Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ފަހުބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
October 20, 2020 10 Mins Read
48 Comments

ޒާޔާވެސް ލިއަމްމެނަށް ހިނިތުންވެލައިފައި އޭނާއާއިއެކު އައުމަށް ބުންޏެވެ. ނިހާން ހިނގައިގަތުމާއިއެކު ލިއަމް އާއި މަތީންވެސް އެކަކު އަނެކަކަށް ބަލައިލައިފައި ނިހާންގެ ފަހަތުން ހިނގައިގަތެވެ.

ބަދިގެއަށް ބަދެވުމާއިއެކު ލިއަމް އާއި މަތީންގެ ކުޅުދިޔާވާން ފެށިއެވެ. ކާން ތައްޔާރުކޮށްލައިފައިވާލެއް ފުރިހަމަކަމުން ދެމީހުންގެ ކެތްތެރިކަންވެސް ކުޑަވާން ފެށިއެވެ. ކާން ފެށޭނީ ކޮން ވަގުތެއްގައިތޯ ހިތަށް އަރައި އަރައި ތިއްބައި ޒާޔާ އެމީހުން ގާތުގައި އިށީނުމަށް ބުންޏެވެ.

“ދަރިފުޅުވެސް އާދޭ ބައިވެރިވާން.” ތައްޓަށް ބަތް އަޅަމުން ނިހާން ބުންޏެވެ. ބައްޕަ ބުނީތީ ޒާޔާއަށް އިންކާރުކުރާކަށް ނުކެރުނެވެ. އެހެންކަމުން ޒާޔާވެސް ނިހާން ގާތުގައި އިށީނދެ އެމީހުނާއިއެކު ކާން ފެށިއެވެ.

ނިހާން އާއި ޒާޔާއާއިދެމީހުން ކައި ނިމުނުއިރު ލިއަމް އާއި މަތީން އަދިވެސް ތިބީ ކާށެވެ. މިހާރު އެމީހުން އެ ކަނީ ދެވަނަ ފަހަރަށް ކަންނޭނގެއެވެ. ޒާޔާ ސިންކު ކައިރިއަށް ތަށި ދޮންނަން ގޮސް ކުޑަދޮރުން ބޭރު ބަލައިލިއެވެ. އޭރު މަލައިކާ ލިއަމްމެންގެ ޙަރަކާތްތަކަށް ބަލަހައްޓައިގެން ހެވިފައި ހުއްޓެވެ. މިރޭ މަލައިކާ ޒާޔާއަށް އެހީތެރި ނުވިނަމަކަ ލިއަމްމެން މިރޭ އެހާ ގިނައެއްކޮށް ނުކާނެއޭ ޒާޔާގެ ހިތަށް އެރިއެވެ. ހުރިހާ ޝުކުރެއް މަލައިކާއަށެވެ.

ކޮންމެއަކަސް އެންމެން ކައި ނިމުމުން ޒާޔާ ތަށިތައް ނަގައި ބަދިގެތެރެ ސާފުކޮށް ހަދައިލައިފައި ސިޓިންގް ރޫމަށް ނުކުތެވެ. އޭރު ނިހާން އާއި ލިއަމް އާއި މަތީން ގޯތިތެރޭ ދުފަން ތިއްބެވެ. ނިހާން އާއި ލިއަމް އުނދޯލީގައި ތިބިއިރު މަތީން އޮތީ ޖޯލިފަތީގައެވެ.

މަތީން އެހެން އޮއްވައި ގޭގެ ބޮޑުދޮރާއި ދިމާލުން އިސްތަށިގަނޑެއް ވިހުރިލިހެން މަތީނަށް ހީވިއެވެ. އެހެނަސް މަތީން އެދިމާލަށް ބަލައިލިއިރު އޭނާއަކަށް އެއްވެސް އެއްޗެއް އެތަނަކުން ނުފެނުނެވެ. މާބޮޑުކަމަކަށް ނުހަދައި މަތީން އަނެއްކާވެސް އޭނާގެ ހުރިހާ ސަމާލުކަމެއް ލިއަމްމެނަށް ދިނެވެ. އެހެން އޮއްވައި އަނެއްކާވެސް ރަތްކުލައިގެ  ފޮތިގަނޑެެއް އެތަނުން ވިހުރިލިހެން ހީވެގެން މަތީނަށް އެދިމާލަށް ބަަލައިލެވުނެވެ. އެހެންނަމަވެސް ހަމަ ކުރިއެކޭ އެއްފަދައިން އެދިމާލުން މަތީނަށް އެއްވެސް އެއްޗެއް ނުފެނުނެވެ.

ބޮޑުދޮރު ކައިރީ ހުރި މަލައިކާ ހުރީ ވަރަށް ވެސް މަޖާވެފައެވެ. ހީވާގޮތުން މިރޭ މީ މަލައިކާ މާ މަޖާ ކުރާހިތުން އުޅޭ ރެއެކެވެ. މަލައިކާ އެހެން ހުރެފައި ބަދިގޭ ކުޑަދޮރާއި ދިމާލަށް ބަލައިލިއެވެ. އޭރު ޒާޔާ އޭނާއާއި ދިމާލަށް ލޯ އަޅައިގެން ހުއްޓެވެ. މަލައިކާ ބުމަ އަރުވައިލަމުން ކިހިނެތްވީހޭ އަހައިލިއެވެ. އެއާއިއެކު ޒާޔާ އަތުގެ އިޝާރާތުން އެމީހުނަށް ޖެއްސުން ނުކުރުމަށް ބުންޏެވެ. މަލައިކާ އަނެއްކާވެސް ހިނިގަނޑެއް ޖަހައިލިއެވެ. އިރުކޮޅެއްވަންދެން މަލައިކާ އެތާ ހުއްޓައި އޭނާގެ ހަށިގަނޑު ދިއްލުނު ގޮތަށް އެތަނުން އޭނާ ގެއްލުނެވެ. އެއާއިއެކު ކުދިކުދި ރަން ކުނޑިތަކެއް މަޑުމަޑުން ބިންމައްޗަށް ވެރެމުން ދިޔައެވެ.

“ކޮންތާކުން އައްޔެއް އެ ދިއްލުނީ؟” ލިއަމް އަށް ކޮންމެވެސްތަނަކުން އަލިވިހެން ހީވެގެން އޭނާއަށް ސުވާލުކޮށްލެވުނެވެ. “ނޭނގެ.. ވިދާލީ ކަންނޭނގެއެއްނު. ވިއްސާރަ ރެއަކީ ކަންނޭނގެ.” ނިހާން އެހެން ބުނެ އުޑުމައްޗަށް ބަލައިލިއެވެ. ކޮންމެވެސް ވަރަކަށް ކަޅުފުސްވިލާތައް އުޑުމަތިން ދައުރުކުރަމުން އޭރު ދެއެވެ.

“ނިހާންބޭ.. ކެއުން ވަރަށް ފުރިހަމަ އިނގެ. ނިހާންބެގެ ދަރިފުޅަށް ހަމަ ސާބަސްދޭވަރުވޭ..” މަތީން ޖޯލިން ތެދުވަމުން ބުންޏެވެ. މަތީން އެންމެ ފަހު ޖުމުލަ ބުނެލީ ވަށްކަޅިން ލިއަމް އާއި ދިމާލަށް ބަލައިލަމުންނެވެ. އޭރު ލިއަމް ފާޑަކަށް ރަކިވެގެން އިސްޖަހައިލައިގެން އިނެވެ. ނިހާން ހިނިތުންވެލުމުން ލިއަމް ދެން ދަނީއޭ ބުނެ އެތަނުން ތެދުވިއެވެ. ނިހާންވެސް އެމީހުނާއި ސަލާމްކޮށްލައިފައި އެމީހުން އެގެއިން ނުކުތުމުން ގޭތެރެއަށް ވަނެވެ.

“ކޮބާ… އެއްޗެހިތައް ރެޑީކުރޭ އަވަހަަށް. މާދަން ފުރަން ޖެހޭނެއެއްނު.” ކޮޓަރީގައި ފޯނާއި ކުޅެން އޮތް ފަވާޝަތު ކައިރީ އަފްލާހު ބުންޏެވެ. “އާނ.. މި ތެދުވަނީ.” ޒާޔާއަށް ގުޅައިލަމުން ފަވާޝަތު އެނދުން ތެދުވިއެވެ.

“ވަޓް؟؟ ސިންގަޕޯ އަށް ދަނީ؟؟” ފަވާޝަތު ދިން ޚަބަރަކުން ޒާޔާއަށް ޤަބޫލުކުރަން ދަތިވެފައި ހުރެ އަހައިލެވުނެވެ.

“އާނ.. ކިޔަވަންވެގެން މިދަނީ. އިރާދަކުރެއްވިއްޔާ ކިޔެވުން ނިމުނުހާ އަވަހަކަށް ރާއްޖެ އަންނާނަން އިނގެ.”

