Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާއޭ 7

Eekko_11 Level 110 Stories
September 29, 2020 6 Mins Read
13 Comments

ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލުމުން މިއްލީއާއި މިޒްޔަލް ސިއްސައިގެން ގޮސް ދޮރާއި ދިމާލަށް ބަލައިލިއެވެ.
“ޔާލް.. މިތާ ކީއްކުރަނީ..” ދޮރުމަތީގައި ހެވިފައި ތިބީ ލާމިއުއާއި ޒަޔާއެވެ. “ޒާއްކޮ، މިތާ ކީއްކުރަނީ ތި..” މިޒްޔަލްވެސް އަހާލީ ހަމަ އެސުވާލެވެ. އޭނައައީ ގޭ އެންމެންނަށް ފިލައިގެން ކަމުން އެކަކަށް ވެސް އޭނާ މިގެއަށް އައިކަމެއް ނޭނގޭނެއެވެ.
“މަންމަ ބުނެގެން ކާން ގޮވަންވެގެން ދިޔައިން… ކޮޓަރިއަކު ނެތް…. މުޅި ގެއެއްކޮން ހޯދިން، ގެއަކު ނެތް… އެހެންވެ ހިތައް އެރީ މިގޭގަ ވެދާނެޔޭ… އަނެއްކާ ލިމްއަށް ގުޅީމަ ބުނީ މިލީ ވަރަށް ބިރުގަންނާނެޔޯ ގުގުރާއިރު، އެކަމު މިއަދު އެކަންޏޯ ކޮޓަރީގަ އިނީ.. އެހެންވެ ހިތައް އެރީ ބަލައިލާނީއޭ… އަނެއްކާ މިހާ ވިއްސާރައިރު މިދެމީހުން ކުރާ ކަމެއްވެސް ބަލައިލަންވާނެ އެންނު… އެނީވޭސް.. ސިއްރުން ބައްދަލު ކުރާކަން ފަޅާއެރީ…” ޒަޔާ ހިނިއައިސްފައި ވާހަކަދެއްކިއެވެ. މިޒްޔަލް ވަކި ޒަޔާއަށް ދޫކުރާކަށް ބޭނުމެއްނުވިއެވެ.
“ހޫމް.. ދެން އަބަދު ލިމް، ލިމް ކިޔާލަކިޔާލަ ހުރެބަލަ..” މިޒްޔަލް މިހެން ބުނެލާފައި ޒަޔާއާއި ދިމާކުރަން ފެއްޓިއެވެ. ދެބެންގެ އަރާރުން ފެނިފައި މިއްލީގެ ގާތައް ހިނިއައެވެ. މިތަން މިޒްޔަލްއަށް ފެނުމާއެކު އައިސް މިއްލީގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. ”ހޭނެ ކަމެއް ނެތް.. އިޓްސް ނޮޓްފަނީ…” މިޒްޔަލް ރުޅިއައި ކަމަށް ހެދެމުން ބުނެލިއެވެ. އެވަގުތު މިއްލީ ދެރަވާ ކަމަށް ހެދެމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. މިތަން ބަލަން މިޒްޔަލްއަކަށް ކެތެއް ނުވިއެވެ. އަވަހަށް އައިސް ސޮރީއޭ ކިޔާ މިއްލީ ގެނެސް އެއަތުގެ ތެރެއަށް ލިޔެވެ. އެއާއެކު ލާމިއުއާއި ޒަޔާ ހޭން ފެށިއެވެ.
“ހިނގާ ކާން…” މިއްލީ މިހެން ބުނެލުމުން އެންމެންވެސް އެކަމަށް ތާޢީދު ކުރިއެވެ. އަދި ތިރިއަށް ދާން ހިނގައިގަތެވެ.
އެންމެން އެކީގައި ތިރިއަށް ދާން ހިނގަމުން ދިޔައިރު މިޒްޔަލްއަށް މަޑުން ހުރެވޭ ކަމަކަށް ނުވިއެވެ. އިރުއިރުކޮޅާ މިއްލީގެ އިސްތަށިގަނޑާ ކުޅެލާނެއެވެ. ނޫނީ މިއްލީ ލައިގެން ހުރި ޖާރޒީއަށް ދަމާލާނެއެވެ. އެހެން ދަމުން މިޒްޔަލް ކުއްލިއަކަށް މިއްލީގެ އަތުގައި ހިފާލިއެވެ.
”މިލީ.. ވާހަކައެއް އަހާލަންތަ؟” މިޒްޔަލް އަހާލީ ވައިއަޑުންނެވެ. އޭރު ލާމިއުއާއި ޒަޔާ އެމީހުންގެ އަމިއްލަ ވާހަކައިގައި ތިބެ ކުރިއަށް ދިޔައެވެ. “ހޫމް… އަހާބަލަ” މިއްލީ ހުރި ހަމަޖެހިލާފައެވެ.
