Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 12

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 28, 2020 6 Mins Read
40 Comments

މިއާ ކޮލެޖުން އައިސް އެޕާޓްމެންޓަށް ވަތްއިރު ސޯފާގައި އިޝަލް އޮތެވެ. އެއްފަރާތަކަށް އޮތުމުން މިއާއަށް ރަނގަޅަށް އިޝަލްގެ މޫނެއް ނުފެނުނެވެ. އެއީ އެރިކް ކަމަށް ހިތާ ގޮސް އިޝަލްގެ މޫނަށް ފިނި ފެން އެއްޗެއް އޮއްސައިލިއެވެ.

މޫނަށް ފިނިވެގެން ދިއުމާއެކު މޫނުގައި ދެއަތް އަޅައިފައި އިޝަލްއަށް ފުންމައިގެން ތެދުވެވުނެވެ. ކަންފަތާއެކު ނޭފަތް ތެރެއަށް ފެން އެޅުމުން އިޝަލް ކުރި އަރައިގެން ދިޔައެވެ.

އިޝަލް މޫނުގައި އަތް އަޅައިގެން އިނުމުން އެއީ އެރިކް ނޫންކަން ދެން ވެސް އޭނާއަކަށް ނޭންގުނެވެ. މާ މަޖާވެފައި ބާރަށް ހޭންފެށުނީ އެހެންވެއެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ ހުއްޓާ ނުލައި ހެމުން ދަނިކޮށް އެރިކް އައިސް ގޮވާލުމުން ކުޑަ ވަރެއްގެ ޝޮކެއް ލިބުނެވެ. އެއް ފަހަރު ސޯފާއަށް ބަލައިލައިފައި އަނެއް ފަހަރު އެރިކްއަށް ބަލައިލިއެވެ. ސޯފާގައި އެއީ އެެރިކް ނޫންކަން އެނގުމުން އޭނާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެން ދިޔައެވެ.

ރުޅިގަދަ ވެފައި އޮތްވައި އެކަހަލަ ކަމެއް ވުމުން އިޝަލްގެ ރުޅި އިތުރަށް ގަދަވިއެވެ. ރުޅިވެރި ކަމާއެކު އޭނަ މިއާއަށް ބަލައިލިއެވެ.

އިޝަލްގެ ރުޅި ވެރި ނަޒަރު އޭނާއަށް އަމާޒު ވުމުން މިއާ ބިރުގަތެވެ. ހިންދިރުވާލަމުން އޭނާ އެރިކްއަށް ބަލައިލިއެވެ. އެރިކް ނޫން ކަމަށް ހެދިފައި ދުރު ބަލަން ފެށިއެވެ.

“ހިތުން ވަރަށް މޮޅު ކަމެއް ދޯ ތިކުރީ؟ ސަލާމަތެއް ނެތް ސަހާދެއް މި ބުނީ” އިޝަލް ދިވެހި ބަހުން ކުދި ކިޔުމުން މިއާ އަދި އެރިކްއަށް ވެސް އޭނާ ކީ ކީކޭ ކަމެއް ނޭންގެއެވެ. އިޝަލް އެ ވަރުގެ ކަމަކާ ރުޅި އައުމުން އެރިކް ވެސް ހައިރާންވިއެވެ. އާންމު ގޮތެއްގައި އިޝަލްއަކީ އެހާ ރުޅި ގަދަ މީހެއް ނޫނެވެ. އަދި އެކަހަކަ ކަންތަކުގައި މާ ސީރިއަސް ވާ މީހެއް ވެސް ނޫނެވެ.

“އެލެކް ވަރަށް ބޮޑަށް ސޮރީ. މިއާއަށް ނޭންގިގެން ވީ ކަމެއް. އޭނާއަކަށް ނޭންގޭނެ އެލެކް އައި ކަމެއް” މިއާއަށް ރޮވެން އުޅޭހެން ހީވުމުން އިޝަލްގެ ކިބައިގެން އެރިކް މާފަށް އެދުނެވެ. އަދި އެކުވެރިޔާއަށް އޭނާގެ ކޮއްކޮ ތަޢާރަފު ކޮށްދިނެވެ.

އިޝަލް މިއާއަަށް ހިނިތުން ވެސް ނުލައެވެ. އޭގެ ބަދަލުގައި އޭނާ ހުރީ ދެބުމަ ގޮށް ޖަހައިގެންނެވެ. “ނޯ ވޮރީސް” މިއާއަށް ބަލާލުމެށް ވެސް ނެތި އެރިކް ގާތު ބުނެފައި އިޝަލް ގޮސް އެރިކް ކޮޓަރިއަށް ވަނެވެ. “ހާދަ ރޫޑް މީހެކޭ” އިޝަލް ކޮޓަރި ދޮރު ލެއްޕުމުން ހިތްހަމަ ނުޖެހިފައި ހުރެ މިއާ ބުނެލިއެވެ. “ވެލް ނިދާފަ އޮއްވަ އައިސް ފެން އެއްޗެއް މޫނަށް އޮއްސާލުންހާ ރޫޑްއެއް ނޫން ކަންނޭންގެ” އެރިކް އެއް ބުމަ ހިއްލައިލަމުން ލާނެއް ގޮތަކަށް ބުނެލިއެވެ. މިއާ ތުން ދަމައިލައިފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ހަފްތާއެއް އެރިކްގެ އެޕާޓްމެންގައި އިޝަލް ހޭދަކުރި އިރު ވެސް އޭނާއާ މިއާއާ ދެމެދު ރަނގަޅު ގުޅުމެއް ނުއުފެދެއެވެ. މިއާ ހުރެއްޖެ ނަމަ އިޝަލް ބަލަނީ އަވަހަށް ދެވޭތޯއެވެ. އެރިކްގެ އެންމެ ގާތް އެކުވެރިޔާއަށް އިޝަލް ވުމުން އޭނާއާ އެކުވެރިވާން މިއާ ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭނާ އެކުވެރިކަން އުފައްދަން ކުރަމުން ދިޔަ ހުރިހާ މަސަކަތެއް ވަނީ ބޭކާރެވެ. އެންމެ ފަހުން އޭނާ ވެސް އިޝަލްއާ އެކުވެރިވާން މަސައްކަތް ކުރުން ހުއްޓާލީއެވެ.

