގުތަށެވެ.

އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު މާޔޫސްވެ ދިރުން ނެތިފައިވާ މީޝާގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައީ މަންމަ އާއި ބައްޕަ އާއި އެކު ސަކަރާތް ޖަހާ ހެމުން ދިޔަ ކުޑަ ކުޑަ އަޒާން ފެނިފައެވެ. އޭނާގެ ތުއްތު އަޑުން ހެމުން ދިޔައިރު މުޅި ގޭތެރެ ވަނީ އެއް އަޑު ވެފައެވެ. އެ ތުއްތު ހީލުމުން އެކަނި ވެސް ހަނދާންކުރަން ބެނުންނުވާ އެތައް ކަމެއް މިޝާގެ ހިތް އޭނާއަށް ހަނދާންކޮށްދިންއިރު ، ލޮލު ކުރިމައްޗަށް ސިފަވި ސޫރައާއި އެކު އެ ހިތް ރޯލީ އިންތިހާއަށެވެ. ހަނދާން ކުރަން ބޭނުން ނުވި ނަމަވެސް އެ ހިތްދަތި ދުވަސް މީޝާގެ ހަނދާނާ ކުޅެލީ އެ ބިއްލޫރި ކޮޅެއް ފަދަ ދެލޮލުން ލޭކަރުނަ އޮހޮރުވާ ހާލުގައެވެ. މީގެ ދެ އަހަރު ކުރިން އޭނާގެ އުފާވެރި ދިރިއުޅުން ހަލާކު ވެގެން ދިޔަ ގޮތް އެ ހިތަށް ސިފަވުމާއެކު މިޝާގެ ލޮލަށް ކަރުނަތައް ބޮނޑިވެ ގަތީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. އެ ކުޑަ ކުޑަ އަޒާން ނެތްނަމަ ހިތާމައިން އެ ހިތް ހަލާކުވާނެތާ މިހާރު އެއްތައް ދުވަހެކެވެ. އޭނާގެ ދިރިހުރުމުގެ ހަމަ އެކަނި މަޤްސަދަކީ އެ ތުއްތު ފުރާނައެވެ. އެއީ މިއަދު މީޝާގެ ހިތާ މުޅި ޖިސްމުގެ ހަމޖެހުން ކަމުގައި ވަނީ ވެފައެވެ. ކުޑަ ކުޑަ އަޒާން އަކީ މީޝާގެ ދެލޮލުގެ ފިނިކަމެވެ. ހިތްހަމަ ޖެހުމެވެ. ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ މައިގަނޑު މަޤްސަދެވެ. އަންދިރިވެ ބަނަވެފައިވާ މީޝާގެ ހަޔާތް އަލިކޮށްދިން ހުޅުކޮޅެވެ.

*************

ހިނިތުންވެ ދެލޯ މަރާލައިގެން ނާޔާގެ ޙިޔާލުގައި ހުރި އިޔާޝްގެ މަޑުމައިތިރި ހިތްގައިމު ވަގުތުކޮޅަށް ހުރަސް އެ ޅިގެން ދިޔައީ ފަހަތުން އިވުނު އަންހެންވަންތަ ތުއި އަޑުންނެވެ. އެ އަޑު އޭނާގެ ކަންފަތުގައި ހަމަޖެހިލުމާއެކު އިޔާޝްގެ މޫނުމަތީގައި ފޫހިކަމުގެ މަންޒަރުތައް އަޅާލެވުނެވެ. ދެބުމަ ގޮށްޖެހިގެން ދިޔައިރު ދެންމެ އަކާ ޖެހެންދެން އެ މުނުމަތީގައިވި ހިނިތުންވުން ވެސް ފުހެވިގެން ދިޔައެވެ. އިޔާޝްގެ މޫނުމަތީގެ އަސަރުތަކުން އެކަނި ވެސް އެފަރާތަކަށް އޭނާ ކުރާ ނަފްރަތު ދިޔައީ ހާމަވަމުންނެވެ.