“މިލީ ކީއްވެ މިހާރު އަބަދު ޖާރޒީ ލަނީ..” މިޒްޔަލް އެހެން އަހާލުމުން މިއްލީ ލަދުގަނެފައި ހުރެ މިޒްޔަލްއަށް ބަލައިލުމާއެކު އޭނާ އެއްބުމަ އަރުވާލިއެވެ. “ދެން އެއީ ހަމަ ލާހިތުން..” މިއްލީ އަވަހަށް ވާހަކަ އޮޅުވާލަމުން ދޮގެއް ހަދާލިއެވެ. “ދެން ބުނެބަލަ… ޕްލީޒް… މިލީ..” މިޒްޔަލް އާދޭސް ކުރަން ފެއްޓިއެވެ. “ހެހެ… ދެޓްސް ބިކޯޒް ޔޫ ލައިކް އިޓް…” މިއްލީއަށް މިޒްޔަލް ނުހުއްޓާނެކަން އެނގުމުން ބުނެލިއެވެ. އަދި ހީލާފައި މިޒްޔަލްއާއި ތަންކޮޅެއް ގާތައް ޖެހިލިއެވެ. އެއާއެކު އޭނާ އިނގެޔޭ ކިޔާ މިއްލީގެ އަތުގައި ހިފާލިއެވެ.
އޭރު އެމީހުންނަށް ތިބެވުނީ ސޯފާއާއި އަރާ ހަމަވެފައެވެ.
“އަހާ… މިޒްޔަލް އެބައުޅެންތަ..” އަލްހާންއަށް މިޒްޔަލް ފެނުމާއެކު ހައިރާންވެފައި އަހާލެވުނެވެ. އޭނާއަށް މިޒްޔަލް ވަންތަނެއް ނުފެނެއެވެ. އަނެއްކާ މިޒްޔަލް އައިނަމަ އެމީހުންނާއި ބައްދަލު ނުކުރީ ކީއްވެބާއޭ ހިތައް އެރިއެވެ.
“ޑޭޑް… އިނގޭތަ… މިޒްޔަލް އިނީ މިލީ އާއިއެކު އެކޮޓަރީގަ… ފިލައިގެން އައިއްސަ…” ލާމިއުއަށް އެވަގުތުވެސް މިއްލީއާއި ދިމާނުކޮށް ނުހުރެވުނެވެ.
“ދެން ލާމިއުއަށް ސާބަސް… އެއީ އެވަރު ކަމެއް ނޫނޭ.. ޝިއުރާ ދޭބަލަ މިމީހުންނަށް ކާންހަދަން… ދެކުދިން ނުކައި ގެއަށް ނުދައްޗޭ…” އަލްހާން އެކަންތައް އެވަރު ކަމަކަށް ނެހެދިޔަސް ހުރީ ހިނިއައިސްފައެވެ.
“މިއޮއް ވިއްސާރައެއްދޯ…. ވައިވެސް އެހާ ގަދަ… އިޝާން ވެސް މިއަންނަނިއްޔޭ ކިޔާފަ ދިޔަ ތަނެއް ނޭނގެ… ނޭނގެ ނުތެމި އާދެވޭނެ ކަމެއްވެސް… މިހާރު ދިޔަތާ ދެ ގަޑިއިރު ވަނީ…” ޝިއުރާ ކަންބޮޑުވެފައި ހުރެ ކުދިކިޔަމުން އެމީހުންނަށް ކާން ހަދަން ކާކޮޓަރިއަށް ވަނެވެ.
“ޔަގީން އިޝާންބެ ވީ ޝައިހާ ކައިރީގަ… ހެހެހެ….” މިއްލީ ހެމުން އެހެން ބުނެލިއިރު އެތާ އަލްހާން ހުރިކަން ހަނދާންވެސް ނެތްފަދައެވެ.
“ޝައިހާއޭ..” އަލްހާންއަށް ބުނެވުނެވެ. މިއްލީއަށް މިބުނެވުނީ ކީކޭކަން ވެސް ނަގައިގަނެވުނީ އަދިކިރިޔާއެވެ. ނަމަވެސް ނަސީބަކުން އަލްހާން އިތުރު އެއްޗެކޭ އެހުމުގެ ކުރިން ޝިއުރާ އެންމެންނަށް ކާން ގޮވިއެވެ.
ކައިނިމިގެން އެންމެން ވެސް ގޭތެރޭގައި ވާހަކަ ދައްކަން ތިއްބެވެ. އަލްހާން ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރުވެސް ވިއްސާރަ ހުއްޓާ ނުލައެވެ. އެހެންކަމުން ޒަޔާއަށާއި މިޒްޔަލްއަށް ގެއަކަށް ނުދެވުނެވެ. ޝިއުރާގެ އެދުމުގެ މަތިން އެދެމީހުން މިރޭ އެގޭގައި މަޑުކުރާ ގޮތަށް ނިންމިއެވެ. ޝިފާޒާއާއި މުޙައްމަދުގެ ހުއްދަ ލިބުމާއި އެކުގައިވެސް މެއެވެ.