ހޫނު މޫސުމް ޓްރާންސްފައިގައި އެއް އަހަރުގެ ލޯނު އެއްބަސް ވުމެއްގެ ދަށުން އިޝަލް ބުންޑަސް ލީގާގެ ބުރޯޝީއާ ޑޯޓްމަންޑަށް ބަދަލުވިއެވެ. ޑޯޓްމަންޑްއަކީ ޒުވާން ކުޅުން ތެރިން އުފައްދާ ކުލަބެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ލޯނަށް ދޫކުރާ ގިނަ ކުޅުންތެރިންގެ މަންޒިލަކަށް ޑޯޓްމަންޑް ވެއެވެ. އިޝަލްއަށް ބޮޑެތި އެހެން ކުލަބު ތަކުން ހުށަހެޅުންތައް ލިބުނު ނަމަވެސް އޭނާ ބޭނުންވީ ބުރޯޝީއަށް ދާށެވެ. އޭނާ ކުރިއަރަން ބޭނުން ނަމަ އެންމެ ރަނގަޅު މަންޒިލަކީ އެ ކުލަބެވެ. އެންމެ ފަހު ސީޒަންގައި އެ ކުލަބުގައި ހުރީ ޕީއެސްޖީން ލޯނަށް ދޫކޮށްފައި ހުރި ކީޕަރެކެވެ. އެ ކީޕަރު ސީޒަންގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޕީއެސްޖީން ލޯނުގެ މުއްދަތު ދިގު ނުކޮށް އަނބުރާ ކުޅުންތެރިޔާ ގެންދިޔައީއެވެ.

އާއީލާ އާއި ދުރަށް ގޮސްގެން ނަމަވެސް އޭނާ ބޭނުންވީ ފުޓުބޯޅައިން ރަނގަޅު ކާމިޔާބީ ހޯދާށެވެ. މި ސީޒަންގައި އާސެނަލްގައި މަޑުކޮށްފި ނަމަ އެ ފުރުސަތެއް އޭނާއަކަށް ނުލިބޭނެއެވެ. މަންމަ ހިތްހަމަ ނުޖެހުނު ކަމުގައި ވިއަސް ބައްޕަގެ ހުއްދަ ލިބުނެވެ. ބައްޕަ ދެކެ ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް އޭނާއަށް އަމިއްލަ ކުށް އިޙްސާސް ކުރެވުމާއެކު ބައްޕަ އަދި ދޮންތަގެ ކިބައިން މާފަށް އެދުނެވެ. ބައްޕަ އެ ގޮތަށް ކަންތަށް ކުރީ އޭނާއާ މެދު ވިސްނައިފައިކަން ޤަބޫލު ކުރާ ކަމަށް ވެސް އެއްބަސްވިއެވެ. އޭނާގެ އާއިލާގެ އިތުރަށް އެކުގައި ކުޅޭ ކުޅުންތެރިން ވެސް އޭނާ ދާތީ މާޔޫސްވިއެވެ. ޚާއްސަކޮށް އެރިކްއެވެ. “ދެރަނުވެބަލަ މި ސީޒަން ނިންމާފަ އަހަރެން އަންނާނަމޭ އިންޝާ ﷲ” އޭނާ އެނބުރި އާސެނަލްއަށް އަންނާނެ ކަމުގެ ޔަޤީންކަން އިޝަލް އެކުވެރިން އަދި ސަޕޯޓަރުންނަށް ވެސް ދިނެވެ.

“މިއޮށް ހުރިހާ ދުވަހު މި ތަނުގަ އުޅެފަ ހަމަ އަހަރެން އައީމަ ތި ދަނީ ޖަރުމަނަށް. ވަރަށް ހެއްވާ” އިޝަލް ޖަރުމަނަށް ދާން އުޅޭކަން އެނގުމުން މިންހާ ދެރަވިއެވެ. އެއް އަހަރު ދުވަސް އެއްވެސް ގޮތަކަށް އިޝަލްއާ ދިމާ ނުވެ އުޅެން ޖެހޭނެތީއެވެ. ބޮޑަށް ދެރަވީ އިޝަލް ދިއުމުން އެރިކްއާ ދިމާ ނުވާނެތީއެވެ. ލަންޑަންއަށް ދާ ފަހަރަކުވެސް އިޝަލް ނެތުމުން އެރިކްއާ ދިމާވާނެ ގޮތެއް ނޯއްނާނެއެވެ. އިންސްޓަގްރާމުން ފޮލޯ ކުރި ފަހުން އެރިކްގެ ޚަބަރެއް އެއްވެސް ގޮތަކަށް ނުވެއެވެ. އޭނާ އެރިކް ރަށްޓެހިވެގެން އުޅޭ ކަމަށް ހީކުރި ކުއްޖާއަކީ އެރިކްގެ ކޮއްކޮ ކަން ޒާޔާ ބުނެދިނެވެ. ޒާޔާ އަދި އަހާން ކޮލުޖުގައި ކިޔަވަނީ މިއާއާ އެއްކޮށް ކަމާއި އެ ތިން ކުދިން ވަރަށް އެކުވެރިކަމަށް ވެސް ޒަޔާ ވަނީ ބުނެދީފައެވެ.

