އާޒީން 3
*”އާޒް!؟!” އާލިކް އާޒީންއަށް ބަލައިލިއެވެ. އެއިރު އާޒީންގެ ކަރުގައި އަޅާފައިވާ ފަށް ދިއްލެން ފެށިއެވެ. އާލިކްގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އިވުނު ބާރު އަޑާއިއެކު އާލިކްގެ ކަންފަތުގައި ވަރަށް ބާރަށް އަތް އެޅިއެވެ. 1 މިނެޓެއްހާއިރު ފަހުން އެއަޑު އެއްކޮށް ކެނޑުނެވެ. އެއިރު އާޒީން އޮތީ ބިންމައްޗަށް ދެމިފައެވެ. “އާޒް!!!” އާލިކް އާޒީންއަށް ގޮވަމުން ދިޔައެވެ. *
ކުއްލިއަކަށް އާޒީން ދެލޯ ހުޅުވައިލިއެވެ. އާލިކްއަށް ހިނިތުންވެވުނެވެ. “އާޒް…. އާރް ޔޫ އޯކޭ؟ ދެންމެ ކިހިނެތް އެވީ؟ތިއީ ކޮން ކަހަލަ ފަށެއް؟” އާލިކްގެ ސުވާލުތައް ފައްޗަކަށް އަމުނައިލިއެވެ. “އާޒްއަކަށް ނޭނގޭ.” އާޒީންގެ ޖަވާބު ވަރަށް ކުރެވެ. ނަމަވެސް އެ ދެހިތުގައިވެސް ވަނީ ބިރުވެރިކަމެވެ.
~~~~~~~~~
“އެ ކުދިންތައް މިފަހަރު އަތުލަން ޖެހޭނެ. އެހެންނޫނީ……” ރަމްލާ ވަރަށް ރުޅިއައިސް ހުރެ އޭނާގެ ސިފައިންނަށް އިންޒާރުދިނެވެ. “އެކުދިން އަރީޝާ ކައިރަށް ގޮސްދާނެ. އޭރުން ވެރިކަން އޮންނާނީ އެ ސަހަރުގެ ރާނީ އަތުގައި.” ރަމްލާ ވަރަށް ރުޅިއައިސް ހުރެ އަދިވެސް ދިޔައީ ވާހަކަ ދައްކަމުންނެވެ. “އާޒީން އާއި އާލިކް ހައްޔަރުކޮށް ގެނޭ…. އޭރުން އަރްޔާން އާއި އަރްވާ ހައްޔަރުކުރަން ފަސޭހަވާނީ.” ރަމްލާ ވިހަ ގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ. “ރީހާ، ރީމާ، ރާހިލް، ރައުފް، އާދެބަލަ މަންމަ ކައިރިއަށް.” ރަމްލާ ވަރަށް ބާރަށް ގޮވައިލިއެވެ.
ރީހާ ،ރީމާ ،ރާހިލް އަދި ރައުފް 1 މިނެޓު ނުވަނީސް އައެވެ. މި ހަތަރު ކުދިންނަކީ އެއްމާބަނޑު 4 ކުދިންނެވެ. މި ހަތަރު ކުދިން ކަޅު ނަމަވެސް ބަލާ ބެލުމަށް ވަރަށް ރީއްޗެވެ. އެކުދިންނަށް މިހާރު ވަނީ 21 އަހަރު ވެފައެވެ. “ހޫނ.. ކިހިނެތް ވީ މަންމާ.” ރައުފް އިސްވެ ވާހަކަ ދައްކަން ފެއްޓެވެ. “އިނގޭ ނުން އާލިކް އާއި އާޒީން؟” ރަމްލާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ރަމްލާ ވާހަކަ ދައްކައި ނިމުނުއިރު އޭނާގެ ތުންފަތުގައި ނުބައި ހިނިތުންވުމެއް ދުވެލިއެވެ.
“ކޮންދުވަހަކުންތަ؟ ކޮންދުވަހަކުންތަ މަންމައަށް ދަރިފުޅުމެން ފެންނާނީ؟ އިންޝާﷲ. ދަރިފުޅުމެން މަންމަގާތަށް އަންނާނެ……” އަރީޝާ ފޮޓޯގަނޑަކަށް ބަލަމުން ދިޔައިރު އިރުކޯކޮޅާ އޭނާގެ ދެލޮލުން އަންނަ ކަރުނަތައް ފުހެލައެވެ.