އޭރު ގަޑިން އެގާރަގަޑި ތިރީސް ވަނީއެވެ. ކުއްލިއަކަށް ފެނުނީ އިޝާން އައިސް ގެއަށް ވަންތަނެވެ. އޭނާ ހުރީ ހަމަޖެހިލާފައެވެ. ނަމަވެސް ގެއަށް ވަންނައިރަށް ޝިއުރާގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ.
“އިޝާން… ކޮންތާކު އުޅެފަ ތިއައީ… ކީއްވެ ގުޅީމަ ފޯނު ނުނަގަނީ… ކާން ނައީ ކީއްވެ… އަނެއްކާ ކައިފިންތަ… ކޮންބަޔަކާ އެކު އުޅެފަ ތިއައީ.. ކިހިނެއް ނުތެމި އާދެވުނީ….” ނޭވާއަކަށްވެސް ހުއްޓުމެއްނެތި ޝިއުރާ ހުރިހާ ސުވާލެއް އެއްފަހަރާ ކޮއްލިއެވެ. ސުވާލުތައް ގިނަކަމުން ފުރަތަމަ ޖަވާބު ދޭނީ ކޮން ސުވާލަކަށް ބާއޭ އިޝާން ހިތައް އަރަމުން ދިޔައެވެ.
އިޝާންއަށް ހޭވެރިކަމެއް ވީ ޝިއުރާ ގޮވާލުމުންނެވެ. “ސާބަސް ދޮންތާ… މިއައީ އެކުވެރިއަކާއި ބައްދަލުކޮށްލާފައޭ…” އިޝާން މިހެން ބުނުމަށްފަހު ކާން ހަދާދިނުމަށް އެދުމުން ޝިއުރާ އިޝާންއަށް ކާން ހެދުމަށް އަވަސްވެގަތެވެ. އަދި އަވަސް އަވަހަށް ގޮސް ކާކޮޓަރިއަށް ވަނެވެ.
“ހޭއި ބްރޯ… އެ ފްރެންޑަކީ ޝައިތަ؟” މިއްލީ އައިސް އިޝާންގެ ކޮނޑުގައި އެލިގަނެފައި މަޑުމަޑުން ބުނެލިއެވެ. އެއާއެކު އިޝާން ހީލާފައި ބޯޖަހާލިއެވެ. އަދި ކާކޮޓަރިއަށް ދިއުމަށް ހިނގައިގަތް ހިނދު މިއްލީ އޭނައަށް ގޮވާލާފައި ކައިގެން އެކޮޓަރިއަށް އައުމަށް އެދުނެވެ.
މިއްލީއާއި މިޒްޔަލްއާއި ލާމިއުގެ އިތުރުން ޒަޔާވެސް އިނީ ވާހަކަ ދައްކާލުމަށްޓަކައި މިއްލީގެ ކޮޓަރީގައެވެ. އިރުކޮޅަކުން އިޝާންވެސް އައިސް ބައިވެރި ވެއްޖެއެވެ. އެމީހުން ތިބީ ކޮޓަރީގެ އެއްކަނެއްގައި ހުރި ސޯފާގައެވެ.
ފާރާއި ވީ ފަރާތަށް އިނީ ލާމިއުއެވެ. އެއާ ޖެހިގެން ޒަޔާއެވެ. ލާމިއު އިނީ ޒަޔާގެ އުނަގަނޑުގައި ފަހަތުން އަތް އަޅުވާލައިގެންނެވެ. ދެން އިނީ މިޒްޔަލްއެވެ. އެއާ ޖެހިގެން އިޝާންއެވެ. މިއްލީ އިނީ ސޯފާގެ ކުރިމަތީ އަޅާފައިވަ ކާޕެޓް މަތީގައި ދެފައި ވަށްކޮއްގެން އިށީނދެގެންނެވެ.
“މިލީ… ދެން އާދެބަލަ މިތާ އިށީންނަން…” މިޒްޔަލްއަށް އެންމެ ފަހުން ނުހުރެވިގެން ބުނެލިއެވެ. “މިހާރުވެސް މީނީ ހަމަ އިށީނދެގެނެއް ނޫންތަ..” މިއްލީ މޫނަށް ވައްތަރެއް ޖައްސާލަމުން މިޒްޔަލްއަށް އެއްލޯ މަރާލިއެވެ.
“އިޝާންބޭ… ކިޔާ ދީބަލަ ޝައިއާ މީޓް ވީ ގޮތް…” މިއްލީއަށް އެންމެފަހުން ނީނދެވިގެން އަހާލިއެވެ. އެއާއެކު އިޝާން ހީލާފައި ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ.
“ޝައިއާ ދިމާވީ އެކޮޅުން… ފިހާރައެއްގަ ހުއްޓަ އަންހެން ކުއްޖަކު އައިސް ކުއްލިއަކަށް ގައިގަ ޖެހުނީ… ދެމީހުން އެއްކޮން ވެއްޓުނީ… ދެން ނޭނގެ… އިޝާންބެއަށް ވެސް އަސްލު ޝައި ފެނުނު ފުރަތަމަ ފަހަރަރުވެސް ގޮތްތަކެއްވި… ދެން އެހެން އުޅެނިކޮން ދުވަސްކޮޅެއް ފަހުން ޝައިއާ މީޓްވި އެކޮޅު ޕާކަކުން… އެހެންވެ މިފަހަރު މިއައީ ޝައިމެން އައި ފްލައިޓުން މި ކޮޅަށް….” އިޝާން ބުނެލިއެވެ.
