Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ – 14

Afaa Level 310 Stories100 Comments
October 23, 2020 5 Mins Read
100 Comments

ޖެޓް ނައްޓާލަން ރަންވޭގައި ދުއްވާލުމާއި އެކީ އިވާން ސިހުނީ އޭނާގެ އަތަށް ތޫނު އެއްޗެއް ހެރުނުފަދަ އިހުސާސެއް ކުރެވުމުންނެވެ. ޖެހިގެން އިން ސީޓުގައި އިން ނޫރްއާއި ދިމާލަށް އޭނާއަށް ބަލައިލެވުނު އިރު، ނޫރްގެ ދެލޯ ވަނީ ތަގުޅި ކޮށްލެވިފައެވެ. އޭނާގެ އަތުގައި ބާރަކަށް ހިފަހައްޓައިގެން ނޫރް އިނުމުން، އަތަށް އެ ހެރޭ ތޫނު އެއްޗަކީ ނޫރްގެ ނިޔަފަތިތައްކަން އިވާންއަށް ނަގައި ގަނެވުނެވެ.

‎ހަންގަނޑުން ދިލަ ނަގަމުންދިޔަ އިހުސާސްވެސް އިވާންއަށް ނުކުރެވުނީ އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ނޫރްގެ ހަރަކާތްތަކަށް ކަމުގައި ވީތީއެވެ. ޖެހިލުންވެ ބިރުގައިންފައިވާ ނޫރްގެ މޫނު ފެނުނު މީ ދެވަނަ ފަހަރު ނަމަވެސް، ދެ ހާލަތު ނުހަނު ތަފާތެވެ. މި އަޖައިބެއް ފަދަ އަންހެން ކުއްޖާއާއި މެދު އިވާންގެ ހިތުގައި ތަފާތު ޝައުގުވެރިކަމެއް އުފެދެން ފަށައިފިއެވެ. “އިވްވް…ޕްލީސް” ނޫރްގެ އަނގައިން އިވިގެން ދިޔަ ދެ ލަފުޒާއި އެކު އިވާންގެ ދެލޯ ބޮޑުވެގެން ދިއައިރު، ޖެޓު ވެސް ފަޒާތެރެއަށް ނިކުމެއްޖެއެވެ.

‎އިވާންގެ އަތުން ދޫކޮއްލަމުން މަޑުމަޑުން ދެލޯ ހުޅުވާލި ނޫރްއަށް ބުނެވުނީ ކީކޭ ކަން ރޭކާލީ، ހައިރާންކަން އެކުލެވިގެންވީ އިވާން ފުން ދެލޯ އޭނާއަށް އަމާޒުވެފައި ހުރުމުންނެވެ.

*********

އިސްޖަހާލައިގެން ހުރެ ކޮލެޖުގެ ގޯތި ތެެރެއަށް ވަދެގެން ދިޔަ ލައިބާގެ މޫނުމަތީގައި ވަނީ ތާޒާކަމެވެ. ގާތާ ލެވިފައިވީ ފަން އިސްތަށިގަނޑުން ކުދި ބައެއް އިސްތަށިކޮޅުތައް އޭނާގެ ދޮން މޫނަށް ހިޔަނި އަޅަމުން ދިޔައިރު، ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ. އަތުން ހިފައިގެން ހުރި ދެތިން ފޮތް މޭމަތީގައި ހުރަސް ކޮށްލަމުން އޭނާ ގޮސް ހުއްޓުނީ ސުކޫލު އޮފީހުގެ ކުރިމަތީގައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޮފީހުގެ ކައުންޓަރާއި ކައިރިވެލައި ރިސެޕްށަންގައި އިން އަންހެން ކުއްޖާއާއި ދިމާލަށް ލައިބާ ބަލައިލިއެވެ.

“ލައިބާ ޒާހިރުތަ؟ ޑީން އެބަ އިންނެވި ކެބިންގަ….ދުރުވެލައްވާ” ލައިބާ ފެނުމާއިއެކު ފުރިހަމަ ހިނިތުންވުމެއް ހަދިޔާކުރަމުން އެ އަންހެން ކުއްޖާ ބުނެލިއެވެ. އެކުއްޖާއަށް ޝުކުރު އަދާކުރުމަށްފަހު ލައިބާ ހިނގައިގަތީ، އޮފީހާއި އިންވެގެން ހުރި ސިޑިން މައްޗަށް އެރުމަށެވެ. ހޮނިހިރު ދުވަހަކީ ކޮލެޖު އާންމު ގޮތެއްގައި ބަންދު ދުވަހެއް ނަމަވެސް، އޭނާ މިއަދު އަންނަން ޖެހުނީ ކޮލެޖުގެ ޑީންގެ އެދުމަކަށެވެ. ކުރިންވެސް ޑީންއާއި ބައްދަލުވެފައިވީ ނަމަވެސް ލައިބާގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.

ފުރަތަމަ ފަންގިފިލާގައި ހުންނަ ޑީންގެ ކެބިންގެ ދޮރު ކުރިމަތީގައި ހުއްޓިލަމުން ލައިބާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ނަފުސު ހަމަޔަކަށް އަޅުވާލަމުން އެ ކެބިންގެ ތަޅުގައި ހިފައިލަމުން ލައިބާ ސަލާމް ގޮވައިލިއެވެ.

“ވަޢާލައިކުމުއް ސަލާމް….އަނހާ ލައިބާ ދޯ! އަވަހަށް އާދޭ..އިށީނދޭ” ސަލާމް ބަލައިގަންނަމުން ލައިބާއަށް އެތެރެއަށް އައުމަށް ރައިޒާ ދައުވަތު ދިނެވެ. ހިނިތުންވެލަމުން ލައިބާވެސް ގޮސް ރައިޒާ އިށީނދެއިން ސޯފާގެ އަނެއް ފަޅީގައި އިށީނދެލިއެވެ.

މޫނުމަތީގައި މުސްކުޅި ރޫތައް ހުރި ނަަމަވެސް ރައިޒާގެ ހަށިގަނޑަށް ބަަލާފައި އޭނާއަކީ ސާޅީހުގެ އަހަރުތައް ގުނަމުންދާ މީހެކޭ އެކަކު ވެސް ނުބުނާނެއެވެ. އަތް ދިގު ކަކުލާއި ހަމައަށް އަންނަ މަޑު ފިޔާތޮށި ހެދުމަކާއި އެކު ހަމައެކުލައިގެ މަންޒަރު ކުރެވިފައިވާ ދޫ ފުޅާ ހަރުވާޅެއް ލައިގެން ހުރި އިރު، ބޯ ނިވާކުރެވިފައިވަނީ ގަދަ ފިޔާތޮއްޓެއްގެ ޝޯލްއަކުންނެވެ. މޫނުމަތީގައި މާބޮޑު މޭކްއަޕެއް ކޮށްފައި ނުވާއިރު، ކޮންމެ މީހަކަށް ވެސް ހަދިޔާކުރަނީ އެކުވެރިކަމާއި ހިތްހެޔޮކަމުގެ ފުރިހަމަ ހިނިތުންވުމެކެވެ. ސެންޓްރަލް ހައި ކޮލެޖުގެ ކާމިޔާބީތަކުގެ އަސްލަކީ ރައިޒާގެ ހުނަރުވެރިކަމާއި، އިސްނެގުމުގެ ލާމަސީލުކަމެވެ.

“ވަރަށް ހާސްވެފަ ތަ ތިހިރީ….ހެހެހެ ޑޯންޑްޓް ވޮރީ އިނގޭ! ލައިބާއަށް އަދަބެއް ދޭކަށް މެޑަމް ނޫޅެން…ލައިބާ ކަހަލަ ބަސްއަހާ މޮޅު ދަރިވަރުން މިއަދު ސެންޓްރަލް ހައިގެ ނަން ރޯޝަން ކޮށްދެނީ….މެޑަމް ވަރަށް އުފާވޭ ލައިބާގެ ތި ހިތްވަރު ފެނިފަ…” ހިނިތުންވުމަކާއި އެކު، ރައިޒާ ލައިބާގެ ޢިލްމީ ހުނަރަށް ތަޢުރީފު ކޮށްލިއެވެ.

“ޝުކުރިއްޔާ މޭމް” ރައްދުގައި ހިނިތުންވެލަމުން ލައިބާ ރައިޒާއަށް ޝުކުރު އަދާކުރިއެވެ. ރައިޒާ ފަދަ ހިންގުންތެރި އަދި އެހާމެ ހިތްހެޔޮ ވެރިޔެއްގެ ކޮލެޖެއްގައި ކިޔެވުމުގެ ފުރުސަތު މަދު ކުއްޖަކަށް ނޫނީ ނުލިބޭނެކަން ގައިމެވެ.

“ސޯ…މެޑަމް ލައިބާ މިއަދު މިގެނައީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއް ހަވާލުކުރަން ވެގެން….މެޑަމްއަށް ޔަޤީން ލައިބާއަށް ވުރެން ޤާބިލު ދެވަނަ ދަރިވަރެއް ހިއުމަން ރިސޯސް މެނޭޖްމެންޓް ކޯހަކު ދެން ނޫޅޭނެކަން….އެހެންވެ މިކަމަށްް ލައިބާ ހޮވުނީ” ރައިޒާ ކިޔައިދިނެވެ.

“ކޮލެޖަށްޓަކާ އަޅުގަނޑަށް ނުކޮށްދެވޭނެ ކަމެއް ނޯންނާނެ….ކޮންކަހަލަ މަސްޢޫލިއްޔަތެއް ތޯ މޭމް؟” ލައިބާ އަހައިލީ ޝައުގުވެރިކަމާއި އެކީގައެވެ. ޑީން އޭނާއަށާއި އޭނާގެ ޤާބިލިއްޔަތަށް އެހައި އިތުބާރު ކުރާތީ ލައިބާ އުފާވިއެވެ.

“ސޯ….ރާއްޖޭގެ ހުރިހާ ކޮލެޖުތަކަކުން ކުދިން ބައިވެރިވާ ވޯރކްޝޮޕެއްގަ ލައިބާ ކޮލެޖުގެ ފަރާތުން ބައިވެރިވާން މެޑަމް ބޭނުމީ….ދެދުވަހުގެ ވޯރކްޝޮޕެއް މީ….އައްޑު ސިޓީގެ ހިތަދޫގަ ކުރިއަށްދާނީ…..ތިކުދިންގެ ކެއުމާ ހުރުމާ ހުރިހާކަމެއް ސަރުކާރުން ވަނީ ހަމަޖައްސާފަ….މެޑަމް ބޭނުންވަނީ ސެންޓްރަލް ހައި ރިޕްރެސެންޓް ކުރަން ލައިބާ ދާން” އުންމީދާއި އެކު ރައިޒާ ކިޔައިދިނެވެ. އޭރު ލައިބާގެ މޫނުމަދީގައި ވަނީ އުފާވެރިކަމާއި ޝައުގުވެރިކަމެވެ.

“ކޮންއިރަކު ތޯ ވޯރކްޝޮޕް އޮންނަނީ؟” ލައިބާ އަހާލި އިރު، އެދެލޮލުގައި ވިދަމުން ދިއައީ ކާމިޔާބީގެ ވިދުވަރެވެ. ލައިބާގެ ސުވާލާއިއެކު ރައިޒާގެ ހިނިތުންވުން ފުޅާވެގެން ދިއައެވެ. “މާދަން ފުރަންވީ…”

**********

ސޯނާވަމުން ދިޔަ ގަޑީގެ ބާރު އަޑު މުޅި ކޮޓަރި ތެރޭގައި ހިފައިލައިފައި ވީއިރު، ހުދު ފަރުދާތަކުން ފުރޭނިގެން ކޮޓަރި ތެރެއަށް އެޅިފައިވީ ރަން ދޯދިތަކުގެ ސަބަބުން ކޮޓަރި އަލިކޮށްލައިފިއެވެ. އޭސީގެ ފިނިކަން ގަދަކޮށްލެވިފައިވުމުގެ ސަބަބުން، މާރބަލް ޓައިލްސް ތަކުގައި ވަނީ ފިނި ހިފައިލައިފައެވެ. އެނދުމަތީގައި ބަންޑުން އޮތް އައިމަން އިތުރަށް ރަޖާގަނޑުގެ ތެރެއަށް ފީނައިލަމުން، ބާލީހުގެ ތެރެއަށް މޫނު ގަންބައިލިއެވެ.

