އައިވިން ތިރިވެލަމުން އޭނާގެ އުނގުގައި އަވަސް އަވަހަށް ޒޯޔާ ބާއްވާލެވުނު އިރު އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ބިރުގަނެފައެވެ. އަވަސް ހަރަކާތާއެކު އައިވިން އޭނާގެ ބޮޑީގަރޑް އަށް ގުޅާލަމުން ހޮސްޕިޓަލަށް ދެވޭނެގޮތް ވީ އެންމެ އަވަހަކަށް ހެދުމަށް ބުނެލިއެވެ. އައިވިންގެ އަޑުގައިވާ ނުތަނަވަސް ކަމާއެކު އޭނާގެ ބޮޑީގަރޑް އެކަމަަށް އަވަސް ވެގަތެވެ.
އިރުކޮޅެއްގެ ތެރޭގައި އެންބިއުލެންސް ގެ ކައިރީ މަޑުކޮށްލި އިރު އައިވިން ޒޯޔާ އަތްދަނޑި މައްޗަށް ލައިގެން ގެއިން ބޭރަށް ނިކުންނަނީއެވެ. އެންބިއުލެންސްގައި ތިބި މެޑިކަލް އޮފިސަރުންގެ އެހީއާއެކު ޒޯޔާ އަވަހަށް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފެށިއެވެ. އައިވިންްވެސް އެންބިއުލެންސް އަށް އެރިއިރު އޭނާގެ ބޮޑީގަރޑް އަށް އިޝާރާތްކޮށްލީ އޭނާ ވަކިގޮތެއް އަންގަންދެން ގެސްޓް ހައުސްގައި މަޑު ކުރުމަށެވެ.
އަވަސް ފަރުވާދޭ ބައިގާ ޒޯޔާއަށް ފަރުވާ ދެވެމުން ދިޔައެވެ. ޒޯޔާ ގެނެވުނު ވަޤުތު ނަޔާ ވެސް އުޅުނީ ހޮސްޕިޓަލުގައި ކަމުން އޭނާވެސް ހުއްޓިލައިގެން ހުރީ އަވަސް ފަރުވާދޭ ކޮޓަރީގެ ކުރިމަތީގައި ޑޮކްޓަރު ނިކުންނާނެ ވަޤުތަކަށް އިންތިޒާރު ކޮށެވެ. އޭނާގެ ކައިރީ ހުރި އައިވިންގެ ހާލު އެއަށްވުރެ ބޮޑެވެ. ޒޯޔާއާއި އޭނާގެ ދަރިފުޅު ހެޔޮ ހާލުގައި ލެއްވުމަށް އެދި އެތައް ފަހަރަކު އައިވިން އަށް ދުޢާކުރެވުނެވެ. އޭނާގެ ގައިގަޔާއި އަތުގައި އުނގުޅިފައިވާ ލޭތައް ފެނުމުންވެސް އައިވިންގެ ގައިންހީބިހި ހިލިގެންދަނީ ޒޯޔާއަށް ވާނެ ގޮތެއް ނޭނގޭތީއެވެ.
“އައިވިން..ޒޯޔާއަށް ކިހިނެއްތަ ވީ..؟ އެގަޑީގައި އެސުވާލު ނުކޮށް މަޑުކޮށްލުމަށްފަހުވެސް ނަޔާ އަކަށް އިތުރަށް ހިމޭނަކުން ނުހުރެވުނެވެ. އައިވިން އަށް ނަޔާ އާ ދިމާ ބަލާލެވުނެވެ. ޒޯޔާ އާ މެދު ނަޔާ ފިކުރު ބޮޑުވެފައި ވާވަރު އޭނާއަށްވެސް ފެންނަމުން ދިޔައެވެ. އޭނާއަކަށްވެސް ހަޤީޤަތުގައި ވީ ކީއްކަމެއް ނޭނގެއެވެ. އެހެނަސް ޒޯޔާއަށް އެހެންވުމުގެ ކުޑަ އިރުކޮޅެއް ކުރިން ޒަފަރް ގެއިން ނިކުމެގެން ދިޔަގޮތް ސިފަ ވުމާއެކު އައިވިން އަށް ބޮޑަށް ޝައްކު ކުރެވުނީ އެއީ ޒަފަރްގެ ޢަމަލެއް ކަމަށެވެ. ޒޯޔާއަށް ޒަފަރްގެ ފަރާތުން ލިބެމުންދާ ގެއްލުންތައް ވިސްނާލެވުމާއެކު އައިވިންގެ ދެއަތް މުށްކަވާ ބާރުކޮށްލެވުނެވެ. މިވަރުން ދަންޏާ އޭނާއަށް ޒަފަރްގެ ގަޔަށް އަތް އިސްނުކޮށެއް މަޑަކުން ނުހުރެވޭނެ އެވެ. ޒަފަރް އަކީ ކިތަންމެ ނުފޫޒު ގަދަ ބާރުވެރި މީހަކަށް ވީނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ.
