Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން…37

Laya Level 310 Stories100 Login
October 10, 2020 4 Mins Read
26 Comments

“ކެން.. ކިހިނެތްވީ؟” މާކިން ހުރި ގޮތުން އިޝާން އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން އަހާލިއެވެ. އެވަގުތު އަވަސް އަވަސްކޮށް ނޭވާލަމުން ދިޔަ މާކިން އެދެމީހުންނާއި ކުރިމަތިލީ ފެންކަޅިވަމުންދިޔަ ލޮލަކާއިއެކުއެވެ.

“މެ.. މެހެކް.. މެހެކް ހުރީ.. ގޭ.. ގޭގަޔޯ..” މާކިންއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. މާކިން ލޮލުން ވެއްޓުނު ކަރުނަ ތިއްކާއިއެކު ބޮލުގައި ހިފަހައްޓާލި އިރު އިޝާންއާއި ޝުބާވެސް ތިބީ މާކިން ދިން ޚަބަރަކުން އަނގަ ހުޅުވިފައެވެ.

“ވަޓް؟.. އެކަމު.. ކެން.. ކެންގެ ބައްޕަ މިކޮޅުގަ އެބަހުރިތަ؟..” ޝުބާއަށް ވަގުތުން ވިސްނާލެވުނީ މެހެކްއަކީ މާކިންގެ އަނބިމީހާކަން ބިލާލްއަށް އެނގޭ ހިސާބުން ކަންތައް ވެގެން ދާނެ ގޮތަކާއިމެދުއެވެ.

“އެބަހުރި..” މާކިން ޝުބާގެ ސުވާލަށް ޖަވާބުދިނީ ލޯ މަރާލަމުންނެވެ. މެހެކްއަށް ބިލާލްގެ ފަރާތުން ލިބިދާނެ ގެއްލުމަކާއިމެދު އެދެމީހުން ކަންބޮޑުވާ ވަރަށްވުރެ މާ ބޮޑަށް އޭނާ ކަންބޮޑުވެއެވެ. ބިރުގަނެއެވެ. ބިލާލްއަކީ ނުރައްކާތެރި މީހެކެވެ. ރަހުމް ކުޑަ މީހެކެވެ. އޭނާ ހިތައް އަރައިފިނަމަ މެހެކްއަށް ކޮންމެ ފަދަ ގޮތެއް ހަދާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. އެހެން ނަމަވެސް މިވަގުތު އޭނާ ފިޔަވަޅެއް އަޅަން ވާނީ ވަރަށް ބޮޑަށް ވިސްނާފައެވެ. ބިލާލްއާއި ކުރިމަތިލާން ވާނީ އޭނާގެ ފަރާތުން ސަލާމަތްވާނެ ހަތިޔާރުތަކަކާއި އެކުގައެވެ.

“ހިނގާ މެހެކް ބަލާ ކެން.. އަހަރުންވެސް ދާނަން..” މާކިން ފިކުރު ބޮޑުވެފައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ އިޝާން އޭނާގެ ކޮނޑުގައި ހިފެހެއްޓިއެވެ. އެވަގުތު އިޝާންއާއި އެއްބަސްވުމުގެ ގޮތުން ޝުބާވެސް ބޯ ޖަހާލިއެވެ. އެއާއިއެކު ދެބުމަ ކައިރިކޮށްލަމުން ނުތަނަވަސްކަމާއިއެކު މާކިން ބަލާލީ ޝުބާގެ 6 މަސް ފުރި 7 މަހަށް އެޅިފައިވާ ބަނޑަށެވެ. އޭނާ މިވަގުތު އެންމެ ބޭނުންވަނީ އޭނާގެ އެކުވެރިންނަށެވެ. އެހެން ނަމަވެސް ބިލާލްއާއި ކުރިމަތިލުމަށް މިވަގުތު އެދެމަފިރިން ގެންދިޔުން ރަނގަޅެއް ނޫނެވެ. ބިލާލްއަށް ފުރުސަތު ލިބިއްޖެނަމަ އޭނާގެ ކޮޅު ބަލިވިޔަ ނުދިނުމަށް މާކިންގެ ލޯބިވާ އެ ދެ ރަހްމަތްތެރިންނާއި ކުޅެލުމަށް ފަހެއް ނުޖެހޭނެއެވެ.