“ދެން ރައްޓެހިވީ ކިހިނެއް؟… ކާކު ޕްރޮޕޯޒް ކުރީ…” މިއްލީގެ ސުވާލުތައް ހުހެއް ނުވެއެވެ.
“އެދުވަހު ޕާކުން މީޓްވީމަ އިޝާންބެ އެހީ… ޝައި ވަގުތުން ބުނެފި އާނއެކޭ… އަސްލު އިނގޭތަ… އިޝާންބެ އެކޮޅުގަ ކޮލެޖުގަ އުޅުނުއިރުވެސް ބައިވަރު ކުދިން ޕްރޮޕޯޒް ކުރޭ… އެކަމު ކިރިޔާ އިޝާންބެ ލޯބިވާ ކުއްޖަކާ ދިމާވީ…” އިޝާން ހިނިއައިސްފައި އިނދެ ބުނެލިއެވެ. އެއާއެކު އެންމެން ހޭންފެށިއެވެ.
“ހޭއި… ހައު އެބައުޓް ޔޫ ގައިސް ޓޯކް ވިތްއައުޓް މީ…” އެމީހުން އެތާ ވާހަކަ ދައްކަން ތިބޭތާ ގަޑިއެއްހާއިރު ފަހުން އިޝާން އެހެން ބުނެލިއެވެ. އެއީ އޭނާގެ ފޯނަށް ޝައިހާގެ މެސެޖެއް އައުމުންނެވެ. އަދި އަވަހަށް ތެދުވެލާފައި ރޭގަނޑުގެ ސަލާމް ކިޔުމަށްފަހު ކޮޓަރިން ނުކުމެގެން ދިޔައެވެ.
“ހެހެހެ…. ޝައި އިޒް ދަ ވަން އެންޑް އޮންލީ ފޯރ ހިމް…” މިއްލީ އިޝާންއާއި އަނެއްކާވެސް ދިމާކޮއްލިއެވެ. އޭނާއަށް އެންމެ ހިނދުކޮޅަކަށް ވެސް އިޝާންއާއި ދިމާނުކޮށް ނީނދެވެއެވެ.
“ލިމް… ހިނގާބަ ލިމްގެ ކޮޓަރިއަށް… ޕްލީޒް…” އިޝާން ދިޔަތާ ވިއްސަކަށް މިނެޓު ފަހުން ޒަޔާ މަޑުމަޑުން ހަމައެކަނި ލާމިއުއަށް އަޑުއިވޭވަރަށް ބުނެލިއެވެ. އެއާއެކު ލާމިއު އޭނައަށް ބަލައިލުމަށްފަހު ހީލާފައި ބޯޖަހާލިއެވެ. އަދި ޒަޔާގެ އަތުގައި ހިފައިގެން ތެދުވިއެވެ.
“ކޮންތާކަށް…” ލާމިއުއާއި ޒަޔާ ތެދުވުމާއެކު މިއްލީ އަހާލިއެވެ.
“މިދަނީ ލިމްގެ ކޮޓަރިއަށް…. ނިދަން ވާއިރަށް އަންނާނަމޭ..” މިހެން ބުނެ ޒަޔާ ލާމިއުއާއި އެކީ އެކޮޓަރިން ނުކުތެވެ.
މިހާރު އެކޮޓަރީގައި ތިބީ މިއްލީއާއި މިޒްޔަލް އެކަންޏެވެ. ދެމީހުންވެސް ތިބީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ނަމަވެސް މިޒްޔަލްއަށް އެހަމަހިމޭންކަން އުނދަގޫ ކުރަން ފެށުމުން ތެދުވެ މިއްލީއަށް އެއްއަތް ދިއްކޮއްލިއެވެ. މިއްލީ އެއަތުގައި ހިފަމުން އިންތަނުން ތެދުވުމުން މިޒްޔަލް ސޯފާގައި އިށީނދެ މިއްލީ އޭނާގެ އުނގުގައި ބައިންދާލިއެވެ.
“މިލީ… ޔޫ ނޯ އައި ލަވް ޔޫ މޯރ ދެން އެނީވަން އެންޑް އެނީތިންގ އިން ދިސް ވޯލްޑް….” މިޒްޔަލް މިހެން ބުނެލުމުން މިއްލީ ލަދުން އިސްޖަހާލިއެވެ.
“އައި ލަވް ޔޫ ޓޫ ޔާލް… އަމިއްލަ ނަފްސަށް ވުރެވެސް ޔާލްދެކެ ލޯބިވޭ… އައި ޑޯންޓް ނޯ ވައި، ބަޓް އައި ރިއަލީ ލަވް ޔޫ…. ޔާލްއާއި ނުލައެއް ނޫޅެވޭނެ ދެނެއް….” މިއްލީ އެއިން ގޮތަށް އިނދެ ބުނެލިއެވެ. މިޒްޔަލް މިއްލީއާއި ކައިރިވެލާފައި އެދޮން އޮމާން ކޯތާފަތުގައި ބޮސްދިނެވެ. އަދިވެސް އެއްފަހަރު ވަރަށް ލޯބިވާ ކަމުގައި ބުނެލިއެވެ.
