ހިފީމެ އަތުގާ- 4
ތިންވަނަ އެޕިސޯޑުގެ ތެރެއިން…
“އޭތް! މަންޖެ ހިތަށް އަރަނީ ކީކޭ؟ އަލުން ހައިނާ އާއި ފިރުޝާން ވާހަކަ ދައްކާނެތަ؟” މާނީ ޖަވާބު ނުދިނުމުން ޠާއިލް އަނެއްކާ ސުވާލު ކުރިއެވެ. “މަ މީ މާމޮޅައް ފިއުޗާރ އިނގޭ މީހެއްދޯ! މަށައް އިނގޭތަ؟” މާނީ ޖަވާބު ދިނުމުގެ ރާގުންވެސް އުނދަގު ވާކަން އިނގެއެވެ. “އާނ! މަންޖެ ތީ ހަމަ ފައްކާ ސުޕަހިޔުމަން އެއްނު!” “ހޫން މަމީ ސުޕަހިޔުމަންއެއް! ހިތްހަމަ ޖެހިއްޖެތަ؟” މާނީގެ ގާތަށް މިފަހަރު ވަނީ ހަމަ ރަނގަޅަށް ވެސް ރުޅި އައިއްސިއެވެ. މާނީ މިހެން ބުނެ ފިޔަވަޅުތައް އަވަސް ކޮށްލިއެވެ. “އޭތް! މަށާއި އެކީދާން މަޑުކޮށްބަލަ” ހަލުވި ފިޔަވަޅުތަކެއްގައި ޠާއިލް ގޮސް މާނީއާއި އެއްވަރުކުރިއެވެ. “އަމިއްލައަށް އާދެބަލަ!” މާނީ މިހެން ބުނެ ފެންފުޅި އަނގައިގައި ޖެހިއެވެ. “އޭތް މާނީ! ހިނގާބަލަ އަހަރަމެން ދެމީހުން ރައްޓެހިވާން!” ޠާއިލް ކުއްލިއަކަށް މިހެން ބުނުމާއި އެކު ފެންފުޅިއަނގަޔަށް ޖަހައިގެން ހުރިމާނީ ކޮށިއަރައިގަތެވެ.
ހަތަރުވަނަ އެޕިސޯޑު
“ކުހުއް ކުހުއް.. ސީރިއަސްލީ ޠާއިލް! މަނާ ކަލެއާ! މަރިޔަމް މާނީ އިޔާޝް އެންޑު ހަސަން ޠާއިލް އިބުރާހިމް…ހެހެ ނެވާރ.. ހުވަފެނުގައި ވެސް ނުދެކެން…އަހަރުމެން ދެމީހުން ކަމެއް ކުރާއިރު އެއްގަލަކަށް ނާރަންޏާ ކިހިނެތް ރިލޭޝަން އަކަށް ދާނީ…” މާނީ ކެއްސުން ގަނޑުން އަރައިގަނެވުމުން ބުންޏެވެ. އެވަގުތު ޠާއިލްގެ މޫނުމަށްޗަށް އެރި ހިތާމަވެރި ކުލަވަރު މާނީ ޠާއިލް އާއި ދިމާޔަށް ބަލަހައްޓައިގެން ހުރިނަމަ ފެނުނީހެވެ. “އައްދޭ! މާނީއަށް ވާ ސާބަސް އިނގޭ… މަ ސަމާސާއޭ ކޮށްލީ.. މަންޖެ ހާދަ އަވަހަކަށް ތި ސީރިއަސް ވަނީ…” މޫނުމައްޗަށް ހިނިތުންވުމެއް ގެނުވަމުން ޠާއިލް ދިމާކޮށްލިއެވެ. “ހުހް ވަރަށް ފޫހިވޭ.. ޠާއިލްއަކަށް ނޭންގެދޯ ސަމާސާ ކުރަންވާ ކަންކަމާ ނުކުރަންވާ ކަންކަން..” މާނީ ތުން އަނބުރާލަމުން މިހެން ބުނެ ކުރިއަށް ހިނގައިގަތެވެ.
