” މަންމަގެ ލިއު ” ރޮމުން ރޮމުން މާހީން ގެ އަނގައިން ނުކުން ދެބަހުގައިވި ހިތްދަތިކަން ކިތަންމެހާ ވެސް ރަނގަޅަކަށް ފާހަގަވިއެވެ.
**************************************
” މަންމާ ” އަޔާން ގެއަށް ދިއުމުން މަންމަ ގެ ހާލެއް ބަލާލަން އެ ކޮޓަރިއަށް ވައިން މީޝާއަށް އިޙްތިޔާރަކާ ނުލާ މާހީން އަށް ގޮވާލެވުނީ މަންމަގެ އަނގައިން ނުކުން ލަފްޒުންނެވެ. ފޮޓޯ ފޮރޭމްއަކަށް ބަލަހައްޓައިގެން ހުރެ މާހީން އެހާ ވަރަށް ރޯން ޖެހުނު ސަބަބެއް މީޝާ އަކަށް ނޭނގުނެވެ.
މީޝާގެ އަޑު ކަންފަތުގެ ހިނދުރީގައި ޖެހުމާއެކު ފުރަގަސްދީގެން ހުރި މާހީން އަށް ތެޅިގަނެވުނީ ބިރެއް ފެނުނު ފަދައަކުންނެވެ. އަވަސް އަވަހަށް ލޮލުން އައިސް ހުރި ކަރުނަތައް ފުހެލަމުން ފޮޓޯގަނޑު އޮތްތަނަށް ލައި ހަމަޖެހިލަމުން މީޝާ އާ ކުރިމަތިލިއެވެ. ސުވާލުމާކު ތަކުން ފުރިފައިވި މީޝާގެ މޫނުމަތި ފެނި މާހީން އަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. ނަމަވެސް މިއީ އެކަމަށް އެންމެ އެކަށޭނެ ވަގުތު ނޫންކަމުން މާހީން ގޮސް މީޝާ ކައިރިން މާފަށް އެދުނީ މީގެ އިރުކޮޅެއް ކުރިން އޭނާއަށް ވާހަކަ ދެކެވުނު ގޮތުންނެވެ. މީޝާ ވެސް ހިނިތުންވެލަމުން މަންމަ އަށް މާފުކުރިއިރު މާހީން މީޝާގެ އަތުގައި ހިފައިގެން ހުރެ ކޮޓަރިން ބޭރަށް ދިއުމަށް މިސްރާބުޖެހިއެވެ. އެއާއެކު ފަސްއެނބުރިލަމުން ކޮޓަރީގައި ހުރި އަލަމާރިއާ ދިމާލަށް މީޝާއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ.
******************
” އަނބި ޤަބޫލުކޮށްފިން ” އަޔާން ގެ ފިރިހެންވަންތަ އަޑުން އިވުނު ލަފްޒާއެކު ‘ އޭ.ވައި ވިލާ ‘ ގޭގެ ހިތްގައިމު ތަނަވަސްް ބޮޑު ޓެރަސްމަތީގައި ގުގުމާލި އަތްތިލަ ބަޑީގެ އަޑާއެކު އަޔާން ކައިރި އިން މީޝާ އަޔާން އަށް ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އަޔާން ވެސް ޝުކުރުވެރި ބެލުމަކުން މީޝާގެ މޫނަށް ބަލައިލި ގޮތުން ހީވީ އެ ކޮށްދިން ކަމަކީ ވަރަށް ވެސް ބޮޑު އަގުހުރި ކަމެއް ހެންނެވެ. ތެދުވެ ގާޒީ އާއި ސަލާމް ކުރުމަށްފަހު ތަނުގެ ހާޒިރީންގެ ކުރިމަތީގައި އަޔާން މީޝާގެ ނިތްކުރިއަށް ބޮސްދިނީ އެ ހިތުގައި މީޝާގެ މައްޗަށްވާ ފުން ލޯބި އަންގައިދެމުންނެވެ. އެ ހިތްގައިމު ލޮބުވެތި ވަގުތުކޮޅު އިޔާޝް އޭނާ ގެންގުޅުނު ކެމެރާގައި ރައްކާކޮށްލީ އެކުވެރިޔާއަށްޓަކައި އުފާކުރާ ހާލުގައެވެ. ކަންވީ ގޮތް އަޔާން އޭނާގެ ހުރިހާ އެކުވެރިންނަށް ކިޔައިދީފާވާއިރު އެ އެންމެން ވެސް އަޔާންގެ ނިންމުމާ މެދު ހިތްހަމަ ޖެހޭކަން ވަނީ ހާމަކޮށްފައެވެ. ހާއްސަކޮށް އަޔާންގެ މަންމަ އާއި ބައްޕަގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަމުން އަޔާންގެ ހިތަށް ވަނީ ނޭނގޭ ހިތްހަމަޖެހުމެއް ލިބިފައެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އުފާވެރިކަން ފެނި އާޔަން އަދި އަޔާނީގެ ހިތުގައި ވެސް ވަނީ އުފާވެރިކަމެވެ. ޒީވާން ، އިޔާޝް އަދި ޝިމާ ކައިވެނި ކުރެވުނު ދެމަފިރިންގެ އުފަލުގައި އަމަލީ ގޮތުން އެންމެ ފުރިހަމައަށް ބައިވެރިވަމުން ދިޔައީ ދެންތިބި ތިން އެކުވެރިން ނެތް ކަމުގެ ފަޅުކަން އެ ކުދިންނަށް އިހުސާސް ނުވާނެ ފަދައިންނެވެ. ދުރުގައި ތިބި ނަމަވެސް ނާޔާ ، ސާޔާ އަދި ޝާނިމް އަޔާން އާއި މީޝާގެ އެ އުފަލުގައި ވެވުނު އެންމެ ފުރިހަމައަކަށް ބައިވެރިވިއެވެ.