” ލުކް އާރާ އަހަންނަށް ވަރަށް އުނދަގުވޭ އާރާ އުޅޭ ގޮތުން.. މިތަނުން ނުކުތިއްޔާ ވަރަށް ރަނގަޅު..” މަޑުމައިތިރި ކަމާއެކު އިޔާޝް އެހެން ބުނެލި ނަމަވެސް އެ އަޑުގައިވި ރުޅިވެރިކަން އާރާ އަކަށް ސިއްރެއް ނުވިއެވެ. ފުރާވަރަށް އެރިއްސުރެ އިޔާޝް އަށް ޓަކއި އާރާގެ ހިތުގައި އިހްސާސްތަކެއް ވީ ނަމަވެސް އެކަން ހާމަ ނުކޮަށް ހުއްޓާ އާއިލާ އާއި އެކު ބޭރަށް ކިޔަަވަން ދާން ޖެހުނީ އުމުރުން 15 އަހަރުގައެވެ. އެދުވަހުން ފެށިގެން ހިތުގައިވި އިހްސާސްތައް އާރާ ފޮރުވާލީ އަދި އިޔާޝް އާއި ބައްދަލުވާނެ ކަމުގެ ފޮނި އުންމީދުގައެވެ. ނަސީބު ކަން ދިމާކުރި ގޮތުން ޑަކްޓަރުކަން ކިޔަވަން ރަޝިޔާއަށް ދިޔަ ދަތުރުގައި އިޔާޝް އާއި ބައްދަލުވެގެން ދިޔައީ އާރާގެ ހިތުގެ އިހުސާސްތައް ހާމަކުރުމަށް ފުރުސަތެއް ދެމުންނެވެ. އޭނާގެ ހިތުގެ ހާލު އިޔާޝް އަށް އިއްވާލި ނަމަވެސް އިޔާޝް ގެ ފަރާތުން ލިބުނީ ހީކުރި ފަދަ ޖަވާބެއް ނޫނެވެ. އިޔާޝް އޭނާގެ ހިތް ރޮށްވާލިއިރު އެކަން ވެގެން ދިޔައީ އާރާ އަށް ވަރަށް ބޮޑު ހިތާމައެއް ލިބުނުކަމަކަށެވެ. އަދި ހާއްސަކޮށް އިޔާޝްގެ ހަޔާތުގައި ކުއްޖަކު ހުރިކަން އެނގި އާރާ އަށް އެކަން ހަޖަމް ކުރަން އުނދަގުވިއެވެ. އެ ކުއްޖަކަށްޓަކައި އާރާގެ ހިތުގައި އިންތިހާ އަށް ރުޅިވެރިކަން އުފެދުނެވެ. ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އިޔާޝް ހާސިލް ކުރުމަށް އާރާ ހުރީ އަޒުމު ކަނޑައަލައިގެންނެވެ. އޭނާ ނޫން މީހަކަށް އިޔާޝް ލިބުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ.

އިޔާޝް އެހެން ބުނުމާއެކު އާރާ އިޔާޝް އާއި ގާތަށް އެއް ފިޔަވަޅު އަޅާލިއެވެ. ނަމަވެސް އަރައިގެން ހުރި ހީލް ފުރުޅާލުމުން އާރާ ވެއްޓެއް ދިޔުމާއެކު ހިފުނީ ކުރިމަތީގައި ހުރި އިޔާޝްގެ ކަރުގައި އޮތް ޓައީ ގައެވެ. އާރާ އަާއި ދުރަށް މޫނު އަނބުރާލައިގެން ހުރި އިޔާޝް ވެސް އެވަގުތު ވެއްޓެއް ދިޔަ އާރާ އާއި ދިމާލަށް އައީ މާ ބޮޑު ސަމާލުކަމެއް އެކަމަށް ދެވިފައި ނެތުމުންނެވެ. ނަމަވެސް ވެއްޓުމުގެ ކުރިން އޭނާގެ ބާރުގަދަ ދެއަތުން އިޔާޝް އާރާގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލާ ގާތަށް ދަމާލީ ކޮންމެހެން ބޭނުން ވެގެން ނޫން ނަމަވެސް ވެއްޓިއްޖެނަމަ އާރާ އަށް ވާނެ ތަދު އިހްސާސް ކުރެވުމުންނެވެ.

