Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 29

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
October 5, 2020 3 Mins Read
35 Comments

“ދައްތާ! ދައްތަގެ މައްސަލައެއް ނެތިއްޔާ މި ފޮޓޯ ގަނޑު އަހަންނަށް ދޭންވީނު.. ނޫނީ ގަނެގެން ގެންދަންވިޔަސް ހެޔޮ.. އަހަރެން މި ފޮޓޯ ބޭނުން.” ތިންމީހެއްގެ ސޫރަ ހުރި އެ ތަޞްވީރު އަތަށް ލައިންގެން ވަރަށް ފަރުވާތެރި ކަމާ،ހައިރާން ކަމާއެކު ބަލަން އިންދެ ލަޠީފް ބުނެލިއެވެ.

“އެންމެ ރަ..ރަނގަޅު.. ކަލޭގެ އޯގާ..ތެރި ކަމަށް..ޓަކާ އަހަ..ރެން ތި.. ތިދީ..ފިން. އެ..އެކަމަކު. ލަހު..މާއަށް ތި..ތިކަން ނާން..ގާތި.. ތީގަ ތި..ތިހިރީ.. އޭނަ.. ކައިވެނި..ކުރަން އުޅުނު..މީހާ..”

“އެއީ..ފާއިދުގެ ބައްޕަ… ތިމީހަކީ ލަހުމާ އެންމެ ލޯބި..ވީ މީ..މީހާ. ދެން އެހުރީ.. ލަހު..މާ އޭރު.. އެންމެ.. ރައް..ރައްޓެހި އަންހެން ކު..ކުއްޖާ.” ލަޠީފް ދިޔައީ ރަޝީދާގެ ވާހަކަތައް ވަރަށް ފަރުވާތެރި ކަމާއެކު އަޑު އަހަމުންނެވެ.

ރަޝީދާ އެ ތަޞްވީރުގައިވާ އެންމެން ތަޢާރަފް ކޮށްދެމުން ދިޔަވަރަކަށް ލަޠީފް ހިތްހަމަ ޖެހެމުން ދިޔައެވެ.

“ދައްތާ؟ ލަހުމާ އަހަންނާ ކައިވެނި ކޮށްފާނެތަ؟” ކޮންމެސް އެއްޗެއް ވަރަށް ބޮޑަށް ވިސްނަން އިނުމަށްފަހު ލަޠީފް ވަރަށް ނޫން ގޮތަކަށް އަހާލިއެވެ.

އެހެން ނަމަވެސް ލަޠީފް އެހެން ބުނުމާއެކު ރަޝީދާ ހަމަހިމޭން ކަމާއެކު އިސްޖަހާލިއެވެ. ލަޠީފަށް ވިސްނުންގޮތުގައި ރަޝީދާގެ ޝަޢުޤުވެރިކަން އެކަމަށް ނެތީއެވެ. އެހެންވެ އިރުކޮޅަކު އިނުމަށްފަހު ލަޠީފް އަލްބަމް ހިފައިންގޮސް ކޮޓަރިއަށް ވަނެވެ.

ހަމަހިމޭން ހިނގުމެއްގާ ކުރިޔަށްދިޔަ ސަމީރުގެ މިސްރާބަކަށްވީ ޔުސްރާގެ ގެއެވެ. މާލިކް ގޭގައި އުޅުނު ވަގުތު ބަލާފައި ސަމީރު އެގެއަށް ދާންޖެހުނީ ކޮންމެހެން ދާން ޖެހިގެންނެވެ. ޔުސްރާގެ ގެއަށް ގޮސް އެގޭ ގޯތިތެރެއަށް ވަންނަމުން ސަމީރު ސަލާމް ގޮވާލިއެވެ. އެއަޑަށް އިޖާބަދެމުން ޔުސްރާ ގޭތެރެއިން ނުކުމެލިއެވެ.

“ވާހަކައެއް ދައްކާލަން.” ސަމީރުގެ ޖުމްލަ ކުރުވެފައި ހަމަހިމޭން ކަމުގެ އަސަރެއް ހުއްޓެވެ.

