ލޯބިވާވަރު އަންގަދޭހިތްވޭ 5
ފަސްވަނަބައި
ލައުރާ މިކަހަލަ ޚިޔާލުތަކެއް ގައި ހުއްޓާ އެޒުވާނާ ވަދެގެން އައެވެ. އައިސް ހަމަ ލައުރާކައިރީގައި އިށިން ދެލިއެވެ. “ހައި އައިމް ސާހިލް..”
***
އެޒުވާނާ އަތް ދިއްކޮށްލަމުން ބުނެލިއެވެ. ލައުރާ އިނީ ހައިރާން ވެފައެވެ. އިއްޔެ އޭނާ އާއި ދިމާ އަށް ބަލައިވެސް ނުލި މީހަކު އެގޮތައް ތަޢާރަފު ވުމުންނެވެ. ސާހިލް އަތް ތިރި ކޮށްލަން އުޅޭހެން ހީވެ އެއަތުގައި ހިފާލައިފައި ލައުރާވެސް އަމިއްލަ ނަން ބުނެލިއެވެ. ދެމީހުންވެސް ދެމީހުންނަށް ބަލަން ތިބެވުނީއެވެ.
ނަމަވެސް ޓީޗަރު އަންނަ ތަން ފެނުމުން އެދެމީހުން އަތް ވަކިކޮށްލާފައި ފިލާވަޅު އަޑު އަހަން ފެށިއެވެ.
އެދުވަހު ލައުރާ ގެއަށް ދިޔައީ ވަރަށް ހިތްހަމަ ޖެހިގެން ހުރެއެވެ. ސާހިލް އެގޮތަށް ތަޢާރަފުވުމުން އެހިތަށް ނޭނގޭ ހަމަޖެހުމެއް ލިބުނެވެ. އަވަހަށް ގޮސް އެވާހަކަ ޒިލާ އާއި ހިއްސާ ކޮށްލެވުނެވެ. “އަސްލުތަ..؟ އެހެންމައި ދެން ބަލާބަލަ އޭނާގެ ބައިވެރިއެއް ހުރޭތޯ..؟” ޒިލާ ވެސް އެކުވެރިޔާއަށް ޓަކައި އުފާވެލާފައި ބުނެލިއެވެ.
އެދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ވަކިވެލީ ލައުރާ މެންދުރު ނަމާދު ނުކޮށް ހުރުމުންނެވެ. ލައުރާ ނަމާދުކޮށް ނިމިގެން ނިކުތްއިރު ވިޝާލް އާއި އެއްކޮށް ޒިލާ ވެސް އައިސް ވަންނަނީ އެވެ. “ބަލާބަލަ ޒިލް ގޯސް ކަން.. ދެންމެ ގުޅާފައި ވާހަކަ ދެއްކިއިރުވެސް ނުބުނޭ އަންނަ ވާހަކަ އެއް..” ލައުރާ ޝަކުވާ ކޮށްލިއެވެ.
“އޭރު އަހަރެންނަކަށް ވެސް ނޭނގެއޭ.. ލައުގެ ކޯލް ނިންމާލައިފައި އަހަރެން ބަލާލިއިރު ވިޝާލްގެ ތިން ކޯލް މިސްވެފައި އޮތް..” ޒިލާވެސް ލައުރާ އާއި އެއްބައިވެލަމުން ބުނެލިއެވެ.
“އައްސަލާމް އަލައިކުމް..” ގޭގެ މައިދޮރުން މީހަކު ސަލާމް ގޮވާލި އަޑު އިވުނެވެ. ވިޝާލް އާއި ލައުރާގެ އިތުރުން ޒިލާވެސް ފަހަތަށް އެނބުރި ބަލާލިއެވެ. ކުރިމަތީގައި ހުރީ ބިދޭސީ އެކެވެ. އަތުގައި ބޮޑު ކޮތަޅެއް އޮތެވެ. “މީ ލިއުޝާ ކިޔާމީހަކު އެބަ އުޅުއްވާތޯ..؟” އެމީހާ އަދަބުވެރި ކަމާ އެކީ އަހާލިއެވެ. “އާދެ! ލިއުޝާ އަކީ އަޅުގަނޑުގެ މަންމަ.. ކިހިނެތްތޯ ވީ..؟” ވިޝާލްވެސް ރައްދުގައި ބުނެލިއެވެ.
