Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ތެއްތިރީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
September 25, 2020 8 Mins Read
32 Comments

މަތީން އައިސް ނިހާން ގާތުގައި އިށީންދެލައިފައި ނިހާނާއި ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. ނިހާން ވެސް ހިނިތުންވެލައިފައި މަތީނާއި ސަލާމް ކޮށްލިއެވެ. “ވަރަށް ފެނިފަ ހުރި މީހެއްހެން ހީވަނީ. ކޮން ނަމެއް ކިޔަނީ؟” ނިހާން އެ ސުވާލުކޮށްލުމާއިއެކު މަތީނަށް އިސް ޖަހައިލެވުނެވެ. މަތީން އޭނާގެ ނަން ނިހާން ގާތުގައި ބުނެފިއްޔާ ނިހާން ހަދައިލާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އެހެނަސް މަތީން ކުރިން ހެދި ގޮތަށް އެއްވެސް ކަމެއް އޮޅުވައިލަން ބޭނުންނުވުމުން މަތީން އޭނާގެ ނަން ހާމަކުރަން ނިންމިއެވެ.

“މަ… މަތު.. މަތީން.” އަޅައަޅައިގަންނަމުން މަތީން އޭނާގެ ނަން ބުނެލިއެވެ. މަތީން އިސްއުފުލައި ނިހާންގެ މޫނަށް ބަލައިލިއިރު އެ މޫނުމަތިން ފެންނަން ހުރި ކުލަވަރުގެ ސަބަބުން މަތީން ނުތަނަވަސްވާގޮތްވިއެެވެ. މަތީނާށް ބޭއިޚްތިޔާރުގައި ހިންދިރުވައިލެވުނެވެ. އޭރު މަތީންގެ މޫނުމަތިން ފެންނަން ހުރީ ޖެހިލުންވެފައިވާކަމުގެ ކުލަވަރުތަކެވެ.

“މަތީނޭ؟ ކޮން މަތީނެއް؟ މާލޭގަ މާރާމާރީ ހިންގާ ގްރޫޕުގެ ގ.ލިލީގޭ މަތީންތަ؟” ޝައްކުގެ ނަޒަރަކުން މަތީނާއި ދިމާލަށް ބަލަހައްޓައިގެން އިނދެ ނިހާން މަތީން ގާތުގައި އެހިއެވެ. މަތީނަށް އަނެއްކާވެސް އިސްޖަހައިލެވުނެވެ. އޭނާއަކީ އެގޭ މީހާއޭ އޭނާ ބުނާނީ ފަހެ ކިހިނެތްހެއްޔެވެ؟ މަތީނަށް އެ ސުވާލަށް ޖަވާބުދޭން އުނދަގޫވުމުން މަތީން އެއިން ގޮތަށް އިސްޖަހައިގެން އިނީއެވެ.

މަތީންގެ ޖަވާބެއްގެ އިންތިޒާރުގައި ނިހާން އިންނަތާ މިހާރު ތިން މިނެޓް ވެއްޖެއެވެ. މަތީން އެއްވެސް އެއްޗެކޭ ނުބުނެ އެގޮތަށް އިސްޖަހައިގެން އިންނަން ފެށުމުން ނިހާންގެ ހިތުގައިވި ޝައްކު މަޑުމަޑުން ޔަޤީނަށް ބަދަލުވާން ފެށިއެވެ. “ތީ އެގޭ މަތީން ދޯ؟” ޔަޤީންކަމާއިއެކު ނިހާން މިފަހަރު އެ ސުވާލުކުރިއެވެ. މަތީން ދެލޯ މަރާ ބާރުކޮށްލަމުން މަޑުމަޑުން ބޯ ޖަހައިލިއެވެ.

ނިހާންގެ ދެބުމަ ގޮށްޖެހި ނިހާންގެ ހަށިގަނޑުގައި ރުޅިވެރިކަމުގެ އަލިފާންގަނޑެއް ރޯވާން ފެށިއެވެ. އޭނާގެ ދެލޯ ކުރިމަތިން އެދުވަހުގެ މަންޒަރުތައް ފެންނަން ފެށި ކަހަލައެވެ.

……….

އެދުވަހަކީ ޒިޔާނާއާއި ނިހާން އެއްކޮށް ސިއްސުވައިލި ދުވަހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ބޮޑުކަމެއް ނުވަނީސް އެދެމީހުން ސަލާމަތްވިކަން އެއީ އެދެމީހުންެގެ ނަޞީބެވެ.

އެއީ ނިހާނާއި ޒިޔާނާ މާލެ ދިޔަ ފުރަތަމަ ދުވަހެވެ. އެދެމީހުން އެރޭ ދަންވަރު ބާރަގަޑި ބައިވީއިރު ބޭރަށް ނުކުތީ ދަންވަރުގެ ހަމަަހިމޭން ވަގުތުގައި ހިނގައިލަން ނުކުތުމަށެވެ. އެދެމީހުން ހިނގަމުން ދިޔައީވެސް ބޮޑަށް ޕާޓޭން ނޫޅޭ މަގުތަކުގައެވެ. އެހެންނަމަވެސް ދެމީހުންވެސް އެކިއެކި ވާހަކަދައްކާ މަޖާކުރަމުން ދަނިކޮށް ޕާޓޭންގެ ގުރޫޕަކާ ދިމާވީއެވެ.

