Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާއޭ 8

Eekko_11 Level 110 Stories
October 4, 2020 5 Mins Read
10 Comments

މިއްލީއަށް ހެނދުނު ހޭލެވުނީ މީހަކު އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ. ލޯ ހުޅުވާލުމާއެކު ސިއްސައިގެންގޮސް ތެދުވެ އެނދުމަތީގައި އިށީނދެވުނެވެ.
“ޔާލް……” މިއްލީގެ އަނގައިން ނުކުތީ މިޒްޔަލްގެ ނަމެވެ. މިޒްޔަލް އަވަހަށް ތެދުވެ އެނދުގައި އިށީނުމަށްފަހު މިއްލީއަށް ނަޒަރު ހުއްޓާލިއެވެ. ކަޅުރަތް ކުލައިގެ ޓައިޓަކާއި ކަޅުކުލައިގެ އަތްދިގު ޓީޝާޓެއްގައި ހުރިއިރު ހާދަ ފުރިހަމައެވެ. މޫނުމަތީގައި ވަނީ ނިދީގެ އަސަރުތަކެވެ.
“މިލީ…… ގެއަށް ދާން މިދަނީ……..” މިޒްޔަލް ހެނދުނުގެ ސަލާމް ކިޔުމަށްފަހު ބުނެލިއެވެ. އެއާއެކު މިއްލީ ކުއްލިއަކަށް ތެދުވިތަން ބަލާފައި މިޒްޔަލް ސިއްސައިގެން ގޮސް ދެމީހުން އެކީ ވެއްޓުނީ އެނދުމައްޗަށެވެ.
ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ ކުއްލިއަކަށް މީހަކު ކަރުކެހެލި އަޑަށް ބަލައިލިއިރު ހެވިފައި ހުރީ ޒަޔާއެވެ.
“ޔާލް…….. ސައިބޯން މިއަންނަނިއްޔޭ ކިޔާފަ އައި މީހާ ތީ……..” ޒަޔާ ލާނެތް ވެލާފައި ބުނެލުމުން މިޒްޔަލް އަވަހަށް ތެދުވެލިއެވެ. މިއްލީ ވެސް ތެދުވެފައި ހޭވިފައި ހުރި އިސްތަށިގަނޑު އަތުން ރަނގަޅު ކޮއްލުމަށްފަހު ޒަޔާއާއި މިޒްޔަލްގެ ފަހަތުން ސައިބޯން ހިނގައިގަތީ ފާހަނައަށް ވަދެ ފެންވަރައިގެންނެވެ.
“ދެކުދިން ހާދަ ލަހެއްވީ……” މިއްލީއާއި މިޒްޔަލް އިށީނުމުން އަލްހާން ބުނެލިއެވެ. އެއާއެކު މިއްލީ މިޒްޔަލްއަށް ބަލައިލާފައި ހީލިއެވެ.
އެންމެން ސައިބޮއެގެން ނިކުތްތަނާ ބޭރުން މީހަކު ސަލާމް ގޮވާލިއެވެ. ޝިއުރާ އަވަހަށް ސަލާމް ބަލައިގަތުމަށްފަހު ބަލައިލިއިރު ހެވިފައި ހުރީ ޝައިހާއެވެ. ޝިއުރާ އުފާވިކަން މޫނުމަތިން ފެނުނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޝައިހާ އެގެއަށް ނާންނަތާ މިހާރު ދެތިން މަސް ވެދާނެއެވެ.
“ޝައި……. އާދޭ އަވަހަށް…….” ޝައިހާއާއި ދިމާލަށް ބަލައިލާފައި އަލްހާން ބުނެލިއެވެ. ޝައިހާ އައިސް އިށީނީ ސޯފާގައެވެ. މިއްލީވެސް ޝައިހާގެ ގާތުގައި އިށީނެވެ.