******************************************************************
ގެއަށް އައިސް ވަން އައިރީގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ދޮރުން ވަދެ ސިޑިން އަރައިގެން ގޮސް ގޭ ދޮރުމަތީގައި ހުއްޓުނެވެ. އަދި ބޫޓު ބޭލުމަށްފަހު ބޫޓު ހަރުގަނޑުގައި ބަހައްޓާ އެތެރެއަށް ވަދެ ކޮޓަރިއާއި ދިމާޔަށް މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަދެ ލައިޓު ޖައްސާލުމާއި އެކު އައިރީ ސިއްސައިގެން ދިޔައެވެ. ކަރުދާސް އޮޅާފައި ހުރި މޭޒެއްގެ މަތީގައި ހުރި ބޮޑު ދެ ރަތް ކޮތަޅު ފެނުމާއިއެކު އައިރީ އެތަކެއްޗާ ދިމާޔަށް މިސްރާބު ޖެހިއެވެ. އެވަގުތު އައިރީގެ ލޮލުގައި އަޅައިގަތީ އެތާގައި ފަތްޖަހައިފައި އޮތް ކަރުދާސްކޮޅެކެވެ. “ޓު އަވާރ އައިއްކޮ! ވިތް ލަވް ކުޑީ،ތުއްތަ އެންޑު ކުޑޫ” ހުދު ކުލައިގެ އެކަރުދާސް ކޮޅުގައި ވަނީ އެހެންނެވެ. އެވަގުތު އައިރީގެ މޫނަށް ވެރިވި ހިނިތުންވުމުން ވެސް އައިރީ އުފާވެފައިވާ ވަރު އަންގާދެއެވެ.
އަވަސް އަވަހަށް ބިންމައްޗަށް ދަބަސް ވައްޓާލަމުން އައިރީ ދުވެފައި ކޮޓަރިން ނިކުމެ ކާގެޔަށް މިސްރާބު ޖެހިއެވެ. ” ކޫތީ ވޮޗް އައުޓް! ފޯލްވެދާނެ” އެވަގުތު ޓީވީ ކައިރި ޖެލީއެއް ބޯން އިން މައިޝާ ގޮވާލިއެވެ. “ތެންކިޔު ބޭބީ!” އައިރީ ހަޅޭއް ލަވައިގަންނަމުން ބަދިގެޔަށް ވަނެވެ. “ކެއާރފުލް އައިއްކޯ! ކިހިނެއްވިތަ ތި މާބާރަކަށް ދުވަނީ” ކޭކު ފުށްގަނޑެއް ގިރުވަން ހުރި އޭނާގެ ތުއްތަ، މާޝާ ބުނެލިއެވެ. އެވަގުތު އައިރީ ކޮށްލިކަމަކުން މާޝާ ގިރުވަންހުރި ކޭކުތަށިވެސް ނުވެރުނީ މާޝާގެ ނަސީބުގަދަކަމުންނެވެ. “ތެންކިޔޫ ތުތްސް..ވަރަށް ލޯބިވޭ” އައިރީ މާޝާގެ ގައިގައި ބައްދާލައިގެން ހުރެ ބުނެލިއެވެ. “ހަމަ އެކަނި ލޯބިވަނީ އެއްޗެއް ގަންދިނީމަތަ؟ ބޮޑު ޕަމްޕްކިން” ކާގެޔާ އިންވެގެން ހުރި ބަދިގެއިން ނިކުން ފިރިހެން ކުއްޖާ އަހާލިއެވެ.
“ކުޑޫގަނޑާ…” މިހެން ކިޔާ ބާރަކަށް ހަޅޭއް ލަވައިގަނެފައ އައިރީ އެފިރިހެން ކުއްޖާގެ ކަރުގައި އެލިގަތެވެ. އެވަގުތު ހިވީ އެސޮރުގެ ނޭވާ، ނޭވާ ހޮޅިއަށް އެޅުނުހެންނެވެ. “ބަރަބޯ ގަނޑާ..ދޫކުރެބަލަ” އެވަގުތު ފިރިހެން ކުއްޖާ އެހެން ބުނެލި ގޮތުންވެސް ހާލުއަންގައިދެއެވެ. އައިރީ އެވަގުތު ދޫކޮށްލަމުން ސުވާލު ބޮޑި އޮއްސާލިއެވެ. “އޭތް ކުޑޫ؟ ކޮންއިރަކު އައީ؟ އިއްޔެ ގުޅީމަ ބުނީމެއްނު ނޭނގެއޭ؟ ޗުއްޓީއެއް ނުލިބެޔޭ؟ އެކަމު މިއަދު ކިހިނެތް؟ އަދި އައިރީ ބުނީމެއްނު ބަރަބޯ ނުކިޔާށޭވެސް” “އައިރީ ދޫންޏާ ފަހަރަކު ސުވާލެއް ކުރެބަލަ!” އެ ފިރިހެން ކުއްޖާ މިހެން ބުނެ އައިރިގެ ބޮލުގައި ޖެހިއެވެ. “ކުޑޫ……….” މުޅި ބަދިގެ ތެރޭގައި ގުގުމާލީ އައިރީގެ ތޫލި ހަޅޭކުގެ އަޑެވެ.