“މީ އެބޭފުޅާ އަށް ގެނައި އެއްޗެއް..” އެކޮތަޅު ދިއްކޮށްލަމުން އެމީހާ ބުނެލިއެވެ. “ޝުކުރިއްޔާ..” އެކޮތަޅުގައި ހިފަމުން ވިޝާލް ބުނެލިއެވެ. އެމީހާ ގޭތެރެއަށް ނަޒަރު ހިންގަމުން ނިކުމެގެން ދިޔައެވެ. ހީވަނީ އަލަށް އެއްޗެއް ފެނިގެން އުޅޭ ހެންނެވެ.
އެކޮތަޅުގެ ބޭރުގައި އިން ފަހާތަނެއްގެ ލޯގޯ ފެނުމުން ލައުރާ އަށް އެއީ އޭނާގެ ހެދުންތައް ކަން އެނގުނެވެ. ލައުރާ އޭގެ ތެރެ ބަލާލިއިރު އޮތީ ކަޅު އަބާޔާ ތިން ހެދުމެވެ. އެއީ ލައުރާ ބޭނުންވެގެން ފެހި ހެދުމެވެ. ލައުރާ ބުރުގާ އަޅާއިރު ބަދަލު ކޮށްލަނީ އެއްކޮށް ކަޅު ކުލައިގެ ހެދުމަށެވެ.
“ވާއު..!” ލައުރާ ހެދުމެއް ނަގައިފައި އޭގެ ލޭސްފޮތިކޮޅުގައި އަތް ހިންގާލަމުން ބުނެލިއެވެ. “ހެދުންތައް އައީ ދޯ..” ލިއުޝާ އޭޗިހިތައް ފެނިގެއް އެއްސެވެ. ޒިލާ އާއި ދެމީހުން އޭތި ފަރާތް ފަރާތައް އަނބުރާ ބަލަމުން ގެންދިޔައެވެ.
“ޒިލްގެ ހެދުންވެސް ނިމިފަޔޯ އިނީ.. މިރޭގައި ދާން ވާނެ އޭތި ބަލައި.. މިހާރު ކައިވެންޏައް ނެތް މާގިނަ ދުވަހެއްވެސް.. އެހެން ވީމައި ދާމަގުމަތީގައި ލައު އަށް ޝޯލް ކޮޅެއްވެސް އެބަޖެހޭ ގަންނަން..” ލިއުޝާ ލައުރާގެ ހެދުންތައް ބަލަމުން ބުނެލިއެވެ. ލައުރާ އާއި ޒިލާ ބޯޖަހާލިއެވެ.
ލިއުޝާ އާއި ލައުރާ މަސައްކަތުގައި މަސްޣޫލު ވިގަޑީ ސިއްރުސިއްރުން ވިޝާލް ޒިލާ ގޮވައިގެން ޓެރަސް އަށް ދިޔައެވެ. އަދި ރެއިލިން ކައިރީގައި ދެމީހުންވެސް މަޑުކޮށްލިއެވެ. “އިނގޭތަ އަހަރެން ވަރަށް އުފާވާނެ ޒީވެސް ބުރުގާ އަޅައިފިއްޔާ..” ވިޝާލް ބުނެލިއެވެ. “އަހަރެން ބޭނުމެއްނޫން އަހަރެންގެ އަންހެނުން ހިލޭ ފިރިހެނުންނަށް އިސްތިހާރު ކޮށްފައި ހުންނާކަށް.. އަހަރެން ބޭނުންވަނީ އަހަރެންގެ އަންހެނުންގެ ރީތި ކަމަކީ ހަމަ އެކަނި އަހަރެންނަށް ފެންނަން އޮންނަ އެއްޗެއް ގޮތުގައި ބާއްވަން..” ވިޝާލް ޒިލާގެ އަތައް ފިތާލަމުން ބުނެލިއެވެ.
“އިނގޭތަ..؟ ތިއީ އަހަރެންވެސް ވިސްނައިފައި އޮތްގޮތް.. އަހަރެންވެސް ވަރަށް ބޭނުން ބުރުގާ އަޅަން.. އަހަރެން އަދި އަޅާނަން ބުރުގާ..” ހަގީގަތުގައި މިހާރު ޒިލާގެ ހެދުންވެސް ފަހައި ނިމިއްޖެއެވެ. ޒިލާ ގަސްތުކޮށްފައި ވަނީ ކައިވެނީގެ ހަފްލާއަށް އަލަށް ބުރުގާ އަޅާށެވެ. އަދި އެކަން ވިޝާލް އަށް ސަޕްރައިޒަކަށް ބާއްވަން ޒިލާ ވަނީ ލިއުޝާ އާއި ލައުރާކުރެއް އެދިފައެވެ.
