އެންމެން އެއްކޮށް ފިލްމު ބަލަމުން މަޖާ ބައިތަކައް ހެމުން ދިޔައީމެވެ.އަދި ހިތާމަވެރި ބައިތަކުގައި ނުރުއެއްކަމަކު ފުރިހަމަޔައް އެހިތާމަ ތަކުގައި ބައިވެރި ވީމައެވެ.ފިލްމްގެ މެދަހަމަޔައް ދިޔަތާނާ މުޅި ސިޓިން ރޫމްގައި މީޙަކު ގިސްލަގިސްލާފައި ރޯއަޑު އިވެން ފެށިއެވެ.
ޕިސްޕިސް…. އެއްކަލަ ހުދާއްކޮ… އިމޯޝަނަލް ފލްމެއް ނުބެލެނެހުދާގަނޑު ލައިގެން…އެފެށީ މިހާރުވެސް ރޯން.. ދޮންތަ މިހެން ބުނުމުން އެޮޝަނަލް ންމެން ހޭން ފެށިއެވެ.އެކަމަކުވެސް އަހަރެންގާތަކައް އެއްވެސް ހިންޔެއްނާދެއެވެ.
އިމޯޝަނަލް ގާލް… ހެހެ.. ތިވަރަށް ރޮއެއްކަމަކު ގާއިމު ޓައިގާއަކައް ނޭގޭނެދޯ އޭނަގެ ހިތާމައިގައި ހުދާ ބައިވެރިވާކަމެއް….ޔައިޝްއަށް އަހަނޮނާ ނުބެހި ހުރުމުން އަޒާބުލީބެނީ ހެއްޔެވެ؟ހަމަ ފުރުސަތެއް ލިބޭ އިރައް އެއްޗެހި ކިޔަން ފަށާނެއެވެ.ތަންކޮޅެއް އަވަހަށް މިޑްޓާމް ބްރޭކް ނިމޭނެ ނަމައެވެ.އޭރުން މި ޔައިޝަ ގަނޑު ދާން ޖެހޭނެތާއެވެ.
ހޫން… އަހަރެން ގައިގެ މަސްކައެދެން ދެންމެ ކެއި އެއްޗެސް މަދުކަމައް…ދެން އެހެންނުނަސް އަހަރެން އިމޯޝަނަލް ނުވާން ހާދަ މަސައްކަތް ކުރީމޭ…އެކަމަކުވެސް ނުރޮއް ނުހުރެވުނޭ… އަހަރެން ބޮޑާ ހާކާ ފާޑަށް ބުނެލީމެވެ.
އޯވން…ލިޓިލް ބޭބީ އެއްހެން ހީވަނީ…ދޯ ހަމީ…
އާން މިހާރުތީ އަހަރެމެންގެ ބޭބީއަކައް ދޯ ވާނީ….
އާން… ދޮންތަ މިހެން ބުނުމުން މުޅިތަން ހިމެންވިނަމަވެސް އެންމެންވެސް ބެލީ އެކަން ނުދައްކާވޭތޯ ބެލުމަށެވެ.
ކޮބާ؟މިހާރުދެން ނޯ ޓޯކިންސް ބެކްޓު ދި މޫވީ….
ޔެސް… އަހަންނާ ޔައިޝްއަށް މިހެން ބުނެވުނީ އެއްފަހަރާއެވެ.ވަގުތުން އަހަރެން ލޯއަޅާލީމެވެ.
އެކަމް… ނިމް{ތާނިމް”ހުދާގެ ދޮންތަބެ”}ހާދަ ބަޑުހައޭ ސްނޭކްސް ކޮޅެއް ގަނެގެން އާދެބަ…
ދޮންތާ ދެންމެއެއްނު ކެއީ މިހާރު ބަޑުހައިވީ…
އަހަންނަށްވެސް އިނގޭ އޭ ދެންމެކަން ކެއި އެކަމަކު ބަޑުހައިވަނީއޭ…އަސްލު ފިލްމް ބަލަން އިނީމަ ހަމަކޮންމެވެސް އެއްޗެއްކާ ހިއްވީ. ދެންއެހެންވިމަ ދާންވީނު ދަޅާ ޗިޕްސް ގަނެގެން ގެންނަން…ޕްލީސް…
އޯކޭ މިދަނީ ޔައިޝް ދާނަންތަ ދޮންބެއާއެއްކޮއް….
އާން ހިނގާދާން ދޮންބެ އެކަނިގޮސް މިތިބަދެ މާކުންބެމެންނަށް ކާއެއްޗެސް ނުގެނެވޭނެއެއްނު..އާޙް…ތަދުވެޭޔ ހުދާގަނޑު… ޔައިޝް އަހަންނަ ދިމާލައް މާކުންބެއޭ ބުނުމުން އަހަރެން ޔައިޝް ގައިގައި ބާލީހަކުން ޖެހީއެވެ.
ނުކިޔާތި އަހަންނާދިމާލައް މާކުންބެއޭ…. އަހަންނެއް ނޫނެއްނު ދޮންތައެއްނު ބުނީ ސްނެކްސް ގެނެސްދެށޭ…. އަހަރެންނެއް ނޫޅެން އެއްވެސް އެއްޗެއް ކާހިތަކުން.އަހަރެން ބެނުމީ ސޯޑާ ދަޅެއް… އެވެސް ފަހުން ބޯންވެގެން އިނގިއްޖެ…ހަސަންތަކުރު.
ނއެއްކަލަ ދެމީހުން.ހެހެ….ހިނގާ ޔައިޝް އަވަހައް ގޮސްސަ އަންނަން އެހެން ނޫނީ މެނަދުރު ކައްކަން ވާއިރައް ފިލްމުބަލައދި ނުނިމިއްޖިޔަމުން ތިބެން ޖެހޭނީ ނުކައި ކަންނޭނގެ..