“ހިތައް އަރާ ނަސީބެކޭ ވިއްސާރަ ވެހޭކަން…. އެހެންވެ އެންނު މިރޭ މިލީއާއި އެއްކޮން ވަގުތު ހޭދަކޮއްލާނެ ފުރުސަތެއް މި ލިބުނީ… އެންޑް އައި ކޭން ސީ ޔޫ ފަސްޓް ވެން އައި ވޭކް އަޕް ޓުމޯރޯ… ކޮލެޖަށް ވެސް ދާކަށް ނުޖެހޭ…” މިޒްޔަލް ހިޔާލީ ދުނިއެއްގައި އިނދެ ބުނެލިއެވެ. އެއާއެކު މިއްލީ މިޒްޔަލްއަށް ބަލައިލާފައި ރަކި ގޮތަކަށް ހީލިއެވެ.
އިރުކޮޅަކުން ޒަޔާ އައިސް ކޮޓަރިއަށް ވަނެވެ. “ނިދަންތަ…” މިއްލީ އަހާލިއެވެ.
“ހޫމް… އެހެން ކަމަށް… ލިމް ވަދެއްޖެ ފެންވަރަން…. އެކެއް ވެސް ޖަހައިފި… މިހާ ގިނައިރު ހޭލައެއް ނުހުރެވޭނެ އެންނު…. ދެން ތީ ކޮން ކަމެކޯ…” ޒަޔާ ލާނެއް ހިނިތުންވުމެއް މޫނަށް ވެރިކުރުވަމުން އަހާލިއެވެ. މިއްލީ މިޒްޔަލްގެ އުނގުގައި އިނުމުންނެވެ.
“މީ ދެން އެވަރު ކަމެއް ނޫނެންނު… ދޯ މިލީ..” މިޒްޔަލް އަވަސް އަވަހަށް ޖަވާބުދިނުމުން މިއްލީވެސް ހޫމް ލައްވާލިއެވެ. އަސްލު މިޒްޔަލް އެހާ އަވަހަށް އެހެން ބުނެލީ މިއްލީ ތެދުވެދާނެތީއެވެ. ޒަޔާ ހީލާފައި ދެފަރާތައް ބޯހަލުވާލުމަށްފަހު ފެންވަރަން ވަނެވެ. ޝިފާޒާ ހުރީ ޒަޔާއާއި މިޒްޔަލްއަށް ބޭނުންވާ އެއްޗެހި ދަބަހަކަށް އަޅާ ފޮނުވާފައެވެ.
ލާމިއު ފެންވަރައިގެން މިއްލީގެ ކޮޓަރިއަށް އައިސް ވަތް ވަގުތަކީ ޒަޔާ ފެންވަރައިގެން ނުކުތް ވަގުތެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ޒަޔާ އަވަސް އަވަހަށް އިސްޖަހާލުމަށްފަހު ތުވާލި ހަރުގަނޑުގައި އަޅުވާލިއެވެ.
ލާމިއުއަށް ޒަޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒަޔާ ދިގުހެދުން ނޫން އެއްޗެއް ލައިގެން ހުއްޓާ މިއީ ފެނުނު ފުރަތަމަ ފަހަރެވެ. އަދި ބުރުގާ ނާޅާ ހުއްޓާ ވެސް ފެނުނު ފުރަތަމަ ފަހަރަށް ވީމައެވެ.
ޒަޔާ ލައިގެން ހުރީ އަތްދިގު އޮރެންޖު ކުލައިގެ ޓީޝާޓަކާއި ޖިންސެކެވެ. ބޮލުގައި ވަނީ ގަދަރަތް ކުލަ ޖައްސާފައެވެ. މޫނުގައި މޭކަޕެއް ނެތަސް ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ.
“ލިމް…. ހޭއި، ލިމް..” ޒަޔާއަށް ބަލަހައްޓައިގެން ހުރި ލާމިއު ފެނިފައި ޒަޔާ ލަދުގަތެވެ. ލާމިއުއަށް ހޭވެރިކަމެއް ވީ ޒަޔާ އޭނާގެ މޫނު ކުރިމަތީގައި އަތް ހޫރާލުމުންނެވެ. އޭނަ އަވަހަށް ސޮރީއޭ ބުނެ އަނެއް ފަރާތަށް އެނބުރުނެވެ. އޭނާގެ ހިތުގެ މައްޗަށް ބާރު ނުފޯރުވެދާނެތީއާއި އެކުވެސްމެއެވެ.
“ހޭއި ލިމް… އިޓްސް އޯކޭ…” ޒަޔާ ބުނެލިއެވެ. ނަމަވެސް ލާމިއު އެއްވެސް ޖަވާބެއ ނުދީ ހުންނަން ފެށުމުން ޒަޔާއަކަށް ކެތެއް ނުވިއެވެ. އަވަހަށް ގޮސް ލާމިއުގެ ގައިގައި ފަހަތުން ބައްދާލިއެވެ. އަދި ވަރަށް ލޯބިވާ ކަމުގައިވެސް ބުންޏެވެ.
