Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ބައްތިރީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
September 24, 2020 9 Mins Read
31 Comments

ސިކުނޑީގައި އުފެދެމުން ދިޔަ ބޭކާރު ޚިޔާލުތައް ދޫކޮށްލަން މަސައްކަތް ކުރަމުން ލިއަމް ކޮފީ ޖޯޑުން އެތިފޮދެއް ބޮއެލިއެވެ. އޭނާ އެއްގޮތަކަށްވެސް ޒާޔާއާއި ދޭތެރޭ އެފަދަ ނަޒަރަކުން ދެކޭކަށް ބޭނުމެއްނުވެއެވެ. އެފަދަ ގޮތަކަށް ލިއަމް އުޅެންޏާ އަނެއްކާވެސް ޒާޔާއަށް އިތުރު ދެރައެއް ނޫނީ ނުލިބޭނެކަން ލިއަމް އަށް ވަރަށް ރަނގަޅަށް އިނގެއެވެ.

ލިއަމްގެ ގަމީސް އިސްތިރިކޮށްދިނުމަށްފަހު ޒާޔާ އައިސް ލިއަމް ގާތުގައި އިށީނެވެ. ލިއަމް އޭނާއަށްޓަކައި ހަދައިދިން ކޮފީއިން އެތިކޮޅެއް ބޮއެލައިފައި ޒާޔާ އޭނާގެ ފޯނު ނެގިއެވެ. ޒާޔާ އޭނާގެ ނަމްބަރު ބަދަލުކޮށްފައިވުމުގެ ސަބަބުން އުސްމާންމެނަށް އޭނާއަށް ގުޅޭނެ ގޮތެއް ނުވަނީއެވެ. އަނެއްކޮޅުން ޒާޔާއަށް އެމީހުންގެ ނަމްބަރު ނޭނގެތީ އެއިން މީހަކަށްވެސް ގުޅައެއްނުލެވެއެވެ. ޒާޔާ ގުޅާކަށް ބޭނުމެއްވެސް ނުވެއެވެ. އެ އެންމެންނާ ދޭތެރޭ ޒާޔާގެ ހިތުގައި ވަނީ ޝަކުވާއެވެ. ވަކިން ޚާއްޞަކޮށް ޒާޔާގެ ބައްްޕަ ނިހާނާއި ދޭތެރޭގައެވެ.

“ޒާޔާ. މަ މިދަނީ ފެންވަރަން އިނގޭ. މިއަދު ސައިބޯނީ ގޭގަ ދޯ!.” ކޮފީ ޖޯޑު މޭޒުމަތީ ބަހައްޓަމުން ލިއަމް ބުންޏެވެ. ޒާޔާވެސް އެ ވާހަކައަށް އެއްބަސްވެލީ އަބަދު ރެސްޓޯރެންޓުން ސައި ނުބޯންވެގެންނެވެ. ޒާޔާމެން އާންމުކޮށް ހެނދުނުގެ ސަޔާއި މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުން ކަނީ ރެސްޓޯރެންޓްތަކުންނެވެ. މިހާރު އެމީހުންވެސް ރެސްޓޯރެންޓަށް ދާ މިންވަރު މަދުކޮށްލަން އެބަޖެހޭކަމަށް ޒާޔާގެ ޟަމީރު ބުނެއެވެ.

ލިއަމް ދިޔުމުން ޒާޔާ ތެދުވެ ދެ ކޮފީ ޖޯޑު ހިފައިގެން ބަދިގެއަށްވަނެވެ. ތަށިތައް ދޮވެލައިފައި ޒާޔާވެސް ދިޔައީ ފެންވަރައިލައިގެން ކޮލެޖަށް ދާން ތައްޔާރުވުމަށެވެ.

ހެނދުނުގެ ސައިބޮއެ ނިންމައިލުމަށްފަހު އަޙްމަދާއި ނިހާން ބޭރަށް ނުކުތެވެ. އަޙްމަދު ނިހާން ގޮވައިގެން ނުކުތީ މާލޭގައި ހަދައިފައި ހުރި އާ އިމާރާތްތަކާއި އަޙްމަދުގެ އޮފީސް ނިހާނަށް ދައްކައިލުމަށެވެ. އަދި ނިހާން ގޮވައިގެން ކުޑަކޮށް ބާޒާރުކޮށްލާ ނިހާން ބޭނުންވާ އެއްޗެއް ގަތުމުގެ ބޭނުމުގައެވެ.

އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް މަތީން ސައިކަލު ބުރެއް ޖަހައިލުމަށްޓަކައި ބޭރަށް ނުކުތެވެ. ޒާޔާ ފެނުނު ދުވަހުގެ ފަހުން މަތީން ކޮންމެ ދުވަހަކުވެސް ހަމަ މި ގަޑީ ބޭރަށް ނުކުމެއެވެ. އަދި ކޮންމެދުވަހަކު ދެތިން ހަތަރު ފަހަރަށް ޒާޔާއާއި ބައްދަލުވި މަގުން މަތީން ބުރުޖަހައެވެ. އެހެނަސް އެ ދުވަހުގެ ފަހުން މަތީނަށް ވަނީ ޒާޔާ ފެންނާނެގޮތެއް ނުވެފައެވެ. އެކަމާ މާޔޫސްވިއެއްކަމަކު މަތީން އަދިވެސް އެ މަސައްކަތްކުރަމުން ދަނީ ޒާޔާއާއި ބައްދަލުކުރެވޭތޯއެވެ. ޒާޔާއަށް އަދި ހިނގައިދިޔަ ކަންތަކުގެ ބޮޑުބައި ނޭނގޭކަން އެނގޭތީ މަތީން ބޭނުންވަނީ އެ ހުރިހާ ކަމެއް ތަފްޞީލުކޮށް ޒާޔާއަށް ކިޔައިދޭށެެވެ. އިތުރު މީހަކު ޒާޔާ ގާތުގައި ދޮގު ހަދައި ޙަޤީޤަތް އޮޅުވައިލުމުގެ ކުރިން މަތީން އެ ހުރިހާ ޙަޤީޤަތެެއް ޒާޔާއަށް ކިޔައިދޭން ބޭނުންވެއެވެ.

ކޮންމެ މަގެއްގެ ވެސް ދެކޮޅު ބަލަމުން މަތީން ސައިކަލު ދުއްވަމުން ދިޔައެވެ. މަތީންގެ ދެލޯ އަދިވެސް ހޯދަނީ ޒާޔާއެވެ. މަތީން އެ އުޅޭ ގޮތުންވެސް ޒާޔާއަށް އެ ހުރިހާ ޙަޤީޤަތެއް ހާމަކޮށްދޭން އޭނާ ބޭނުންވެފައިވި ވަރު އެނގިގެން ދެއެވެ.

މަތީނަށް ‘އެކްސް.ބީ’ އޮފީހާއި ކައިރިއަށް ދެވުނުތަނާ ފެނުނު ސޫރައަކުން އޭނާގެ ސައިކަލުގެ ބުރަކި ޖައްސައިލެވުނެވެ. އެ އޮފީހުގެ ވެރިޔާއާއިއެކު އެ އޮފީސް ދޮރުމަތީ އެހުރީ ޒާޔާގެ ބައްޕަ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ނިހާން މާލޭގައި ކީއްކުރަނީ ހެއްޔެވެ؟ އަނެއްކާ ނިހާން ޒާޔާ ގޮވައިގެން މާލޭގައި އުޅެނީ ބާއެވެ؟ ނޫނެކެވެ. އެހެންވެގެނެއް ނުވާނެއެވެ. ޒާޔާ އުޅެނީ ލިއަމް އާއިއެކުގައެވެ. އެހެންވީމާ ޒާޔާ ނިހާން އާއި އެކު މާލޭގައެއް ނޫޅޭނެއެވެ. އަދި އަމުދުން ނިހާން ކުރި ކަންތަކުން ޒާޔާ ނިހާންއާއިއެކީ ނޫޅޭނެކަން މަތީނަށް ޔަޤީންވިއެވެ.

މަތީން ނިހާން ގާތަށް ދާންވެގެން އޭނާގެ ޓީޝާޓު ކަރުވަޅުގައި އަޅުވައިފައި އިން އަވި އައިނު ނަގައި ލޮލުގައި އަޅައިލިއެވެ. މޫނުން އެއްބައި ފޮރުވައިލުމުން އެއީ މަތީންކަން ޔަޤީންކުރާކަށް ނޭނގޭނެއެވެ. ދެއަހަރު ފަހުން ދެމީހުން ދިމާވާއިރު ނިހާނަށް މަތީން އެހާ ރަނގަޅަށް ފާހަގައެއް ނުވާނެކަން މަތީނަށް އެނގެއެވެ. ސައިކަލު އެއްފަރާތެއްގައި ޕާކުކޮށްލުމަށްފަހު މަތީން އޭނާ އާއި މާ ދުރުނޫން ހިސާބެއްގައި ހުރި ނިހާނާއި ދިމާލަށް ހިނގައިގަތެވެ.

