ހިތް އަދު ރޮނީއޭ ނުދާށޭ – 21 ވަނަ ބައި –
“ހޫމް..މިހާރު ތިހެން ދުރުން ބަލައިލައިގެން ހިތްހަމަ ޖައްސާލާ…ފަހުން އަދި މާ ކައިރިން ދޮނާއަށް ބެލޭނެ ދޯ..” އެތަނުގައި އިން ޒާރާ ލައިޝާގެ އަތުގައި ކުޑަކުށް ޖަހާލުމަށްފަހު އެހެން ބުނުމުން ދެން ތިބި ކުދިންވެސް އޭނާއާއި ބައިވެރިވިއެވެ. އެމީހުން ކިޔަމުން ދިޔަ އެއްޗެހި ވަރަށް ރަނގަޅަށްވެސް ނާހިލްއަށް އިވުނެވެ. ކުޑަކޮށް ހެވިފައި ހުރެ އޭނާ މިޞްރާބު ޖެހީ ގޭގެ ބޮޑު ދޮރުން ނުކުތުމަށެވެ. އޭރު ޒޫނާ އަތަށް ކޮތަޅުތަކެއް ލައިގެން ހުރެ ގެއަށް ވަންނަން އައެވެ.
“މަންމާ…އިރުކޮޅެއް ވެއްޖެ އަޅުގަނޑު މަންމަ ހޯދާތާ…ކޮން ކޮތަޅު ތަކެއްތަ ތީ؟ ނާހިލް ޒޫނާއާއި ވާހަކަ ދެއްކިއިރުވެސް ޒޫނާ ގޭގޭ ކާރު ޑްރައިވަރު އަތުން އިތުރު ކޮތަޅުތަކެއް ނަގަމުން ދިޔައެވެ.
“މަންމަ މިއައީ ލައި ގޮވައިގެން ގޮސް ޕާރޓީގައި އެންމެން ލާނެ ހެދުން ފަހަންވެގެން ފޮތި ގަނެގެން…މިއީ ކުރީ ދުވަހު މަންމަމެން ކުރި އޯޑަރ އަށް އެމީހުން ގެނެސްދިން އެއްޗެހި…ދަރިފުޅު ކިހިނެއް ވީއޭ މަންމަ ހޯދީ؟.. ކޮތަޅުތައް އަތުގެ ތެރެއަށް ރަނގަޅަށް ހެޔޮވަރު ކޮށްލަމުން ޒޫނާވެސް ނާހިލްއާއި ކޮށްލީ ސުވާލެކެވެ.
“އެއީ..ބަނޑުހައިވެގެން…ދެން އެކަމަކު ނަމާދުން އައިސް ސައިބޯނީ..އެބައަންނަން އިނގޭ މަންމާ…” ނާހިލްގެ އެޖަވާބުން ޒޫނާ މޮޅު ރޭވުމެއް ރާވައިލިއެވެ. ނިކަން ހެވިފައިހުރެ އެތެރެއަށް ވަދެގެން ގޮސް ޒަވުޝްއާއި ދެން ތިބި ކުދިންނަށް ގޮވާފައި ދެން އެމީހުން ދެއްކި ވާހަކައަކުން އެންމެން އެއްފަހަރާ ހީ ގަތް އަޑު އިވުނެވެ. ލައިޝާ ނަމާދު ކުރަން ބޭނުންވާ ވާހަކަ ބުނުމުން ޒަވުޝް ލައިޝާ އޭނަގެ ކޮޓަރިއަށް ގެންގޮސް ދިނެވެ.
މިއަދު ހަވީރު ލަޔާ އޮފީހުން ނިމިގެން ބަލާއައުމަށް ޝަހުމްއަށް ގުޅިއިރު ޝަހުމް ހުރީ ލަޔާގެ އޮފީހުގެ ކުރިމަތީގައި ސައިކަލު ޕާރކްކޮށްލައިގެންނެވެ. އެތަން ފެނި ލަޔާއަށް ހިނިތުންވެލެވުނެވެ. ނޭނގޭ ބާރަކުން ލަޔާއަށް މިހާރު ކުރިއަށް ވުރެވެސް ބޮޑަށްދަނީ ޝަހުމްއާއި ކައިރި ވެވެމުންނެވެ. ޚުދު ޝަހުމްވެސް މިހާރު ލަޔާ ނުފެނި ހަތަރު ގަޑިއިރު ހޭދަކޮށްލަން ޖެހުނަސް ހުންނަނީ ޝަކުވާއިން ފުރިފައެވެ. ފަޒާލް މިއަދު ހައެއްގެ ފްލައިޓުން އަންނާތީ އެދެމީހުން ލަޔާގެ ގެއަށް ގޮސް ފްރެޝްވެލައިގެން ފަޒާލް ބަލައި އެއަރޕޯރޓަށް ދާން ފެރީއަށް އެރިއިރު ފަސްގަޑިބައިވަނީއެވެ.