***
އެރޭގައި އެމީހުން އައީ ޒިލާގެ ވެޑިންގ ޑްރެސް އާއި ލައުރާއަށް ޝޯލް ކޮޅެއްވެސް ގަނެގެންނެވެ. ލައުރާ ގޮސް އެންމެ ފުރަތަމަވެސް އަލަމާރިން އެހެދުންތަކަށް ޚާއްޞަކުރި ތަންތާގައި ފަތްޖަހާފައި ބެހެއްޓިއެވެ. ޕާރޓީ އާށް ލައުރާ ލަނީ އަދި އަބާޔާ އެއް ނޫނެވެ. ތަފާތު ހެދުމެކެވެ. އެހެދުން އަދި ނިމެނީ މާދަންނެވެ.
***
ދުވަސްތައް ފާއިތު ވަމުންގޮސް އެއްހަފްތާ ވަނީއެވެ. މިހާރު ލައުރާ އާއި ސާހިލްގެ ގުޅުން ވެސް ރަނގަޅެވެ. މަޑުމަޑުން ވާޙަކަ ދެކެވި އެދެމީހުންގެ ގުޅުން ވަނީ އެކުވެރިކަމަށް ބަދަލުވެފައެވެ. ލައުރާ އަށް މިހާރު އެއިހްސާސް ތަކަށް ދޭނެ ނަމެއް އެނގިއްޖެއެވެ. އޭނާވެސް ޤަބޫލު ކުރާ ގޮތުގައި ސާހިލްދެކެ އޭނާ އަށް ލޯބިވެވުނީއެވެ. އޭނާ ސާހިލްދެކެ ލޯބިވާކަން އަންގަން ބޭނުން ނަމަވެސް އަންހެން ކުއްޖަކަށް ވުމން ފަސްޖެހެވެނީއެވެ.
ސާހިލްގެ ހާލަކީތޯއެވެ. އޭނާ ވެސް ލައުރާ ދެކެ މަޑު މަޑުން ލޯބި ވެވުނެވެ. އޭނާ ވެސް އެހުންނަނީ އެކަން އަންގަން ލައުރާގެ އިޝާރާތަކަށް ބަލަ ބަލައެވެ. ލައުރާ ދެކެ ލޯބިވާ ވާހަކަ ބުނަން އޭނާ މިހާރު އިންތިހާ އަށް ބޭނުމެވެ. މިހާރުވެސް ހުށައަޅަން ވީއެވެ. ނަމަވެސް އޭނާ ބޭނުންވަނީ ޚައްޞަ ގޮތަކަށް އެކަން އަންގާށެވެ. ނަމަވެސް އަދިވެސް ލައުރާގެ ހިތް އޮތް ގޮތް ވަނީ ސާހިލް އަށް ވަނީ ހޯދަން ނުކުޅެދިފައެވެ. އެކަހަލަ ފުރުސަތުތަކަށް އޭނާ ހުންނަނީ ނިކަން ހުށިޔާރު ވެގެނެވެ.
***
އެއް ރެއެކެވެ. ސާހިލް ފޯނު ނެގީ އެރޭގައި ކޮންމެހެން ވެސް ލައުރާގެ ހިތް އޮތް ގޮތް ހޯދާށެވެ. ލައުރާ ފޯނު ނެގުމުން ހިތް ތެޅި ލިއެވެ. “އައްސަލާމް އަލައިކުމް..” ލައުރާގެ ފޮނި ތޫލި އަޑުން ބުނެލިއެވެ. “ވައަލައިކުމް ސަލާމް ލައު.. ކިހިނެތްތަ..؟” ސާހިލް އެހާލިއެވެ. “އަލްހަމްދުލިއްލާހި ރަނގަޅު ހަމަ.. ސާހިލް ކިހިނެތް..؟” ލައުރާވެސް އަހާލިއެވެ. “އަހަރެންވެސް..” ދެމާނަ އެކުލެވެ ގޮތަކަށް ސާހިލް ބުނެލިއެވެ.