އިތުރަށް މަސްލަޙަތު ގޯސްވެ ނަޔާ ކަންބޮޑުވާން ބޭނުންނުވާތީ އޭނާއަށްވެސް ވީ ކީއްކަން ނޭނގޭ ކަމުގައި އައިވިން ބުނެލިއެވެ. ނަޔާ ވެސް އިތުރު ސުވާލެއް ކުރާކަށް ނުވިސްނައެވެ. ކެތްތެރިކަމާއެކު ދެމީހުންވެސް މަޑުކޮށްލައިގެން ތިބީ ޑޮކްޓަރު ނިކުންނާނެ ވަޤުތަކަށެވެ.
ވަޤުތުތައް ގުނަމުން އައިސް ޑޮކްޓަރު އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިކުތެވެ. އައިވިން އާއި ނަޔާވެސް ޑޮކްޓަރުގެ ކައިރީ މަޑުކޮށްލީ ޒޯޔާއާއި ދަރިފުޅުގެ ހާލު އެނގެން ކެތްމަދުވެ ހުރެއެވެ.
“ޑޮކްޓަރ ކިހިނެއްތޯ ޕޭޝަންޓާއި އޭނާގެ ބޭބީ..؟ ނަޔާ އަވަސް އަވަހަށް އިނގިރޭސި ބަހުން ޑޮކްޓަރާ ސުވާލު ކޮށްލި އިރު އައިވިން އަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުރެވުނީ ޑޮކްޓަރުގެ މޫނަށެވެ. ޑޮކްޓަރު ދޭނެހެން ހީވާ ޖަވާބު އެމޫނުމަތިން އޭނާ ހޯދާފަދައެވެ.
“ޕޭޝަންޓް އަދި ދަރިފުޅުގެވެސް ހާލު ރަނގަޅު.. އަވަހަށް މިކޮޅަށް ޕޭޝަންޓް ގެނެވުނުކަން އެއީ ނަސީބެއް.. އެހެންނޫންނަމަ މާ ބޮޑަށް ބްލީޑްވެ ދަރިފުޅުގެ ފުރާނައަށް ގެއްލުންވީސް.. އަޅުގަނޑު ރިކޮމެންޑް ކުރަން ދުވަސްކޮޅަކަށް ޕޭޝަންޓް ބެޑް ރެސްޓް ނެގުމަށް.. އެއީ ކުރިއަށް އޮތްތަނުގައިވެސް އިތުރަށް ބްލީޑް ވުމުގެ ފުރުސަތު އޮވެދާނެތީ..” ޑޮކްޓަރުގެ ވާހަކަތަކުން ދެމީހުންނަށްވެސް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.
“ޕޭޝަންޓްގެ ހަޒްބެންޑަކީ ކޮބާތޯ..؟ އަޅުގަނޑު ބޭނުން ވަކިން ހަޒްބެންޑާ ވާހަކަ ދައްކާލަން..” ޑޮކްޓަރުގެ ވާހަކައާއެކު އައިވިން އާއި ނަޔާ އަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. އައިވިން އިޝާރާތް ކޮށްލުމުން ނަޔާ ފޯނު ނަގަމުން މިގުޅަނީ ކަމުގައި ބުނެ ޒަފަރްގެ ނަންބަރަށް ގުޅާލިއެވެ. ޒަފަރް ފޯނު ނެގުމުން ޒޯޔާއަށް ކަންތައްވީގޮތް ކިޔައި ދިނުމަށްފަހު ޑޮކްޓަރު ބައްދަލުކޮށްލަން ބޭނުންވާކަމަށް ނަޔާ ބުނެލިއެވެ.