ކޮޓަރިއަށް ވަދެ ބޮކި ދިއްލާލި ހައިނާގެ ބޮޑު ދެލޯ ފުރިފައިވީ ކަރުނައިންނެވެ. މިއަދު ދިވެހި ގަޑީގައި ވީކަންތައް ސިކުނޑި ތެރޭގައި ފްލޭޝްބެކެއް ހެން އެނބުރެމުން ދިޔައެވެ. ފިރުޝާންގެ އެ ފިނި ބަލައިލުމާއި ލޮލުގައިވި ފިނިކަން ހައިނާގެ ހިތުގެ ހަމަޖެހުން ނަގައިލައިފިޔެވެ. ފޮތްކަބަޑުކައިރީގައި ދަބަސް ބެހެއްޓުމަށްފަހު ކަބަޑުން ފޮތެއް ނަގައި އެނދުގައި އިށީނެވެ. ފޮތުގެ ތެރެއިން ގަނޑެއްނަގައި އެގަނޑަށް ބަލައިލިއެވެ. އެވަގުތު ކަރުނަތަށް ފައިބައިވާ ކޮލަށް އަޑިކޮޅެއް އެޅުނީ ހައިނާ ހިނިތުންވުމުންނެވެ. އެ ގަނޑުގައި އަތް ހާކައިލުމަށްފަހު ހައިނާ ލޯމަރާލީ ފުން ޙިޔާލަކަށް ގެނބެމުންނެވެ.
************************************
“އޭތް ފިރުޝާނޫ!! ކޯއްޗެއް ތި ކުރުހަނީ” އާޓުގަޑީގައި ފޫހިވެފައި އިން ހައިނާ ކުރިމަތީގައި އިން ފިރުޝާނަށް ގޮވާލީ ފޫހިވެފައި އިނުމުންނެވެ. ގްރޭޑް އެކަކުން ފެށިގެން ގުރޭޑު އަށަކަށް އައިއިރު އާޓުގަޑިއަކީ ހައިނާ އެންމެ ފޫހިވާ ގަޑިއެވެ. މި އަހަރަކީ އާޓުގަޑި އޮންނަ އެންމެ ފަހުއަހަރު ކަމުން ހައިނާގެ ހިތުގައި ވަނީ އުފާވެރިކަމެވެ. “އޯތް! އެއްޗެއް ނޫން” ކުރެހުމަށް ގެއްލިފައި އިން ފިރުޝާން ހިތްހަމަ ނުޖެހުނެވެ. ހައިނާ ކުރެހުމަށް ފޫހިވި ނަމަވެސް ފިރުޝާން އޭގެ އިދިކޮޅެވެ. ކުއްލިއަކަށް ގޮނޑިން ތެދުވެ ހައިނާ ފިރުޝާން ކުރުހަން އިން ގަނޑު އަތްލިއެވެ.
އެވަގުތު ހައިނާގެ އަނގައިން މަޑު އޯވް އެއްގެ އަޑުއިވުނީ ފިރުޝާންގެ ކުރުހުމުގެ ފުރިހަމަކަމުންނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ރާޅުޖަހާ ހިސާބުގައި އަތުގުޅުވައިގެން ހުރިއިރު ހީވަނީ އަސްލު މަންޒަރެއް ހެންނެވެ. ހަމައެކަނި ތަފާތަކީ ފަންސުރުން ކުރުހާފައި ހުރިކަމެވެ. “މީ މަށައް.. ދެން ނުލިބޭނެ” ހައިނާ ފިރުޝާނަށް ބުނެލިއެވެ. “ވަޓް؟؟” އެހާ ބުރަ މަސައްކަތުން ކުރެހި ކުރެހުން މީހަކަށް ދޭކަން ފިރުޝާން ބޭނުމެއް ނޫނެވެ. “އާނ! މިހާރު މިއީ ހައިނާގެ އެއްޗެއް” ހައިނާ އަނެއްކާވެސް ބުނެލިއެވެ.