އޭރު ކޮޓަރީގައި ތިބީ އެދެމީހުން އެކަންޏެވެ. ޒަޔާ ފެންވަރަން ވަނުމުން މިއްލީއާއި މިޒްޔަލްވެސް ނުކުމެގެން ދިޔައީއެވެ. މިފަހަރުވެސް ލާމިއު ޖަވާބު ނުދިނުމުން ޒަޔާ ކުރިއަށްވުރެ ބާރަށް ބައްދާލިއެވެ.
އެއާއެކު ލާމިއު ފަހަތަށް އެނބުރިފައި ޒަޔާގެ ނިތުގައި ބޮސްދިނުމަށްފަހު އޭނާވެސް ވަރަށް ލޯބިވާ ކަމުގައި ބުންޏެވެ. އެއާއެކު ޒަޔާ ލާމިއުގެ މޭގައި މޫނު ފޮރުވާލިއެވެ.
ދެމީހުން ސިއްސައިގެން ދިޔައީ މިޒްޔަލްއާއި މިއްލީގެ އަޑު އިވުމުންނެވެ.
“ޒާއްކޯ… ކޮންކަމެއް…” މިޒްޔަލް ހައިރާންވެފައި ނަމަވެސް ލާނެއް ގޮތަކަށް އަހާލީ ޒަޔާ ބުރުގާ ނާޅާ ހުރުމުންނެވެ. އޭނާއަށް ޒަޔާ ބުރުގާ ނާޅާ ހުއްޓާ ކިތަންމެ ފަހަރަކު ފެނިއްޖެއެވެ. ނަމަވެސް ދިމާކޮއްލީ އެތާ ލާމިއު ހުރުމުންނެވެ.
“ޔާލް…. މީ ދެން ސަމާސާ ކުރަން ކޮން ވަގުތެއް…” ޒަޔާ ހީލާފައި ބުނެލިއެވެ. ނަމަވެސް އެވަރަކުން މިޒްޔަލް ނުހުއްޓުނެވެ.
“ވީގޮތަކީ ޒާއްކޮ ފެންވަރައިގެން ނުކުތް ގަޑީގަ ލިމްއަށް ކޮޓަރިއަށް ވަދެވުނީ..” މިޒްޔަލް ނުހުއްޓާނެކަން ޔަގީންވުމުން ޒަޔާ އެންމެ ފަހުން ބުނެލިއެވެ.
“ހެހެހެ….” މިޒްޔަލް ހޭންފެށިއެވެ. ނަމަވެސް ލާމިއު އެއީ އެވަރު ކަމަކަށް ނުހަދައެވެ. ދުވަސްކޮޅަކުން ޒަޔާ ވާނީ ލާމިއުގެ ހައްޤަކަށް ނޫން ހެއްޔެވެ؟
“މިޒްޔަލް… ނިދަން ދާކަށް ނުވޭތަ…” ގަޑިން ވީވަރެއް އެނގުމުން ލާމިއު އަވަސް އަވަހަށް އަހާލިއެވެ.
“ނޫން… ދާންވީ ހަމަ… އަސްލު ވަރަށް ޓަޔާރޑް… މާ ގިނައިރު މި ހޭލަ ހުރެވެނީ….” މިޒްޔަލް ވަރުބަލިގޮތަކަށް ބުނެލިއެވެ. “މިލީ ނިދަނީތަ..” މިޒްޔަލް ސުވާލު ކޮއްލުމުން މިއްލީ ހޫނ ލައްވާލިއެވެ.
“އޯކޭ…. ގުޑްނައިޓް..” މިޒްޔަލް ބުނެލިއެވެ. “ގުޑްނައިޓް..” މިއްލީ ޖަވާބު ދިނުމުން މިޒްޔަލް ހިނިތުންވެލާފައި ކޮޓަރިން ނުކުތެވެ.
ލާމިއު ވެސް ރޭގަނޑުގެ ސަލާމް ކިޔުމަށްފަހު ޒަޔާގެ ކޮލުގައި ލޯބިން ފިރުމާލިއެވެ. އަދި މިޒްޔަލްގެ ފަހަތުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ނިދަން އެރިއެވެ. މިޒްޔަލްވެސް ފެންވަރައިގެން އެރީ ނިދާށެވެ.
މިއްލީ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް ނިދަން އޮށޯތުމުގެ ކުރިން ފެންވަރާނެއެވެ. މިރޭވެސް ފެންވަރައިގެން ޕެކެޓެއް ބޯލުމަށްފަހު އޭނާ ނިދަން އޮށޯތީ މިޒްޔަލްގެ ހިޔާލު ކުރަމުންނެވެ. އެއާއެކު ލެއްޕުނު ދޮރުފަތެއްހެން އޭނަގެ ދެލޯވެސް މެރުނެވެ. އޭރު ޒަޔާ ވެސް މިއްލީގެ ކައިރީގައި އޮށޯވެ އޮވެ ނިދައިފިއެވެ.
މިއްލީއަށް ހެނދުނު ހޭލެވުނީ މީހަކު އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ. ލޯ ހުޅުވާލުމާއެކު ސިއްސައިގެންގޮސް ތެދުވެ އެނދުމަތީގައި އިށީނދެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eekko_11