އެ ގުރޫޕުގައި ދިހަވަރަކަށް މީހުން ތިބިއިރު އެއިން ކޮންމެ މީހެއްގެ ނަޒަރު ހުއްޓިފައިވީ ޒިޔާނާއަށެވެ. ޒިޔާނާ އެކަމާ އުނދަގޫވެގެން ނިހާން ގާތުގައި އެވާހަކަ ބުނުމުން ނިހާން އިތުރަށް ޒިޔާނާ އޭނާގެ ގަޔާއި ގާތް ކޮށްލިއެވެ. އަދި އެތަނުން އަވަހަށް ދެވޭތޯ ބެލިއެވެ. ނަމަވެސް އެދެމީހުނަށް އެއް ފިޔަވަޅުވެސް ނޭޅެނީސް އެ ދިހަ މީހުން ނިހާންމެންގެ ވަށައިގެން އެތުރިލިއެވެ. އެތަނުން އެންމެ ބިޔަކޮށް ފެންނަން ހުރި ޒުވާނާ ކުރިއަށް ޖެހިލިއެވެ. އެއާއިއެކު ނިހާން ޒިޔާނާ ގެނައިސް އޭނާގެ މޭތެރޭ ބާރަކަށް ފޮރުވައިލިއެވެ. ނިހާން ހުރީ އޭނާއަށް ކޮންމެ ގޮތެއްވިޔަސް ޒިޔާނާ ސަލާމަތްކުރަން ޢަޒުމު ކަނޑައަޅައިގެންނެވެ. އެހެނަސް ނިހާންގެ ހިތުގައިވި އެ ޢަޒުމު ގުޑައިގެން ދިޔައީ ފަހަތުން ބޮޑު ބިއްލޫރި ފުޅިއެއް އޭނާގެ ބޮލުގައި ޖެހި ތަޅައިގެން ދިޔުމުންނެވެ. ނިހާން ހަމަ އެވަގުތު އަނބުރައިގަނެގެން ކުދިކުދިވެފައިވި ބިއްލޫރިތަކު މައްޗަށް ވެއްޓުނެވެ. އެވަގުތު ޒިޔާނާއަށް ބާރަކަށް ރޮއެގަނެވުނެވެ. ޒިޔާނާ ބިރުން ހުރިވަރުން އޭނާގެ މޭ ނެގިނެގިފައި ޖެހެމުން ދިޔައެވެ. ޒިޔާނާ ނިހާން ކައިރީ ތިރިވެގެން އިންދައި މަތީން އައިސް ޒިޔާނާ ގަދަކަމުން އެތަނުން ނަގައިގަނެގެން ގެންދަން ފެށިއެވެ. އެތަނުގައި ދެން ތިބި މީހުންވެސް ބިންމައްޗަށް ވެއްޓިފައި އޮތް ނިހާން ނަގައިގަނެގެން މަތީންގެ ފަހަތުން ހިނގައިގަތެވެ.

ނިހާން ހޭ އެރިއިރު އޭނާއަށް މީހުންތަކެއް އަޑުގަދަކުރާ އަޑު އިވުނެވެ. އެއަޑުތަކަށްވުރެ ބާރަށް އަންހެން ކުއްޖެއްގެ އަޑު ނިހާނަށް އިވުނެވެ. ނިހާނަށް އެއަޑު ބޮޑަށް ވައްތަރުވީ ޒިޔާނާގެ އަޑާއެވެ. ދެލޯ ހުޅުވައިލައިފައި ނިހާން ހިނގައިގަންނަން އުޅުނުއިރު އޭނާއަކަށް ހިނގައެއްނުގަނެވުނެވެ. ނިހާނަށް އޭނާ އިން ޙާލަތު ރޭކައިލީ ދެނެވެ. އޭނާ އިނީ ގޮނޑިއެއްގައި ބައިންދައި އައްސައިފައެވެ. “ޒިޔާނާ.” ޒިޔާނާއަށް އަޑުއިވޭނެވަރަށް ނިހާން ޒިޔާނާއަށް ގޮވައިލިއެވެ. އެވަގުތު އެތާތިބި އެންމެންގެ އަޑު މަޑުވެގެން ދިޔައެވެ. އަދި ނިހާނާއި ދިމާލަށް ބަލައިލިއެވެ. ނިހާން އެމީހުނާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައިލުމަށްފަހު މަތީން ގާތުގައި ހުރި ޒިޔާނާއަށް ބަލައިލިއެވެ. މަތީން ހުރީ ބާރަކަށް ޒިޔާނާގެ އަތުގައި ހިފަހައްޓައިގެންނެެވެ. އޭރު ޒިޔާނާ ދެރަވެފައިވި މޫނަކާއިއެކު ނިހާނަށް ބަލައިލިއެވެ. ޒިޔާނާގެ ދެލޮޮލުން އެދި ބުނަމުން ދިޔައީ އޭނާ ސަލާމަތްކޮށްދިނުމަށެވެ. ނިހާން ޒިޔާނާ ސަލާމަތްކޮށްދޭން ބޭނުންވިއެއްކަމަކު ނިހާން އެ އިން ޙާލަތުގެ ސަބަބުން އޭނާއަށް ޒިޔާނާ ސަލާމަތްކޮށްދެވޭކަށްވެސް ނެތެެވެ. ޒިޔާނާ ސަލާމަތްނުކޮށްދެވުނެއްކަމަކު ނިހާނަށް ހެއްދެވި ފަރާތަށް ޝުކުރުކުރެވުނީ އެއިން މީހަކު އަދި ޒިޔާނާގެ ގަޔަށް އަދި އަތްނުލާކަން އެނގުމުންނެވެ.

“އޭ ކައެމެން ދޭބަ އިހަށް. މިހާރު ހުންނާނެ އެ ޕެކެޓްތައް ގެނެއްސަ. މިހާރު ލޯންޗު ލަފާފާނެ. ޕޮލިހުންނަށް އެނގުމުގެ ކުރިން އެ އެއްޗެހި ނަގަންވާނެ. އަވަހަށް ނައްޓާލާ!” މަތީން އަމުރުކޮށްލުމާއިއެކު އެ އެންމެންތައް އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