“ވަގުތަށް ކަމޭހިތުމަކީ ޒިންމާދާރުވުމުގެ ފުރަތަމަ ފިޔަވަޅު” ހަނދާނަށް އައި ނޫރްގެ އެ ޖުމުލައާއިއެކު ކަރަންޓު ޝޮކެއް ޖެހުނު މީހެއް ފަދައިން ފުންމާފައި އައިމަން ތެދުވެ އެނދުމަތީގައި އިށީނދެލިއިރު، އެ ދެލޮލުން ނިދީގެ އަސަރު އެކީހެން ފިލައި ގޮއްސިއެވެ. ސައިޑު ކަބަޑުމަތީގައި ހުރެ ސޯނާވަމުން ދިޔަ ވައް ގަޑި ނަގައި އެލާމު އޮފް ކޮށްލަމުން އައިމަންއަށް ހިނިތުންވެވުނީ ގަޑިއަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. ބަރާބަރު ގަޑިން އަށެއްޖަހައި ފަހެއް ހިނގާފައިވާއިރު، މިގަޑިއަކީ މީގެ ކުރިން އޭނާ ގަދަ ނިދީގައި އޮންނަ ވަގުތެވެ. ނަމަވެސް ނޫރްގެ ފިޔަވަޅު އޭނާގެ ތަރުތީބެއް ނެތް ހަޔާތަށް އެޅުމާއި އެކީ ހުރިހާ ކަމެއް ތަރުތީބުވެ، ބަދަލުވެގެން އެދިއައީ ހާދައަވަހަށެވެ.

ގަޑި ނަގައި ސައިޑު ކަބަޑު މަތީގައި ބެހެއްޓުމަށްފަހު އޭނާގެ ފަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ހިނިތުންވެހުރެ ފާހަނައާއި ދިމާލަށް އައިމަން މިސްރާބުޖެހީ، ފެންވަރައި ތާޒާ ވެލައިގެން ދުވަސް ފެށުމަށެވެ.

ދީވާނާ ވޭ މޫސުން

ތިޔަހެން ބަލާލުމުން

ހިނިތުންވީމާވެސް މާފޮޅޭ

ނޭނގޭ ޖާދޫ އެކޭ

ހިތުގާ އުފަންވަނީ

ބައްދަކޮށްލީމާ ހިތްފުރޭ

ވިސްނާލަން ނޭނގޭ ހިޔާލްތަކޭ

އަޖައިބެއްފަދަ އިހުސާސްތަކޭ

މިވެވެނީ ލޯބިކަން ޔަޤީން

ލައިވެގެ ބައިތުތަށް ރީތި ރާގަކަށް ކިޔަމުން ސިޑިން ފައިބައިގެން އައިސް ކާމޭޒު ކައިރީގައި ހުއްޓިލި އައިމަން މަޑުޖެހިލީ، އެ ދިގު މޭޒުގެ އެންމެ ބޮޑު ގޮނޑީގައި އިށީނދެ ހިޔާލަކަށް ގެއްލިފައިއިން އާދިލާ ފެނުމުންނެވެ. ކުރިމަތީގައި ކާއެއްޗެހި އަޅާފައި ހުރި ތަށި ހުރި އިރުވެސް، ކެއުމަށް އާދިލާގެ އެއްވެސް ސަމާލުކަމެއް ނެތްކަން ހާމަވަނީ، އެތަށިން އެންމެ އެތިކޮޅެއްވެސް މަދުވެފައި ނެތުމުންނެވެ.

“ދިލް މާމްސީ…ކޮން ހިޔާލެއްގެ ކަނޑުގަ ތިޔަ ފީނާލަނީ؟” އަބަދުމެ މާމައާއި ވާހަކަދައްކާ މަޖާ ރާގުގައި އައިމަން އަހައިލި އިރު އޭނާގެ އަޑުގައި ވަނީ ސަކަކަމެވެ.

“މަގޭ މާމަ ދަރިންގެ ޗަމައްކާރް ފެނިފަ ހިތުގަ ޖެހިފައެއްނު” އައިމަންއާއި ދިމާލަށް ބަލައިލަމުން އާދިލާ ބުނެލިއިރު، އޭނާގެ އަޑުގައި ވީ މާޔޫސީ އައިމަންއަށް ނަގައިގަނެވުނެވެ. އަދި ވަށައިގެން ގޭތެރެއަށް އޭނާއަށް ނަޒަރު ހިންގާލެވުނީ، އެހެންޏާ އެގަޑީގައި ހެނދުނުގެ ސައިގައި ބައިވެރިވާ އިވާން ފެންނަން ނެތުމުންނެވެ.

“ދަރިޔާ….ތި ހޯދާ ފަރާތް ނުފެންނާނެ ދެން ކިތަންމެ ވަރަކަށް ހޯދިޔަސް….ނިކަން ތި މިތާގަ އިށީނދެބަލަ! ދޮންބެއާ ނުލާ ނޭވާވެސް ނުލެވެނީ ތަ” އައިމަންއަށް އިށީންނުމަށް އިޝާރާތް ކުރަމުން އާދިލާ ބުނެލުމާއިއެކީ، އާދިލާއާއި ދިމާލަށް އައިމަން ބަލައިލީ އެއްޗެއް ފަހުމު ނުވާ ފަދަޔަކުންނެވެ.

“ކޮބާތަ ދޮންބެ؟ ގޭގަ ނޫޅެނީތަ؟” އައިމަން އަހާލީ ސީރިއަސްކަމާއި އެކީގައެވެ. “ކީތްކުރާނީ….މާމަދެކެ އެ އިވާނު ލޯބި ނުވޭ ވިއްޔަ….މާމަ އައިތާ މިވީ ދެތިން ދުވަސް….އެކަމު މިހައި އަވަހަށް އެސޮރު ވިޔަފާރި ދަތުރަކު ދާންޖެހިއްޖެ! އެވެސް އެންމެ ދެކުނަށް….ބަަލަ އަތް ދިއްކޮށްލީމަ އަތް ފޯރާ ހިސާބަކަށް ދާނަމަވެސް….ޕިސް” ޗޮކެއް ކަނޑައިލަމުން އާދިލާ ކިޔައިދިނެވެ.

މާމަގެ ވާހަކަތަކުން އައިމަން ހައިރާންވީ، އޭނާގެ ގާތުގައި އެފަދަ އެއްވެސް ވާހަކައެއް އިވާން ދައްކައިފައި ނުވާތީއެވެ. “ވަޓް؟ ބިޒްނަސް ޓްރިޕްއެކޭ! ގައިމު އަހަރެން ކައިރީ ނުވެސް ބުނޭ….ހުރެބަލަ ތޫ ގާތު އަހާނަން…” އެ ހައިރާންކަންމަތީ ހުރެ އައިމަން އިންތަނުން ތެދުވެ އަވަސްވެގަތީ ތުގާއަށް ގުޅައި އޮޅުން ފިލުވުމަށެވެ. ވިޔަފާރި ދަތުރެއްނަމަ އިވާންއާއި އެކު ތުގާ ވެސް ދާނެތީއެވެ.

***********

އަވަހަށް ދުރަށް ނަޒަރު ބަދަލުކޮށްލަމުން ހަމަޖެހިލަން ނޫރް މަސައްކަތް ކުރިއިރު، އިވާން އަދިވެސް ހުރީ ހައިރާންކަމާއިއެކު ނޫރްގެ މޫނަށް ނަޒަރު ހުއްޓާލައިގެނެވެ. އެދެމެދުގައި ހަމަހިމޭންކަމުގެ ސާލެއް އޮޅިގެން ދިއައިރު، މާޒީގެ ހިޔާލުތައް ދެ ސިކުނޑިވެސް ހިސޯރުކޮށްލި ކަހަލައެވެ.

އެއްގަޑީރުގެ ދަތުރު ނިމެން ދެން އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވޭ އިރު، ރަންވޭގައި ޖެޓު ޖެއްސުމާއި އެކީ ދެމީހުންވެސް އަވަސްވެގަތީ އެމީހުންގެ މަންޒިލަށް ވާސިލުވުމަށެވެ. ދެމީހުން ބަލައި އައިސް އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރުގައި ދަތުރު ކުރަމުން ދިއައިރު، ފަހަތު ސީޓުގައި އިން ނޫރްގެ ނަޒަރު ހުއްޓިފައިވަނީ ކާރުގެ ކުޑަދޮރުން ފެންނަމުން ދިޔަ ތަފާތު މަންޒަރަށެވެ.

މަގުތަކުގައި ތާރަ އަޅައި ޒަމާނީ ފެންވަރަށް ހެދިފައިވީނަމަވެސް، މަގުތަކުގެ ޤުދުރަތީ ރީތިކަން ގެއްލި ނުދާކަމުގެ ހެއްކަކީ، މަގުގެ ދެފަރާތުގައި ހެއްދިފައިވާ ފެހިކަން ގަދަ ގަސްތަކާއި ދިގު ރުއްތަކެވެ. ބައެއް ރުއްތައް ކުރުނބާ އިހާތަކުން ބަރާވެފައިވާއިރު، ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކާއި އެކު ރުކުގެ ފަންތަކާއި ގަސްތަކުގެ ފަތްތައް ނަށަމުން ދިޔަ މަންޒަރު ނުހަނު ހިތްގައިމެވެ.

ތިރީހަކަށް މިނެޓުގެ ދަތުރަކަށްފަހު ކާރުގޮސް މަޑުކޮށްލީ ބޮޑު ގެއެއްގެ ކުރިމަތީގައެވެ. ޒަމާނީ ފެންވަރަށް ހެދިފައިވާ އެ ގޭގެ ރީތިކަމަކީ، އާކިޓެކްޗަރާއި ޑިޒައިންގެ ފުރިހަމަކަމާއި، ގެ ބިނާ ކުރެވިފައިވާ ބިމެވެ. މީހުން އާބާދުވެ އުޅޭ ހިސާބާއި ދުރު ތަނެއްކަމުން ގޭގެ ވަށައިގެން ވަނީ ބޯ ޖަންގައްޔެވެ.

ކާރުން ފައިބަމުން ނޫރްއާއި އިވާން ގޭގެ އެތެރެއަށް މިސްރާބުޖެހިއިރު، އެމީހުންގެ ސާމާނު ހިފައިގެން ޑްރައިވަރު ވަނެވެ.

********

ކަންފަތުގައި ޖަހައިގެން ހުރި ފޯނު ބޭއްވިއިރު ތުގާގެ މޫނުމަތީގައިވަނީ ހާސްކަމެވެ. ދުވަހަކު އޭނާއަށް ނޭނގި ވިޔަފާރި ދަތުރެއްގައި ރަށުން ބޭރަށް ނުދާ އިވާން މިއަދު ކުއްލިއަކަށް އައްޑޫ އަށް އެދިއައީ ކޮން ބޭނުމަކު ހެއްޔެވެ. އިވާންގެ ޕާރސަނަލް އެސިސްޓެންޓުގެ ހައިސިއްޔަތުން ހުރިހައި ކަމެއް ބަލައި، އިންތިޒާމުކޮށް ހަދަނީ އޭނަ ކަމުގައި ވީއިރު، މިހެން އިވާން އަމަލުކުރަންވީ ކީތްވެ ހެއްޔެވެ.

ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ލިބޭނީ ހަމައެކަނި އިވާންގެ ފަރާތުންކަމުން ލަސްނުކޮށް އިވާންގެ ނަމްބަރަށް ތުގާ ޑައިލްކޮށްލިއެވެ. މިއަދު އިވާންއާއި ސުވާލު ކުރުމުގެ ހިތްވަރު އޭނާއަށް އެ ލިބުނީ ކިހިނެއްބާއެވެ؟

ގުޅެން މިއުޅޭ ގުޅުމުގެ ހައްޤު އޭނާއަށް ލިބިގެންވާކަމަށް ހިތާއި ސިކުނޑި އަދު ވިސްނައިދީފިއެވެ. އަންގައިވެސް ނުލައި އިވާން ފުރައިގެން ދިއައީ ކީތްވެކަން އެނގުމުގެ ފުރިހަމަ ހައްޤު އޭނާއަށް ލިބިގެންވާކަމަށް ޤަބޫލުކުރެވެނީއެވެ.

*******

އެ ބޮޑު ގޭގެ ތަނަވަސް ސިޓިން ރޫމަށް ނަޒަރު ހުއްޓާލައިގެން ހުރި ނޫރްގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އެ ސިޓިން ރޫމު ފަރުމާ ކުރެވިފައިވަނީ ކަޅާއި ހުދުކުލައިގެ ފަރުނީޗަރާއި އިންޓީރިއާރ އިންނެވެ. ފާރުތަކުގައި ހުދުކުލަ ލެވިފައިވީއިރު، އަޅުވާލެވިފައިވާ އަގު ބޮޑު ކުރެހުންތަކާއި، ފްރޭމްތަކުގެ ސަބަބުން ޝާހީކަމަށް ދައްކައެވެ. ސީލިންކުގައި ބޮޑު ޖަވާހިރުގެ ޗާންދަލިއާއެއް އެލުވާލެވިފައިވީއިރު، ސޯފާސެޓާއި ފަރުދާތައް ވަނީ ކަޅުކުލައިންނެވެ. ފާރުގައި ބޮޑު ބިތެއްވަރުގެ ފަތި ޓީވީ އެއް ހަރުކުރެވިފައިވީއިރު، ގޭތެރޭގައި ހުރި ކަބަޑުތަށް މަތީގައި ބިއްލޫރި ވާސްތަކާއި، ކަށިގަސްތަށް ބެހެއްޓިފައިވިއެވެ.