“ނޫން! ނުލިބޭނެ!” ފިރުޝާން ބުނެލިއެވެ. “ވައި؟ މިއީ ފިރުޝާންގެ ޖީއެފްއަށް ދޭން ހެދި އެއްޗެއްތަ؟” ހައިނާ ސުވާލުކުރިއެވެ. “މަ ޖީއެފް އެއް ހުރެގެންތާ!” ފިރުޝާން ބުނެލިއެވެ. “މަ ވެދާނަމޭ!” ހައިނާ ބުންޏެވެ. ހައިނާ އެހެން ބުނެލުމާއި އެކު ފިރުޝާން ބިރެއް ފެނުނުހެން ހައިނާއާއި ދިމާޔަށް ބަލަހައްޓައިގެން ހުއްޓެވެ. “ހެހެ މަޖަލަކަށްށޭ! ދެން ދީބަލަ!! ޕުލީޒްޒްޒް” ހައިނާ ޕަޕީ ފޭސް އެށް ހަދަމުން ބުންޏެވެ. “އާނ އޯކޭ!” ހައިނާ ކުރުނުކުރާނެކަން އިނގުމުން ފިރުޝާން ހަތިޔާރު ބެހެއްޓިއެވެ. “އަން އޮޓޯގުރާފް..” ހައިނާ ގަނޑު ދެމުން ބުނެލިއެވެ. ފިރުޝާން ދެބުމަ މައްޗަށް އަރުވާލީ ހައިނާ ބުނިއެއްޗެއް ދޭހަނުވެގެންނެވެ. “ޔުއާރ އޮޓޯގުރާފް” ހައިނާ ބުނިއެތި އަނެއްކާ ތަކުރާރު ކޮށްލީ އިނގިރޭސިންނެވެ. “ކީއްކުރަން؟” ފިރުޝާނަކަށް ހައިނާ ކިޔާ އެއްޗެއްގެ މާނަ ދޭހަވިހެންނެއް މޫނުމައްޗަކުން ނުދައްކައެވެ. ހައިނާ ދެން ފެށީ އޮޓޯގުރާފުގެ ލުޣަވީ މާނައިން ތަޢްރީފަށް ދަންދެން ފިރުޝާންގެ ސިކުނޑިއަށް ވައްދާށެވެ.
ހައިނާގެ ބޮޑު ތަޤުރީރު ނިމުމާއި އެކު ފިރުޝާން ގަނޑު އަތްލާ ސޮއެ ކޮށްލިއެވެ. އެއަށްފަހު ހައިނާއަށް އެގަނޑު ރައްދު ކުރުމުން ހައިނާ އަނެއްކާ އަނބުރާ ދިނެވެ. އެވަގުތު ފިރުޝާންގެ ބޮލަށް އެނބުރުން އެރިހެން ހީވިއެވެ. “ހައިނާ! މިހާރު ކިހިނެތްވީ؟” އެސޮރަށް ޖެހުނީ ދެދަތްޕިލަ ޖައްސައިގެން ވާހަކަށްދައްކާށެވެ. އަނގަ އިން ނުބައި ބަހެއް ނިކުންނާނެ ކަމުގެ ޔަޤީންކަން އޮތީމައެވެ. “އަޅޭ ފިރުޝާނާ! ކަލޭގެ ބޮލުގައި ތެއްކަމެއް ނެތީތަ؟ ކޮންމެސް އެއްޗެއް ލިޔެބަލަ” މިފަހަރުވެސް ގޯސްވީ އެހާ ބުރަމަސައްކަތުން ދައު އޮހޮރުވި ފިރުޝާން ފަކީރެވެ. ފިރުޝާން އައިސް ފައި ހުރި ރުޅިން ބޮޑު އަކުރުން “އައި ‘ހިތް’ ހައިނާ” ލިޔެފައި ދިނެވެ. ޝުކުރު އަދާ ކުރުމެއްނެތި ހައިނާ ގޮސް ގޮނޑީގައި އިށީންނުމުން، ބަހެއް ނުބުނެ މަޑުން އިން ފިރުޝާން މިފަހަރު ކެތްތެރިކަމުގެ މިސާލު ދައްކައިފިއެވެ.
*************************************
ހައިނާ އަށް ޚިޔާލު ތަކުން ބޭރު ވެވުނީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އަތުގެ ނުފުށުން ކަރުނަތަށް ފޮހެލާ ބާލިސް ތަށް ދޮށުގައި ގަނޑު ފޮރުވާފައި ހައިނާ ގޮސް ދޮރުހުޅުވާލިއެވެ. “ދަރިފުޅާ! މަންމަ މިދަނީ ދައްތަމެން ބަޔަށް ހެދިކާ ހަދަން… ދަރިފުޅު އެތާ ކޮށާފައި ހުރި ތަރުކާރީ ކޮޅު ހަދާލައްޗޭ” ހައިނާގެ މަންމަ ހަނާ މިހެން ބުނެ ހައިނާ ބޮލުގައި ފިރުމާލިއެވެ. ހައިނާ ބޯޖަހާލުމަށްފަހު އެތެރެއަށް ވަނެވެ. “ހުހް މަށައް ކޮންކަމެއް ފިރުޝާން ވާހަކަ ނުދެއްކިޔަސް! މަށަށް މާ ރަނގަޅު” ހައިނާ ކުރެހުމުގައި ދަށުން އެއްވަނަ ލިބުނަސް އަމިއްލަ ނަފުސައް އޮޅުވާލުމުގައި އެންމެންނަށް މިސާލު ދައްކާނެއެވެ. އެއަށްފަހު ހައިނާ އެގަނޑު ފޮރުވާ އުނީފޯމު ބާލައި ފެންވަރަންވަނެވެ.
