Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-16

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
October 2, 2020 7 Mins Read
20 Comments

ޒަފަރް ލޯމަތިން ގޮސް އޮބާލަންދެން އައިވިން އަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭރު ޒަފަރްގެ ދުލުންބޭރުވި ކޮންމެ ލަފްޒެއް އައިވިންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާގެ ބަލިކަށިކަމާއި އެއްވެސް ބާރެއް ނެތްކަން އައިވިން އަށް މިއަށްވުރެ ބޮޑަށް އިޙްސާސްވި ވަޤުތެއް ހަޔާތުގައިވެސް އައިސްފައި ނުވާނެކަން ޔަޤީނެވެ. ޒޯޔާއަށް އެހީވާނެ އަލި މަގެއް ފެންނަމުން ނުދާތީ އައިވިން އޭނާގެ އަމިއްލަ ނަފްސު ދެކެ ރުޅި އަންނަގޮތްވިއެވެ. އަމިއްލަ ނިކަމެތި ކަމުގެ މައްޗަށް ނަފްސު އަޑުލަމުން ދިޔައެވެ.
*******

މަޑު ހިނގުމެއްގައި ހޮސްޕިޓަލްގެ ތެރެއަށް އައިވިން ވަދެގެން ދިޔަ އިރު އޭނާ ހުރީ އިސްޖަހައިގެންނެވެ. މޫނުމަތިން އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން އޭނާ އަދިވެސް ކަމަކާ ވަރަށް ބޮޑަށް ވިސްނަނީކަން ދޭހަވެއެވެ. ޒޯޔާ ބޭއްވިފައި އޮތް ކޮޓަރިއަށް ވަނުމަށްފަހު އައިވިން އިސްއުފުލާ ބަލާލީ ނަޔާ އޭނާ އަށް ގޮވާލުމުންނެވެ. ނަޔާ އޭނާގެ ޑިއުޓީ އަދާ ކުރާ ވަޤުތު ކަމުން އިތުރަށް ޒޯޔާ ކައިރި މަޑުކުރެވެން ނެތްވާހަކަ އައިވިން ކައިރި ބުނެލިއެވެ. ނަޔާ ސުވާލެއް ނުކުރި ނަމަވެސް ޒަފަރް ޒޯޔާގެ ކައިރިއަށް ވަދެނުލާ ދިއުމުން އޭނާ ހުރީ ނުހަނު ހިތްހަމަ ނުޖެހިފައެވެ. އެހެނަސް ޒޯޔާއާއި ޒަފަރް އާ ދެމެދު އޮންނަ މަސްނޫއީ ގުޅުމަކީ ނަޔާއަށްވެސް އޮޅިފައިވާ ކަމެއް ނޫނެވެ.

ނަޔާ ކޮޓަރިން ނިކުތުމުން އައިވިން އައިސް ޒޯޔާ ބޭއްވިފައި އޮތް އެނދުގެ ކައިރީ ހުރި ގޮނޑީގައި އިށީނދެލިއެވެ. ފުން ނިންޖަކުން ނިދާލާފައި އޮތް ޒޯޔާގެ މޫނަށް އައިވިން އަށް ބަލާލެވުނެވެ. ދެލޯ މަރާލައިގެން ޒޯޔާ އެހެން އޮންނަ އިރު އޭނާގެ މަޢުސޫމުކަން އިތުރުކަމަށް ދައްކައެވެ.

އައިވިން އަށް ބޭއިޚްތިޔާރުގައި އޭނާގެ އަތް އުފުލާލެވުނީ ޒޯޔާގެ މޫނާ ދިމާއަށެވެ. ހިތް އެދެމުން ދިޔައީ އެއަތް ގެންގޮސް ޒޯޔާގެ ކޯތާފަތުގައި ފިރުމާލުމަށެވެ. އެހެނަސް ދެވަނަ ސިކުންތުގައި އައިވިން އޭނާގެ އަތް މުށްކަވާލަމުން ތިރިކޮށްލިއެވެ. ޒޯޔާއަކީ އޭނާގެ ހައްޤެއް ނޫންކަން އަމިއްލަ ޟަމީރު ވިސްނައިދިންފަދައެވެ.

އައިވިން ޒޯޔާގެ ކައިރީ އެގޮތުގައި އެތައް ވަޤުތެއް ހޭދަކުރިއެވެ. ޑިއުޓީ ނިންމާލުމަށްފަހު ނަޔާ ޒޯޔާގެ ކައިރިއަށް އައިސް އައިވިން ތާޒާ ވެލުމަށް ގެއަށް ދިއުމަށް އެދުނެވެ. ދާން ބޭނުންނުވެ އިނދެފައިވެސް އައިވިން ތެދުވީ އިތުރު ގޮތެއް ނެތް ފަދައިންނެވެ. އައިވިން އޭނާގެ ފޯނުން ބޮޑީގަރޑަށް ގުޅާލީ ހޮސްޕިޓަލް ދޮށަށް ޓެކްސޯ ފޮނުވުމަށް އެދިއެވެ. އަދިވެސް ނިދިފައި އޮތް ޒޯޔާއަށް ފަހު ފަހަރަށް ބަލާލުމަށްފަހު އައިވިން ހިނގައިގަތީ ކޮޓަރިން ބޭރަށެވެ.