“އާދޭ! މިހިރަ ޖޯލިފައްޗަށް.” އެދިމާލަށް ހިނގައިގަންނަމުން ޔުސްރާ ބުނެލިއެވެ.

“ޔުސްރާ! މަގޭ މާލިކްއާގެން ތިހާވަރަކަށް ތިއުޅެނީ އެސޮރު ހަމަ ރައްޓެހީތަ؟ މިހެން މިބުނީ މާލިކް އަހަންނާ ވަރަށް ދުރުވޭއެބަ.. ޔުސްރާއަށްވެސް އެނގޭނު މިހާރު އަފީފާގެ އަޅާލުންވެސް އެކުދިންނަށް ލިބޭކަން. އަހަރެން ނުފޮނުވާން އުޅުނަސް މިގެއަށް ވަރަށް އަންނަން އުޅޭ. ފަހަރެއްގަ ޔުސްރާ ބުނީމަ ޤަބޫލުކޮށްފާނެ. ބުނޭ އެހާ ގިނައިން މިގެއަށް ނާންނާށޭ.” ސަމީރު އެގެއަށް އައި ބޭނުން ވަގުތުން ހާމަކޮށްލިއެވެ.

“ސަމީރުގެ ދަރިއެއްވީމަ ތިހެން ބުނާނަން އަހަރެން. އެކަމު އަހަންނަށް ހިޔެއްނުވެ އަފީފާއާ އެސޮރު މާގުޅޭހެނެއް. ތިބުނީ ސަމީރާވެސް އެހާ ދުރުންނޭ އުޅެނީ. އަފީފާ އެހާ ރަނގަޅުނަމަ އެސޮރަށް އެހެން ވާހަކަ ދައްކަން ދަހެއް ނުކޮށްދޭނެ. އަހަރެން އެސޮރާ ވާހަކަ ދައްކަނީ ނުލާހިކު ލޯބިން. އެކިގޮތްގޮތަށް ވަރަށް ނަސޭޙަތްދެން. އަނެއްކާ އެސޮރު އަހަންނަށް ކިހާ އިޙުތިރާމު ކުރޭ.. ގިނަ ކަންތައްތައް ކުރަނީވެސް އަހަރެން ބުނާގޮތަށް.”

ތެޅިތެޅި އޮތް ހިތަކާއެކު ޔުސްރާ ހުނަރުވެރި ކަމާއެކު ސަމީރުގެ ކަންފަތަށް ޖުމްލަތައް އިއްވާލިއެވެ.

“އާނ އެސޮރު ހުންނަނީ ވަރަށް ހިތްހަމަ ޖެހިފަ. އެކަމު އަފީފާއަކީ އެއްއިރެއްގަވެސް ތިބުނާހެން ވާހަކަ ދައްކާ މީހެއް ނޫން. އެސޮރު މިގެއަށް އަޔަސް އިސްލާހު ކޮށްދޭން މަސައްކަތް ކޮށްދީބަލަ..” ސަމީރުގެ އާދޭސްތަކަށް އާނއެކޭ ބުނަމުން ޔުސްރާ ފަޙުރުވެރިވިއެވެ.

މަޣްރިބް ނަމާދު ބަންގިޔަށްފަހު ކުޑަކުޑަ ތުގާއަށް ކާންދެން އިން ސީމާ ސިއްސައިން ދިޔައީ މޫސައާ ފާއިދު އައިސް ގެއަށް ވަނުމުންނެވެ. ފާއިދާ މޫސަ ފެނުމާއެކު ތުގާ އެކި އަޑުއަޑު ލައްވަމުން ހެމުން ދިޔައެވެ. ފާއިދު އޭނާގެ ކޮޓަރިއަށް ވަނެވެ.

މޫސަ ހިނިތުން ވުމަކާއެކު ތުގާއަށް ގޮވާލުމަށްފަހު ޓީވީ ހުޅުވާލަމުން ސޯފާގައި އިށީންދެލިއެވެ.