******************************************************************
ނަމާދުކޮށް ނިމިގެން މުސައްލަ މަތިން ތެދުވެ އައިރީ މުސައްލަ އޮޅާލިއެވެ. އަދި ނަމާދަށް އެރި ދިގު ހެދުން ބާލައި ކަޅު ޓީޝާޓަކާއި ނޫ ފައިކުރި ފުޅާ ހަރުވާޅެއް ލިޔެވެ. އަދި ބޮލުގައި މަޑުނޫ ޝޯލް އެއް އޮޅާލާ ދިގު އެސްފިޔަ ތަކުގައި މަސްކަރާ އަޅާލިއެވެ. މޭޒު މަތީގައި އޮތް ލިޕްބާމުން ތުންފަތް ޖަރީކޮށްލަން އުޅުނު އައިރީ ސިއްސައިގެން ދިޔައީ ފޯނަށް އައި ނޮޓިފިކޭޝަންގެ ސަބަބުންނެވެ. ފޯނު ހުޅުވާލުމާއި އެކު އައިރީ ހިނިތުންވެލިއެވެ. ” ހޯޕް ދިސް ވުޑް ވޯކް.. ވީ ނީޑް ދަ ކެޓް އެންޑް ރެޓް ބެކް އޮން ޓްރެކް.. ސީ ޔޫ..” ހިނިތުންވެފައި އިން އިމޯޖީއަކާއި އެކު އިންސްޓަގުރާމުން އައި ޑައިރެކްޓް މެސެޖު ފޮނުވައިފައި އިނީ ހައިޝަންއެވެ. ” ހެހެ.. ޔާ.. ސީ ޔޫ ” އައިރި ރިޕްލައި ދިނުމަށް ފަހު ތުންފަތުގައި ލިޕްބާމު އުނގުޅާލައިފައި ސެންޓު ޖާހަލިއެވެ.
އައިރީ ކޮޓަރިން ނިކުމެ ފައިވާން ހަރުގަނޑުން ކޮށްޕި ފައިވާނަކަށް އަރައި، ބޭރަށް ނިކުމެ މާނީގެ ނަންބަރަށް ޑައިލްކޮށްލިއެވެ. މާނީ ގާތު އަވަހަށް ބޭރަށް ނިކުންނަށް ބުނެ އައިރީ ސިޑިން ފައިބަން ފެށިއެވެ. އެވަގުތު ސިޑިން މައްޗައް އަރައިގެން އައި ތުއްތަ ފެނުމުން ހީލުމަށްފަހު ދަނީޔޭ ބުނެލިއެވެ. އަވަހަށް އާންނާށޭ ބުނެފައި މާޝާ އައިރީގެ ބޮލުގައި ފިރުމާލަމުން މައްޗައް އެރިއެވެ. “އައިއްކޯ” ބާރު ބާރަށް އައިރީ އަށް ގޮވަމުން ދުވެފައި އައި މާނީ ލައިގެން ހުރި ފުއްޕި ހަރުވާޅުގައި ފައި އެޅިފައި ވެއްޓެން ދިޔައެވެ. މިފަހަރު އެ މަންޖެ ސަލާމަތްވީ އައިސްކޯނެއް ބޮމުން އައި ސޮރެއްގެ ސަބަބުންނެވެ. މާނީ އެސޮރުގެ ގައިގައި ޖެހުމުން ދެމީހުން އެކުގައި ވެއްޓުނީ ޕޭވްމަންޓަށެވެ. އެވަގުތު އެސޮރު އެއޮތް މީރުކޮށް ބޮމުން އައި އައިސްކުރީމް މާނީގެ ހެދުމުގައި ޖެހިފައި ބިންމައްޗައް ވެއްޓުނެވެ.