“ނޫން އިޝާން.. އަހަރެން ބައްޕަ.. އަހަރެން ބައްޕައަކީ ކިހާ ނުރައްކާތެރި މީހެއްކަން ތިމީހުންނަށް އަދި ނޭނގެނީ.. ޝުބީ ތި ޙާލަތުގަ އިންދަ އަހަރެން ބޭނުމެއް ނޫން މިކަމުގެ ތެރެއަށް ތި މީހުން ވަންނާކަށް.. ބިލީވް މީ.. ހީޒް ޑޭންޖަރަސް..” މާކިން މާޔޫސްކަމުން ފުރިގެންވާ އަޑަކުން ވާހަކަ ދެއްކިއިރު އެއަޑުގައާއި އެ މޫނުމަތީގައިވާ ބިރުވެރިކަން އިޝާންއާއި ޝުބާއަށް ސިއްރެއް ނުވިއެވެ. މި ސަބަބަށްޓަކައި މާކިން ދައްކަމުން އެދަނީ މުޅިން ތެދު ވާހަކަކަން އެދެމީހުންނަށް ގަބޫލު ކުރާކަށް އުނދަގުލެއް ނުވިއެވެ.

“މެހެކް ބަލާ ދާނީ އަހަރެން.. ބައްޕައާ ކުރިމަތިލާނީ އަހަރެން.. މިއަދު ކޮންމެސް އެއްގޮތަކަށް މިކަން ނިމޭނެ.. އެންމެ ތަންކޮޅެއްވެސް ބައްޕައަށް ދުލެއް ނުކުރާނަން.. ބައްޕަގެ ހަގީގަތް ރައްޔިތުންގެ ކުރިމަތީގައި ފަޅާ އެރުމަކީ ބައްޕަ އެންމެ ވުމަށް ނޭދޭނެ ކަންތައް.. އަހަރެން ހަތިޔާރަކަށް ނަގާނީ އެކަން.. ބައްޕަގެ ދަރިއެއް ކަމުގައި ވާނަމަ ބައްޕަ ވިސްނާ ގޮތަށް ވިސްނަން އަހަރެންނަކަށް އުނދަގުލެއް ނުވާނެ.. އަހަރެން ވަރަށް ކެތް ކޮށްފިން.. ވަރަށް ބޮޑަށް ކެތްކޮށްފިން..” މާކިންގެ ތުރުތުރު ލަމުން ދިޔަ އަޑު ބެދިއްޖެއެވެ. އެހެން ނަމަވެސް ލޯ ފޮހެލާފައި އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އިޝާން.. ޝުބީ.. އަހަރެން ދިޔައީމަ މިތާ ނުތިބޭތި.. ކޮންމެސް އެހެން ތާކަށް ދޭ.. އަހަރެން އެންމެ ލޯބިވާ މީހުންނަށް ގެއްލުން ދީގެން ނަމަވެސް ބައްޕަގެ ބޭނުންވާ ގޮތް ހެދޭތޯ ބަލާނެ.. ބައްޕަގެ ކޮޅު ބަލިވާން ފަށައިފިނަމަ ދެން އަމާޒަކަށް ވާނީ ތިދެމީހުން..” މާކިން އިޝާންގެ ކޮނޑުގައި ހިފަހައްޓާލުމަށްފަހު ވަރަށް ސީރިއަސް ކަމާއިއެކު ބުނެލިއެވެ. އަދި ޝުބާގެ ކޮލުގައި އެއް އަތުން ހިފަހައްޓާލުމަށްފަހު “ޓޭކް ކެއަރ” އޭ ބުނެލަމުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ހަމަ އިސާހިތަކު ކޮޓަރިން ނުކުމެ، ގެއިންވެސް ނުކުމެގެން ހިނގައްޖެއެވެ. އެ މަންޒަރު ބަލަން ހާސްވެފައި ތިބި އިޝާންއާއި ޝުބާ ދެން އަވަސްވެގަތީ އެގެއިން ނުކުމެވޭތޯއެވެ.

ސައިކަލުގައި ގޮސް ގޭގެ ދޮރުމައްޗަށް މަޑުކޮށްލިއިރު މާކިންގެ ހިތުގެ ތެޅުން ބާރުވެއްޖެއެވެ. ސައިކަލުން ފޭބުމަށްފަހު ހިންދިރުވާލަމުން އޭނާ އުޅެ ބޮޑުވި ގެއާއި ދިމާއަށް ހިނގައިގަތެވެ. އެތެރެއަށް ވަނުމުގެ ކުރިން ލައިގެން ހުރި ޖީންސްގެ ޖީބުގައި އޮތް ފޯނުގައި ދެފަހަރަކު އަތްލުމަށްފަހު ކޮންމެވެސް ކަމެއް ޗެކު ކޮށްލާފަދަ ހަރަކާތެއް ކޮށްލިއެވެ.