އަންނަން އޮތް ވަރުގަދަ ތޫފާނުގެ ހިލަމެއް ނުވާ ހާލު އަޔާން ވެސް މީޝާގެ އަތުގައި ހފާލައިގެން ހުރީ ރީތި ހިނިތުންވުމަކާއެކުގައެވެ. އަޔާން އަށް ނޭނގުނުކަމަކީ އެމީހުންގެ ގުޅުވާލެވިފައިވާ އަތްތިލަ އަށް ދުރުން ހަސަދަވެރިކަމުގެ ލޮލެއް އަމާޒުވެފައިވާ ކަމެވެ. އަޔާން އާއި މީޝާގެ އުފާވެރިކަން ފެނި ދުރުގައި ހުރި ލިއުޝާގެ މޫނުމަތީގައި ވަނީ އިންތިހާ ރުޅިވެރިކަމެވެ. ދެއަތް މުށްކެވިފައި ވާއިރު ދެލޯ ހީވަނީ އަނގުރު އަލިފާން ކޮޅެއް ހެންނެވެ. ” މަށަށް ނުލިބުނު އުފަލެއް ވަކި ކަލެއަކަށް ވެސް ނުލިބޭނެ މީޝާ… މި ވަގުތުކޮޅަށް ހީލިޔަސް ފަހުން ތިކަމެއް ނުވާނެ…” ވިހަ ހިނިތުންވުމަކާ އެކު މީޝާ އެހެން ބުނެލިއިރު އެ ދެލޮލުން ފެނިލީ ނުރައްކާތެރިކަމުގެ ވިދުވަރެކެވެ. ނުބައި ރޭވުމަކުން ލިއުޝާގެ ހިތާ ސިކުނޑި ޙިސާރުކޮށްފައިވާ ފަދައެވެ.
***************
އާދުވަހަކަށް އިރުއެރީ އެންމެން ވެސް އެމީހުންގެ ހަޔާތުގެ އައު ބިންގަލެއް އެޅުމަށްޓަކައި ވައިގެ ތެރޭ ފިޔަޖަހާލުމާ ދާދި އެކުއެކީގައެވެ. އިރުގެ ރަން ދޯދިތައް ވައިކަފާފައި މައްޗަށް އަރައިގެން ދިޔަ މަތިންދާބޯއްޓަށް އެޅިފައިވީއިރު އޭގެ ތެރޭގައި ތިބި ފަސް އެކުވެރިންނަށް ކާމިޔާބީގެ މައި ދޮރޯއްޓާ ހަމައަށް ވާސިލްވުމަށް ހިތްވަރުދޭ ފަދައެވެ. ވިލާތަކު ތެރޭން މައްޗަށް އަރައިގެން ދިޔައިރު އެ ކުދިންގެ އަޒުމު ވެސް ވަރުގަދަވެ އައު ހަރުފަތަކަށް ޖެހިލި ފަދައެވެ.