ހަވީރު ވީއިރު މާލޭގެ އުދަރެހުން ވިއްސާރައިގެ ކުލަތައް ފެންނަން ފަށައިފިއެވެ. ވައި ގަދަ ވީވަރުން ގޭގޭވެސް ހީވަނީ އެއްލާލާފާނެހެންނެވެ. ޑރ.ނާފިޒްގެ ތަނަވަސް ބޮޑު ގޭގެ ޓެރަހުގައި ހަވީރުގެ ސަޔަށް އިންޞާފު ކުރެެމުން ދިޔަ ނަމަވެސް އެކަކުވެސް މާ ގިނައިން ވާހަކަ ދައްކާ ހަދާ ތަނެއް ނުފެނެއެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ޢަޞްރު ނަމާދަށް ދިޔަ ނާހިލްގެ ޚަބަރެއް ނުވެގެންނެެވެ. ގުޅާ ކޮންމެ ފަހަރަކު ބުނަނީ ފޯން ނިވާލާފައިވާކަމަށެވެ. މިހާރު ފަސްގަޑި ފަނަރަ ހިނގައިފިއެވެ. ޒޫނާ އަދި ޑޮކްޓަރ ނާފިޒް ގެ އިތުރުން ދެން އެތަނުގައި އިން ލައިޝާގެ ހިތަށްވެސް ވަނީ ބިރުވެރިކަން ވަދެފައެވެ. އޭނާ ކިތަންމެ ވަރަކަށް ނާހިލްއަށް ނަފްރަތު ކުރަން ބޭނުން ވިއަސް އެކަމެއް ނުކުރެވެއެވެ. އަދި އަމުދުން މި ވަގުތު ލައިޝާވަނީ ނާހިލް ދުށުމަށް ކެތް މަދުވެފައެވެ. އެ ޢާއިލާގެ ބޮޑެތި މީހުންގެ މޫނު މަތިން ކަންބޮޑުވުން ފެނުނުކަމީ ލައިޝާގެ ކެތްތެރިކަން ކޮޅުންލައިދެން ދިޔަ ސަބަބަށެވެ. އެންމެފަހުން އެތަނުގެ އެ ހަމަ ހިމޭންކަން ނަގާލީ ލައިޝާގެ ވޭނީ ގިސްލުމުންނެވެ.
“ލައިސިސް މާ އަވަހަށް ތި ހާސްވަނީ..ބައްޕާ އަދި ކަންބޮޑުވެ ނުލައްވާ..ދޮންބެ ވައިބާރު ކަމުން ތަނެއްގައި މަޑުކޮށްލީ ކަމަށްވެސް ވެދާނުން…” ޒަވުޝް ބެލީ ލައިޝާއަށް ވިސްނައިދެވޭތޯއެވެ. “ހުއްޓާލައިގެން ހިނގާބާ ދޮންބެގެ ކޮޓްރި ދައްކާލާނަން..ޒަވީގެ ކޮޓްރި ސާފުކުރާތީ ހިނގާބާ އެ ކޮޓްރީގަ އޮށޯވެލަން.”
“މަންމައަށްވެސް ފެންނަނީ މި ތޫފާން މައިތިރި ވަންދެން ގެއަށް ދިއުން ލަސްކޮށްލާފަ ދަރިފުޅު ގޮސް އަރާމު ކޮށްލަން.” ޒޫނާ ޒަވުޝްގެ ޚިޔާލަށް ތާޢީދު ކުރީ ލައިޝާ އެތަނުން ހެދިކާއެއްގައިވެސް އަތްލަން ނޫޅުމުންނެވެ.