އޭ އަހަރެމެން އައުމުގެ ކުރިން ފިލްމު ނުޖައްސާތި އެބައަންނަން މިތާ ކައިރި ފިހަރަޔައް ގޮސްސަ… ދޮންތަބެ ގެއިން ނުކތުމުގެ ކުރިން ބުނެލިއެވެ.
***********************
ކޯއްޗެއްތަ މެންދުރައް ކައްކަންވީ…. ދޮންތަ ކައްކަންދިޔުމުގެ ކުރިން ކަންވީ ކޮއްޗެއްތޯ އެއްސެވެ.
އަމް… ނޫޑްލްސް….
އަނެއްކާ ނޫޑުލްސް ކުރީރޭގަވެސް ކެއީ ނޫޑުލްސް.ހިގާ ބަތްގަނޑެއް ހަދަން.ޔައިޝް ނޫޑުލްސްއޭ ބުނުމުން އަހަރެން ދެކޮޅު ހެދިމެވެ.ޔައިޝްއާއި ތޮޅެން ވެގެންނެވެ.ނަމަވެސް ކަނަތައްވި އަހަރެން ހީކުރިގޮތަކަށް ނޫނެވެ.ޔައިޝްވެސް ފަހުން ބަތްގަނޑެއް ކާ ހިއްވީ ޔޯލައެވެ.ހަމަ އަހަނަށް ޖެއްސުމައްކަން ޔަގީނެވެ.އެންމެންވެސް ބަތްގަނޑެއް ހެދުމަށް އެއްބަސް ވުމުން ދޮންތައައި އަހަރެން ދިޔައީ ބަދިގެޔަށް ކަންކާށެވެ.
ހާދަ ވަސްގަނޑު ރަނގަޅޭ ދޮންތާ ވަރަށް މީރު ވަނެހެން ހީވަނީ…..
ލޮލައްވެސް ނުފެންނަނީތަ މިހާރު ހަމަ އަހަރެންކަން އެގިހުރެ ދޮންތައޭ ތިކިޔަނީ……. ތިމީހަކު އައިސް ވަންތަނާ ދޮންތަ ނުކުމެގެން އެދިޔައި….ހަމަރުޅިއަރުވަންވެގެންނޭ…. އައްޗީޑި ދެން ހުވާ މި ސަމްސާއިން ޖަހާފާނަމޭ….
އިޕްސް ސޮރީ…މާރުޅިގަދަވީމަ ރުޅިމްޑުކޮއްލަންވެގެންނޭ…
ރުޅި މަޑު ކުރަންށޭ ކިޔާފަ ނުޖެހެޔޭ ބޮލައްފެން އަޅާކައް ނޭނގޭތަ ބޮލައްފެނައެޅީމަ ރުލިގަދަކަންވާނީ….
އާން އިނގޭ އެކަމަކު ފެން އެޅީމަ އަލިފާން ނުހިފާނެއެއްނުން ރަނގަޅައް އަލިފާން ރޫވުމުގެ ކުރިން ނިއްވާލީއޭ އެހެންނޫނީ ޖެހޭނީ ޕޮލިހުންނާއި ފަޔާރ ރެސްކިއުޓީމް ގެނަން…….
އެއްވެސް މަޖަލެއްނޫނޭ…ދާން އުލޭ މިތަނުން ފަހއި ނުގަންނަނީސް… އަހަރެން މިހެން ބުނުމުން ޔައިޝް އަނަފެށީ އަހަންނާދިމާލަށެވެ.ގާތްގަނޑަކަށް އަހަރެންގެ ގަޔާ ޖެހޭ ނުޖެހޭ ވަރެއްގެ ކައިރިގައި މަޑު ކޮއްލިއެވެ.އަދިމަޑުމަޑުން އަތްނަގާ އަހަރެންގެ އުނަގަނޑާ ދިމާލުން އަތް ގެންދިޔައެވެ.އަހަރެން ހުރި ކުރަންއެއުލެނީ ކޮންކަމެއްކަން ނޭގިފައެވެ.އިރުކޮލަކުން އިވުނީ އުދުން ނިއްވިއަޑެވެ.އަހަރެން ހިތައް އެރިއެވެ،މި ޔައިޝް މިއުޅެނީ މޮޔަވެގެން ހެއްޔެވެ؟ޔައިޝް އެހާކައިރިގައި ހުރުމުން އަހަރެން ހުރީ ނޭވާ ހިފަހައްޓާއި ގެންނެވެ.ލަދުވެސް ގަތެވެ،ނަމަވެސް އެއައްވުރެން ބޮޑައް އައީ ރުޅިއެވެ.ހަޅޭ ލަވައިގަންނަންވެސް އުޅުނީމެވެ.އެހެނަސް އަގަ ހުޅުވާނެހާ ހިއްވަރެއް ނުލުބުނެވެ. އިރުކޮޅަކުން ޔައިޝް ކޮއްލިކަމަކުން އަހަރެން ހަޅޭއްލަވައިގަނެވުނެވެ. މިފަހަރުވެސް ކަންތައްވީ ކުރީ ފަހަރުވެސް ވީ ގޮތަށެވެ.އަހަރެން ހަޅޭއްލަވައިގަތް އަޑައް ދޮންތަމެން ދުވަމުން ދުވަމުންއައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Maasha allah ❤️❤️❤️❤️❤️❤️❤️Vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh reethi mi part vx❤️❤️❤️❤️❤️❤️❤️❤️Curiously waiting for the nxt part ❤️❤️❤️Lve u ❤️❤️❤️