“އޯކޭ. ހޭވް އަ ސޭފް ޖަރނީ. އައިއްސަ ޓްރީޓް ދޭންވާނެ އިނގޭ.”

“ގައިމެއްނު.”

ފަވާޝަތު ފޯނު ބާއްވައިފައި ނޫމާންމެނަށްވެސް އޭނާ ސިންގަޕޫރަށް ފުރަން އުޅޭކަން މެސެޖަކުން އަންގައިލިއެވެ. އެ އެންމެންވެސް ފަވާޝަތަށް ބާއްޖަވެރި ދަތުރަކަށް އެދި މެސެޖު ފޮނުވިއެވެ. އަދި ޒާޔާ ބުނި ފަދައިން ޓްރީޓް ދިނުމަށްވެސް އެދިފައިވިއެވެ. ފަވާޝަތު ހިނިތުންވެލައިގެން ހުރެ ފޮއްޓަށް އެއްޗެހި އަޅައި ދަތުރަށް ތައްޔާރުވާން ފެށިއެވެ.

ދަންވަރުގެ ވަގުތެވެ. ޒާޔާއަށް ކިރިޔާ ނިދިނިދި އޮއްވައި އިވުނީ އޭނާގެ ކަންފަތް ކައިރިން ފޯނު ރިންގުވާ އަޑެވެ. ކާކުތޯވެސް ބަލައިނުލައި ޒާޔާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “މިރޭ ހާދަ އަނގަ މަޑުވެފަ އިނީ….؟ ބައްޕަ އިނީމަތަ؟” އިވުނީ ލިއަމްގެ އަޑެވެ. ޒާޔާ ފުންމައިގެން އެނދުން ތެދުވެ އެނދުގައި ރަނގަޅަށް އިށީންދެލިއެވެ. ދެލޯ ހުޅުވިފައިވި ގޮތުން އޭނާ ގާތަށް އައިސް ހުރި ގަދަ ނިދިވެސް ފިލައިގެން ގޮސްފިކަން އެނގެއެވެ.

“ހެހެ.. އާނ. ބައްޕަވެސް އެވަރަށް ދިމާކުރޭ. އެހެންވެ އެއްޗެއް ބުނަން ނުކެރިފަ އިނީ.. ލިއަމްމެން ގެއަށް ދިޔައީމަ ހުއްޓޭ ވަރަށް ދިމާކޮށްފަ.” އަޑަށް ފޫހިކަން ގެނުވަމުން ޒާޔާ ބުންޏެވެ. އެކަންވީ ލިއަމް އިތުރަށް ޒާޔާއާއި ގަޔާވި ކަމަކަށެވެ.

“ހަހަހަ.. ޒާޔާގެ ބައްޕަވެސް ގަދައެއްނު.” ލިއަމް ބުންޏެވެ.

އެރޭ ފަތިސް ވަންދެންވެސް ދެމީހުނަށް އޮވެވުނީ ވާހަކަ ދައްކާށެވެ. ވާހަކަ ދައްކަން ފެށިގޮތަށް ވަގުތު ދިޔަ ގޮތްވެސް ދެމީހުނަށް ނޭނގުނީއެވެ.

ހެނދުނު ހަގަޑި ސާޅީސްފަހެއް ވީއިރު ޒާޔާމެން ތިބީ ބަނދަރުމަތީގައެވެ. ފަވާޝަތުއާއި އަފްލާހް ފުރުވަންވެގެން ގުރޫޕު އެންމެންވެސް އައީއެވެ. އެތަނަށް ޖަމީލާވެސް އައިސް ހުއްޓެވެ. ޒާޔާއާއި ގާތުގައި ހުރި ނިހާން ހުރީ ޖަމީލާ ހުރުމުން އެކަމާ ނުރުހުންވެފައެވެ. އެހެނަސް ދެން ޖަމީލާއަކަށް އެއްކަމެއްވެސް ކުރާކަށް ނުކެރޭނެކަން ނިހާނަށް ޔަޤީންވެއެވެ. ނިހާންގެ ބަދަލުގައި ޒާޔާ ޖަމީލާއާއި ދިމާލަށް ބަލައިލެވޭ ކޮންމެ ފަހަރަކު ރީތި ހިނިތުންވުމެއް ޖަމީލާއަށް ހަދިޔާކޮށްލައެވެ. ޖަމީލާވެސް ބަދަލުގައި ރީތި ހިނިތުންވުމެއް ހަދިޔާކޮށްލައެވެ. ނަމަވެސް ނިޤާބް އަޅައިފައިވުމުގެ ސަބަބުން އެކަމެއް މާ ބޮޑަކަށް ނޭނގެއެވެ. ޖަމީލާގެ މޫނު މިއަދު ހާމައަށް ފެންނަން ހުރިނަމަ ޖަމީލާ ހިތްހަމަޖެހިފައި ހުރިވަރު ކޮންމެ މީހަކަށްވެސް ފެނިގެން ދާނެއެވެ.

ލޯންޗު ފުރާގަޑި ޖެހުމުން ފަވާޝަތުމެން ޒާޔާމެނާއި ސަލާމްކޮށްލައިފައި ލޯންޗަށް އެރިއެވެ. ނޫމާން އާއި ހަސްނައިން ހުރީ ފަވާޝަތު ދާތީ ޒާތަކަށް ފޫހިވާގޮތްވެފައެވެ. ފަވާޝަތު ދިއުމުން އެމީހުނަށް ކޮންމެދުވަހަކު ކާން ލިބޭ މީރުމީރު ބަރގާއެއް ދެން ކާން ލިބޭނެހެނެއް އެމީހުނަކަށް ހިއެއްނުވެއެވެ. ކޮންމެ އަކަސް ލޯންޗު ނައްޓައިލުމާއިއެކު ޒާޔާމެން ފަވާޝަތުމެނަށް ހަނާއަޅައިލުމަށްފަހު ގެއަށް ދާން ހިނގައިގަތެވެ.

ފަވާޝަތުމެން ފުރިތާ ތިންވަނައަށް ވީ ދުވަހެވެ. ނޫމާންމެން ގޭގައި އެދުވަހު މެންދުރު ވަރުގަދަ ކެއުންގަނޑެއް ތައްޔާރުކުރަމުން ދިޔައެވެ. މިއަދު އެންމެންވެސް ކުރަމަތި ރިސޯޓަށް ދާތީ އެކަމުގެ އުފަލުގައި އެގޭގައި ވަރުގަދަ ކެއުންގަނޑެއް ތައްޔާރުކުރަނީއެވެ. ޖަމީލާއާއި ޒާޔާއާއި ދެމީހުން ބަދިގޭގައި ޙަރަކާތްތެރިވަމުން ދިޔައިރު ކުދިކުދި ކަންކަމުގައި ނޫމާން އާއި ހަސްނައިންވެސް އެމީހުނަށް އެހީތެރިވަމުން ދިޔައެވެ. ލިއަމް އާއި މަތީންވެސް އެދުވަހު އެގެއަށް އެމީހުންގެ ދަބަސްތައް ހިފައިގެން އައިސް އުޅެއެވެ. އެދެމީހުންގެ ކަމަކަށްވީ ތުއްތު ނިހާ ގޮވައިގެން ސިޓިންގްރޫމުގައި ކުޅެ ސަކަރާތް ޖެހުމެވެ.

ނިހާން ގޭގެ ސިޓިންގް ރޫމުގައި ޚިޔާލަކަށް ގެއްލިފައި އިނެވެ. އޭނާ އިނީ ޒާޔާ އަނެއްކާވެސް ދާތީ އެކަމާ ކަންތައް ބޮޑުވެފައެވެ. އަނެއްކާ ދަތުރު ދާއިރު އަންހެން ކުއްޖަކަށް ހުންނާނީ ހަމައެކަނި ޒާޔާކަމަށްވާތީ އެކަމާ ނިހާން މާބޮޑަށްވެސް ކަންބޮޑުވެއެވެ. ގާތް މީހުނެއްކަމަކު ހުސްވެސް ތިބީ ފިރިހެނުންކަމުން އެމީހުނާއިއެކު ޒާޔާ ފޮނުވާކަށް ނިހާންގެ ހިތެއް އެއްގޮތަަކަށްވެސް ނޭދުނެވެ. ނަމަވެސް ނިހާންގެ ޚިޔާލު ބަދަލުވީ ޖަމީލާވެސް އެ ދަތުރުގައި ބައިވެރިވާކަން އެނގުނީމައެވެ. އަދި ނޫމާންމެން ގޭގައި އުޅޭ ޖެނީވެސް އެދަތުރުގައި ބައިވެރިވެއެވެ. ނޫމާން ވަނީ ފަވާޝަތުމެން ފުރިދުވަހު ނިހާނަށް ޖަމީލާގެ ހުރިހާ ވާހަކަތަކެއް ކިޔައިދީފައެވެ. ޖަމީލާ އިޞްލާޙުވީތީ އެކަމާ ނިހާން އުފާކުރިއެއްކަމަކު އަލުން ޖަމީލާއާއި ގުޅޭކަށް ނިހާން ބޭނުމެއްނުވެއެވެ. އޭނާ އަދިވެސް ހަނދާންވަނީ ޒިޔާނާ މަތިންނެވެ.