މާނީ އަވަހަށް ތެދުވެ ގައިން ވެލި ފޮޅަން ފެށިއެވެ. އަވަހަށް މާޢާފަށް އެދިފައި އެސޮރު ހިނގައިގަތެވެ. “އޭތް؟” މާނީ ފަހަތަށް އެނބުރެފައި އެސޮރުގެ ކޮނޑުގައި ޖަހާލިއެވެ. “ހޫމް؟” އެސޮރު ޖަވާބު ދިނެވެ. ” އޭ ކަލޭތީ ކާކުކަމަށްތަ ހީކުރީ؟ އޭން! ފެންނަ މީހެއްގެ ގައިގައި އަޅައިގަންނަށް ޖެހޭތަ؟ މަގޭ އެއޮށް ރީތި ހެދުމޭ!” މާނީ ދައްކާލީ އޭނާ ލައިގެންހުރި ލޭސް ޖެކެޓުގައި ހޭކިފައި ހުރި ޗޮކްލެޓު އައިސްކުރީމެވެ. އެވަގުތު މަގުމަތިން ދިޔައެންމެން އެދެމީހުންނަށް ބަލަންފެށިއެވެ. “އޭތް މަންޖެ އަދި ހާދަ ފޮންޏޭ! މަ ސަލާމަތް ކުރީމައި ޝުކުރުގެ ބަހެއް ނުބުނެ ތިދަނީ ފޮނިވެފަ! މަ އެއޮތް މީރުކޮށް ބޮމުން އައި އައިސްކުރީމްއަށް ވީ ގޮތް ބަލާބަލަ.. މައި ބޭބީ” ބުނަށް ބޭނުން އެތަށް ބަހެއް ހުރި ނަމަވެސް އެސޮރު އިޚުތިޔާރު ކުރީ ހިމޭނުން ހުންނާށެވެ. އަނެއްކާ ވެސް މަޢާފަށް އެދެމުން އެސޮރު އަނެއް ފަރާތަށް އެނބުރެ ހިނގައިގަތެވެ.
” އޭތް! އަދި ތިހާ ފަސޭހަޔަކުން ނުދެވޭނެ އިނގޭ.. މަގޭ ހެދުން ޚަރާބުކޮށްފައި” މާނީ މިހެން ބުނި އެސޮރުގެ ކަނާއަތުގައި އޮތް ފަންސަވީސް ރުފިޔާ ހިފައިގެން އައިރީ އާއި ދިމާޔަށް ދުއްވައިގަތެވެ. އެސޮރަށް އަނގަ ހުޅުވައިގެން ހުރެވުނީ ހައިރާން ވުމުންނެވެ. ” މާނީ! ކިހިނެތް ތި ހެދީ؟ ބަލަ ޔޫ އެއްނު ހަރުވާޅުގައި އަޅައިގަތީ!” އައިރީ ހުރީ މާނީގެ ސަބަބުން އަންތަރީސްވެފައިއެވެ. “ކޮންކަމެއް؟ ހިނގާ މިހިރަ ފިހާރަޔަށް ވަދެ އައިސްކުރީމެއް ގަންނަން! ޗޮކުލެޓު އައިސްކުރީމަށް ޝުކުރު” މާނީ ހިތުން މިކުރެވުނީ އެވޯޑެއް ލިބޭ ވަރުގެ ކަމެކެވެ. އައިރީ ބޯ ހޫރާލީ މާނީގެ މިޒާޖު ރަނގަޅުވާނެހެން ހީނުވުމުންނެވެ.
“ހައިޝަނޫ” ހައިޝަންގެ ކޮޓަރީގައި ފިލާވަޅު ހަދަން ތިބި ހުރިހާ އެންމެންސިހުންވީ ބާރު ބާރަށް ހައިޝަން އަށް މީހަކު ގޮވާ އަޑު އިވިފައިއެވެ. “އޯތް!” ހައިޝަން ކިޔަވާ މޭޒު ކައިރީ އިށީންދެ އިނދެ ޖަވާބު ދިނެވެ. “އިނގޭތަ މިއަދުވީ ކަމެއް! މަ ނަމާދު ކޮށްގެން ފިހާރައަށް ވަދެ އައިސްކުރީމެއް ބޮމުން އަންނަނިކޮށް އެތަނުން އައި މަންޖެއެއް ވެއްޓެނިކޮށް މަގޭ ގައިގައި އަޅައިގަތީ! އަދި ފޮނިކަމެއް ދެއްވާފައި ހުރި މަންޖެ އެކޭ! މަ ސަލާމަތް ކުރީމައި ޝުކުރުވެސް އަދާނުކޮށް މަށާއި ދިމާޔަށް އަޅާލީ! މަ އަދި ރަނގަޅުކަމުން މަޢާފަށް އެދެފަ އަންނަން ފެށީމައި އަނެއްކާ ރުޅި އައިސްފައި މަގޭ އަތުގައި އޮތް ރުފިޔާ އަތްލައިގެން ދުއްވައިގަތީ!” ސައިމަން މިހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު އައިރީ އިނީ ހިނިގަނޑު ހިފަހައްޓައިގެންނެވެ. ނަމަވެސް މާނީ ފަކީރު އިނީ ހާސްވެގެން ނިޔަފަތި ހަފާލަ ހަފާލައެވެ. ހައިޝަންގެ ޖަވާބެއް ނީވުމުން ސައިމަން އެކުދިންނާއި ދިމާޔަށް ބަލައިލިއެވެ.