************

ހޮސްޕިޓަލް ތެރެއަށް ވަދެގެން އައި ނާޔާ އެކި ދިމަ ދިމާލަށް އޭނާގެ ނަޒަރު އަމާޒުކުރަމުން ދިޔައީ ތަނުގެ ފުރިހަމަ ކަމުން އާޝޯޙުވެ ހުރެއެވެ. ދުވަސްކޮޅަކުން އޭނާ ވެސް މަސައްކަތް ކުރާނީ މިތަނުގައޭ ހިތައް އެރުމުން ފިރިހެނުންގެ ހިތްތައް ކަތިލާނެ ފަދަ ރީތި ހިނިތުންވުމަކުން ނާޔާގެ ވަށް މޫނު ކޮޅު ފަޅުފިލުވާލާ އުޖާާލާކޮށްލެވުނެވެ. ރިސެޕްޝަން ކައިރި އަށް ޖެހިލަމުން އިޔާޝްގެ ކެބިން ކޮބައިތޯ ނާޔާ މަޑު މަޑުން އަހާލުމާއެކު އެތަނުގައި ހުރި އަންހެން ކުއްޖާގެ މޫނުމައްޗަށް ހައިރާންކަން ވެރިވި ނަމަވެސް ހިނިތުންވެލަމުން ‘ ފޮލޯ މީ ‘ އޭ ބުނެލިއެވެ. ހިނިތުންވެލަމުން ނާޔާ ވެސް އެ ކުއްޖާގެ ފަހަތުން ދިޔައިރު އެކި ދިމަ ދިމާލަށް ނާޔާގެ ނަޒަރު ހުއްޓެއެވެ. ހީވާގޮތުން އެ ތަނުގެ ކޮންމެ ދިމާލެއް އެ ހިތުގައި ރައްކާ ކުރަނީ އެވެ.

” މިއީ ސާރ ގެ ކެބިން… ވަންނަވާ.. މިވަގުތު ނެތް އެއްވެސް ޕޭޝަންޓް އެއް ބެލުމަށް ހަމަޖެހިފައެއް..” ރީތި ހިނިތުންވުމަކާ އެކު އެ ކުއްޖާ އެހެން ބުނެލުމަށްފަހު އެތަނުން ދިޔައީ ނާޔާ އިޔާޝް އަށް މުޙާތަބު ކުރި ގޮތުން އެކަނި ވެސް އެ ދެމެދުގައިވި ޙާއްސަ ގުޅުން ދެނެގަނެވުމުން ހެން ހީވިއެވެ. އެ ކުއްޖާ ދިއުމުން ނާޔާ ކުޑަކޮށް ހަމަ ޖެހިލުމަށްފަހު ފުންކޮށް ދެތިން ނޭވާ އެއް ލިއެވެ. އެއަށްފަހު ޓަކި ޖެހުމެއްނެތި ކެބިންގެ ދޮރު ހުޅުވާލީ އިޔާޝް ދެކިލުމަށް އެ ހިތް ކެތްމަދުވެފައި ވާ ހާލު އިޔާޝް އަށް ސަޕްރައިޒް އެއް ދިނުމުގެ ގޮތުންނެވެ. ނަމަވެސް ދޮރު ހުޅުވާލުމާއެކު އެތެރެއިން ފެނިގެން ދިޔަ މަންޒަރުން ނާޔާ ހުއްޓުން އަރައިގެން ދިޔައިރު މެޔަށް ތޫނު ތަދެއް އެރި ކަހަލަ އިހްސާސް އެއް ކުރެވުނެވެ. އެހާ ވަރުން އިޔާޝް ދެކިލުމަށް ނާޔާ އައީ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. ލޮލަށް ބޮނޑިވި ކަރުނަތަކުން ކުރިމަތިން ފެނުނު މަންޒަރު ނާޔާ އަށް ފުސްވެގެން ދިޔައިރު ދޮރުގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