ނޫމާންމެންގެއިން ކައިގެން ޒާޔާ ގެއަށް އައީ ނިހާވެސް ގޮވައިގެންނެވެ. “އަނހަ ބައްޕަ ދޫނި.” ނިހާން ސޯފާއިން ތެދުވަމުން އައިސް ނިހާ އުރައިލިއެވެ. ޒާޔާ ހިނިތުންވެލައިފައި ނިހާގެ އެއްޗެހި ހިފައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އިރުކޮޅެއް ނުވެ ޒާޔާ ނިކުތީ ނޫކުލައިގެ ދިގު ހެދުމެއް ލައިގެންނެވެ. އެހާ ގޮތްބޮޑު ނޫނަސް ރީތިގޮތަކަށް އެ ނޫކުލައިގެ ފޮތިގަނޑު ފަރުމާކުރެވިފައި ވެއެވެ. ކޮނޑުކަނޑައިފައި އިން އެ ނޫކުލައިގެ ހެދުމުގައި ޒާޔާ ފެންނަލެއް ވަރަށް ރީއްޗެވެ. އާދައިގެ މަތިން ޒާޔާގެ އިސްތަށިގަނޑު ވަނީ މިނިވަންކަމާއިއެކު ފަހަތަށް ދޫކޮށްލެވިފައެވެ.

“ދަރިފުޅާ.. ހަނދާންކޮށް ކަތިފިޔަވަޅެއް ނާޅާތި އިނގެ. އަބަދުވެސް ޖަމީލާ ދައްތަ ގާތުގަ ހުންނަންވާނީ. ހިނދުކޮޅަކަށްވެސް ޖަމީލާ ދައްތައާ ދުރަށް ޖެހިނުލާތި.. ބައްޕަ ދޭތެރެދޭތެރެއަކުން ގުޅާނަން ނޫމާނަށް. ގުޅާފަ ޚަބަރު ބަލާނަން.” ޒާޔާ އާއިއެކު ސޯފާގައި އިށީންނަމުން ނިހާން ޒާޔާގެ ބޮލުގައި ފިރުމަ ފިރުމައިފައި ވާހަކަދެއްކިއެވެ. އޭނާގެ އަލަތު ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބޭކަށް ނިހާނެއް ނޭދެއެވެ. ނިހާން ދެއްކި ވާހަކަތައް ޒާޔާ ޤަބޫލުކުރިއެއްކަމަކު ޒާޔާ އިނީ ކުޑަކޮށް ނިހާން ދެއްކި ވާހަކަތަކާއިމެދު ހިތްހަމަނުޖެހޭގޮތްވެފައެވެ. “ބައްޕަ ޒާޔާއަށް އިތުބާރު ނުކުރަނީތަ؟” ހިތްހަމަނުޖެހިފައިވިޔަސް ޒާޔާ މަޑުމައިތިރިކަމާއިއެކު ނިހާން ގާތުގައި އަހައިލިއެވެ. “ނޫން.. މިޒަމާނުގަ ކަންތައްތައް ވާގޮތުން ކަންބޮޑުވަނީ. ދަރިފުޅުދެކެ ބައްޕަ ލޯބިވާތީ މިހުރިހާ އެއްޗެއް މިކިޔަނީ ދަރިފުޅު ކައިރީ.” ޒާޔާ ނިހާންގެ އަތުގައި ހިފައިލިއެވެ. އަދި ހިނިތުންވެލަމުން ނިހާންއާއި ދިމާލަށް ބަލައިލިއެވެ. “ބައްޕާ! ޒާޔާ މިދަނީ ހަމަ ކުޑަކުޑަ ވަގުތުކޮޅަކަށް. ހަމަ މިރޭ އަށެއް ޖަހާއިރު ރަށަށް އަންނަގޮތަށް މިދަނީ. ބައްޕަ ހާސްނުވޭ. އިރާދަކުރެއްވިއްޔާ ބައްޕަ ދެރަވާ ކަހަލަ އެއްވެސް ކަމެއް ޒާޔާއެއް ނުކުރާނަން.” ޒާޔާ އެހެން ބުނެ ނިހާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ނިހާން ހިނިތުންވެލައިފައި ޒާޔާގެ ބޮލުގައި އަނެއްކާވެސް ފިރުމައިލިއެވެ.

“ދަނީ އިނގޭ ބައްޕާ.” ނޫމާން ޒާޔާ ބަލައި އައުމުން ޒާޔާ ސޯފާއިން ތެދުވަމުން ބުންޏެވެ. ނިހާން ބޯ ޖަހައިލުމާއިއެކު ޒާޔާ ނިހާ އުރައިލައި އެކުއްޖާއާއި ލޯބިކޮށްލައި ނިހާންގެ އަތަށް ދީފައި ގެއިން ނުކުންނަން ހިނގައިގަތެވެ. ޒާޔާ ދިއުމާއިއެކު ނިހާން ނިހާ އުރައިލައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ.

“މާޝާﷲ.” ޒާޔާ ފެނުމާއިއެކު ހަސްނައިންއާއި ލިއަމްއަށް އެހެން ބުނެލެވުނީ އެއްފަހަރާއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލައި ދެބުމަ ގޮށްޖަހައިލިއެވެ. އެ މަންޒަރު ފެނި ޒާޔާ ގާތުގައި ހުރި ނޫމާން ހުރީ މަޖާވެފައެވެ. “އެކެއްދެކެ ލޯބިވެގަނެގެން އުޅޭ ދެމީހުންކަންނޭނގެ.” ޒާޔާގެ ކަންފަތް ދޮށުގައި ނޫމާން އެހެން ބުނެލުމާއިއެއްކޮށް ޒާޔާ ނޫމާންގެ ކަންފަތުގައި ހިފައި ބާރުކޮށްލިއެވެ. “އާއި.. އައްދިއްޔޯއި.” ކަންފަތުގައި ފިރުމައިލަމުން ނޫމާނަށް އެހެން ބުނެވުނީ ކަންފަތުން ނަަގަމުން ދިޔަ ތަދެއްގެ ސަބަބުންނެވެ. ޒާޔާ އޭނާގެ ކަންފަތުގައި ހިފީ އެހާވެސް ބާރަށް ވިއްޔާއެވެ.

ހަވީރު ހަތަރެއް ޖަހަންވީއިރު އެންމެންވެސް ތިބީ ބަނދަރުގައެވެ. ލޯންޗުގެ ކައްޕި ގޮވައިލުމާއިއެކު ފަހަރަކު ދެމީހަކު ލޯންޗަށް އަރަން ފެށިއެވެ. ލިއަމް އާއި މަތީންއެވެ. ނޫމާން އާއި ހަސްނައިން އެވެ. ޒާޔާއާއި ޖަމީލާއެވެ. އެ ހަމީހުން ނޫނަސް އެ ލޯންޗުގައި އެހެން ބަޔަކުވެސް ތިއްބެވެ. ހީވާގޮތުން އެއީ ރިސޯޓުގެ ބޮޑުންތަކެވެ.

ކޮންމެއަކަސް މަޑު ދުވެއްޔެއްގައި ލޯންޗު ނެރުން ބޭރުކުރުމަށްފަހު ލޯންޗުގެ ސްޕީޑު ބާރުކޮށްލިއެވެ. އެވަގުތު ލިއަމްގެ ނަޒަރު ބޭރުން ފެންނަން އޮތް ކަނޑާއި ދިމާއަށް ނަޒަރު ހުއްޓައިލައިގެން އިން ޒާޔާއަށް އަމާޒުވިއެވެ. ލޯންޗު އެދުއްވާ ބާރު ސްޕީޑުގައި ޖެހޭ ގަދަ ވައިން ޒާޔާގެ އިސްތަށިގަނޑު ވިހުރިލާ މަންޒަރު ވަރަށް ހިތްގައިމެވެ. ޒާޔާ ހިނިތުންވެލައިގެން އިން މަންޒަރު ފެނި ލިއަމްއަށްވެސް ހުވަފެނީ ގޮތަކަށް ހިނިތުންވެލެވުނެވެ.