“ވެލްކަމް މާކިން..” ތަނަވަސް ސިޓިންގް ރޫމް ތެރޭގައި ހުރި ބޮޑު ސޯފާގައި އިށީނދެލައިގެން އިން ބިލާލް ކޮޅަށް ތެދުވީ އަވަސް ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެގެން އައި މާކިން ފެނުމުންނެވެ. އޭނާގެ ދާހިއްލާ ފޯވެފައިވާ މޫނާއިއެކު، ރުޅިއާއި ބިރުވެރިކަން އެކުވެގެން އުފެދިފައިވާ ކަރުނަވީ ދެލޯ ފެނުމާއިއެކު ބިލާލްގެ މޫނަށް ވެރިވީ ކުދި ރޫތަކެކެވެ. ބޮޑެތި ކަންތައްތަކާއި ކުރިމަތިވުމުން އޭނާގެ މޫނުމަތިން ދައްކާލާ ހިނިތުންވުން މިފަހަރު އެ މޫނުމައްޗަކު ނެތެވެ. އޭގެ ބަދަލުގައި މާކިން ފެނުމާއިއެކު މިފަހަރު އެމޫނުމައްޗަށް ވެރިވީ ފޫހިކަމާއި ރުޅިވެރިކަމެވެ. ތެދެކެވެ. އޭނާ ހީކުރި ފަދަ ދަރިއަކަށް މާކިން ނުވިއެވެ. މިހުރިހާ ދުވަހު އޭނާ ގަބޫލުކޮށްގެން އެހުރީ މާކިން އުޅެމުން ދިޔައީ އޭނާގެ ބަސް ގަބޫލުކޮށްގެން ކަމުގައެވެ. އެހެން ނަމަވެސް މާކިން އެވަނީ އޭނާއަށް ސިއްރުން ބޮޑު ކަންތައް ގަނޑެއް ހިންގާފައެވެ. އެހާ ބޮޑު ކަމެއް އޭނާއަށް ނޭނގި، އެހާ ސިއްރުވެރިކަމާއިއެކު މާކިން ކުރީ ކިހިނެތް ހެއްޔެވެ؟ މިހާ ދުވަސް ވެގެން ދިޔައިރު އެކަމުގެ ހިލަމެއްވެސް އޭނާއަށް ނުވީ ކީއްވެ ހެއްޔެވެ؟

“މެހެކް.. ކޮބާ؟..” އޭނާ ފެނުމާއިއެކު ކޮޅަށް ތެދުވި ބިލާލްގެ މޫނުމައްޗަށް ވެރިވި ކުލަވަރުން ކަންތައްތައް ވަނީ ވަރަށް ގޯސްވެފައިކަން މާކިންއަށް ނަގައިގަނެވުނެވެ. އެހެން ނަމަވެސް ބިލާލްއާއި ސުވާލު ކުރި އިރު އޭނާގެ އަޑުގައިވާ ރުޅިވެރިކަން ވަންހަނާ ކުރާކަށް އޭނާ މަސައްކަތެއް ނުކުރިއެވެ. ދެދަތްޕިލަ ޖައްސާލައިގެން ހުރެ ބިލާލްއާއި ކައިރިއަށް ފިޔަވަޅެއް އަޅާލަމުން މާކިން ވާހަކަ ދެއްކި ގޮތުން ސޯފާގައި އިން އޭނާގެ މަންމަ ނިޢުމަތުވެސް ކަންބޮޑުވުމާއިއެކު ތެދުވެއްޖެއެވެ.

