Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ހިތި ނިމުން 19

kudhoo Level 310 Stories100 Comments
December 1, 2020 4 Mins Read
0 Comments

” ކަލޭ ހިތު ހުރި ގޮތަކަށް އުޅެފަ ދިޔާމަ އެމީހުން ނޫޅޭނެ ކަލެއަށް ތިކަން ކޮށްދޭކަށް… ކަލޭ އެމީހުންނަށް ޖައްސައިފައި އާ ޙާލު ހަނދާން ނެތުނީތަ؟.” އަމްނާ ބުންޏެވެ. ” ބަލަ އަހަރެން އެމީހުނަށް ގޮތަކަށް ނަހަދަމޭ.. މަގޭ މަންމަ އެއަށް ވުރެ ބޮޑަށް ވިސްނޭނެ.. އަހަރެން އޮތީ މަންމަ ކައިރީ ބުނެފަ އަމްނާގެ ހިތްހަމަޖެހުމަކަށް އަހަރެން ކުރާ ކަމެކޭ…އެވަރު ނުވިސްނެނީ އަމްނާއަކަށް ނޫންތަ؟.. އަހަރެން އަންނަން ވީމަވެސް މަންމަ ބުނި މަންމަގެ ހެޔޮދުޢާ އަހަރެންނާއެކު ވާކަމަށް..”އަހަރެން ބުނެލީމެވެ. ” ތިއީ މާކުރީގެ ވާހަކައެއްނު..” އަހަރެންނަށް ހޭވެރިކަމެއް ޖެހުނީ އުމައިރު އަހަރެންނަށް ގޮވާލުމުންނެވެ. އޭރު އަހަރެންނަށް ހުރެވުނީ އަހަރެންގެ ގެއަށް ވަންނަ މަގުގެ މެދުގައި އިށިދެގެންނެވެ. އެތާގައި އެގޮތަށް އިށީދެގެން ހުންނާނީވެސް ކާކުހެއްޔެވެ.

**********************************************

” ސަމީރު މިހާރު އިށީންނާކަށްވެސް ވަކިތަނެއް ނޯވޭތަ؟..” އުމައިރު ބުންޏެވެ. ” ރަށަށް ދާން މިހާރުވެސް އަހަންމާބޭ ގެ ބޯޓް ދަތުރު ކުރޭތަ؟..” އަހަރެން އަހާލީމެވެ. ” މިހާރު ކިތަންމެ އެއްޗެއްވެސް މިދެމެދު ދަތުރުއަޅާ.. އަހަރެން މިއަންނަ ހޮނިހިރު ދުވަހު ފުރަން.. ސަމީރު ދާން ވީއެއްނު އަހަރެންނާއި އެކު.. ” އުމައިރު ބުންޏެވެ. ” އަހަރެން އަތުގަ އެއްވެސް އެއްޗެއްނެތް.. ކިހިނެއް ރަށަށް ދާނީ.. މިއަދު މިހުރީ އަދި އެއްވެސް އެއްޗެއް ނުކާ…” ވެފައި ހުރި ބަނޑުހައި ހޫނު ކަމުގެ ސަބަބުން އަހަރެންނަށް ބުނެވުނެވެ. އުމައިރު އަހަރެން ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. އަހަރެން ހިތްހަމަޖެހޭ ވަރަށް އަހަރެންނަށް ކާން ލިބުނެވެ. އަހަރެންނަށް އެންމެ މީރު މަސްރިހައެވެ. އަހަރެންނަށް އެއިން މަންމަ ކައްކާފަ ހުންނައިރު ރިހަޔާ ވަރަށް އެއްގޮތް ކަމެއް ހުރެއެވެ. ” މިގެއިން ކެވޭ ކޮންމެ ދުވަހަކު މަންމަ މަތިން ވަރަށް ހަނދާންވޭ..” އަހަރެންނަށް ބުނެވުނެވެ. އުމައިރު ބޭނުންވާ ގޮތަށް އެކަން ވުމުން އޭނާއަށް ހަމަޖެހުމެއް ލިބުނެވެ. އުމައިރު ބޭނުންވީވެސް އަހަރެން މަންމަ މަތިން ހަނދާން ކުރުވުމެވެ. އަހަރެންނަށް އެކަން ނޭނގުނީއެވެ.