ބައިގަޑިއިރުގެ އަމާން ދަތުރަކަށްފަހު ލޯންޗު ކުރަމަތި ރިސޯޓަށް ލަފައިފިއެވެ. ވެލިގަނޑުގައި ފައި ޖެހުމާއިއެކު ޒާޔާ އެންމެ ފުރަތަމަވެސް އޭނާގެ ފޯނުގެ ކެމެރާ ކުރިމަތިން ފެންނަން އޮތް ރީތި މަންޒަރަށް އަމާޒުކޮށްލިއެވެ. ނޫމާންމެންވެސް އެމީހުންގެ ފޯނުތަކުން ރިސޯޓުން ފެންނަމުން ދިޔަ ރީތި މަންޒަރުތައް ފޮޓޯނަގަމުން ދިޔައެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިން އެންމެންގެ ހިތްތަކަަށް ހަަމަޖެހުން ގެނުވައިދެމުން ދެއެވެ. ޖެހޭ ވަޔާއިއެކު އެމީހުންގެ ސިކުނޑިތަކުގައިވާ ބޭކާރު ޚިޔާލުތައްވެސް ވަޔާއިއެކީ އުދުހިގެން ދާ ކަހަލައެވެ. އެހާވެސް ބޮޑަށް އެމީހުން ތިބީ ހިތްހަމަޖެހިފައެވެ.

ހަވީރުގެ ހިތްގައިމު ވަގުތު ޒާޔާމެން ދިޔައީ ރިސޯޓުގެ އެކިއެކި ތަންތަން ބަލައިލައި ހިނގައިލުމަށެވެ. ޒާޔާ އާއި ލިއަމް އާއި އެކުއެކީ ހިނގަމުން ދިޔައިރު ޖަމީލާ ދިޔައީ ނޫމާންމެނާ އެކީގައެވެ. ޒާޔާ ޖަމީލާ ގާތުގައި ލިއަމްއާއިއެކީ ދަންހޭ އަހައިލުމުން ޖަމީލާ އެކަމަށް ހުއްދަ ދިނީ އެދެކުދިން ގޯސްގޮތަކަށް ނޫޅޭނެކަން އެނގޭތީއެވެ. އެކަން އެނގުނަސް ދޭތެރެއަކުން ޖަމީލާ ޒާޔާމެނާއި ދިމާލަށް ބަލައިލައެވެ. އެއީ އޭނާގެ ޒިންމާއެއް ކަމުގައި ދެކިގެން ޖަމީލާ ޒާޔާއަށް ވަރަށް ބަލައެވެ. ނިހާއެކޭ އެއްފަދައިން ޒާޔާއަށްވެސް ދެރަގޮތެއްވާކަށް ޖަމީލާއެއް މިހާރަކު ނޭދެއެވެ.

އެންމެން ބީޗުގައި އިށީންދެލައިގެން ތިއްބައި ނިހާން ނޫމާނަށް ގުޅައިލިއެވެ. ނިހާން އެންމެ ފުރަތަމަވެސް އަހައިލީ ޒާޔާ ކޮބައިތޯއެވެ. ނޫމާން ޒާޔާ އެބައިން ކަމަށް ބުނުމުން ނިހާން އެދުނީ ޒާޔާއަތަށް ފޯނު ދިނުމަށެވެ. ނޫމާން ޒާޔާއަތަށް ފޯނު ދިނުމުން ޒާޔާ ނިކަން ހެވިފައި އިނދެ ނިހާނާއި ވާހަކަ ދައްކަމުން ދިޔައެވެ. ލިއަމްވެސް ނިހާނާއި ކުޑަކޮށް ވާހަކަ ދައްކައިލައިފައި ނޫމާން އަތަށް ފޯނު ދިނެވެ.

އިރުއޮއްސުނުއިރުވެސް އެމީހުން ތިބީ ބީޗު ސަރަހައްދުގައެވެ. ރަށާއި ޚިލާފަށް އިރުއޮއްސޭއިރު އެތާ ބީޗުގައި މީހުން ގިނަ އަދަދަކަށް ޙަރަކާތްތެރިވަމުން ދެއެވެ. ގިނައީ ރާއްޖެއަށް އައިސް އުޅޭ ފަތުރުވެރިންނެވެ. ލިއަމް އާއި ޒާޔާ އައިސްކްރީމް ބޮމުން ދިޔައިރު ދޭތެރެއަކުން ދެމީހުން އެކަކު އަނެކަކާ ސަމާސަކޮށްލާ ހަދައިލައެވެ. އެމަންޒަރު ބަލަން ޖަމީލާ ހެވިފައި އިނެވެ. ނޫމާންމެން އެމީހުންގެ އަމިއްލަ ވާހަކަތަކެއްގައި އެތާ އައިސްކްރީމް ބޯން ތިއްބެވެ.

ޒާޔާ ހެމުން ހެމުން އޭނާގެ ކަނާތްފަރާތަށް ބަލައިލެވުމާއިއެކު ތަންކޮޅެއް ދުރުން ފަނޑު އައްޔެއް ޒާޔާއަށް ފެނުނެވެ. ޒާޔާއަށް އެއީ މަލައިކާ ކަން ނަގައިގަންނާކަށް އެހާ ގިނަ ވަގުތެއް ނުނެގިއެވެ. “ލިއަމް.. އަހަރެން އެބަ އަންނަން އިނގެ.” ލިއަމް އަތަށް ޒާޔާގެ އައިސްކްރީމް ތަށި ދެމުން ޒާޔާ އެތަނުން ތެދުވިއެވެ. “އޭ މަޑުކޮށްބަލަ. ކޮންތަނަކަށް ތި ދަނީ؟” ޒާޔާ ދާން ހިނގައިގަތުމާއިއެކު ޒާޔާގެ އަތުގައި ހިފަހައްޓަމުން ލިއަމް އަހައިލިއެވެ. “ލިއަމް.. ޒާޔާ އެބައަންނަމޭ އެކޮޅަށް ގޮސްލާފަ. އައި ވޯންޓް ޓު ބީ އެލޯން ފޯރ އަ ލިޓްލް ވައިލް. ޕްލީޒް..” ޒާޔާ ދެރަވާކަމަށް ހެދެމުން ބުންޏެވެ. ލިއަމްވެސް އެންމެ ފަހުން ޒާޔާއާއި ދޭތެރޭ ޙަމްދަރުދީވެގެން ޒާޔާގެ އަތުން ދޫކޮށްލިއެވެ. ޒާޔާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ލިއަމް އިނުމަށްފަހު އޭނާ ތެދުވެގެން ގޮސް ޖަމީލާމެން ގާތުގައި އިށީންދެލިއެވެ.

“އޭ.. ޒާޔާ ކޮންތަނަކަށް އެ ދިޔައީ؟” ލިއަމް އައިސް އިށީނުމުން މަތީން އަހައިލިއެވެ. “އޭނަ އެކަނި އިރުކޮޅަކު ހުރެލަން ބޭނުންވަނިއްޔޯ.. މަށަށް ހީވަނީ މާޒީ މަތިން ހަނދާންވެގެން އެކޮޅަށް ގޮސްލީހެން.” ލިއަމް އެ ބުނެލި ޖުމުލައިން ޖަމީލާގެ ދެލޮލުން ބޭއިޚުތިޔާރުގައި ކަރުނަ އޮހޮރިގަތެވެ. އެވަގުތުވެސް އޭނާއަށް ކުރެވުނު ކަންތައް އިއްޔެވީކަމެއް ފަދައިން ޖަމީލާގެ ހަނދާނަށް އަންނަމުން ދިޔައެވެ. ނޫމާންމެނަށް އެކަން ފާހަގަވެދާނެތީ ޖަމީލާ އަވަސްއަވަހަށް އޭނާގެ ދެލޯ ފުހެލައިފައި އޭނާގެ ފޯނާއި ކުޅެން ފެށިއެވެ.

އަލިގަނޑު ފާޅުވާން ހުރި ހިސާބަަށް ދެވުނުއިރު އެ ދިމާލުގައި އެއްވެސް މީހަކު ނެތެވެ. ޒާޔާ އެތާ މަޑުކޮށްލުމާއިއެކު މަލައިކާ އެތަނަށް ފާޅުވެއްޖެއެވެ. ކުރިއާއި ޚިލާފަށް މަލައިކާ ފެންނަން ހުރީ ވަރަށް ބަލި ގޮތަކަށެވެ. ބިންމަތީގައި މަލައިކާގެ ދިގު އިސްތަށިގަނޑު ކޭއްތިފައި އޮޮތްއިރު މަަލައިކާ ލައިގެން ހުރި ދިގު ރަތްކުލައިގެ ހެދުމުގެ ސަބަބުން މަލައިކާ މާ ދޮންކަމަށް ދައްކައެވެ. ހާމައަށް ފެންނަން ހުރި މަލައިކާގެ ދެއަތުގައި ހުރި ރޮނގުތަކުން މަލައިކާ މާ ބޮޑަށްވެސް ބަލިވެފައިވާކަން ޒާޔާއަށް އެނގުނެވެ.