“މާކިން ކައިރި އަހަރެން ނުބުނަންތަ އެ އަންހެން ކުއްޖާއާ ގުޅުން ކަނޑާލަން..” ބިލާލްއަށް މާކިން ކުރި ސުވާލު އަޑު އިވުނު ހެންނެއް ހިއެއް ނުވެއެވެ. އޭނާ އަނެއްކާވެސް މާކިންއާއި ދައްކަން ފެށީ މީގެ އަހަރުތަކެއް ކުރީގެ ވާހަކަތަކެވެ. އޭރު މާކިންއަށް ދިން އިންޒާރުތަކުން އޭނާގެ ކޮޅު މޮޅުވެފައި އޮތްކަމުގައި ހީވި ހީވުމަކީ ބޮޑު އޮޅުމެއްކަން މިއަދު އޭނާއަށް އެނގިއްޖެއެވެ. މެހެކްގެ ކޮއްކޮ ކައިސްގެ ވަޒީފާ އެހެން ރަށަކަށް ބަދަލުކޮށް، އެ އާއިލާއަށް ދަތިވާނެހާ ގޮތެއް އޭނާ ހެދީ މާކިންއާއި އިކްރާމްގެ ދަރިއަކު ގުޅުނަ ނުދިނުމަށެވެ. އޭގެ ފަހުން އަހަރެއްހާ ދުވަސް ވަންދެން އޭނާ މެހެކް އުޅެމުން ދިޔަ ގޮތް ބެލިއެވެ. ބަލި މަންމަ ގޮވައިގެން އޭނާ އުޅެމުން ދިޔަ އެކަނިވެރި ހާލުވެސް އެނގެއެވެ. އޭނާއާއި މާކިންއާއި ދެމެދު އެއްވެސް ގުޅުމެއް އޮތްތޯ ވެސް ބެލިއެވެ. އެހެން ނަމަވެސް ދުވަހަކުވެސް އެދެމެދުގައި އެއްވެސް ގުޅުމެއް އޮތްކަމުގެ ޚަބަރެއް އޭނާއަށް ވެފައެވެ ނެތެވެ. އެދެމީހުންގެ ކައިވެނީގެ ކުޑަވެސް ހިލަމެއް އޭނާއަށް ވެފައެއް ނެތެވެ.

“އަހަރެން.. މި.. އަހަނީ.. މެހެކް.. ކޮބާ.. ހޭ؟” ބިލާލް ފަދައިން ބިލާލް ބުނެލި އެއްޗަކަށް މާކިންވެސް ޝައުގުވެރިކަމެއް ނުދިނެވެ. ދެވަނަ ފަހަރަށް ސުވާލު ކުރި އިރު އޭނާގެ އަޑު ގަދަވެފައި، ލޮލުގައިވާ ރުޅިވެރިކަން އިތުރުވެއްޖެއެވެ.

“އެންމެ ފަހުން އެ އިކްރާމްގެ ދަރި މަގޭ ޅީދަރިއަށް ހަދާފަ ދޯ މާކިން ތިހުރީ..” މާކިންގެ ރުޅިވެރިކަން ފެނި ބިލާލް ޖެހިލުމެއް ނުވިއެވެ. ރަށުގައި މެހެކް އުޅުނު އެކަނިވެރި ދިރިއުޅުމުގެ ޚަބަރު ބެލި ބެލުމުން އިކްރާމްއާއި މެހެކްއާއި ދެމެދު އެއްވެސް ގުޅުމެއް ނުވާކަން އޭނާއަށް މިހާރު ގަބޫލުކުރެވިފައި ވީ ނަމަވެސް އެކަން މާކިންގެ ކުރިމަތީގައި ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. މެހެކްއާއި މާކިންގެ ގުޅުމަށް އެއްބަސް ވާކަށް ބޭނުމެއް ނުވިއެވެ. އޭނާއާއި ކުރިމަތިލުމަށްފަހު މެހެކް ދެއްކި ވާހަކަތަކުން މީޑިއާގެ ކުރިމަތީގައި އޭނާގެ އަގު ވައްޓާލުމަކީ މެހެކް ކޮށްފާނެ ކަމެއްކަމުގައި އޭނާއަށް ގަބޫލު ކުރެވުނީއެވެ. މިހުރިހާ ދުވަހު އޭނާގެ ސަބަބުން މެހެކްއަށް މާކިންއާއި ދުރުގައި ހުންނަން ޖެހުނު ކަމުގެ ބަދަލު ހިތި ގޮތަކަށް ހިފާ ފާނެ ކަމުގައި އޭނާއަށް ގަބޫލު ކުރެވުނީއެވެ. އޭނާ ފަދަ މީހުންގެ ލޯބި ލިބިފައިވާ، މަޝްހޫރު، ސިޔާސީ ގޮތުން ކާމިޔާބު، ވިޔަފާރީގެ ގޮތުން މުއްސަނދި މީހެއްގެ އަގަކީ އެފަދަ މީހަކު ބުނެލާ ކުޑަ ކުޑަ އެއްޗަކުން ވެއްޓިދާނެ އެއްޗެކެވެ. އޭނާ އެހެން ވިޔަކަ ނުދޭނެއެވެ. މެހެކްއަށް މާކިންއާއި އެކީ އުޅުމަކީ އޭނާއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