“މިލީ…….. ދޭބަލަ އިޝާންއަށް ގޮވަން…… އަދިވެސް ނުހޭލަނީ ކަން ނޭނގެ……..” އަލްހާން އެހެން ބުނެލީ ޝައިހާއަށް ވާގޮތް ބަލައިލަން ވެގެނެވެ. އޭނާ ރޭގަ މިއްލީ ބުނި ވާހަކަ ހަނދާން އެބަހުއްޓެވެ. އަލްހާން އެހެން ބުނެލުމުން ޝައިހާގެ މޫނުން ލަދުރަކިކަން ފާޅުވިއެވެ. އަލްހާންއަށް އޭނާގެ ޖަވާބު ލިބުނެވެ. ދެން އިންތިޒާރު ކުރެވެނީ އެންމެންގެ ކުރިމަތީގައި އިޝާން ލަދުގަންނުވާލާނެ ގޮތަކަށެވެ.
މިއްލީ ތެދުވިތަނާހެން އިޝާން ސިޑިން ފައިބަނިކޮށް ފެނުނެވެ. އޭނާ ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާއި ރަތްކުލައިގެ އަތްކުރު ޓީޝާޓެކެވެ. ބޮލުން ފައިބަމުން ދިޔަ ފެންތިކިތައް ފެނުމުން އެއައީ ދެންމެ ފެންވަރައިގެން ކަން ޝައިހާއަށް އެނގުނެވެ.
“ދޮންތާ……. ވަރަށް ބަނޑުހައި……..” އިޝާން ބުނެލިއެވެ. އޭރު އޭނާއަކަށް އެތާ ތިބި މީހުން ރަނގަޅަކަށް ނުވެސް ފެނެއެވެ.
“ޝައި…….. އަންނަން ވީނު އިޝާންއާއި އެކީ ސައިބޯން…….” އަލްހާން ދިމާކުރާ ކަހަލަ ރާގެއްގައި ބުނެލިއެވެ. އެއާއެކު އިޝާން ސިހިފައި ކުރިމަތި ބަލައިލިއިރު ޝައިހާ އިނީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“ޝައި……….” އިޝާންއަށް މަޑުމަޑުން ބުނެވުނެވެ. “އޮފްކޯޒް އިޓްސް ޝައި……..” ޝިއުރާ ލާނެތްގޮތަކަށް އިޝާންއަށް ބަލައިލަމުން ބުނެލިއެވެ. އޭނާއަށް ވެސް އިޝާންއަށް ވީގޮތް ފެނުނެވެ. އެއާއެކު ހިތައް އެރި އެއްޗަކުން އުފަލުން ހީލެވުނެވެ.
“ދައްތާ…… އަޅުގަނޑު ސައިބޮއެގެން މިއައީ……. މިލީ އާއި މީޓް ކޮއްލަން ކަމަށް……” ޝައިހާ އެބުނި ޖުމުލައިގައި މާނައެއް ފޮރުވިފައި ވާކަން މިއްލީއަށް އެނގުނެވެ. އެހެންވެ އަވަހަށް ޝައިހާ ގޮވައިގެން މައްޗަށް އެރީއެވެ. މިޒްޔަލްއާއި ޒަޔާ ގެއަށް ދާން ހިނގައިގަތުމުން އިޝާންވެސް ސައިބޮއެގެން ދިޔައީ މިއްލީއާއި ޝައިހާ ކައިރިއަށެވެ.
“ޝައި……. ހާދަ ހެނދުނަކާ……. އިޝާންބެ މަތިން މާބޮޑަށް މިސްވީތަ…….” މިއްލީ ދިމާކުރާ ކަހަލަ ރާގެއްގައި ބުނެލިއެވެ. އެއާއެކު ޝައިހާގެ ކޮލަށް ގައިގައި ހުރި ހުރިހާ ލެޔެއް ޖަމާވި ކަހަލައެވެ. ލަދުން ގޮސް މުޅި މޫނު އެއްކޮށް ރަތްވިއެވެ.
“ހޫމް…….. މިސްވީ ކަމަށް ބަލަމާދޯ……” ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ އިޝާންގެ އަޑުންނެވެ. އިޝާން އެހެން ބުނުމުން ޝައިހާ އިތުރަށް ލަދުގަތެވެ. އިޝާންއަށް ޝައިހާ ލަދުގަތުމުން ވަރަށް ރީތިވިއެވެ. އޭނާއަށް ދުވަހަކުވެސް މިވާހާ ގޮތްތަކެއް ނުވެއެވެ.