ސިޓިންރޫމަށް ލޯހިންގަމުން ދިޔަ ނޫރްއަށް ފަހަތް ބަލައިލެވުނީ، އޭނާގެ ފަހަތުގައި ހުރި އިވާންގެ ފޯނުގެ ރިންގުގެ އަޑަށެވެ. ޖީބުގައި އޮތް ފޯނު ނަގަމުން އިވާން ވެސް އެއަށް ޖަވާބު ދިނުމަށް އަވަސްވެގަތެވެ.

ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ހަލޯ އޭ ބުނެލި އިވާން ސިއްސައިގެން ދިއައީ އޭނާގެ ފޯނު ނޫރް ޖަހައިގަތުމުންނެވެ. އަދި ކޯލު ކަނޑައިލުމަށްފަހު އިވާންއާއި ދިމާލަށް ނޫރް ބަލައިލީ ވިހަ ހިނިތުންވުމަކާއި އެކީގައެވެ.

“ސަމާލުކަން ބޭކާރު، މާނައެއްނެތް ކަންކަމަށް ހުއްޓުނަ ދީގެން ނުވާނެ!” ނޫރްގެ މާނަ ފުން ޖުމުލައާއި އެކު އިވާންގެ ދެބުމަ ގޮތްޖެހިގެން ދިއައިރު، އެ ދެލޮލުން ފެނިލީ ނުރުހުމުގެ ވިދުވަރެކެވެ. ނޫރްއާއި ދިމާލަށް އިވާން ހިނގައިގަތީ ފޯނު އަތުލުމަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

މަންޒިލް 15

Next

ނޭދެމޭ ވަކިވުމެއް-21

Next
October 23, 2020

ނޭދެމޭ ވަކިވުމެއް-21

Previews
October 23, 2020

މަންޒިލް 15

100 Comments!

  1. Nuhyy says:
    October 23, 2020 at 2:08 pm

    Hey sisooo
    Omg laiba vs addu ah dhany tha i wonder what will happennnnn thuga ah bondi bovifa oethy hahaha dhen lalala nooor rangalhah ehedhy jeheyny phone athulan??? i wonder noor kihineh baa ey ivaan maraalaany

    ނިއު ކަވާރ ފޮޓޯ ވަރަށް ސަޅި އިނގޭ ސިސޫ ނޫރް އާ އިވާން އާ ދޯ އެއީ….ލަވް އިޓް ❤️

    1. Nuhyy says:
      October 23, 2020 at 2:09 pm

      Meee first dhww yay

    2. Afaa says:
      October 23, 2020 at 10:27 pm

      Thankyou nuhyy❤️ Thugaa ah alhe hamdhardhy nuweytha darling?? ahaha hingaa balamaa dhww

  2. ?Ril? says:
    October 23, 2020 at 2:19 pm

    Mi part ves vrh Sali???
    Masha Allah sis ???
    Keep it up ????
    And new cover pic vrh Sali ????
    And waitting for the next part ??
    Love uuuu???
    Stay safe and take care????

    1. ?Ril? says:
      October 23, 2020 at 2:20 pm

      Me second dhw ????????????????????????❤️❤️

    2. Afaa says:
      October 23, 2020 at 10:27 pm

      Thankyou riloo❤️Lym stay safe❤️

  3. Laiba says:
    October 23, 2020 at 2:25 pm

    lai secound dhw! kiyaafa report up kohlaanan

    1. Shaayan says:
      October 23, 2020 at 4:15 pm

      Majeyyy Konthaaku tha thi ulhuvvii mioh hurihaa dhuvahaku? Ma hiikurii vaan brw aa ehkoh bingaraahuga kamah

    2. ?Ril? says:
      October 23, 2020 at 5:01 pm

      Thede manjeyy
      Ma heekuree soarakaa ehkoh filaa gen uleny kama
      Missed u lai

    3. Laiba says:
      October 23, 2020 at 7:59 pm

      ހިއްޔާ!ސޮރީ ލަހުން ކޮމެންޓު ކުރެވުނީމަ! ލައި ކޮންޕިޔުޓަރު ކްރޭޝް ވިއްޔޭ! އެސޮރުގެ ޓައިމިންވެސް ނުބައީ! ބައިދަވޭ ސިސް؟ ހާލާ ކުކުޅާ ކިހިނެތް؟ ޓެސްޓު ނިމުނީމައި ފިނިފެންމަލުގެ ގުލްދަސްތާ އަކުން މަރުހަބާ! ކީކޭ ބުނާނީ! އިންތިޒާރުގެ ގިޓާ ހަމަ ހިތުތެރޭގައި ހަބޭހަށް ރަނގަބީލު ޖެހި! ވަރަށް ސަޅި ކުރީ ޕާޓުވެސް!ކީއްކުރާނީ ހަނދާނުގެ ގަޑިން ކަށިނެއްޓުނީއޭ! ދެން އަވަހަށް ސައިޓަށް ވަދެ ބަލައިލިއިރު ޅިއަނު ސޮރު އިން އަޕްކޮށްދީފައި! އެކަމަކު އޭރު އޮތީ ދޫދްކާ ދޫދް ޕާނީކާ ޕާނީ ވެފަ!ދެން އަނެޕާޓައް އިންތިޒާރު ކުރީ! މި ރިލްމެން ލައިގެ މަސް ފިހެގެންނާ، ފެނުކައްކައިގެންނާ، ތެލައް އަޅައިގެންނާ، މައިކްރޮވޭވް ކޮށްގެން ކީއްކުރަން ރޮލާވެސް ކެއީ ވީއްޔާ! މިހާރު އެއްކިލޯ ހިކިއްޖެ! އަދި މި އައިމަނު ސޮރު ބުންޏެއްނު މަ މާފޮޅުވަނީއޭ! ކަލޯ ތަންތަނަށް ބޯދިއްކުރާއިރު ލޮލުގައި ފޮތި އައްސައިގެންތަ އުޅެނީ! ސަހާދެއް މިބުނީ!ރިލް ދޫންޏާ މަ ނޫޅެން އެކަހަލަ ދަލެއްގައި އަވަހަށް ބެދޭކަށް! ހާސް ނުވޭ! މަ ތިމީހުންނަށް ދަޅު ދޭންޖެހިދާނެތީ ވެސް ނޫޅޭނަށް! އެހެންނޫނަސް ކޮޔާގެ ދަޅުތާ ދެން އޮތީ! މަގޭ ފަހަރިމާމަ ގާތު ބުނިން މަންޖެއަށް ސަލާމް އަރުވާށޭ! އެހެންނޫނަސް މަ އެންމެފަހުން ތިރަށަށް ދިޔައީ ބޮއްކޭޖީ ގައި އުޅުނު އިރު ވިއްޔާ! މަވެސް ވ.މިސްވިޔޭ! ޝާޔަނޫ މަގޭ ޓެސްޓު ފަށަން އުޅޭތީ ފޮތުން އަތް ދޫނުކުރެވިގެންވިއްޔާ މިއުޅެނީ!ކަލޯ މި ވާނު ސޮރު އެރީ ހަވަޔަށް ފަޒަޔަށް ނޫނީ މާހަށް ދިޔައީ ކަމެއްވެސް ނޭންގުނު! އެހެންނޫނަސް ރިހާކުރު ދިޔަ ފަދަ ލޮލެއްގެ އަޖައިބުން ފުރިގެންވީ ނޫރު މަންޖެ ހުއްޓާ މަ ކިހިނެތް އެސޮރު އޮތް ބިންގަރާހަށް ވަންނާނީ! މަގޭ ބަދިގޭގައި އެ ތޫގަރުދިޔައާ ފިލުވަން ފޮރުވީވެސް! އެކަމަކު އެމަންޖެ އަކަށް ނުފެންނަ ވަރު ވާނެތަ؟ ޑެއިސީ މާކޯންޏަކާ ފަޅޯ ބަތާ ރިހާކުރު ދިޔަ ހިފައިގެން؛ ވަރުގެ ނެތް ކޮޅަށް ނަލަ ހެދިގެން؛ ރަތް ލިބާސްލާ، ފޭލި އަނދެ، މަހުމާ ފޮތީގެ ސޯލެއް އަނބުރާ ލޮލުގެ އެސްފިޔަތަކުގައި އެކާހާ ކަރައެއް ހާކައި، ތުންފަތުގައި ރަތް ޝަބުނަމުގެ ދެ ދަވާދު ދަޅު ހާކައިގެން، އަތާއި ފައިގައި ތަކަހޮޅި އަމުނައިގެން،ނެތް ކޮޅަށް ގައިގައި ހުވަދުމަލުގެ އަތަރުލައިގެން، އިރާއި ހަނދު އެއް ތަންވާ ތަނުން ޖާދުވީ ނޫރު އަންނާނެ ނޫ ބިއްލޫރީގެ ފައިވާނުގައި ޓޮއްޓޮއް ގޮއްވަމުން! މި މުދިންބެގޭ ކާސިމު އުތުރު އަށީގައި އޮވެ ދެލޯ ކާއްޓަށް ހަދައިގެން އޮއްވާ ފެނުނު ވާހަކަ އިރުމަތީގޭ ކަދީދާވެސް ބުނި! އަދި ހުރަވީ މަގުން ބޮނޑިބަތް މަގަށް އަޅާއިރަށް އިވޭނޭ ބިންގަރާހަށް ބިންހެލުން އަރާއަޑު! އަހަރުން އެ ވާނު ފަކީރު ކަރުހިއްކައިދާނެތީ ލާފައި ހުރި ޑަބިޔާ ތަކުގައި ތަޅަމުން އެ ވާނު ލަވަކިޔާން ފަށާނީ! އުހުން ހަޅޭއް ލަވަން ފަށާނީ “ޖާދޫގައި ޖެހިއްޖޭ ފެނިފާ ކަލާ!” ޔޯ ކިޔާފައި! ހުވާ މިބުނީ މަގޭ ދެލޯ މުދުނަށަ އަރާނެ ކޮންމެ ފަހަރަކު ނަގާ ކިޔާ އިރު! ކަންފަތްވެސް ބީރުވެއްޖެ ތޯއްޗެއް!އެންމެ ފަހުން ފުޅިމަދު އުނގުރިޔަކުން ނުކަތައިގެން އަހަރުންގޭގައި ސަފަރު މަހު މެނިފެކްޗާރ ކުރި ގާޑިއާގެ އަތްގަނޑުން ބާރަ އިންޗީގެ ދަނގަޑު ގަޑެއް ނަގައި، އެއަށް ކުރިމަތީ ހުރި ގޭގައި އުޅުނު ސޮރު އެގޭ ގިފިލި ހެދި ދުވަހު ސިނމެތި އަޅައިގެން އެކަންފަތަށް ވައްދައިގެން މިއުޅެނީ! ކުރީދުހު މަ ގޭ ދޮށް ކުނިކަހަން ހުއްޓައި ކުރިމަތީ ހުރިގޯތި ކަދީ އައިއްސަ ބުނީ ބޫތު ފޯނަށް ރިންގެއްޖެހި ކޮންމެސް ތުލެއްތޯ ދުލެއް ލައިބާ އަށް ގޮވަޔޯ! މަ އިލޯށިފައްޗަކާ އިލޯށިފައްޗެއް ދޫ ކޮށްފައި ޖަސްޓިން ބީބާ އަށް ޒޫމް އައުޓްކޮށްފައި ވާނު ސޮރު ހުންނަން ފަސްޓު ކުލާހުގެ ބިންގަރާހެއް ރިޒާވްކޮށްހައި އެސޮރު ފޮނުވައިލައިފިން! ދެން ގޮސް މި ތޫގަރުދިޔަ އާއި ވާހަކަ ދައްކައިފިން! މަ ކިޔާ އެއްޗަކަށް ނުބަލާ އެމަންޖެ ފަރިހި ދަމާފައި މިރޭހަނދާއި އިރު ދެކޮޅަށްދާ ތަނުން އަންނާނަމޭ ކިޔާފައި ފޯނު ކަނޑައިލައިފި!މަ އަވަހަށް ގޮސް މުދިންބެގޭ ކާސިމު ގެނެސް އައު މުންޑެއް ދީފައި ބިންގަރާހަށް ވައްދައި ފާނޫޒު ތަކުގެ ހުޅު ކުޑަކޮށްފިން! އެދެމީހުން އުޑުގައި ހުރި ތަރިޔާ ހަނދު ބާލައިފައި ކައިވެންޏަށް ބިލެތް ކަނޑަން އުޅެނިކޮށް މި ބަލްގިޝް ރަނިން އިއްޒަތުގައި ފަސްހާސް ވޯޓުގެ ދިގު ލައިޓެއް ހިފައިގެން އައިސް ފޭސް ރިވަލަވް ކޮށްފި!ދެން ގޭމުވީ ފުލޮޕު!!!!!!!ނުނިމޭ