Level 110 Stories

I am a 14 year old girl who loves to read and write stories. ? Both positive and negative comments are welcomed. Feel free to comment. Can contact me via Instagram: _.eener_sh._

Other Articles

Previous

ތިޔަ ލޯބި އަދު ލިބޭނެބާ 8

Next

ލޯބިން އެކުގާ (15)

Next
September 29, 2020

ލޯބިން އެކުގާ (15)

Previews
September 29, 2020

ތިޔަ ލޯބި އަދު ލިބޭނެބާ 8

13 Comments!

  1. ❤️shyn❤️ says:
    September 29, 2020 at 2:03 pm

    Shyn 1 therrr ???v reethi mi bai ves ❤️❤️❤️❤️❤️❤️Curiously waiting for the nxt part ????????????????????????

    1. Eekko_11 says:
      September 29, 2020 at 2:05 pm

      Thank you so much shyn dear. Yes congrats your re first.☺️☺️ Insha Allah vrh avahah next part up koh dheynan. Stay safe and tc dear

  2. Eekko_11 says:
    September 29, 2020 at 2:03 pm

    Salaam dear readers. Here’s the 7th part of the story. Sorry for not being able to upload this the date I told. Hope you all like this part. If there’s a mistake please let me know through comments. Thank you for the support and love you all readers have to me. Love you all my dear readers. Stay safe and sound. Take care everyone.☺️☺️

    1. Laiba says:
      September 29, 2020 at 2:11 pm

      ???