ޑޯންޓްމަންޑަށް ގޮޮއްސައި އިޝަލް އެޕާޓްމެންޓެއް ލިބެންދެން މަޑު ކުރީ ހޮޓަލެއް ގައެވެ. އޭނާއާއެކު އާސެނަލްގެ ޔޫތް ޓީމަށް ކުޅުނު ކުޅުންތެރިއެއް ކަމަށްވާ ޖޯޝުއާ ޑޯންޓްމަންޑްގައި އުޅޭތީ އޭނާއަށް އެތަނުގައި އުޅެން ފަސޭހަވިއެވެ. އެކުވެރިޔާ އޭނާއަކު ހުރިހާ ތަނަކަށް ގޮސް ހަދައެވެ. އެޕާޓްމަންޓެއް ހޯދަން ވެސް އެކުވެރިޔާ އެހީތެރިވަމުން ދިޔައެވެ. ނަމަވެސް އޭނާއަށް ޖަރުމަނު ބަސް ނޭންގުން ވެގެން ދިޔައީ ބޮޑު ގޮންޖެހުމަކަށެވެ. ގިނަ ފަހަރަށް އޭނާ ހުންނަނީ ވާނުވާގައެވެ.

ޕްރިމިއާރ ލީގު ފެށޭ މެޗުގައި ބައްދަލު ކުރަނީ އާސެނަލް އަދި ލިވަޕޫލެވެ. އާ ސީޒަންއަށް ދެ ޓީމު ވެސް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އާސެނަލް އަދި ލިވަޕޫލުން ވެސް ހޫނު މޫސުމުގެ ޓްރާންސްފައިގައި ވަނީ ބޮޑު އަގުގައި ކުޅުން ތެރިން ގެނަސްފައެވެ. ލިވަޕޫލުން އެމީހުންގެ ތަށި ދިފާއު ކުރުމުގެ އަޒުމުގައި އާ ސީޒަން ފަށާއިރު އާސެނަލްގެ އަމާޒަކީ ޕްރިމިއާރ ލީގު ތަށްޓެވެ. ޓީމަށް ގެނައި ބަދަލުތަކާއި އެކު ތަށި ހޯދުމުގެ އުއްމީދު ވަނީ ބޮޑު ވެފައެވެ. ގޯލު ކީޕަރު އާރޗީގެ އިތުރަށް ކުރިއަށް ކުޅޭ ސްޕެއިންގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ އެންޑްރިއު ވެސް ވަނީ އާސެނަލްއަށް ގެނެސްފައެވެ. އަދި މެދު ތެރެއަށް ކުޅޭ ހުނަރުވެރި ތިން ކުޅުންތެރިއެއްގެ ސޮއެ އެމީހުން ވަނީ ހޯދާފައެވެ.

ހަގަޑިއިރުގެ ކާރު ދަތުރަށް ފަހު ލިވަޕޫލަށް އާދެވުނުއިރު މިއާ ގައިގައި ކުރާނެ ކަމެއް ނެތެވެ. ދުވަހަކުވެސް އެ ގޮތަށް ދަތުރު ކޮށްފައި ނުވުމުން މިއާ ވަނީ މުޅިން ވަރުބަލިވެފައެވެ. ޒާޔާ އާއި އަހާން އެހާ ހަމަޖެހިގެން ތިބީ ވެސް ކިހިނެއްތޯ އޭނާ ހިތަށް އަރައެވެ. ލޯ ހުޅުވަން ވެސް އޭނާއަށް ވީ އުނދަގޫ ކަމަކަށެވެ. ކާރުން ފޭބުމާއެކު އިރުގެ ގަދަ އަލި އޭނާގެ މޫނަށް އެޅުނެވެ. ބޮލަށް އެނބުރުން އެރުމާއެކު ދެފައި ވާގި ދޫވެގެން ވެއްޓެން އުޅުނެވެ.

އޭނާގެ އިސްތަށިގަނޑުގައި މީހަކު ހިފާ އެއްފަރާތްކޮށްލިކަން މިއާއަށް އިހްސާސްވިއެވެ. އެމީހެއްގެ އެއް އަތް އޭނާގެ އުނގަނޑުގައި ހުރީ ވަށައިލައިފައެވެ. މޫނަށް އަވި ނޭޅޭނެހެން ބޮލުގައި ތޮތްޕެއް ވެސް އަޅައިދިނެވެ. އެއަށްފަހު އޭނާގެ މެދު ހަށީ ހިފައި އުފުލާލިއެވެ. ލޯ ހުޅުވައިފައި އެއީ ކާކުތޯ ބަލާނެހާ ވަރު ނެތުމުން އެ ޒުވާނާގެ މޭމަތީ އޭނާ ބޯ އަޅައިފައި ދެއަތް ކަރުގައި ވަށައިލިއެވެ.