    4. Afaa says:
      October 23, 2020 at 10:29 pm

      Ahdhey mioh garaareh??❤️Thankyou darling

    5. ?Ril? says:
      October 23, 2020 at 8:07 pm

      Manjeyy Saaabehyyy mioh huthubaa akah
      Mihaaru Ma anga Ah ves vaaluvehje
      Koyaa ekoe Manje ge salaam Masha salaamathun rahdukohdhin maves an uraalan bunelin Ah salaamey
      Aaan Manjey noovey thi ekahala kamakaa Mi Aiman soru hadhaane nulaahiku fahkaa ve dhonvefaa huna dhogu koyaa
      Reecheyy ingey mioh vaahaka hehehe

    6. Laiba says:
      October 23, 2020 at 8:35 pm

      ކަލޯ! ހަމަ ހަބޭސް މިފާޓުވެސް! އަފް ސިސްގެ ދިޔަ ހިމަހޯލި އިނގިލިތަކުން ކޮންޕިޔުޓަރުގެ ކީބޯޑަށް ޕިޔާނޯ ކުޅޭހެން ފިތާފައި ތިލިޔަނީ ފަސްޓު ކުލާހުގެ ތަގުރީރެއްވިއްޔާ!ވވވވވވވވ.ސަޅި! “ކިހިނެއްހެ ދެން ބުނާނީ! ޖެހިފާމިވާ ޖާދޫ އިނގޭ!” މި ނޫރު މަންޖެ ވ.ފްރެޖައިލް ދޯ! ބިރުވެސް ގަނެޔޭ! ކަލޯ މި އައިމަނު ސޮރު ހަރުދަނާ ވާން ފަށައިފި!ހުރިހާ ޝުކުރެއް ނޫރަށް! ކަލޯ ލައިބާވެސް އައްޑޫއަށް ދިޔައިމަ އަޕުޑިޕޯޑޭ ވާނެއެއްނު! ދެނޯ! އައިމަނު ސޮރާ ތޫގަރުދިޔައިގެ ހިތް ފޮތިފޮތިވާނު! ދެން ނޫރުގެ ސެކިޔުރިޓީ ގާޑުން އެ ފޮތިތަކުގައި ލޮނުމިރުސް ލައިފައި 180 ޑިގްރީ ސެލްސިއަސްގައި ފިހާނީ ކަންނޭންގެ! ހުން! އަސި ސޯ ކޯލްޑް ޕާރސަނަލް ސެކެޓްރީއޯ! ޕާރސަނަލް ޓޯޗުއާރއޭ ބުނި ނަމަވެސް!ދެން މިހާ ހިސާބުން ރިޕޯޓުގައި ސިއްކަ ޖަހާނަން! ވަރަށް ވެދުން! ތި އެންމެން މަތިންވެސް ވ.މިސްވި!ބދވ އަފް ސިސް ސޯސަލް މީޑިއާގެ އެއްވެސް އެއްޗެއް ބޭނުން ކުރަންތަ؟ލެޓް މިނޯ! ބާއީ! ވވވވވވވވވވ.ރީތި އިނގޭ! އިސްޓޭ ގޭގައި ސޭފް ކޮށް!ލަވްސް

    7. Afaa says:
      October 23, 2020 at 10:29 pm

      Thankyou darling❤️ I dont use any social medias ingey! But use kuranya will let you all know! You all ge comments and jokes are very motivating thankyou so much loves?❤️?

    8. Laiba says:
      October 23, 2020 at 8:41 pm

      ހޫން! އެސޮރު ދޮގު ހެދުމުގެ ކޯސް ހަދައިފައި ބެޗްލާރ ޑިގުރީވެސް ނަގައިފި! މަވެސް ހީ ނުކުރަން އެހާ ދިގުކޮށްކަމެއް މިލިޔެވުނީކީ! ހެހެ! ހުރިހާ ޝުކުރެއް އަފާ ސިސްއަށް !މޯޓީވޭޓް ކޮށްދިނީމަ! މަންޖެ ނަންބަރު ދީބަލަދޯ!މަ އެނަމްޖެ ގާތު ބުނާނަށް އިނގޭ މަ ނަންބަރު މަންޖެއަށް ދޭށޭ!

    9. ?Ril? says:
      October 23, 2020 at 9:17 pm

      Hehehhe aaan manjeyyy badiyaa eh Hama eyy
      Manjeyy mithaa NUMBER deynkereythr
      Ehkala aneh manje kaari buney ma Number deycheyy aharumen rashu manje vaahaka mibuny dhen ingey dhw
      Masha manje number libeyne has avaha gulaalaana ingeyy lai amila phone eh thr

    10. PRINCWSS says:
      October 24, 2020 at 12:53 am

      Laii I bunyy U I ah replie eh dhechey v muhinmu suvaaleh innaane koffa

    11. PRINCWSS says:
      October 24, 2020 at 12:54 am

      Mithaa ulheytha insta use kuraa kujjeh?

    12. Shaayan says:
      October 25, 2020 at 4:00 pm

      ސުއްބޫހުން ގުއްދޫސުން ރައްބުލް މަލާއިކަތި ވައްރޫހު…??? ލައިބާ މަންޖޭ ތީ ވާހަކައެއްތަ، މަޒުމޫނެއްތަ، ރިޕޯޓެއްތަ، ހުތުބާއެއްތަ، ގަރާރެއްތަ ނޫނީ ތަގުރީރެއްތަ؟؟؟??? ސާބަހޭ މަންޖޭ…??? ކުޅަދާނައޭ ދޯ…????? މަ ހަމަ އަޖައިބުވެ އަންތަރީސް ވެއްޖެ…????? މަންޖޭ އައްޑޫއަށް ގޮއްސަ ހަބަރެއް ވެލާތި އިނގޭ… ކީއްތަވާނީ މަވެސް ގޮވައިގެން ދިޔައިއްޔާ؟؟؟

  4. PRINCWSS? says:
    October 23, 2020 at 4:11 pm

    Wow mi part v vrh reethi Masha Allah
    ❤️❤️Keep it up
    ?Wonder what will happen next
    ❤️Curiously waiting for the next part
    Btw I love the new cover pic
    ❤️❤️❤️❤️Luv uu

    1. Afaa says:
      October 23, 2020 at 10:30 pm

      Thankyou darling?lym❤️

  5. Shaayan says:
    October 23, 2020 at 4:12 pm

    ހޭ ސިސް ވވވވވ ރީތި މިބައިވެސް އިނގޭ…?? މި އާރިފު އިނގިރޭސިން ލިޔުނީމަ
    ތަގުރީރު ޕަބްލިޝްއެއް ނުކޮށްދޭ…??? ކީއްކުރާނީ ސިސް ބުނެބަ ޕަބްލިޝް ކޮށްދޭށޭ…??? ވާހަކަ ހަމަ ވވވވވވވވވވ އޮބި އިނގޭ ކީޕް އިޓް އަޕް ޑިއަރ…???

    މާޝާ ﷲ ލައި ހާދަ މޮޅޭ ހަމަ ޝާޔަންގެ ޑުޕްލިކޭޓެއް ދޯ…??? އައިމް އޯލްސޯ ޖަސްޓް ލައިކް ހަރ ހެހެހެހެހެ…??? އޭ ލައިބީބީ އައި މިސްޑް ޔޫ ސޯ މަޗް…??? މަންޖެ ކޮންތާކުތަ ތިޔަ އުޅުއްވީ މިއޮށް ހުރިހާ ދުވަހަކު؟؟؟??? ނޭނގޭތަ އަހަރުން މިސް ވާ ކަމެއް؟؟؟

    ސުއްބޫ ނޫރީ އިވާން ފަކީރަށް ހާދަ ވަރެއް ތިކޮށްލީ…??? އެސޮރުގެ ލޭނާރުތައްވެސް ބުރިބުރި ވެގެން ހިނގައިދާނެތޯއްޗެއް…??? ހަމަ އެހާ ބާރަށްތަ ވަކި އަޅާލީ…??? ވާންބެ ބުނީ މަންޖެގެ ނިޔަފަތިތައް ހީވަނީޔޯ ދިގު ކަމުން ގޮސް ދޫންޏެއްގެ ވަކިގަނޑުހެން…? ދެން ވެސް ތިޔަ ނިޔަފަތިތައް ކަނޑާބަލަ…???

    އޭ ނޫރީ މަންޖެ ހާދަ މޮޅޭ ދޯ…??? އެއް ސޮޓުން އެ ގަޅި އައިމަން ސޮރު އިސްލާހު ކޮށްލައިފި ވިއްޔަ…??? ހަމަ ނޯބްލް ޕްރައިޒް ދޭވަރުވޭ…?????????? އެސޮރު މަންޖެގެ ތިޔަ ރިހާކުރު ދިޔަ ކަޅީގެ އަވައިގެ ޖެހުނީޔޯލަ…??? އިޝްގުގަ ޖެހޭލެއްވެސް ފަސޭހައީތާ ދޯ ގައިމު…??? އަނެއްކޮޅުން ވާންބެ…? މަގޭ ހިތަށް އަރާ ދެމީހުން ދެކޮޅުގަ ތިބެގެން މަންޖެގެ ދެއަތުގަ ހިފާފަ ދެމިދެމީނުން މަންޖެ ދެފަރާތަށް އިރައިގެން ނުގޮއްސިއްޔާ ހެއްދެވި ފަރާތަށް ހާސް ފަށުން ޝުކުރޭ…?????

    އޭ ސިސް ބައިދަވޭ ތުގާ މެޑަމްގެ ހާލުކޮޅު އަދި ތަންކޮޅެއް ތަފްސީލުކޮށްލަދޭންވީނު؟؟؟??? މިހާރު އުޅުއްވަނީ ވަރަށް ފިއްލަވައިގެންނޯ…??? އަޑުއެހިން ވާންބެ އަށްޓަކައި ޖާނުން ފިދާވަން މަރާ ހަނގުރާމަ ކުރަން ނިކުންނަށް އުޅޭ ވާހަކަ…??? އެއީ ތެދެއްތަ؟؟؟??? އެ ގޮއްޔެ ކައިރި ބުނޭ މަގޭ ނޫރީ ހުއްޓާ ވާންބެއާ ހަތަރުކަޅި ހަމަކޮށްލަންވެސް ލާހިކެއްނޫނޭ އިނގޭ…??? އިވާން އެއީ މަގޭ ޅިޔަނޭ ދޯ ވާން ބްރޯ…
    ސިސް ވަންސް އެގެއިން މި ޕާރޓްވެސް ހަމަ ވވވވވވވވ ލޯބި އިނގޭ…??? ކިޔުރިޔސްލީ ވެއިޓިންގް ފޯރ ދަ ނެކްސްޓް ޕާރޓް ޑާރލް…??? ލަމް ޔޫ ސޯ ސޯ ސޯ ސޯ ސޯ މަޗް މައި ޑިއަރ ސިސީ…❤️❣️? ސްޓޭ ސޭފް އެންޑް ޓޭކް ކެއަރ ސްވީޓީ…❤️?????

    1. Ivaanシ says:
      October 23, 2020 at 10:23 pm

      އެ ގަރުދިޔަ ބޯތަށީގެ ހާލު ބަލާނެކަމެއް ނެތް ސާޔަނޫ….އެމަންޖެ ބަހައްޓާ ބާލީސްދޮށަށް ބޯކޮއްޕައިގެން އޮވެ ކަރުނައަޅަން????

    2. Afaa says:
      October 23, 2020 at 10:31 pm

      Thankyou dear❤️❤️❤️ Aslu thugaa ehaa main nuwyma thuga ge ehaa gina baithah story ga nuhunnany ingey! Glad you love it?

    3. Shaayan says:
      October 25, 2020 at 5:58 pm

      އެކަމް މަގޭ ހިތުގަ އެ މަންޖެއާ ދޭތެރޭ ހަމްދަރުދީ އުފެދެނީއޭ ކީއްކުރާނީ…??? ތުގާ މަ ނެތިން ދެން މަންޖެގެ ހާލު ބަލާކަށް ވާންބެ ބުނީތީ…?????