“ސީމާ!… މިރޭ އަހަންނަށް ގެޔަށް އާދެވޭނީ ތަންކޮޅެއް ލަހުން ކަންނޭނގެ. އެކަމަކު ދެން ނުކުންނާނީ ކައިގެން.. ތުގާއަށް ކާންދީފަ ގެނެސް ނިކަށް އަހަރެންގެ އުނގަށް ލާބަލަ..
މިއަދު އުރާނުލެވޭތާ ވަރަށް ގިނައިރު ވެއްޖެ.” ސީމާއާ ތުގާއަށް ބަލައިލަމުން މޫސަ ބުނެލިއެވެ.

“ހޫމ!! ރީތި ކޮށްލާފަ ދޭނަން… މިހާރު މަސައްކަތްތައް ކިހިނެއް ކުރިޔަށް ދަނީ؟” ސީމާ އަހާލިއެވެ.

“ރަނގަޅު. އެކަމު ވަރަށް ބުރަ ދުވަސްކޮޅެއް. ގެއަށް ވަދެލާނެ ވަގުތުވެސް ގިނަފަހަރަށް ނުލިބެ މަސައްކަތްތައް ދާގޮތުން. މިއުޅެނީ މައްސަލަގަނޑެއްވެސް ޖެހިގެން. އެކަން ހައްލުވީމަ ސީމާއަށްވެސް އެވާހަކަ ކިޔައިދޭނަން. މިހުންނަނީ މިހާރުވެސް ވަރަށް ބޯސަކަރާތްވެފަ. ހިތް ނުތަނަވަސް ވެފަ… ކަންތައްތައް ދާގޮތުން.” ޓީވީއަށް ބަލަން އިނދެ މޫސަ ވާހަކަދެއްކިއެވެ.

“މޫސަބޭ! ސްކޫލަށްދާން ހުރިހާ އެއްޗިސް ހަމަވެއްޖެ މިހާރު ދޯ ދައްތާ.؟” މޫސަފައިގައި ބޯއަޅާލާ ސޯފާގައި އޮށޯންނަމުން ފާއިދު ބުނެލިއެވެ.

“އެހެންތަ؟ އެހެންވިއްޔާ ފާއިދުވާނެ ވަރަށް މޮޅު ކުއްޖަކަށްވާން. ދެން ވަރަށް އަވަހަށް ސްކޫލު ހުޅުވޭނެ. މޫސަބެއާ ދައްތަ ވަރަށް އުފާވާނެ ފާއިދުވެސް ރަން ވަނަތައް ހޯދައިދެންޏާ. މޫސަބެމެން އުފާވާކަހަލަ ކަންތައްތައް ކުރަން ތިބީ ތުގާ ކޮއްކޮއާ ފާއިދެއްނު.” ފާއިދުގެ ބޮލުގައި ފިރުމާލަމުން މޫސަ ވަރަށް ލޯބިން ނަޞޭހަތް ދެމުން ދިޔައެވެ.

“މޫސަބޭ! އަހަންނަށް ކިޔަވާދީފަ ދެން މިގޭން އަހަރެން ފޮނުވާލާނީތަ؟” ކުޑަ އިރުކޮޅަކު ވިސްނުމެއްގެ ތެރޭގައި އޮވެ ފާއިދު އަހާލިއެވެ.

މާލިކް ނިންދަވަން އޮތް ސަމީރު އޮތީ ނިދިޖެހިފައެވެ. ތަންކޮޅެއް ދުރުގައި އޮތް ގޮދަޑިއެއް މަތީ މަހޫ ނިންދަވަމުން ދިޔައީ އަފީފާއެވެ. މަހޫގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އެހެން ނަމަވެސް މަހޫއަކީ އެންމެ ކުޑައިރުން ފެށިގެންވެސް ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. އެހެންވެ މަހޫގެ ހަމަ ހުރިހާ ކަމެއްގައި މިހާރު އިސްކޮށް އުޅެނީވެސް އަފީފާއެވެ. މި ވޭތުވެ ދިޔަ ދުވަސްތަކުގައި އަފީފާއަށް މާލިކް ހައްދާލައިން ގެންގުޅެން ފަސޭހަ ކަމަކަށްވެސް ނުވިއެވެ. އެޔަށްވުރެ މާލިކް ބޯހަރެވެ.