އެ މީހުން ދިޔުމުން މަތީން ނިހާނަށް ބަލައިލައިފައި ނުބައި ވައްތަރަކަށް ހިނިތުންވެލިއެވެ. އަދި ޒިޔާނާއާއި ގާތަށް ޖެހިލައި އޭނާގެ ނޭފަތް އެތެރެއަށް ދަމައިލިއެވެ.”އްމްމް ހާދަ މީރު ވަހެކޭ.” ދެލޯ މަރައިލަމުން މަތީން ބުނެލިއެވެ. އެވަގުތު ނިހާންގެ ލޭގަނޑު ހީވީ ކެކިގަތްހެންނެވެ. “އޭނަ ދޫކޮށްލާ ހަމަ މިހާރު!” ނިހާން ބާރަކަށް ބުންޏެވެ. އެހެނަސް ނިހާންގެ އެ ހަރުކަށި ރާގުންވެސް މަތީނަށް އެއްވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. “އަސްތާ! އަހަރެން ވަރަށް ބިރުގަނެއްޖެ. މީ ހަމަ އަހަރެންގެ މީހެއް.” މަތީން އެހެން ބުނެ ޒިޔާނާ އޭނާގެ އަތްދަނޑި މައްޗަށް އުފުލައިލަން އުޅުނެވެ. ޒިޔާނާ އެވަގުތު ތެޅިގަތުމުން މަތީނަށް އެކަމެއް ނުވިއެވެ. “އޭތް. މަޑުން ހުރޭ!” ޒިޔާނާގެ އަތުގައި ހިފައި ބާރުކޮށްލަމުން މަތީން އަމުރުކޮށްލިއެވެ. ޒިޔާނާގެ ހިތުގައިވި ބިރުވެރިކަން އެވަގުތު ދިޔައީ ކޮންދިމާލަކަށް ކަމެއްވެސް ނޭނގެއެވެ. އެވަގުތު އޭނާގެ ގާތަށް ރުޅިއަންނަގޮތްވިއެވެ. މަށަށް އަމުރުކުރަން މީ ކާކުހެއްޔެވެ؟ ހުރެބަލާށެވެ. ރަނގަޅު ގޮތެއް މިފަހަރު ހަދައިލާނަމެވެ. ދެއަތް ސަލާމަތުން ނެތަސް ދެފައި މިއޮތީއެއްނޫންހެއްޔެވެ؟ ޒިޔާނާގެ ސިކުނޑިއަށް ވެރިވި އެ މޮޅު ޚިޔާލާއިއެކު ޒިޔާނާ ބާރަކަށް ހަޅޭއްލަވައިގަނެފައި އޭނާއަށް ޖެހުނު އެންމެ ބާރަކަށް މަތީންގެ ފައިގައި އޭނާގެ ފައިން ޖެހިއެވެ. އެވަގުތު މަތީނަށް ވީ ތަދުން މަތީނަށް ޒިޔާނާގެ އަތުން އޭނާގެ އަތް ދޫކޮށްލެވުނެވެ. ޒިޔާނާ ދެންވެސް މަތީނަށް ތަދުވާނެވަރަށް މަތީންގެ ފައިގައި ޖަހައިފައި ނިހާން ގާތަށް ދިޔައެވެ. އަދި އަވަސްއަވަސްކޮށްލައިފައި ނިހާންގައިގައި އައްސައިފައި އިން ވާގަނޑު މޮހައިލިއެވެ. ދެމީހުނަަށް ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުންކުރަމުން ދެމީހުން އެތަނުން ނުކުންނަން ދުއްވައިގަތެވެ.

ކޮންމެއަކަސް ދުވެފައި ގޮސް ގެއާއި ހަމައަށް ދެވިއްޖެއެވެ. ދެމީހުނަށްވެސް ދިޔައީ މާނޭވާ ލެވެމުންނެވެ. ދެމީހުންވެސް ހަމައަކަށް އެޅި އެކަކު އަނެކަކަށް ބަލައިލައިފައި ހިނިތުންވެލިއެވެ. އެވަގުތު ނިހާން ޒިޔާނާގެ އަތުގައި ހިފައި ދަމައިގަނެފައި ގެނެސް އޭނާގެ ގައިގައި ބައްދައިލިއެވެ. “ނަސީބެއްނު ޒިޔާ ސަލާމަތްވިކަން… ޒިޔާ ތިހާ ސްޓްރޯންގްކަމެއް އަދި މަށަށް މި އެނގުނީ.” ޒިޔާނާ އޭނާގެ ގަޔާއި ދުރުކޮށްލަމުން ނިހާން ބުނެލިއެވެ. ޒިޔާނާ ލުއިގޮތަކަށް ހިނިތުންވެލީއެވެ. “ހިނގާ ޕޮލިހަށް މިކަން އަންގަން. އެހެންނޫނީ އަހަރުން މާލޭގަ އުޅޭހާ ދުވަހަކު ސޭފެއްނުވާނެ. ފެންނަ ކޮންމެ ތާކުން ދިމާކޮށްގަނެފާނެ.” ޒިޔާނާ އެހެން ބުނުމާއިއެކު ނިހާން ލަސްކުރުމެއްނެތި ފުލުހުންނަށް ގުޅައި ވެގެން އުޅޭ ގޮތް ސާފުކޮށް ކިޔައިދިނެވެ.

ދެދުވަހެއްގެ ތެރޭ ހުރިހާކަމެއް ހަމަޖެހިގެން ދިޔައެވެ. މަތީނާއި އޭނާގެ ބައިގަނޑު ޖަލުގެ ތޭރިތަކުގައި ހައްޔަރުވެގެން ދިޔައެވެ. އެކަމާ މަތީން ހިތްހަމަނުޖެހިފައިވުމުން އޭނާ ޒިޔާނާގެ ކިބައިން އޭނާއަށް މި ލިބުނުގެ އަދަބުގެ ބަދަލު ދޭންޖެހޭނެކަމަށް މަތީންގެ ހިތް މަތީނަށް ވިސްނައިދިނެވެ.

……….

ދެމީހުން އެތާ ތިބޭތާ ވިހި މިނެޓްވީއިރުވެސް ދެމީހުންގެ ދެމެދުގައިވީ ހަމަހިމޭންކަމެވެ. މަތީން ވާހަކަ ފަށާނެ ގޮތަކާއިމެދު ވިސްނަން އިންއިިރު ނިހާން އިނީ އެދުވަސްތައް މަތިން ހަނދާންކޮށްލަކޮށްލައެވެ.

“އަހަންނަށް މާފުކުރޭ ނިހާން.” ނިހާން އެދުވަސްތައް މަތިން ހަނދާންކުރަން އިންދައި މަތީންގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ނިހާން އޭނާގެ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. އެވަގުތު މަތީން އިސްއުފުލައި ނިހާންއަށް ބަަލައިލިއެވެ.