އިރުކޮޅެއްގެ ތެރޭގައި ޒަފަރް ހޮސްޕިޓަލަށް ވަދެގެން އައެެވެ. އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރު މަތީގައި ހުއްޓިލައިގެން ހުރި އައިވިން އާއި ޒަފަރްގެ ހަަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ޒަފަރް ފެނުމާއެކުވެސް އައިވިން ރުޅިއައިސްގެން ގޮސް މީހާ ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ އަތުން ފައިން ގޯހެއް ނުހެދުނީ ޑޮކްޓަރު އައިސް ޒަފަރް ގޮވައިގެން ދުރަށް ހިނގައިގަތުމުންނެވެ.
“ޒޯ ކިހިނެއްތަ ވީ..؟ އަހަރެން ވަރަށް ހާސްވެފަ ހުރީ..” ނަޔާ އިށީނދެލައިގެން އިނީ ޒޯޔާ ބާއްވާފައިވ އޮތް އެނދުގެ ކައިރީގައެވެ. އޭރު ޒޯޔާގެ ގައިން ލޭމަދުވުމުން އަތަށް ލޭ ގުޅާފައި ވެއެވެ.
“އެއީ ނުބަލާލަ އުޅެވުނީމަ ވީގޮތެއް..އެނދުގެ މާ މިޔަދޮށުގަ އޮވެވުނީމަ ފުރޮޅިގެން ވެެއްޓުނީ..” ޒޯޔާ ހަޤީޤަތުގައި ވީގޮތް ސިއްރު ކުރިއެވެ.
“އެކަމަކު ޒޯ.. ތަންކޮޅެއް ބަލާލައިގެން އުޅެބަލަ.. މިއަދު އައިވިން އަށް ނުދެވުނު ނަމަ ދެން ކިހިނެއްވާނީވެސް.. އޭނަ ހުރީވެސް ވަރަށް ކަންބޮޑުވެފަހެން ހީވަނީ..” ނަޔާ އެހެން ބުނެލުމާއެކު ޒޯޔާއަށް ކޮޓަރީގެ ދޮރާދިމާއަށް ބަލާލެވުނެވެ. އޭނާ ހޭނެތުނު ގަޑީގައި އައިވިންގެ މޫނުގައިވީ ސިހުން އޭނާއަށް ރީއްޗަށް ފެނުނެވެ. އައިވިން ކަންބޮޑުވިއޭ ބުނުމުން ކީއްވެކަމެއް ނޭނގި އެހިތް އުފަލުން ތެޅިލިއެވެ. އެހެނަސް އައިވިން ކަންބޮޑުވިނަމަ އޭނާ ހޭ އެރުމުންވެސް އޭނާގެ ކައިރިއަށް ވަދެނުލީ ކީއްވެހެއްޔެވެ؟ އެހިނދު ޒޯޔާގެ ސިކުނޑި އޭނާގެ ސުވާލަށް ޖަވާބު ދިނެވެ. އައިވިންގެ ހިތުގައިވީ ހަމައެކަނި އިޙްސާންތެރި ކަމެވެ. ޒޯޔާގެ ހާލު ފެނި އޭނާ އެހީތެރިވެދިނީއެވެ. އައިވިންގެ ފަރާތުން އިތުރު ކަމަށް އުންމީދުކުރެވުން އެއީ އޭނާއަށް ކުރެވުނު ކުށެކެވެ.
“ވަރަށް ބަލައިގެން އެއްވެސް ބުރަ ކަމެއްނުޖައްސާ ގެންގުޅޭތި..ކުރިން މިބުނި ކަންތަކަށް ވިސްނާތި…” ޑޮކްޓަރު ޒަފަރް އާއި ވާހަކަ ދައްކަމުން މީހުން ބައްލަވާ ކޮޓަރިން ނިކުތެވެ. ޑޮކްޓަރު ޒަފަރް އަށް ކިޔައިދިނީ ޒޯޔާގެ މިހާރުގެ ޙާލަތަށް ބަލާ ޒޯޔާ އާ މެދު ޢަމަލު ކުރާނެ ގޮތެވެ. ޑޮކްޓަރުގެ ވާހަކަތަކަށް ޒަފަރް ބޯ ޖަހަމުން ދިޔަނަމަވެސް އެބުނި ގޮތަށް ކަންތައްތައް ކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައި އޭނާ ނުދެކެއެވެ.