“ތިބުނީ ކީކޭ..؟” ލައުރާ ހުށިޔާރެވެ. ހީވަނީ އޭނާ ވެސް އުޅެނީ ސާހިލްގެ ހިތް ދަސްކުރާށެވެ. “ރަނގަޅެކޭނު.. ލައު ވަރަށް ބިޒީ ދޯ..؟” ސާހިލް އޭނާގެ މައުޟޫ އަށް ޖެހިލުމަށް ފުރަތަމަ ފިޔަވަޅު ކަޑައްތު ކުރިއެވެ. “ނޫން ކީއްވެ ކުރި ސުވާލެއް..؟” ލައުރާ އެއްސެވެ. “އަހަރެން ނޫނަސް އިންތިޒާރު ކުރާ ފަރާތް ހުންނާނެއެއްނު…؟” ސާހިލް ވަރަށް ހިތްވަރުން ބުނެލީ ލައުރާގެ ޖަވާބު އަންނާނެ ގޮތެއް ނޭނގޭތީވެއެވެ.
“އަހަރެން ސާހިލް ނޫން ކާކަށް އިންތިޒާރު ކުރާނީ.. ތީ އަހަރެންގެ ހިތުގެ ރަސްކަން ކުރާ އަހަރެންގެ ހިތުގެ މިލްކުވެރިޔާ ވިއްޔާ..” ލައުރާގެ މިބަސްތައް ވީ އޭނާގެ ހިތުގެ އެންމެ އަޑީ ގައެވެ. “ނޫން.. އަހަރެންގެ އަދި ނުހުންނާނެ އެކަހަލަ މީހެއް..” ލައުރާ ބުނެލިއެވެ. “އެހެންތަ..؟ ލައިކްވާ ކުއްޖެއް ވެސް ނުހުރޭތަ..؟” ސާހިލް ހިތްހަމަ ޖެހުމަކާއި އެކީ އެހީ އޭނާ އަށް ފުރުސަތު އޮތުމުންނެވެ. “ނޫނޭ ހުރޭ..” ލައުރާ ތެދު ތެދަށް ބުނެލިއެވެ.
ސާހިލްގެ ހިތަށް ގޮތެއް ވެލިއެވެ. “ދެން ކިހިނެތްވީ.. އޭނާ ކައިރީ ބުނަން ނުކެރެނީތަ..؟” ސާހިލް ހީވީ ލައުރާ ދެނެގަތް ހެންނެވެ. “އާނ.. ސާހިލް ތިބުނީ ރަނގަޅަށް.. އޭނާ ކައިރީގައި ބުނަން ނުކެރެނީ.. ހައްތަހާވެސް އޭނާ އަހަރެން ކައިރީގައި ބުނޭ ތޯ މިމަޑު ކުރަނީ..” ލައުރާ ހީވީ ސާހިލް އަށް މެސެޖެއް ދޭން އުޅުނު ހެންނެވެ.
“ފަހަރެއްގައި އެމީހާ ލައުރާގެ އިޝާރާތަކަށް ވެސް މަޑުކޮށްގެން ހުރެދާނެ އެއްނު..؟” ސާހިލް މިހެން ބުނުމުން ލައުރާގެ ހިތައް އެއީ ތެދެކޭ ހިތައް އެރިއެވެ. ސާހިލް އަކީ ބުއްދީގެ ބޭނުންކުރާ ދުރުވިސްނޭ މީހެކެވެ. “ވެދާނެ.. އެކަމް ނުކެރޭނެ.. އަހަރެން އެއަށްވުރެ މާފިނޑި ވާނެ..” ލައުރާ ހީވަނީ ނުވާނެ ކަމެއް ލައިގަނެގެން އުޅޭ ހެންނެވެ. “ކީއްވެ ނުވާންވީ.. މިސާލަކަށް ބުނެވިދާނެ އެއްނު.. އެމީހެއްގެ ކައިރީގައި އޭނާގެ ހުންނަ ސިފަތައް..” ސާހިލް އެކޮޅުން ބުނެލިއަޑު އިވުނެވެ.
