ހުމް..އަހަރެން ހުމް އެއް އަޅުވާލީމެވެ.އަދި ފާހަނަޔަށް ވަނީމެވެ.ވަނީ މޫނުދޮވެ ހަދާލާށެވެ.އެކަމަކުވެސް ފާހަނަޔަށް ވަނުމުން ފެންވަރާ ހިތްވިއެވެ.ހެދުނުން ފެށިގެން ފެންނަ ނުވަރާ ހުރުމުންނެވެ.ދޮންތަބެމެން އަވަސް ކުރަން ބުނެފައި ވުމުން އަވަސްއަވަހަށް ބޯ ދޮވެގެންފެންވެރީމެވެ. ފެންވަރައިގެން އަހަރެން ނުކުތީ އަތްކެޑި ޓީޝާޓެއްލައިގެން ފުޅާ ހިސާބުން ތުވަލިއަދެގެންނެވެ.ތެމިފައިވާއިސްތަށިގަނޑުގައި ދޫކޮށް ފުޅިއެއް ޖަހާލުމަށްފަހު ކޮޓަރިއަށް ބަލާލީމެވެ.އަދި ދެވަނަ ސިކުންތުގައި ހަލޭއްލަވައިގަތީމެވެ.ލެވުނުހާ އެންމެ ބަރަށެވެ.މިފަދަހާލަތެއްގައި މިހެން ހަޅޭއްލެވުމުން ދޮންތަމެން ގަނާނެ ބިރަކަށްވެސް ވިސްނާލުމެއްވެސް ނެތިއެވެ. ވާނީވެސް އެހެން ތާއެވެ.އަހަރެން މިހުރީ އަތްކުރު ޓީޝާޓްއަކާއި ތުވަލިއަދެގެނެވެ.އަނެއްކޮޅުން ދޮރުމަތީގައި ދެލޯ ތަންމިނަށް ހުޅުވައިގެން އެހުރީ މިގޭ އުޅޭ ހަސަންތަކުރު ޔައިޝްއެވެ.
ކީއްވެތަ ޓަކި ޖަހާނުލާ ކޮޓަރިޔަށް ތިވަނީ…ނޭގޭތާ މީ އަންހެން ކުއްޖަކު އުޅޭ ރޫމްއެއްކަން…އަހަރެން ޔައިޝްއާ ދިމާލަށް ފަތިވަރެއްގޮވާލީމެވެ.
އިޑިއަޓް..ސައިކޯ..ގޮރޯސް…ކިޔުނު އެއްޗެސް މަދުކަމުން އަނެއްކާވެސް އަމިއްލަ ނަފްސައް އިވޭވަރަށް ކިޔާލީމެވެ.ދޮންތަމެން ދުވަމުން ދުވަމުން އައިސް ކޮޓަރިޔަށް ވަނީ އެވަގުތުގައެވެ.އެތާހުރި ޔައިޝްއަށްވެސް އެސްފިޔަ ޖަހާލަން އިގުނީ ދޮންތަމެން ވަނުމުންނެވެ.
ކިހިނެއްވީ ހުދާއްކޮ..ހާސްވެފައި ދޮންތަމެން އަހާލިއެވެ.އަހަރެން މަޑުމަޑުން ޔައިޝްއާ ދިމާލަށް އަތް އުފުލާލީމެވެ،
ޔައިޝް ކީއްކުރީ؟ދޮންތަބެ އަހާލިއެވެ.ވާނުވާނޭނގޭ ހާލުގައެވެ.
އަހަރެން ފެންވަރައިން ނުކުއް ގަޑީގަ ޔައިޝް މިތާހުރީމާ…. އަހަރެން ވީގޮތް ކިޔާ ދިނީމެވެ.ދޮންތަމެން ޕިސް ތަޅާލިއެވެ.މީ އަބަދުވެސް އަހަރެންގެ ހާލެވެ.ކުޑާކަމެއް ނުވަނީސް އަހަރެން ހަޅޭއްލަވައިގަންނާނީ ދެން ތިބޭ މީނުން ފިއްކަޑައިގެން ވެއްޓޭހާ ބާރަށެވެ.