ކޮޓަރީގެ ލޯގަނޑު ކުރިމަތީގައި ހުރި އައިވިން އޭނާގެ ފަޓުލޫނުގަޔާއި ގަމީހުގައި ހޭކިފައިވާ ލޭތަކަށް ބަލާލިއެވެ. ޒޯޔާ ހޭނެތިގެން ވެއްޓުނުގޮތް ސިފަވުމާއެކު އައިވިން އަށް އޭނާގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. ދުވަހަކުވެސަ ކަމަކާ ބިރު ނުގަންނަވަރަށް އޭނާ މިއަދު ޒޯޔާއަށް ވީގޮތް ފެނި ބިރުގަނެއްޖެއެވެ. އެފަދަ ކަމެއް ދެވަނަ ފަހަރަށް ޒޯޔާއަށް ވާތަން ބަލާކަށް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ.
******

ޒޯޔާ ހޭލުމާއެކު ނަޔާ އަވަސް އަވަހަށް ޒޯޔާގެ ހާލު އެއްސެވެ. ޒޯޔާ އޭނާ ރަނގަޅު ކަމަށް ބުނަމުން ގަޑިން ވީވަރު އަހާލިއެވެ. އޭނާ ހީކުރީ އެ ހުރިހާ އިރުވެސް އޭނާގެ ކައިރީ އިނީ ނަޔާ ކަމަށެވެ.

“ނަޔޫ.. އަހަރެން ހޮސްޕިޓަލަށް ގެނައި ވާހާކަ މަންމަ ކައިރި ނުބުނަން ދޯ..؟” ޒޯޔާ ކަމެއް ހަނދާންވި ފަދައިން އަވަސް އަވަހަށް އަހާލިއެވެ. އޭނާގެ ހާލަތު މަންމައަށް އިނގިފައި އޮވެދާނަތީ ޒޯޔާ އިންތިހާއަށް ކަންބޮޑުވިއެވެ. އޭނާގެ ދިރިއުޅުގައި ކަޑައްތު ކުރަމުންދާ އެއްވެސް ދައްޗެއް މަންމައަށް އިނގުމަކީ ޒޯޔާ ބޭނުންވާގޮތެއް ނޫނެވެ. މައިމީހާގެ ކުރިމަތީ ވަމުންދާ ހުރިހާކަމެއް އޮޅުވާލާ ދޮގު ހެދުމަކީ ފަސޭހަކަމަކަށް ނުވާތީއެވެ.

“ޒޯ ހާސްނުވެބަ.. ދެން އަހަރެންވެސް އެހާ މޮޔަ ކަމެއް ނުކުރާނެ އެންނު.. ސޯބިރައްތަ އެހާ ބަލިކޮށް އުޅެނިކޮށް އަނެއްކާ ޒޯ އަށް ކަމެއްވީކަން އިނގިއްޖިއްޔާ މާ ސަކަރާތްވާނެ ކަން އަހަންނަށްވެސް ވިސްނޭ… އެއްވެސް ކަމަކާ ދެން ނުވިސްނާ.. ހިނގާ ދޯ އެއްޗެއް ކެވޭތޯ އުޅެމާ.. ޑޮކްޓަރ ބުނި ދެން ގިނަ އިރުތަކެއްނުވެ ގެއަށް ފޮނުވާލާނަމޭ.. އެކަމް ޒޯ ދެންޖެހޭނީ ވަރަށް ބަލައިގެން އިނގޭ އުޅެން.. ގިނަ ވަޤުތު އަރާމު ކުރާތި..އަހަރެންވެސް ވީ ވަރަކުން ދާނަން ޒޯ އަށް ހެލްޕް ވެދެން މަސައްކަތް ތަކުގަ..” ނަޔާގެ ވާހަކައަށް ޒޯޔާ ހިނިތުންވެލިއެވެ. އޭނާއަށް ލިބިފައިވާ ރައްޓެހިންނާމެދު ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވާ ހާލުގައެވެ.
*******

ފެންވަރައިގެން ނިކުމެ އައިވިން ނަޔާގެ ފޯނަށް މެސެޖު ކޮށްލީ ޒޯޔާގެ ހާލު އޮޅުން ފިލުވުމަށެވެ. އިރުކޮޅަކުން ގެއަށް ދޫކޮށްލެވޭނެ ކަމުގައި ބުނެ ނަޔާ ކޮށްފައިވާ މެސެޖަށް ބަލަހައްޓައިގެން އައިވިން އަށް ހުރެވުނެވެ. ޒޯޔާ ގެއަށް އަންނާތީ ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އޭނާއަކަށް ނުވިސްނުނެވެ. އެއްކޮޅުން އޭނާގެ ކައިރިއަށް އަންނާތީ އުފާވާއިރު އަނެއްކޮޅުން ޒަފަރް އާ ވާނެ ކައިރި މާބޮޑު ވާނެކަން ވިސްނި އައިވިންގެ ހިތަށް ނުތަނަވަސްކަން ލިބެމުން ދިޔައެވެ.

ރޭގަނޑު ދަންވަމުން އައިވަރަކަށް އައިވިން އަށް ބޭރު ބެލެމުން ދިޔައީ ޒޯޔާ ގެއަަށް އަންނަތަން ފެނޭތޯއެވެ. ނަޔާ އަށް އަނެއްކާވެސް މެސެޖު ކުރަން ހިތަށް އަރާފައިވެސް އައިވިން ފަސްޖެހުނީ ނަޔާ ހީކޮށްފާނެ ގޮތެއް ނޭނގޭތީއެވެ.