“މަލައިކާ.” މަލައިކާ ގާތަށް ގޮސް މަލައިކާގެ ދެ އަތުގައި ހިފައިލަމުން ޒާޔާ އަސަރުން ފުރިފައިވި އަޑަކުން މަަލައިކާއަށް ގޮވައިލިއެވެ. އޭރު މަލައިކާ ބަލިގޮތަކަށް ޒާޔާއަށް ބަލައިލިއެވެ. އަދި ގަދަކަމުން ހިނިތުންވެލެވޭތޯ ބެލިއެވެ. “މީ ޒާޔާމެން ރަށް ނޫން އެހެން ތަނަކަށް އައީމަ އަހަންނަށް ވީ ގޮތް.” ބަލި ގޮތަކަށް މަލައިކާ ބުންޏެވެ. “ދެން ކީއްކުރަން ތި އައީ؟” ޝަކުވާގެ ރާގަކަށް ޒާޔާ އަހައިލިއެވެ. “އަހަރެން ދާން އުޅޭތީ އެ ޚަބަރު ޒާޔާއަށް ދޭންވެގެން މިއައީ. އަހަރެންގެ ބައްޕަ އިރުކޮޅަކުން އަންނާނެ އަހަރެން ބަލައި. އަހަރެންގެ ބައްޕައާ ބައްދަލުކޮށްލާފަ ޒާޔާ ދާންވާނީ އިނގެ.” ކުރިއަށްވުރެވެސް ބަލިގޮތަކަށް ޒާޔާ ބުންޏެވެ. ޒާޔާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. މަލައިކާ އެތަނުން ވެއްޓިދާނެހެން ހީވާތީ ޒާޔާ ކުރިއަށްވުރެވެސް ބާރަށް މަލައިކާގެ އަތުގައި ހިފަހައްޓައިލިއެވެ.

އިރުކޮޅެއްނުވެ މަލައިކާއާއި ދާދި ކައިރިން އައްޔެއް ފާޅުވިއެވެ. އެ އަލި ޒާޔާގެ ލޮލަށް އެޅުމުން ޒާޔާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އަލިގަނޑު ތަންކޮޅެއް މަޑުވެއްޖެހެން ހީވެގެން ޒާޔާ މަޑުމަޑުން އޭނާގެ ދެލޯ ހުޅުވައިލިއެވެ. އޭރު ހުރީ ޖިންނިއެއްގެ ސޫރައިގައި ހުރި ބިޔަ ފިރިހެނެކެވެ. ޒާޔާ ނުތަނަވަސްވެ ބިރުގަތެއްކަމަކު މަލައިކާ ހުރުމުން ޒާޔާއަށް ކޮންމެެވެސް ވަރެއްގެ ރައްކާތެރިކަމެއް އިޙުސާސް ކުރެވުނެވެ.

“ދަރިފުޅާ.” ޒާޔާގެ އަތް މަލައިކާ ގައިން ނައްޓުވައިލަމުން މާލިކު މަލައިކާ އޭނާއާއި ގާތަށް ގެނައެވެ. މާލިކު ހީކުރީ މަލައިކާއަށް އެހެން އެވީ މަލައިކާ ގާތުގައި އެހެރަ ‘ނުބައި’ އިންސާނާގެ ސަބަބުންކަމަށެވެ. މަލައިކާ ބިރުން ދުއްވައިގަންނަން އުޅުމުން މަލައިކާ ވަރަށް ބާރަށް ޒާޔާއަށް ގޮވައިލިއެވެ. ޒާޔާއަށް ވަގުތުން އެހުރިތާ ހުއްޓެވުނެވެ.

“ބައްޕާ.. އެއީ ޒާޔާ. އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ. އަހަންނަށް މިހެން މިވީ އޭނަގެ ސަބަބުންނެއް ނޫން. އަހަރެން އޭނަގެ ރަށުން އެހެން ތަނަކަށް އައީމަ އަހަންނަށް މިހެންވެފަ މިހުރީ…. ޒާޔާ. އާދޭ ބައްޕައާ ސަލާމްކޮށްލާފަ ދާން.” މަލައިކާ ގޮވައިލުމާއިއެކު ޒާޔާ މަޑުމަޑުން ފަސްއެނބުރި ބަލައިލިއެވެ. ޒާޔާއަށް ބަލައިލެވުނީ މާލިކުގެ މޫނަށެވެ. މާލިކު ހުރީ ހިނިތުންވެލައިގެންނެވެ. ޒާޔާ މަޑުމަޑުން ހިނގައިލައިފައި ގޮސް މަލައިކާ ގާތުގައި ހުއްޓުނެވެ. އޭރު މާލިކު ޒާޔާއާއި ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ނުކެރިފައި ހުރެވެސް ޒާޔާ މާލިކު އާއި ސަލާމްކޮށްލިއެވެ. މާލިކުގެ އެ އާދަޔާ ޚިލާފު އަތުގައި އޭނާގެ އަތް ބީހިލުމުން ޒާޔާއަށް ހީވީ ތެޅިގަލުގައި އޭނާގެ އަތް ބީހިލިހެނެވެ.

“ޒާޔާ.. ހިތްހެޔޮ ކުރާތި! އަހަރެން މި ދަނީ ދާން… އަނ. މިއޮތީ ކެވެލިކޮޅެއް. މި ކެވެލިކޮޅު ޒާޔާގެ ފައިގަ އަޅުވާލާ. ދުރުގަ ދެމީހުން ހުއްޓަސް ދެމީހުނަށް ވާހަކަދެއްކެން އޮތް ގޮތަކީ މީ. ތީތި ފެނުގަ ޖެހުނަސް އެހެން އެއްޗެއްގަ ޖެހުނަސް ގޮތެއް ނުވާނެ އިނގެ. ތިއަކީ ގެއްލޭނެ އެއްޗެއް ނޫން. ފަހަރުގަ ޒާޔާއަށް ގެއްލިދާނެ. އެކަމަކު ތީތި ޒާޔާއަށް ނޭނގި ޒާޔާގެ ފަޔާ ވަކިވާ ކޮންމެ ފަހަރަކު ތި ކެވެލިކޮޅު އަހަންނާ ހަމައަށް އަންނާނެ.. ވަރަށް ސަލާމް.” ޒާޔާގެ އަތަށް ކެވެލިކޮޅެއް ދެމުން މަލައިކާ ބުންޏެވެ. ޒާޔާ އޭނާގެ އަތުގައި އޮތް ކެވެލިކޮޅަށް ބަލައިލިއެވެ. އަދި ހިނިތުންވެލަމުން މަލައިކާ އާއި މާލިކުއަށް ބަލައިލައިފައި އެދެ ޖިންނީންނަށް ހަނާ އަޅައިލިއެވެ. ދެ ޖިންނީންވެސް ޒާޔާއަށް ހިނިތުންވެލައިގެން ހުރެ ޒާޔާއާއި މަޑުމަޑުން ދުރަށް ޖެހެން ފެށިއެވެ. ދުރަށް ޖެހެމުން ޖެހެމުން ގޮސް އެންމެ ފަހުން އަލިގަނޑަކާއިއެކު ދެ ޖިންނީން އެހުރިތަނުން ގެއްލުނެވެ.

މަލައިކާމެން ދިޔުމާއިއެކު ޒާޔާ އޭނާގެ އަތުގައި އޮތް ކެވެލިކޮޅަށް ބަލައިލިއެވެ. އޭތި އޭރު ރަން އައްޔަކުން ދިއްލިދިއްލި އޮތެވެ. މަލައިކާ ބުނި ބަހަށް އިތުބާރުކޮށް ޒާޔާ އެތާ އިށީނދެފައި އޭނާގެ ކަނާތު ފައިގައި އެ ކެވެލިކޮޅު އަޅުވައިލިއެވެ. ކުޑަވަރެއްގެ ތަދެއް އިޙުސާސްވިޔަސް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އެ ތަދު ފިލައިފިއެވެ. ޒާޔާ ތެދުވެ އޭނާއަށް ހިނގެނީވެސް ރަނގަޅަށްތޯ ބަލައިލިއެވެ. އެއީ އެހެން މަޚުލޫޤެއް ދިން އެއްޗަކަށް ވާތީ އެ އެއްޗެހީގައި އާދަޔާ ޚިލާފު ގޮތްތަކެއް ހުންނާނެކަން މަލައިކާއަށް އިނގޭތީއެވެ. ފަހަރުގައި އޭނާއަށް އެ އަޅައިގެން ރަނގަޅަށްވެސް ނުހިނގިދާނެތީއެވެ. ނަމަވެސް މިހާރު އެ ފައިގައި އަޅައިލައިފައިވާއިރު ހީވަނީ ހަމަ އާދައިގެ ކެވެލިކޮޅެއް ފައިގައި އަޅުވައިލެވިފައިވާހެންނެވެ. ޒާޔާ އެއްފަހަރު މަލަައިކާމެން ދިޔަ ދިމާލަށް ބަލައިލައިފައި ހަސްނައިންމެން ތިބިތަނާއި ދިމާލަށް ދާން ހިނގައިގަތެވެ.