“ކަޅު ފަން އިސްތަށިގަނޑެއް.. ގަދަ މުށި ކުލައިގެ ކަޅިއެއް.. ވަރުގަދަ ބުމައެއް..” ލައުރާ އަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. “އަހަރެން ކައިރީ ތިބުނީ އަނެއްކާ އެނަސީބު ވެރިއަކީ އަހަރެންތަ..؟” ސާހިލް ވަގު ހިފި އެވެ. ލައުރާ ވަރަށް ލަދުގަތެވެ. އިތުރަށް ސާހިލް އާއި ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުމުން ލައުރާ ފޯނު ކަނޑާލިއެވެ.
***
ކައިވެނީގެ ދުވަސް އައިސް ޖެހިއްޖެ އެވެ. އިރު އޮއްސުނު ވަގުތު ޒިލާ އާއި ލައުރާ ތިބީ ލައުރާގެ ކޮޓަރީގައި ތައްޔާރު ވާށެވެ. “ލައު ނުބުނަމެއްނު ލައުގެ އެހެން ކަޒިން ބޭބެ އެއް އަންނަ ވާހަކަ އެއް..” ޒިލާ ފެންވަރައިގެން ނިކުންނަމުން ބުނެލިއެވެ. “ހުމްމްމ.. މާކިއަން އަކީ އަހަރެންގެ ކަޒިން އެއް އެކަމު ބޮޑު ވާނެ.. އެއީ އަހަރެންގެ މަންމަ ފަރާތު ހަމަ އެކަނި ދައްތަގެ ހުރި ހަމަ އެކަނި ދަރިފުޅު..
ދައްތަ މީގެ ދެއަހަރު ކުރިން އެކްސިޑެންޓެއް ވެގެން ނިޔާވީ.. ދެން ދައްތަގެ ފިރިމީހާ އާއި ނޯންނާނެ އެހާ ގުޅުމެއް އެކަމު މާކިއަން އާއި އޮންނާނެ.. ދެން އެހެންވެ އޭނަ އައީ..” ލައުރާ ވެސް ފެންވަރަން ފާހާނައަށް ވަންނަމުން ބުނެލިއެވެ.
ލައުރާ ފެންވަރާލައިގެން ނިކުތް އިރު ޒިލާ އިނީ އެބޮޑު ވެޑިން ޑްރެސް ލައިގެންނެވެ. ލައުރާވެސް ނިކުތީ އޭނާގެ އަށް ފެހި މަޑު ނޫކުލައިގެ ހެދުންލައިގެންނެވެ. އެހެދުމުގެ މަތީބައި އިނީ ތުނި ލޭސް ފޮތިކޮޅަކުން ޑިޒައިން ކޮށްފައެވެ. ފޫޅާއި ހަމައަށް ބަންދު ހުރިއިރު ބަންދުގެ ތިރިއަށް ވާބައި ހުރީ ބިންމަތީގައި ނުޖެހޭވަރަށް ފައިގެ ކުޑަހުޅާއި ހަމައިގައެވެ.
ކުދި ގިނަރޫ ހުރުމުން ވަރަށް ފުރިހަމަ ކަމަށް ދައްކައެވެ. ބަންދު މަތީގައި މަޑު ނޫކުލައަށް ވުރެ ތަންކޮޅެއް ގަދަ ނޫ ކުލައިގެ ފުޅާ ރޭނދާކޮޅެއް އަޅާފައި އޮތެވެ. ތިރީބައި ގައި ހުރީ ނޫކުލައިގެ ފޮތި މަތިން އަދި ވިދާ ފޮތި ލައިގެން ފަހާފައި ހުރުމުން ވަރަށް ޗާލު ކަމަށް ދައްކައެވެ. އެހެދުމުގެ އަތް ހުރީ ކޮނޑާއި ހަމައިން ރޫތަކެއް ޖައްސާފައެވެ. ބޮޑޫ ގިނަ ރޫތަކެއް ޖައްސާފައި ހުރިއިރު ވަކި ތަރުތީބަކަށް އޭގެ މަތީގައި ގޮށް ކަހަލަ ގޮތަކަށް ހުރި އެއްޗެއް ހަރު ކޮށްފައި ހުއްޓެވެ. ލައުރާ ޝޯލް އަޅައި ނިންމާލިއިރު ޒިލާގެ ބުރުގާ އަޅުވާ މީހުންނާއި މޭކަޕް ކޮށްދޭ މީހުން އައެވެ.