ކަފަކޮޅެއްހާ މަޑު ތަންމަތީގައި ބުރަކަށި ޖެހުމުން އަރާމުކަން އިޙްސާސްވެގެން ދިޔައެވެ. ބޯ އެނބުރުން ކުޑަކޮށް ރަނގަޅު ވެފައި ވުމާއެކު މިއާ ލޯ ހުޅުވައިލިއެވެ. ބިރެއް ފެނުނުހެން މިއާއަށް ތެދުވެވުނީ ކުރިމަތީ ހިނިތުންވެލައިގެން ހުރި އިޝަލް ފެނުމުންނެވެ. އިޝަލް އޭނާއާ މެދު ކަންތަށްކޮށްފައިވާ ގޮތުން މިއާ އިޝަލް ދެކެ ފާޑެއްގެ ބިރެއް ގަނެއެވެ. “އަހާން؟” އަހާން އަދި ޒާޔާ ވެސް ފެންނަން ނެތުމުން މަޑު މަޑުން މިއާ އަހައިލިއެވެ. “ކީއްކުރަން އޭނަ ހޯދަނީ؟ އަހަރެން މި ހިރީނު އަން މި ޖޫސްތަށި ބޯލާ” އެނދު ކައިރީ ބަހައްޓައިފައި ހުރި މޭޒު މަތިން ފިނި ޖޫސްތަށްޓެއް ނަގައި އިޝަލް މިއާ ތުނބުގައި ޖެއްސިއެވެ. ބިރުން ހުރެވެސް ބަނޑުހައިވެފައި ހުރުމާއެކު އެއް ނޭވައިން މިއާ ޖޫސްތަށި ބޮއެ ހުސްކޮށްލިއެވެ. “ގުޑް ގާލް. މިއަދު މެޗު ބަލަން ދާން ވާއިރަށް ރަނގަޅުވާނެތަ؟” އެކުވެރި ރާގަކަށް އިޝަލް އަހައިލިއެވެ. އިޝަލް އެހާ ރީތިކޮށް އޭނާއާ ވާހަކަ ދައްކާތީވެ މިއާ ހުރީ ހައިރާންވެފައެވެ. އޭނާ ކުރިމަތީ އެ އިނީ އިޝަލް ބާއޭ ވެސް ހިތަށް އެރިއެވެ.

ޖަވާބެއް ނުދީ މިއާ އޭނާއަށް ބަަލަން އިން ގޮތުން ކިހިނެއްވީ ކަން އިޝަލްއަށް ވިސްނުނެވެ. ތަންކޮޅެއް ދުރުގައި ހުރި ގޮނޑި ދަމައިލައިފައި އިޝަލް އައިސް މިއާ ކުރިމައްޗަށް ވާ ގޮތަށް ގޮނޑީގައި އިށީނެވެ. ” މަށަށް އެނގޭ އަސްލު މިއާ ތި އިންނަނީ ހައިރާންވެފަކަން އަހަރެން މި އުޅޭ ގޮތުން. ތެދަށް ބުނަންޏާ މިއީ އަސްލު އަހަރެންނަކީ އޭރު އެއީ މުޅިން އެހެން މީހެއް. އަސްލު ލައިފްގަ ކުޑަ ކަމެއް ދިމާވެގެން އެހެން އުޅެވުނީ. ހަޤީގަތަކީ އޭރު އަހަރެން ހުރީ ބައްޕަ އަދި ދައްތަދެކެ ރުޅި އައިސްފަ. އެ ރުޅި މަށަށް ބޭލުނީ މިއާއަށް. އޭރު ކަންތައް ކުރެވުނު ގޮތާ މެދު ވަރަށް ބޮޑަށް މާފަށް އެދެން” ކުރިން އޭނާއަށް ކަންތައް ކުރެވުނު ގޮތާ މެދު މިއާގެ ކިބައިން އިޝަލް މާފަށް އެދުނެވެ. އޭނާއަށް އެކަން ވިސްނުނީ މާ ފަހުންނެވެ. އޭނާ ހުރީ މިއާ ގާތުން މާފަށް އެދެން ބައްދަލުކޮށްލަން ބޭނުންވެފައެވެ. ހުއްޓައި އެ ފުރުސަތު ލިބުމުން މާފަށް އެދިފައި އޭރު އެހެން ކަންތައް ކުރެވުނީ ކީއްވެކަން އޮޅުން ފިލުވައިދިނެވެ.

ޖަރުމަން ބުންޑަސްލީގާ ފެށެން ހަފްތާއެއް އޮތުމާއެކު ލީގު ފެށުމުގެ ކުރިން އާސެނަލް އާއި ލިވަޕޫލް ކުޅޭ މެޗު ބަލަން އޭނާ ލިވަޕޫލަށް އައީއެވެ. އާސެނަލްއަށް ނުކުޅުނު ކަމުގައި ވިއަސް ހިތުގައި އާސެނަލްއަށް ޓަކައި ވީ ލޯބި ދެގޮތެއް ނުވެ ވެއެވެ. ޕްރިމީއާރ ލީގުގެ އެހެން ޓީމު ތަކަށް ކުޅެން ފުރުސަތު ލިބުނު ނަމަވެސް އާސެނަލް އާއި ދެކޮޅަށް ކުޅެން ބޭނުން ނުވުމުން އެ ފުރުސަތުތައް ދޫކޮށްލީއެވެ.