މަހޫ ނިންދެވުމަކީ އަފީފާއަށް ބޮޑުކަމެއް ނޫނެވެ. ނަމަވެސް މިރޭ މަހޫ އެ އޮންނަނީ ކީއްވެފާ ބާއޭ އަފީފާ ހިތަށް އަރައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަފީފާ ފަށާލީ ސަމީރުގެ އެންމެ ޚާއްސަ ލަވައިގެ ވަކިހިސާބަކުންނެވެ. އެއީ އެކުދިން ފަސޭހައިން ނިންދެވުމަށް ސަމީރު އާދަކޮށް ބޭނުންކުރާ ބޭހެވެ.

“ދަރިފުޅާ ބައްޕަ ދެގުނަ ލޯބިވެދޭނަން
ފަރިހަޔާތް ތިޔަކޮށްލުމަށް އެހީ ވެދޭނަން
ދަތި ނުވާހެން އުޅުމަށް ދުޢާ ކުރާނަން
ތަރިފަދައިން ބަބުޅާތަން ބަލަން އެދޭނަން”

ކުއްލިޔަކަށް މާލިކް މަޑުމަޑުން ބޯހިއްލާލިއެވެ. އަދި އަފީފާއަށް ބަލާލަން އިރުކޮޅަކު އޮތުމަށްފަހު އަނެއްކާވެސް އޮށޯތެވެ. އޭރު މަހޫ ލޮލުގެ އެސްފިޔަތަކަށް ކުޅަދާނަ ނުވާވަރަށް ނިދީގެ ވަރުބަލިކަން ވެރިވެ މުޅި ކުއްޖާ ނިންދަވާލައިފިއެވެ.

ދަންވަރުގެ ވަގުތެވެ. ކޮޓަރި އެނދުމަތީ ކަރުދާސްތަކެއް އަތުރާލައިން އިނދެ ލަޠީފް ކޮންމެސް އެއްޗެސްތަކެއް ލިޔަމުން ދިޔައެވެ. ކުއްލިޔަކަށް ދޮރުގައި ދެތިންފަހަރު ޓަކިޖަހާލިއަޑު އިވުނެވެ. ލަޠީފް ގޮސް މަޑުމަޑުން ދޮރު ހުޅުވާލިއެވެ.

ކުރިމަތީގައި ހުރި ލަހުމާ ފެނުމާއެކު ދެވަނަ ނަޒަރުގައި ލަޠީފް ބަލައިލީ ރަޝީދާއޮތް ދިމާލަށެވެ. އޭރު ރަޝީދާ އޮތީ ނިދިފަައެވެ.

“މިތަނަށް ވަންނަން މިއައީ!” ލަހުމާގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަ ނުޖެހުމުގެ އެތައް އަސަރެކެވެ. އެކަން ލަޠީފަށް ސިއްރެއް ނުވިއެވެ.

“އެއްވެސް މައްސަލައެއް ނެތް.. ލަހުމާގެ ގެ.. ލަހުމާއަށް ބާރު ހިނގާ ކޮޓަރިއެއް.. އަހަރެންގެ އެއްވެސް ބާރެއް އޮތް ތަނެއް ނޫން. ވަދެވޭނެ.” ލަހުމާ ވަނުމާއެކު ލަޠީފް ދޮރު ލައްޕަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

– ނުނިމެ –

——————-*******—————–
05 އޮކްޓޫބަރ އަށް ހާއްސަކޮށް ބުނެލަން އޮތީ!
އަޅުގަނޑުގެ ވާހަކަ ކިޔަމުންދާ (އަޅުގަނޑުފަދަ) ހުރިހާ ޓީޗަރުންނަށް ވަރަށް އުފާވެރި ޓީޗަރުންގެ ދުވަހަކަށް އެދެމޭ..????

ތަންކޮޅެއް ބިޒީ  ދުވަސްކޮޅެއްވީމަ މިޕާރޓް ކުރުކޮށް ގެނެސްދެވުނީ. އަންނަ ހަފްތާގެ ޕާރޓް ދިގުވާނެ ކަމަށްް އުންމީދު ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޒާޔާ (ސަތިރީސްވަނަ ބައި)

Next

ބީޓީއެސް އެންޑް ބަންގަޓަން ގަރލްސް (އިއުލާން)

Next
October 6, 2020

ބީޓީއެސް އެންޑް ބަންގަޓަން ގަރލްސް (އިއުލާން)

Previews
October 5, 2020

ޒާޔާ (ސަތިރީސްވަނަ ބައި)

35 Comments!

  1. Azxo says:
    October 5, 2020 at 10:57 pm

    Happy teacher’s day shaleen
    So u are a teacher dho? Good job ?
    V reethi mi part
    Good luck
    Whn next ???