ސާބަސް ދަރިޔާ…ކައްކަން އުޅެފަ ހަޅޭއްލަވާ އަޑަށޭ މިއައީ ތެޅެމުން ފޮޅެމުން…ޝަހާދަތް ހަމަ.. މިހާރު ފިޔައިގަނޑު ނާއަދާ ކަމެއްވެސް ނޭނގެ..ހުދަގަނޑު… މިހެންބުނެ ދޮންތަ ހިގައިގަތެވެ.
ސޮރި ހުދާ… އަސްލު ދޮންބެ ބުނެގެން މިއައީ..ހުދާ ލަސްވާތީވެ..އެންޑް އޯލްސޯ ސޮރި ބަލައިގެން ހުރެވުނީމަ….ހޮޓްކަމުން ބެލުނީއޭ…ޔައިޝްއެއްލޯ ނަރާލަމުން ބުނެލިއެވެ.އަހަރެންގެ ކޯތާފައް ރަތްވެގެން ދިޔައެވެ.މުޅި ހަށިގަނޑުގަ ހުރި ހުރިހާ ލެޔެއް މޫނައް އައިކަހަލައެވެ.
އަހަމްމް..އަހަމްމް..އެސްކިއުޒް ގައިޒް،،އައިއޭމް ހިޔާ…ސޯ ނޯރޮމޭންސް އެން ޔައިޝް ނޯ ފޮލާޓިން އޮން ހުދާއްކޮ..ޝިއިޒް ސޮޓިލް ޔަންގެ އެން ސްކޫލުގަ ކިޔަވަނީ..އެކަމަކު މިބުނީ ޔައިޝްވެސް ބޮޑު ވާހަކައެއްނޫނޭ..ޔޫއާ އޯލްސޯ ލާނިން..އަނެއްކޮޅުންމީ 10 ގެ އަހަރު ސޯ ފޯކަސް އޮން ސޮޓަޑީސް..އޯކް..
ދޮންތަބޭ..ހުދާއްކޮއެއް ނޫޅެމޭ މިއިންދަ ފެންނަ ހަސަން ތަކުރާ ރައްޓެހިޥާކައް…ޔޫނޯ އައިޙޭވް ސޯ މެނީޓު ޑޫ..ބިޓެއް ނެގިޔަސް ނަގާނީ 10 ނުމުނީމަ އެހާ ތަނައް މަޑުކުރާ ކުއްޖެއް ވިއްޔާމުން މަޑުކުރަންވީ ދާން ބޭނުން ކުއެޖެއްވިއްޔާމުން ދާންވީ..އެހެން ނުނަސް އިގެއެއްނު ދޮންތަ އާއި ދޮންތަބެ ނުލާ އަހަރެން އެވަރު ބޮޑު ޑީސިޝަންސް ނުނަގާނެކަން..އާފްޓާ އޯލް ޔޫގައިޒް އާ މައި އެވެރީ ތިން….
އޯކޭ..އޯކޭ…އައި ޓޮރަސްޓުޔޫ މައި ކޮއްކި..
ދެން އަހަންނޯ…އަހަންނަށް ޓޮރަސްޓޮ ނުކުރަނީތަ………..