ސީޒަން ފެށޭ މެޗު ކުޅެން ގާތް ވަމުން ދިޔަ ވަރަކަށް އެރިކްގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ފުރަތަމަ މެޗު ކުޅެން ޖެހެނީ ލިވަޕޫލާއި ކަމުން ހާސްކަން ވެރިވަމުން ދިޔައެވެ. ނުވިތާކަށް އެންމެ ގާތް އެކުވެރިޔާ ވެސް ޓީމަކު ނެތެވެ. އަނިޔާގައި ހުރެގެން ކުޅެން ނައުމާއި އެހެން ޓީމަކަށް ގޮސްގެން ކުޅެން ނައުމާއި ވަރަށް ތަފާތެވެ. މުޅި ސީޒަންގައި ވެސް އިޝަލް އާސެނަލްގެ ބެންޗުން ވެސް ނުފެންނާނެތީވެ އެރިކް ދެރަވިއެވެ. އޭނާއަށް ކުރެވެމުން ދިޔަ ތަފާތު އިޙްސާސްތައް ބަޔާންކޮށްދޭން ވެސް ނޭންގެއެވެ. އަނެއްް ކޮޅުން އޭނާ ދިޔައީ މިއާއާ މެދު ކަންބޮޑު ވަމުންނެވެ. އޭނާ ނެތްތަނުގައި ކޮއްކޮއަށް ގޮތެއް ވެދާނެތީ ބިރުގަތެވެ. ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް ހަމައެއް ނުޖެހެވުނެވެ.

މިންހާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ދުވަސް ތަކަކަށް ފަހު އެރިކް ފެންނާނެތީއެވެ. އޭނާގެ ހިތުގައި އެތައް ސުވާލެއް އަރައި ފައިބަމުން ދިޔައެވެ. އޭނާ ފެނުމުން އެރިކްއަށް މިންހާ ވަކި ކުރަން އެނގޭނެ ބާއޭ ހިތަށް އެރިއެވެ. ނޫނީ އެރިކް އޭނަ މަތިން ހަނދާން ހުރިބާއޭ ވެސް ހިތަށް އަރައި ފައިބަމުން ދިޔައެވެ. މިންހާ ހާސްވެގެން ދެއަތް އުނގުޅަމުން ދިޔައެވެ. ތިރީސް ޑިގްރީގައި ފިނި ހޫނު މިން ހުރިއިރުވެސް މުޅި ކުއްޖާ ވަނީ ފިނިވެފައެވެ.

މެޗު ފަށަން ކުޅުންތެރިން ދަނޑަށް ނުކުންނަން ފެށިއެވެ. ބެންޗުގައި ތިބޭ ކުޅުންތެރިން ގޮސް ބެންޗުގައި އިށީންނަމުން ދިޔައެވެ. ފުރަތަމަ އެގާރައަށް އަރާ ކުޅުންތެރިން ސަފުގައި މަޑުކޮށްލައިގެން ތިއްބެވެ. ލިވަޕޫލްގެ ކެޕްޓަން ބޭންޑް އަޅައިގެން އެންމެ ކުރީގައި ޔޫސުފް ހުއްޓެވެ. ސަފަށް އަރަން އައި އެރިކް ފެނުމުން ގޮސް އެރިކްއާ ސަލާންކޮށްލިއެވެ.

ދަނޑުގެ އެ މާހައުލު ވީ މިއާއަށް މުޅިން އާ މާހައުލަކަށެވެ. ބޭބެ އެރިކް ފުޓުބޯޅަ ކުޅެން ފެށީންސުރެ ދަނޑަށް އައިސް ބޭބެގެ މެޗެއް ބަލާލަން މިއާ ހުންނަނީ ވަރަށް ބޭނުންވެފައެވެ. މިއަދު އޭނާގެ އެ އުއްމީދު އެ ފުރިހަމަވީއެވެ. “އޯ މައި ގޯޑް ރިކް އެއޮަށް އެރީ ދަނޑަށް” ކުޑަކުއްޖެއް ފަދައިން އަތްތިލަ ބަޑި ޖަހައިލަމުން އެކުވެރިންނަށް އޭނާގެ ބޭބެ ދައްކައިލިއެވެ. މިއާގެ މޫނު މަތިން ފެންނަމުން ދިޔައީ އެރިކްއާ މެދު ފަޚުރުވެރިކަމެވެ.

އާސެނަލްގެ ކަޅު ޖާޒީ އެރިކްއާ ވަރަށް ގުޅެއެވެ. އޭނާ އަތުގަޔާއި ފައިގައި ޖަހައިފައި ހުރި މަސްތަކުން ޕްރީ ސީޒަން ތެރޭ ގަދަޔަށް ކަސްރަތުކޮށް ހަށިގަނޑު ވަރުގަދަ ކުރަން މަސައްކަތް ކޮށްފައިވާކަން އެނގެއެވެ. ކަނދުރާއަށް ވުރެ ކުރުކޮށް އޮތް އޭނާގެ ފަން އިސްތަށިގަނޑުގައި އޮތީ ހުދު ބޭންޑެއް އަޅައި ނިއްކުރި މައްޗަށް ނުވެއްޓޭނެ ގޮތް ހަދައިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ދިރިއުޅުން އަލިކޮށްދިން ( ފަހުބައި )

Next

ލޯބީގެ ހައްގުގައި 17

Next
September 28, 2020

ލޯބީގެ ހައްގުގައި 17

Previews
September 28, 2020

ދިރިއުޅުން އަލިކޮށްދިން ( ފަހުބައި )

40 Comments!

  1. Kiyara says:
    September 28, 2020 at 2:07 pm

    Salam guys here is the 12th episode of Manzil 12. I know its very short but i didn’t wanna keep u guys waiting thats y i uploaded without writing more. Next episode will be uploaded hopefully next monday. Take care and stay safe everyone. Also don’t forget to leave a comment

    1. girl says:
      September 28, 2020 at 7:50 pm

      OMG.. Woowww hama v.bodah Monday ah dhen inthixaaru kurevene. And sis it’s OK short viyas. Sis ge habareh v ma v ufaavehje. WiFi slow kamun kiyunee vx varah lahun.
      Tc
      Lyyyyyyyyysssssssssssmmmmm
      Your the best.
      You diserve to smilee for ever…?????????

