Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިން ލަފްޒުން (5)

Dheem&Eekku Level 410 Stories100 Login500 Login
October 24, 2020 4 Mins Read
5 Comments

“ކޮންވާހަކައެއް.. އަވަހަށް ފަށާ” ވިޝާމް ކޮޓަރި ދޮރު ކައިރި ކޮއްލާފައި އައިސް އެނދުގައި އިށީނެވެ. ލަމްހާ އިށީންނަން ގޮނޑި ދައްކާލުމުން ލަމްހާ ބޯހޫރާލާފައި ގޮސް ހުއްޓުނީ ހުޅުވާފައިވާ ކުޑަދޮރު ކައިރީގައެވެ.

” އަ.. އަހަރެން.. ވިޝާމް.. އައިމް ޕުރެގުނެންޓު” ވިޝާމްއާ ދުރަށް އެނބުރެމުން ލަމްހާ އިއްވާލިއެވެ.

****

އެދެމެދަށް ވެރިވީ ގޮތްނޭނގޭ ހަމަހިމޭން ކަމެކެވެ. އިރުކޮޅެއްފަހުން އެ ހަމަހިމޭން ކަން ނަގާލީ ވިޝާމްގެ ހުނުމުގެ އަޑެވެ.

“ލަމް.. މިއީ އޭޕްރިލް ފޫލް ޑޭ އެއް ނޫނޭ.. ތި އުޅެނީ އަހަރެން ތަޅުވާލަން ދޯ.. އީމާގެ ކަންތައްދޯ މިއީ” ވިޝާމް ހިނި މައިތިރި ކުރަމުން ބުނެލިއެވެ.

ނަމަވެސް ދެވަނަ ސިކުންތު ލަމްހާގެ ތެމިފައިވާ ދެލޯފެނިފައި ވިޝާމް ހުއްޓުން އެރިއެވެ.

“މިއީ ސަމާސާއެއް ނޫން.. ދަރިފުޅުގެ ބައްޕައަކީ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގެ..” ލަމްހާ ބުނެލިއެވެ.

“ވަޓް.. ލަމް ކީކޭ ތިކިޔަނީ.. އަހަރެންނަކަށް ނުވިސްނުނު” ވިޝާމް އައިސް ލަމްހާގެ ކޮނޑުގައި ހިފާ އޭނާއާ ވީފަރާތަށް އަނބުރާލަމުން ބުނެލިއެވެ.

އެރޭގެ ހާދިސާ އަލިފުން ޔާއަށް ކިޔައިދިނުމުން ވިޝާމް ހުރީ ގަބޫލު ނުކުރެވިފައެވެ. ހުއްޓުން އެރިގޮތަށް އޭނާއަށް ހުރެވުނީއެވެ.

“ވިޝާމް.. އަދި އެއްވާހަކަ.. އަހަރެން އެއްއިރަކުވެސް ވިޝާމް ދެކެ ލޯތްބެއް ނުވަން.. ހިތާ ދެކޮޅަށް ރައްޓެހިވީ ބައްޕަގެ އާދޭހަށް. ވިޝާމް އަށްވެސް އެނގޭނެ.. ލޯބި ނުވާ މީހަކާ އެކު އުޅޭކަން އަހަރެން ބޭނުމެއް ނޫން.. ހިތް ހަލާކު ކޮއްލެވުނީތީ ވަރަށް ބޮޑަށް މާފަށް އެދެން. އައިމް ސޮރީ ވިޝާމް.. ވިޝާމް ދެކެ ލޯބިވާ ކުއްޖަކާ އެކު އުފާވެރި ހަޔާތެއް ލިބޭނެ ކަމަށް އުންމީދު ކުރަން. ވިޝާމް އަށްޓަކައި އަހަރެންގެ ހިތް ސާފު.. އަހަރެން ދަނީ” ލަމްހާ މިހެން ބުނެފައި ދޮރާ ދިމާއަށް ހިނގައި ގަތެވެ. ލަމްހާ އެތަނުން ނުކުމެގެން ދިޔައިރުވެސް ވިޝާމްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ލަމްހާ ހުއްޓުވަން ބޭނުންވި ނަމަވެސް އޭނާގެ ހިތް އެކަމަށް ނުކުޅެދުނެވެ.

އެވަގުތު ދޮރު ކައިރީ ހުރިހާ ވާހަކައެއް އަޑު އަހަން ހުރި އީމާއާއި ވަސީމާ އަވަހަށް ދުރަށް ޖެހިލިއެވެ. އެއްޗެއް ނޭނގޭ ކަމަށް ހަދައިގެން ހުރެ ދެމީހުން ހީލިއެވެ.