އެގެއަށް އަހަރެން ޒިޔާރަތް ކުރާ އެއްވެސް ފަހަރަކު ޒީނާ އަހަރެންނާއި ވާހަކަދައްކައެއް ނޫޅޭއެވެ. ދައްކަން މަޖުބޫރު ވެއްޖެ ވާހަކައެއް ނޫނީ ނުދައްކައެވެ. އަހަރެންގެ އަންހެނުންނާއި އުމައިރުގެ އަންހެނުން އުޑާ ބިމާހާވެސް ތަފާތެވެ. ޒީނާގެ ލޯ އެކަނި ފެންނަން ހުއްޓަސް އެލޮލުން އުޖާލާކަން ފެނެއެވެ. އެއީ އަމްނާ ނިމި ދިޔުމާ ހަމައަށް ވެސް އަހަރެންނަށް އޭނާގެ ލޮލުން ފެނިފައި ނުވާ ކަމެކެވެ.

ފުރުމަށްޓަކައި އަހަރެން ހުރިހާ ތައްޔާރީއެއްވީމެވެ. ގެ ވިއްކާލަން އުޅުމުން އެކަމެއްވެސް ނުކުރެވުނެވެ. އަހަރެންނަށް އަވަލާފައިވާ ޖިންނި އެގޭގައި އުޅޭނެއޭ ބުނެ މުޅިތާ އޮތީ އަޑު ފެތުރިފައެވެ. ” އޭނަގެ ބަހަށް ހެއްލިގެން ތިއުޅެނީ ހަމަ ދާން ދޯ؟.. އޭނަ ތިއުޅެނީ ކަލެއަށް ލަނޑު ދޭން ވެގެން.. ބަލަން ހުންނާތި..ކަލޭ އަހަރެން މިތަނަށް ދޫކޮށްލައިފައި ދިޔަޔަސް ކަލެއަށް އުފަލަކު ނުހުރެވޭނެ..” އަމްނާ އަހަރެންނަށް އިންޒާރު ދެމުން ދިޔައެވެ. އަދިވެސް އަމްނާ އަހަރެންނާއި ވަކިވެ ދިޔަޔަސް އަދިވެސް އޭނަ ފެންނަ ކޮންމެ ފަހަރަކު އަހަރެންނަށް ހީވަނީ އޭނަ އަހަރެން ގާތުގައި ހުންނަ ހެންނެވެ.

ފުރަން އޮތް ބޯޓަށް އެރުމުން އަހަރެން ނިދަން ޖައްސައިލީމެވެ. އަހަރެންގެ ސަބަބުން ބޯޓުގައި ތިބި މީހުން ބިރުގަނެފާނެތީ ކުރީބައިގައި އުމައިރު ކައިރީ އެވާހަކަވެސް ބުނީމެވެ. އަހަރެންގެ ނަސީބު ކަންނޭގެއެވެ. ކަނޑު މަތީގައި ހޭދަވި ދިހަ ދުވަހުވެސް އަމްނާގެ އެއްވެސް އުނދަގުލެއް އަހަރެންނަކަށް ނުފޯރައެވެ.  ރަށުގެ މަލަމަތި ވަނީ މުޅިން ބަދަލުވެފައެވެ. ރަށާ ގާތް ކުރުމަށްވަނީ ފާލަމެއް ހަދާފައެވެ. ފަސޭހަ ކަމާއެކު ރަށަށް އަރާ ފޭބޭނެ ގޮތް ވަނީ ހަދާފައެވެ. އަހަރެން ހުރީ މުޅިން ހައިރާން ވެފައެވެ. ގެއަށް ދާނެ މަގުވެސް އަހަރެންނަކަށް މިވަރަކުން ނޭނގޭނެކަން ޔަގީނެވެ. ނުވިތާކަށް ރަށުގެ މީހުންއަހަރެންނަށް ބަލަމުންދަނީ ބީރައްޓެއްސެއް ފަދައިންނެވެ. އުމައިރުއާ އެކު އަހަރެންކަހަލަ މީހަކު އައުމުން ބަލާނެތާއެވެ. ދުއްވާ އެއްޗެހީގެ އަޑުފަށްގަނޑުވެސް މުޅި ރަށުތެރޭގައިވަނީ ހިފާލައިފައެވެ. ބޯޓް އަންނަންވާއިރަށް ބަނދަރުމައްޗަށް އައިސްފައިވާ ކާރުތަކާ ސައިކަލްތައް މަދެއްނޫނެވެ. ގެތައްވެސް ވަނީ ބޮޑުކޮށްލާފައެވެ.