“މިލީ……. ދޭބަލަ ލާމިއުއަށް ގޮވާލަން…….. މިހާރު އެއޮއް ދިހައެއް ޖެހީ…… ތަނަކަށް ދާން އެބަޖެހޭ…….” އިޝާން ބުނެލިއެވެ. އޭނާވަނީ ލާމިއުއާއެކީ ފިހާރަތަކަށް ދާން ރާވާފައެވެ. މިއްލީ ނުކުމެގެން ދިޔުމުން އިޝާން އައިސް ޝައިހާގެ ކައިރީގައި ހުއްޓުނެވެ. އެއާއެކު ލަދުން ގޮސް ޝައިހާއަށް އިސްޖެހުނެވެ.
“ޝައި…….. އަހަންނަކަށް ނުފެނޭ ކައިވެނި ނުކޮށް އެހާ ގިނަ ދުވަސް ކުރާކަށް…..” އިޝާން ކުއްލިއަކަށް ބުނެލި ޖުމުލައިން ޝައިހާ ސިހުނެވެ. އޭނާ އަދި ކިޔަވާވެސް ނުނިމެއެވެ. އެމީހުންގެ އެގުޅުން މަންމަމެނަކަށް ވެސް ނޭނގޭނެއެވެ.
“އެކަމު ޝާން…… ހާދަ އަވަހަކަށް…… އަދި މަންމަމެންނަކަށް ވެސް ނޭނގޭނެ…… ދެން އަޅުގަނޑުގެ ކިޔެވުމޯ…..” ޝައިހާ ބުނެލިއެވެ. އޭނާ އަބަދުވެސް އިޝާންއާއި މުހާތަބު ކުރާއިރު ވާހަކަދައްކަނީ އަޅުގަނޑު ކިޔައިގެންނެވެ. އޭގެންވެސް އޭނަ އިޝާންއަށް ކުރާ އިތުބާރާއި ޤަދަރު އެނގޭނެހެން ހީނުވެއެވެ.
“ހޫމް…. އެހެންވީމާ މިއަދު ދާނަން ތިގެއަށް މެރިއޭޖް ޕްރޮޕޯސަލް ހިފައިގެން…… އޯކޭތަ…… ވަރަށް ބޭނުން އަވަހަށް ކައިވެނި ކޮށްގެން ޝައި އަހަރެންގެ މީހަކަށް ހަދަން……” އިޝާން ބުނެލީ ވަރަށް އުފާވެފައި ހުރެއެވެ. އޭނާ އެހެން ބުނުމުން ޝައިހާ އާނއެކޭ ބުނެލިއެވެ.
“އައި ލަވްޔޫ ޝައި…… ތެންކްސް……” އިޝާން ކުއްލިއަކަށް ޝައިހާގެ ގައިގައި ބައްދާލުމުން އޭނާ ސިހުނެވެ. ނަމަވެސް އޭނާގެ ތުންފަތުގައި ދުވެލީ ރަކި ހިނިތުންވުމެކެވެ.
“ލަވްޔޫ ޓޫ……” ޝައިހާ އެހެން ހުރެލާފައި އިއްވާލިއެވެ.
ދެމީހުން ސިއްސައިގެން ދިޔައީ ލާމިއުގެ އަޑު އިވުމުންނެވެ. އަވަހަށް ދުރަށް ޖެހިލާފައި ދޮރާއި ދިމާލަށް ބަލައިލިއިރު ލާމިއުއާއި މިއްލީ ވަންނަނީއެވެ.
“ލާމިއު….. ހިނގާބަލަ މިއަދު ޝައިމެންގެ ގެއަށް ދާން….” އިޝާން އެހެން ބުނުމުން ލާމިއު ހައިރާންވިއެވެ. ޝައިހާމެންގެ ގެއަށް އިޝާން ދަނީ ކީއްކުރަން ހެއްޔެވެ؟
“ދޮންތާ…… އަޅުގަނޑު މިހާރު ކައިވެނި ކުރާ އުމުރަށް އަޅައިފިއެއްނު…….. އަޅުގަނޑު ބޭނުން ވަރަށް އަވަހަށް ކައިވެނި ކުރަން……” އިޝާން ވާހަކަ ދެއްކީ ގޭތެރޭގައި އިން ޝިއުރާއާއެވެ. އޭރު އެތާ ގޭ އެންމެން ވެސް ތިއްބެވެ. ޝިއުރާ ހިނިތުންވެލާފައި އިޝާންގާތު އެކުއްޖަކީ ޝައިހާދޯއޭ ބުނެލިއެވެ. އެއާއެކު ޝައިހާގެ މޫނު ލަދުން އިސްޖެހުނެވެ.