“އަހަރެން ދަނީ ދައްތާ.. ” ލަމްހާ އެގެއިން ނުކުމެގެން ދިޔައެވެ.

ހުޅުމާލޭގެ މަގުތަކުގައި ހިނގަމުން ދިޔަ ލަމްހާގެ ހިތަށް ތަފާތު ހިޔާލުތަށް އަރާ ފައިބަމުން ދިޔައެވެ. ހަގީގަތުގައި އޭނާ އެފަސްގަނޑު ދެކެ ފޫހިވެއްޖެއެވެ. އޭނާއަށް ވެގެންނަމަ އެތަނުގައި އެންމެ ހިނދު ކޮޅަކަށްވެސް ހުންނާކަށް ބޭނުމެއް ނުވެއެވެ.

 

ޖެހިގެން އައި ދުވަހެވެ. ހަމްޒާ އިނީ ފައިލްތަކެއް ބަލާށެވެ. މޭޒުމަތީ ހުރި ފައިލްތަކުން ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. އެކަމުގައި އަވަދި ނެތި އުޅެނިކޮށް ކެބިންގެ ދޮރު ހުޅުވާފައި ވަނީ އަހްމަދެވެ.

“އަހަން.. ކޮން ވަޑާމެއް” ހަމްޒާ ފައިލު ލައްޕާލާފައި ތެދުވިއެވެ. ނަމަވެސް އަހްމަދުގެ މޫނު ފެނިފައި ހިސާބަކަށް ނުތަނަވަސް ވިއެވެ.

“ވަސީމާ އެދައްކަނީ ތެދު ވާހަކައެއްތަ.؟ ލަމްހާ އެއިނީ ބަލިވެތަ” އަހްމަދުގެ ޖުމްލަ ހަމްޒާގެ ކަންފަތް ބުޑުގައި ބޮމެއްހެން ގޮވާލިއެވެ. ނަމަވެސް ދެވަނަ ސިކުންތު ހަމަޖެހިލާފައި ހީލިއެވެ.

“ކާކު ދައްކާ ބުހުތާން ދޮގު ވާހަކައެއްތީ.. ތިވާނީ ބަޔަކު ހަދައިގެން އުޅޭ ވާހަކައަކަށް..” ހަމްޒާ ބުނެލިއެވެ.

“ބަޔަކު ދެއްކި ވާހަކައެއް ނޫން.. އެކަމު ލަމްހާ އަމިއްލަ އަނގައިން ބުނި އަޑު އެހި ވާހަކައެއް. އިއްޔެގެ ވަގުތެއްގައި ލަމްހާ އަހަރެންގެ ގެއަށް ދިޔަ.. ވިޝާމްގާތު އެވާހަކަ ދައްކަނި ކޮށް ވަސީމާއަށްވެސް އަދި އީމާއަށްވެސް އިވުނު” އަހްމަދު ބުނެލިއެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

ހަމްޒާގެ އަތް މުށްކެވުނެވެ. އޭނާގެ މޫނު މަތި ރަތްވެގެން ދިޔައެވެ. އޭނާއަށް އެއްޗެކޭ ނުބުނެވެނިކޮށް ދެންވެސް ވާހަކަ ދެއްކީ އަހްމަދެވެ.

“އަހަރެން އެދެކުދީންގެ ކައިވެންޏަކާ އެއްބަހެއް ނޫން.. އެކަމު މިކަމާހުރެ އަހަރެމެންގެ އެކުވެރިކަމެއް ބަދަލުވާކަށް އަހަރެން ބޭނުމެއް ނޫން.. ވަސީމާ އެހާ ނުގަބޫލު އިރު އަހަރެންނަކަށް މިކަމަކާ އެއްބަހެއް ނުވެވޭނެ. އިތުރު ކަމެއް އޮތިއްޔާ އަހަރެންގެ އޮފީހަށް ގޮސްލާ” އަހްމަދު މިހެން ބުނެފައި ހިނގައްޖެއެވެ.

މުއްކެވުފައިވަ އަތުން ހަމްޒާ މޭޒުމަތީގައި ހުރި ފައިލްތަށް ހޫރާލިއެވެ. ދެވަނަ ސިކުންތު ފޯނުނަގާ ހަމްދާދުއަށް ގުޅިއެވެ.