  2. Maany says:
    September 28, 2020 at 2:17 pm

    Wow mi part vx varah reethi masha Allah hama speechless vejje mia ishal gayah fen ethi jehj thankolhu kiyaafaa heehee bindhijje?????????
    Waiting for the next
    Lysm ❤️❤️❤️

    1. Kiyara says:
      September 28, 2020 at 6:56 pm

      Thanks dear♥️

  3. Maany says:
    September 28, 2020 at 2:19 pm

    Finally me first dhw

    1. Kiyara says:
      September 28, 2020 at 6:56 pm

      Yes

  4. Eekko_11 says:
    September 28, 2020 at 2:35 pm

    Hi kiyaa sis????
    It’s ok ingey kuru viyas
    Vaahaka hama habeys❤️❤️❤️?❤️?❤️❤️❤️❤️❤️
    Kiyaa hithun kiyaa levunyyyyy??????
    Balan beynun vany Erik ah Minha fenuneema vaane goiy☺️☺️
    Hehe?
    Anekka kulhen hurefa gos bahdhaa nulache Erik?
    Curiously waiting for next sis❤️❤️
    Lyssssssssm and tc
    Stay safe sis

    1. Kiyara says:
      September 28, 2020 at 6:57 pm

      Thankss dear♥️ heheh lets see dhw vaane goii

  5. ⚽L#Y@♍ says:
    September 28, 2020 at 2:49 pm

    Sis v reethi ingey Mi part vx… Waiting for nxt part

    1. Kiyara says:
      September 28, 2020 at 6:57 pm

      Thanks dear♥️

  6. ?Ril? says:
    September 28, 2020 at 2:51 pm

    ހައި ކިޔާރާ ސިސް❤️❤️❤️❤️
    ފައިނަލީ 12 ވަނަ ބާކިޔާލަން ލިބުނީ އައިއެމް ސޯހެޕީ ޔޭ❤️❤️❤️❤️❤️
    ހެހެހެހެހެހެހެ ?????❤️❤️❤️❤️
    މާޝާ ﷲ ކީޕް އިޓްއަޕް ސިސް ❤️❤️❤️❤️❤️
    ވަރަށް ސަޅި މި ޕާރޓްވެސް ❤️❤️❤️❤️
    އޯއެމްޖީ މިއާއާ އީޝަލް އާހާދަކިޔުޓް އޭ ހެހެހެހެހެހެހެ ❤️❤️❤️❤️❤️
    އަދި ފެން ބާލީސް އޮއްސާލިބާ ކިޔާރާ ހީހީ ހަލާކުވެއްޖެ އިޓްސް ސޯ ފަނީ
    ހެހެހެހެހެހެހެ ???❤️❤️❤️???
    ?????ފުރޮމް ނައުއޮން އައިއެމް އަ ވެރީ ބިގްފޭން އޮފް ޔޫ އިނގޭ ސިސް އައިލަވް ޔުއާ ސްޓޯރީސް އެން ސިސް ލިޔެފާހުރި ހުރިހާ ސްޓޯރީ އެއް ރިލް ކިޔާލާފިން މިހާރު❤️❤️❤️??????❤️❤️.
    އެން❤️ ވެއިޓިންގ ފޯދަނެކްސްޓް ޕާރޓް ❤️❤️❤️
    ލަވް ޔޫ ސޯމަޗް❤️❤️❤️
    ސްޓޭ ސޭފް ސިސޫ❤️❤️❤️

    1. Kiyara says:
      September 28, 2020 at 6:58 pm

      Thanksss dear. Means a lot to me♥️

  7. MinhA says:
    September 28, 2020 at 2:51 pm

    Me 4th dhw evarun aeema vx ???mi liyaamakah vx neyngeyne bunaakah ????kiyaalaanan ingey kiyara dhooniiiiiii