ޒިލާ ލައިގެން ހުރި ހެދުން ވެސް ހުރީ ބިންމަތީގައި ނުދެމޭ ވަރަށެވެ. އެއީ ލިއުޝާ ބޭނުންވެގެން ފެއްސި ގޮތެވެ. އެހެން ވެޑިން ޑްރެސް ތަކާއި ތަފާތުކޮށް އެ ހުދު ހެދުމުގައި މަޑު ނޫކުލައިގެ މިނާ ތިރީ ކައިރީގައި ރީތި ޑިޒައިނަކަށް ހަރުކޮށްފައި ހުއްޓެވެ. ޒިލާ އާއި ލައުރާ ތިބީ އެއްދުވަހަކު ދެމީހުން ވެސް އަލަށް ބުރުގާ އެޅުމުން ނިކަން އުފާވެފައެވެ.
ޒިލާގެ މޫނުމަތީގައި ސިފަ ނުގެއްލޭވަރަށް ލުއި މޭކަޕެއް ކޮށްލުމަށްފަހު ލައުރާގެ މޫނުމަތީ ގައިވެސް ކުޑަ ގޮތެއް ހަދާލިއެވެ. ވަގުތު ކުޑަތަން ވީވަރަކަށް ޒިލާގެ ހިތުގެ ހިނގުންވެސް ދިޔައީ ބާރުވަމުންނެވެ. މޫނުމަތީން އެކަން ދޭހަ ކޮށްދެއެވެ. މިކަހަލަ ވަގުތަކު އޭނާ އަބަދުވެސް އޭނާގެ މަންމަ ކައިރީގައި ހުރުމަށް އެދެވެއެވެ. ނަމަވެސް ކެތްތެރިކަމާއެކު މިންވަރަށް ޝުކުރު ކޮށްލައިގެން ހުރީ ކައިރީގައި ބޮޑުދައިތަ ހުރީމަ އެވެ. އެއީ އޭނާގެ ދެވަނަ މަންމަ ކަހަލަ އެވެ. ނޫނެކެވެ. ބޮޑު ދައިތަ އަންނަނީ ދެވަނަ މަންމަ އަކަށް ނޫނެވެ. އެއީ ޒިލާގެ މަންމަ އެއް ފަދައެވެ.
ސެލޫން އިން އައި މީހުން ނިކުތުމުން ލިއުޝާ އާއި ފަރީހާ އައިސް ވަނެވެ. ފުރަތަމަ ވެސް ފަރީހާ ޒިލާ ފެނުމުން އޭނާގެ ދެލޮލަށް ކަރުނަ ބޮނޑިވެ ގަތެވެ. އެކުއްޖާގެ އުމުރުން ސާދަ އަހަރުން ފެށިގެން ބެލީ އޭނާ އެވެ. އެހާ ވަރަށް ވަގުތު ހިނގައި ޒިލާ މިހާރު އެއިނީ ކައިވެނީގެ އަގުބޮޑު ހެދުމުގައި ޒަވާޖީ ހަޔާތެއް ފެށުމުގެ ދަތުރުގައެވެ. އޭނާ އަށް ސިފަ ވަނީ އޭނާގެ ކޮއްކޮ ނުވަތަ ޒިލާގެ މަންމަ ފަޒީނާ ކައިވެނީގެ ހެދުމުގައި ހުއްޓައެވެ. ފަޒީނާ ނެތުމުން އެކަމުގެ ހިތާމަވެސް އޭނާ އަބަދުވެސް ކުރެއެވެ. ފަޒީނާގެ އެންމެ ފަހު ވަސިއްޔަތް ދެގޮތެއް ނުވެ އަދާކުރެވުމުން ހިތް މަތިން ހީވަނީ ބަރެއް ނެގުނު ހެންނެވެ. އޭނާ އަބަދުވެސް ހަނދާން ވަނީ ފަޒީނާގެ އެބަސްކޮޅެވެ.