“ހުރިހާކަމެއް ފެނަށް ވެއްޖެ.. އަހްމަދު އެ ކައިވެންޏާ އިންކާރު ކޮއްފި..” ހަމްދާދު ފޯނު ނެގުމާއެކު ހަމްޒާ ބުނެލިއެވެ.

“މަޑުކޮއްބަލަ.. ކިހިނެއް ތިހެން ތިވީ.. ބަލަ 19 އަހަރު ވަންދެން އެއްބަސް ވެވިފަ އޮތްކަމެއް ކުއްލިއަކަށް ބަދަލުވީ ކީއްވެ؟” ހަމްދަދު އެހިއެވެ.

ހަމްޒާ ހުރިހާ ކަމެއް ކިޔައި ދިނުމުން ހަމްދާދު ވިސްނާލިއެވެ.

“ހާސްނުވޭ.. ތިކަން ބޭބެ އާ ހަވާލު ކުރޭ.. ލަމްހާއާ ނީނެއްކަމަކު އެއީ މައްސަލައެއް ނޫން.. އަހަރެންގެ ދަރިފުޅު ހަނާވެސް އެހުރީނުން” ހަމްދާދުގެ ރޭވުން ކިޔައި ދިނުމުން ހަމްޒާ ކުޑަކޮށް ހަމަޖެހުނެވެ.

 

“ލަމް.. އަހަރެން މިއުޅެނީ އެނބުރި ކެނެޑާއަށް ދާން.. ލަމް މަތިން ވަރަށް މިސްވާނެ” ޔުސްރާ ދަބަހަށް އެއްޗެހި އަޅަމުން ބުނެލިއެވެ.

“ޔުސް.. އަހަރެންވެސް ބޭނުން ޔުސްއާއެކު ދާން.. އަހަރެން މިތާގަ ހުންނާކަށް ބޭނުމެއް ނޫން” ލަމްހާ ބޯހޫރާލަމުން ބުނެލިއެވެ.

“އެކަމް.. ލަމްގެ މަންމަ މެން އެއްބަހެއް ނުވާނެ..އަނެއްކޮޅުން އެކޮޅަށް ދިޔައީމަ ކިހާ އެކަނި ވާނެ.. ތި ދަރިފުޅާ ދޭތެރޭވެސް ވިސްނަން ވާނެއްނުން” ޔުސްރާ ލަމްހާގެ އަތުގައި ހިފާލިއެވެ.

“ނޫން.. އަހަރެން ބޭނުން ދާން. އަހަރެން ބޭނުމެއް ނޫން މިފަސްގަޑުގަ އަހަރެންގެ ދަރިފުޅު ބޮޑުކުރާކަށް. މީހުންގެ މަލާމަތް އެދަރިފުޅު އަހާކަށް އަހަރެން ނޭދެން. މަންމައަށް އަހަރެން ވިސްނަދޭނަން” ލަމްހާ މިހެން ބުނެފައި އަވަހަށް ލަޔާންއަށް ގުޅިއެވެ.

 

ވަރަށް އާދޭހާއެކު ލުވޭޒާގެ ރުހުން ލިބުނެވެ. މިއީ ލަމްހާ ލުވޭޒާ ގަތު ކަމަކަށް އެދުނު ފުރަތަމަ ފަހަރު ކަމުން އިންކާރު ކުރަން ލުވޭޒާއަށް ނުކެރުނީއެވެ. ހަމްޒާ ގާތު އެވާހަކަ ބުނީ ލަޔާންއެވެ. ހަމްޒާ ވަކި އެއްޗެކޭ ނުބުނުމުން ލަޔާންވެސް އެކަމަށް ހުއްދަ ދިނެވެ.

ޔުސްރާއާ އެކު ލަމްހާ ކެނެޑާއަށް ދާން ހަމަ ޖެހުނެވެ. މަންމަ މެންނާ ދުރުގައި އުޅެން ދެރަވި ނަމަވެސް ދަރިފުޅައްޓަކާ އޭނާ ހުރީ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށެވެ.

 

( ހަތަރު އަހަރު ފަސް )

 

ފޯނު ރިންގުވި އަޑަށް މޭޒުމަތީ ބޯ އަޅާލައިގެން ނިދިފައި އޮތް ސުހާންއަށް ހޭލެވުނެވެ. ރޭގެ ހަތަރު ދަމު ހޭލާ އުޅެފައި ނިދުނީ ހެނދުނުވެސް ވީފަހުންނެވެ. ހަމަ ނިދުނު ތަނާ ފޯނުވުމުން އޭނާގެ ތަބީއަތު އެހާ ރަނގަޅެއް ނޫނެވެ

“ކީކޭ އާޒިމް؟” ސުހާން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

“މިއަދު މީޓިން އޮތްކަން ހަނދާން ކޮއްލަ ދޭން..” އާޒިމް މިހެން ބުނުމުން ސުހާން އަތު ކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. ވަގުތުން ދެލޯ ބޮޑުވެގެން ދިޔައެވެ.