“އެންމެ ފަހު ފަހަރު މި އަހަނީ.. މެހެކް ކޮބާހޭ ބައްޕާ..” މާކިންގެ ބަރު ހަޅޭކުގެ އަޑުން މިފަހަރު ބިލާލްއަށްވެސް ސިހުމެއް ލިބުނެވެ. ރުޅި އައިސް ތުރުތުރު ލަމުން ދިޔަ ހަށިގަނޑާއިއެކު ރަތްވެފައިވާ އޭނާގެ ދަރިފުޅުގެ މޫނަށް ބަލާޅެވުމާއިއެކު ބިލާލްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނާ ދުވަހަކުވެސް މާކިން އެފަދަ ގޮތަކަށް ރުޅި އައިސްފައި ހުއްތާ ނުދެކެއެވެ.

“މާކިން ދަރިފުޅާ ރުޅި މަޑުކޮށްބަލަ..” މާކިންގެ ރުޅިގަނޑު ފެނުމުން ބިރުން ފިތް ކަނދައިގެން ދާވަރު ވެފައި ހުރި ނިޢުމަތު ކުރިއަށް ޖެހިލިއެވެ. އޭރު ސިޓިންގ ރޫމުގައި އަޑު ގަދަވެގެން ގޭގައި ގެންގުޅޭ މަސައްކަތު މީހުންތައްވެސް އެތަނަށް އެއްވެއްޖެއެވެ.

“މަންމައަށްވެސް މެހެކް ވީތަން އެނގޭނަމަ ބުނެދީ.. އަހަރެން އަތުން ފައިން ގޯހެއް ނުހަދަނިސް މެހެކް ވީތަނެއް ބުނެދީ..” ރުޅިގަނޑު މައިތިރި ނުވި ނަމަވެސް މާކިން އޭނާގެ މަންމައާއި ވާހަކަ ދެއްކީ އަޑަށް މަޑުމައިތިރިކަން ވެރި ކުރުވަމުންނެވެ.

“އެހެންތަ؟ މާކިންއަށް ކީއް ކުރެވޭނީ.. ކުޑަ ވިޔަފާރި ވެރިއަކަށް ވެވުނީމަ މަށާ ޗެލެންޖު ކުރެވިދާނޭ ހީވަނީތަ؟ ކޮންކަމެއް ކުރުވޭނީ.. މިހާރުވެސް އަހަރެންގެ އެންމެ ބަހަކަށް މާކިންގެ ހުރިހާ ކަމެއް ހުއްޓުވާލަފާނަން.. ވިޔަފާރިވެސް.. އެއްކޮށް ތިއުޅޭ މީހުންވެސް.. މެހެކްވެސް..” ބިލާލް ދައްކަމުން ދިޔަ ވާހަކަ ކުއްލިއަކަށް ހުއްޓާލީ މާކިން އައިސް އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ފަށުގައި މަޑުކޮށްލުމުންނެވެ. އަލިފާން ކަނި އަރާފަދަ ލޮލަކުން ރުޅިވެރިކަމާއިއެކު ބިލާލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރިގޮތުން ބިލާލްގެ ހިތުގައި ބިރުވެރިކަން އުފެދިގަތެވެ. އޭނާގެ އިންޒާރަށް މާކިން މިއަދު ޖެހިލުމެއް ނުވިއެވެ. މާކިންގެ އަތުގައި އޭނާއާއި ދެކޮޅަށް ތެދުވުމަށް ލިބިފައި އޮތީ ކޮން ބާރެއް ހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

ނޭދެމޭ ވަކިވުމެއް-18( ބަދަލު ގެނެވިފައި)

Next

ލޯބީގެ ހައްގުގައި 22

Next
October 10, 2020

ލޯބީގެ ހައްގުގައި 22

Previews
October 10, 2020

ނޭދެމޭ ވަކިވުމެއް-18( ބަދަލު ގެނެވިފައި)