އުޙޫން..ނޫނެކޭ…ދެކުދިންނަށްވެސް ކުރަމޭ … ދެން ނުތޮޅި ހިނގާ ބަދިގެޔަށް..ހުދާއްކޮ އާދެ ރެޑިވެގެން … ނޫނީ އަނެއްކާވެސް ޔައިޝް ފޮނުވަން ޖެހިދާނެ.. ދޮންބެ މިހެން ބުނެ ދިޔައެވެ.އަހަރެންވެސް ދޮރު ތަޅު ލުމަށްފަހު ހެޔާ ޑޮރަޔާއިން ބޮ ހިއްކާލީމެވެ.އަދި ބޮލުގައި ފުނާއަޅާ ހުޅިޔެއްޖަހާލީމެވެ.އަދި ކަބަޑުން އަތް ކުރު ޖާޒީއަކާއި ޖިންސެއް ނެގުނައްފަހު ލީމެވެ.އެއީ އާންމުކޮށް އަހަރެން ގޭތެރޭގައި ލައި އުޅެ އެއްޗެއްސެވެ.އަނެންހެން މީހުން އަންނަގެޔަކަށް ނުވުމާވެސް އެކުގައެވެ.ހެދުން ލުމަށް ފަހު ގަޔަށް ސެންޓު ބުރުވައިގެން ބޭރައް ނުކުތީމެވެ.ޔައިޝްއަށް ފެނުނަސް ހެޔޮ ކަމަށެވެ.އެހެން ނުނަސް މިހާރި ޔައިޝްއަށް ވަނީ އަހަރެން މިޔަށް ވުރެން ބޮޑު ހާލެއްގައި ހުއްޓާ ފެނިފައެވެ.އަހރެން ބަދިގެޔަށް ވަން އިރު ދޮންތަޔާއި ދޮންތަބެޔާއި ޔައިޝް މޭޒުމައްޗައް ތަށިތައް ނެގުމުގައި އުޅުނެވެ.އަހަރެން ވަނުމާއެކު ތިންމީހުން އަހަންނަދިމާލައް ބަލައިލިއެވެ.ދުވަހަކުވެސް ނުފެންނަ އެއްޗެއް ފެނިގެން ބަލާ ބީދައިންނެވެ.
ކޯއްޗެއްތަ ބަލަނީ ކަޅިޖަހާ ނުލާތިބެ….
ހުތާއްކޮއަށް މިބަލާނީ..އެހެންޏާ މީހަކު ގެގަ އުޅެނަމަ ބުރުގާނާޅާ ކޮޓަރިން ނުނުކުންނަ ކުއްޖާ މިޔަދު ޔައިޝް ހުއްޓާ އަތް ކުރު އެއްޗެއް ލައިގެން ނުކުތީމަ މިބަލަނީ …. ގައިމު ދެންމެވެސް ހީވީ ގެ ބޮލަށް ވައްޓަފާނެހެން އެކަމް ބަލަ މިހާރު… ދޮންތަ ހައިރާން ވެފައި އަހަންނާ ދިމާލައް ބުންޏެވެ.
ސޯ..ވަޓަސްދި ބިގްޑީލް…މިޔައްވުރެން ބޮޑު ހާލެއްގަ ހުއްޓާވެސް ފެނިއްޖެއެއްނު ސޯ ނެތެއްނު މައްސަލައެއް އެހެން ނުނަސް..ދޮންތަ ޔޫ ކޮނޯ ރައިޓް..ދިސް އިޒް މީ..އަހަރެން ބުނެލީމެވެ.
އޯކޭ..އަހަރެމެންނަށް ހަމަ އޯކޭ… ހުދާއްކޮ ބޭނުން ގޮތެއް..އޭ ޔައިޝް ހުދާއްކޮ އަށް ގެއްލިފަ ނުހުންނައްޗޭ އެހެން ނޫނީއްޔާ ދެން ފެނާނީ ލޯކޮނެފަ އޮންނަތަން…ދޮންތަބެ މިހެން ބުނުމުން އެންމެން ހޭން ފެށިޔެވެ.
ހުމް ހިނގާ ކާން މިހާރު ބަޑުން އެއޮތް އަޑުގޮވަނީ.. ޔައިޝް ބުނެލިއެވެ.
އެހެން ނުވާނީ މާކުންބެ ވިއްޔާމުން..އަހަރެން ޔައިޝް އާ ދިމާ ކޮއްލީމެވެ.