ބެލްކަނީގައި ކޮޅަށް ހުރެ ހުރެ ވަރުބަލިވެގެން އައިވިން އައިސް އެނދަށް ވެއްޓިގަތެވެ. ނިއްކުރިމަތީގައި ވާއަތް ބާއްވާލި އިރު އައިވިންގެ ލޯ ހުއްޓިފައިވަނީ ސީލިންގަށެވެ. ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތަކުން ހީވަނީ އޭނާގެ ބޯވެސް ފަޅައިގެން ގޮސްދާނެ ހެންނެވެ. ފިކުރުތަކުގައި ބަނދެވިގެން އެތައް އިރަކު އޮތުމަށްފަހު އައިވިން އަށް ނިދުނު އިރެއްވެސް ނޭނގުނެވެ.
*******

ނަޔާއާއެކު ގެއަށް ވަދެގެން އައި ޒޯޔާއަށް ގޭތެރެއަށް ނަޒަރެއް ދެވުނީ ޒަފަރްގެ ހިލަމެއް ވޭތޯއެވެ. ކޮޓަރި ހުޅުވާ ވަތް އިރުވެސް ޒަފަރްގެ އެއްވެސް ހިލަމެއް ނުވުމުން ޒޯޔާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

ޒޯޔާ އެނދުގައި ބޭނދުމަށްފަހު ނަޔާ އެނދުކައިރިއާއި ދޮރުމަތީ ހުރި ލޭތައް ރީއްޗަށް ސާފު ކުރިއެވެ. ޒޯޔާ ބަނޑުބޮޑުވުމުން ވެސް ގޭތެރޭގެ މަސައްކަތް ތަކުގައި އަތްގާތް ކޮށްދެން މަސައްކަތު މީހެއް ޒަފަރް ނުހޯދަނީ ކީއްވެބާއޭ ނަޔާގެ ހިތަށް އަރައެވެ. ޒަފަރް ކަހަލަ ފައިސާވެރިއަކަށް އެފަދަ ކަމެއް ކޮށްލުމަކީ ދިރުވާލާ ފެންފޮދަކަށް ވުރެވެސް ފަސޭހަ ކަމަށް ވާނެކަން އޭނާއަށް އިނގެއެވެ.

“ޒަފަރް ކޮން އިރަކުން ގެއަށް އަންނާނީ..؟ އަހަރެން ޒޯ ކައިރި މަޑު ކުރަންވީތަ..؟” ގޭތެރެ ހަމައަކަށް އެޅުވުމަށްފަހު ނަޔާ ސުވާލުކުރިއެވެ.

“ނޫން..ނަޔޫ މިހާރުވެސް މާގިނަ ކަންތައް އަހަންނަށް ކޮށްދީފި..ދެން ދޭ ނިދާލަން..ޒަފަރް އަންނާނެ އިރުކޮޅަކުން..” ޒޯޔާ ނަޔާއަށް އިތުރަށް އުނދަގޫ ކުރާކަށް ބޭނުމެއްނުވިއެވެ. ޒަފަރް އަންނާނެ އިރެއް ނޭނގުނަސް ނަޔާ ހަމަޖައްސާލުމަށްޓަކައި ޒޯޔާ ބުނެލިއެވެ.

“އޯކޭ…އެކަމަކު ކަމެއް ބޭނުންވެއްޖިއްޔާ އަހަންނަށް ގުޅައްޗޭ..” ޒޯޔާ އެކަނި ބަހައްޓާފައިދާން ހިތްހަމަ ނުޖެހުނު ނަމަވެސް ޒޯޔާ އެއްބަސްނުވުމުން ނަޔާ ބުނެލިއެވެ. ހިނިތުންވެލުމަށްހު ޒޯޔާ ބޯޖަހާލުމާއެކު ނަޔާ ގެއަށްދާން ނިކުންނަން ހިނގައިގަތެވެ.
*****

އައިވިން އަށް ފުންމައިގެން ތެދުވެ ގަޑިއަށް ބަލާލެވުނެވެ. އޭރު ގަޑިން ހެނދުނު ހަތެއް ޖަހަނީއެވެ. ނިތްކުރީގައި އަތް ހިންގާލަމުން އެނދުން ތެދުވެ އައިވިން ބެލްކަންޏަށް ނިކުމެލިއެވެ. މިހާރު ޒޯޔާ ގޭގައި އުޅޭނެކަން ޔަޤީނެވެ. އޭނާ ބަަލަމުން ދިޔައީ ގޭ ކައިރިންނަމަވެސް ޒަފަރްގެ ނިޝާނެއް ފެނޭތޯއެވެ.

ހެނދުނު ހެނދުނާ ނަޔާ ޒޯޔާގެ ގެއަށް އައިސް ސައި ތައްޔާރު ކުރިއެވެ. ޒޯޔާ ކިތަންމެ ވަރަކަށް އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް ނަޔާ ޒޯޔާއަށް ދިނީ ބީރުކަންފަތެކެވެ. އޭރުވެސް ޒަފަރް ގޭގައި ނޫޅޭކަން ނަޔާއަށް ފާހަގަ ކުރެވުނެވެ. ރޭގައި ޒަފަރް ގެއަށް އައިތޯ އަހަން އުޅެފައިވެސް ނަޔާ މަޑުޖެހިލީ އެ ސުވާލުން ޒޯޔާ ނުތަނަވަސްވެ ދާނެތީއެވެ. އޭނާގެ ޑިއުޓީ ވަޤުތު ހެނދުނު އޮތުމުން ނަޔާ ސައި ތައްޔާރު ކުރުމަށްފަހު މިސްރާބުޖެހީ ހޮސްޕިޓަލަށެވެ.