އެވަގުތު އެންމެން ތިބީ ފަހަތުގައި ރަތް ހެދުމެއް ލައިގެން އިން ކުއްޖާޔާއި ދިމާޔަށް ބަލާށެވެ. އެވަގުތު ސައިމަން ވެސް އެވަގުތު އެކުއްޖާއާއި ދިމާޔަށް ބަލައިލިއެވެ. ހަނދާނުގެ ރަނގަބީލު އެޅުމާއި އެކު ސައިމަންގެ އަނގައިން ނިކުތީ “ފޮނި ހަކުރެވެ”. އެވަގުތު އެންމެންނަށް މާނީ އާއި ދިމާޔަށް ބަލައިލެވުނެވެ. ” އޯވް ހެލޯ! މަ ބުނިންތަ ހިފަހައްޓާށޭ! ކަލޭ ސުޕަހީރޯ ހެދިގެން އުޅުނީމަ އެހެންވާނެދޯ! ބޮޑު ޗޮކްލެޓު އައިސްކްރީމު” މާނީ ފަށައިގަތެވެ.ދެމީހުން ހޫނުކޮށް ޒުވާބު ކުރަމުން ދިޔައިރު އެހެން މީހުން ތިބީ ކުޅިބަލާށެވެ. އެންމެފަހުން ބޮލަށް އުނދަގޫ ވެގެން އެދެމީހުން ހުއްޓުވަން ޖެހުނީ ސޯފާގައި ޕަބްޖީ ކުޅެން އޮތް ސާމިހުއަށްށެވެ.
ސައިމަން އާއި މާނީގެ ހޫނު ބަހުގެ ހަމަލާތަށް ނިމުމުން އަނެއްކާވެސް އެންމެން މަސައްކަތް ފެށިއެވެ. “ހޭއި” ކުޑަކޮށް ލަސްވާނެޔޭ ބުނި ފިރުޝާނަށް މޫނުދައްކާލެވުނު އިރު އެއްގަޑި ސާޅިސްފަހެއް ވެއްޖެއެވެ. އަދި ހައިނާ ފަކީރުގެ ހާލެއް ނޭނގެއެވެ. ޔަޤީންވަނީ މާދަމާ އިރު އެރުމުގެ ކުރިން ފެންނާނެކަމެވެ. ފިރުޝާން އައިސް ފިރިހެން ކުދިން ކައިރީ ހުރި ގޮނޑީގައި އިށީންވަގުތު އަތުގައި ދިޔާ އެއްޗެއް ހޭކުނެވެ. “އައްޗި” މިހެން ބުނެ ފިރުޝާން އަތަށް ބަލައިލިއެވެ. އަތުގެ މުލައްދަޑީގައި ހުރީ ދޭތި ތައްކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރާ ފެންކުލައިގެ އޫހޫ ގްލޫއެވެ. ނަމަވެސް އެސޮރު ފަހަނާއަށް މިސްރާބު ޖެހުމުގެ ކުރިން މާނީ އޭނާ ލިޔަން އިންގަނޑު ކިޔުމަށް ފިރުޝާނަށް ދިނެވެ. ފިރުޝާން ގަނޑު ބާރަށް ކިޔަންފެށިއެވެ. ކިޔަކިޔަ އިންދާ މެދު ތެރެއިން މާނީ ގަނޑުއަތްލާ ފަހަނާއަށް ގޮސް އަތްދޮވެގެން އަންނަން ބުންޏެވެ. އަޖައިބެއް ނޫން ހެއްޔެވެ؟ މީގެ ކުރިންވެސް އަތުގައި ތެރަސް ހޭކުނެވެ. ނަމަވެސް ފަހަނާއަށް ނުފޮނުވައި ހިފަހެއްޓީއެވެ.
ފިރުޝާން ފަހަނާއަށް ވަނުމާއި އެކު ކޮޓަރި ދޮރުން ވަންތަން ފެނުނީ ހައިނާއެވެ. ހައިނާވެސް އިށީންނުމާއި އެކު މަރުހަބާ ކީ އޫހު ގްލޫއެވެ. ދެން ހައިނާވެސް އަވަސްވެގަތި އަތް ދޮންނާށެވެ. އެ ފަކީރު ފަހަނާއަށް ވަންނަށް ދޮރު ހުޅުވާލިއިރު ފަހަނާގައި ފިރުޝާން ހުރި ކަމެއް ނޭނގެއެވެ. “އާތް” ހައިނާގެ ތޫލި އަޑު ފަހަނާގައި ގުގުމައިގަތީ މޫނުދޮންނަތަށި ކައިރީގައި ހުރި ފިރުޝާން ފެނިފައިއެވެ. އެވަގުތު ހައިނާ ދޮރުގައި ހިފާލުމަށްފަހު ނިކުންނަށް އުޅުނެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނީ ބޭރުން ތަޅުލާފައި ހުރުމުންނެވެ. ހައިނާ ފަހަތަށް އެނބުރުނު އިރު ލޮލުގައި އަޅައިގަތީ ޑަސްބިން މަތީގައި އޮތް ކަރުދާސް ކޮޅެކެވެ. ” ހޯޕް ޔޫ ވުޑް ސޯލްވް ދަ ޕްރޮބްލަމް.. ބައި ހައިޝަން، ޠާއިލް، މާނީ އެންޑް އައިރީ” ގަނޑުކޮޅުގައި ކަޅު ގަލަމަކުން ފަވާފައި ވަނީ މިހެންނެވެ.