ޢިޝާ ނަމާދަށް ބަންގި ގޮވުމުން އެންމެންވެސް ދިޔައީ ރިސޯޓުގައި ހަދައިފައި ހުރި މިސްކިތާއި ދިމާލަށެވެ. ޖަމީލާމެން ދިޔައީ އެތަނުން ރޫމްބޯއީއެއް ދެއްކި ރޫމަކަށެވެ. ޖަމީލާ ނަމާދުކޮށް ނިންމައިގެން އޭނާ އަޅައިގެން ހުރި ބޮޑު ބުރުގާ ބަައިލައި ޒާޔާއަތަށް ދިނީ ޒާޔާއަށް ނަމާދުކުރާނެ އެއްޗެއް ނުގެނެވުނީތީއެވެ. އަދި ޖަމީލާ އަރައިގެން ހުރި އިސްޓާކީނުވެސް ޒާޔާއަށް ދިނެވެ. ޒާޔާ ނަމާދުކޮށް ނިމެންދެން ޖަމީލާ އިނީ އެނދުގައި އޭނާގެ ފޯނުން ޤުރްއާން ކިޔަވާށެވެ.

އެންމެންވެސް ނަމާދުން ނިމުމުން ދެން ދިޔައީ ރިސޯޓުގައި ހަދައިފައި ހުރި ފެންވަރުގެ ރެސްޓޯރެންޓަކަށެވެ. އެތަނުން ޒާޔާމެން ހިތްހަމަޖެހޭވަރަށް ކައިގެން ދިޔައީ ލޯންޗު ބަނދަރުކޮށްފައި އޮތް ސަރަޙައްދަށެވެ.

އުފާވެރި ދަތުރަކަށްފަހު އެންމެނަށްވެސް އެރޭ ރަށަށް އާދެވިއްޖެއެވެ. އޭރު ނިހާން ނިހާ ގޮވައިގެން ބަނދަރުގައި ހުއްޓެވެ. ނިހާއަށް ޖަމީލާ ފެނުމާއިއެކު ނިހާންގެ އަތުތެރެއިން ދެމިގަންނަން އުޅުނެވެ. ނިހާން ހެވިފައި ހުރެ ނިހާ ބިންމައްޗަށް ދޫކޮށްލުމުން ލޯބިކޮށް ދުވެލައިފައި ގޮސް ޖަމީލާގެ ހެދުމުގައި ހިފައިގަތެވެ. “މަންމަ ދޫނީ.” ޖަމީލާ ނިހާ އުރައިލަމުން ނިހާގެ ކޮލަށް ބޮސްދިނެވެ. ޒާޔާވެސް ޖަމީލާ ގާތަށް ޖެހިލަމުން ނިހާ ގެ ކޮލުގައި ހިފައިލިއެވެ.

“ކޮބާ ދަރިފުޅާ؟ ދަތުރު ކިހިނެތް؟ މަޖާތަ؟” ޒާޔާ ނިހާން ގާތަށް އައުމުން ނިހާން ހިނިތުންވެލައިގެން ހުރެ ޒާޔާ ގާތުގައި އަހައިލިއެވެ. “ސަޅި ވަރަށް. ޒާޔާމެން ހަމަ ތަންތަން ބަލައިލައި ހަދާލީ. ދެން ތިބީ ބީޗްގަ. އެކޮޅުން ކައިގެން މިއައީވެސް.”

“ހާދަ ލާރިއެއް ދާނެއޭ ދޯ!”

“ނޫމާން އަތުން.”

“އޭނ..؟ ތިބުނީ؟” ޒާޔާ ބުނި ޖުމުލައިން ނަގަންވީ މާނައެއް ނިހާނަކަށް ނޭނގުނެވެ.

“ނޫމާން އޭ ހުރިހާ ކަމަކަށް ޚަރަދުކުރީވެސް. އަހަރުން އަތުން އެންމެ ލާރިފޮއްޗެއް ދިޔަކަ ނުދިން.”

“އޭނަގެ އެ ހުންނަނީ ހަމަ އޭނަގެ ބައްޕަގެ ގޮތްގަނޑު. ހެހެ.”

އުސްމާން ބަނދަރަށް އައުމުން ޖަމީލާ އުސްމާންއާއިއެކު ނިހާ ގޮވައިގެން ގެއަށް ދިޔައެވެ. ނޫމާންމެން ގެއަށް ދިޔައީ އިރުކޮޅެއް ވަންދެން ބަނދަރުގައި އެނަރޖީ ޑްރިންކް ދަޅުތަކެއް ބޯން ތިބެފައެވެ.

ޒާޔާ ގެއަށް ގޮސް އެންމެ ފުރަތަަމަވެސް ތާޒާވެލީއެވެ. ބައްޕަ ނުކައި ހުރީތީ ބައްޕައަށް ކާން ތައްޔާރުކޮށްދީފައި ޒާޔާ ސިޓިންގް ރޫމުގައި އިނެވެ. އެވަގުތު އޭނާގެ ފޯނަށް ނޮޓިފިކޭޝަނެއް އައެވެ. ‘ޒާޔާ. ޓޭކް ކެއަރ. މިރޭ ފުރާ ދޯނިން މާލެ ދާން މިއުޅެނީ. ހޯޕް ޓު ސީ ޔޫ ސޫން.. އޯލްވޭސް ރިމެމްބަރ.. ލިއަމް ވިލް ބީ އޯލްވޭސް ދެއަރ ވިތް ޔޫ އީވޭންދޯ އައިމް މައިލްސް އަވޭ ފްރޮމް ޔޫ..’ ލިއަމް ފޮނުވައިފައި އިން މެސެޖު ކިޔައިލެވުމާއިއެކު ޒާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ނިވައިލައި މޭގައި ޖައްސައިލުމަށްފަހު ޒާޔާ ބަދިގެއަށް ވަންނަން ދިޔައެވެ.

“ދަރިފުޅު ދެން ދޭ ޖައްސާލަން އިނގެ. ބައްޕަވެސް މިދަނީ ނިދަން ކަމަށް.” ޒާޔާ އާނއެކޭ ބުނުމުން ނިހާން ބަދިގެއިން ނުކުތެވެ. ޒާޔާ ތަށިތަކާއި އެއްޗެހި ދޮވެ ނިންމައިލައި ބަދިގެ ނިވައިލުމަށްފަހު ސިޓިންގް ރޫމަށް ނުކުތެވެ. ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ޒާޔާ ދިޔައީ ބޭރުގައި ހުރި އުނދޯއްޔާއި ދިމާލަށެވެ. އުނދޯލީގައި އިށީންދެވުމާއިއެކު އޭނާގެ ދޮން ފައިތިލައާއި ދިމާލުން ކެވެލިކޮޅު ދިއްލޭ މަންޒަރު ޒާޔާއަށް ފެނުނެވެ. ޒާޔާ ކެވެއްޔާއި ދިމާލަށް ބަލައިލުމާއިއެކު އޭނާއަށް އެ ކެވެލިކޮޅުގައިވި ކުޑަކުޑަ ތަންކޮޅަކުން މަލައިކާގެ ސޫރަ ފެނުނެވެ. “މަލައިކާ.” ޒާޔާއަށް މަޑުމަޑުން މަލައިކާގެ ނަން ކިޔައިލެވުނެވެ. މަލައިކާ ހިނިތުންވެލިއެވެ. “ޒާޔާ… އަހަރެން ދުރުގަވިޔަސް އަބަދުވެސް ހަނދާންކުރާތި… ދިމާވާ ކޮންމެ ކަމަކަށް ހިތްވަރާއި ކެތްތެރިކަމާއެކު ކުރިމަތިލާތި. އޭރުން އިންޝާﷲ ޒާޔާ ވަރަށް ކާމިޔާބު މީހަކަށް ވާނެ… މިހާރުވެސް ތީ ކާމިޔާބު މީހެއް. ތީ މާތް އިންސާނެއް. ތީ ހިތްހެޔޮ ހިތްތިރި އިންސާނެއް. ތީ.. ޒާޔާ..” މަލައިކާ ޒާޔާއަށް ނަޞޭޙަތްދެމުން ތަޢުރީފުކޮށްލިއެވެ. ފައިގައި އެޅުވިފައިވި ކެވެލިކޮޅު ނިވުމާއިއެކު ޒާޔާ އުނދޯލިން ތެދުވިއެވެ. މަލައިކާ ބުނެލި ބަސްތަކާއިމެދު އުފާވެފައި ހުރެ ޒާޔާ ގޮސް ކޮޓަރިއަށްވަނެވެ.