ޒަފަރް ގެއަށް އައިސް ވަނީ ނަޔާ ދިޔަތާ ބައި ގަޑި އިރެއްހާ ފަހުންނެވެ. ރޭ ހަތަރު ދަމު ގެއިން ބޭރުގައި އުޅެފައި އައި ނަމަވެސް ޒޯޔާ އެކަމަކާ ސުވާލެއްނުކުރެއެވެ. އެއީ ޒަފަރްގެ ފަރާތުން އޭނާއަށް ފެނުނު އާ ކަމަކަށް ނުވާތީއެވެ.

ޒަފަރް މޭޒުދޮށުގައި އިށީނުމުން ޒޯޔާ ތަށިތަކުގެ މަތި ނަގާ ޒަފަރްގެ ކައިރީ ޖޯޑު ބަހައްޓާލުމަށްފަހު ސައި އަޅައިދިނެވެ. އެއްޗެކޭ ބުނުމެއްނެތި ޒަފަރް ސައިބޮމުން ދިޔަ އިރު ޒޯޔާ ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ.

“ކާކު ސައި ހެދީ..؟” ޒަފަރް ކާން އިނދެގެން ސުވާލު ކޮށްލިއެވެ.

“ނަޔާ..” ޒޯޔާ އިސްޖަހާލަމުން ބުނެލިއެވެ. ޒަފަރް ރުޅިއައިސްދާނެތީ އޭނާ ހުރީ ބިރުންނެވެ. އެހެނަސް ކަންތައްވީ ޒޯޔާ ހީކުރި ގޮތަކަށް ނޫނެވެ. އިތުރު އެއްޗެކޭ ބުނުމެއްނެތި ޒަފަރް ސައިބޮއި ނިންމާލުމަށްފަހު ކޮޓަރިއަށް ވަނެވެ. ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން ޒޯޔާއަށް ގޮނޑީގައި އިށީނދެވުނެވެ. ޒަފަރް ކޭތައްޓާއި ސައި ހުސްކުރި ޖޯޑު ގެންގޮސް ޒޯޔާ ސިންކަށް ލިއެވެ. އަދި އެނބުރި މޭޒުދޮށަށް އައިސް ޒޯޔާ ކެއުމަށް އިންސާފު ކުރަން ފެށިއެވެ.

ޒަފަރް ކޮޓަރިން ނިކުތީ ޒޯޔާ ތަށިތައް ދޮންނަން ހުއްޓައެވެ. އޭރު ޒަފަރް ހުރީ ކުރިން ލައިގެން ހުރި އެއްޗެހި ބަދަލުކޮށް ރަސްމީ ހެދުމުގައެވެ. ޒޯޔާއަށް ސަމާލުކަމެއް ދިނުމެއްނެތި ޒަފަރަ ގޭގެ މައިދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ.

ޒަފަރް ގޭން ނިކުންތަން ފެނުނު އައިވިން މިސްރާބުޖެހީ އެގެއާ ދިމާއަށެވެ. އެހެނަސް ގެސްޓް ހައުސްއި ނިކުމެ ޒަފަރް ގެ ގޭ ދޮށަށް ދެވުނު އިރު ގޭގެ ދޮރު ހުޅުވާލާފައި ނިކުން ޒޯޔާ ފެނުމުން އައިވިން ހުއްޓުން އެރިއެވެ. ޒަފަރް ނިކުންތާ އިރުކޮޅެއްނުވެ ޒޯޔާ ނިކުތީ ކީއްކުރަންބާއޭ އައިވިންގެ ހިތަށް އެރިއެވެ.

“ޒޯޔާ..ކީއްކުރަން..؟؟” އައިވިން އަށް ސުވާލު ކޮށްލެވުނެވެ.

“މަންމަ ކައިރިއަށް ގޮސްލަން މިދަނީ..އިއްޔެވެސް ނުދެވުނީމަ މަންމަ ހުންނާނީ ހާސްވެފަ.. އަހަރެން ފޯނު ހަލާކުވީމަ މަންމަ އަކަށް ނުވެސް ގުޅޭނެ..” ޒޯޔާ ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ. އޭނާ ވީވަރަކުން އައިވިންއަށް ސަމާލުކަން ނުދީ ވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“އެކަމަކު.. ޑޮކްޓަރ ބުންޏެންނު އަރާމު ކުރާށޭ.. އެހާ ދުރަށް ހިނގާފަ ދިއުން ރަނގަޅެއްނުވާނެ..” އައިވިން އަށް ވިސްނެމުން ދިޔައީ ޑޮކްޓަރު ދެއްކިވާހަކަތަކާ މެދުއެވެ. ޒޯޔާގެ ހާލަތު އަލުން ގޯސްވާކަށް އޭނާ ނޭދެއެވެ.

“އެކަމަކު މަންމަގެ ހާލު ނުބަލާލަ އަހަންނަކަށް ހަމަޖެހިލައިގެން ނުހުރެވޭނެ އައިވިން..” ޒޯޔާ އައިވިން އަށް ބަލާލަމުން ބުނެލި އިރު އެދެލޮލުގައިވާ އާދޭސް އައިވިންއަށް ސާފުކޮށް ފެންނަމުން ދިޔައެވެ.