“ހަލޯ….” އާޒިމް ދެވަނަ ފަހަރަށް ވާހަކަ ދައްކަން ވާއިރަށް ސުހާން ފޯނު ކަނޑާލާފައި މޭޒުމަތީގައި އޮތް ލެޕްޓޮޕާއި ދެތިން ފައިލެއް ދަބަހަށް ލައިފިއެވެ. އަވަސް ފިޔަވަޅުމަތީ އޭނާ ވަނީ ފާހަނައަށެވެ. މޫނު ދޮންނަ ތަށި އިސްކޫރު ދުކޮއްލާފައި ދެފަހަރު ފެންގޮއްޓެއް ނަގާ މޫނަށް ޖަހާލިއެވެ. މޫނު ހިއްކާލާފައި ގޮނޑީގެ ފަހަތުގައި އަޅުވާފައި އޮތް ނުކުލައިގެ ކޯޓެއް ނަގާ ގަޔަށް މަހާލިއެވެ. އަޅާފައިވާ ޓައީ ހެޔޮވަރު ކޮއްލާފައި ލޯގަނޑުން އޭނާގެ ސޫރަ ބަލާލިއެވެ. ނޫކުލައިގެ ކޯޓު ފަޓުލޫނާ ހުދު ކުލައިގެ ގަމިހުގައި ސުހާން ހީވަނި މޮޑެލް އެއްހެނެވެ. އޭނާގެ ކަސްރަތީ ހަށިގަނޑާ ވަރަށް ގުޅެއެވެ. ދަބަސް ހިފައިގެން ސުހާން އޭނާގެ އޮފީހުން ނުކުތެވެ. ސުހާންއަށް ހާއްސަ ކުރެވިފައިވާ ލިފްޓުން ތިރިއަށް ފޭބިއިރު އެތަށް ބައެއްގެ ސަމާލުކަން ވަނީ އޭނައަށް ހުއްޓިފައެވެ. ކޮންމެ މީހަކުވެސް އަދަބު ވެރިކަމާއެކު އޭނާއަށް ސަލާމް ގޮވާލައެވެ. ސުހާންވެސް އެއްވެސް ބޮޑާކަމެއް ނެތި އެމީހުނާ ހީލައެވެ. ކޫބެކްގެ ތިންވަނައަށް އެންމެ ނަން މަޝްހޫރު ހޮޓެލް ކަމަށް ވާ ރޯޔަލް ގާޑެންއަކީ ސުހާންގެ އަމިއްލަ ތެނެކެވެ. އެހާ ޒުވާން އުމުރުގައި އޭނާއަކީ ކާމިޔާބު ވިޔަފާރި ވެރިއެކެވެ. ގިނަމީހުން އޭނާއަށް އިހްތިރާމް ކުރާ އެއް ސަބަބަކީވެސް އެއީއެވެ.

ހަރު ހިނގުމެއްގައި ސުހާން ރޯޔަލް ގާޑެންގެ މައި ދޮރުން ނުކުމެގެން ދިޔައެވެ

 

ދުވަސްކޮޅަކީ ކެނަޑާއަށް ފިނި މޫސުމެވެ. ވެރިކަން ކުރާ ރަށާ ތަންކޮޅެއް ދުރުގައި އޮންނަ ކޫބެކް ނަމަކަށް ކިޔާ ހިސާބުގައިވެސް ވަނީ ސްނޯގެ ހުދު ސާލެއް ލެވިފައެވެ. ގޭގެ ފުރާޅުތަށް ސްނޯއިން ފޮރުވިފައި ވާއިރު ފެންނަލެ ވަރަށް ހިތްގައިމެވެ. މަގުތަށް ސާފުކުރާ އުޅަނދުތަށްވެސް އެމީހުންގެ މަސައްކަތުގައި އުޅޭތަން ފެނެއެވެ. އެސަރަހައްދުގެ ސްނޯ ބޯވެފައިވާ ހިސާބުގައި ކުދި ކުދީން މަޖާ ނަގަމުން ދިޔައިރު ސްކޭޓު ކުރަމުން ދިޔަ ކުދީންނެއްވެސް މަދެއް ނޫނެވެ. ބަލާލާ ކޮންމެ ދިމާއަކުންވެސް އުފާވެރިކަމާ ހަމަޖެހުން ފެނިގެން ދެއެވެ.