“އައްސަލާމް ޢަލައިކުމް.” ފަހަތުން މީހަކު ސަލާމް ގޮވައިލި އަޑަށް އަޙްމަދާއި ނިހާން އެއްފަހަރާ ފަސްއެނބުރި ބަަލައިލިއެވެ. އެމީހުނަށް ބަލަހައްޓައިގެން ހިނިތުންވެލައިގެން ހުރި ޒުވާނާ ފެނުމުން ދެމީހުނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އަޙްމަދު ބީރައްޓެހި ނަޒަރަކުން މަތީނާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ނިހާންގެ މޫނުމަތިން ފެނުނީ އެހެން ކުލަވަރެކެވެ. އެ ޒުވާނާ ހިނިތުންވެލައިގެން ހުރިއިރު އެއީ އޭނާއަށް ރަށުން ފެނިފައިވާ މީހެއް ވައްތަރު ޖަހައެވެ. އެއީ ކާކުކަން ހަނދާންކުރަން އުޅި ހަނދާންވާގޮތެއް ނުވުމުން ނިހާން އެންމެ ފަހުން އެކަމާ އަޅައިނުލައި އެ ޒުވާނާ ގާތުގައި ކިހިނެތްވީތޯ އަހައިލިއެވެ.

“ނިހާން ދެއްތޯ؟” ގާތްގޮތަކަށް މަތީން އަހައިލިއެވެ. ސުވާލުގެ ނަޒަރަކުން މަތީނާއި ދިމާލަށް ބަަލައިލަމުން ނިހާން ބޯ ޖަހައިލިއެވެ. “އަޅުގަނޑު ބޭނުން ނިހާނާއި ވަކިން ބައްދަލުކޮށްލައި ވާހަކަދައްކާލަން. ވަރަށް މުހިންމު ވާހަކައެއް ނިހާން ގާތުގައި ބުނަންވެފަ އެބައޮތް… ކޮންއިރަކުންތޯ ބައްދަލުވާނީ؟” މަތީން އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި އޭނާ ބޭނުންވި ވާހަކަތައް ނިހާނާއި ޚިއްޞާ ކުރިއެވެ. “ނަމްބަރު ދޭންވީނު. އޭރުން މިހެން އުޅެފަ ފްރީ ވީމަ ގުޅާލާފަ ބުނާނަން.” ނިހާން ދެވަނަ ވިސްނުމެއްނެތި ބުންޏެވެ. މަތީން ހިނިތުންވެލައިފައި ނިހާނަށް އޭނާގެ ނަމްބަރު ދިނެވެ. އަދި ދެމީހުނަށް ވެސް ހިނިތުންވެލުމެއް ހަދިޔާކޮށްލުމަށްފަހު މަތީން އެތަނުން ދިޔައެވެ.

“ނިހާން. ކީއްތިކުރީ؟” ނިހާންގެ ފަރާތުން ދެންމެ ފެނުނު ކަންތަކުން އަޙްމަދު ހުރީ ޙައިރާންވެފައެވެ. “މަ ކީއްތަކުރީ؟” ދެބުމަ ގޮށްޖަހައިލަމުން ނިހާން އެހިއެވެ. “ނުވެސް ދަންނަ މީހަކަށް ތިހާ ފަސޭހައިން އިތުބާރުކުރީމަ.” އަޙްމަދު އެހެން ބުނުމުން ނިހާން ލުއި ގޮތަަކަށް ހިނިތުންވެލިއެވެ. “އެއީ އަހަރެން ނުދަންނަ މީހެއް ނޫން. އަހަރެން ރަށުގަ އުޅުނުއިރު ދެކުނީމު އޭނަ ދެތިން ދުވަހަކު.” ނިހާން ބުންޏެވެ. “އެހެންދޯ…. ހިނގާ އެތެރެއަށް.” އޮފީސް ދޮރާއި ދިމާލަށް އިޝާރާތް ކުރަމުން އަޙްމަދު ބުންޏެވެ. އަޙްމަދު އެތެރެއަށް ވަނުމުން ނިހާން އަޙްމަދުގެ ފަހަތުން އެ އޮފީހުގެ ތެރެއަށް ވަނެވެ.

މަތީން އޭނާއަށް ކުރެވުނު ކަންތަކާއި މެދު ހިތްހަމަޖެހިފައި ހުރެ އޭނާގެ ގެއަށް ވަނެވެ. ދެން އޭނާއަށް ޒާޔާ ހޯދަން އުޅޭކަށް ނުޖެހޭނެއެވެ. ޙަޤީޤަތް ހާމަކޮށްދޭން ޖެހޭ މީހާއާއި މިއަދު މަތީނަށް މިވަނީ ބައްދަލުވެފައެވެ. ނިހާންވެސް ވަރަށް ފަސޭހައިން މަތީން ދެއްކި ވާހަކަތައް ޤަބޫލުކޮށް މަތީނާއި ބައްދަލުކުރަން އެއްބަސްވެއްޖެއެވެ. މަތީން މިހާރު އެ އިންތިޒާރުކުރަނީ ނިހާން ގުޅާނެ އިރަކަށެވެ. އަދި މަތީން ނިންމައިގެން އެހުރީ ނިހާނަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ މަތީނަށް ކުރެވިފައިވާ ކުށަށް ނިހާންގެ ކިބައިން މަޢާފަށް އެދޭށެވެ.