    4. Ivaanシ says:
      October 25, 2020 at 6:00 pm

      ތި ދަނީ ރަނގަޅަށް???

    5. Shaayan says:
      October 25, 2020 at 7:42 pm

      ޔަގީންތަ؟؟؟ އެ ތުގާ ފަކީރުގެ ބާލީސް ކަރުނައިން ފޯވަމުންދާ ވާހަކަ އެބައޮތް ހަބަރުތަކުގެ ފަލަސުރުހީއަށްވެސް އަރާފަ… އެކަމް ދެން ހަމަ ވާންބެ ބުނީތީ މަ ހުންނާން މަޑުން… ތޫގަރުދިޔައާ މަންޖެ ތި ކަރުނަ ތިކިތަކުން ގަރުދިޔަ ކައްކައިގެން އޮވޭ އިނގޭ… މަވާ ސަލާން…?????

    6. Ivaanシ says:
      October 25, 2020 at 9:35 pm

      ކަރުނަ ވެސް ފައިބައިގެން ދޯ އެމަންޖެއަށް ދުނިޔެ ދަސްވާނީ…..މަދެން މީ އެމަންޖެގެ ނަސީބުގަ ނެތް ޖަވާހިރެކޭ??♥️

    7. Shaayan says:
      October 25, 2020 at 10:49 pm

      އެހެންތޭ… ދެން ތީ ކޮން ހިތެއްތަ؟ ކަލޯ އެ މަންޖެއަށް ދޭ ހިތެއްތަ ތީނީ؟؟؟

    8. Ivaanシ says:
      October 26, 2020 at 12:59 am

      Noonekey shaayanuuu

    9. Shaayan says:
      October 26, 2020 at 2:59 pm

      ????????????Dhnnnnnnnnnnnnnnnn

  6. LeeN says:
    October 23, 2020 at 5:38 pm

    Vrh vrh vrh Reethi mi part vess ❤️❤️keep it up ? waiting for the next…. N BTW cover vrh slahi??.. Tc❤️

    1. Afaa says:
      October 23, 2020 at 10:31 pm

      Thankyou dear?

  7. ?LamHaa? says:
    October 23, 2020 at 6:18 pm

    ?❤️?Maasha allah v reethi mi part vx sisoo
    ❤️❤️❤️Cover v reethi
    Curiously waiting for nxt part
    Stay safe n Tc sis
    ❤️❤️❤️Lyyysssmmm

    1. Afaa says:
      October 23, 2020 at 10:31 pm

      Thankyou darling?lym tc❤️

  8. Maany says:
    October 23, 2020 at 7:48 pm

    Wow mi part vx varah reethi masha Allah ??
    Keep it up and sis new cover varah reethi6
    Waiting for the next
    Luv uuu so so much ❤️❤️❤️

    1. Afaa says:
      October 23, 2020 at 10:32 pm

      Thankyou maany❤️Ly❤️

  9. Ivaanシ says:
    October 23, 2020 at 10:20 pm

    މި އާރިފު މަގޭ ދެކެ ހާރޑުވެގެން އުޅޭ ދުވަސްކޮޅެއް….މަގޭ ގަރާރުތައް އަޕްކުރަނީކީ ނޫން ވިއްޔަ??? މަގޮލާ ބޯޅަ ބަލަން ގޮއްސަ ނުވީތާކަށް ކުޅެގެން އެއޮއް ވަރުބަލިވެ ހަކަތަ ހުސްވެގެން އައިސް ލިޔުނު ގަރާރު މި އާއްޓޭ ހަަޖަމް ކުރި ކުރީނުން ގޮހޮރުގަ ތާށިކޮށްލައިފި……ކީތްކުރާނީ…ހާލެ ދިލް މެރާ…ޕޫޗޯ ނާ ސަނަމް

    އޭ ލައިބާ މަންޖޭ….ތިޔަ ފަދަ ދިގު ގަރާރުތައް ކިޔަން މަގޭ ދެލޯވެސް ނުކުޅެދޭ ދަރިޔާ….ނޫނޭ ވާ ކުޅަދާނަ މަންޖެ އިނގޭ…..އެހާ ޒަމާންވެލާފަ ކަމް ބެކް ފައްކާ ވާން ޖެހޭންނު ދޯ….ހަމަ ދޮންވެ ފައްކާވެފަ އިންނަ އަނބެއް ގޮތަށް……

    މަގޮލާގެ އަތަށް ނިޔަފަތި ހަރާ ޒަހަމުކޮށްލެވުނީމަ ވެސް މި ނޫރްކަމަނާގެ ހިތެއް ނުފުރުނު ވިއްޔަ….ނޭނގޭ މަގޭ ފޯނު އަތުލައިގެން ތަވާ މަތީ ބިސްގަނޑު ނޫން ކަމެއްވެސް އަޅާލާނީ…މަވާ ބިރު….????

    ޝާޔަނޫ ތިއޮތް ގަރާރެއް ދޯ….މި ކަނބަލުންގެ ކުޅަދާނަކަމަށް ހަމަ އައްސެރި ބަހާ ސާބަސް…..ކޮބާތަ އެއްކަލަ އައިމަނު ސޮރު….ސޯލިހުވިވީނުން އުމްރާއަށް ފުރީ ދޯ…..ކަލޭނޭ މަށާ ނުލާ އައިމަންއަށް ނޭފަތުން ވައި ވެސް ބޭރު ނުކުރެވޭއޯ….މަދެކެ އެހާ ލޯބިވޭތަ ހައެހައޭ???

    ތުގާ މަންޖޭ މަށަށް ނުގުޅަބަލަ….މަނީންނާނަމޭ މަންޖެއަކާ ބަފޯ ބުންޔަސް…މަގޭ ނޫރް މެޑަމް އަންގައިފި ބޭކާރު މާނައެއް ނެތް ކަންކަމަށް ސަމާލުކަން ނުހުއްޓުމަށް….ދެން މަ މަންޖެއާ ދިމާލަށް ބަލައިވެސް ލާކަށް ނެތިން??????‍♀️

    ދިލް މާމާ އަތް ފޯރާ ފަށަކަށް ނުދެވޭންނު އޭރު ތުގަރުދިޔަ ކަހަަލަ ޗުއިންގަމު ބޯވަ ޓައިޕު ތަތްލަވާ ކުދިން އައިސް ތަތް ލަވާނެ..އޭރުން ފިނިފެންމާ ކީތްކުރަން މަލިކުރުވަލެއްގެ ހިސާބުވެސް ނޫރް ކޮޅާއެކު ފޮޅުވާނުލެވޭނެ????

    ސިސޫ ކަވާރ ހަމަ ހަބޭސް….ވާހަކަ ހަބޭސްކަމުން ނޭނގެ ބުނާނެ އެއްޗެއްވެސް….ލައިބާޔާ ނޫރް ކަމަނަ އާ ދިމާވާން ދޯ އެއުޅެނީ….ހަމަ ދެން އިން ޕާރޓުގެ އިންތިޒާރުގަ މިހިރީ….

    އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގާ….❤️❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️????❤️❤️❤️❤️

    1. Afaa says:
      October 23, 2020 at 10:32 pm

      Thankyou ivaanuuu❤️ Anehka mithaa ulhey noor ge aiifoaaraa fashuga hunahchey?❤️

    2. Shaayan says:
      October 25, 2020 at 3:55 pm

      ޝުކުރު ޝުކުރު ތިޔަ ކޮށްދެއްވި ތައުރީފަށް…? އާނ އަހަރުން ކަނބަލުން މީ ކުޅަދާނަ ބައެކޭ…?????
      ކަލޯ ތި އައިމަނު ސޮރު ކަލޭ ދެކެ ތިޔަ ވާ މައިވަންތަކަމުގެ ލޯބިވެސް ދުވަސްކޮޅަކުން ގެރި ލޯތްބަށް ބަދަލުވާނެ… މަ ބުނީތީވެސް ބަލަން ހުންނައްޗޭ…

    3. Ivaanシ says:
      October 25, 2020 at 6:02 pm

      ކަލޭނޭ މައިވަންތަ ލޯބި އެއީ މޫސުން ހެން ބަދަލު ވާ އެއްޗެއް ނޫނޭ ދޯ އައިމަނޫ….މީ ހަމަ ހިތާހިތުގެ ގުޅުމޭ???

    4. Shaayan says:
      October 25, 2020 at 6:59 pm

      ހޫމްމްމް މައިވަންތަ ކަމުގެ ލޯބި އެއީ މޫސުންހެން ބަދަލުވާ އެއްޗެއްނޫނޭ އެއީ ނޫރްގެ ސަބަބުން ބަދަލުވާ އެއްޗެކޭ…? މަށަށް ޔަގީން ދުވަސްކޮޅަކުން އެ އައިމަނު ސޮރު ކަލޭ ގިރުވާނުގަ ހިފައިގެން ހުންނަ ތަން ފެންނާނީ…? ނިކަން މަ ބުނީތީވެސް ބަލަން ހުރެބަލަ…? މިހާރުވެސް އެ އައިމަނު ސޮރު ނޫޅޭނު ކަލެއާ ހެދި އެހާ ވަރަކުންނެއް… ޕޮއް…? ދެން ލަލަލާ…???

    5. Ivaanシ says:
      October 25, 2020 at 9:37 pm

      ނޫނެކޭ އެ ސޮރު މަމަތިން މިސްވެގެންނޭ އެއުޅެީ….ސިޑިން ފައިބާ ގޮތަށް އެސޮރުގެ ދެލޯ ބޭސަބަރްވަނީ ދޮންބެ ދެކިލުމަށް….އެސޮރު ދޮންބެއަށްޓަކާ ޖާނުންމާލުން ގުރުބާންވާނެ?❤️

    6. Shaayan says:
      October 25, 2020 at 10:51 pm

      ތިއަށް ކިޔާނީ މައިވަންތަކަމުގެ ލޯތްބެއްނޫން… ތިއަށް ކިޔާނީ ހަމަ ސީދާ ގެރި ލޯބި… ހަހަހަހަހަ…??? އައިމަނާ އެއްޗެކޭ ބުނެބަލަ…

  10. Ivaanシ says:
    October 24, 2020 at 4:23 pm

    ކަލޭނޭ ކޮބާތަ މިތާގަ އުޅޭ ކަނބަލުންކޮޅު….ނޫރު ރާނީ ބޮޑު ފޮއްޓަށް އެރި ފިލީތަ؟ މަށަށް ޔަޤީނޭ މަގޭ ފޯނު އަތުލާފަ މޫނު ފޮރުވައިގެން ތިއޮތީ…އަނެއްކާ މަންޖެ މޫނު ބުރުގާ އެޅީތަ…..?????????

    1. ?Ril? says:
      October 24, 2020 at 5:01 pm

      އޭއީވާން މަމިއޮޅެނީއޭ ކޮއްކޯ އުޕްސް ބޭބެ ދޯ ?????ހެހެހެހެހެހެހެހެހެހެ
      ބިޒީކަމުން ހަމަ ހެހެހެހެހެހެހެހެހެހެ ??????????????

    2. Shaayan says:
      October 24, 2020 at 5:08 pm

      ސާބަހޭ މިއުޅެނީއޭ ޅިޔަނާ… ކަލޯ ހާދަ ކެތްތެރިކަމެއް ނެތޭ ދޯ…

    3. Ivaanシ says:
      October 24, 2020 at 8:54 pm

      މަންޖެ މެން ބިޒީކަމުން ވެސްދޯ….އަނެއްކާ ދަރިން ބެލުމާ ހަވާލުވީތަ؟ ނޫނީ ބަަލަން ވަގު ފިރިސޮރެއް ގެންގުޅެނީތަ؟?????އަންގާލައިގެން އުޅެއްޗޭ އޭރުން ދޯ ސައިތައްޓެއް ބޯލަން ޖައްސާލެވޭނީ ވެސް

    4. ?Ril? says:
      October 24, 2020 at 9:11 pm

      ހެހެހެހެހެހެހެހެހެހެ އާން ސޮރާ ބިޒީކަމުން ގޮސް ކާލާނެ ވަގުތެއްވެސް ނުވޭ ?????
      އާން މަމިއަދު ކުރިކަމަކީ ތީ މަމިއަދު ހުސްވެސް ދަރިން ބެލީ ??????????އަނެއް ބޮޑުވެ މީހަކާ އިނދެ ދަރިން ހޯދަން ވާއިރައް ވާނެ ދޯ ޓްރެއިން ވެފާ ތިބެން ރަނގަޅެއްނު ދޯ????????????
      ދަރިން ބެލުން ނޫނަސް މަމިއަދު ހަމަ ބިޒީކޮއްދިޔައީ
      ނޫނޭ ވަގު ސޮރެއް ނުގެންގުލެން.
      އީވާން ހާސްނުވޭ އަހަރެން އަންގާލާގެން ނޭ އުޅޭނީ
      ސާވެސް ދޭނަމޭ އަދި?????????????????????