“ދޮންތައަށް ކިހިނެއް އިނގުނީ……..” އިޝާން އަވަސް އަވަހަށް އަހާލައިފިއެވެ. އެއާއެކު ޝިއުރާގާތު ރޭގަ މިއްލީ ބުނެލި ޖުމުލަ އަލްހާން ބުނިކަމާއި މިއަދު އެޝައްކު ޔަގީނަށް ބަދަލުވިގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.
“ޝައި…… ހިނގާދޯ ފަހީ ގާތު ބުނަން……..” މިފަހަރު ޝިއުރާ ވާހަކަ ދެއްކީ ޝައިހާއާއެވެ. އޭނާ ޝައިހާއާއި މެދު ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ.
“ދައްތައަށް ފެންނަ ގޮތެއް ރަނގަޅުވާނެ…..އަވަހަށް ކައިވެނި ކުރަން ބޭނުމީ…….” ޝައިހާ ބުނެލިއެވެ. ހީވާ ގޮތުން އޭނާވެސް ބޭނުންވަނީ އަވަހަށް ކައިވެނިކޮށް ދިރިއުޅުމެއް ފަށާށެވެ.
“ފަހީ…….” އެއިވުނީ ޝިއުރާ ގޮވާލި އަޑެވެ. ފަހީމާ އޭރު ހުރީ ކައްކާށެވެ. ނަމަވެސް ޝިއުރާގެ އަޑު ޖެހުމާއެކު އަވަހަށް އަތްދޮވެގެން ނިކުތީ ޝިއުރާގެ އަޑު މިއިން ޒަމާނަކުވެސް އިވިފައި ނުވާތީއެވެ. ފަހީމާއާއި ޝިއުރާއަކީވެސް ވަރަށް ގާތް ދެއެކުވެރިން ކަމުން އެދެމީހުން އެކަކު އަނެކަކާއި ވާހަކަދައްކާ އެއްގެއިން އަނެއްގެއަށް ގޮސް އުޅެއެވެ.
“ޝިއު……. ރަނގަޅު އިނގޭ…… މިއިން ދުވަހަކުވެސް މިގެއަށް އައިސް ނުލާ……. ކުދިންކޮޅު ކިހިނެތްތަ……..” ފަހީމާ ވާހަކަދެއްކީ އުފަލުން ހެވިފައި ހުރެއެވެ. އޭނާއަކީ އަބަދުވެސް ޝިއުރާގެ ހުރިހާ އުފަލަކާއި ހިތާމައެއްގައި ބައިވެރިވާ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.
“ފަހީވެސް ނާންނަމެއްނު……. ކަމަކު ވާހަކަ ދައްކާލަންވެގެން މިއައީ……..” ޝިއުރާ ބުނެލިއެވެ. ފަހީމާ އަވަސް އަވަހަށް އިށީންނަން ބުނެފައި ސައިހަދަން ދާން އުޅުމުން ޝިއުރާ އެކަން މަނާކޮއްފިއެވެ. އަދި ވާހަކަ ދައްކާލަން ބޭނުންވާ ކަމުގައި ބުނުމުން އޭނަވެސް ޝިއުރާގެ ގާތުގައި ސޯފާގައި އިށީނދެއްޖެއެވެ.
“ފަހީ……. މަގޭ މަންމަ ދަންނަމެއްނު ދޯ…….” ޝިއުރާ މިހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. ފަހީމާ ޝިއުރާގެ މޫނަށް ބަލައިލުމުން އޭނާ އަނެއްކާވެސް ވާހަކަ ފެށިއެވެ.
“މަގޭ މަންމަގެ އެންމެ ހަގު ދަރިފުޅު އިޝާން މާލެ އައިސްގެން އެބައުޅޭ……. މީ ވާހަކައަކީ އިޝާންއާއި ޝައިހާ އުޅެނީ ރައްޓެހިވެގެން…… ދެކުދިން ވެސް ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން……” ޝިއުރާ ބާކީބައި ފުރިހަމަކޮއްލާފައި ފަހީމާއަށް ބަލައިލިއިރު އޭނާ އިނީ ހެވިފައެވެ.