    1. Shaleen says:
      October 5, 2020 at 11:10 pm

      Hi
      Thank you dear
      Yes I am a teacher.?‍?
      Mi part kamudhiyaima v ufaa.
      Dhen next part next wk ga in sha allah

  2. ފްރީ ޕްރިިންޓޭބްލް says:
    October 6, 2020 at 5:55 am

    Heyyyyy…. HAPPY TEACHER’S DAY SHALEEN MISSSS

    1. Shaleen says:
      October 6, 2020 at 8:46 am

      Thank youuuuu dear ?? ☺️

  3. Lim? says:
    October 6, 2020 at 8:44 am

    Ufaaveri dhuvahakah edhen shaleen miss/aunty
    Vhk v reethi
    Keep it up

    1. Shaleen says:
      October 6, 2020 at 8:47 am

      Hehe thanks ingey v bodah.??
      Vaahaka kamudhiyaimaves Hama ehaa ufaavejje.

    2. Shaleen says:
      October 6, 2020 at 12:57 pm

      Thank you ☺️ sooooo much Lim

  4. Jailam jaleel says:
    October 6, 2020 at 10:47 am

    Happy TEACHER’S day shaleen
    Vaahaka v salhi

    1. Shaleen says:
      October 6, 2020 at 12:58 pm

      V bodah shukuriyya Jailam Jaleel
      Next part ah inthizaaru kollavva

  5. Koolvixen says:
    October 6, 2020 at 10:48 am

    HTD shaleen

    1. Shaleen says:
      October 6, 2020 at 12:59 pm

      Thank you koolvixen

  6. Ully says:
    October 6, 2020 at 10:52 am

    Hey ? shaleen
    Just want wish you a very happy teacher’s day
    Also dhen vaahaka Hama v tricky v reethi
    Hithah aranee
    Alhe kon baehbaa e fotoga thibee.l??
    Dhen alhe Ully ves hithah araa Hama faaidh ah kiyavaadheefa mom kairiah fonuvaalaaneehey?
    Lahuma alhe latheefa aa innaanetha?
    Ekam latheef ah e nubai meeha rangalhuvegentha e ulheny moyavegen eyNa aa innanshow?

    1. Shaleen says:
      October 6, 2020 at 1:04 pm

      Awwn!! Thank you bodukoh
      Photo dho? Inthizaaru kollamaa..
      Hehe ? good question. Faaidh ah vaany kihineibaa fahun dho?
      Lahuma and latheefge kommes baheh beynunvey eba dho egothah marry kuran buneema
      Let’s let’s let’s c dho ?
      Hehe
      Thanks for the cmnt

  7. Lamma says:
    October 6, 2020 at 12:03 pm

    Wow nice story
    Happy teacher’s day shaleen
    ully bunefa huri suvaal thakuge javaab thakah Hama lammaves mi inthizaaru kuranee?

    1. Shaleen says:
      October 6, 2020 at 1:06 pm

      Thank you ?
      Yeah.. let’s continue up coming parts of the story dho..
      Dhen ingidhaanethaa javaab thahves
      Thanks for the cmnt ♥️

  8. Real Me says:
    October 6, 2020 at 12:42 pm

    Happy Teacher’s Day Shaleen♥️?‍?.
    Vhk kiyamun comment kohlan eba.
    Yayyyyy.. Me ge guess hama correct dhw. Faaidhge bappa, anekka kaakuba?No answer from Rasheedha dhw marry kuran ehyma! Addhe haadha fake bodu v kulliakah mi Yusra. Eba ulhe ehnu maa noon kamah hedhigen. E buny hama ran’galhah sameer! Hurihaa nubai naseyhathakaa nubai kan kan eyna bunaa gothah maalik e kurany. Awwwn so cute. Faaidh mihaaru hama dhekeny emeehunaa dheytherey amilla mainbafainge gothuga dhw. Kudayas vrh dhurah visnaa kujjeh kamah faahaga kureveny. Afeefa ah ehenma vrh dhasvefa e hury sameer. Kon lavaehge raagakah kiyaa lava eh eii??
    Lahumaa ah anekka keehvee? Hehe. Mi part Me akah kureh noon. So curious to know lahuma ah kihineh v kan and faaidh ge bappa aky kaakukan ves balailan beynun!! Waiting. Stay quaratined. Love ya♥️