    5. Ivaanシ says:
      October 25, 2020 at 12:30 am

      މަ ވައިވެގެން ކަލޯ ގަޔާ….މަގޮލާ މަންމަ ބިރުންވެސް ދަރިންބަލަން މަށާ ހަވާލުނުކުރޭ ވިއްޔަ…ކަލޯ މަގޮލާ ދަރި ބަލަނިކޮށް އެއްދުވަހު އެސޮރު ރޮއެގަތީމަ މަކުރި ކަމަކީ މަ ބޯން އިން ކޯކު ފުޅި ދިނީ މަތިޖަހާފަ….މަ ފާހަނައަށް ގޮއްސަ އައިއިރު އެސޮރު އިނީ ކޯކުން ފެންވަރައިގެން އެނދުމަތިވެސް ތެތްމައިގެން….ކޯކުން ބާރިޝްވެފަ ހުރި ހެން ހަމަ ހީވީ???އޭގެ ފަހުން ދަރިބަލާ ވަޒީފާއިން މަގޮލާ ވަކިކޮށްފި????

    6. ?Ril? says:
      October 25, 2020 at 6:23 am

      ހެހެހެހެހެހެހެހެހެހެ ސާބަހޭ ކަލެއައް ވަނީ ހަމަ ތިވަރު އަޅޭ އެސޮރު ފަކީރު ކޯކުން ވީއްޔަ އެ ފެންވެރީ ސަހާދެއް މި އީވާން ވެސް ދޯ
      މަޑުކޮށްބަލަ އީވާން އައް ލިބޭ ދަރިއައް އަނެއްކާ ތިހެން ނަހަދާއްޗޭ
      އަނެއްކާ އަނބިމީހާ ވަރިވެގެން ގޮއްސާނެ
      ދެނޯ????????

    7. Shaayan says:
      October 25, 2020 at 3:51 pm

      އައްޗި މަށެއް ނޫޅެން ބިޓެއް ނަގާކަށް…? ލޯބި އެއީ މަ ގަބޫލު ކުރާ އެއްޗެއްވެސް ނޫން…? މަ މިހުރީ ހުވާކޮށްގެން ދުވަހަކުވެސް ލޯބި ނުވާނަން ކަމަށް…? މަ ބިޒީ ވީ ސްކޫލު ކަމަކާ ހެދިއޭ…

      އޭ ހުވާތަ ވާންބެ ދެން އެދުވަހު އެހެން ހެދީމަ މަންމަ ނުޖައްސާތަ ދަރިން ބަލާކަށް…? އިނގޭތަ މަގޮލާ މަންމަވެސް ޖައްސާނެ އަބަދު ކޮއްކޮ ބަލަން…? ހުވާ މި ބުނީ މަގޭ ކޮނޑުހުޅުން ނައްޓައިގެން ގޮސް ބުރަކަށި ބިންދައިގެންދޭ… ހަލަނި ކަމެއް ހުރޭ އެ ގޮއްޔެ ގައިގަ… ދެން މަވެސް މީގެ ފަހުން ކޮއްކޮ ނުބަލަންވެގެން ވާންބެ ހެދި ގޮތަށް ކޯކު ފުޅިއެއް ކޮއްކޮ އަތަށް ދީފަ މަ ބުނީ މީތި ކޮއްކޮ ގަޔަށާ މުޅި ތަނަށް ވަރާލާށޭ…? އެހެންކިޔާފަ އިންސްޓްރަކްޝަން ދީފަ މަ ވަނީ ފާހާނާއަށް އިނގޭ…? ދެން މަ ނިކުތް އިރު އެ ގޮއްޔެ އިން މަ ބުނި ގޮތަށް ހަދައިގެން…? ދެން މަވެސް ދަތްޕިލަ ރޮނޑަށްދީފަ ގޮސް ކޮއްކޮއަށް ހައިފައިވް އެއް ދީފިން އިނގޭ…✋✋✋ ދެން މަ މަންމަ އަށް ގޮވީމަ މަންމަ އައިއްސި އިނގޭ… އިނގޭތަ މަންމަ އައިމަ ކޮއްކޮ ބުނަނީ މަންމަ ކައިރި ދޮންތަ ބުނީޔޯ ކޮއްކޮ ކައިރި މިހެން ހަދާށޭ…??? ހުވާ މި ބުނީ މަ އެވަރަށް ފަހަތުގަ ހުރެގެން ހަތަރެސްފައިންނާ އަނގައިން ވައްތަރު ޖައްސަޖައްސާފަ އެެހެން ނުބުނާށޭ ބުނީމަވެސް އެގޮއްޔެ ބުނީނު މަންމަ ކައިރީގަ…??? ކަލޯ އެންމެ ފަހުން އޭގެ ދެގުނަ މަސައްކަތް މަންމަ މަށަށް ޖެއްސިއޭ…??? މުޅި ގޭތެެ އެއްކޮޅުން އަނެއްކޮޅަށް ސާފުކޮށްފަ މެންދުރަށް ކައްކާފަ ތަށިތައްދޮވެފަ އަދި ކިރިޔާ މި ސަލާމަތްވެވުނީ…??? ވާންބެ ވެސް ނުވާނެއްނު ތިކަހަލަ ކޫސަނި ބޫސަނި އައިޑިޔާ މަށަށް ދޭކަށް…??? މަ ހަލާކުވެއްޖެޔޭ…?????

      އޭ މަ މީހަކާ ރައްޓެހި ނުވިޔަސް ސައި ދީފާނަމޭ… މަ ބުނީމޭ ކުރިން ޕާރޓުގަ ވާންބެ ކައިރި ނޫރްއާ ސްކާރލެޓް ސިސްވެސް ގޮވައިގެން ގުލްޒާރުގެ ގެޔަށް ސައިބޯން އަންނާށޭ… މަ ބުނިން ދޯ އެންމެ މީރު އެއްޗެހީގެ ލިސްޓެއްވެސް ދޭށޭ… ކަލޭ ހެޔޮފުޅު ކަމުން މަށަށް ރިޕްލައިއެއް ނުދިނީނު…???

    8. ?Ril? says:
      October 25, 2020 at 4:39 pm

      ހެހެހެހެހެހެހެހެހެހެ ސާބަސް އިނގޭ ޝާޔަން????????????
      މަވެސް ބޭނުން ތި އައިޑިއާ ޓްރައިކޮއްލާން އެކަމަކު އަހަރުން ގޯތީގާ ހުންނާނީ ބޮޑުވެފަ ހުރި އަންހެން ???????ގޮލައެއް ވަގުތުން މަންމަ ކާރު ޗުކުވާލާނެ ސަހާދެއް???
      އެކަމަކު މަ ދަރިން ބަލާދެނީ ހަމަ ބަލާދޭހިތުން ހާއްސކޮއް އެންމެ ތުއްތު ކުދިން
      އަހަރުންގޯތި ކުޑަގޮލާ ބަލާކަށް މަށަކައް ނުޖެހޭނެ ވީއްޔަ އެއީ އަމިއްލައައް ކަންތައް ކުރެވޭވަރުވެފާ ހުރި މަންޖެއެއް ވީއްޔަ ހެހެހެހެހެހެހެހެހެހެ ??????????

    9. Shaayan says:
      October 25, 2020 at 4:50 pm

      މަގޭ ހުންނާނީ 6 އަހަރުގެ އަންހެން ކޮއްކޮއެއް… މަވެސް ވ ލޯބިވޭ ކުޑަކުދިން ދެކެ ( އޭޒް ލޯންގް އޭޒް ދޭ ޑޯންޓް މޭކް އަ މެސް )…? ހެހެހެ???

    10. ?Ril? says:
      October 25, 2020 at 5:31 pm

      މަހުންނަނީ ބާރަ އަހަރުގެ ކޮއްކޮއެއް ދެން ކުޑަތަފާތެއް ދޯ
      އެކަމަކުވެސް މީހުން ހީކުރަނީ މަ މީއޭ އެން މެ ކުޑަކޮއެ އެހެންވެ މަ ކޮއްކޮ ހުންނަނީ ވަރައް ހެދިފާ ސަހާދެއް މިހާރު މީހުންކާރިވެސް މަށޭ ބޮޑީ ލިޔުނު އަދަދެއްވެސް ނޭނގެ
      ހެހެހެހެހެހެހެހެހެހެ ސޭމް ޝާޔަން ރިލްވެސް އެންމެ ކުޑައިރު ގެންގުޅޭހިއްވަނީ ލައިކް ޓޫ ތްރީމަންތްސްގާާ ދޯ

    11. Shaayan says:
      October 25, 2020 at 5:55 pm

      އެ މަންޖެ ރިލް ސިސް އަށްވުރެ އިސްކޮޅުންދިގީ ދޯ… ހެހެހެހެހެ… ޔާ ސޭމް މީ ޓޫ… ލޯބި ލޯބި ފުއްގަނޑެއް ކަހަލަ ބޭބީސް…???

    12. Ivaanシ says:
      October 25, 2020 at 6:08 pm

      ސާޔަނޫ ދަރިޔަ މަށަށް އެ ކޮމެންޓު ނުފެނުނީ އޭ….އެހެންނު ވާނީ ތި މަންޖެ މެން ގަރާރު ލިޔާވަރުން???ބަލަގަ ދަރިޔާ މަ އެއް އިރެއްގަ ވެސް ނުބުނަން ކޯކު ފުޅި އައިޑިއާ ފިލްމެއް ހެން ކުޅެލާށެކޭ….ތިމީހުންވާ ނަސީބު ގަދަ ތަންކޮޅެއް ބޮޑެތި ދަރިން ތިޔަ އުޅެނީ….މަގޭ ގޭގަ އުޅެނީ 2 އަހަރުގެ ހަލަނި ސޮރެކޭ….އެކަމު އެސޮރު ތިއްތި ދެކެ ނުލާހިކު ލޯބިވާނެ….ތިއްތި ދީފިއްޔާ ޒަހަރު ވެސް ބޮއެފާނެ???ތިއްތި އާ އެއްކޮން މަހަށް ދާ ހިތުންނޯ…..މަގޮލާ އުޅެނީ އެސޮރަށް ފީކޯއި ކުޅެގެން ދުވާލުދާ ހަތަރުދަމު….ހާލެ މީ މިއަޅާގެ….

    13. ?Ril? says:
      October 25, 2020 at 6:27 pm

      ނޫނޭ މަންޖޭ ދެން ތަންފުކެއްބޮޑުވާނީ އެހެންވެ ހުންނާނީ ފޮނި ވެފާ ??????މަވެސް ދުނިޔޭގާ ގަދަފަދަ ހުރީއާ އަދި ދިގުވާނެ ދޯ???????????????
      އާން ފުއްގަނޑު އެއްހެން އޮންނަ ކުދިން އުރާ ހިތްވަނީ އެންމެ މަ ހަމަ ވަރަށް ލޯބިވޭ ކުޑަކުދިން ދެކ❤️❤️❤️❤️❤️
      ހެހެހެހެހެހެހެ އީވާން ތިއްތި ހެހެހެހެ ????
      ކަލޯ ތި ހުރީ ރަނގަޅު ކޮއްކޮއެއްލިބިފާ
      އަހަރުން ކޮއްކޮ އެހުންނާނީ މަށައް ވެސް ޒަހަރު ދޭން ތައްޔާރަށް
      ދެން އަދި ކަމެއް ބޭނުންވީމާ ލޯބިން ގޮވާނީ އެހެންނޫނީ މަނަމުން ގޮވާނީ
      ދެން އެވަގުތެއްގާ އެހަދާ ނަމަކުން ގޮވާނީ
      އޭއި އިނގޭތަ މާ އަސްލު ވަރށް ބޭނުން މަގޭގެ ބޮޑަށް ފިރިހެން ކުއްޖެއްހުންނައް މާ މަޖާވާނެ އަސްލު ދޯ ބަޓް މިހާރުވެސް ްއޯކޭ