    1. ⚽L#Y@♍ says:
      September 28, 2020 at 3:03 pm

      Manje ah vure kurin Ril vx aissi eh nu

    2. MinhA says:
      September 28, 2020 at 3:41 pm

      Pis 5th dhw???
      ކިޔާ….. ހަމަ ސަޅި އޮބި ރީތި ޗާލު ގަދަ ނައްލަ ?????❣️❣️????????????????????????????❣️❣️??????????????????????????????????????
      އިޝަލްލްލްލްލް…. މިއާ ބިރުން ތުރުތުރު އަލައަލާ އެހެރީ?????ސުއްބުނާ އެފަކީރު ޑޮރޓްމަނޑް އަށް ބަދަލު ވީތަ… ކާމިޔާބަށް އެދެން??ހަމަ މިންނު އައިމަ ދާތާކަށް ދަން????ހެއްވަޔޭ ދޯ…. އޭ އަދި މާ ހެއްވާ މިހާރު މިންނު މަތިން ހަނދާން ނެތުނީތަ މިއާ އުނަގަނޑުގަ ތި ފިރުމަނީ??????????ހަހަހަހަ އިޝަލް ޖަރުމަނު ބަސް ނޭނގިގެން އަނގަ ނަގައިގެން ހުންނަ ތަން އިމޭޖް ކޮއްލިޔަސް ހިނިގަނޑު ފަޅައިގެން ދޭ ????????
      އެހެމް އެހެމް އާދެ މިއަދުގެ މެޗްގެ ވާދަ މިކުރާ ދެ ޓީމަކީ އަޅުގަނޑަށް ވަރަށް ހާއްސަ ދެޓީމު???އެއްކޮޅުގައި މިހިރީ އެއްބަނޑު އެއްބަފާ ބޭބެ????????އަނެއްކޮޅުގައި ރީތިކަން ހުސްކޮށް ގެން ހުރި މީ އަނޭ އަޅުގަ މި މި އަނެއް…. އިޝަލް… ގެ.. އަމްމް ބެސްޓް ފްރެންޑް ޙައްދިދް☺️☺️☺️☺️☺️☺️☺️އޯމައި ގޯޑް އޯމައި ގޯޑް އޯމައި ގޯޑް ހީޒް ލުކިން ތެޔޮގަނޑު ތެރޭ އޮތް އަލިފާން ބޯޅައެއް????ލުކިންގ ހޮޓްޓްޓް???އާދެ މިހާރު އަޅުގަނޑު ގެ ފައިގެ ތެޅުން އަވަސްވެ ހިތުގައި ތުރުތުރު އެޅުން ބާރުވެއްޖެ??????????އެރިކްކްކްކ?????ޑިދް ޔޫ ރިމެމްބާ މީ؟؟؟؟މީ އެއްކަލަ މިންހާ އޭ… އަދި މިހެން ބުންޏަސް އެސޮރާ ކަށް ނޭންގޭނެ ތޯއްޗެއް…. އޯ އާދެ މިހާ ހިސާބުން އަޅުގަނޑު ބެލުންތެރިންނާ ހަވާލު ކޮށްލާނަން☺️☺️☺️☺️މި މި މި ބޯ ވެސް ތުރުތުރު އަޅަން ފަށައިފި ދެން ނޭންގެ އަތް އަނބުރާނުގަންނާނެ ކަމެއް.. ބަ ބަ ބާއީ?????ދޮންބޭ މިންނު ބުނާނެ ވާހަކައެއް ނެއް ބޮނޑިއެއް ނުބޯތި…. އެރިކް ބަސްއަހައިގެން ކުޅޭތި މަށަށް ވީ ވަރަކުން ހަޅޭއްލަވާންަން

      އަޅޭ ކިޔާ ???????????އައި މިސްޑް ޔޫ ބޯކޮށް????????މީ އައިޝް އިނގޭ… އެކަމް ޕާރސަނަލް ކަމަކާހުރެ އަސްލު ނަން ފޮރުވާލަން އެބަ ޖެހޭ ????ދެން އައި ކާންޓް ކޮމެންޓު އީޗް ޕާރޓް ????ސޯ ސޮރީ ފޯ ދެޓް ??ބަޓް ބަރާބަރަށް ކިޔާނަން ހަމަ…. ލަވްޔޫ ހެޓަކަށް???❤️❤️❤️???????????????????????❤️?❤️❤️?????މިސް ޔޫ އޮބިކޮށް ????????
      SS SH

    3. Kiyara says:
      September 28, 2020 at 7:00 pm

      Thanksss dear means a lot to me♥️

    4. ⚽L#Y@♍ says:
      September 28, 2020 at 6:30 pm

      Galhi santhi.. Thi buneenu aslu name.. Aslu nan foruvaashw Mi ulheny.. Saabahey santhi Minha

  8. ?LamHaa? says:
    September 28, 2020 at 3:09 pm

    ❤️❤️❤️Wow Maasha allah V reethi Mi part vx sis
    Hehe Miaa Eshal gayah Fen baalidhee ohssaaleema rulhi aee
    Curiously waiting for nxt part
    Keep it up sis
    Stay safe n Tc sisoo
    ❤️❤️❤️Lyyysssmmm

    1. Kiyara says:
      September 28, 2020 at 6:58 pm

      Thankss dear♥️

  9. ✨Naako✨ says:
    September 28, 2020 at 3:13 pm

    Vrh reethi mi part ves❤️❤️❤️❤️❤️ curiously waiting for the next part…………. stay safe and sound

    1. Kiyara says:
      September 28, 2020 at 6:59 pm

      Thankss dear♥️

  10. Shaima shaee says:
    September 28, 2020 at 3:29 pm

    Vrrrr Reethi mipartves…. ????conme part akah comment nukuriyas Kiyan mi vaahaka. hama vrrrrah lwbi hurihaa part ehves. Stay safe sis ❤️❤️

    1. Kiyara says:
      September 28, 2020 at 6:59 pm

      Thankss dear♥️

  11. princess says:
    September 28, 2020 at 4:28 pm

    vrh reethi mi part vx…… pls thankolheh avahah up kohdheebaa…… mi vaahaka nulaahiku reethi….. love you….. stay safe…. ❤️ ❤️ ❤️ ❤️ ❤️

    1. Kiyara says:
      September 28, 2020 at 7:00 pm

      Thankss dearr♥️

  12. ?Minha? says:
    September 28, 2020 at 5:08 pm

    Wooww finally the story is here?…this story is amazing?….it’s kinda funny minha eh ulhey thee?anyways I just love loveeeee this story❤❤ keep it up?