*************
( ހަތް އަހަރު ފަސް )
*******************
” ދަރިފުޅޫ އާދޭ އަވަހަށް މިލްކް ތަށި ބޯލަން ” ދުރުގައި ހުރި ދެ އަހަރުގެ ޔާޝާ އަށް ގޮވާލަމުން ސާޔާ އެހެން ބުނެލީ ލޮބުވެތި އަޑަކުންނެވެ. އެއާކު ދުވެލާފައި ޔާޝާ އައިސް ކާމެޒުގައި އޭނާއަށް ޙާއްސަ ގޮނޑީގައި އިށީނެވެ. އެއިރު ހެނދުނުގެ ނާސްތާ އަށް އިންސާފުކުރަން އެއާއިލާ އެންމެން ތިބި އިރު އޭނާގެ އަންނާރުއޮށްތަކެއް ފަދަ ކުދި ކުދި ދަތްތަށް ދައްކާލަމުން އޭނާގެ ތުއްތު އަޑުން ޔާޝާ އެންމެންނާ ހެނދުނުގެ ސަލާމް ކޮށްލިއެވެ. އެއާކު އެންމެންގެ ހިތް ވެސް ލޯބިން ފުރިގެން އައީ ޔާޝާގެ މައުސޫމް އަމަލުންނެވެ. ޝިފާ އާއި ޝިޔާޒް ވެސް އެމީހުންގެ ފުރަތަމަ މާމަ އަދި ކާފަ ދަރިފުޅުގެ ބޮލުގައި ފިރުމާލީ ލޮތްބާއެކުގައެވެ. އެވަގުތުވީ ހަތްމަހުގެ ބަނޑާއެކު ޒީވާން ގެ އަތުގައި ހިފާލައިގެން ހުރެ ޝިމާ ވެސް ކާކޮޓަރި އަށް ވައިން ވަގުތެވެ. ޒީވާން ވެސް ވައިން ގޮތަށް ޔާޝާގެ ބޮލުގައި ލޯބިން ފިރުމާލިއިރު ހެނދުނުގެ ސަލާމް ވެސްް ކޮށްލިއެވެ. ރަސްމީ ހެދުމުގައި ޒީވާން ހުރި އިރު އެތަށް ގުނައެއް އޭނާގެ ފިރިހެންވަންތަކަން ވަނީ އިތުރުކުރުވާފައެވެ. ޝިމާ އިށީނުމަށް އެހީތެރިވުމަށް ފަހު ޒީވާން ވެސް ޝިމާ އާއި ޖެހިގެން އިށީނެވެ. ހަމަޖެހިލާފައި ޝިމާ ވެސް އޭނާގެ ކައިރީގައި އިން ޔާޝާގެ ފުށްކޮޅެއް ފަދަ މަޑު ކޮލުގައި ހިފާލުމާއެކު އެ ކުއްޖާ ހީލީ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ފަދަ ގޮތަކަށެވެ. މިހުރިހާ މަންޒަރެއް ބަލަން ހުރުމަށްފަހު ސާޔާ ވެސް ގޮސް ޔާޝާގެ އެއްފަރާތުގައި އިން ގޮނޑީގައި އިށީނީ ލޯބިން އޭނާގެ ދެލޮލުގެ ނޫރު ފަދަ އަންހެން ދަރިފުޅުގެ ބޮލުގައި ފިރުމާލަމުންނެވެ.
” ގުޑް މޯނިން ޕްރިންސެސް ” އަތުކުރީގައި ގަޑި އަޅަމުން އަޅަމުން ކާކޮޓަރިއަށް ވަތް ޝާނިމް ފުރަތަމަ ވެސް ހެނދުނުގެ ސަލާމް ކޮށްލީ އޭނާގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅާއެވެ. ރަސްމީކޮށް ޝާނިމް ހުރި އިރު އޭނާގެ އެއް އަތުގައި ކަޅުކުލައިގެ ކޯޓު އޮތެވެ. ” ގުދް މޯނިން ދެދީ ” ޝާނިމް އައިސް އޭނާގެ އަނެއް ފަރާތުގައި އިށީނުމާއެކު ޔާޝާ އޭނާގެ ތުއްތު ތުއްތު ބަހުރުވައިން ބުނެލިއެވެ. އެއާއެކު ޝާނިމް އޭނާގެ ދަރިފުޅުގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ހިނިތުންވެލަމުން ސަޔަށް އިންސާފު ކުރަން ފެށިއެވެ.