ނިހާއަށް ކާންދީ ނިންމައިލުމަށްފަހު ޖަމީލާ ނިހާ ގެންގޮސް އެގޭ ސިޓިންގް ރޫމުގައި އިން އުސްމާން އަތަށް ދިނެވެ. މިއަދު އުސްމާނާއި ނޫމާން އުޅެނީ ޖަމީލާމެންގެއަށް އައިހެވެ. އުސްމާން ނިހާ ދެކޭހިތުން ހުރިވަރުން އެގެއަށް އައީއެވެ. ނޫމާން ވެސް ހުންނަނީ ނިހާ ދެކިލާ ހިތުން ކެތްމަދުވެފައެވެ. މިއަދު މިއީ އެ އިންތިޒާރަށް ނިމުމެއް އައި ދުވަހެކެވެ. އުސްމާނާއި ނޫމާންވެސް ނިހާ ދެކެ ވަރަށް ލޯބިވެއެވެ.

ނިހާ އުސްމާންގެ އުނގުގައި އިރުކޮޅަކު އިނދެފައި ނޫމާން ކައިރިއަށްދާން އުޅުނެވެ. ނޫމާން ހިނިތުންވެލައިފައި ނިހާ އުރައިލައިގެން ގޭގެ ގޯތިތެރެއަށް ނުކުތެވެ. ނޫމާން ނިހާ ގޮވައިގެން ގޮސް އިށީނީ އެތާ އިން ބޮޑު އުނދޯލީގައެވެ. ނޫމާން މޫނަށް ޖައްސާ ވައްތަރުތަކުން ނިހާގެ ލޯބި ލޯބި ހީލުމުގެ އަޑު މުޅި އެ ގޭގައި ގުގުމައިގެން ދެއެވެ.

އުސްމާނަށް ސައިތައްޓެއް ހިފައިގެން ޖަމީލާ ބަދިގެއިން ނުކުތެވެ. ސޯފާ ކުރިމަތީ އިން މޭޒުމަތީ ސައިތަށި ބަހައްޓައިފައި ޖަމީލާ ދާން އުޅުނު ވަގުތު ބޭރު އުނދޯލީގައި ނޫމާނާއިއެކީ އިން ނިހާ ޖަމީލާއަށް ފެނުނެވެ. އެވަގުތު ޖަމީލާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. އުސްމާންމެނަށް ޝައްކެއް ވެދާނެތީ ޖަމީލާ މަޑުން ހުރީއެވެ. އެހެންނޫނަސް މީ ދުވާލުގެ ވަގުތަށްވެފައި ނިހާ އެއިނީ ނޫމާން ގާތުގައި ކަމަށްވުމުން ޖަމީލާއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ކުރީ ރޭގެ ޙާދިޘާ ހަނދާންވެފައި ޖަމީލާގެ ހިތް ހަމަ ބިރުގަންނަނީއެވެ.

“ޖަމީލާ.” އުސްމާން ގޮވައިލުމުން ޖަމީލާ ފަސްއެނބުރި އުސްމާނާއި ދިމާލަށް ބަލައިލުމަށްފަހު ގޮސް އުސްމާން ގާތުގައި ސޯފާގައި އިށީނެވެ. އުސްމާނާއި ޖަމީލާ އެކި މަޢުޟޫއަށް ވާހަކަދައްކަމުން ދިޔައެވެ. ދެމީހުން ވާހަކަދައްކަމުން ދައްކަމުން ގޮސް އުސްމާން ޒާޔާގެ ވާހަކަ ފެށުމުން ޖަމީލާ ގާތަށް ރުޅިއަންނަ ގޮތްވިއެވެ. އެހެނަސް ކައިރީގައި މީނީ ކާކުކަން ހަނދާންކޮށްގެން ޖަމީލާ ކެތްކޮށްލައިގެން އިނދެވޭތޯ ބެލިއެވެ.