” އުމައިރު އަހަރެން ގެއަށް ލާފައި ދާން ވީއެއްނު..” އަހަރެން ބުނެލީމެވެ. އުމައިރު އޭނާގެ އަންހެނުންނާއި ދަރިން ކާރުގަ ފޮނުވާލައިފައި އުމައިރު އަހަރެން ގޮވައިގެން އައީ ސައިކަލުގައެވެ. މަގުތަކަށްވެސް އައިސްފައިވާ ބަދަލުތައް ފެންނަމުން މިދަނީ އަދި ކިރިޔާއެވެ. އެހެންޏާ މީ ބައްޕަ ރަށަށް އަންނަ ކޮންމެ ފަހަރަކު ހިނގާލައިފައި ގެއަށް ދާމީހުނެވެ. ނަމަވެސް ފާލަން ހަދާފައިވަނީ އަނެއްކޮޅުގައެވެ. އަހަރެންގެ ގެއަށް އުމައިރު އައިސް މަޑުކޮށްލުމުން ލިބުނީ ހައިރާންކަމެކެވެ. މުޅި އެސަރަހައްދުގައިވެސް ވަނީ ބޮޑެތިގެތައް ރާނާ ޓިނުޖަހާ ހިޔާ ކޮށްފައެވެ. ނަމަވެސް އަހަރެންގެ ގެ މިހުރީ އެންމެ ފަހުން ބައްޕަ ހެދިގޮތަށެވެ. ކޮންމެވެސް ބަޔަކު ގެ ވަރަށް ރަގަޅަށް ބަލަހައްޓައިކަން ބަލާލުމުން އެނގެއެވެ. އަހަރެން ފެނުމުން މަންމަ ވަރަށް އުފާވާނޭ އަހަރެންގެ ހިތައް އެރިއެވެ. ނަމަވެސް މުސްކުޅިކަމުން އަހަރެން ވަކިވާނެތޯ އަހަރެންގެ ހިތައް އަރަމުން ދިޔައެވެ. ދޮރު ހުޅުވައިލައިފައި އަހަރެން އެތެރެއަށް ވަނީމެވެ. އަހަރެންނަށް ގޭތެރެއިން މަރުޙަބާކީ އަނދިރިކަމާ ފަޅުކަމެވެ. އަހަރެންނަށް ބަލާލެވުނީ ފަހަތުން އައިސްވަން އަހަރެންގެ އެކުވެރިޔާއަށެވެ. ” ކޮބާ މަންމަމެން؟..” އަހަރެންނަށް އަހާލެވުނެވެ.

” އަހަރެން މޫނިސާއްތަގެ ވާހަކަ ދެއްކިޔަސް ސަމީރުއަށް އެނގޭނެތަ؟.. އަހަރެން އެދުވަހުވެސް ބުނިން މުޅި މަގުމަތީ ސަލާން ޖަހަމުން ދިޔަ މީހަކު ބެލި ވާހަކަ…އެކަމަކު ސަމީރުގެ ހިތަކަށް ކުޑަކޮށްވެސް ނޭރި ދޯ އެއީ ތިމަންނަގެ މަންމަޔަށް ވެދާނޭ..” އުމައިރު ބުނީ ދޮގެއްނޫނެވެ. އަހަރެންގެ ސިކުނޑިއެއް ހުރިނަމަ ޔަގީނުންވެސް އެނގޭނެއެވެ. ” އަހަރެންގެ މަންމައާއި ބައްޕަ މަރުވީތަ؟..” އަހަރެންނަށް ބުނެލެވުނެވެ. ” ތިހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެ ސަމީރުގެ މަންމަ އުޅުނު ކުޑަ ކޮޓަރިން…އަހަރެން ކައިރީ ސަމީރުގެ މަންމަ އެދުނު އެންމެ ފަހު ކަންތައް އަހަރެން ކުރަމުން މިދަނީ…” އުމައިރު ބުންޏެވެ. އަހަރެން މަޑުމަޑުން އެތެރެއަށް ވަނދެ އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. ދަބަސް ބިންމަތީގައި ބެހެއްޓުމަށްފަހު ފަހު އަހަރެންވަނީ މަންމަގެ ކޮޓަރިއަށެވެ.