    1. Shaleen says:
      October 6, 2020 at 1:20 pm

      Happy teacher’s day to you too ?‍? Kuda Kuda loabi loabi aunty.?
      Thank you ingey vrh bodah.
      Ya you ge guess correct ingey Hama.
      Faaidhge bappa??,?
      Hey real me idea eh dheeba faaidhge bappa maraalanveetha nooni bahattanveetha ? Kobaa khiyaalakee.??
      Yeah rasheedha javaabeh nudhin dho.
      Sameeru loluga andhun alhuvaaly dho yusra. Baeh meehunge vahtharu dho Hama.
      Hmmm faaidh v lwbi jehijje dho seemage palace ah.
      Hehe nenge elava kiyaa raagu ingeynee Sameerah. Shaleen ahves nengey.. hehe
      Lahuma ah veegoi ingeyne next part ga.
      Let’s wait
      Aslu next part v v v interesting vaane ingey.
      Faaidh ge bappa hoadhan v beynunvefa thihuree dho Real Me.
      Lysm
      SQ

  9. Quin me says:
    October 6, 2020 at 2:13 pm

    Hey ?
    Mi part v reethi Hama as usual.
    Shaleen ah v ufaaveri mudharrisunge dhuvahakah edhen.
    Shaleen kiyavaadheny kon sub ehtha?
    Dhivehi dho?
    Ehenve dho dhivehi vaahaka liyan ehaa molhee.?
    And dhen bunelaanee Real Me bunefa huri suvaal thakahves alhugandu eba inthizaaru kuran Hama javaab hoadhaalan
    Lysm

    1. Shaleen says:
      October 6, 2020 at 4:08 pm

      Hey Quin me.
      Thanks a lot
      Mee dhivehi teacher eh noon.
      Mee Quran teachereh
      Bt vaahaka liyelany vaahaka liyan ingeytho balan. Kuh huriyyaa islaahukuran.
      Dhen yeah!
      Keep waiting ingey
      Answers thah ingemun dhaany dhen madumadun
      Lysm

  10. Babie-dol says:
    October 6, 2020 at 5:26 pm

    Hpy tchrs day shaleen
    Vhk vrh rythi.
    Kp it up drr

    1. Shaleen says:
      October 7, 2020 at 11:50 am

      Yeah thanks dear ❣️❣️❣️

  11. Real Me says:
    October 7, 2020 at 11:23 am

    No maraalaakah nuvaane ehnu faaidhge bappa. Eyna vaane bahattan. Eyrah interesting vaany. Me ge hiyaalaky eii.
    Dhen shaleen ah fenna gotheh hadhaa.
    Me ah ok hama konme gothehves.

    1. Shaleen says:
      October 7, 2020 at 11:54 am

      Yeah.
      Shaleen mihaaru onnaany ebaives liye nimmaafa. Dhen ithurah change eh nugennaanan.
      So balamaa vaahaka interest vaagothah geneveytho dho. ?
      Gina reades thibee faaidh bappage inthizaaruga..
      Comment thakun shaleen ah ingey faaidh bappa hoadhaalan v beynunvaakan. Hehe.
      Eyna ah veegothei balamaa

  12. Real Me says:
    October 7, 2020 at 11:24 am

    And Yea..
    Thank you vrh bodukoh?‍?.
    Hehe♥️.

    1. Shaleen says:
      October 7, 2020 at 11:56 am

      Yeah.dhen v ufaavejje shaleen kolli suvaalah javaab dheefa ineema ingey.
      ?