އެހެނުން ވާނީ އިއްޔެން ސުރެން…ޔައިޝްމިހާހިސާބައް ބުނެފައިހހުއްޓާލިއެވެ.އެންމެންގެ މޫނުމަތިވަގުތު މިލާ މޯޅީ ވިއެވެ. ކިތަންމެ ހިތާމަވެރި ވަގުތެއްނަމަވެސް ކެއްތެރިކަމާއެކު ކުރިޔައް ދާންޖެހޭނެއެވެ. އެހިތާމައިގައި އުޅެގެން ވާނެ ކަމެއް ނޮންނާނެއެވެ.އެހެންކަމުން އެންމެންވެސް ހިއްވަރާއެކު ހިނިތުންވެލިއެވެ.އަދި ކެއުމައިގެން ކުރިޔައްދިޔައީމެވެ.އެއައްފަހު ސިޓިންރޫމްގައި އުފާވެރިވަގުތުކޮޅެއް ވޭތުކުރުމައްފަހު އެންމެނެވެސް އެމީހެއްގެ ކޮޓަރިޔައް ވަނެވެ.ޔައިޝްވެސް ގޭގެ ގެސްޓުރޫމް އަށް ދިޔައެވެ.ދޮންތަމެން ބުނުނިގޮތުންނަމަ ޔައިޝް އެއައީ މިއްޑް ތާމް ބްރޭކް ކަމުން ޗުއްޓީއަށެވެ ހަފްތާ އަކަށެވެ.
************************
ޖެހިގެން އައިދުވަހު ހެދުނު އަހަންނަށް ހޭލެވުނީ ދޮރުގައި ޓާކިތަޅާ އަޑަށެވެ.ދޮންތަކަމަށް ހީކޮށް ގޮސް ދޮރު ހުޅުވާލީމެވެ.
ޔޫ…އެގެއިން…ދޮރު ހުޅިވި ވަރައް ވުރެން އަވަހައް ދޮރު ލައްޕާލީމެވެ.ވަރެއްގެ މީޙާގަނޑެއްތާއެވެ.ފުރަތަމަ ބުރުގާނާޅާ ހުއްޓާ ފެނިއްޖެވެ.ދެވަނަ ފަހަރަށް އަތްކުރު އެއްޗެއް ލައިގެން ހުއްޓާ ފެނިއްޖެއެވެ.ނުވީތާކައް ފެންވަރައިގެން ނުކުމެ ތުވާލި އަދެގެން ހުއްޓާވެސް ފެނިއްޖެއެވެ.މިހާރު އެންމެ ފަހަކައް އަހަރެން ނައިޓިގައި ހުއްޓާވެސް ފެނުނީއެވެ.ވަރެއްގެ މީހެއްތާއެވެ.އަންހެން ކުއްޖަކައްވީތީ ބައެއްފަހަރު ރުޅިވެސް އާދެއެވެ. މިކަހަލަ ލަޑުތައް ލިބޭތީއެވެ.ކިތަންމެ ރުޅިއައެއްކަމަކު ފިރިހެނަކައް ބަދަލުނުވެވޭނެތާއެވެ.އަނެއްކާވެސް މަޑުމަޑުން ދޮރު ހުޅުވާލީމެވެ.ހަމައެކަނި މޫނޫފެންނަވަރަށެވެ.
ކިހިނެއްވީ…..
އަނެއް ދޮންތަބުނި ހުދަކައިރީ ބުނަށޭ ތެދުވެގެން އަނާށޯ ބަދިގެޔަށް…އެންމެން އެއްކޮށް ކައްކަންށޯ މިއުލޭނީ………
އޯކޭ މިދަނީ ފެންވަރައިގެން 15 މިނިޓު…އަހަރެން މިހެން ބުނެ ދޮރުޖެހުމައްފަހު ފެންވަރަން ދިޔައީމެވެ.ފެނަވަރައިގެން ރީތިވެގެން އަހަރެން ބަދިގެޔައް ދިޔައިމެވެ.އޭރު އެންމެން ވެގެން ކައްކަން އުޅުނެވެ.ދޮންތަ ރޮށި ދަމަން ހުރި އިރު ދޮންތަބެ ހުރީ ރޮށި ފިހާށެވެ.ޔައިޝް ހުރީ ފިޔާ ސާފުކުރަންށެވެ.