26 Comments!

  1. Ahul? says:
    October 10, 2020 at 8:05 pm

    Yey me first dhw kiyaalaafa rep eh dheynan Ingey

    1. Ahul? says:
      October 11, 2020 at 9:30 am

      Wow masha Allah mi part vx v reethi
      Curiously waiting for next part
      Next part miah vure dhigu kolla dhehchey
      Good luck
      Lyssmm tc n stay safe

    2. Laya says:
      October 11, 2020 at 6:30 pm

      thanks ❤️

  2. Shaayan says:
    October 10, 2020 at 8:10 pm

    mi prt vx vvv rethi masha allah… nxt prt thankolheh avahah up kohdhehche ingey plxxx… nd me second dhw… lysssmmm layaa sis… stay safe nd tc darl… good luck on this stry

    1. Laya says:
      October 11, 2020 at 6:29 pm

      Thank you Shaayan ❤️

  3. kiuntheriyaa says:
    October 10, 2020 at 9:55 pm

    alhe dhen mivarun vaahaka nuliyaga hafthaayaku ehdhuvahu genesdhey iruves ehaakuru

    1. Japhaanu mas says:
      October 10, 2020 at 10:49 pm

      Dhn nukiyaaneenu Dhw vaahaka.. Anonymous type

    2. nayaa says:
      October 11, 2020 at 5:46 pm

      japaanu mas mi gola yaa innan viinu… mikahala miihunnaa viyya japaanu mas emme ginain innanii… ekm vx kiyuntheriyaa mi stry kiyamennu dhn konhaa anga eh thalhaakah… madun hurey

    3. Laya says:
      October 11, 2020 at 6:29 pm

      sorry ?
      laya hama busy vany ey
      i will try ingey ehaa las nukuran ❤️

  4. Fathimath laisa says:
    October 10, 2020 at 10:45 pm

    MaShaaAllah varah Reethi

    1. Laya says:
      October 11, 2020 at 6:25 pm

      Thank you ❤️

  5. ?LamHaa? says:
    October 10, 2020 at 10:50 pm

    Wow maasha allah v reethi mi part vx Laya sisoo
    Curiously waiting for nxt part.. Thankolheh avahah kiyaalan dhehchey ingey
    Stay safe n Tc sisoo
    Lyyysssmmm

    1. Laya says:
      October 11, 2020 at 6:24 pm

      Aww thank you ❤️

  6. ?Shif says:
    October 11, 2020 at 6:30 am

    Sis haadhaha loabi veyge season 2 eh nugenes dheveyne tha.. Btw v reethi mi part vx.. Curiously waiting for nxt part.. Stay safe

    1. Laya says:
      October 11, 2020 at 6:23 pm

      Aww shif ❤️
      ehaa bodah reethi v tha e story ❤️

    2. ?Shif says:
      October 11, 2020 at 6:36 pm

      Yes sis v reethi e story plx neredheeba season 2 eh

    3. ?Shif says:
      October 11, 2020 at 7:22 pm

      Hmm v reethi e story plx neredheeba ingey

    4. ?Shif says:
      October 11, 2020 at 7:24 pm

      ހޫމް ވ ރީތި އެ ސްޓޯރީ.. ޕްލީސް އެ ސްޓޯރީ ގެ ސީޒަން 2 ނެރެދީބަ

  7. Aishath.Reen says:
    October 11, 2020 at 7:27 am

    varah reethi mi partves maashaa alaah ! ??

    1. Laya says:
      October 11, 2020 at 6:21 pm

      Thanx reen ❤️

  8. Aish aishh says:
    October 11, 2020 at 7:34 am

    Varah varah reethi mi part ?????.. curiously waiting for the next part

    1. Laya says:
      October 11, 2020 at 6:20 pm

      thank you ❤️

  9. KIMTAETAE-JEONKOOKIE says:
    October 11, 2020 at 2:04 pm

    woww varah nice
    kn irakun nxt part

    1. Laya says:
      October 11, 2020 at 6:19 pm

      Thanx, very soon in sha Allah ❤️

  10. Shuba... says:
    October 11, 2020 at 5:26 pm

    Im speechless like always. Vrh reethi. Thankolheh dhigu kh genes dheeba.

    1. Laya says:
      October 11, 2020 at 6:18 pm

      awww ❤️

Comments are closed.

Next Episodeނުފިލާނޭ މިހިތަކުން…38←


All Right Reserved!