“އެންމެ ރަނގަޅު..އެކަމަކު ހިނގާފަ ނުދާތި..ހިނގާ އަހަރެން ޓެކްސީއެއްގަ ގެންގޮސްދޭނަން.” އައިވިން ބުނުމާއެކު ޒޯޔާ ވަޤުތުން ދެކޮޅު ހެދިއެވެ. ނަމަވެސް އޭރު އައިވިން ފޯނުން ގުޅާލުމަށްފަހު ޓެކްސީ ފޮނުވުމަށް އެދެނީއެވެ. ގިނަ އިރުތަކެއް ނުވެ ޓެކްސީ އައިސް ގޭ ކައިރި މަޑުކޮށްލުމުން އައިވިން ގޮސް ފަހަތު ސީޓުގެ ދޮރުފަތް ޒޯޔާއަށް ހުޅުވާލަ ދިނެވެ. ޒޯޔާ ކާރަށް ނާރަ ހުރުމުން އައިވިން އައުމަށް އެދި ބޮލުން އިޝާރާތް ކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒޯޔާ ފަހަތު ސީޓަށް އަރާ ހަމަޖެހިލިއެވެ. ޒޯޔާ ކާރަށް އެރުމުން ދޮރުފަތް ލައްޕާލުމަށްފަހު އައިވިން އެރީ ކާރުގެ ކުރީ ސީޓަށެވެ.
*******

ޒޯޔާ ބުނި މަންޒިލަށް އާދެވުމާއެކު ކާރު އޭގެ ދުވެލި މަޑުޖައްސާލިއެވެ. ކާރުން ޒޯޔާ ފައިބުމާއެކު އައިވިންވެސް ކާރުން ފައިބާ ކުރިމަތީގައި ހުރި ގެއަށް ނަޒަރެއް ދިނެވެ.

ކުރީ ޒަމާނުގެ ގޮތަކަށް ފަރުމާކުރެވިފައިވާ އެގެ ފެންނަނީ ދުވަސްވެ ވީރާނާ ވެފައިވާތަނެވެ. ގޭގެ ބޭރުގެ ފާރުތައް ވަނީ ގިނަ ދުވަސްވެ ތަންތަންކޮޅުން އުވަފައިބާފައެވެ. ޒޯޔާ އެތެރެއަށް އިޝާރާތް ކޮށްލުމާއެކު އައިވިންވެސް ޒޯޔާގެ ފަސް ފަހަތުން ހިނގައިގަތެވެ. ގޭގެ އެތެރެވެސް ބޭރަކާ ތަފާތެއް ނެތެވެ. މައިގެ ފެންޑާގައި ބެހެއްޓިފައި ހުރި ފަށްޖެހެނދުގައި އަންހެން މީހެއް އޮށޯވެގެން އޮތްއިރު އެތާނގެ އެއްފަރާތު ކަނުގައި ހުރި ދުވަސްވީ ފިލާ އަލަމާރިއެއްގެ އިތުރުން އެތަނުގެ ތެރޭގައި ހަރުމުދަލެއް ފެންނާކަށް ނެތެވެ.

“މަންމާ..” ޒޯޔާ ސޯބިރާއަށް ގޮވާލަމުން ފަށްޖެހެނދުގައި އިށީނެވެ. ދަރިފުޅުގެ އަޑު އިވުމާއެކު ސޯބިރާ އޭނާއަށް ތެދުވެވޭ އެންމެ އަވަހަކަށް ތެދުވެލިއެވެ.

“ދަރިފުޅު ރަނގަޅުތަ..؟ ދަރިފުޅުގެ ޚަބަރެއް ނުވެގެން މަންމަ މިހިރީ ކުރާނެކަމެއް ނޭނގިފަ.. ގުޅިއަސް ބުނަނީ ފޯނު ނިއްވާލާފައޭ..” ސޯބިރާއަށް އޭނާގެ ދަރިފުޅު ފެނުމާއެކު ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.

“އަހަރެން ރަނގަޅޭ މަންމާ.. ފޯނު ހަލާކުވެފަ އޮތީ..އިއްޔެ ނާދެވުނީ ކުޑަ ކަމެއް ޖެހިގެން..” ޒޯޔާ އަވަސް އަވަހަށް މަންމަ ހަމަޖައްސާލިއެވެ. ގޭގެ އެތައް މިތަނަން ބަލަމުން ދިޔަ އައިވިން ސޯބިރާގެ ލޮލުގައި އަޅައިގަތީ ދެނެވެ.

“ދަރިފުޅު މެހެމާނެއް ގެނައި ވާހަކައެއް ނުބުނަމެންނު.. ދޭބަލަ އެފަރާތުގަ ހުރި ގޮނޑި ގެންނަން.. މެހެމާނަކު ގެނެސް ކޮށްޅަށް ބަހައްޓާކަށް ނުވާނެ..” ޒޯޔާއަށް އައިވިންގެ މަތިން ހަނދާންވީވެސް ސޯބިރާ އެހެން ބުނުމުންނެވެ. އަވަސް އަވަހަށް އައިވިން އަށް ގޮނޑިއެއް ގެނެސްދީ އިށީނުމަށް އެދުނެވެ.

އައިވިން އަށް ސޯބިރާއަށް ބަލާލަމުން ހިނިތުންވެލެވުނެވެ. ދުވަސްވެ މުސްކުޅި ވުމުގެ ސަބަބުން އެމޫނުމަތި ރޫޖެހިފައި ވީނަމަވެސް ޒޯޔާއާއި ވައްތަރުކަން އެމޫނުމަތިން ފެނެއެވެ. ހާއްސަކޮށް ސޯބިރާގެ ލޮލެވެ. އެލޮލުގައިވާ ހިތްހެޔޮކަމާއި ސާފުކަން އެއީ ޒޯޔާގެ ލޮލުންވެސް އޭނާ ދެކިފައިވާ ކަންކަމެވެ.