އެއަރޕޯރޓު ތެރޭން ޝަހުމްއާއި ލަޔާފެނި ފަޒާލް ހީކުރި ހީވި ގޮތެއްކަމަށެވެ. އެހެންކަމުން ލޮލުގައި އަޅާފައިވާ އަވި އައިނު ނަގައި ދެ ލޯވެސް ނިކަން ރަނގަޅަށް އުގުޅައި ބަލާލިއިރު އެއީ ހަމަ އެދެމީހުންނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ދުވެލާފައި އައިސް ޝަހުމްގެ ގައިގައި އޮޅުލައިގަތެވެ. އަދި ލަޔާއަށް ކޮންގްރާއޭ ބުނެެލައި ހައި ފައިވްއެއް ދީފިއެވެ. ފަޒާލް ހީކުރީ އެދެމީހުން އުޅެނީ ރަށްޓެހިވެގެން ކަމުގައެވެ. ދެމީހުންނަށްވެސް ކޮންގްރާއޭ ބުނެލިތަނުން އެއްފަހަރާ ޝަހުމް އަދި ލަޔާވެސް ކޮންކަމަކަށްހޭ އެހުމުން ރިލޭޝަންޝިޕެއްގައި އުޅޭތިނޫންހޭ ބުނެލި ތަނުން ދެމީހުންވެސް މަޑުމައިތިރިވިއެވެ. އެ މަންޒަރުން އަދި އެ ގުޅުން އެ ހިސާބަށް ނުދާކަމުގައި ފަޒާލް ޔަޤީން ކުރިއެވެ. އަދި ލަޔާއަށް އޭނާގެ ގެއްލިފައިވީ ލޯބި ހޯދައިދިނުމަށް ހިތުން ޢަޒުމް ކަނޑައެޅިއެވެ.
ވާރޭ ވެހޭތީ އެކިތަންތަނުގައި މަޑުކުރަމުން ނާހިލްއަށް ގެއާއި ހަމައަށް އާދެވުނުއިރު ހުރީ އެއްކޮށް ތެމިފައެވެ. އޭރު ސިޓިންރޫމުގެ ސޯފާއެއްގައި ނާފިޒްގެ ދެމަފިރިން ތިއްބެވެ. ނާހިލްއަށް އެއްފަހަރާ ސުވާލުތަކެއް އަމާޒުވިއެވެ. އަދި އޭނާ އެއްނޭވާއިން ވީގޮތް ކިޔައިދިނުމުން އެންމެން ހަމަ ޖެހިފައި ތިބިތަން ފެނުމާއެކު އޭނާގެ މަންމަކައިރިން އެއްޗެހި ބަދަލުކޮށްގެން ސައިބޯން މިއަންނަނީ ކަމުގައި ބުނަމުން ދުވެލާފައި އޭނާގެ ކޮޓަރިއަށްގޮސް ދޮރު ހުޅުވާލިތަނުން އެތާގައި ހުރި ލައިޝާ ބާރުމިނުގައި އައި ގޮތަށް އައިސް ނާހިލްގެ ގައިގައި ބައްދާލި ގޮތަށް ރޯންފެށިއެވެ. ލިބުނު ސިހުމާއިއެކު ވާނުވާ ނޭނގިފައި ނާހިލްއަށް ހަމަ އެ ހުރި ގޮތަށް ހުރެވުނީއެވެ. އަދި މަޑުމަޑުން އޭނާގެ ދެއަތުން ލައިޝާގެ ބުރަކަށީގައި އަތް ޖައްސާލިއެވެ.އޭރުވެސް ލައިޝާގެ ރުއިމުގެ އަޑު އިވެއެވެ. “ލައި ކިހިނެއްވީތަ؟ ބުނެބަލަ…ވަޓްސް ރޯންގ؟..މީހަކު އެއްޗެކޭކީތަ؟.. ލައި އޭތް..”ނާހިލް ހާސްވެފައި ލައިޝާގެ ފަރާތުން ޖަވާބެއް ލިބޭތޯ ސުވާލު ކުރަން ފެށިއެވެ. ނާހިލްގެ މޭގައި ލައްވެލައިގެން އޭނާގެ ތެމިފައިވާ ޓީޝާރޓުގައި މޫނު ޖައްސާލައިގެން ހުރި ލައިޝާއަށް ހަމަ ހޭވެރިކަން ވީ އެވަގުތުއެވެ. މަޑުމަޑުން ނާހިލްގެ ޓީޝާރޓުން އަތް ދޫކޮށްލުމަށްފަހު ނާހިލްއަށް ފުރަގަސްދިނެވެ.