ހޭ ގައިޒް..ކޯއްޗެއްހަދަން ތިއުޅެނީ……ހުދައްކޮ ކޮންކަމެއް ކުރަންވީ…
މި އުޅެނީ ރޮއްޓާ މަސްހުނި ހަދަން ބްރެކް ފާސްޓައް…ހުދާއްކޮ ޔައިޝް ފިޔާސާފު ކުރީމަ އެތުނިކޮށް ކޮށާލާ އިނގޭ…ދޮންތަ މިހެން ބުނުމުން އަހަރެން ވަޅިއެއްނަގައިގެން ޔައިޝް ކައިރިޔަށް ގޮސް ސާފު ކޮއްފައި ތިބި ފިޔާތައް ކޮށާލީމެވެ.އަހަރެން ފިޔާ ކޮށާނިމުމުން އިރު ދޮންތަމެން ރޮށި ފިހެ މިނިއްޖެއެވެ.ދޮންތައައިސް އަހަރެން އަތުން ތަށި ނަގައިގެން މަސްހުނި މޮޑެލިއެވެ.އަދި އެންމެން އެއްކޮއް ކައިގެން ދިޔައީ ސިޓިން ރޫމްއަށެވެ.
ހިގާބަ ކޮންމިވެސް ކަމެއްކުރަން.މިހެން ތިބެންޏަމުން ކުރިޔޭގެ ހިޔާލުތައް އާލާވާނީ ދޯ ހަމީ…
އާ..ހިގާބަ ފިލްމެއް އަޅުވާލަން…ދޯ…ކޮން ފިލްމެއް އަލުވާނީ ނެތޭ ނުބަލާ އޮތް ފިލްމެއްވެސް ހުރިހައެއްޗެއްބަލއިފީމޭ….
ތިކަމާ ހާސް ނުވޭ އަހަރެން އަތުގައެބްއޮތް ބާގީ 3… މިފަހުންނުކުތެއްނު..ޓާއިގާގް ފިލްމެއް… ޔައިޝް މިހެން ބުނެ ކޮޓާރިޔައްވަދެ ޕެންއެއްހިފައިގެން އައިސް ޓީވީއަށް ޖެހުމައްފަހު ފިލްމު އަޅުވާލިއެވެ.އެންމެން އެއްކޮށް ފިލްމު ބަލަމުން މަޖާ ބައިތަކައް ހެމުން ދިޔައީމެވެ.އަދި ހިތާމަވެރި ބައިތަކުގައި ނުރުއެއްކަމަކު ފުރިހަމަޔައް އެހިތާމަ ތަކުގައި ބައިވެރި ވީމައެވެ.ފިލްމިގެމެދަހަމަޔައް ދިޔަތާނާ މުޅި ސިޓިން ރޫމްގައި މީޙަކު ގިސްލަގިސްލާފައި ރޯއަޑު އިވެން ފެށިއެވެ.
*************************************
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Heiii shyn 1 dhw yeyyyyyy ❤️?❤️?❤️?maasha allah ❤️?❤️?❤️?vrh vrh vrh vrh vrh salhi mi part vx ❤️?❤️?❤️?Curiously waiting for the nxt part ❤️?❤️?❤️?Lve u dear ❤️?❤️?❤️?❤️?❤️?❤️?❤️?❤️?
thankx shyn. missed u . and thankx for this lovely black and red hearts.
TC STAY SAFE LYM
Vv reethi vhk eh??
THANKX ANOYNYMOUS.
TC DEAR. STAY SAFE.