  13. Chumpy says:
    October 7, 2020 at 2:10 pm

    Rasheedha kyvvetha alhe javaabu nudhinee?
    Thi photo ga thibi meehun engen v beynun.
    Yeah alhuganduves beynun faaidhuge bappa ingen .??

    1. Shaleen says:
      October 8, 2020 at 9:01 am

      Rasheedha kyvvetho javaab nudhinee engidhaane ehn part egga dho?
      Hmm e photoga thibi meehunves dho Hama jeheynee keiikollan ingey. Chumpyves beynunvany dho faaidh ge bappa kobaatho balan.
      Hm dhen hingaa anekkaaves vaahaka continue kuramaa
      Eyrah ingidhaanethaa vaagothei dho

  14. Zam says:
    October 7, 2020 at 4:57 pm

    Hi this story habeys
    V interesting koh mi vhk thigendhanee
    Zam ah heevanee faaudhuge bappa vaany maruvefahen.
    Eyna mom Hama foruvany kannenge evaahakaves.
    Dhen zamah heevany photo ga ethibeynee latheefge family meehun kannenge.
    No nengey guess kuraakah
    Ehnve v interesting.
    V curiousvey mivaagoi balaalaahithun

    1. Shaleen says:
      October 7, 2020 at 11:22 pm

      Hey
      Thanks zam
      Faaidhuge bappa dho
      Vedhaane Hama thihenves
      Kiyaalamun dhaa varakah dhen ingemuthaa dhaanee dho..
      Lahuma v vaahaka foruvaameehei dho hehe
      Latheefa family ? Oh let’s wait for the trick dho..
      Lysm

  15. Lil sis says:
    October 8, 2020 at 10:36 am

    Hey Shaleen.
    Happy Teacher’s Day! Varah reethi mi part ves. Hama new trick thakeh kuriah othii dhw hama! Faaidh ge bappa akii kaaku kamaa, Lahumaa ehaa rulhi aii keehve kamaa dhw. Yusra kuraa kameh dhw mii ehen v ma. Miadhuge part ga Fahudhu naadhe dhw. Ehen nooniyyaa komme part eh ga ves konmeves jehsumeh kohla kohlaa viyya hunaanii. Faaidh vrh attached dhw e family aa mihaaru. Gud gud gud. Next part ah wait kuran eba.
    Take care, stay safe.❤
    Lots of love,
    Lil sis

  16. Shaleen says:
    October 8, 2020 at 6:46 pm

    Hi
    Hws u?
    Thnx inge v boahvesssss?
    Faaidh ge BAPPA ??? HEHE BODU JAVAABEH..
    Lahuma konkamakaa baa dho ehaa rulhi aee.
    Hmm fahudhu nei mi baiga.
    Seema n moosa rangalhu veema dho ehn vany faaidhah.
    Hey shaleen v Bali. Dua kollaathi shaleen ah
    Tvgc
    Lysm

  17. Khaleel says:
    October 9, 2020 at 9:20 am

    Maasha allaah..haadha reechey mipartves.yusrage act haadha molhey.ley kahkuvaala hama.hehe.dhen latheef a negy konfotoehba.faaidguge kurehunves.. v ingenbeynuvaa kanthahthah..waiting for next..keep it up dear.tvgc.lysm

    1. Shaleen says:
      October 9, 2020 at 3:32 pm

      Thank v bodah
      Yusraa ulhey goi and e foto he hageegai hoadhaalan dho.
      Ehnveem let’s wait dho.
      Hehe
      Lysm❣️

  18. No.1 fan says:
    October 10, 2020 at 12:55 pm

    Masha allah varah reethi mi part ves . Varah busy koh ulheythy comment koh nulevuny mi week ga kurin. Sorry for that shaleen. Photo guess djimaa nuvi dhw mifaharu hehehe. Waiting for next.

    1. Shaleen says:
      October 10, 2020 at 11:16 pm

      Hi
      It’s okay dear
      Baeh faharah ehenves vaane
      Ekam vaahaka kiyaalaafa comment eh libuneema ingijje time kolhei dheefikan.
      Hm dhen wait kollaa next part ah ingey
      Lysm❣️

Comments are closed.

Next Episodeއިމްތިޙާން 30←


All Right Reserved!