އެވަގުތުވީ ޒޫނާއަށްވެސް އެތަނަށް އާދެވުނު ވަގުތަށެވެ.” އަނހާ..ދަރިފުޅު ނުވެސް ނިދަން ދޯ…އަދިވެސް ރޮނީތަ؟..ނާހިލްއަށް އިނގޭތަ؟..ލައި އެ ހުރީ ވަރަކަށް ރޮއެފަ..ދަރިފުޅު ތިހުރީ އެންމެން ހާސްކޮށްލާފަ..އެންމެފަހުން ލައިރޯންފެށީމަ ބައްޕަވެސް ހުންނެވީ ވަރަށް ކަންބޮޑުވެފަ..” ޒޫނާ ވާހަކަ ދައްކަމުން ދިޔައިރު ލައިޝާ ލަދުން އިސްދަށަށް ޖަހައިލިއެވެ. އޭނާ އެހާވަރަށް ނާހިލްދެކެ ރުޅި އަންނަ ކަމަށް ހެދިގެން އުޅެމުންއައިސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ ނާހިލް ގެ ކުރިމަތީގައި ހަމަ ރަނގަޅަށްވެސް ބޭޒާރު ވެއްޖެއެވެ.
“ދެން ތިހެން ނުތިބެ ދެކުދިން ދޭ ސައިބޯން…ލައި އެހުރީ އެންމެން ސައިބުއި އިރުވެސް އެއްޗެއް ނުކައި..މެންދުރު ގޭންވެސް ނުކައި އުޅެނިކޮށް ކަންނޭނގެ މަންމައަށް ގެނެވުނީވެސް.” ޒޫނާ އެހެން ބުނުމަށްފަހު ޒޫނާ އެތަނުން ނިކުތް ތަނުން ލައިޝާވެސް ޒޫނާގެ ފަހަތުން ކަހަލަ ގޮތަކަށް ނިކުންނަން ދިޔައެވެ. އެވަގުތު ނާހިލް ލައިޝާގެ އަތުގައި ހިފައި ކޮޓަރީގެ ތެރެއަށް ވެއްދިއެވެ.
“މަންމަ ދޮގެއް ނުހަދާނެ..އަދި ލައިގެ ތި ދެލޯވެސް އަހަންނަށް ފެނޭ.. ލައި އެވަރަށް ދެރަވީ އަހަރެން ގެއްލިދާނެތީ ތަ؟” އަދި ކުރިއަށް ވުރެވެސް ބޮޑަށް ލައިޝާއާއި ގާތްވެލަމުން ނާހިލް ލައިޝާގެ ގައިގައި ބައްދާލިއެވެ. “ލައި އަހަރެން ނުތަޅުވާ ބުނެބަލަ..އެންމެ ފަހަރަކުވެސް ތި ދުލުން ބުނެބަލަ އަހަރެންދެކެ ލޯބިވެޔޭ..އެހެންވެގެން ދޯ މެރީ ކުރަން އެއްބަސް ވީ..” ނާހިލް އިތުރަށް ދިޔައީ ލައިޝާ އޭނާގެ އަތުތެރޭގައި ތާށި ކުރަމުންނެވެ.
” ތަދުވެޔޭ… ދޫކޮށްބަލަ…” ލައިޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ނާހިލް ލައިޝާ ދޫކޮށްލީ އެތަނަށް އޭނާގެ ކޮއްކޮމެން އަންނަ އަޑު އިވުމުންނެވެ. ލައިޝާ ބާރު ހިނގުމެއްގައި ބަދިގެ ބަޔަށްގޮސް ނާހިލްއަށް ސައިހަދައިދީފައި ޒޫނާ ގެ ގާތަށް ގޮސް އޭނާ ގެއަށް ދާން ޖެހިއްޖެ ކަމުގައި ބުންޏެވެ. ނަމަވެސް ދެންވެސް ލައިޝާއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ޒޫނާ އެދުނީ ނާހިލްއާއެކީ ސައި ބޮއެގެން ދެކުދިން އެކުގައި ނާހިލްމެންގެ ކާރުގައި ދިއުމަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


ވ ވ ވ ސަޅި…..