“ނިއްކޯ. ހިނގާ ދާން ދޯ ބަރޑްސް ބަލާލަން.” ނޫމާން ނިހާ އުރައިލައިގެން އުނދޯލިން ތެދުވިއެވެ. އަދި ޖޭމުގަސްތައް ކައިރީ ހުރި ކޮށި ކައިރިއަށް ދިޔައެވެ. މުނިޔާތައް ލައްވާ އަޑު ނޫމާން ލައްވަން ފެށުމުން ނިހާ އަނެއްކާވެސް ހޭން ފެށިއެވެ. ނޫމާން އެވަގުތު ނިހާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލައިލިއެވެ. ނިހާގެ ވަރަށް ގިނަ ސިފަތައް ޒާޔާއާއި ވައްތަރުކަން ނޫމާނަށް ފާހަގަވިއެވެ. މިއީ ހަމަ ކުޑަކުޑަ ޒާޔާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިރުކޮޅަކު ނިހާގެ މޫނަށް އެހެން ބަލަން ހުރުމަށްފަހު ނޫމާން އަނެއްކާވެސް އެކިއެކި އަޑު ލައްވައި ނިހާ ހެއްވުމައިގެން އުޅެއެވެ.

ޒާޔާގެ ކިޔެވުން މިއަދަށް ނިމުމުން ލިއަމް ޒާޔާ ގެއަށް ލައިފައި ލިއަމް އަނެއްކާވެސް އޮފީހަށް ދިޔައެވެ. ޒާޔާ ކޮޓަރިއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ކޮޓަރިން ނުކުތެވެ. ކިތަންމެ އާދައިގެ ހެދުމެއްގައި ޒާޔާ ހުއްޓެއްކަމަކު ޒާޔާގެ ރީތިކަމަކަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. އަތުގައި އަޅުވައިފައި އިން ވޫލު ނަގައި އިސްތަށިގަނޑުގައި ހުޅިއެއް ޖެހުމަށްފަހު ޒާޔާ ޓީވީ ހުޅުވައިލިއެވެ. ޓީ.ވީ.އެމް ޗެނެލަށް ލުމަށްފަހު ޒާޔާ ދެން ދިޔައީ ބަދިގެއަށެވެ. ލިއަމް އަންނަންވާއިރަށް ކާނެ އެއްޗެއް ހަދަން ޒާޔާ އުޅުނެވެ.

ކަމަކަށްފަހު ކަމެއްގައި ޒާޔާ ބަދިގެތެރޭ އުޅެމުންދެއެވެ. ތަށިތައް ދޮންނަމުން އިރުއިރުކޮޅާ އުނދުންމަތީ ހުރި ބަތްތެއްޔަށް ޒާޔާ ބަލައިލައެވެ. ތަށިތައް ދޮވެ ނިންމައިލައިފައި ޒާޔާ އުނދުން ނިއްވައިލައިފައި އައިސް އަލަމާރިން އަލުވިކޮޅަކާއި ފިޔާކޮޅަކާއި އަދި އެހެނިހެން ބޭނުންވާ އެއްޗެހިވެސް ނެގިއެވެ.

ފޯނުން ޕޮޓޭޓޯ ފިޝް ހަދާ ގޮތް ބަލަމުން ޒާޔާ އޭގައި އިރުޝާދު ދޭ ގޮތަށް އެ ހަދަމުން ދިޔައެވެ. ކޮންމެ ކަމެއްވެސް އޭނާ ހިތްހަމަޖެހޭގޮތަށް ކުރެވޭތީ ޒާޔާ ހުންނަނީ އުފާވެފައެވެ. އަދި މިއަދު އޭނާ މި ތައްޔާރުކުރާ ކެއުން ލިއަމްއަށް ވަރަށް މީރުވާނެއޭ ހިތަށް އެރުމުން ޒާޔާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.

މެންދުރަށް ކައްކާ ނިމުމުން ދެން ހުރި ހުރިހާ ކަމެއްކޮށް ނިންމައިލުމަށްފަހު ޒާޔާ ދިޔައީ ސިޓިންގް ރޫމަށެވެ. ސޯފާގައި އިށީނދެ ޒާޔާ ފޯނު ހުޅުވައިލިއެވެ. ކޮލެޖުގައި އުޅޭ އޭނާގެ ކްލާސް ކުދިންނާއިއެކު ހެދިފައިވާ ވައިބާ ގްރޫޕަށް ވަދެ އޭގައި ހުރި އަންރެޑް މެސެޖުތައް ކިޔައިލައިފައި ޒާޔާވެސް މެސެޖެއް ލިޔެލައިފައި ފޮނުވައިލިއެވެ. އެ ގުރޫޕުގައި ކުދިންގެ މެދުގައި ދެކެވޭ މަޖާ ވާހަކަތަކުން އެކަނިވެސް ޒާޔާގެ ހިތަށް ހަމަޖެހުމެއް ލިބެއެވެ. ނަމަވެސް އެ ކުދިން ދައްކާ މަޖާ ވާހަކަތަކުން ޒާޔާ ނޫމާންމެން މަތިން ވަރަށް ހަނދާންވެއެވެ. މަޖާ ޖޯކާއި ވާހަކަ ކިޔަން އެކުދިންނަށްވުރެ ނޫމާން މާ މޮޅުވާނެއެވެ. އެ ވިސްނުމެއްގައި ޒާޔާ އިންދައި އޭނާ ސިހިގެން ދިޔައީ މެންދުރު ނަމާދަށް ބަންގި ގޮވަން ފެށުމުންނެވެ. ޒާޔާ ޓީވީ ނިއްވައިލައިފައި ކޮޓަރިއަށް ދިޔައީ ފެންވަރައިލައިގެން ނަމާދުކޮށްލުމުގެ ނިޔަތުގައެވެ.