~~~~~~~~~~~~~~
“ކޮބާ އިނާ އާ އީމް؟” އާޒީން ކުއްލިއަކަށް އެއްސެވެ. “ދޮންބެ ފޯނުގައި ހުއްޓަ ފަހުން އަންނާނަމޭ ކިޔާފަ ގޮއްސި. ދެން ހިނގާ ކާން.. އާޒް އަދި މެންދުރު ނުކަމެއްނުން. މިހާރު އެއޮތް 2 ޖެހީ.” އާލިކް ބުންޏެވެ. “އޯހ ޝިޓް! އަދި މިއުޅެނީ މެންދުރު ނަމާދު ނުކޮށް. އާޒް އެބަ އަންނަން މެންދުރު ނަމާދު ކޮށްގެން.” އާޒީން ފާޚާނާ އާއި ދިމާއަށް ދުއްވައިގަތެވެ. “ހޭއި. ވެއިޓް. ދޮންބެ ވުޟޫކުރަންދެން މަޑުކުރޭ.” އާލިކްވެސް ފާޚާނާ އާއި ދިމާއަށް ދުއްވައިގަތެވެ. “ނޯވޭ. އައި އޭމް ފަސްޓް.” އާޒީން ފާޚާނާގެ ދޮރާއި ހަމައަށް އަރައިފައި އާލިކް އާއި ދިމާއަށް ދޫ ނެރުމަށްފަހު އެތެރެއަށްވަނެވެ.
“އަހާ. ދަރިފުޅުމެން އައީ ދޯ؟” އާޒީން އާއި އާލިކް ކޮޓަރިން ނުކުތްތަން ފެނުމުން ޢާއިޝާ ބުންޏެވެ. “ކީއްވެ އާޒް ރުއީ؟ ކީއްވެ އެހާ ލަސްވީ؟” ޢާއިޝާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އާ…. އާ.. އާޒްއަށް އަ..އަހަރެންގެ ހިޔަނި ފެނު…ފެނުނީމަޔޯ.” އާލިކް އަޅައިގަންނަމުން ބުންޏެވެ. “ކޮން އިރަކު ދަރިފުޅު ކޮޓަރިއަށް ވަނީ؟” ޢާއިޝާ އާލިކް ކައިރީގައި އެއްސެވެ. “އޯހ. ކޮޓަރީގަ ހުރި ކުޑަ ދޮރުން އަހަރެންގެ ހިޔަނި ވަނީ.” އާލިކް ބުންޏެވެ. “އެހެންވިއްޔާ ދެން ކީއްވެ ލަސްވީ؟” ޢާއިޝާ އަނެއްކާވެސް އެއްސެވެ. “އާޒްމެން ނަމާދުކޮށް ގެން އަންނަންވެގެން.” މިފަހަރު އާޒީން ޖަވާބުދިނެވެ. ޢާއިޝާއަށް ހިނިތުންވެވުނީ އެކުދިން ދީނީ އަޅުކަންތަކަށް އިސްކަންދޭކަން އެނގުމުންނެވެ. މިއީ ޢާއިޝާ ދިން ހެޔޮ ތަރުބިއްޔަތުގެ ނަތީޖާއެވެ.
“ތުއްތާ! އާދޭ ކާން. އާޒް އާ ދޮންބެ ވެސް.” ނިޝާ ގޮވައިލިއެވެ. “ނިޝޫ…..” އާޒީންއަށް ބުނެވުނެވެ. “ޕިސް. ދެން ތިހެން ނުހުރެ ކާން އާދެބަލަ.” ނިޝާ ބުންޏެވެ. ހުރިހާ އެންމެން ކައި ނިމިގެން ދިޔައީ ކޮޓަރިއަށެވެ. “މަންމާ އެބަ އަންނަން އަތިރިމައްޗަށް ގޮސްލާފަ އިނގޭ.” އާޒީން ބުންޏެވެ. ޢާއިޝާގެ ހުއްދަ ލިބުމާއެކު އާޒީން ވަރަށް ފަރިތަކަމާއިއެކު އަތިރިމައްޗަށް ދިޔައެވެ. “ކައިލާ.” މީހަކު އާޒީންގެ ކޮނޑުމަތީގައި އަތް ބޭއްވިހެން ހީވުމާއެކު އޭނާ ފަހަތަށް އެނބުރުނެވެ.
ނުނިމޭ
4️⃣ ވަނަ ބަޔަށް އިންތިޒާރު ކުރަށްވާ …….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Vahakah varah reethi keep it up ?
Thnxxx Ishoo
Very beautiful story. Very best wishes for your family and friends and for talent.
awwwwn! thnks Yash
Mi part vx varah reeth….. keep it up luv yh❤
????????????????
Thnks dear…… luv u too ??
ވަރަށް ރީތި މި ބައި ވެސް އިނގޭ…ދެން އަންނަ ބަޔަކަށް އިންތިޒާރު ކުރަން
All the best ???????
It’s amazing. I love it. Keep it up