ނުނިމޭ
ނޯޓް:- އަޅުގަނޑު މިހާރު މިވާހަކައަށް ވާނީ ކުޑަ ބަދަލުތަކެއް ގެނެސްފައިއެވެ. އެހެން ކަމުން އެއްވެސް އޮޅުމެއް ވާނަމަ ކޮމެންޓް ސެކްޝަންގައި ސުވާލު ކޮށްލުމަކީ އަޅުގަނޑުގެ އެދުމެކެވެ.
16 Comments!
Comments are closed.

Wow nice mi bai vx ??
Thnks?.. Btw I’m a blink too
Alheyyyy……. So so soooo nice❤️
Just loved it❤️❤️❤️❤️❤️❤️❤️❤️❤️❤️ when next part… LYSM ❤️ tc
Alhey.. Thnks?… IA Thursday?.. Lym moreeeeeeeeeeeeee?.. Tc
Aleyyy lai koluuuuu vrh Sali mi part ves❤️❤️❤️❤️❤️❤️❤️❤️❤️❤️
Heeeheee bindihje ?????mioh maanyy aa chocolate ice cone soraa hadhaagen???????????????haadha hoonu zuvaabekey dhw heheh???????????❤️❤️❤️❤️
Hope firushaan and haina Alun frnd veythoo❤️❤️❤️????
I wounder whats gonna happen next hehe❤️❤️❤️??????
Waiting for the next part ❤️❤️❤️
Love you laiii❤️❤️❤️
Stay safe darl❤️❤️❤️❤️
Alhey thnks dear?.. Gudhaaru tha bindhuniy??…yh v.hoonu kanne?.. Yh let’s see dhw?…Keep waiting luv?.. Lyt?.. Stay safe?.. Tc
Vrh vrh vrh reethi mi prt vx??????????whn nxt?????…curiously waiting for the nxt prt ???????lve u dear ????stay safe??????????
thnks dear?..IA Thursday …Keep waiting luv?.. Ly?.. Stay safe?..
Hey?.. Hw ru doing? Alhamdulillah I’m fine?.. So long story short I made the story kind of savage?..Do you like it?? Btw mi and author Eekko_11 made an esfiya insta group✌️.. Feel free to dm mi or eekko_11 if you want join?… Our ids are in our bio… Ur welcomed?..hope you like the story and don’t forget to leave a comment?..Stay safe?.. Keep shining?.. Much loves..
??????
Oooh hehe vrh majaa ingey mi prt Haina and Firushan faahana ah vehdhii viyya thi???? veryyy curious waiting for the nxt prt
❤️❤️lysssm
thnks dear?.. Hehe?.. Glad you like it ?.. Keep waiting ?.. Lym moreeeeeeeeeeeeee
V.Reethi ingey ?.. Keep it up lovely?
hey sis ..just read the previous parts.. this story is really funny.. you are so talented… maasha allah.. itdoesn’t even look like this is your first story.. by the way is lai your real name? can we be friends..
haina and firushaan is so funny
maaniy and thaail too
what’s gonna hppn now
curiously waiting
stay safe
tc
-your biggest fan-
Ma mihaaru heehee bindhihje.. ????
Eki meehun problem solve kuranee Eki thanuga thaa dho…. ??????????????????
Vrrrrrrrrrrrr Reethi mipartves…. ??????
Curiously waiting for next
Keep it up
Your First story aabalaafa Vrrrr salhi ???
Stay safe
Luv u??
Sorry for the late comment ?
Lai.. Luv Mi prt vs Hama???… Ur a perfectionist… That’s wht I like abt u?.. Waitin 4 nxt prt…lysssssssssssm
I LOVED THIS PART TOO ? FIRUSHAAN AND HAINAA’S UHU GLUE LOVE STORY IS GONNA BE DAMN CUTE ?❤️ SO CURIOUS FOR THE NEXT PART ❤️ MUCH LOVE ❤️ STAY SAFE AND TAKE CARE ❤️?