******************
” ކަމް އިން ” އޭނާގެ ތަނަވަސް ބޮޑު ކެބިންގެ ދޮރުގައި ޖަހާލުމާއެކު ފިރިހެންވަންތަ އަޑަކުން އަޔާންް ބުނެލިއެވެ. އެއާއެކު އެތެރެއަށް ވަދެގެން އައީ އޭނާގެ ޕީ.އޭ ނިމްޝާ އެވެ. ” ސާރ އިރުކޮޅަކުން މީޓިން އެއް އެބައޮތް.. ދުރުވަން ވީ ނޫންތޯ..” ނިމްޝާ މަޑުމައިތިރިކަމާއެކު އެހެން ބުނެލަމުން އެތަނުން ނުކުމެގެން ދިޔައީ އަޔާން މަޑުމަޑުން ބޯޖަހާލުމާއެކު ގައެވެ. ކެބިންގެ ދޮރު ލެއްޕުމާއެކު މިއޮށް ހުރިހާއިރު އިސް ޖަހައިގެން އިން އަޔާން އިސްއުފުލާ ބަލާލިއެވެ. ހިންދެމިލަމުން އޭނާގެ ބޮޑު ގޮނޑީގައި ހަމަޖެހިލާ ދެލޯ މަރާލިއެވެ. އެއާއެކު ފެނިގެން ދިޔަ މީޝާގެ ސޫރައިން އަޔާން އަށް ހިނިތުން ވެލެވުނެވެ. ” ވެއާ އާރ ޔޫ މީޝް..؟ ޕްލީޒް ކަމް ބެކް ޓް މީ.. ” ކިތަންމެ މަޑުން އަޔާން އެހެން ބުނެލި ނަމަވެސް އެ އަޑުގައިވި ހިތްދަތިކަން ހާމަވެއެވެ. މަޑުމަޑުން ހުޅުވާލި އަޔާންގެ ދެލޮލުގެ ތެރެއިން ފެނުނު ހުސްކަމުން އެކަނި ވެސް އޭނާގެ ދިރިއުޅުމުގައި ބޮޑު ކަންތައް ގަނޑެއް ހިނގާފައިވާކަން އެނގެއެވެ. ދެލޮލުގައިވި ހިތްދަތި ކަމުން އަޔާން ކަޑައްތުކުރަމުން ދަނީ ހިތްދަތި ދުވަސްތަކެއް ކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ. މީޝާގެ ޙިޔާލުތައް ސިކުނޑިން ނެރެލަން މަސައްކަތް ކުރަމުން އަޔާން މީޓިން އަށް ދިއުމަށް ހިނގައިގަތީ ގޮނޑީގައި އިން ކަޅުކުލައިގެ ކޯޓު ގަޔަށް ހެޔޮވަރު ކުރުމަށްފަހުއެވެ. ހަރު ހިނގުމެއްގައި ކެބިން އިން ނުކުމެގެން ދިޔައިރު ހައިބަތު ވަރުގަދަ ކަމާއި ޒިންމާދާރުކަން ދައްކުވައިދެއެވެ.
*************
‘ ޑްރީމް ކެއާ ހޮސްޕިޓަލް ‘ ގެ ކުރިމައްޗަށް ހުއްޓާލި ކަޅުކުލައިގެ ޕްރައިވެޓް ކާރުން ފޭބި ޒުވާނާގެ މޫނަށް އެވަގުތު މަގުމަތީގައި ތިބި އެންމެންގެ ލޯ އަމާޒުވިއެވެ. ހުދުކުލައިގެ އަތްދިގު ގަމީހެއް ލައިފައި ވާއިރު ގަމީސް ވަނީ ކަޅުކުލައިގެ ހިމަ ފަޓުލޫނުގެ ދަށަށް ޖަހާލާ ބެގީކޮށްލާފައެވެ. ކަޅުކުލައިގެ ޓައީ އެއް އަޅާފައި ވާއިރު ކަޅުކުލައިގެ ކޯޓު އޭނާގެ ވާއަތުގައި އޮތް އިރު ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު އަދި ‘ ޑްރީމް ކެއާ ހޮސްޕިޓަލް ‘ ގެ ސީ.އީ.އޯ ކަމަށްވާ އަޙްމަދް އިޔާޝް ޔާސިރު ފެނިގެން ދަނީ އަޖައިބެއްހާ ފިރިހެންވަންތަ ކޮށެވެ. ހަރު ހިނގުމެއްގައި ހޮސްޕިޓަލްގެ ތެރެއަށް ވަންނަން ހިނގައިގަތް އިރު ޒިންމާދާރުކަން ދައްކުވައިދެއެވެ. ފަން އިސްތަށިކޮޅު ރީތިގޮތަކަށް ސްޓައިލްކޮށްލާފައި ވާއިރު އިޔާޝްގެ ތުންފަތް މަތީގައި ވަނީ ހިތްތައް ކަތިލާފަދަ ރީތި ހިތްގައިމު ހިނިތުންވުމެކެވެ. އަންހެން ކުދިންްތައް އޭނާ ފެނިގެން ތުއި ދެއްކެން ފެށިއިރު އެކަމަށް އިޔާޝްގެ މާ ބޮޑު ސމާލުކަމެއް ނެތެވެ. ހުރިހާ އެންމެންނާ ހެނދުނުގެ ސަލާމް ކުރަމުން ދިޔަ އިޔާޝްގެ ލޮލުގައި އެހެންޏާ ނުފެންނަ ފަދަ އުފާވެރި