ޑޮކްޓަރާ ބައްދަލުކުރުމަށްފަހު ޒަފަރް ނިކުމެގެން ދިޔަތަން ބަލަން އައިވިން ހުރީ ފާރަޔަށެވެ. ކަންތައް ގޮސްފައިވާ ހިސާބުން ދެން އިތުރަކަށް އައިވިން އަކަށްވެސް މަޑަކުން ނުހުރެވޭނެއެވެ. ޒަފަރް އާއި ކުރިމަތިލާން އޭނާ ނިންމީ އެގޮތުން ނަމަވެސް ޒޯޔާ ރައްކާތެރި ކުރަން ބޭނުންވާތީއެވެ.
ޒަފަރް ގޮސް ހޮސްޕިޓަލުން ނުކުތުމާއެކު ޤަބޫލު ނުކުރެވޭ ހާލު އައިވިން އަށް ދެފަރާތައް ބޯ ހޫރުވާލެވުނެވެ. އަމިއްލަ އަނބިމީހާ ދެކިލާފައި ދާންވެސް އެހިލަ ހިތަށް މުހިއްމުކަމަކަށް ނުވީހެއްޔެވެ؟ ޒޯޔާގެ ބަނޑުގައިވާ އޭނާގެ ދަރިފުޅާ މެދުވެސް އެހިތުގައި ކުލުނުގެ މިންވަރެއްވެސް ނުވަނީހެއްޔެވެ؟
“ޒަފަރް..!” ހޮސްޕިޓަލުގެ ހުސްބިމުން ލައިފާ ގޭޓާ އަރާ ހަމަވި ޒަފަރް އަށް އައިވިން ގޮވާލިއެވެ. ޒަފަރް ފުރަގަހަށް އެނބުރުމާއެކު އައިވިން މަޑު ހިނގުމެއްގައިގަސް ޒަފަރްގެ ކުރިމަތީގައި މަޑުކޮށްލިއެވެ.
“ޒޯޔާ ދޫކޮށްލާ..” އައިވިންގެ އަޑުގައި ހަރުކަށިކަން އެކުލެވިފައިވެެެއެވެ. ސީދާ ޒަފަރްގެ މޫނަށް ބަލައިލި އިރު އައިވިންގެ ލޮލުގައިވަނީ ސާބިތުކަމެވެ.
ޒަފަރް އެއްބޮމަ ހިއްލައިލަމުން ފާޑަކަށް ހީލިއެވެ. ” ތިއީ އަމުރެއްތަ..؟ ނުވަތަ..އިންޒާރެއްތަ..؟ ޒަފަރް އޭނާގެ ފަހުބަސްތައް ބުނެލީ މަލާމާތުގެ ގޮތަކަށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ކިބުރުވެރި ކަމާއި ބޮޑާކަމެވެ. އޭނާގެ އެއްވެސް ޢަމަލަަަކާއި މެދު ކުޑަކޮށްވެސް ދެރަ ނުވާކަން ހާމަވެއެވެ.
“ޒަފަރް ބޭނުން ކޮންމެ ގޮތަކަށްވެސް ވިސްނިދާނެ..” ޒަފަރް އާއި އެއްގޮތަށް އައިވިންވެސް މިފަހަރު އޭނާއާ މުޢާމަލާލު ކުރީ އާދައިގެ ބަހުންނެވެ.
“އެކަމަކު ޒަފަރް އެއް ކަމެއް ހަނދާން ކުރާތި.. ޒަފަރް ޒޯޔާއަށް ކުރާ އަނިޔާތައް ބަލާކަށް އަހަންނެއްވެސް މަޑަކުން ނުހުންނާނަން..” އައިވިން މިފަހަރުވެސް ހަރުކަށި ކަމާއެކު ބުނެލިއެވެ.
“އައިވިން…” ޒަފަރް މަޑުޖެހިލަމުން އޭނާގެ ޖީބުން ސިނގިރޭޓު ފޮށްޓެއް ނަގާލިއެވެ. އޭގައިވާ ލައިޓަރުން ސިނގިރޭޓެއް ރޯކޮށްލުމަށްފަހު ތުނބުގައި ޖައްސާލިއެވެ.