ދޮރުހުޅުވާލުމުންވެސް ފާޑެއްގެ ބާރު އަޑުފަށްގަނޑެއްވެސް ހުއްޓެވެ. މަންމަ ތަރުތީބު ކޮށްފައި ހުންނަފަދައިން އެއްވެސް ބަދަލެއްނެތި އެކޮޓަރި ހުއްޓެވެ. ކޮޓަރީގެ މަންމަގެ ވަކަރު އަލަމާރި ކައިރީ ބަހައްޓާފައިވާ މޭޒެއްމަތީ މަންމަ ގެންގުޅޭ ފޮތެއް ބާއްވައިފައި އޮތެވެ. އަދި އޭރު މަންމަ ލިޔަން ގެންގުޅޭ ސާމާނުވެސް ކައިރީގައި ތިއްބެވެ. އަހަރެންނަށް މަރުޙަބާކީ އެފޮތެވެ. އަހަރެން ފޮތް ހުޅުވާ ކިޔަން ފެށީމެވެ.

” ލޯބިވާ މަންމަގެ ދެލޮލުގެ ނޫރާއެވެ. މަންމަ މުސްކުޅިވާން ކައިރިވެފަ ހުއްޓާ ދަރިފުޅު ތީ މި މަންމަގެ އެކަނިވެރިކަން ފިލުވުމަށް މާތްރަސްކަލާންގެ މަންމައާ ޙަވާލުކުރި އަމާނާތެކެވެ. ދަރިފުޅު ދުނިޔެއަށް އުފަންވި ދުވަހަކީ މަންމައާއި ބައްޕައަށް އެންމެ ބޮޑު ހިތްހަމަޖެހުން މިދުނިޔެމަތިން ލިބުނު ދުވަހެވެ. ދަރިފުޅާއެވެ. މަންމައާއި ބައްޕަ ބޭނުންވީ ދަރިފުޅު ތީ ބަސްއަހާ ކިޔަމަންތެރި ދީނަށް ލޯބި ކުރާ ދަރިޔަކަށް ވުމަށެވެ. އަދި މަންމަމެން މުސްކުޅިވާދުވަހު ދަރިފުޅަށް މަންމަމެން އަޅާލުމާ ލޯބި ދިންފަދައިން މަންމައާއި ބައްޕައަށް ދަރިފުޅުގެ އަޅާލުމާއި ލޯބިވެސް ލިބޭނެކަމަށެވެ. ނަމަވެސް މަންމަގެ އުންމީދުތައް ދަރިފުޅު އެންމެ ކަމަކުން ވިއްސުވާލިއެވެ. އެދުވަހަކީ މަންމައާއި ބައްޕަގެ ހިތް ކުދިކުދިވެގެން ދިޔަދުވަހެވެ. ދަރިފުޅާމެދު ދެކެމުން އައި ހުވަފެންތަކުގެ ކުލަ އޮތްސިގެން ދިޔަ ދުވަހެވެ. ނަމަވެސް މަންމައާއި ބައްޕަ އުންމީދު ކަނޑާ ނުލަމެވެ. ކެތްތެރިކަމާއެކު ދަރިފުޅުގެ ދެފައިގައި ހިފައި އާދޭސް ކުރީމެވެ. ނަމަވެސް ދަރިފުޅަށް މަންމަމެން ދައްކަމުން އައިވާހަކަތަކެއްނުއިވުނެވެ.