ވިދުވަރެއް ވާކަން އެންމެންނަށް ވެސް ފާހަގަކުރެވުނެވެ. އެކަމުން އެކަނި ވެސް އިޔާޝް ކޮންމެސް ކަމަކަށް އިންތިޒާރު ކުރާހެން ހީވިއެވެ. އާނ އެކެވެ. އިޔާޝް އެ އިންތިޒާރު ކުރަނީ އޭނާގެ ހިތުގެ މަލިކާ ފެންނާނެ ވަގުތަކަށެވެ. ނާޔާ އޭނާގެ ލޮލަށް ނުފެންނަތާ ހަތް އަހަރު ވެފައި ވާއިރު އެ ހިތް ވަނީ ނާޔާ ގެ ލޮބުވެތި ސޫރަ ދެކިލުމަށް ބޭގަރާރު ވެފައެވެ. ޒީވާން މެންގެ ކައިވެނީގެ ހަފްލާގައި ވެސް ނާޔާ އަކަށް ބައިވެރި އެއް ނުވެވުނެވެ. ނަމަވެސް މާދަމާ އަކީ އޭނާގެ އިންތިޒާރަށް ނިމުމެއް އަންނާނެ ދުވަހެވެ. އިޔާޝް އަށް ނޭނގުނު ކަމަކީ ނާޔާ މިވަގުތު ހުރީ އޭނާ އާއި އެއްފަސްގަނޑެއްގައި ކަމެވެ. އެންމެންނަށް ސިއްރުން ރޭ ދަންވަރު ނާޔާ މާލެ އައިސް ފާ ވާ ކަމެއް އިޔާޝް އަށް ރޭކާ ވެސް ނުލައެވެ. ކެބިން އަށް ވަދެ ކޯޓް ހޭންގާ ގައި އޅުވާލުމަށް ފަހު ޑޮކްޓާރ ކޯޓް އިޔާޝް އޭނާގެ ގަޔަށް މަހާލިއިރުވެސް ތުންފަތުގައި ވަނީ ހަމަ ކުރިން ވެސް ވީ ފަދަ ހިނިތުންވުމެވެ.
***************
ބައްޓަން ރީތި އަންހެން ވަންތަ ހަށިގަނޑެކެވެ. ކަކުލުގެ މަތީ އަރިއަށް ހުންނަ ވަރުގެ ޖިންސް ފޮތީގެ ކަނޑުނޫކުލައިގެ ގަމީހެއް ލާފައި ވާއިރު ތިރިން ލައިފައިވަނީ އައިސް ބްލޫކުލައިގެ ޖިންސްއެކެވެ. ކަޅުކުލައިގެ ޝޯލްއަކުން އިސްތށިގަނޑު ފޮރުވާލާފައި ވާއިރު އެ އަންހެން ކުއްޖާގެ މޫނު ޝޯލްގެ ތެރެއިން ފެންނަނީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. މޫނުމަތީގައި ފައުންޑޭޝަން ހާކާފާ ނެތް ނަމަވެސް އެ ވަށް ދޮން މޫނު ކޮޅު ފެންނަނީ ނުހަނު ހިތްގައިކޮށެވެ. ބޮޑު ބޮޑު މައުސޫމް ދެލޮލުގެ ތެރޭގައިވާ ކަޅުކުލައިގެ ރީތި ކަޅިރަވަ ހިމާޔަތް ކޮށްދެމުން ދިޔަ ބޯ ދިގު އެސްފިޔަ ތަކުގައި މަސްކަރަ އަޅާފައި ވާއިރު އެ ދެލޮލުގެ ހުދުކަން އިތުރުކޮށްދޭފަދައެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާފައިވުމުން ހިތްގައިކަމަށް ދައްކައެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓް ބުރުވާލުމަށް ފަހު އޭނާގެ ކްރީމް ކުލައިގެ ވަށްކޮށް އިން ކުޑަ ހޭންޑްބޭގް ހުރަސްވާހެން އަޅުވާލިއެވެ. އަދި އެއަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތް ނަމަވެސް ކަމެއް ހަނދާން ވީ ފަދައަކުން ގޮސް އަލަމާރި ކައިރި ހުއްޓި އޭގެ ތެރެއިން ކުޑަ ފޮއްޓެއް ނެގިއެވެ. އެ ހުޅުވާލުމާއެކު ފެނިގެން ދިޔަ އަލިމަސްޖެހި ރިހި ކުލައިގެ އަނގޮއްޓި ނަގާ އޭނާގެ ވައަތުގެ ކަށިއިނގިލީގައި އެޅިއެވެ. އެއާއެކު ހީވީ އެ އަންހެން ކުއްޖާގެ ދޮން އަތް ތިލަ އަށް ވެސް އިތުރު ދިރުމެއް ލިބި ފަޅުފިލުވާ ލެވުނު ހެންނެވެ. އެ ކުޑަކުޑަ ތުން ފަތަށް ލޯބި ހިނިތުންވުމެއް ވެރިވިއިރު އެ އަންހެންވަންތަ އަޑުން އިވިލީ އެންމެ ތިން ލަފްޒެވެ.
” އައިމް ކަމިން ޔާޝް ”
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.