“އައިވިން އަށް އިނގޭތަ ތިކުރެވެނީ ކޮން ކަމެއްކަން…” ސިނގިރޭޓު ތުނބުގައި ޖައްސާ ދަމާލުމަށްފަހު އަނގައާއި ނޭފަތުން އޭގެ ދުންތައް ފަޒާގެ ތެރެއަށް ބޭރުކޮށްލަމުން ޒަފަރް ބުނެލިއެވެ.
“ޙިޔާލުވެސް ނުކުރެވޭނެ.. ތިކުރެވެނީ ކީއްކަން ޚިޔާލުވެސް ނުކުރެވޭނެ.. އަހަރެންގެ މަގަށް ހުރަސް އަޅައިގެން އަތަށް ގޮވާނީ..އެންމެ ރަނގަޅުވާނީ އަވަހަށް ފޮށިމަތި ބަނދެގެން މާލެ ދިޔައްޔާ.. ކޮއްކޮމެންނަށް ބާރު ދެއްކޭނީ މަޖިލީހުގެ ހަތަރު ފާރު ތެރޭގަ.. މަޖިލީހަށްވުރެ މަތީގަވެސް ބަޔަކު ތިބޭކަން ހަނދާން ކުރާތި..” ފަހު ޖުމްލަތައް އައިވިންގެ ކަންފަތް ދޮށުގައި ޒަފަރް ބުނެލީ މަޑު މަޑުންނެވެ. ޒަފަރްގެ ކޮންމެ ވާހަކަ އަކާ އެކު އައިވިންގެ ލޭ ހޫނު ވަމުން ދިޔައެވެ.
“މިބުނަން އުޅޭ އެއްޗެއް އެނގިއްޖެތަ..؟” ދެވަނަ ފަހަރަށް ޒަފަރް ސިނގިރޭޓު ދަމާލަމުން ދުންތައް ބޭރުކޮށްލިއެވެ.
“ތީ އަހަރެމެން ބޭނުންވާ ގޮތަށް ބިލް ތައް ފާސްކޮށްލަން ހޮވާފަ ތިބި ޕަޕެޓު ތަކެއް.. ކަލޭމެންނަށް ނެށޭނީ އަހަރެމެން ޖަހާ ބެރަކަށް..މިހާރުވެސް އަހަރެމެން މުއްސަނދިންގެ ފައިސާއިން ކައިގެން އުޅޭ ބައެކޭ ތިއީ.. ދެންވެސް އައިވިން ކަލޭގެ ދިރިއުޅުން ކުރިން އޮތްގޮތަށް ބާއްވަން ބޭނުންނަމަ އަހަރެންގެ ކުރިމައްޗަށް ނާރާތި.. ” ޒަފަރް އައިވިން އާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އިންޒާރު ދިން އިރު އެލޮލޮގައި ވަނީ ނުރައްކާތެރިކަމެވެ.
“ބޭހާއި ނުކުޅޭތި ބަޑި
ނޭނގި ހުއްޓާ އަނދާދާނޭ
ގޭމަކޮޔާ ފިހިދާނޭ…”
އައިވިން އާ ފުރަގަސްދީ ހިނގައިގަންނަމުން ޒަފަރް ކިޔާލިއެވެ. އޭރު ޒަފަރްގެ ތުންފަތުގައިވީ ކާމިޔާބީގެ ނުލަފާ ހިނިތުންވުމެކެވެ. އޭނާގެ އަމިއްލަ ބާރާއިމެދު ފަޚުރުވެރިވެފައިވާ ހާލު ސިނގިރޭޓު ހުލި ކޮށްލަމުން ބިންމައްޗަށް ވައްޓާލާ އެޗިސްޗިސްކޮށްލިއެވެ. އޭނާގެ ކުރިމަތީގައި އައިވިން އަކީ އެ ޗިސްކޮށްލެވުނު ސިނގިރޭޓުގެ ވެސް އަގު ނެތް މީހެކެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.