“ބައްޕާ. އެފަހުން ޒާޔާގެ ޚަބަރެއްވިތަ؟” ނަމާދު ނިންމައިގެން މިސްކިތުން ފައިބަމުން ނޫމާން އުސްމާން ގާތުގައި އެހިއެވެ. “ނޫން. ނުވޭ… ނިހާން މާލެ ގޮސް އެބައުޅޭ ޒާޔާ ހޯދަންވެގެން.” އުސްމާން ބުނެލި ޖުމުލައަކުން ނޫމާނަށް އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް ނިހާން ޒާޔާ ހޯދަން މާލެ އެ ދިޔައީ ކީއްކުރަން ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވި ވަގުތު ނޫމާންގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެސް ވެރިވިއެވެ. ނިހާނަށް ވިސްނުނީކަމަށް ނޫމާނަށް ހީވިއެވެ. “ހިނގާ ދާން ޖަމީލާދައްތަމެން ގެއަށް ކާން.” ނޫމާން އިސް އުފުލައި އުސްމާނާއި ދިމާލަށް ބަލައިލައިފައި ހިނިތުންވެލިއެވެ. އަދި އަވަހަށް ހިނގާށޭ ކިޔައިފައި އުސްމާނާއިއެކީ މިސްކިތުން ނުކުތެވެ.

ޑިއުޓީ ނިންމައިލައިފައި ލިއަމް އަށް ގެއަށް އާދެވުނީ އެހެންޏާ ގެއަށް އަންނަވަރަށްވުރެ ތަންކޮޅެއް ލަހުންނެވެ. އަތުކުރި ގަޑިއަށް ނަޒަރެއް ދީފައި ލިއަމް ކާރު ޕާކްކޮށްފައި ގެއަށް ވަންނަން ހިނގައިގަތެވެ. މިހާރު ޒާޔާ އިންނާނީ އޭނާ އަންނާނެ އިރެއްގެ އިންތިޒާރުގައި ނުވެސް ކައިކަން ލިއަމްއަށް އިނގެއެވެ. ފަޓްލޫނުގެ ޖީބުން ގޭދޮރުގެ ތަޅުދަނޑި ނަގައި ދޮރު ހުޅުވައިލުމަށްފަހު ލިއަމް އެތެރެއަށްވަދެ ދޮރު ތަޅުލިއެވެ.

ލިއަމް ގެއަށް ވަނުމާއިއެކު ނޭފަތުގައި ޖެހުނު މީރުވަހަކުން ލިއަމްއަށް އޭނާގެ ދެލޯ މަރައިލެވުނެވެ. އެވަގުތު އޭނާ ބަނޑުހައިވެފައިވި މިންވަރު އޭނާއަށް އިޙުސާސްވިއެވެ. ޒާޔާ މިއަދުގެ ކެއުމަށް ތަފާތު އެއްޗެއް ތައްޔާރުކޮށްފިކަން ލިއަމްއަށް އެނގުނެވެ. ބޫޓު ބޭލުމަށްފަހު ލިއަމް ގޮސް ޒާޔާގެ ކޮޓަރި ދޮރުގައި ޓަކި ދިނެވެ. “ހިނގާ ކާން ހަދާދޭން. ވަރަށް ބަނޑުހައިވެއްޖެ.” އެތެރެއިން ޒާޔާ ދޮރުހުޅުވުމުން ލިއަމް ބުންޏެވެ. ޒާޔާ ހިނިތުންވެލައިފައި މިދަނީ ކަމަށް ބުނެ ދޮރުލައްޕައިލިއެވެ.