salaam my dear readers.. here is the 30th part of this stry.. hope u all will like it… just feel free to cmmnt… nd im so srry mi part mihaa lasvi kamattakaa… exam thah nimunuhaa avahakah mi up kohladhinii hama.. again im srry… n ys mi stry nimen kairi vamn annaathy alhuganduge second stry vaanii ehah nugenes madu jassaalaafa kan dhanavamave.. baeh readers ah 2 stries kiyan undhagu v ma e stry dhn alhugandu up kuran fashaanii mi stry ninmaalaafa eve… hope u all are safe….
stay safe nd take care my beloved readers…
luv yuh alll…
ވަރަށް ވަރަށް ރީތި މި ބައި ވެސް އުންމީދު ކުރަން ދެންއިން ބައި އަވަހަށް ކިޔާލަން ލިބޭނެކަމަށް ☺️☺️☺️☺️???????
thnk yuh so much dear… insha allah nxt part vrh avahah kiyaalan libeyne… maybe tmrrw insha allah…
Dhein 31 kondhuvahakun up kohla dheiny
insha allah tmmrw up kohladheynan 31 ngey dear…
Heiiii Ril ge lwbi sisooo????❤️❤️❤️❤️❤️?????????????
Longtime dhw but it’s ok ingeyy sisoo??????????
I really missed u sis❤️❤️❤️??????
Sis kihineh thr ???❤️❤️❤️?????
Vrh happy vi site huluvaali iru stry iny maa????????????❤️❤️???
Hama ufalun kiriyaa haleynulevuny heheh????❤️❤️❤️❤️?????
Btw Masha Allah sis vrh vrh ves Sali mi part❤️❤️❤️❤️❤️????????
And sis don’t feel srry ingeyy❤️❤️❤️????? sis ah mi year vrh muhinmu eh??? nu so studies ah ves vrh focused vaan vaane dhw???❤️❤️????
Aleyy luisha heyovaane dhw ehen ulen ??????????
7 years later wow shoked aslu ingeyy hehhe???❤️❤️???????
Awwwnnn yaashaa haadha lwbi eyy vrh cute ekuhjja???❤️❤️❤️????
Omg kihineh baa meesha ah Evey so curious?????????? rageeney liusha ge kameh Kan amilla kohkko veehya dhw??????
Nayaa and Iyaash mathin vrh miss vi hhehe??????❤️❤️❤️❤️
Nayoo propose kuran dany thr??????? hope edemeehun ves avaha guley thoo❤️❤️❤️ and meesha ves salaamathun ayaan kaariah aadey thooo ❤️❤️❤️❤️???????????????????
And sis exams tha kihineh dhiyaee faseyha thr❤️❤️❤️❤️????
Ohhh mi stry nimeny thr ?????❤️❤️
Tmrow dhw next part❤️❤️❤️❤️?
Waiting ingeyy sisoo????
Love u sooooooo much ❤️❤️❤️❤️??????????
Stay safe and take very gud care ❤️❤️❤️❤️❤️❤️❤️❤️❤️?????
??????Wow maasha allah v reethi mi part vx sisoo
?Hama anagin Soni faibaa eba??? hama V v reethi sis loabi kolhoooo
Ohh Saaya n Shaanim ah baby eh libunee..? Shimaa n Zivaan vx marry kuree Dhw..??Meesha n Ayaan ge life ah Kihineh tha vee.. ?Alhey E Liusha ge kanthah.. Naayoo vx Male aee.. ?Iyaash ge loabi Naaya gaboolu kuree Dhw.. ?Alhey enmen Suprise vaane Dhw Naayoo Male ga huri kan ingunyma..? Adhi enme badah Suprise vaanee Iyaash.. Iyaash Mi faharu Ufalun nashaane kaneyge..? Naayoo Iyaash ah Haadha gina Suprise thakeh dhey shey Thi ulheny.. Hehe
Curiously waiting for nxt part sis
Stay safe n Tc sisoo
❤️❤️❤️❤️❤️❤️Lyyysssmmm sis
Saaya n Shaanim ge baby Haadha loabi ey.. 7 yrs fahun veema Dhn Haadha gina kanthakeh hunnaaey Dhw higaafa.. Kobaatha Meesha.. Kihineh tha vee e dhemeehun ge life ah.. Liusha amihla kohkko ge dhiriulhun halaak kohlee.. Haadha gohey.. Dhn enme inthizaaru kureveny Naayoo n Iyaash marry kuraane dhuvahah
Sis exam thah faseyha tha v.. Sis Its okk Kithanme gina dhuvaheh viyas hama Madu kuraananmey.. Alhey story nimentha e ulheny.. Love you ❤️❤️❤️❤️❤️❤️❤️❤️❤️
?❣️❣️Alhe thnx euphoria sis… I’m so happy for you… Nxt part v avahah up kohdhehchey… Miss vey lv you tc loabiiii ❣️❣️❣️❣️❣️
???Hey Shaayan ge lwbi lwbi sisssooo
❤️❤️❤️Long time no talk dhw dear
??????How are u darl
Masha allah mi prt vx hama vvvvvvvvvvvv reethi ingey as always sweetheart…??? Love this stry sooooooooooo muuuuuucccchhhhh dear sisssyyyyy???