ވާވް… ހާދަ ރީއްޗޭ…
ވ ސަޅި…
ވާއު ހަބޭސް… ވވ.ވ.ވ.ވރީތި.. އަޕް ވަނީ ހާދަ ދުވަހަކުންނޭ.. ކެތްމަދު ވެފަ މި ހުރެވެނީ މިވާހަކަ ކިޔަން 🙂 އަނެއްބައި އަަވަހަށް ކިޔާލަން ލިބޭނެ ކަމަށް އުއްމީދު ކުރަން. ވ.ރީތި
ވވވވވވވވވވވވވވވ ސަޅި…..ހަމަ ހަބޭސް….
ޒީގެ ވާހަކަ އެއް ދެން ހަމަ ނުފެންނާނެތަ..؟؟
really…
ވވ ނައިސް
ކޮންއިރަކު އާބައެއް ކިޔާލަން ލިބޭނީ….
ހާދަ ލަހޭ އަޕްވާލެއް! އަވަހަށް އަޕްވާނެ ގޮތެއް ނެތްތަ!
ވ. ވ. ސަޅި އަނެއްބައި އަވަހަށް އަޕްކޮށް ދީބަލަ………… ޕްލީޒް
ވ ރީތި ….. ބަޓް ހާދަދުވަހެކޭ އަނެއްބައި ގެނެސް ދޭން…….
މީކިތައް ދުވަހުން އަޕްވާ ވާހަކައެއްތަ ދެން ހާދަލަހޭ އަޅެ މިއަށްވުރެ އަވަސްކޮށްލަންވީނު
ވަރަށް ރީތި މިވާހަކަ ކުރިއަށް އޮތްބައި އަސަރުގަދަވާނެކަމަށް އުއްމީދު ކުރަން
.ވާހަކަ ލަހުން ގެނެސްދެވޭތީ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން. މި ދުވަސްކޮޅުގެ ގޮތުން ހަމަ ނުލިޔެވެނީ..އިރާދަކުރެއްވިއްޔާ ބުދަ ދުވަހުގެ ރޭ އާ ބައެއް ގެނެސްދޭނަން…ތިކުރަމުންދާ އިންތިޒާރަށް ޝުކުރުވެރިވަން…
އާތުގެ ކޮމެންޓެއް ފެނުނުކަން ނަސީބު ކިޔުންތެރިންގެ އިޙްސާސްތައް ދަނެ ފާޑުކިޔުންތައް ބަލައިގަތުމަކީ ލިޔުންތެރިޔާއަށް ލިބޭނެ ކުރިއެރުމެއް ކަމުގައި އަބަދުވެސް ދެކޭތީ ، އާތުއަށް ކާމިޔާބާއި ކުރިއެރުމަށް އެދެން………. މިހާގިނަދުވަސްކޮށްފައި ގެނެސްދޭއިރު ވާހަކަ ދިގުކޮށްލާނެކަމަށް އުއްމީދުކުރަން
އާތުގެ ކޮމެންޓެއް ފެނުނުކަން ނަސީބު ކިޔުންތެރިންގެ އިޙްސާސްތައް ދަނެ ފާޑުކިޔުންތައް ބަލައިގަތުމަކީ ލިޔުންތެރިޔާއަށް ލިބޭނެ ކުރިއެރުމެއް ކަމުގައި އަބަދުވެސް ދެކޭތީ ، އާތުއަށް ކާމިޔާބާއި ކުރިއެރުމަށް އެދެން………. މިހާގިނަދުވަސްކޮށްފައި ގެނެސްދޭއިރު ވާހަކަ ދިގުކޮށްލާނެކަމަށް އުއްމީދުކުރަން
މިއީ ކޮންއިރަކުން އަޕްވާނެ ވާހަކައެއްތަ ހާދަ ދިގު އިންތިޒާރކޭ ދޯ
Mi vahaka ge 23 vana bai kiyaalan libyni konirakun tho………. Plxxxxxxxx abahah uplod koba v kiyan beynun. V reeeethi vaaahaka eh..
mihaaru 1 year ahwureh gina dhuwas wee mi waahaka up nukuraathaa , dhen mi story ninmaalytha ???? sooo sad
Vaahaka varah salhi 23 vana bai kiyahiyyvanyy