ޒާޔާ ކޮޓަރިން ނުކުމެގެން ބަދިގެއަށް އައިއިރު ލިއަމް އިނީ ކާ މޭޒުކައިރީ ފޯނު ހިފައިގެންނެވެ. ޒާޔާ ލިއަމްއަށް ކާން ހަދައިދީފައި ލިއަމްއަށް ކުރިމަތިވާނެ ގޮތަށް އިށީނެވެ. “ޒާޔާ ނުކަންތަ؟” ތައްޓެއްނުލައި ޒާޔާ މޭޒުކައިރީ އިށީނުމުން ލިއަމް އެހިއެވެ. “އާނ. އިރުކޮޅަކުން ކާނީ. މިގަޑީ ނެތް ކާހިތެއް.” ބޮލުގައި ކުޑަކޮށް ފިރުމައިލަމުން ޒާޔާ ބުނެލިއެވެ. ޒާޔާ ބޮލުގައި ފިރުމައިލި ގޮތުން ޒާޔާ އެއުޅެނީ ބޮލުގައި ރިއްސާތީކަން ލިއަމްއަށް ވަގުތުން އެނގުނެވެ. “ޒާޔާ. ދާންވީނު އޮށޯވެލަން. ބޮލުގަ ރިއްސަނީނު ތި. ދޯ!” ޒާޔާ ޙައިރާންވެފައި އިނދެ ނަމަވެސް ބޯ ޖަހައިލިއެވެ. ޒާޔާ ޙައްރާންވީ އޭނާ ނުވެސް ބުނަނީސް އޭނާ ބޮލުގައި ރިއްސާކަން ލިއަމް އަށް އެނގުނީމައެވެ. ލިއަމް ދާން ބުނުމުން ޒާޔާ ހިނިތުންވެލައިފައި އެތަނުން ދިޔަައެވެ. އަސްލު ޙަޤީޤަތުގައިވެސް ޒާޔާ އިނީ ބޮލުގައި ރިއްސާތީ އޮށޯވެލާހިތްވެފައެވެ. ނަމަވެސް އެވާހަކަ ލިއަމް ގާތުގައި ބުނަން ނުކެރިފައި ޒާޔާއަށް އިނދެވުނީއެވެ.

ކައި ނިންމައިލުމަށްފަހު ލިއަމް ތަށި ދޮވެ މޭޒުމަތީ ހުރި ތަށިތަކުގައި މަތި ޖަހައިލައިފައި ބަދިގެއިން ނުކުތެވެ. ޒާޔާގެ ކޮޓަރިއަށް ވަދެލާނަމޭ ހިތަށް އަރައިފައިވެސް ލިއަމް އެ ޚިޔާލު ދޫކޮށްލީ ޒާޔާއަށް އުނދަގޫކުރަން ބޭނުމެއްނުވުނުމުންނެވެ. އެހެންކަމުން ލިއަމް އޭނާ ކުރަން ހުރި ބައެއް މަސައްކަތް ކުރުމަށްޓަކައި އޭނާގެ ކޮޓަރިއަށްވަނެެވެ.

މަލައިކާ އޭނާގެ ބައްޕަގެ އެދުމަކަށް މަލައިކާ އުޅޭ ޕްލެނެޓަށް ދިޔައެވެ. މަލައިކާ އެހާ އަވަހަކަށް އެތަނަށް އެ ދިޔައީ އޭނާގެ މަންމައަށް ކޮންމެވެސް ގޮތެއް ވެގެން އުޅޭ ޚަބަރެއް އޭނާއަށް އަޑުއިވުމުންނެވެ. މަލަކާ ގެނެސްގެން މަލައިކާ ވަނީ މަލަކާ ކައިރިން ވީގޮތެއްވެސް އޮޅުންފިލުވަން މަސައްކަތްކޮށްފައެވެ. އެހެނަސް ވީގޮތް ކިޔައިދެވޭވަރަށް މަލަކާގެ ޙާލު ދެރަވެފައިވުމުން މަލައިކާ މަލަކާ ފޮނުވައިލީއެވެ.

“ބައްޕާ. ކިހިނެތްވީ އަންނަން ބުނީ؟” ގަނޑުވަރުން ބޭރުގައި މަޑުކޮށްލައިގެން ހުރި މާލިކު ގާތަށް ގޮސް މަލައިކާ އަހައިލިއެވެ. އޭރު މާލިކުގެ މޫނުމަތިން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ހިތްދަތި ކަމާއި ހިތާމައެވެ. މާލިކުގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން މަލައިކާގެ ހިތަށް ވީ ގޮތްވެސް ނޭނގުނެވެ. ނުބައި ކުށްހީތައް ކުރެވެން ފެށީ އިންތިހާއަށެވެ. “ބައްޕާ. ތިހެން ނުހުރެ ބުނެބަލަ އަޅުގަނޑު ގާތުގަ.” މާލިކުގެ އަތުގައި ހިފައި ތަޅުވައިލަމުން މަލައިކާ ވަރަށް ބާރަށް ބުންޏެވެ. ދެންވެސް މާލިކަށް ވީގޮތެއްވެސް ނުބުނެވުނެވެ. ހޯސްލައިފައި ކަރުނަތައް ލޮލުން ފައިބައިގަތީއެވެ. މަލައިކާ ދަތްކުނޑި ވިކައިލައިފައި މާލިކުގެ އަތް ފޮޅުވައިލައިފައި ގަނޑުވަރުތެރެއަށް ވަނީ މާލިކުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.