ދިރިއުޅުމުގައި ދިމާވި އެތައް އަޑިގުޑަންތަކަކާއި ޒާޔާ ކުރިމަތިލައިފިއެވެ. ނުބައި ބައެއްގެ ދަލުގައި ޒާޔާ ޖެހި އެންމެ ފަހުން އެމީހުން އިޞްލާޙުވެ ޒާޔާވެސް ސަލާމަތްވެއްޖެއެވެ. ގަސްދުގައި އެބަޔަކު ޒާޔާގެ އަބުރާއި އިއްޒަތް ގެއްލުވައިލިއިރު މިހާރު އެ އަބުރާއި އިއްޒަތް އަލުން އަނބުރައި ޒާޔާއަށް ލިބިއްޖެއެވެ. އިރާދަކުރެއްވިއްޔާ ދުނިޔޭަގައި ދިރިހުރެ ޒާޔާއަށް އިންސާފު ލިބިއްޖެއެވެ. ދުނިޔެމަތިން މުޅިން ފޫހިނުވަނީސް ޒާޔާއަށް އަނެއްކާވެސް އުޖާލާވި ޙަޔާތެއް ލިބިގެން ހިނގައްޖެއެވެ. މަލައިކާ އެބުނީ ތެދެކެވެ. ހިތްވަރާއި ކެތްތެރިކަމާއިއެކު ދިމާވާ ކޮންމެ ކަމަކާ ކުރިމަތިލައިފިނަމަ އެމީހަކީ ކާމިޔާބު ވެގެން ދާނޭ މީހެކެވެ. މަލައިކާ ބުނި ފަދައިން އެއީ ކާމިޔާބު މީހެކެވެ. އެއީ މާތް އިންސާނެކެވެ. އެއީ ހިތްހެޔޮވެފައި، ހިތްތިރި އިންސާނެކެވެ. އެއީ ޒާޔާއެވެ.

(ނިމުނީ)

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ނޭދެމޭ ވަކިވުމެއް-20

Next

ދޫކޮށްނުލާނަމޭ ކަލާ – 02

Next
October 20, 2020

ދޫކޮށްނުލާނަމޭ ކަލާ – 02

Previews
October 20, 2020

ނޭދެމޭ ވަކިވުމެއް-20

48 Comments!

  1. Dhonthy says:
    October 20, 2020 at 6:59 pm

    Salaam dear readers 😀 😀 😀 Here is the last episode of my second story Zaayaa 😀 😀 😀 How’s it??? I hope all of you enjoyed this story.
    Special thanks to my family <3 <3 <3 <3 Readers au es vvv bodau thank you <3 <3 <3 <3 Mi story fb ga share kolli hurihaa readers au es vvvv bodau shukuriyya.. <3 <3 <3 <3 <3 Mi story liyumau alhugan'dau support dhin hurihaa readers aa mi story au comment kolli hurihaa readers au VVVVV BODAU SHUKURIYYAA 😀 😀 😀 😀 😀 <3 <3 <3 <3
    Unmeedhukuran mi vaahakain rangalhu ibratheiy kiyuntherinnau libunu kamau. I also got a great moral. 😀 😀 😀
    Insha Allah. adhi es ehn vaahaka aaieku enmehaa kiyuntherinnaa badhdhaluvelumuge unmeedhuga thiya enmehaa kiyuntherinnaai vakivelaanan. Site ge Admin au es mi furusathuga Shukuru adhaakollan beynun 😀 Shukuriyyaa Admin <3 <3 <3 <3
    Enjoy reading and leave a comment! 😀 😀 😀 Love you all my dear readers 😀 😀 <3 <3 <3 <3 I'm gonna miss you all <3 <3 <3 <3 <3 Take care everyone 😀 😀 Baajjaveri reygan'dakau edhen 😀 😀 <3 <3 <3

  2. R¥N says:
    October 20, 2020 at 7:00 pm

    Ryn 1 yeyyy ❤️

    1. Dhonthy says:
      October 21, 2020 at 8:11 pm

      Congratulations R¥N ?

  3. R¥N says:
    October 20, 2020 at 7:06 pm

    Dhonthyyyyy ???????????????????????????Maasha Allah last part vx v furihama ???????????????????????vvv rangalhu ibratheh mi vaahaka Inn libigen gossi.. ??????????????????????????????????keep it up ??????????????????????????dhonthy ge new Stry eh V avahah kiyaalan libeyne kamah unmeedhu kuran ????????????????????????????????I’m gonna miss you so so so much dhonthy ????????????????????????Lve u so much ????????be safe ????????????????????????????????

    1. Dhonthy says:
      October 21, 2020 at 8:14 pm

      RYN ? ? ? Thank you so much RYN. For this beautiful and colourful comment ? ? ? vv ufaawejje ? Stay safe ryn. Love you too and stay safe. ? ? ? <3 <3

  4. ❤️shyn❤️ says:
    October 20, 2020 at 7:08 pm

    Alheyyy nimuneetherrrr ???…. V. Reethi mi prt vx ❤️❤️❤️❤️❤️varah Bodu iburatheh libigen gohsi mi vaahaka innnn ❤️❤️❤️V. Miss vaane dhn dhonthy mathinnn ❤️❤️❤️❤️❤️????Lve u dhonthyyyyyyy ❤️❤️❤️❤️❤️❤️❤️

    1. Dhonthy says:
      October 21, 2020 at 8:16 pm

      Shyn ? ? ? Thank you so much. ? ? Will miss you ? ? Love you too friend <3 <3 <3

  5. ?LamHaa? says:
    October 20, 2020 at 7:51 pm

    Wow mi story v reethi..❤️❤️❤️ Feshunee sure nimendhen vx hama kiyan comment nukuriyas.. Enme fahun story vx nimunee Dhw.. ?Heevx nukoh huhtta story nimuneema Sihssaigen dhiyaee.. ?Hehe.. Sis ge Ehn story eh vx V avahah kiyaalan libeyne Kamah unmeedhu kuran.. Adhi eh fahru bunelan othy Maasha allah v v v reethi mi story❤️❤️❤️❤️❤️

    1. Dhonthy says:
      October 21, 2020 at 8:18 pm

      LamHaa ? ? ? Thank you so much for this beautiful and supportive comment. Yes story es mi nimunee Al’hamdhulillah. ? ? ? ? And yes Insha Allah ehn story eh es adhi kiyaalan libeyne Inge ? ? ? Once again thank you so much LamHaa ? <3 <3 <3 <3 <3 <3 <3

  6. s.n.o.w.f.l.a.k.e Maash says:
    October 20, 2020 at 8:38 pm

    Wow varah reethi maasha Allah ??? now I’m a writer too… Dhonthy ge aa vaahaka thakeh kiyan libyny kamah ummeedhukuran???

    1. Dhonthy says:
      October 21, 2020 at 8:23 pm

      Maash ? ? ? Thank you. Wow. Glad to hear that. I hope you can write stories better than me. ? ? ? ? Best of luck dear.

  7. Lee says:
    October 20, 2020 at 8:39 pm

    Alheyyy nimuneetha?? varah reethi mi prt . Varah bodu iburatheh libigen gohsi mi vaahaak innn ❤❤❤I miss you dhonthyyyy ?❤❤

    1. Dhonthy says:
      October 21, 2020 at 9:59 pm

      Lee ? ? ? Yes. Story nimunee mi. Anyways, thank you ? will miss you too dear reader ? ? ? <3 <3 <3 <3

  8. Flame Gurl says:
    October 20, 2020 at 8:39 pm

    niceeeeee…. so sad coz thi stry ended 🙁 but waitin for ur another stry. take care dear

    1. Dhonthy says:
      October 21, 2020 at 10:01 pm

      Flame Gurl ? ? ? Thank you. And don’t be sad. Adhi libeyne ehn vaahaka eiy kiyaalan inge ? ? ? ? ? Take gud care

  9. JUSTICE says:
    October 20, 2020 at 10:26 pm

    Alheyyy… ninmaalythrr?????????????sad…. Alheyyy liyam ah zaayaa libunama haadha reethivyheyy dhonthiiiii….?????????? anyways vhk ham v reethi Masha Allah..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????❤❤❤❤❤❤❤❤?❤?❤?❤❤?❤?❤?❤dhonyhiyge ithuru vhk eh v avahah kiyaalan libeyne kameh ummydhykuran.. thibaa ah barakaaiylahvaashi.. Aameen Yaarahbal Aalameen????????? tc.. c u soon … stay home stay safe????????

    1. Dhonthy says:
      October 21, 2020 at 10:03 pm

      JUSTICE ? ? ? Thank you for this long, supportive and colourful comment. It really means a lot ? ? ? ? May Allah bless you. Stay home. Stay safe. Take care and see you soon ? ? ? ? ? ?

  10. ??? says:
    October 20, 2020 at 10:35 pm

    Mi vaahakaige ninmun ehaa kamaku nudhey

    1. Dhonthy says:
      October 21, 2020 at 10:04 pm

      ?