“ދެން ތީ އެވަރު ކަމެއްތަ……. ކައިވެނި ހަމަޖައްސަން ވީދޯ…….” ފަހީމާ ހެމުން ހެމުން ބުނެލިއެވެ. އޭނާ ޝިއުރާއަށް ކުރާ އިތުބާރު އޭނާގެ ކޮއްކޮމެންނަށް ވެސް ކުރާނެއެވެ. އެހެންނޫނަސް އެދެ އާއިލާ އެކުވުމަށް ކުރެވެން އޮތް ކަމެއް އޭނާ ކުރާނެއެވެ.
ފަހީމާއާއި ޝިއުރާ ކައިވެނީގެ ވާހަކަ ދައްކަން ތިއްބައި ޝައިހާއާއި އެކު އިޝާން އައިސް ވަނެވެ. އަދި މިއްލީއާއި ލާމިއު ވެސް އައެވެ.
“މޯމް…… މީ އިޝާން……” ޝައިހާ ބުނެލިއެވެ. ފަހީމާ އިޝާންއަށް ބަލައިލާފައި އެތާ އިށީނުމަށް ބުނެލިއެވެ. ބަލާ ބެލުމަށް އޭނާއަށް އިޝާންގެ ހުރިހާ ސިފައެއް ކަމުދިޔައެވެ. ރަތްކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރިއިރު އެދޮން މޫނު ވިދަމުން ދިޔައެވެ. ކަޅުކުލަގަދަ އެއިސްތަށިގަނޑު ވަނީ ފުނާ އަޅާފައެވެ.
“ހޫމް……. ދެކުދިން ބުނެބަލަ……. ކޮން ދުވަހަކު ކައިވެނި ކުރަން ބޭނުމީ…… ހަމަ މިހާރުވެސް ކުރެވިދާނެ އިނގޭ…….” ފަހީމާ ލާނެތް ގޮތަކަށް ބުނެލިއެވެ. އޭނާގެ އުމުރު ފަންސާހަށް އަރައިފައި ވިއެއްކަމަކު އޭނާގެ ދަރިން އޭނާގެ ގާތުގައި އެއްވެސް ވާހަކައެއް ދައްކާކަށް ފަހެއް ނުޖެހެއެވެ.
“މޯމް…… ދެން މަންމަމެން ކަނޑައަޅާބަލަ ޑޭޓޭއް……. ކޮބާތަ ބައްޕަ…… ކޮންއިރަކުން އަންނަނީ……” ޝައިހާ ގޭތެރެއަށް ބަލައިލަމުން އަހާލިއެވެ.
“ކީއްކުރާނީ….. ދަރިފުޅުގެ ބައްޕަ އުޅޭ ގޮތެއްނު އެއީ……. އަންނައިރެއް ނޭނގޭ…..” ފަހީމާ ބުނެލިއެވެ. ޝައިހާގެ ބައްޕައަކީ ބޯޓު ދަތުރުކުރާ މީހެކެވެ. އެހެންކަމުން ގިނަވަގުތު އުޅެން ޖެހެނީ ކޮންމެވެސް ތަނަކަށް ދަތުރު ކޮށްކޮށެވެ.
“ދެކުދިން ބޭނުމިއްޔާ ދެ ހަފްތާ ފަހުން ކުރެވިދާނެ…….. ނޫނީ ދެމަސް ފަހުންވިޔަސް…….” ފަހީމާ ބުނެލިއެވެ. ދެމީހުންނަށް ވެސް ކަމުދިޔައީ ދެ ހަފްތާ ފަހުގެ ތާރީޚެވެ. އެހެންކަމުން އެހެން ބުނެލުމުން އެންމެންވެސް އެކަމަށް ތާއީދުކޮށް އަވަހަށް ތައްޔާރީތައް ވާން ބުނެލިއެވެ. ދެން މާގިނަ ދުވަސް ނެތުމުންނެވެ.
“ފަހީ…… މަށަށް ފެންނަނީ ލާމިއުއާއި ޒަޔާގެ ކައިވެނިވެސް މިމީހުންނާ އެއްދުވަހެއްގަ ކުރުވަން……..” ޝިއުރާ ވާހަކައިގެ ތެރެއިން ބުނެލިއެވެ. އެއާއެކު ލާމިއުގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“މިލީ ބޭނުމިއްޔާ މިލީގެ ކައިވެނިވެސް ކުރެވިދާނެ…….” ޝިއުރާ އިތުރު ކޮއްލިއެވެ.