    14. Shaayan says:
      October 25, 2020 at 6:55 pm

      ބަލަ ވާންބޭ… މަ ހީކުރީ ވާންބެ ހެދި ގޮތަށް ހެދީމަ ވާންބެގެ މަންމަ ހެދި ގޮތަށް މަގޭ މަންމަވެސް ދެން މަށަށް ކޮއްކޮ ބަލަން ނުޖައްސާނެ ކަމަށޭ… އެހެންވެއޭ އެގޮތަށް ހެދީ… މަ ހަނދާންނެތުނީއޭ ކޮއްކޮ ކައިރި މަންމަ ކައިރި ނުބުނާށޭ ބުނަން… އެހެންވެ އެ މަންޖެ ބުނީ އަމާ ކައީރީގަ… ހުވާ މި ބުނީ މަގޭ ބުރަކަށީގަ ހާދަ ވޭނެއް އެބައަޅައޭ… ކަލޯ ވާންބޭ އަދި މަގޭ ހާލު ތިއަށްވުރެ އަދި މާ ގޯސް… ކުރިންދުވަހުވެސް އެ މަންޖެ ސްކޫލުން ދިން ސެނަޓައިޒާ ފުޅި ދަބަސްތެރެއަށް ބަންޑުން ކޮށްލައިގެން އުޅުނީ… ހުވާ މި ބުނީ ރުޅިފަށެއް އައި މަ ކައިރިއަށް… މަށަށް ލާހިކެއްނޫން އޮންލައިން ކްލާހަށް ވަންނާކަށްވެސް އެގޮއްޔެ އިންދާ… ޖެއްސުން ފަށެއް ކޮށްލައޭ… ހުވާ މި ބުނީ… އެކަމްވެސް ވަރަށްލޯބިވޭ…

      އޭ ރިލް ސިސް ޝާޔަންވެސް ބޭނުމޭ ދޮންބެއެއް ހުންނަން… އެކަމް ނުހުރޭ… ދެން ހުންނާނީ ކަޒިން އެއް… އެއީ ކުޑަދޮންބެ… މަށަށް ދޮންބެއެއް ލިބޭނަމަ ކޮންފަދަ…

    15. Shaayan says:
      October 25, 2020 at 7:38 pm

      މަގޭ ދޮންބެއެއް ހުންނަނަމަ މަގޭ ފަހަތު އަޅުވާލައިގެން ނެއްޓެން ނޭނގިގެން އެ އުޅޭ ސޮރުގެ ދުއްތުރާވެސް ތަންކޮޅެއް ކުޑަވާން ތޯއްޗެއް… އާނ އޭރުން މަށަށް ބުނެވޭނެ ވިއްޔަ ދޮންބެ ކައިރި އެ ސޮރު ގައިން ހަން ދަމާލާށޭ… އެކަމަކު ކީއް ކުރާނީ؟؟؟ މިއަޅާއަށް ހުރި ގޮތް… މަ ހާދަ ވަރަކަށް ބަވަމޭ އެ ސޮރާ ދިމާލަށް އެކަމަކު ހަމަ ނުހުއްޓިޔޭ…? ހަމަ ހުވާ މި ބުނީ ބޮޑުވެއް ނޮހުރޮއްޕާނެއް…???

    16. ?Ril? says:
      October 25, 2020 at 7:48 pm

      މަވާ ތިއައިޑިއާ ޓްރައިވެސް ނުކުރާނައް???
      އަނެއްކާ މަށައް ޝާޔަން އައްވުރެވެސްް މާނުބާ ހާލެއްޖެހިދާނެ މަ ބިރު ????
      ހެހެހެހެހެހެހެހެހެހެ ޝާޔަން ގޯތި ކުޑަމަންޖެއައް މަގޭގެ ސަލާމް އިނގޭ އެކޮއެ ވާ ރަނގަޅު އެކަމަކު ނުވާނެ ???????އެއްނު ޝާޔަން އައް އެހެން ހަދާކަށް ދޯ
      އަހަރުންގޯތި ކިޔާކައް ނުކެރޭނެ މަގެންގުޅޭ ެެެެެެެެެއެޗެއްގާ އައްލާކައް މަހުންނަނީ އެކޮއެ ސައިޒުގަ ބަހައްޓާފަ
      އަދި މަނުހުންނަތާ މަގޭގެ މަސް އެވަރަށް ކާނެ އެހެންވެ ތޯއްޗެ މަމިހާ ހިކީ
      އާން ްްްްްްްްްއަސްލުވެސް މަވެސް ވަރައް ބޭނުން ދޮންބެ އެއް އޭރުން މާ ފަހަތުން ނުނެއްޓިފެން އުޅޭސޮރާ އަދިވެސް އުޅޭނެ މަށާ ޖެއްސުންކުރާ ބައެއް އެމީހުން ވެސް ބަވާލެވޭނީ މަ ދޮންވެކާރި ބުނެގެން ދޮންތަ ކާރީ ބުންޏަސް އޭނައަކަށް ނުވާނެ ކަން މަށައް އިނގޭ ވީއްޔަ ހެހެހެހެހެހެހެހެހެހެ ????????????????

    17. Shaayan says:
      October 25, 2020 at 8:54 pm

      ހޫމްމްމް ވަރުގަދަ ބައެކޭ ކޮއްކޮމެންނަކީ… މަގޭ ވެސް ތަންކޮޅެއް ބޮޑު ކޮއްކޮއެއް ހުންނަ ނަމަ ދޯ ގާތްގަނޑަކަށް 11 ނޫނީ 12 އިޔަރސްގެ… އެކަމް 6 އަހަރުގެ މަންޖެއެކޭ ހުންނަނީ… ހޫމްމްމް މި ސަލާން ބުނަނީ އިނގޭ… އޭޔޯއި މިގޯތި ކުޑަ މަންޖެޔޯއި!!!!!!… އާރިފު އިންނަން އުޅޭ ރިލްހާ ފަކީރުގެ ކުޑަ ކުޑަ އަނގައިން މަންޖެއަށް ސަލާން ފޮނުވައިފިޔޯއި!!!!! ރަނގަޅު ދޯ… ތިގޯތި ކުޑަ މަންޖެއަށްވެސް މަގޭ ސަލާމް ރައްދުކޮށްލަދޭތި އިނގޭ…?

    18. ?Ril? says:
      October 25, 2020 at 9:30 pm

      ވަރަށް ވަރުގަދަ ބައެއް އެއީ ސަހާދެއް ބޮލުގާ އެންމެ އިސްތައްޓެއްހާހިސާބުވެސް ނީން ނާނެ ކާރީ އުޅެންޏާ އެއް.
      ހުވާތެ ޝާޔަން ބޭނުމީ އެވަރުގެ ކޮއްކޮއެއް ތަ މާ ބޭނުމީ ވަރަށް ކުޑަ ކޮއްކޮއެއް ލައިކް 4 މަންތްސް ވަރުގެ ކުއްޖެއް
      އޭރުން ދޯ ސަޅި ވާނީ ހެހެހެހެހެހެހެ
      ހެހެހެހެހެހެހެ އާރިފް އިންނަށް އުޅޭ ރިލްހާއޭ
      ކޮޔާ މި ކޮމެންޓު ތައް އާރިފް ކިޔައޭ ??????
      އަޅެ ތިބުނީމައޮންނަނީ ކުޑަ އަނގައެކޭތަ
      އާން ރަނގަޅު އިނގޭ???????
      މަންޖޭ މަ މަންޖެ ގެ ސަލާމް އެކޮއެކާރި ބުނިތަނާހެން އެބަހުރި ދަތްކޮޅު ރޮނޑައް ދައްކާ ގެން ހެހެހެހެހެހެހެ ?????????
      މަހީހީ??????

    19. Ivaanシ says:
      October 25, 2020 at 9:45 pm

      ކަލޭނޭ ތި ދެމީހުނަށް މަގޭ ދޮންބެ ހިބަކޮށް ދީފާނަން….އެސޮރާ ހެދި މަށަށް އަރާމުގަ ނިދާނުލެވޭނެ….ހަމަ ލޮލު ފިޔަ އެއް ޖަހާލާއިރަށް އައިސް ބުނާނެ ހުނގާށޭ ގަނޑަކަށް އަރަން….މަށަށް ލާހިކެއް ނޫން އޭނަ އާއެކީ ހަނގުރާމައަކަށް ނުގޮސް ނިދާކަށް….އެކަމު އޭނަގެ ސައިކު ރައިޑުތައް ހަމަ ހަބޭސް….އެގޮލާ ލީގަލްވީފަހުން އެ ގެންގުޅޭ ޖީއެންގަ މަގޭ ސަވާރީ ނަގައިގެން އެކި ތަންތަނަށް ގެންގޮސްދޭނެ…..އާނ އަދި އެގޮލާއަށް ކުޑަވާ ސަޅި ގަމީސްތަކާ އެ ގޮލާ ގަނެގެން އަންނަ ގަމީސް ތައް ވެސް މަ ކަޓުވާލަމޭ..އެގޮލާ ރިސޯޓަށް ދިއައީމަ މަށަށް ދެން ހަަމަޖެހިލައިގެން ކޮޓަރިއަށް ވެރިވެ ގަނެވޭނީ…..

      މަގޮލާގެ ތިބޭނެ ދޮންބެއަކާ ދޮންތައެއް….ދޮންތަ އެންމެ ބޮޑު ވާނީ…ދެން ދޮންބެ…ދެންމަ….ދެން ކޯކު ބޭބީ އެއީ ދޮންތަގެ ދަރިފުޅުހެހެހހެހެހެހެ???

      މަގޭ ދާންވީދޯ ތިދެމީހުނަށް ޖެއްސުންކުރާ ސޮރުން ފަހައި އިލޮށިފަތި ހިފައިގެން ދުވަން????

    20. ?Ril? says:
      October 25, 2020 at 10:11 pm

      އަހަންނަކަށް ހަޔޯ ކަލޯ???
      ރަނގަޅެއްނު އީވާން އެހާ ރަނގަޅުދޮންބެއެއް ލިބުނީ މާ
      ހެހެހެހެހެހެހެހެހެހެ???
      އައްދޭ މިއޮޅެނީ ހަގުސޮރެއްދޯ މިތާ އަހަރުންމީ މެދު ގާ ތިބޭ ކުދިން ?????
      އެކަމަކު ވެސް މަމީ ގޭގެ ރާނީ އޭ
      މަވަރައް ކަޑަ މެދުވީމާ ދެން އެކަމަކު ވެސް އޯކޭ
      އަހަރުންގޭގާ ވެސް ތިބޭނީ 3ކުދިން މަށާލާގެން އެއީ ހުސްއަންހެން ކުދިން ހެހެހެހެހެހެހެހެހެހެ
      އެކަމަކު އަދި މަށައް ބޮޑުދާތަ ކިޔާ ކުއްޖެއް ނުހުރޭ ހެހެހެހެހެހެހެހެހެހެ???????
      އޭއާން ތީރަނގަޅު އައިޑިއާއެއް ކައެ އާދޭ އިނގޭ އިލޮށިފަތި ހިފާގެން މިހާރު އާދޭ މާލަސްވެއްޖެ
      މަވަރައް ބޭނުން އެގޮލާ ކަޑައަރުވާލަން މަޖާވާނެ
      އަދި ބިޓެއް ނަގާކަމައް ހެދިގެން ކުލާހުގާ އުޅޭނަމަ
      ????????????

    21. Ivaanシ says:
      October 25, 2020 at 10:33 pm

      Midhany iloshi fathi hifain kalooo
      ހޭވައްލާ ތައްޔާރު

    22. Shaayan says:
      October 25, 2020 at 10:42 pm

      ޝާޔަންގެ އެއްބަނޑުއެއްބަފާ ހުންނާނީ އެންމެ ކޮއްކޮއެއް… ދެން ދެބެންދެދަރި ކޮއްކޮމެން ތިބޭނެ ބައިވަރު… އެއްބަޔަކު މާލޭގަ އަނެއްބަޔަކު ކުޅުދުއްދުފީށަގަ އަނެއްބަޔަކު އެބައުޅެ ގޭގަވެސް… ބަޓް އައިމް ދަ އޯލްޑެސްޓް މަންމަ ކޮޅު ފެމިލީގަ… ހެހެހެހެހެ…

      އާނ ވާންބޭ އަވަހަށް އާދޭ އިލޮށިފަތި ހިފައިގެން އެ ގޮލާއާ ހަދާ މަށަށް ނޯވެ ހަމަނޭވާއެއްލެވޭކަށް…? ސުކޫލުގަވެސް ދަރިންތައް ކުރިމަތީގަވެސް އައިސް ބުނެފާނެ ވަރަށް ލޯބިވެޔޭ…? ހުވާ މި ބުނީ އަދި އެ ގޮލާ މަގޭ އަތުން ބޮނޑިއެއްބޯނެ…???

      ހެހެހެ ރިލް ސިސް ކޮއްކޮ ކައިރި ބުނޭ ޝާޔަންވެސް ހުރީ ވަރަށް އުފާވެފައޭ އިނގޭ…? ހެހެހެހެހެހެހެހެހެހެ…???

