ނުފިލާނޭ މިހިތަކުން… 36
ބިލާލްގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި ކުރިއަށް ހިނގަމުން ދިޔަ މެހެކްއަށް، އޭނާ ފެނުމުން ބިލާލްގެ މޫނަށް އަންނަމުން ދިޔަ ބަދަލުތައް ވަރަށް ސާފުކޮށް ފާހަގަ ވަމުން ދިޔައެވެ. އެ ވިސްނުންތެރި މޫނުގައި ވަނީ ހަމައެކަނި ހައިރާންކަމުގެ އަސަރުތަކެއް ނޫނެވެ. އެއާއި އެއްވަރަށް ނަފްރަތާއި، ރުޅިވެރިކަމުގެ ކުލަވަރުވެސް އެމޫނުން ފާޅުވަމުން ދިޔައެވެ.
މާކިންއާއި ދުރުގައި މެހެކް ހޭދަކުރި ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް އަޑު އިވުމުން މާކިންގެ ހިތް ވަނީ ކުދިކުދި ވެފައެވެ. އޭނާއަށް އެހާ ވަރަށް ވިސްނާ ނުލެވުނީ ކީއްވެގެން ހެއްޔެވެ؟ މެހެކްއާއި ދުރުގައި ވިޔަސް، މެހެކްއާއި ވަކި ވިޔަސް، މެހެކްއަށް ނޭނގި ނަމަވެސް އޭނާއަށް މެހެކްގެ ހާލު ބެލުނީހެވެ. އޭނާ އުޅޭ ނޫޅޭ ގޮތް ބެލުނީހެވެ. އެހެން ނަމަވެސް އޭނާއަކީ ޝުބާ އެ ހީކުރާ ފަދަ ފަރުވާކުޑަ، ތަންދޮރު ނުބަލާ މީހެއްވެސް ނޫނެވެ. އޭނާގެ ބައްޕަގެ ފުރިހަމަ ހަގީގަތް ޝުބާއަށް އެނގޭނަމަ އެގޮތަށް އޭނާއާއި ދިމާއަށް އެއްޗިއްސެއް ނުކީހެވެ. ހަގީގަތުގައި މާކިންއަށްވެސް ބިލާލްގެ ޙަގީގީ ސިފަ އެނގުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ބިލާލްގެ ގައިގައި އަށަގަނެފައިވަނީ ހަމައެކަނި ނުފޫޒުގެ ބޭނުން ކުރުމުގެ ސިފައެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި، އެއަށްވުރެ ބޮޑެތި ކުށްތައް ފަސޭހަކަމާއިއެކު ކޮށްލުމުގައި ބިލާލްއަކީ އަރާ ހުރި މީހެކެވެ. ރާއްޖޭގެ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯރކެއް އޭނާގެ ބެލުމުގެ ދަށުން ހިނގައެވެ. ގޭންގް މާރާމާރީތަކަށް ފަންޑު ދިނުމުގައި އޭނާއަކީ ހޮވާލެވޭ މީހެކެވެ. ވިޔަފާރި ދަށަށް ދިޔަނަމަވެސް ބިލާލްގެ އަތްމަތި ދަތި ނުވަނީ މިސަބަބަށްޓަކައެވެ. މާކިންއަށް މި ހަގީގަތްތައް އެނގުނީ ބިލާލްއާއި ވަރަށް ގާތް މީހެއްގެ ފުށުންނެވެ. އޭނާގެ ނުރައްކާތެރިކަމާއި، މީހަކު މަރާލަން ވިޔަސް ޖެހިލުން ނުވާނެކަން މާކިންއަށް އެދުވަހު ގަބޫލުކުރެވުނެވެ. އަމިއްލަ ބައްޕަގެ މިފަދަ މުޑުދާރު ޙަޤީޤަތްތަކެއް އެނގުމުން އޭނާއަށް އެ ސިއްރު ހިފަހައްޓައިގެން އުޅުން އުނދަގޫ ކަމަކަށް ވިއެވެ. އެހެން ނަމަވެސް އޭނާއާއި، އޭނާގެ އެކުވެރިންގެ ރައްކާތެރިކަމަށްޓަކައި އެ ހަގީގަތް އޭނާ ޝުބާމެންނަށް ކިޔައެއް ނުދެއެވެ. ބިލާލްއަކީ ކިހާ ވަރެއްގެ ނުރައްކާތެރި މީހެއްކަން ޝުބާމެންނަކަށް ނާންގައެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ބިލާލްގެ ހަގީގަތް ދުނިޔެއަށް ފަޅާއަރާނެ ދުވަހަކަށެވެ. އެ ނުބައިކަމުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތް ވާނެ ދުވަހަކަށެވެ.