❣️?❤️Missed u nd this stry soooooooo muuuucccchhhh
Aaaawwwnnn saayaa nd shaanim ge baby haadha cute eyy dhwww…??? Hama modelaa hih vanii…????? Hehehe…? Yaashaa is such a cute name…??? Wish her for a amazing nd colourful future???
7 years later eyy…??? Ya Allah!!!??? Haadha gina dhuvahekey dhw…??? I can even believe it…??? Alheyyyyy meesha ah kihinehtha vii?????????? Yageeney e liusha gandu kommes kameh kuriikan…??? Alhey sis dhn plxxxxxxxxx buneba meesha ah kihinehtha vii????? Plxxxxxxxxx don’t give me a bad news…??? Plxxx help ayaan nd meesha to get back together sisssooooooo?????
Yaaayyy naayoo e ring elhiyyoa…??? Masha allah iyaash vx doc akah viitha???❤️ Naayoo vx dhw…❤️ Masha allah…❤️❤️❤️ Dhn avahah e 2 kudhinge marriage baavvaba sisssooo…? Shaayan dhaanan ingey help vaan..??? Heheheh?????
Eyyy saayaa nd shaanim marry kuriitha angaa vx nulaa…??? Haadha goahey dhw…??? Hehehe…??? But they are also so cute…??? Nd cover pic vx vvvvvvvvvvvv lwbi ingey darl??????
???Curiously waiting for the nxt part dear
?❣️?Lyssssssssssssssmmmmmmm darl
❤️?????Stay safe nd tc sweetie
Masha Allah….. Keep it up…. ❤️❤️Kn irakun Aneh stry up kohladheyny?
Hyyy sis long time dhw
Missed you so much sis
Mi part vx varah reethi masha Allah
Saayaa and shaanim ge baby haadha cute ee dhw ???❤️❤️❤️
Haadha heeveyee naaya iyaash ah propose kuran ulheehen
Meesha ah kihinehthrr vee sis ???varah curious mi part
Curiously Waiting for the next
Luv uuu so so much ❤️❤️❤️
Stay safe
Wow its amazing. Cant wait for the nxt part❤❤
Hiii lwbi lwbi sis long time no talk dhw
?????????????I missed u more sisooo
?No need of sorry sis..its ok..sis ge last year vx mee ehnu…so u should focus more on studies?
❤️❤️❤️❤️❤️❤️❤️❤️❤️❤️Masha Allah V reethi mi part vx
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️Sis cover pic vx varah lwbi..
Alheyy 7 years fahun saaya & shaanim ah baby eh libunee…?????Nd yaasha is so cute dhw sis..hehe
ayaan & meesha finally married..ekamu mi liusha amihla kokko ah dhw mi dera denee????????liusha moyaveethr
Liusha Yageeney meesha ah gothen hedeekan
??Awwwwwnnn finally naaya iyaash kairi ah danee dhw
Iyaash ah neygeyne hureveythan vx…hahahaha?????
Sis Kobaa the ehkala nabeelu beygandhu mennn…adhi vx jail ga thr????????????
Ceriously waiting for the next
??????????????????Love u sis
❤️Stay safe
Avass up kuraaathi ingeyy…..you know my vess test eba oihhh ??
❤️Omg this part is Amazing Masha Allah ❤️❤️ Missed you and this story soo much siss❤️ howr u sis?