    1. Kiyara says:
      September 28, 2020 at 7:01 pm

      Thanksss dear♥️

  13. Shaa says:
    September 28, 2020 at 5:28 pm

    Varah reethi
    Next part thankolhe dhigukoh laathi. plz
    Curiously waiting for next part. Love you…??? Stay safe

    1. Kiyara says:
      September 28, 2020 at 7:01 pm

      Thankss dear♥️

  14. ފްލާވާ says:
    September 28, 2020 at 9:14 pm

    މިހާ ގިނަ ދުވަސް ފަހުން ގެނެސް ދެވުނީ މިވަރު ކުޑަ ތަންކޮޅެއްތަ.އެއްދުހު ފޯނު ހަލާކުވެގެން އަނެއްދުވަހު ޑިލީޓު ވެގެން .ތިފުކެއް ބޮޑު ވަރު ދޯ .ލިޔަންޏާ ތަން ކޮޅެއް ދިގުކޮށް ލިޔެބަލަ

    1. girl says:
      September 29, 2020 at 12:08 am

      Alhe life ga kankan dhimaavaane dho. Ekamakuvx Kiyara sis aharumenah mikahakala fabulous story eh kiyaalan edhenee. Shukureh nukuraanantha??!?
      Mifadha dhathihaalegai vx foonu halaaku vegen vx delete vegen vx eba vaahaka aharumenah kiyan libeyennu. Life ga dhimaa vaane kankan vx. Evarun vx Kiyara eba vaahaka liye ennu. When meehun v Kiyara ah hivvaru dhen dho. Thihen ehchihi Kiyaigen Writer liyun mathin foohi kuruvan tha beynumee.⁉⁉⁉⁉⁉⁉⁉⁉
      Flower ah kehkohgen writer mivaahaka liyeninman dheh madun nuhurevena mi vaahaka nukiya hunnanee kehtheri vegen vx kiyan beynun meehun mi kiyanee dho. And Kiyara ah dhen baeh miyah vureh dhigu kurumah hivvaru laidhenee dho. Alhugandah heevanee thiyah vureh reechah friendly koh writer dhera nuvaaney hen bunevi dhaaneyhen.
      “Kiyara sis. I know life ga baivaru kankan dhimaavaane kan. Ekamaku vx alhugandu men ufaa kuran kurukoh liyefavx up koh dhinee thee varah bodah shukuriyya. Next part miyah vureh dhigu kohla dheefiyya varah rangalhu. Hama varah bodah dhen anna bayakah inthixaaru kohlevey. Good luck.”
      Mifadha thankolheh reethi ibaaraa thakun buneveynenu. Hope you will understand, flower. ?

    2. Thakaholhi says:
      September 29, 2020 at 3:00 am

      Ey anonymous type meehekey.. Anonymous ge aailaa meeheh ey.. Ehn ve e gothah e ulhenee

    3. Galhi Mariyanbu says:
      September 29, 2020 at 2:01 pm

      Asluvx dhw thakaholhi n girl… Anonymous bafaa thwcheh ???

    4. Eekko_11 says:
      September 29, 2020 at 2:29 pm

      Vedhaane dhw ….. Aslu mi story akee hama obi story eh…. Life gabkan kamaa dhimaa vaane kan emmen vx vaane dhw dhannan …. Vedhaane eii hama anonymous kamah ves name eh liyefa comment ekureee …. Kiyaa sis alhaanula ingey … We are there to support you … And mi story akee hama fab vaahaka eh….. Thi gothah ehchehi kiyaakah vx nuvaane dhw …. Whoever that flower is …. Reethi koh talk koh bala…. Kiyaa sis ah kuru koh vaahaka upload kurevunas adhi ehaa gina dhuvas fahun viyas … We need to support her

    5. Thakaholhi says:
      September 29, 2020 at 4:47 pm

      Vedhaane anphonymous ge japhaanu mas kamah vx santhi

    6. girl says:
      September 29, 2020 at 6:00 pm

      Aslu baeh meehunge hithakaa sikundieh nonanee kaneynge.
      Hama flower aai dhimaalah meehaku v hadikoh ehchihikeema flower vx dheravaane dhw.
      Adhihama ehenme reechchah thaureefu kureema ufaa vx vaane dhw.
      Think about others feelings.

    7. girl says:
      September 29, 2020 at 6:08 pm

      And hama Kiyara sis ah bunelan beynun vanee we love you. Knme meeheh knme ehcheh kiyas sis ge vvvvvvv baivaru fans hunakan. U make us smile when we are sad. So you deserve to smile FOREVER!?
      Making a person smile can change the world. Mabey not the whole wide world. But, there world.
      We can’t express how much you mean to us with words.
      Thank you Kiyara sis for your hard work your love and your time for us.
      We all luv u soooo solo much.
      Varah bodah Monday ah inthixaaru kuran.
      Lyyyyyssssssm.?????

  15. ?MALSAA ? says:
    September 29, 2020 at 8:53 am

    Masha Allah varah reethi ❤️❤️

  16. Iyaadh says:
    September 29, 2020 at 1:44 pm

    Masha Allah……. Sorry lahun kiyaa levunyma…….. Bt mi episode vx vrh vrh vrh reethi……… Im faadakah speech less……. Hopefully waiting for the nxt part……… TC N MYSM

  17. girl says:
    October 5, 2020 at 8:05 pm

    Hey sis where is the next part?
    Waiting….
    Lysm
    ?

Comments are closed.

Next Episodeމަންޒިލް 13←


All Right Reserved!