“މަ ކިހިނެތް ތިވަރުގެ މީހަކަށް އެވަރުގެ ކަމަކަށް މާފުކުރާނީ؟ ކަލޭ އެދުވަހު ކުރަން އުޅުނީކީ ކުޑަކުޑަ ކަމެއް ނޫނެއްނު.” ހިތްހަަމަނުޖެހިފައިވި ރާގެއްގައި ނިހާން ބުންޏެވެ. އެއަޑުގައި ހިތާމައިގެ އަސަރުވެސް އެކުލެވިފައިވިއެވެ. “އަހަންނަށް އިނގޭ ނިހާނަށް މާފުކުރަން އުނދަގޫވާނެކަން. އަދި އަހަރެން މި ކިޔާދޭ ވާހަކަތައް ނިހާން އަޑުއަހާފަ އަދި އެކަން ކުރަން ނިހާނަށް މާ އުނދަގޫވާނެ.. އެކަމަކުވެސް ހަގީގަތް ފޮރުވާފަ ބާއްވާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ބޭނުން ވެދިޔަ ކަންތަކުގެ ހުރިހާ ހަގީގަތެއް ނިހާނަށް ކިޔާދޭން. ޒާޔާއަށް ވީ ހުރިހާގޮތެއްގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް އަހަރެން ވާނެ.” މަތީން ވާހަކަދައްކަމުން ގޮސް އެންމެ ފަހުން ބުނެލި ޖުމުލައިން ނިހާނަށް ދެލޯ ބޮޑުކޮށްލައިފައި މަތީނާއި ދިމާލަށް ބަލައިލެވުނެވެ. “އޭނ؟؟” ޤަބޫލުނުކުރެވިފައިވި ފަދައަކުން ނިހާނަށް ބުނެވުނެވެ. މަތީން މަޑުމަޑުން ބޯ ޖަހައިލިއެވެ. “ނިހާންގެ ދަރިފުޅަށްޓަކާ ނަމަވެސް އަހަރެން މި ދައްކާ ވާހަކަތައް އަޑުއަހައިދީ. ޕްލީޒް.” އާދޭހުގެ ރާގެއްގައި މަތީން ބުނެލިއެވެ. ނިހާން އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު މަތީނަށް ބަލައިލައިފައި ބޯ ޖަހައިލިއެވެ. މަތީން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނާގެ ވާހަކަ ފެށިއެވެ.

“އަހަރެން ޖަލަށް ލައި ބަންދު ކުރެވުނު ދުވަހުން ފެށިގެންވެސް އަހަރެން ބޭނުމެއްނުވި މަޑުން ހުންނާކަށް. އަހަރެން ދޫކޮށްލުމުން އަހަރެން ހުރީ ހަމަ ރަނގަޅަށްވެސް ޒިޔާނާގެ ކިބައިން ބަދަލު ހިފަން ތައްޔާރަށް. އެހެނަސް ތި ރަށަށް ދެވުމުގެ ކުރިން އަހަންނަށް ޒިޔާނާ މަރުވި ޚަބަރު ލިބުނު. އަދި ދަރިއަކު ހުންނަ ވާހަކަވެސް އަޑުއެހިން. އަހަރެން ދެން ހިތަށް އެރީ ޒިޔާނާގެ ދަރިފުޅާއޭ ކުޅެލާނީ.” މަތީން ވަރަށް އުނދަގުލުން އެ ފަހު ޖުމުލަތައް ބުނެލިއެވެ. ޒިޔާނާގެ ދަރިފުޅޭ ކިޔައިގެން މަތީން ދައްކާ ވާހަކަތައް ނިހާނަށް އަޑުއަހަން ފަސޭހައެއް ނުވާނެކަން މަތީނަށް އެނގޭތީއެވެ. ދެންވެސް ފުންނޭވައެއް ދޫކޮށްލައިފައި މަތީން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އަހަރެން ތި ރަށަށް ދިޔަތާ ފުރަތަމަ ދުވަހުވެސް އަހަންނަށް ޒާޔާ ފެނުނު. މަށަށް ޒާޔާ ފެނުނީ އާލިޔާއަށް ބޮޑުދައިތަ ކިޔާ ކުއްޖަކާއެކީ ޒާޔާ ދަނިކޮށް. އެއީ ވަރަށް ވިއްސާރަ ދުވަހެއް. ވާރޭ ތެމެން ނުކުމެ އެދެކުދިން އުޅުނީ އެދުވަހު. އަހަރެންގެ ދެން ހުރި އެންމެ ގާތް އެކުވެރިޔާ ޖިނާނަށް ގުޅާފަ ބުނިން ޒާޔާ ފެނުނު ވާހަކަ ބުނީމަ އޭނަ ބުނި ޒާޔާއާ ބެހޭގޮތުން މައުލޫމާތު ހޯދަން. އަހަރެން ހަމަ އެދުވަހުން އެދުވަހަށް އެ މަސައްކަތް ފަށައިގަތިން. އާލިޔާމެންގެއަށް ގޮސް އާލިޔާކައިރިން އަހަރެން ޒާޔާއާ ބެހޭގޮތުން ކުޑަވަރެއްގެ މައުލޫމާތެއް ހޯދާލީމު. އެދުވަހު އަހަރެން ޒާޔާއަށް ފާރަލައިގެންވެސް ޒާޔާ އުޅޭގެވެސް ހޯދީމު. އަހަރުމެންގެ އަޒުމަކަށް ވެފައިވީ ޒިޔާނާގެ ދަރިފުޅު މުޅި ދުނިޔެއަށް ބަދުނާމުކޮށްލަން. އެކަން ކޮންމެއަކަސް ވަރަށް ރަނގަޅަށް ވެ ނިމިއްޖެ. އެކަމަކު ޒާޔާ ބަދުނާމުވުމުގައި އަހަރެންގެ އެހާ ބޮޑު ކުށެއް އޮންނާނެކަމަށް އަހަރެން ނުބުނާނަން. ޒާޔާ ބަދުނާމުކޮށްލުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ…” މަތީނަށް އެހިސާބަށް ހުއްޓައިލެވުނެވެ. ނިހާންގެ ފެންކަޅިވެފައިވާ ދެލޯ ފެނި މަތީންގެ ދެލޯވެސް ފެންކަޅިވިއެވެ. އެހެނަސް އަވަސްއަވަހަށް ދެލޯ ފުހެލައިފައި މަތީން ނިހާންގެ ކޮނޑުމަތީ އޭނާގެ އަތްތިލަ ބާއްވައިލިއެވެ.