މަގުގެ ދެފަރާތް ބަލާލާފައި ތަންކޮޅެއް ދުރުގައި ޕާކު ކޮށްފައި އޮތް އޭނާގެ ކާރާ ދިމާއަށް ހިނގައިގަތެވެ. ރޭގައި ވާރޭވެސް ވެހިފައި އޮތުމުން މަގުމަތީގައި ތުނިކޮށް ގަނޑުފެން ހެދިފައި ހުއްޓެވެ. ދެންމެ ދެންމެ ކައްސާލާފައި ވެއްޓިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ.

 

އަވަސް ފިޔަވަޅުތަކެއްގައި މަގުގެ އެއްފަރާތުން ހިނގަމުން އައި ލަމްހާގެ މިސްރާބު ހުރީ އޭނާ ވަޒީފާ އަދާކުރާ ރެސްޓޯރެންޓާ ދިމާއަށެވެ. ގޭގައި ގެންގުޅޭ މީހާ މިއަދު އައިލެ ލަސްކަމުން ލަމްހާއަށް ގެއިން ނުކުމެވުނީ ވަރަށް ލަހުންނެވެ. ޔުސްރާ އެނބުރި ރާއްޖެ ދިއުމުގެ ކުރިން ލަމްހާ ވަޒީފާއަށް ދާއިރު ކުޑަ ކުޑަ ލީން ބަލަނީ ޔުސްރާއެވެ. ނަމަވެސް ކައިވެނި ކުރުމަށް ފަހު ޔުސްރާ ދިއުމުން ލީން ބަލައިދޭނޭ މީހަކު ޖެހުނީ ހޯދާށެވެ.

ބޭކަރީއެއް ހުރަސް ކޮއްލި ވަގުތު ދޮވަން ފެށި ކުކީ ފިހާވަހުން ލަމްހާ ކުޅުދިޔާވިއެވެ. އަވަސް އަރުވާލައިގެން އުޅުމުގެ ސަބަބުން ސައިބޯންވެސް ހަނދާން ނެތުމުން އޭނާ ހުރީ ބަނޑުވެސް ހައިވެފައެވެ.

މިސްރާބު ބަދަލު ކޮއްލާފައި ލަމްހާ ވަނި ބޭކަރީއަށެވެ. ހޫނު ކޮފީއަކާއި ކުކީސް ގަނެގެން އޭނާ ނުކުތެވެ. އަނެއްކާވެސް މަންޒިލާ ހަމައަށް ބާރަށް ހިނގައި ގަތެވެ. އެވަގުތު އެތާ އޮތް ތުނި ގަނޑުފެން ކޮޅަކަށް އެރިފައި ލަމްހާ ކަހާލިއެވެ. ވެއްޓެން ދިޔަ ލަމްހާ ލައިގަތީ ކައިރިން ލާފައި ދިޔަ މީހެއްގެ ގައިގައެވެ. އަތުގައި އޮތް ކޮފީތަށި އެމިހާގެ ގަޔަށް ބަންޑުން ވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

އެސޫރަ-1

love is sour n sweet
Next

ހުދާއްކޮ 5

Next
love is sour n sweet
October 24, 2020

ހުދާއްކޮ 5

Previews
October 24, 2020

އެސޫރަ-1

5 Comments!

  1. €€ASH says:
    October 24, 2020 at 11:21 am

    Woww vrh salhi hinge….Waiting for next part….

    1. Dheem&Eekku says:
      October 25, 2020 at 10:15 am

      Thank you ❤️❤️❤️

  2. Zaee says:
    October 24, 2020 at 10:16 pm

    V salhi ❤❤❤❤❤❤❤❤❤❤koh irakun baa next part.

    1. Dheem&Eekku says:
      October 25, 2020 at 10:18 am

      Thanks.? Insha Allah varah avahah next part ves kiyaa leveyne. ❤️❤️❤️

  3. Dheem&Eekku says:
    October 25, 2020 at 10:17 am

    Thanks.? Insha Allah varah avahah next part ves kiyaa leveyne. ❤️❤️❤️

Comments are closed.

Next Episodeތިން ލަފްޒުން (6)←


All Right Reserved!