    23. ?Ril? says:
      October 26, 2020 at 7:03 am

      Kalooo mihaaru aadhey iloshi fathi hifaagen
      Maalasvesvehje avas kureyy
      Shaayan i have So many cousins but ginavaane girls
      Bodethi meehun enme ginaeee heheheh?????????????

    24. Laiba says:
      October 26, 2020 at 9:12 am

      އެހެންވިއްޔާ ކަލޭމެން ދެމީހުން އާދޭ މަ ގޮލާ ގޭމީހުން ކުޑަ ސޮރު ބަލައިދޭން?! ހުވާ މިބުނީ ކިއުޓު ގޮތަކަށް ހުރި ރާކްޝަސް އެއް އެއީ?! ކުރީދުހު މަ ގޮލާ ގަނޑަކަށް އަރާ އިންދަ ދައްތަ އައިސް އެސޮރު މަބޮލަށް ޖަހާފައި ގޮއްސި ކޮންމެވެސް ތާކަށް?! މަ އެސޮރަށް ރައިމްސް އަޅުވާ ދީފައި އެނދު މަތީ ބައިންދާފައި ގަނޑު ނިމިގެން ބަލައިލިއިރު މާ ބޭންދި ތާކު ނެތް

    25. Laiba says:
      October 26, 2020 at 11:38 am

      ކޮޓަރި ތެރޭގައި 360 އަށް ލޯ ހިންގާލިއިރު އެ ސޮރު ހުރީ މަގޭ ރީތިވާ މޭޒުމަތީ ގައި ހުރި ދަވާދު ފުޅިތަކުން ތަކުން ހެދިކާ ހަދައިގެން ތެލަށް ލާން?! މުޅި ލޯގަނޑާއި މަގޭ ހުދު ޓީޝާޓުވެސް އޮތީ ދަޅައަޅާ އަޅާ☀️! ކަލޯ މަ އަނމޯ ރުޅިއަރައިގެން މުޅި ކޮޓަރި ސާފުކޮށް ކޮންސްޓްރަކްޓު ކުރަން ޖެއްސީމާ?! އަދި އާރޖަންޓޯ ކިޔާފައި ބެޗި ދައްތަ އޮތީ ޗިޕްސް ހަފަމުން ޕަބްޖީކުޅެން???! އޭގެ ފަހުން މާ ގޮލާ ޕަބްޖީ އަށްބާއި ބާއި

    26. ?Ril? says:
      October 26, 2020 at 1:22 pm

      Hehehhehehe manjeyy vaa Saaabss dariyaaa
      Hehehhehehehhe kudakudhin Thee vrh laan ee baeh
      Maves mageyge davaadu fulitha bahatany foruvaafaaa eynee fulieh maduviyas Ma maruvaane thooche

  11. Shaima shaee says:
    October 25, 2020 at 11:08 am

    Vrrrr Reethi mipartves sisoo
    Waiting for the next???

    1. Afaa says:
      October 26, 2020 at 1:15 am

      Thankyou❤️

  12. NooR says:
    October 25, 2020 at 5:33 pm

    Klw gayaaa meendhee dhwww…adhi kiyaalaafa maadhan cmnt eh kohllevey varu vaanee.. inthizaaru kohllahvaa

    1. Ivaanシ says:
      October 25, 2020 at 6:09 pm

      މަންޖޭ މަށަށް ދޯކާ ދެނީތަ އަނެއްކާ???

    2. ⚽AIMAN⚽ says:
      October 25, 2020 at 6:25 pm

      އެ މަންޖެ ދޮންބެ ގެ ދުއްތުރާގަ އެ މަންޖެ އުޅެނީ އަބަދު

    3. Shaayan says:
      October 25, 2020 at 7:45 pm

      ކަލޯ ވާންބޭ ކޮން ޒަމާނެއް އެ މަންޖެ ދޯކާ ދޭތާ؟? އެއްފަހަރު ދޮންބެއާ އެއްކޮށް… އަނެއްފަހަރު އެރިކްއާ އެއްކޮށް…??? ދެން ފޫހިވީމަ ކަލެއާ އެއްކޮށް…??? ބަލައިގެން އުޅޭތި އިނގޭ ވާންބޭ…?????

    4. Ivaanシ says:
      October 25, 2020 at 9:48 pm

      މަ އެމަންޖެއަށް ފުރިހަމަ އިތުބާރު ކުރަމޭ! ދެން މަވެސް ތުގާ ގޮވައިގެން ރައިޑަކަށް ނައްޓާލީމަ ވީނު???

    5. ?Ril? says:
      October 25, 2020 at 10:14 pm

      ހެހެހެހެހެހެހެހެހެހެ ތިޔަޖެހުނީ ކޮންތާކު އެ ކަލޯ?????????????
      ތިޔަ ގޮވާގެން ސައިޑް އަކައް ދިޔާނާ ވަނީ ކިހިނެއް
      ހެހެހެހެހެހެހެހެހެހެ ފައްކާއިނގޭ ކަލޯ???????????????????????????

    6. ?Ril? says:
      October 25, 2020 at 10:16 pm

      ހާދަ މިސްޓޭކް ގިނައޭ އެކޮމެންޓް ގާ
      އައިއެމް ރައިޓިން އިޓް އެގެއިން އިނގޭ
      ހެހެހެހެހެހެހެހެހެހެ ތިޔަ ޖެހުނީ ކޮންތާކު އެ ކަލޯ
      ތުގާ ގޮވާގެން ރައިޑް އަކައް ދިޔާމާ ވަނީ ކިހިނެއް
      ހެހެހެހެހެހެހެހެހެހެ ފައްކާ އިނގޭ

    7. Shaayan says:
      October 25, 2020 at 10:45 pm

      އައްޗި ތިޔަ ދެން ޖެހުނީ ކޮންތާކު؟؟؟؟؟ އެތިގާ ގޮވައިގެން ކޯއްޗެއްގަތަ ރައިޑަކަށް ދަނީ؟؟؟ މިހާރު ދެވޭނީ ހަމައެކަނި ބައިކުގައޭ ކަލޯ އަދި އެހެން އެއްޗެއް ދުއްވާކަށް ލައިސެންސެއް ނުނަގަމެއްނު… އަދި 18 ވެސް ނުފުރޭނު… ވާންބެ ތިއުޅެނީ ދެކޮޅުން ކާންތަ؟؟؟

    8. Shaayan says:
      October 25, 2020 at 10:47 pm

      ތިގާ އެއްނޫން ތުގާ… މަ ގޮލާ ނިދި އައިއްސަ ހުރި ވަރުން މިސްޓޭކްސް ލިޔެވެނީ… މިހާރުވެސް އަމަޔަށް ސިއްރުން މި އޮތީ ޓެބު ހިފައިގެން… ހޭލެވިއްޖެއްޔާ މަ މަރާނެ…

    9. Shaayan says:
      October 25, 2020 at 10:57 pm

      ވާންބެ ވެސް ރިލް ސިސްވެސް އެ ދޔައީނު ހަމަ އަންނަ އިރަށް…? އަދި މަ ވަރަށް އުނދަގުލުންނޭ މިއައީވެސް…? އޯކޭ ދެން ދަނީ… މާދަން ފަތިހު ނަމާދުކޮށް ނިމޭ ގޮތަށް ގުރުއާން ކުލާހަށް ދާންޖެހޭނެ… ސޯ، ގުޑް ނައިޓް…

    10. Ivaanシ says:
      October 26, 2020 at 1:04 am

      މަގޮލާ ގަނޑަކަށް އަރަން ދިއައީ އޭ ސާޔަނޫ….އޭ ނޫރް ސަންތި ވެސް 5 ކޮޅުން ޖައްސަނީ ވިއްޔަ…ދެން އަދި މަގޮލާ ދެކޮޅުން ޖައްސައިލިއަށް ރަނގަޅު ވާންނު ދޯ???

    11. Laiba says:
      October 26, 2020 at 8:07 am

      ???ކަލޯ ވާންބެ ޕަބުޖީ ކުޅެންތަ? ؟ގަނޑަކަށް އަރަމާ

    12. ?Ril? says:
      October 26, 2020 at 8:21 am

      ޝާޔަން ދޫނީ މިއޮއް މަންމަ ނިދަން ދާން އުޅޭޝޭ ބުނީމާ މަވެސް ޖެހުނީ ދާން ދާހިތަކުން ނޫން ދަނީ ކީހެއް ހެހެހެހެހެހެހެ
      އީވާން ވެސް ކުޅެން ތެ ޕަބްޖީ ސާބަސް އިނގޭ

    13. Laiba says:
      October 26, 2020 at 8:27 am

      މަންޖެ ރިލޫ! މަންޖެ ނުކުޅެންތަ؟

    14. ?Ril? says:
      October 26, 2020 at 10:37 am

      އައްޗިމަނުކުޅެން ވަރަށް ފޫހި

  13. ??? says:
    October 25, 2020 at 8:13 pm

    OMG.. Laiba n noor dhimaa vaane thwche addu in?????vrh reethi mi part vx.. Masha Allah ❤️❤️❤️waiting for next ❤️❤️fighting ???

    1. Afaa says:
      October 26, 2020 at 1:16 am

      Thankyou❤️

  14. aphxxx says:
    October 26, 2020 at 1:17 am

    Guys! 15th part is up ingey! I wonder why site ah wanyma kaa eh nueh feney but aphxxx ge profile ah dhiyaeema eba feney! So to read next part you can search esfiya aphxxx or go to my profile! Thankyou♥️

    1. aphxxx says:
      October 26, 2020 at 1:29 am

      https://www.esfiya.com/wp-content/uploads/2020/10/FA698318-3746-42FE-852A-A3FECC6281B5.jpeg

      Try this to read the 15th part guys! Hope it helps?

    2. aphxxx says:
      October 26, 2020 at 1:32 am

      https://www.esfiya.com/%de%87%de%

      Pls try and tell me which one is working

    3. aphxxx says:
      October 26, 2020 at 1:33 am

      This is the correct one

      https://www.esfiya.com/%de%87%de%a8%de%82%de%b0%de%8c%de%a8%de%80%de%a7-15/

  15. aphxxx says:
    October 26, 2020 at 1:34 am

    Try the last link guys if you cannot see the 15th part in the site! Sorry for inconvenience and thankyou ♥️

  16. Laiba says:
    October 26, 2020 at 8:25 am

    ވާންބެ މާ ޓެސްޓަށް ދަސްކުރަން އުޅޭތީއޭ ބިޒީވީ?…ވަގު ސޮރެއް ނެތޭ އަދިއެއް?! ނެތްކަސް ސައި އޮންނާނެ އަބަދުވެސް?! ދުރުވެ ދުރުވެ! މަންޖެ ސާޔަނޫ މަވެސް ތި ގެޔަށް ދާނަން އިނގޭ ސައިފޮދެއް ބޮއެލަން?! މަށަށް ބަޖިޔާ ހަދައިދެހެ?! ކަލޭމެން ދޯ! އޭ އާރިފު އިންނަން އުޅޭ ރިލްހާއާ،ގުލްޒާރުގޭ ޝާޔަނާ?! މަ ގޭގައި ތިން މަހުގެ ފުށްގަނޑެއް އެބައޮތް?! ލައިގެ މިނީ-މީ އެއް! އަންނަކަހަލަ? ؟އިވާނޫ ކަލޯ ތިޔަ ކޮމެންޓު ކުރަނީ އެކެއް ޖަހާ ބޮޑުވީމަނުން?! ނިދުމެއް ނެތީތަ?؟ނޫނީ ނޫރު ފަސްކޮޅުން ކާ ކަން އެނގުނީމަ ހިތުގައި ހިތާމައިގެ ވަޔޮލިން ކުޅެން ފެށީތަ?؟

    1. ?Ril? says:
      October 26, 2020 at 10:39 am

      ބަލާ ދޭން ދާން ވީ ދޯ ތިޔަ ފުއްގަނޑު

    2. Laiba says:
      October 26, 2020 at 11:40 am

      އަވަހަށް އާދޭ ?

    3. ?Ril? says:
      October 26, 2020 at 12:01 pm

      Ma vrh kudakudhin balaadeyn hie veyyy
      Ekamku maa bodu vegen vess nuvaane heheh
      Aaan Lai Ma minahtaalee

    4. Ivaanシ says:
      October 26, 2020 at 4:47 pm

      މެޗުތައް ބަލާ ނިންމާފަ އެ އަވަށުން އާދެވޭ އިރު އެއީ ކީތްކުރާނީ ދޯ….މަންޖޭ ޕަބްޖީ އެއްނޫނޭ ޕީއެސް?

Comments are closed.

Next Episodeއިންތިހާ – 15←


All Right Reserved!