“ކާކު؟ ކާކު އަހަރެންގެ ދަރިފުޅު ބަދުނާމުކުރީ؟ ކިހިނެތް ހަދައިގެން؟ ކޮންގޮތަކަށް؟” ނިހާން އެއްފަހަރާ އެތަކެއް ސުވާލުތަކެއް ކުރިއެވެ. “އެމީހާގެ ނަން އަޑުއަހާކަށް ނިހާންގެ ކަންފަތަކަށް ފަސޭހައެއްނުވާނެކަންނޭނގެ. އެކަމަކުވެސް އަހަރެން ނެތިން ނުބުނެ ހުންނާކަށް. އެއީ ނިހާންގެ އަނބިމީހާ.. ޖަމީލާ.” މަތީން އެއީ ޖަމީލާއޭ ބުނުމުން ނިހާނަށް ހީވީ ނޭނގޭ މީހަކު އައިސް އޭނާގެ ކަންފަތުގައި ހިފައި ކަންފަތް އުފުރައިލިހެނެވެ. ވަގުތުން މީހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޖަ.. ޖަމީލާއޭ؟” ވައި އަޑުން ނިހާނަށް ސުވާލުކޮށްލެވުނެވެ. މަތީން މަޑުމަޑުން ބޯ ޖަހައިލިއެވެ. “ކިހިނެތް؟” ހިތާމަވެރި މޫނަކާއިއެކު މަތީނަށް ބަލައިލަމުން ނިހާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“ޒާޔާ ބަދުނާމުކުރާނެގޮތުގެ މޮޅެތި ޚިޔާލާ ލަފާ އަހަރުމެންނަށް ދިނީ ޖަމީލާ. ޒާޔާގެ ނަމުގައި ލިއަމް ކިޔާ މީހަކާ ވާހަކަދައްކައިފައި ހުރީވެސް ޖަމީލާ. ނިހާނަށް ފެނިފަ ހުންނާނީ ސޯޝަލް މީޑިއާއިން އެ ޗެޓްތަކުގެ ސްކްރީންޝޮޓްތައް. އެ ހަމަ ހުސްވެސް ޖަމީލާ ލިއަމްއާ ދައްކައިފައި ހުރި ވާހަކަތައް. ލިއަމްއަކީ ކުރިން ގޯސް މީހަކަސް މިހާރު ވަރަށް ރަނގަޅު މީހެއް. ތިރަށު ސްކޫލްގަ ވަޒީފާވެސް އަދާކުރި މީހެއް އެއީ. ލިއަމްއަށް އޭނާއަށް މި ވާހަކަދެއްކުނީ އެހެން މީހަކާ ކަމެއް އެނގުނީވެސް އޭނަ ސްކޫލްގަ އުޅެނިކޮށް. އެކަން އެނގިގެން އޭނަ ވަޒީފާއިން ކެނޑިގެން އަނެއްކާ މާލެ އައީ.” މަތީން ދެއްކި އެ ވާހަކަތައް ނިހާނަށް ނުހަނު ފަސޭހައިން ގަބޫލުކުރެވުނެވެ. އެހެނަސް އަދިވެސް އޭނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިފައިވިއެވެ.

“އޭރު ޖަމީލާގެ ފޯނު ހަލާކުވެގެން އެ ހުރިހާ ޗެޓްތަކެއްގެ ސްކްރީންޝޮޓްތައް ހުރީ އަހަރެންގެ ފޯނުގަ ރައްކާކޮށްފަ. ވަގުތު ޖެހުނީމަ ސޯޝަލް މީޑިއާއަށް ލާންވެގެން. އެކަމަކު އެކަން އަހަންނަށް ކުރެވުމުގެ ކުރިން ދިމާވި ކަމެއްގެ ސަބަބުން އަހަންނަށް ހެޔޮ ވިސްނުން ލިބުނު. ދިމާވި ކުޑަކުޑަ ބިރުވެރި ޙާދިޘާއަކާ ގުޅިގެން. އެދުވަސްކޮޅަކީ ޖަމީލާއަށް އާ ފޯނެއް ލިބިގެން އުޅުނު ދުވަސްކޮޅު. ހަމަ ލިބުނުއިރަށް މަށަށް ގުޅައިފި. އޭރު ނޭނގެ އެ ގުޅަނީ ޖަމީލާ ކަމެއް. ނުދަންނަ ނަމްބަރެއް ވީމަ. ދެން ފަހުން އިން މެސެޖެއް ކޮށްފަ. އެ މެސެޖު ކިޔާލެވުނީމަ އެނގިއްޖެ މިއުޅެނީ ޖަމީލާކަން. މަ ދެން އަޅައެއްނުލަން. ދެން އަހަރެން އެދުވަހު ދިޔައިން ލިއަމް ގާތަށް އޭނާ ގާތުން މަށަށް ކުރެވުނު ކަންތަކަށް މާފަށް އެދެން. އެ ތަންވަޅު ބަލާފަ ޖިނާން ސިއްރުން އަހަރެންގެ ފޯނު ނަގައިގެން އެހުރިހާ ފޮޓޯތަކެއް ޖަމީލާއަށް ފޮނުވާލީ. އޭގެ ފަހުން މަށަށް ހުރިހާ އެއްޗެއް ޑިލީޓްކޮށްލެވުުނީ. ހިތަށް އެރި ވަގުތު ފާއިތުވުމުގެ ކުރިން އެ ފޮޓޯތައް ޑިލީޓްކޮށްލެވުނު ނަމައޭ. އެކަމަކު.. ދެން ކުރާނެކަމެއް ނެތް. ކޮންމެއަކަސް ވާނެގޮތެއްވެ ނިމިފަ މިއޮތީ.” މާޔޫސީ ރާގަކަށް މަތީން ބުންޏެވެ.