މެހެކް މާލެ އައިސް އުޅެނީ އެކަނި ކަމުގައި ޝުބާ ބުނުމުން މާކިން އަވަސްވެގަތީ މެހެކްއަށް ގުޅާ، އޭނާއާއި ބައްދަލު ކުރުމަށެވެ. ކޮންމެ ގޮތެއް ވިޔަސް ދެން އޭނާއަށް މެހެކް އަމިއްލަ ހާލަށް ދޫކޮށެއް ނުލެވޭނެއެވެ. ބައްޕަގެ ފަރާތުން ކޮންމެ ގެއްލުމެއް ވިޔަސް ދެން އޭނާއަށް މެހެކްގެ ޒިންމާ ނުނަގައެއް ނުހުރެވޭނެއެވެ.
“ނުގުޅޭ.. ފޯނު ނިއްވާލާފަ..” މެހެކްއަށް ގުޅުމަށް ތިން ހަތަރު ފަހަރު މަސައްކަތް ކުރުމަށްފަހު މާކިން ކަންބޮޑުވުމާއިއެކު ބުނެލިއެވެ. އޭރު އޭނާގެ ޚިޔާލު ބަދަލުވެއްޖެހެން ހީވުމުން ޝުބާވެސް ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ.
“ރަނގަޅު ނަންބަރު ތަ ތީ؟ އޮންލައިން ވެފަ އިންތޯ ބަލާބަލަ މިއިން އިރަކު..” އިޝާން ވިސްނުންތެރިކަމާއިއެކު ބުނެލިއެވެ. އެއާއިއެކު މާކިން އަތްމަތި އަވަސްކަމާއިއެކު ވައިބަރ އިން މެހެކްގެ ނަމްބަރު ޗެކުކޮށްލިއެވެ.
“ގަޑިއެއްހާ އިރު ކުރިން އޮންލައިން.. ހަމަ ރަނގަޅު ނަމްބަރު މީ..” މާކިން ފޯނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެއާއިއެކު ޝުބާއާއި އިޝާން އެކަކު އަނެކަކުގެ މޫނަށް ބަލާލީ ކަންބޮޑުވުމާއިއެކުއެވެ.
“މެހެކް ދިން އޭނާ ކުއްޔަށް ހިފާފަ ހުރި ކޮޓަރީގެ އެޑްރެސް.. ދާންވީނުން..” ޝުބާ އެހެން ބުނެލުމުން އޭނާއަށް ބޯ ޖަހާލާފައި މާކިން އަވަސްވެގަތީ މެހެކް އުޅޭ ތަނަށް ދިއުމަށެވެ. ތިން މީހުން އެކުގައި އެދިމާއަށް ދިއުމަށް ގެއިން ނުކުތުމަށް ހިނގައިގަތް އިރު ގޮތް ނޭނގޭ ބިރުވެރިކަމެއް މާކިންގެ ހިތުގައި އުފެދެމުން ދިޔައެވެ. މެހެކްއަށް ކޮންމެވެސް ކަމެއް ވެއްޖެކަމުގައި އޭނާގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
ގިނަ އިރުތަކެއް ނުވެ ތިން މީހުން މެހެކް ބުނެފައިވާ އެޑްރެހަށް ހިނގައްޖެއެވެ. އެހެން ނަމަވެސް އެމީހުންނަށް އެތަނުން ލިބުނީ ހިތްހަމަ ޖެހޭފަދަ ޚަބަރެއް ނޫނެވެ. މެހެކްގެ ކޮޓަރި ހުރީ ހުސްކޮށެވެ. ރިސެޕްޝަނުން ބުނިގޮތުގައި މެހެކް ބޭރަށް ނުކުތް ފަހުން ދެތިން ގަޑިއިރު ވެއްޖެއެވެ. އަދި އޭގެ ފަހުން އޭނާ އައިސްފައެއް ނުވެއެވެ. މާކިންއާއި، އިޝާން އަދި ޝުބާ އެނބުރި ގެއަށް އައީ މެހެކްގެ އިތުރު އެއްވެސް ޚަބަރެއް ލިބުމަކާއި ނުލާ، ނުތަނަވަސްކަމާއިއެކުގައެވެ.