euphoria

Level 210 Stories100 Login

Other Articles

Previous

އެ ދުވަސް

Next

ހިތި ނިމުން 10

Next
October 27, 2020

ހިތި ނިމުން 10

Previews
October 27, 2020

އެ ދުވަސް

10 Comments!

  1. Anonymous says:
    October 27, 2020 at 6:38 pm

    Wow mi part vess vrh sali ❤️❤️❤️❤️❤️❤️❤️???❤️❤️❤️
    Masha Allah keep it up sisooo❤️❤️❤️❤️❤️❤️❤️❤️
    Aley Ril vrh wait kurin Mi stry Ah Fainally up vefaa in thaa 3 minutes vefaa in dhaa i Ah fenuny ehen ve vrh happy vefaa huree hehhe❤️❤️❤️❤️❤️????????????
    Aleyyyy aslu keebaa vee meeshaa Ah Ril vrh curious vehje❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????
    Hama yageeneh vess something very bad happen right sisoo
    Whattttttttttt mihaaru meee kon anhen kuhje thr naayaa aa iyaash aa demedha vana ruli aasi Mi aaraa eh deke
    Pis Pis ?????????
    dhen sis Aleyyyy naayoo aa iyaash aa demeehun guluvadeeba plss????????? edemeehun gukeydhuvahakee Ril vrh happy vaane dhuvahe❤️❤️❤️❤️❤️❤️
    Hehhehehe????????❤️❤️❤️❤️❤️
    Aleyyyy dhen oi part Ah miveegothun vrh vrh curious??????????❤️❤️❤️❤️❤️❤️❤️ Sis avaha up kohlaadheychey ingeyyy❤️❤️❤️❤️❤️❤️
    And baakee kitha part iny Mi stry gaaa ❤️❤️❤️❤️??
    Love u sooo muc ❤️❤️❤️❤️
    Stay safe and take care ❤️❤️❤️❤️❤️

    1. ?Ril? says:
      October 27, 2020 at 6:41 pm

      Sis Eyyy Ril ingeyy
      Kon Anonymous eh thr

    2. SHABAKKO 10 says:
      October 27, 2020 at 7:11 pm

      Ril naahaa eyna nubunaane molhukamun??

    3. ?Ril? says:
      October 27, 2020 at 9:29 pm

      Hehehehhe Aaan nubunaane veehya

  2. ?LamHaa? says:
    October 27, 2020 at 6:56 pm

    ?????Wow maasha allah v reethi mi part vx sisoo
    Ohh.. Ayaan n Meesha ah baby eh libun Dhw.. ?Ekam e Liusha gandu..
    ?Alhey Naayoo plx Iyaash noolhe Aaraa aa hedhi eh..
    Aaraa vehtten hedheema ey Iyaash hifehehtey.. Aaraa vx Dhw.. ?Heevanee v foni vaane kaneyge Aaraa..
    Naayoo ah dhera eh vx dheefaane..?? Plx Sisoo Naayoo n Iyaash Dhn nukurahchey ingey dhuru..
    Kihaa undhagulakun Naayoo Iyaash kairiah aee vx.. ?Plx Naayoo aa Iyaash aa dhemeehun marry kohba
    Meesha n Ayaan ge Kuhjeh tha ey hama.. Ekam hiyeh nuvey.. Bodah heevanee Meesha n Ayaan ge baby eh kaneyge Azaan akee.. ?Hehe.. Azaan v loabi???
    Curiously waiting for nxt part sisoo
    ?Nxt part avahah up kohla dhehchey ingey sis
    Stay safe n Tc
    ❤️❤️❤️❤️❤️❤️Lyyysssmmm

  3. Maany says:
    October 27, 2020 at 6:59 pm

    Hi sis mi part vx varah reethi masha Allah
    Keep it up
    Alhey meesha ah kihinehthrr vee varah curious
    Naaya aa iyaash aa dhemedhah vaannan mi aaraa mee kaakutha
    Sis please naaya and iyaash dhuru nukuraachee
    Curiously Waiting for the next
    Luvv u ❤️❤️❤️
    Stay safe

  4. SHABAKKO 10 says:
    October 27, 2020 at 7:13 pm

    Mi part maa Reeth
    Masha Allah ❤️❤️❤️❤️❤️❤️❤️❤️

  5. arliff says:
    October 27, 2020 at 10:39 pm

    Alheyss..mii keehkuraa aaraa ehthe BTW vrh salhi vaahka

  6. Luhoo says:
    October 28, 2020 at 1:27 pm

    Wowww ooh masha Allah vvvvvvvvv reethi mi part ??
    Curiously waiting for next part ??
    Euphoria sis Kihineh tha ??
    Lyssmm tc n stay safe ??

  7. Aishath.Reen says:
    October 29, 2020 at 9:40 am

    Maashaa Allah ! mi baives v.reethi ! and when next ???

Comments are closed.

Next Episodeލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..32←


All Right Reserved!