“މަންމާ….. ޔާލް ހުންނަ ތަނެއްގައި މި ވާހަކަ ދައްކަން ބޭނުމީ…….” މިއްލީ ބުނެލީ ލަދުން އިނދެއެވެ. އެއާއެކު ފަހީމާ ޒަޔާއާއި މިޒްޔަލް ގާތު އެގެއަށް އަންނަން ބުނާށޭ ބުނެލިއެވެ. އެހެންކަމުން މިއްލީ އެމީހުންނަށް ގުޅާ އަވަހަށް އައިސް ދިނުމަށް އެދުނެވެ. އެމީހުންނަށް އާދެވުނީ ފަނަރަ ވަރަކަށް މިނެޓު ފަހުންނެވެ. އައިއިރު ޝިފާޒާ ވެސް އައެވެ. މުޙައްމަދު މަޑުކުރީ އަލްހާންގެ ގާތުގައި އެގޭގައެވެ.
“ރަނގަޅުވާނެ ދޯ…….” ޝިއުރާ އޭރު ދެއްކި ވާހަކަތައް ތަކުރާރު ކޮއްލުމާއެކީ ޝިފާޒާ ބުނެލިއެވެ. ޒަޔާވެސް އެކަމަށް އެއްބަސްވީ އޭނާވެސް ލާމިއުގެ ހައްގަކަށް ވާން ބޭނުންވާތީއެވެ.
“މަންމާ…… އަޅުގަނޑު ބޭނުމީ ކިޔަވާ ނިންމާފަ މެރީކުރަން…..” މިއްލީ ބުނެލިއެވެ. އޭނާ މިޒްޔަލްއާއެކީ ދިރިއުޅުމެއް ފަށަން ބޭނުންވިޔަސް ކިޔަވާ ނިންމުމަށްފަހު ކައިވެނި ކުރުން އެއީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. މިޒްޔަލްވެސް އެކަމަށް ތާއީދު ކުރިއެވެ. ސަބަބަކީ އޭނާވެސް ކައިވެނިކުރަން ބޭނުންވަނީ ކިޔަވާ ނިންމުމަށްފަހު ކަމަށްވާތީއެވެ.
“މައްސަލައެއް ނެތް…… ދެކުދިންގެ ކައިވެނި ފަހަށް ބާއްވާފަ ފުރަތަމަ އިޝާންއާއި ޝައިހާގެ ކައިވެންޏާއެކު ލާމިއުއާއި ޒަޔާގެ ކައިވެނި ކުރާނީ ދޯ……” ޝިއުރާ ބުނެލިއެވެ. އެކަމަށް އެންމެންވެސް އެއްބަސްވިއެވެ. އެއާއެކު ދެން ފެށުނީ ކައިވެނީގެ ވާހަކާ ދެއްކުމެވެ. ޝައިހާ އިނީ އުފާވެފައެވެ. އެހާ އަވަހަށް މަންމަ އާއި ބައްޕަ އެއްބަސް ވެދާނެކަމަށް އޭނާ ހީވެސް ނުކުރެއެވެ. ދެންމެ ފަހީމާ އޭނާގެ ބައްޕަ ސާއިދުއަށް ގުޅާފައި އެވާހަކަ ބުނުމުން އޭނާވެސް އެއްބަސް ވެއްޖެއެވެ.
ގެއަށް ދިޔަ އެންމެންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމުގެ އަސަރުތަކެވެ. އެންމެންވެސް ތައްޔާރުވަމުން ދިޔައީ ދެހަފްތާ ފަހުން އޮންނަ ކައިވެނީގެ ޕާޓީއަށެވެ. އެއީ އުފާވެރި ދުވަހަކަށް ވާނެކަން ޔަގީންވާ ކަހަލައެވެ.
“ޝައި……..” ޝައިހާ ސިއްސައިގެން ދިޔައީ މީހަކު ގޮވާލުމުންނެވެ. އަޑުއައީ ދޮރާއި ދިމާލުން ކަމުން އަވަހަށް ބޭރު ދޮރު ކައިރިއަށް ދިޔައިރު ފެނުނު މީހެއްގެ ސަބަބުން އޭނާގެ ދެފައި ނޯޅުނީ ކިރިޔާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eekko_11