Saaya and Shaanim ge baby Yasha is sooo cuute ?❣️ shima and Zivaan vx marry kuryy dhw
Alheyyy Meesha ah kihiney baa vyy dhera gotheh nuhadhacheyy ingey sisoo? E Liusha kanthah dhww???? Dhen avaha Naayoo Iyaash kairiah gendhey? btw new cover pic vrh salhi ingey
Curiously waiting for the next part
❤️❤️Miss uu sooo much
?❤️??Luvv uu sisoo
ހައެ ހައެ ހައޭ
މަވެއްޖޭ އުފާވެސް ކިޔާފައި މިވާހަކަ
މަވެއްޖެޔެ ސޭޑު ވެސް ކިޔާފައި މިވާހަކަ
މަ އައޭ ރުޅި ވެސް ކިޔާފައި މިވާހަކަ
މަ ހަމަ ދެލޯ އަތަށޭ އައީ ފެނުމުން މި ވާހަކަ
ކެތެއް ނުމެވިޔޭ ނުކޮށް ހުރުމަށް ކޮމެންޓެއް
ތެދޭ މަގޭ ނާޔޫ އައީމާ ރާއްޖޭ
ކަލޭނޭ އެއީ ވާ ސޮރެއް ޔާޝް ޑޮންކީ
ތެދެއް މަހަމަ ހިނިގަނޑު ފަޅައިގެންނެ ދިޔައީ
ބޯވެސް ނިކަން ގޯސް ސޮރެއްތޯއްޗެ އެއަކީ
މަގޭ ނާޔު އިޒް ކަމިންޓުޔޫ އޭ ޑޮންކީ
ކަލޭނޭ ސޮރުންތަށް ހައުދަހާ ހަރުދަނާއޭ
ސަހާދެއް މަގޭ ސާޔައަށް އަމާ ވެސް ކިޔަތްޕޭ
ކަލޯ މަންޖެ ޝިމް ވެސް އެވީ ދޯ އެ ބަނޑު ބިގު
ދެނޭ ހަމަ އޮތީ ހިތް ހަލާކުވާނެ ޚަބަރު
ފުރުނެ މި ދެލޯ ކަރުނުން ތެދޭ މީ އިނގޭ
މަގޭ މީޝް ކިޑްނެޕު ކުރީހޭ މެޑަމްމްމް؟؟؟؟
ނުވާނެ އެހެންނެއް މި ދައިތަ ހުއްޓަކައި
ކޮޔާ މަންޖެ މެޑަމޫ މަ ވެއްޖޭ އުފާ
އެތައް ދުވަހަކަށް ފަހު މި ވުމުން ބައްދަލު
ތެދޭ އަބަދުވެސް ތުމްސެ މުހައްބަތު މެޑަމް
ވެޔޭ މިސް ކަރޯ ބޮހޯތް ހަމަ މެޑަމް
ނެތޭ މީޓު ވުމަކަށް މާކަ ގިނަ ދުވަހެއް
ގޮއްސަ ވާނެ ދޯއޭ މަޖާ ވެސް ނަގަން
ތެދޭ އަބަދުވެސް ބުނާ ގޭގައި މި ތިބުމޭ
ނެތޭ ދެން އިތުރު ގޮތެއް، މިގޮތް ނޫންމެ ނޫނޭ
ކުރަމެ ހިތް ވެދުމަކަށް ތި ކުރައްވާ ސަޕޯޓަށް
ބުނަމެ އަބަދުވެސް ތިޔަގޮތުގަ ދާށޭ މި ކުރިއަށް
?????❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????❤️❤️???❤️????????????????❣️❣️❣️???????????????
ކުރަމެ ހިތް ވެދުމަކަށް ތި ކުރައްވާ ހިތްވަރަށް****
ނުވާނޭ އެހެންނެއް މި ދައިތަ ހުއްޓަކާ****
އޯ މައި ގޯޑް????އެއްކަލަ މަންޖެ އަވަލީ ????ދެޓްސް މީ?
ދައިތާ ހާދަ ރީތި ޅެން ބައިތެކޭ ތި ކިޔާލީ.. މައެ އަނގައިން ސޮނި ފާބައިފި.. ދައިތަ ޅެން ހަދާފަ ހުރީމަ.. މައެ ހީކުރީ ދައިތަ އަކަށް ނޭނގޭނެ ކަމަށް ޅެމެއް ހާ ހިސާބު ވެސް ހަދާލާކަށް
Aslu vs vrh reethi lhemeh… Amilla ah hedhyy tha… Hama huvaa… Vrh reethi lhen bai… I think its better than this story…. Noo… Not… Never ever…… This story is the bes.. Soooo i cant say that…. Btw vrh reethi mi part vs… Curiously waitinggggg for next part……
Thakaholhiyaa adhi kiriyaa ma ufaavaavaruge baheh thi bunee
Shukuriyaaa Thiya buni ehchah
Yes ur just right Anonymous… This story is the best… I always agree with that… Sisoo avahah neredhehchey next
ޔެސް. ޔޫއާރ ޖަސްޓް ރައިޓް އެނޮނިމައުސް…. ދިސް ސްޓޯރީ އިޒް ދީ ބެސްޓް… އައި އޯލްވޭސް އެގްރީ ވިތް ދެޓް
ކަލޭނޭ ތަކަހޮޅިއާ އެވަރުން ވެސް ކަލޮއަށް މަ އިނގިއްޖެ ދޯ???? ކިހިނެއް އިނގުނީ ???????އެކަމު އަލަށް މަ އުފާވާ ކަހަލަ ބަހެއް ތިޔަ ބުނީ?ސުކުރިއްޔާ
ހޫމް ދެން މަށަށް ދައިތަ ނޭންގި ހުންނާނެތެ.. މައެ ދިނީމޭ ރިޕްލައި އެއް ކުރީ ޕާޓަށް ދައިތަ ކުރި ކޮމެންޓު އަށް ވެސް.. ހޫމް ދެން އެނީޓައިމް އޭ ބުނެ ވޭނީ
Kong dhuvahakun 31 up kola deiny mohair 32 kiyaahithun hurevenyky noon euphoriadhathaa.
Hey ? …. Kobaa next part
Sorry 31 kiyaahithun aslu olhuny so sorry