މަތީން ދެއްކި ވާހަކަތައް އަޑުއަހައިފައި ނިހާން އިނީ ހަމަ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޖަމީލާ ޒާޔާއަށް އެވަރުގެ ބޮޑު ދެރައެއް ދީފާނެކަމަކަށް ނިހާނަށް ފަހަރެއްގައިވެސް ހީކުރެވިފައެއް ނެތެވެ. އެހެނީ އޭނާއަށް ފެނިފައިވަނީ ޖަމީލާ ޒާޔާއާއި ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައް ކޮށްފައިވި މަންޒަރުތަކެވެ. ފަހަކަށް އައިސް ޒާޔާއާއިމެދު ފަރުވާކުޑަވިޔަސް އެވަރުގެ ކަމެއް ޖަމީލާ ކޮށްފާނެކަމަކަށް ނިހާން އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ.

“މަތީން.. ތިހުރިހާކަމެއް އަހަންނަށް ކިޔާދިނީތީ ވަރަށް ބޮޑަށް އުފާވެއްޖެ.” މަތީނަށް ބަލައިލައި ހިނިތުންވެލަމުން ނިހާން ބުންޏެވެ. “މީ އަހަންނަށް އިނގޭވަރު. ޒާޔާ ކައިރިއަށް ގޮސް ޒާޔާއާވެސް ނިހާން ވާހަކަދައްކާލާތި.” މަތީން ބުންޏެވެ. ނިހާން ބޯ ޖަހައިލައިފައި އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ކުއްލިއަކަށް ކަމެއް ހަނދާންވުމާއިއެކު ނިހާނަށް ފަސްއެނބުރި މަތީނާއި ދިމާލަށް ބަލައިލެވުނެވެ.

“ޒާޔާ އުޅޭތަނެއް މަތީނަށް އިނގޭތަ؟” ނިހާން އެ ސުވާލުކޮށްލީ މަތީނަށް އެކަންވެސް އެނގޭނެކަމަށް އޭނާގެ ހިތް ބުނުމުންނެވެ. “އަހަންނަށް އެންމެ ފަހުން ޒާޔާ ފެނިފަވަނީ ލިއަމްއާއެކު. ލިއަމް އާ އެއްކޮށް އެގޭގަ ކަންނޭނގެ ޒާޔާ އުޅެނީ.” މަތީން އެހެން ބުނުމާއިއެއްކޮށް ނިހާން އަނެއްކާވެސް މަތީނަށް ޝުކުރު އަދާކޮށްފައި އެތަނުން ދިޔައެވެ.

ހުރިހާ ކަމެއްވެސް ނިހާނާއި ޚިއްޞާ ކުރެވުމުން މަތީން އިނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި ޒާޔާ އާއި ލިއަމް އެމީހުންގެ ހުރިހާ ވާހަކަތަކެއް ނިހާނާއި ޚިއްޞާކޮށްފިނަމަ މަތީން މިހާރަށްވުރެވެސް ބޮޑަށް ހިތްހަމަޖެހޭނެއެވެ. އޭނާ ބޭނުންވަނީ ޒާޔަ ދިރިދުނިޔޭގައި ހުރެ ޒާޔާއަށް އިންސާފު ލިބޭށެވެ. ޒާޔާގެ ގެއްލިފައިވާ އަބުރާއި އިއްޒަތް އަނބުރައި ޒާޔާއަށް ލިބުމެވެ. އަދި ޒާޔާއަށް ދެރަދިނީތީ އެކަމުގެ އަދަބު ޖަމީލާއަށް ލިބޭށެވެ. މަތީން ކުޑައިރުކޮޅެއްވަންދެން ރަސްރަނި ބަގީޗާގައި އިނުމަށްފަހު އެތަނުން ތެދުވެގެން ގެއަށް ދާން ހިނގައިގަތެވެ.

ނިހާން ހަމަ އެރެއިން އެރެއަށް އަޙްމަދުގެ ފަރާތުން ލިއަމް އުޅޭ އެޑްރެސް ހޯދިއެވެ. އަދި މާދަމާ ލިއަމްގެ ގެއަށް ދާން ނިންމިއެވެ. އޭނާގެ ދަރިފުޅަކީ އެއްވެސް ކުށެއްނެތް މައުސޫމް ކުއްޖެއްކަން މިއަދު ނިހާނަށް އެނގިއްޖެއެވެ. މިހުރިހާ ކަމެއްގެ ފަހަތުގައިވި މަކަރުވެރި ނުބައި ވިހަގަދަ ހަރުފައަކަށް މިވީ އޭނާގެ އަނބިމީހާއެވެ. އާނއެކެވެ! ޖަމީލާ އޭނާގެ ދެލޮލުގައި ކަޅުކަންގަދަވެގެންވާ އަނދުނެއް އެޅުވީއެވެ.

ނިހާ ގާތުގައި އޮތް ޖަމީލާއަށް މިރޭ އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. އޭނާގެ ހިތްވަނީ ނުބައި ވަސްވާސްތަކުން ފުރިފައެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ ޖަމީލާ އޮތީ ކޮޓަރީގެ ހުދުބޮކި ދިއްލައިގެންނެވެ. އެއްގޮތަަކަށްވެސް ކޮޓަރިތެރެ އަނދިރިވާކަށް ޖަމީލާ ބޭނުމެއްނުވެއެވެ. ޖަމީލާއަށް ހައްތަހާވެސް ހީވަނީ އެ ހަތަރުފާރުން ކޮންމެވެސް އެއްފާރެއްގެ ކަނުގައި ކޮންމެވެސް ނުބައި އެއްޗެއް ހުރެދާނެ ކަމުގައެވެ. ޖަމީލާ އެންމެ ފަހުން އޭނާގެ ފޯނުން ޤުރްއާން ޕްލޭކޮށްލައިފައި އޭނާގެ ކަންފަތް ދޮށުގައި ފޯނު ބާއްވައިލިއެވެ. މަޑުމަޑުން ޤުރްއާން އަޑުއަހަން އޮތްވަރަކަށް ޖަމީލާގެ ހިތުގައިވި ބިރުވެރިކަމާއި ނުތަނަވަސްކަން ފިލައި ގޮސް އިސާހިތަކު އޭނާއަށް ނިދިއްޖެއެވެ.