“ޒޯޔާ މިގެއަށް މެޙެމާނަކު ނުގެންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ..އެކޮއެތީ ކޮން ކުއްޖެއްތަ…؟ ޒޯޔާގެ ގާތް ރަޙްމަތްތެރިއެއްތަ..؟ ދައްތައަށް ދުވަހަކުވެސް އެކޮއެ ފެނިފައި ނެތީމަ މިއަހާލެވުނީ..” ސޯބިރާ އައިވިން އަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އައިވިން އަށް ބަލާލެވުނީ ޒޯޔާއަށެވެ. އޭނާއަކަށް ސޯބިރާގެ ސުވާލުތަކަށް ޖަވާބު ދޭނެގޮތެއް ނުވިސްނުނެވެ.

“އަ..އަޅުގަނޑު މީ..” އައިވިން އަށް އޭނާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޒޯޔާ ވާހަކަ ދައްކަން ފެށިއެވެ.

“އައިވިން އެއީ މަޖިލީސް މެންބަރެއް.. މިރަށުގައި ބޭއްވި ވޯކްޝޮޕަކަށް އައިސް އެހުރީ.. ޒަފަރްގެ ގެސްޓު ހައުސްގަ ހުންނާތީ ދެމީހުންނަށް އެކަކު އެނގުނީ…އަހަރެން މަންމަ ކައިރިއަށް އަންނަ ވާހަކަ ބުނީމަ މިގެއަށް ވަދެލީ..” ޒޯޔާ ކޮންމެވެސް ވަރަކަށް ހަޤީޤަތް ފޮރުވާލާމުން ވާހަކަ ހަމަޖައްސާލިއެވެ.

އައިވިން އަކީ ކާކުކަން އިނގުމުން ސޯބިރާގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް އައިވިންގެ ކިބައިން މަޢާފަށް އެދުނީ އާދައިގެ ބަހުން ވާހަކަ ދެއްކުނީމައެވެ.

“ނޫނޭ ޒޯޔާގެ މަންމާ.. އަޅުގަނޑަކީ ތިހާ މާތްކޮށް ވާހަކަ ދައްކަން ޖެހޭހާ މަތީ މީހެއްނޫން..އެހެންނޫނަސް ޒޯޔާ އެއީ އަޅުގަނޑުގެ ރަޙުމަތްތެރިއެއް.. ރަޙުމަތްތެރިއެއްގެ މަންމައަކީ އަޅުގަނޑގެވެސް މަންމަކަމަށް އަޅުގަނޑު ދެކެނީ..މިތަނުގައި އަދަބު އިޙްތިރާމް އަދާކުރަން ޖެހޭނެ މީހަކީ އަޅުގަނޑު..” ޒޯޔާއަށް އަވަސް ނަޒަރެއް ދެމުން އައިވިން ސޯބިރާއަށް ބަލާލިއެވެ. އައިވިންގެ ވާހަކަ އާއި އެކު ސޯބިރާއަށް ހިނިތުންވެލެވުނެވެ. އައިވިންގެ ކިބައިގާ އޭނާ ގަޔާވާ ސިފަތައް އެބަހުއްޓެވެ. ބޮޑާކަމާއި ކިބުރުވެރިކަމެއް އައިވިންގެ ކިބަޔަކުން އޭނާއަކަށް ނުފެނެއެވެ.

“ޒޯޔާ ދަރިފުޅާ.. ދޭބަލަ ބޯލަނެ އެއްޗެއް ބަދިގެ ފަރާތުން އައިވިން އަށް ގެނެސްދެން..މިގެއަށް އައި ފަހަރު އައިވިން އެއްޗެއް ބޯނުލާ ދާކަށް މަންމަ ބޭނުމެއް ނޫން..” ޒޯޔާއަށް ބަލާލަމުން ސޯބިރާ ބުނެލިއެވެ. ސޯބިރާގެ އެދުމަށް އައިވިން އަށް އިންކާރު ކުރާކަށް ނުކެރުނެވެ. ޒޯޔާ ތެދުވެގެން ދިއުމުން ސޯބިރާއަށް އައިވިން އާ ދިމާއަށް ބަލާލެވުނެވެ. އޭނާ ހަޤީޤަތުގައި ޒޯޔާ ފޮނުވާލީ އައިވިން އާ ވަކިން ވާހަކަ ދައްކާލަން ބޭނުންވެފައި ހުރުމާ އެއްކޮށެވެ.

“އައިވިން ކަހަލަ ރަނގަޅު ރަޙްމަތްތެރިއެއް ޒޯޔާއަށް ލިބުނީމަ ވަރަށް އުފާވެއްޖެ..” ސޯބިރާ ބުނެލިއެވެ.