***
“ދަ.. ދައްތާ.. އަހަރެން ނެތް ދުނިޔެއަކުވެސް.. ޒިލާ ބަލައި ދެއްޗޭ.. ޒިލާ ކައިވެންޏެއް ކޮށް ޒަވާޖީ ހަޔާތެއް ފެށުމާއި ހަމައަށް ޒިލާ އަކީ އިއްފަތް ތެރި އަޚުލާޤު ރަނގަޅު ކުއްޖަކަށް ހަދައި ދެއްޗޭ.. ޒިލާގެ ހަޔާތުގެ ބައިވެރި އަކީ ދީނަށް ލޯބިކުރާ މީހެއްތޯ ބަލައްޗޭ.. ޒިލާގެ ބޮޑުދައިތަ އަކަށް ދައްތަ ނުވެދެއްޗޭ.. އަބަދުވެސް ޒިލާގެ މަންމަ އަށް ވެދެއްޗޭ.. އަހަރެން ނެތް ކަމުގެ އިހުސާސް ޒިލާ ކުރިއަ ނުދެއްޗޭ.. ދައް.ތާ.. އެއީ އަހަރެންގެ އެންމެ ފަހު ވަސިއްޔަތަކީ..” ފަޒީނާ އަށް ބުނެވުނީ މިހާ ހިސާބަށެވެ. ކުއްލިއަކަށް މެޝެނު ތަކުގެ އަޑު ގަދަވިއެވެ. ޒީނާ ދިޔައީ ފުންކޮށް ނޭވާލަމުންނެވެ. ފަރީހާ އަވަހަށް ޑޮކްޓަރުން ނަށް ގޮވިއެވެ.
ފަރީހާ ބޭރުގައި މަޑު ކޮށްލައިގެން ހުރި ވަގުތަކީ އޭނާ އަށް ދިހަ ގަރުނު ހެން ހީވި ވަގުތުކޮޅެކެވެ. ޑޮކްޓަރު މާޔޫސީ މޫނަކައިގެން ނުކުތުމުން އިވެން އުޅޭ ހިތި ހަބަރު ފަރީހާ އަށް ވަޒަން ވެސް ކޮށްނުލެވޭނެއެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.




here is the 5th prt.. hope u all would loved it.. next soon.. n i will reply the commnts soon this time insha allah.. sorry fr not replying soon.. but i read them.. i am a little busy these days.. ly all.
Yeah me first. Hehe. by the way it’s very beautiful. AaaR. I. luv you so much. Thanx and test thah otheema Comment nukurevunee kureege part ah., ❤️❤️❤️❤️❤️❤️❤️❤️
Jazaakallah khairan lam’aa.. it’s OK..
Vvvv reethi
Waiting for the next part…avahah up kohlahchey
Tc A aaR
Jazaakallah khairan Anonymous
Wow mi part ves vrh sali i❤️❤️❤️❤️❤️
Masha Allah keep it up ❤️❤️
Fainally zilaa and vishaal ge wedding day❤️❤️❤️ Hope eh ves❤️❤️❤️❤️❤️❤️❤️ undagulakaa nulaa wedding nimeythoo❤️❤️❤️
And Laura aa shaahil ves guleythoo❤️❤️❤️❤️❤️
Waiting for the next part ❤️❤️❤️❤️
Love u ❤️❤️❤️
Stay safe ❤️❤️❤️
Jazaakallah khairan Ril.. let’s c dhw..
wowww❤️❤️❤️❤️❤️??
Laura aa saahil gulheynebaaa??
BTW varah reethi mi part vess
lysm?stay safe
Jazaakallah khairan kimtaetae jeonkookie.. lyt stay safe
Masha Allah Vrrrr Reethi mipartves.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Curiously waiting for the next part…….
Jazaakallah khairan shaima shaee
Mi part vx varah reethi masha Allah
Waiting for the next
Jazaakallah khairan Maany
Maasha allah ??????v. Reethi mi part vx ❤️❤️❤️❤️❤️❤️Curiously waiting for the nxt part ❤️❤️❤️❤️
Jazaakallah khairan shyn
Masha Allah ? varah reethi mi part vs ??????????? curiously waiting ?????? for the nxt part
Jazaakallah khairan nuzu..
Wow… mi stry midhaa goiy vrh rythi so as the cover???!!…whn next dearr… Waitinnn nge❤❤
Jazaakallah khairan magnumm
wow hama varah reethi????????masha allah
Jazaakallah khairan jumaa
Wow Very very beautiful.??????? Masha Allah
Salhi vaahaka eh????? most beautiful story I have ever read????? A aar kihineh tha ehaa molhu ideas hoadhany???btw sifakurumaa ibaaraiy kurun ves reethi?????????….When next dear??.Waitingggggggggggggggggggggggg
I love it