ދަރިފުޅާއެވެ. ނަމަވެސް މަންމަ އުންމީދުކަނޑާ ނުލާ ދަރިފުޅަށްޓަކައި ދުޢާކުރީމެވެ. މަންމަ ދަރިފުޅާ ވާހަކަ ނުދައްކާ ހުރީ އެކަމަށް ކެތްވެގެނެއް ނޫނެވެ. ނަމަވެސް މަންމަގެ ހިތައް ތަދުވިވަރުން މަންމަޔަށް ދަރިފުޅާ ވާހަކަ ނުދެއްކުނީއެވެ. މަންމަގެ ލޮލުން އޮހޮރުނު ކަރުނަތައް އެންމެގާތުން ދެކެމުން އައީ ދަރިފުޅުގެ ބައްޕައެވެ. މަންމަގެ ބުރަކަށީގައި ލޯތްބާ އޯގާތެރިކަމާއެކުވެސް ފިރުމާލަމުން އައީ އެބައްޕައެވެ. އެއީ ދަރިފުޅަށް ދުނިޔެއާ އާޚިރަތް ހޯދައި ދިނުމަށްޓަކައި ރެއާއި ދުވާލު ބުރަ މަސައްކަތް ކުރަމުން އައި މީހާއެވެ. ދަރިފުޅާމެދު އެތައް އުންމީދެއް ކުރަމުން އެބައްޕަވެސް އައެވެ.

ދަރިފުޅާ އަމްނާއާ ކައިވެނިކުރި ދުވަހު މަންމަ އުފާވިއެވެ. ނަމަވެސް މަންމައަށް އަމްނާ ދަރިފުޅާ ކައިވެނި ކުރީ ކީއްވެގެންކަން އެނގުމުން އެކަމާ ވަރަށް ހިތާމަ ކުރީމެވެ. ދަރިފުޅުގެ ކައިވެނި ޞައްޚަ ނުވާނެކަން އެނގިހުރެވެސް ދަރިފުޅު އެކަންވެސް ކުރީއެވެ. މިއަދު ދަރިފުޅު ﷲ ޙަރާމްކުރެއްވި ހުރިހާކަމެއްގައި ވަގުތު ހޭދަކުރަމުން ދާއިރު އެންމެ ފަހަރަކުވެސް މި މުސްކުޅި މަންމައާއި ބައްޕަ ދައްކާ ވާހަކަ އަޑުއަހާލާނަމޭ އެތައް ފަހަރަކު މަންމަގެ ހިތައް އަރަމުން ދިޔައެވެ. ނަމަވެސް ދަރިފުޅު އުޅުނީ ތިކައިވެނި މަތީގައި ހުރެ ދަރިފުޅުގެ އަންހެނުން ހިތްހަމަޖައްސައިދެވޭތޯއެވެ. ދަރިފުޅަށް މާދަމާ ތިކަމުން ލިބޭނެ ހިއްދަތިކަމަކަށް ދަރިފުޅު އެންމެ ފަހަރަކުވެސް ވިސްނައި ނުލީމެވެ.

ދަރިފުޅާއެވެ. މިއަދު މަންމަ ދަރިފުޅަށް އެތައް އާދޭހެއް ކުރީމެވެ. އެއީ ދަރިފުޅަށް އުނިވާނެ އެއްވެސް ކަމެއް ނުބާއްވާ..ދަރިފުޅު ބޭނުންވާ ހުރިހާއެއްޗެއް ދަރިފުޅަށް ހޯދައިދެމުން އައި ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ ލޯ ކުރިމަތީ ތަންމަތީ އޮންނަން ޖެހުނު ދުވަހެވެ. އެބައްޕަ ފެންވަރުވާލަންވެސް މަންމަ ދަރިފުޅަށް ކިހާ އާދޭހެއް ކުރީމުހެއްޔެވެ. މިއަދު ދަރިފުޅުގެ އަތުގެ ފިރުމުންތައް އެބައްޕަ ބޭނުންވާނެވަރު ދަރިފުޅަށް އަންދާޒާކޮށެއްވެސް ނުލެވުނެވެ. މަންމަ މިއަދު މިޖެހުނީ ދުރުހިލޭ މީހުން ގެނެސްގެން ބައްޕަ ބަލާށެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ތިން ލަފްޒުން (24)

Next

މަންޒިލް 20

Next
December 1, 2020

މަންޒިލް 20

Previews
November 30, 2020

ތިން ލަފްޒުން (24)



All Right Reserved!