  11. Sadha says:
    October 20, 2020 at 11:43 pm

    Whooaaaa… dhonthy ah anehkaa vx story eh nihmaalevihje al’hamdhulillah ❤ … mi stry ge mkral vrh vrh vrh ibrahtheri… dhn stry ej liyaane dhuvahakah mi inthixaaru kuranii… mi vhk ekkoh vx vrh vrh vrh salhi ma sha allah… ???keep it up dhonthy … u are the best writer ever❤… i love the way u write the strys … dhonthy ge new stry eh fennaanii dhn kn irakun tha? Sadha ge dhua akii dhonthi ah kaamiyaabu writer akah vevun ?❤???❤?

    1. Dhonthy says:
      October 21, 2020 at 10:07 pm

      Sadha ? ? ? Thank you so much. Vvv ufaavejje Sadha ge thi supportive adhi long comment kiyaalaafa ? ? ? ? Hopefully new story eiy kiyaalan libeyne adhi inge. Insha Allah when I finish my 10th grade, I will start to upload a new story. Once again thank you so much Sadha ? ? ? <3 <3 <3 <3 <3 <3 <3 <3 <3 <3

  12. Meekkomee says:
    October 21, 2020 at 12:57 am

    Wow ????? Masha Allah ?? Masha Allah ?? mi vaahaka omg one of my favourite story ever??? nimun omg varah Varah Varah Varah Reethi ?? Masha Allah ?? waiting for the next story ???? ahvahah neredhechyy ingyy??? all the best ?? love yeah and ❤️❤️??varah miss vaaneh ingyy???????✌️✌️ ttyl ✌️✌️

    1. Dhonthy says:
      October 21, 2020 at 10:09 pm

      Meekkomee ? ? ? Thank you for the beautiful, colourful and supportive comment. It really means a lot. Vvv ufaawejje ? ? ? Love you too and will miss ya ? ? <3 <3 <3 <3 <3

  13. ?LILLY? says:
    October 21, 2020 at 6:15 am

    ?Mi story vv reethi?
    ?comment mi kuree enmme fahu part ah?
    ?ekam feshuneesuren vx kiyan?
    ?v kiyaa hithun kiyun vaahaka eh mi?
    ?????good luck dhonthy?????
    ?tc?
    ???stay safe???
    ???lysm???
    ??????????????????????

    1. Dhonthy says:
      October 21, 2020 at 10:10 pm

      LILLY ? ? ? Thank you for the nice comment. Vvv ufaavejje. Take gud care. Love you too and stay safe <3 <3 <3 <3

  14. KIMTAETAE-JEONKOOKIE says:
    October 21, 2020 at 6:46 am

    woww dhonthyy varah dhera vey mi vaahaka nimunyma
    varah reethi story eh mi
    lysm

    1. Dhonthy says:
      October 21, 2020 at 10:12 pm

      KIMTAETAE-JEONKOOKIE ? ? ? Thank you. Don’t be sad. Adhi libeyne ehn vaahaka eiy es kiyaalan inge ? ? ? Love you too <3

  15. Liyaa says:
    October 21, 2020 at 8:24 am

    Mashaa allah v v reethi vaahaka ?❤️

    1. Dhonthy says:
      October 21, 2020 at 10:13 pm

      Liyaa ? ? ? Thank you <3 <3

  16. ?Shif says:
    October 21, 2020 at 12:22 pm

    ❤️❤️❤️❤️❤️Masha Allah dhontheee hama amazing… Love u tooo TC

    1. Dhonthy says:
      October 21, 2020 at 10:14 pm

      Shif ? ? ? Thank you. Love you and take gud care <3 <3 <3

  17. ⛦Xoya⛤ says:
    October 21, 2020 at 12:54 pm

    Dhonthy i will miss u a loooooooooooot. Wish u always good luck. Masha Allah this story was speech less. The best story ever. Brilliant. You are awesome dhonthy. I really want to say something big. Story telling is the most powerful way to put ideas into the world. A writer never has a vacation. For a writer life consists of either writing or thinking about writing. ????. Good luck. I am sure you’ll do great. You can make anything by writing. Surely i will misssssssss you sooooooooooooooooooo much. I will wait for your new story. Varah bodah inthizaaru kuraanan. My Good luck will be always with you dhonthy. ????????will misss you. Love you a looooooooooooooooot. Be safe. Take care. ??????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? hope soon we can read your story. ????????????????

    1. Dhonthy says:
      October 21, 2020 at 10:18 pm

      Xoya ? ? ? ? ? Thank you so so so so much for this supportive, colourful and long comment Xo ? ? ? ? ? It really really means a lot ? ? ? ? ? will miss you too Xo ? ? ? you are one of my fav reader ? ? ? Best wishes from me ? ? ? Love you too and take gooood care ? <3 <3 <3 <3 <3 <3 <3 <3 <3 Insha Allah adhi ithuru vaahaka eiy es kiyaalan libeyne inge Xo ? ? ? ? ? ? ? ? ? ?

  18. Anonymous says:
    October 21, 2020 at 5:06 pm

    Sarah reethi

    1. Dhonthy says:
      October 21, 2020 at 10:20 pm

      Anonymous ? ? ? Thank you <3

  19. Dhonthy says:
    October 21, 2020 at 8:20 pm

    Aishath.Reen ? ? ? Thank you ? vv ufaawejje comme kiyaalaafa ? ? ? Will miss you ? Love you too and stay safe <3 <3 <3 <3 <3 <3

  20. ?GIRL? says:
    October 21, 2020 at 10:58 pm

    Hiiiii dhonthee❤️❤️❤️❤️
    My second cmnt to this stry heheheh❤️❤️❤️
    Vvvvvvvvvvvvvvvvvv sali Mi stry Love itttt ❤️❤️❤️
    Dhonthi is the best ingeyyyh❤️❤️❤️❤️
    And I will wait for Dhonthi ge next stry Ah ❤️❤️❤️
    Have great and bright future ?❤️?❤️❤️❤️❤️
    And may God bless with u happiness alwayz❤️❤️❤️❤️
    Love ee uuuuuuu so oooo muchhhhhh ❤️❤️❤️❤️
    Stay safe and take gud care ❤️❤️❤️❤️
    ?????????????????????????????????????????????

    1. Dhonthy says:
      October 22, 2020 at 12:14 pm

      GIRL ? ? ? Thank you. Vvv ufaavejje girl ge thi long, beautiful and colourful comment kiyaalaafa. It really means a lot. May Allah bless you ? ? ? ? ? Stay safe. Love you too and take good care <3 <3 <3 <3 <3 <3 <3 <3

  21. Rapunzel says:
    October 22, 2020 at 7:23 am

    Varah varah varah varah varah varah varah varah varah varah
    Reeeeeeeeeeeeeeeeethi….. Nice and beautiful dhonthiiiii.. Keeep
    Itttt always……. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????????????????????????????????
    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    Dhonthiiiii is the Tallenting writer………………………….. Beautiful………
    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????.

    1. Dhonthy says:
      October 22, 2020 at 12:16 pm

      Rapunzel ? ? ? Thank you. Feel happy for this colourful and beautiful and supportive comment. It really means a lot. ? <3 <3 <3 <3 <3 <3 <3 <3 <3 <3

  22. me says:
    October 22, 2020 at 1:03 pm

    Mi vaahaka is like my favourite. Masha Allah you are talented

    1. Dhonthy says:
      October 23, 2020 at 10:39 am

      me ? ? ? Thank you ?

  23. Maasha says:
    October 24, 2020 at 7:09 am

    ???????????very nice

    1. Dhonthy says:
      October 25, 2020 at 1:37 pm

      Maasha ? ? ? Thank you

  24. UNKNOWN QUEEN ✨ says:
    October 24, 2020 at 6:45 pm

    WOW. WOW. WOW.. VARAH SALHI.. OMG.. DONTHII.. YOU ARE THE BEST… YOU’VE GOT THE TALENTE… KUDAKOH BUSY V MA LAHUN COMMENT KOHLEVUNY.. SRRY FOR THAT… ANYWAY.. KEEP THIS GREAT WORK.. DHONTHII… LOVE YAH… GREAT JOB.. ???❤️❤️♥️❣️

    1. Dhonthy says:
      October 25, 2020 at 1:39 pm

      UNKNOWN QUEEN ? ? ? Thank you for your supportive comment. It really means a lot. No need to say sorry for being late ? ? hehe. Love you too <3 <3 <3 <3 <3 <3

  25. magnumm says:
    October 25, 2020 at 1:17 pm

    Woah?.. Ending vrh cute masha allah?!!..waitinnn for ur new stry❤❤.. saranghae moreeeee?

    1. Dhonthy says:
      October 25, 2020 at 1:40 pm

      magnumm ? ? ? Thank you. Vv ufaawejje ? and yes! Keep waiting for my new story. ? ? ? ? ? ?

Comments are closed.



All Right Reserved!