ހެނދުނުގެ ވަގުތެވެ. އަޙްމަދާއި އެކު ހިނގައިލައިފައި އައިސް ނިހާން އަޙްމަދާއިއެކީ ގެއަށްވަނެވެ. އަދި ގެއިން ސައިބޮއެގެން ނިހާން ނުކުތީ އަޙްމަދާއިއެކު ލިއަމްމެން ގެއަށް ދާށެވެ. އަޙްމަދު ވެގެން އުޅޭ ގޮތަކާއިމެދު ނިހާން ގާތުގައި ސުވާލުކުރުމުންވެސް ނިހާން އެއިން އެއްވެސް ސުވާލަކަށް ޖަވާބުދޭކަހަލަ ޚިޔާލެއް ނުކުރިއެވެ. ނިހާން އޭނާގެ އާއިލާތެރޭ ޖެހޭ އެއްވެސް މައްސަލައެއް ކިތަންމެ އިތުބާރުކުރެވޭ މީހެއް ގާތުގައިވެސް ބުނާކަށް ބޭނުމެއްނުވެއެވެ. އެހެންކަމުން ނިހާން އެއިން އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ހަނު ހުންނަނީއެވެ.

ލިއަމް ފަތިހު ފަތިހާ އޮފީހަށް ދިއުމުން ޒާޔާ އުޅުނީ ފޫހިވެގެންނެވެ. މިއަދު ޒާޔާ ކޮލެޖަށް ދާން ނުކެހޭތީ ޒާޔާ ވަކިން ފޫހިވިއެވެ. ގޭގައި އެގޮތަށް އެކަނި އިންނަން ޒާޔާ ނުލާހިކު ފޫހިވެއެވެ. ޒާޔާ އެންމެ ފަހުން ބަދިގެއަށް ގޮސް ޖޫސްތައްޓެއް ގިރައިލައިގެން އައިސް ސިޓިންގް ރޫމުގައި އިށީނެވެ. އަދި މޭޒުމަތީ އޮތް ރިމޯޓު ނަގައި ޓީވީ ހުޅުވައިލިއެވެ.

ޒާޔާ ޓީވީ ބަލަން އިންދައި ގޭގެ ބެލް އަޅުވައިލި އަޑު އިވުނެވެ. “މިގަޑީ ކާކުތަ؟” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް އެ ސުވާލުކޮށްލުމަށްފަހު ޒާޔާ ސޯފާއިން ތެދުވިއެވެ. މިގެއަކީ އެހެން މީހަކުވެސް ވަންނަ ގެއަކަށް ނުވުމާއި އަދި މިއީ ލިއަމް ގެއަށް އަންނާނެ ވަގުތަކަށް ނުވީމަޔާއިއެކީ ޒާޔާގެ ހިތުގައި ސުވާލު އުފެދުނީ މިގަޑީ އެގެއަށް އަންނާނީ ކާކުކަމާއި މެދުގައެވެ. ދެވަނަ ފަހަރަށްވެސް އެ މީހަކު ބެލް އަޅުވައިލުމާއިއެކު ޒާޔާ މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެއާއިއެކު ކުރިމަތީ ހުރި މީހާ ފެނިފައި ޒާޔާއަށް އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. ޒާޔާއަށް ހީވީ ނޭނގޭ މީހަކު އައިސް އޭނާގެ މޫނުމަތީ އެއްޗަކުން ޖެހިހެންނެވެ. ޒާޔާއަށް އޭނާގެ ކުރިމަތިން މި ފެނުނީ ދުވަހަކުވެސް ދެން އޭނާއަށް ފެންނާނެ ކަމަށް ހީކުރެވިފައިވި މޫނެއްނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

އިންތިޒާރު ކުރަމޭ ލޯބިވާތީ (1)

Next

ލޯބީގެ ހައްގުގައި 16

Next
September 25, 2020

ލޯބީގެ ހައްގުގައި 16

Previews
September 25, 2020

އިންތިޒާރު ކުރަމޭ ލޯބިވާތީ (1)

32 Comments!

  1. R¥N says:
    September 25, 2020 at 3:25 pm

    Maasha Allah ???????vvvvvvvv reethi mi part ves ????????????????????????????????????????????????????dhonthyyyy wowwwwww ????????curiously waiting for the nxt ??????????????????????????Lysm ????????????????????????TC dhonthy ???????

    1. Dhonthy says:
      September 25, 2020 at 11:58 pm

      RYN 😀 😀 😀 Thank you so much dear! vvv ufaawejje 😀 😀 And yes! Keep waiting curiously for the next episode 😀 😛 😉 Love you too and take care <3 <3 <3 <3 <3

  2. R¥N says:
    September 25, 2020 at 3:26 pm

    Ryn 1 thrrr…yeyyyyyyy????????????????????????

    1. Dhonthy says:
      September 25, 2020 at 11:59 pm

      Yeah RYN au 1st. Congrats <3 <3 <3 <3 😀 😀 😀 😛

  3. ❤shyn❤ says:
    September 25, 2020 at 3:28 pm

    Wow ???????v reethi mi part ves ???????????????curiously waiting for the nxt part ??????????????????????lve u ??????????shyn 2 dhw

    1. Dhonthy says:
      September 26, 2020 at 12:01 am

      shyn 🙂 🙂 🙂 Thank you so much dear. And yes! Keep waiting for the next episode 😀 Love you too shyn <3 <3 <3 <3 <3 <3

  4. Maash says:
    September 25, 2020 at 4:42 pm

    Wow wow wow ? varah reethi maasha Allah ???? curiously waiting for the next part?jameelaa badhunaamuv yes?? dhen vaany kihinehbaa?

    1. Dhonthy says:
      September 26, 2020 at 12:02 am

      Maash 🙂 🙂 🙂 Thank you so much dear 😀 Kihneiybaadhw waanee dhn… Balamaa! Keep waiting 🙂 🙂 🙂 <3

  5. Maittey says:
    September 25, 2020 at 5:37 pm

    Alhey nooratteyy??????????????????????????????????????? varah varah varah reethi mi bai vx❤❤❤❤❤❤❤❤❤❤❤❤?????????????? varah curious kohlaafa thi ninmaaly???,, curiously waiting for the next part??… when next?