Level 110 Stories

I am a 14 year old girl who loves to read and write stories. ? Both positive and negative comments are welcomed. Feel free to comment. Can contact me via Instagram: _.eener_sh._

Other Articles

Previous

އައުސް 1

Next

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (އިއުލާން)

Next
October 4, 2020

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (އިއުލާން)

Previews
October 4, 2020

އައުސް 1

10 Comments!

  1. ❤shyn❤ says:
    October 4, 2020 at 2:25 pm

    Yeyyyyy i am 1 ??? v.reethi mi prt vx ?????????????????????????curiously waiting for the nxt prt ???????????????????????lve u ??????????stay safe?????

    1. Eekko_11 says:
      October 4, 2020 at 8:04 pm

      Yes shyn you are first…. Congratulations ???
      Thank you so much shyyyyn☺️☺️☺️??
      It means a lot to me… Insha Allah vrh avahah next part up koh dheynan☺️☺️keep waiting darl❤️❤️ lyt and tc …. stay safe dear☺️☺️❤️☺️?

  2. Maeee says:
    October 4, 2020 at 3:09 pm

    Woaahhhh?????❤❤❤❤❤❤❤ varah reethi mi part vx❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤? busy kamun comment nukureveny but hurihaa part eh vx kiyan?❤… curiously waiting for the next part???????..ly tc♡ btw i innaane Instagram in eekko follow kohfa☺?❤

    1. Eekko_11 says:
      October 4, 2020 at 8:05 pm

      Thank you so much maeee☺️☺️☺️??
      Awwn it’s okay dear☺️☺️
      Insha Allah vrh avahah next part …. Keep waiting darl☺️☺️❤️ lyt and tc dear …. Yeah got your message??

  3. Maany says:
    October 4, 2020 at 3:52 pm

    Wow varah reethi mi part vx masha Allah
    Waiting for the next
    Ly

    1. Eekko_11 says:
      October 4, 2020 at 8:06 pm

      Thank you so much maany☺️☺️☺️??
      Insha Allah vrh avahah next part …. Keep waiting darl☺️☺️❤️ lyt and tc dear ??

  4. Shaima shaee says:
    October 5, 2020 at 6:58 am

    Wowwwwwwwwwwww varah habeys mi part…. ??????????????Curiously waiting for the next…………….????????????keep it up Eekko

    1. Eekko_11 says:
      October 6, 2020 at 10:03 am

      Thank you so much shaee❤️❤️?❤️?
      Means a lot to me❤️???❤️
      Insha Allah I will
      Stay safe dear

  5. Laiba says:
    October 5, 2020 at 12:17 pm

    Hi bbg?..
    Supp..
    Mi milly and mizyal ah romance kuran vaki thaneh nove dhw??..
    V. Reethi ?
    Waiting for next part?..
    Stay safe

    1. Eekko_11 says:
      October 6, 2020 at 10:04 am

      Hi laiii
      I guess sky is up??
      Yeah noave vaki thaneh dhw??
      Thank you so much lai???
      Miadhu next part submit kollaanan
      Lysm and tc dear❤️❤️?❤️?
      Stay safe ??❤️?

Comments are closed.

Next Episodeލޯބިވާއޭ 9←


All Right Reserved!