“މަންމަގެ ޒޯޔާ ކަހަލަ ރަނގަޅު ކުއްޖެއްގެ ރަޙްމަތްތެރިއަކަށް ވެވުނީމަ އުފާވާ މީހަކީ އަޅުގަނޑު..” އައިވިން ހިނިތުންވެލަމުން ބުނެލިއެވެ. ހަޤީޤަތުގައިވެސް ޒޯޔާއަކީ އޭނާ ދަންނަ އެހެން އަންހެން ކުދިންނާ ނުބައްދަލް އަންހެން ކުއްޖެކެވެ. ޒޯޔާގެ ފަރާތުން ދެއްކުންތެރިކަމެއް އަދި އަމިއްލަ އެދުން ބޮޑުކަމެއް އޭނާ އަކަށް ނުފެނެއެވެ. އެހެނަސް އޭނާއަށް ޒޯޔާގެ ފަރާތުން ފެންނަނީ ސާދާ ސީދާ ކެތްތެރި ،ހިތްވަރުގަދަ އަންހެނެއްގެ ސިފަތަކެވެ.

“އެހެންވެއްޖިއްޔާ މަންމަގެ ޒޯޔާއަށް ކަމެއް ކޮށްދެވިދާނެތަ..؟” ސޯބިރާގެ އަޑުގައި ކުއްލިއަކަށް ހިތާމަ އެކުލެވިގެން ދިޔައެވެ. އައިވިން އަށް ނުތަނަވަސްކަން މަތީ ސޯބިރާއަށް ބަލާލެވުނީ ކޮންކަމެއްހޭ އަހާ ފަދައިންނެވެ.

ތިއީ ޒޯޔާ ބުނިހެން މަޖިލިސް މެންބަރެއް ނަމަ އައިވިން އަށް ބާރާއި ނުފޫޒު ލިބިފައި ވާނެކަން ޔަޤީން.. އޭނާގެ ކިބައިން ޒޯޔާ ސަލާމަތް ކޮށްދެވޭނީ ތިކަހަލަ ފަރާތަކަށް..” ސޯބިރާގެ ވާހަކަތަކުން އައިވިން އަށް ހައްތަހާ ހާސްކަން ލިބެމުން ދިޔައެވެ.

“ޒޯޔާ މަންމާ..ކީކޭތޯ ބުނަން ތިއުޅެނީ..؟ އަޅުގަނޑަށް ވެވުނު ކަމެއް ޒޯޔާއަށްޓަކައި ކޮށްދޭނަން.. އަޅުގަނޑަށް ވިސްނޭނެހެން ބުނުއްވާ..ކީއްތޯ އަޅުގަނޑު ކޮށްދެންވީ..؟” އައިވިން ސޯބިރާގެ ދެއަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

“ޒަފަރް.. މި މަންމައަށް ކަމެއްކޮށްދެންޏާ ޒޯޔާ ޒަފަރްގެ ކިބައިން ސަލާމަތް ކޮށްދީ..” ސޯބިރާ އައިވިންގެ އަތަށް ބާރުކޮށްލުމަށްފަހު ބުނެލުމުން  އައިވިން ހުއްޓުން އަރާގޮތްވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ފިޔަފަތް 28

Next

ލޯބީގެ ހައްގުގައި 19

Next
October 2, 2020

ލޯބީގެ ހައްގުގައި 19

Previews
October 2, 2020

ފިޔަފަތް 28

20 Comments!

  1. Wonder says:
    October 2, 2020 at 7:28 pm

    Salaam dear readers. Mihaa lahun mi part up kohla dhevunyma hurihaa kiyuntheringe kibain ma’aafah edhen.. ekamaku wonder v masahkaih kohfa innaane mibai dhigu kohla dheveythoa.. egothun mi part ge word limit exceed vaane 1700 words in.. so hurihaa readers ah ves mi bai kamudhaane kamah unmeedhu kuran.. hurihaa kiyuntherin ves mibayaa medhu dhekeygoih comment kohlun edhen. Ufaaveri reygandakah hurihaa kiyuntherinnah edhen.. ly all n b safe?❤❤❤

  2. Een says:
    October 2, 2020 at 8:43 pm

    Don’t be sorry it’s all right
    ❣️❣️❣️❣️Really love this part
    Aivin pls go and save zoyaaaa
    ????I’m gonna kill this zafarrr
    ???GN and tc
    Wonder

    1. Een says:
      October 2, 2020 at 8:56 pm

      Yayyyyyyyyy and me first dhw………………………after a long time

    2. Wonder says:
      October 2, 2020 at 11:06 pm

      Yesss Een.. u r first.. congrats dear?❤

    3. Wonder says:
      October 2, 2020 at 11:04 pm

      Awwn thank u Een for understanding.. v ufaavejje dear ah mi part ves kamudhiyaeema. Hingaa dhw Aivin hadhaa gotheh ves balamaa. Hehe.. okay dear.. kill him how ever u like?. Gud night u too n tvgc?❤

  3. ammi says:
    October 2, 2020 at 8:47 pm

    vvvv reethi mi part vx. waiting for next part 🙂

    1. Wonder says:
      October 2, 2020 at 11:05 pm

      Thank u ammi.. v ufaavejje mi bai ves kamudhiyaeema..In sha Allah next part avahah up kohla dheynan?❤

  4. ?Ril? says:
    October 2, 2020 at 10:03 pm

    Awwnnn don’t feel srry sis it’s alright eyyy❤️❤️❤️?????????
    Btw mi part ves vrh Sali ?????❤️❤️❤️❤️❤️❤️
    Masha Allah sisooo❤️❤️❤️❤️
    And mi Zafar mee dhen kiyaanekamhe nei????????
    Cmnt kuraairu vrh hithulaagen hunanee Zafar vaahaka nudhakan but aadevifaa huna ruli eh ge sababun Hama ehchehi goveny heheheheh???????????????
    Btw Ril ah heevany Zoya Zafar aa indegen mioleny konmes majbooree eh othymaa kama dhw sis?????
    Btw waiting for the next part sisoo❤️❤️
    Love uuu ❤️❤️❤️
    Stay safe❤️❤️❤️