    1. Dhonthy says:
      September 26, 2020 at 12:04 am

      Maittey 🙂 🙂 🙂 Thank you so much mai. And yes! Keep waiting for the next episode 😀 Next episode hama liyevunhaa avahakau upload kolladheynan inge. <3 <3 <3 <3 <3

  6. Ram says:
    September 25, 2020 at 5:59 pm

    Wow Wow ???? reethi vvv reethi maasha allah waiting for the next part??????????❤❤❤❤❤❤❤❤❤

    1. Dhonthy says:
      September 26, 2020 at 12:06 am

      Ram 🙂 🙂 🙂 Thank you so much dear. Keep waiting for the next episode <3 <3 <3 <3 😀 😀 😀

  7. JUSTICE says:
    September 25, 2020 at 6:00 pm

    Hama v iraa jameelaa bust vyma..????

    1. Dhonthy says:
      September 26, 2020 at 12:07 am

      Hehe. Thanks JUSTICE 🙂

  8. ?KIMTAETAE-JEONKOOKIE? says:
    September 25, 2020 at 6:36 pm

    alhey dhonthyy vvv curious kohlaafa thi nimmaaly???
    kn iarakah next part up vany
    luv you????
    stay safe?????

    1. Dhonthy says:
      September 26, 2020 at 12:09 am

      KIMTAETAE-JEONKOOKIE 🙂 🙂 🙂 Thank you and next episode hama liyevunuhaa avahakau upload kollaanan inge. Love you too and stay safe <3 <3 <3 <3 <3 <3

  9. Sama says:
    September 25, 2020 at 6:57 pm

    Vvvvvv reethi
    V reethi
    And varah ufaavejje avahah up kolla dhineema
    Dhen in part ves avahah up kolla dhehchey
    Lysm

    1. Dhonthy says:
      September 26, 2020 at 12:10 am

      Sama 🙂 🙂 🙂 Thank you so much dear 😀 Dhn in bai es balaanan avahau up kolleveythoa. ekm mibai upvihaa avahau up nuwedhaane. 🙁 Anyways i will upload it okay dear <3 🙂 Love you too <3 <3 <3 <3 <3

  10. UNKNOWN QUEEN ✨ says:
    September 25, 2020 at 7:27 pm

    DHONTHY. . VARAH SALHI.. YOU ARE THE BEST.. WHEN NEXT?? AND HOW ARE YOU DHONTHII.. LYSM.. TC AND SATY SAFE.. ❤️❤️❤️❣️❣️❣️

    1. Dhonthy says:
      September 26, 2020 at 12:12 am

      UNKNOWN QUEEN 🙂 🙂 🙂 Thank you so much dear! V ufaawejje 😀 😀 😀 Next episode hama liyevunuhaa avahakau upload kolladheynan. And yes dear. Dhonthige haalu rangalhu Alhamdhulillah! Hope you are doing fine.
      Love you too <3 <3 <3 <3 Take care and stay safe <3 <3

  11. Unknown girls says:
    September 26, 2020 at 8:26 am

    Yagin viya jameela bust vaane

    1. Dhonthy says:
      September 26, 2020 at 3:02 pm

      Bust waanekamau balaanee dhw ehnma 🙂 🙂 🙂

  12. ⛦Xoya⛤ says:
    September 26, 2020 at 11:58 am

    Oh dhonthy mi part varah cool. It’s mind blowing. Curiously waiting for the next part. Luv u dhonthy. ?????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ varah kula gadha comment kuraa hiyy vany dhonthy ah. ????????????????????????????????????????take care

    1. Dhonthy says:
      September 26, 2020 at 3:04 pm

      Xoya 🙂 🙂 🙂 Thank you so much dear. V ufaavejje 😀 😀 😀 Keep waiting for the next ep inge Xoya 🙂 🙂 Dhonthi es eba beynunwe v kulagadha reply dheyn thihaa kulagadha comment akau. Ekm PC weema neiy ehaa gina emoji eiy. Hehe 😀 😀 😀 😀 😀 😀 😀 😛 😛 😛 😛 😉 😉 😉 🙂 🙂 Take care and love you too <3 <3 <3 <3 <3

  13. ??? says:
    September 26, 2020 at 12:51 pm

    Masha Allah Masha Allah varah varah reethi mi prt ♥️♥️♥️ zayaa ah justice libenee dhww ?? alhe hrdha reehchey ??? curiously waiting igey maa curious Koh nihmaaly ma ??? stay safe ?? TC ♥️♥️ lysssssmmmmmm ❤️❤️❤️❤️

    1. Dhonthy says:
      September 26, 2020 at 3:06 pm

      Afu 🙂 🙂 🙂 Thank you so much dear 😀 😀 And yes! Keep waiting for the next episode dear.. Take care Afu 😀 😀 🙂 🙂 Love you too and stay safe <3 <3 <3 <3 <3 <3

  14. maasha says:
    September 27, 2020 at 1:42 pm

    I love this part !!!!!!!!!!!!!!!!!!!!!!!!!!!!!! Waiting for next part

    1. Dhonthy says:
      September 28, 2020 at 1:05 am

      maasha 🙂 🙂 🙂 Thank you so much dear. And yes! Keep waiting for the next episode 😀 😀

  15. lihaa says:
    September 28, 2020 at 10:35 am

    ????wow Vara salhi mi part ❤️❤️and Vara miss u mathin ?☺️?☺️❤️❤️

    1. Dhonthy says:
      September 28, 2020 at 6:34 pm

      lihaa 🙂 🙂 🙂 Thank you so much 😀 😀 😀 <3 <3 <3

  16. ⛦Xoya⛤ says:
    September 29, 2020 at 6:25 am

    Dhonthy when next part. Curiously waiting. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Dhonthy says:
      September 29, 2020 at 7:00 pm

      Xoya 🙂 🙂 🙂 Dhonthi mi balanee mireyge vaguthegga next ep upload kolleveythoa inge. Please keep waiting dear! 🙂 🙂 🙂 <3 <3 <3 <3

Comments are closed.

Next Episodeޒާޔާ (ސައުރަތިރީސްވަނަ ބައި)←


All Right Reserved!