  3. Shaima shaee says:
    September 29, 2020 at 2:37 pm

    Vrrreeeethi mi part ves masha Allah keep it up ??????Curiously waiting for the next
    Stay safe

    1. Eekko_11 says:
      September 30, 2020 at 8:21 am

      Thank you so much ….. Insha Allah maadhama next part submit koh dheynan…. Stay safe dear????❤️??❤️ ly

  4. Maany says:
    September 29, 2020 at 6:02 pm

    Masha Allah mi part vx varah reethi keep it up sis
    Waiting for the next
    Ly ❤️❤️❤️

    1. Eekko_11 says:
      September 30, 2020 at 8:21 am

      Thank you so much ….. Insha Allah maadhama next part submit koh dheynan…. Stay safe dear????❤️??❤️ lyt

  5. MillY says:
    September 30, 2020 at 1:51 pm

    ކަލޭނޭ މި ބީބާ ކުރިއެއްގައޭ ދޯ އުޅުއްވަނީ?????އީއްކޯ ވާހަކަ ހަމަ ވވވވ ނައިސް ????ކީޕް އިޓް އަޕް
    But ithurah reethi vaane mibuni kanthah kohlleema ?
    Jumla thah thankolheh ohttaru Hunna gothah geneslan v*
    Dhen abadhu vx jumla thah ehvarakah nubahahtta baeh jumla dhigu koh anehbai ehchehi kuru koh*
    N Kon irakun mahssala eh fennaanee??? Prob eh nufeni maa dhigu vangnaa vx readers confused vaane*
    ngey dhoonee
    N sifa kurun thah ithuru kohllaafa thafaathu reethi gothakah Bas thah athuraalan v*
    Dhen hama v muhinmu point eh?abadhu eh gothakah meehun bunaa ehchehi nugenes thafaathu goe*
    gothah Bas bunaa goi sifa koh dheynee
    ……Misaalakah
    ނިތް އަރުވާލަމުން، އޯރ ދެލޯ ކުޑަކޮށްލަމުން، އުނަގަނޑުގައި އަތް އަޅުވަލަމުން، ތުން އަނބުރާލަމުން
    Hama Heyo edheythee bunelee ngey lwbss?????
    ބީބާ ކައިރީބުނިން އީއްކޮ ކައިރީ ބުނައްޗޭ ޕަރސަނަލް ކަމަކާހުރެ ކޮންމެ ޕާރޓް އަކަށް ކޮމެންޓު ނުކުރެވޭނޭ… ސޯ ސޮރީ ޑާރލް ???އައި މިސްޑް ޔޫ އަލޮޓް?????ލަވްޔޫ ހެޓަކަށް ❤️❤️❤️❤️❤️❤️❤️❤️❤️މީ ސަންތިމަރިޔަނބު އިނގޭ

    1. Eekko_11 says:
      September 30, 2020 at 2:39 pm

      Ohh hi my ge lwbi kolhooooooo???❤️❤️❤️???❤️?
      I missed you so much and how are you dear????
      Yes lwbiii thi buni kanthah thah rangalhu koh dheynan Insha Allah
      Hehe massala eh annaashey e ulhenyy
      Kuda inthizaaru kollan jeheynyy dhoonii
      Awwwwn it’s ok don’t be sorry I can understand darl??❤️❤️??❤️
      Miss you too darling????
      Love you much more?❤️❤️❤️❤️???

    2. MillY says:
      September 30, 2020 at 2:49 pm

      Aaawwwnnnnnnn?????????????????☺️☺️☺️☺️☺️☺️☺️my DARLINGGGGG…. Hama habbehnu????how about u lwbi kolhooooo??????????aah yes finally Prob eh annanee dhw… Ehnve dhw Milly bunee she ah yaal gehllen ulhey hen hiivanii ey ???Awwwwwwnnnnnn TYSMM ??????SS SH TC LYMM MYMMMMM

    3. Eekko_11 says:
      September 30, 2020 at 2:54 pm

      I am fine✌️✌️
      Dhoonya vaahaka dhakkaalyma hama habbu
      Yeah ehenve Milly ehen e bunyy
      Welcome darl??
      Myssssssm and lysssssssm

    4. Laiba says:
      October 1, 2020 at 3:54 pm

      ?އޭ މަ ބުނީ މޭ ޔޫ ބޮޑު ކޮންމެސް އެއްޗެއް??!! މަ އަބަދުވެސް ފަސްޓޭ ދޯ ޑިއާރ

Comments are closed.

Next Episodeލޯބިވާއޭ 8←


All Right Reserved!