    1. Wonder says:
      October 2, 2020 at 11:08 pm

      Awwn thank u Ril for understanding.. n v ufaavejje dear ah mi part ves kamudhiyaeema. Hehe..zafar ulhey gothun kihineh dhw evaahaka nudhahkaaves hunnaanyy. Vedhaane ingey hama.. Vaahakaiga kuriah oihthaa ingeyne hurihaa hageegathehves..hingaa dhw balamaa. Next part In sha Allah avahah up kohla dheveythoa balaanan ingey. Lymm dear. U too stay safe?❤

  5. Sher says:
    October 2, 2020 at 11:27 pm

    Alhey laheh nuveyey adhi Wonder loabi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Aaah mibai haadha asaru gadha ey???????????????? Aivin alhe please Zoa Salaamai kurahchey??? Mi Zafar gandu mi kon dhuniye akun ais ulhey meeha gandeh tha sahaadheh?? rangalhu dhen Saibui kan Zoa ge moonah thashithah nujahaa???? huvaa mi Zafar eh Anna irah vaa foosseh neynge????????????ماشاءالله♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Mi vaahaka alhe haaadha reeeeeeeeehhhhhhhhcccccchhhheeeyyyyy??????????????? Reethi kamun bunaane ehcheh aslu nuves ingey?????????? Wonder thee hama best ingey????????????????????????????????????????????????

    1. Wonder says:
      October 4, 2020 at 12:55 am

      Awwn thank u sher for understanding. V ufaavejje dear ah mi bai ves kamudhiyaeema. Hingaa dhw Aivin hadhaa gotheh ves balamaa.. yes.. naseebeh dhw ehchekey nubune keykan. Awnn thank you dear for the compliment.. v ufaavejje vaahaka dear ah ehaa kamudhiyaeema. U r the best too dear?❤

  6. Liyaa says:
    October 3, 2020 at 7:56 am

    Nice ?❤️

    1. Wonder says:
      October 4, 2020 at 12:56 am

      Thank u Liyaa.. v ufaavejje dear ah mi bai ves kamudhiyaeema ?❤

  7. Maany says:
    October 3, 2020 at 2:10 pm

    Don’t say sorry sis it’s alright
    Mi part vx hama varah reethi masha Allah speechless vehje
    Alhey zoya mamma ah ehenveema ingee dhw mi zafar ge goiyy
    Mi zafar ah ebajehee konmeves gotheh hadhan I hate zafar
    Waiting for the next
    Luv uuu❤️❤️❤️

    1. Wonder says:
      October 4, 2020 at 12:58 am

      Awwn thank you Maany for understanding.. v ufaavejje dear ah mi bai ves kamudhiyaeema.. yeah..it seems like zoaya ge mom ah ingeyhen dhw. Hehe.I hate zafar too. Hingaa dhw dhn zafar ah vaagotheh ves balamaa. Lym dear?❤

  8. Livy says:
    October 3, 2020 at 8:34 pm

    Don’t say sorry sisooo it’s Alright ❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️
    Yeyyy Yeyyyy Zoyaa mamma ves ebunii Aivin gaathu Zafar gandu kairin zoyaa salaamaiye kuran❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ nd Aivin ah dhera gotheh viya nudheichey ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Btw mi part ves Varah Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️ curiously waiting waiting waiting for the next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ love you ❤️❤️take care ❤️❤️
    ❤️❤️❤️Stay home and stay safe ❤️❤️❤️

    1. Wonder says:
      October 4, 2020 at 1:01 am

      Awwn thank you livy for understanding.. hingaa dhw Aivin dhn hadhaagotheh ves balamaa. V ufaavejje dear ah mi bai ves kamudhiyaeema.. lym dear.. u too stay safe n tvgc?❤

  9. Mickey says:
    October 3, 2020 at 11:08 pm

    WOOOOOOOOOOOW???? wonder sissoo dont say sorry adhi laheh nuve ey❤❤❤ btw mi part hama vvvvvvv salhi as always❤❤❤ luved it❤❤❤❤❤❤ alhey zoya mom vs beynun vany zoya mi zafar gadu kairin salaamaih kuran dhw OMG aivin plx zoya salaamaih kohdhehcheyyy??? zoya mom ah ehen kamun ingey dhw zafar zoya ah aniyaa kuraa kan ? ?? n i feel like zoya zafar aa marry kury majuboory eh vegen hen ???? curiously waiting ingey ❤❤❤❤ tc❤❤❤ stay home stay safe ❤❤❤❤

    1. Wonder says:
      October 4, 2020 at 1:05 am

      Awwn thank u mickey for understanding.. n v ufaavejje dear ah mi part ves kamudhiyaeema.. yess.. zoaya mom ah ingeyhen dhw heevany . Hingaa dhn Aivin hadhaa gotheh ves balamaa. Dear thu heekuraa goih kamah ves vedhaane..kuriyah huri baithakuga hageegaih ingigen dhaane. U too tvgc n stay safe dear?❤

  10. Kai says:
    October 6, 2020 at 5:57 pm

    Wowwwwwww..this is one of the best story’s I’ve been reading from this site…i love it.. The story’s epic… Eagerly waiting for the next part???????❤❤❤❤❤?

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-17←


All Right Reserved!