“އަޅެ.. އަމިއްލައަށް އައީމަވެސް.. ބެހެއްޓުން ނަމަ.. ދިޔަ ނުދީ ހިފެހެއްޓުން ނަމަ.. މެހެކް.. ކޮންތާކަށް ތިދިޔައީ؟..” މާކިން ގެއަށް ވަން ގޮތަށް ސޯފާގެ ތެރެއަށް ވެއްޓިގަތެވެ. މޫނުގައި އަތް ކާއްތާލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ހިތްވަރު ކޮށްކޮށް ވަރުބަލި ވެއްޖެއެވެ. ދިރިއުޅުމުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ މީހުން ބުނެއުޅެއެވެ. އެހެން ނަމަވެސް އޭނާގެ ދިރިއުޅުމުގެ އަޑިގަނޑުން އަރައި ނުގަނެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތަޤްދީރުގައި މާކިންއާއި މެހެކް އެކުގައިވުމަށް ލިޔެވިފައި ނުވަނީ ހެއްޔެވެ؟ އުއްމީދު ގެއްލި ގޮތް ހުސްވެފައި އެވަގުތު އިނީ މާކިން އެކަންޏެއް ނޫނެވެ. ޝުބާއާއި އިޝާންވެސް ތިބީ ހަމަ އެފަދަ ގޮތަކަށެވެ. ޝުބާ ހުއްޓާ ނުލާ މެހެކްގެ ނަމްބަރަށް ޑައިލް ކުރަމުން ދިޔައިރު މެހެކްއަށް ކޮންމެވެސް ނުރައްކަލެއް ކުރިމަތިވެއްޖެކަމުގައި އޭނާގެ ހިތްވެސް ބުނަމުން ދިޔައެވެ.
މާކިންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އެމީހުން އެގޮތުގައި ތިއްބައެވެ. ގުޅަނީ މެހެކް ކަމުގައި އުއްމީދުކޮށްފައި އަވަސް އަވަހަށް އޭނާ ފޯނު ނަގާ ސްކްރީނަށް ބަލާލިއެވެ. އެހެން ނަމަވެސް ގުޅަނީ އޭނާގެ ގެއިން، ގޭގައި ގެންގުޅޭ ކައްކާ ވަލީދު ކަން އެނގުމުން މާކިންގެ މޫނުމަތި މާޔޫސްވެލިއެވެ. ވަލީދަކީ މާކިން ކުޑައިރުއްސުރެ އެގޭގައި ގެންގުޅޭ މީހެކެވެ. ބައްޕައާއި ބޭބެގެ ފަރާތުން ލިބިފައިނުވާ ގާތްކަން ވަލީދުގެ ފަރާތުން އަބަދުވެސް މާކިންއަށް ލިބެއެވެ.
“ހަލޯ.. ކީކޭ ވަލީދުބޭ..” ޙާލަތުގެ ގޮތުން މާކިން މިވަގުތު ވަލީދާއިވެސް ވާހަކަ ދައްކާ ހިތެއް ނެތެވެ. އެހެން ނަމަވެސް އޭނާގެ ހިތުގައި ވަލީދާއި މެދު އޮންނަ ލޯތްބެއްގެ ބޮޑުކަމުން އޭނާގެ ކޯލަށް ޖަވާބު ނުދީ ދޫކޮށްލާކަށް ނުކެރުނެވެ.
“އެނ؟.. ވަޓް؟.. ނޫން.. އެބަ ދަން..” ލޯ މަރާލައިގެން ފޯނަށް ޖަވާބު ދިން މާކިން ކުއްލިއަކަށް ދެލޯ ބޮޑުކޮށްލަމުން ކޮޅަށް ތެދުވީ އެކޮޅުން ބުނެލި އެއްޗަކުންނެވެ. އެއާއިއެކު ކައިރީގައި ތިބި ޝުބާއާއި އިޝާންވެސް ދެލޯ ބޮޑުކޮށްލަމުން ތެދުވެއްޖެއެވެ. އޭރު މާކިންގެ ނޭވާ އަވަސްވެ، މޫނުމަތިން ދަލުގެ އަސަރު ފާޅުވާން ފަށައިފިއެވެ. ހަމަ ގައިމުވެސް އެކޮޅުން ވަލީދު ދިނީ ރަނގަޅު ޚަބަރެއް ނޫނެވެ.
“ކެން.. ކިހިނެތްވީ؟” މާކިން ހުރި ގޮތުން އިޝާން އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން އަހާލިއެވެ. އެވަގުތު އަވަސް އަވަސްކޮށް ނޭވާލަމުން ދިޔަ މާކިން އެދެމީހުންނާއި ކުރިމަތިލީ ފެންކަޅިވަމުންދިޔަ ލޮލަކާއިއެކުއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Mee first three??? anyways varah reethi mi part ves curiously waiting for the next part
Tha*
Vrrrr Reethi mipartves….. ????masha Allah keep it up sis… When next ☺️☺️☺️stay safe
Kihenae baa vaaanee ?????
Free reethi impart ????
Haadha kurey dear??? kiyaa hithun indha e nimuny???
Mehek ah konmes gotheh hedhy kanneyge
varah reethi mi part vess?
keep it up❤️
?Vv salhi n when next
Yo brw vrh salhi ingeyy mi part vs…. Whn next part???… Curiously waitinggggg… ???… Avahah up kohdhehcheyy…. ???☺️☺️☺️…. Tc….. Lysm…. ?????❤️❤️❤️
Mi vaahakaige aa baeh geness dheebala plxplx thann kolheh avahah??vv rythi mivaahaka??????
Kon irakun mi vaahakaige kuri ah huri bai thah nukunnany? I’m waiting curiously ☹️❤️