Surprise!! 15th part mihaa avahah up kohla mi dhiny kiyuntherinnah dhey surprise ehge gothuga..hope all will like this part too..enjoy reading and let me know the feedbacks.. Thank u thank u soo much for the support and sweet sweet comments from all the lovely readers.. LOVE YOU ALL SOO MUCHHH??❤❤
Thank u All for the lovely comments.. wonder thankolheh bxy veema hurihaa kiyuntheringe comments ah reply nukurevidhaane..ekamakau hurihaa readers ge ves comment thah kiyaalan.. thank u all for the sweet sweet comments..vaguthu vaavarakun kiyuntheringe comments thakah reply kureveythoa balaanan?❤❤
Alhey haadha kurey mi part……. Btw vvvvvv reethi story ??? ….. Next part avahah update kollahchey…. Lysm♥️♥️♥️
Thank u Fairy. V ufaavejje mi part kamudhiyaeema..next part dhigu kohla dheveythoa balaanan.lym?❤
Yeyyy me first tha????
I love surprises
As usual this part is also very nice
Curiously waiting for the next part
????I’m gonna kill this zafar
Lysm and tc wonder
??♥️♥️??????♥️?????????
U r second this time Ean. Glad u liked this part dear. Hehe let’s kill him together. Lym n tvgc?❤
eyyy mee first…… irukolhakaa esfiya balaaleveyeyy…… hehe… vrh salhi mi part vx……. keeep trying……❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
U r third this time princess.. glad u liked this part dear. Thanks?❤
❤️❤️❤️V Suprise vi.. Maasha allah V reethi Mi part vx
Zafar gadu.. Zoya aa dhey thereyga eh vx kuluneh vx Zafar ge hithaku neiy.. Zoya kehgadha
Curiously waiting for nxt part
Stay safe n Tc sisoo
❤️❤️❤️Lyyysssmmm
Thank u LamHaa. Glad u liked this part yeah she’s hama v keih gadha dhw. U too stay safe tvgc..lymm?❤
V reethi
Thank u Saheena Saleem. V ufaavejje mi bai kamudhiyaeema ?❤
Wow aslu ves vrh surprise thanks sisooo??❤️❤️❤️❤️
Vrh sali Mi part ves ❤️❤️???
Masha Allah keep it up sis ❤️❤️???
Zoyaa safe dhw as well as her baby ❤️❤️❤️❤️❤️???
Sis Ril uraalaafin E baby E baby kaari huri nurse akee Ril eyyy hehehheheh??????????????❤️❤️
Mi zafar gadu dhw mihaaru Ril ge ruli ves hadunnahtaafi????????
I want kill him huh vrh foohi ?????
Aivin aa dhimaala ehchehikiyaafi ehnu adhi ?????
Btw waiting for the next part ❤️❤️??
Love u sooo muc sis❤️❤️??
Stay safe ❤️❤️??
Thank u Ril.. v ufaavejje mi bai kamudhiyaeema.. yes her baby is safe. Lym dear.. u too stay safe?❤
Alhey thank you so much wonder?????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Wonder ves haadha loabi ey dho alhe??????????????? Sher ufaa fasheh vejjey ehaa avahah mi vaahaka kiyan libuneema???? urggg ekam hama mi zafarukaiydha aa hure bolun dhun araa eba???????????????????? Mi Zafar eulhenee alhe keekey hithaatha reethi gothakah nunimeyne thoahche Zafarukaiydha gandu??? foohivey sahaadheh???????? mirashuga ulhey nama mihaaru mirashun beyru kohfeemus????? dhen vejjeynu Zoya dhukohlan foninuve mihaaru??????????? Zafar kanthah maa mahchah dhaathee dhen kiyaani Zafarukaiydha ok dho ehen kiyas?????????????????????????? Loabi loabi Aivin alhe zoa Salaamai kohdhehchey????????????????????????? ماشاءالله???????????? Mi part ves varah varah varah varah varah varah varah varah varah varah varah varah varah FURIHAMA???????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????
❣️❣️❣️❣️❣️❣️❣️????????
Thank u sher.. v ufaavejje mi part ves kamudhiyaeema. Yess.. zafar is too much dhw.. u b safe dear?❤
OMG.. Zafar kairi buney Zoya divorce vaashey…
Merry kohffa vs beynun gothekey hadhany. Huh.. Huh..
I hate zafar… N I support Aivin…. Wonder Aivin bad
Nukurahchey ingey….Plz plz plz…. BTW ???????????????????vvvvvvvvvvvvvvvvvvvvvvvvvvv
Wonder Mi prt ves… Mashaa Allah…. Mashaa Allah…
Mashaa Allah… U r talented writer maasha Allah….
Keep going… I’m so happy for uploading the story soon…
Curiously waiting….. TC…. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????…….
Keep it up.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank u BALCK PINK. V ufaavejje mi bai ves kamudhiyaeema.. yes zafar is not a husband material at all dhw..hingaa dhn vaagotheh balamaa. U too tvgc dear?❤
Alhey varah surprise vehje anyway mi part vx varah reethi hama speechless zoya aa baby safe dhw mi zafar mee haadha nulafaa meehekee dhw hithah araa hama fain araa chischis kohlan
Waiting for the next
Lysm ❤️❤️❤️
Thank u Maany..glad u liked it..yes they r safe. Lym dear?❤
Zafar heyy aruvaalabala maa bodaavanyaa. Nice keep it up
Thank u Liyaa.. glad u liked it..hehe. zafar ah hadhaane gotheh mi visnany.. thanks?❤
OMG??? wonder sissooo thanks ingey avahah upkohlladhinythy❤❤❤ sorry for a late reply ingey???btw story is so amazing luv it???????? alhey mee varehgge zafar eh nun???????? zafar thi dhany mihaar maa mahchah avahah thiri ah annan ulhey dhn ?? zoya n aivin ge parts vvvvvvv loabi❤❤❤ alhey zoya ge baby ah kiyaany kn name eh baa curiously waiting for the next part ingey ❤❤❤ ….masha allah u r so talented ❤❤❤❤❤❤ keep it up
tc
stay safe
luv youuu❤❤❤❤❤❤❤❤❤❤❤❤
Ur wc dear..n thank u..glad u liked this part. Yeah..zafar maa bodu varu dhw mihaaru. U too tvgc n b safe. Lym.. hmm..zoa ge baby ah kiyaane nameh buneba dear?❤
Surprise eh dhw ??????asluvx vvvvvv surprise v
Alhey mi ulhey zafar gadu keekey hithah araigen thah e ulheney ????hate him ??zafar ge hithah ehvx asreh nukurey thah Zoya ah e varah aniyaa kuraairu ????aivin aa dhimaalah ehchehi kiyai fiehnu ??hurebala nikan kaaku tho athah govanee balan ????adhi maa reechah raivaru kiyan ingey meehakah vegen eba raivaru kiya ehnu ??
zoya ge baby dhechey uraalan.. Baby kudhin vvvvvv uraa hih vey ☺️☺️????
BTW baby Kairi huri nurse akee ril thah?? ??? haadha heenuvey.. Ekm dhn ril buneema gaboolu kohfin ??
stry hama habeys.. ????❤️❤️Masha Allah vvvvvv reethi mi part vx.., Masha Allah u r talented.. Asluvx heevany film eh balaileveyhen.. ??don’t give up u have the talent to write stories..when nxt part?? Curiously waiting for the next part.. ❤️
BTW alhugadu 14th part ah Miadhu comment kohlin.. Kiyaalachey ingey ❤️❤️❤️
Love u more ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Tc be safe ☺️???????
Thank u Aika.. Glad u liked this part. Yess..zafar is too much dhw. Haha..dear varugadha raivareh kiyaalahchey. In sha Allah I won’t give up.. thanks for the encouragement. Yes In sha Allah kiyaalaanan ingey .wonder bxy koh ulheythy reply nukohleveny hurihaa comment akah. Lymm..u too tvgc?❤
Varah varah varah nice n beautiful Mi prt vs dear.. Mashaa Allah. ✴️✴️✴️✴️✴️✴️✴️✴️✴️♥️♥️♥️♥️♥️♥️♥️
Keep it always… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?
When next… Dear… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️
Mi Zafar gandu mee Amilla ah Amilla meehaa fenifa hunna meehei ???? haadha foossei veyy ???? btw mi part ves Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Maa sha Allah ????❤️❤️❤️ curiously waiting waiting for the next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Love you wonder ❤️❤️❤️ take care ❤️❤️❤️
❤️❤️❤️Stay home and stay safe ❤️❤️❤️
Hey.. wonder..♥️♥️♥️♥️♥️♥️♥️♥️♥️♥️ dear next part avahah up Kohdheeba… ???????????????please please please…?☺️☺️☺️☺️☺️
Curiously waiting…when next… dear…????????????????
++& TC …good luck…. Keep going
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
WONDER kobaa tha vaahaka.. avaha upload kohpala plxx mihaar kiyaahithun hureveneekeenun u are the best..? keep it up..