މަލައިކާ ގާތަށް އަތުވެފައި ހުރި ރުޅިއެއްގެ ސަބަބުން އޭނާ ހިނގަމުން ދިޔައީ ވަރަށް ބާރަށެވެ. ރުޅިއައިއްސައި ހުރުމުގެ ސަބަބުން މަލައިކާ ހުރީ އޭނާގެ އަސްލު ސޫރައަށް ބަދަލުވެފައެވެ. މިހާރު މަލައިކާ ފެންނަނީ ބިރުވެރި ނުބައި އެއްޗެއްގެ ސިފައިގައެވެ. ފާރުތަކުގައި ރެނދުލައިފައި ހުންނަ ފަދައިން މަލައިކާގެ މޫނުމަތީގެ އެތަން މިތަނުގައި އެކަހަލަ ރޮނގުތަކެއް ހުއްޓެވެ. މަލައިކާގެ ދެބުމައާއި ދެލޯވެސް ކުރިއަށްވުރެ ބޮޑުވެފައިވެއެވެ.

މަލައިކާ ގޮސް ވަރަށް ބާރަށް މަލްހާގެ ކޮޓަރި ދޮރު ހުޅުވައިލިއެވެ. އޭރު ޖިންނިންގެ ބަޔަކު އެއްވެގެން ތިބި މަންޒަރު މަލައިކާއަށް ފެނުނެވެ. މަލައިކާ އޭނާގެ ދެލޯ ދިއްލައިލައިފައި ވަރުގަދަ އަލިގަނޑެއް ދޫކޮށްލުމާއިއެކު އެ ހުރިހާ ޖިންނީން އެކި ދިމަދިމާލަށް ބުރައިގެން ދިޔައެވެ. އެތަނުގައި ހުރި މަލަކާވެސް ވިއްސައިގެން ގޮސް ފާރުގައި ވަރަށް ބާރަށް ޖެހުނެވެ.

މަލައިކާއަށް ދެން ފެނުނު މަންޒަރުން އޭނާގެ ހަށިގަނޑުގައި ރޯވަމުން އައި ރުޅިވެރިކަމުގެ އަލިފާންގަނޑަށް ފެން އެޅިގެން ދިޔަކަހަލައެވެ. ރުޅިގަނޑު އެއްކޮށް މައިތިރިވެ މަލައިކާގެ ދެލޯ ކަރުނުން ފުރެން ނެގީ ހަމަ އެންމެ ސިކުންތެކެވެ. މަލައިކާ ދުވެފައި ގޮސް ބިންމަތީ ބާއްވައިފައި އޮތް މަލްހާ ގާތަށް ގޮސް އިށީނެވެ.

މަލްހާގެ އަނދައިފައިވާ ހަށިގަނޑު ފެނިފައި މަލައިކާއަށް ވީގޮތްވެެސް ނޭނގުނެވެ. މަންމާއޭ ކިޔައިފައި މަލައިކާއަށް މަލްހާ ގައިގައި ބައްދައިގަންނަމުން ރޮއެގަނެވުނެވެ. މަލައިކާއަކީ ޖިންނިއެއް ކަމަކު އޭނާއަށްވެސް އޭނާގެ މަންމަ އޮތް ޙާލު ފެނިފައި ކެތްނުވީއެވެ.

“މީ ކިހިނެތްވީކަމެއް؟” ފަނަރަވަރަކަށް މިނެޓް ވަންދެން ރޯން އިނުމަށްފަހު މަލައިކާ އެތާ ތިބި ޖިންނީންނަށް ބަލައިލައިފައި ވަރަށް ބާރަށް އެސުވާލުކުރިއެވެ. އެތަނުން އެކަކަށްވެސް އެ ސުވާލަށް ޖަވާބުދޭކަށް ނުކެރުނެވެ. މަލައިކާގެ އެ އާދަޔާ ޚިލާފު ރުޅިގަނޑު ފެނިފައި އެކަކަށްވެސް އެއްޗެކޭ ބުނަން ނުކެރުނީއެވެ.

މަލައިކާގެ ހަޅޭކުގެ އަޑު އިވިފައި މާލިކު އޭނާއަށް ދެވުނު އެންމެ ބާރަކަށް ދުވެފައި ގޮސް މަލްހާ ބާއްވައިފައި އޮތް ކޮޓަރިއަށްވަނެވެ. އެތަނުން މަލަކާ ފިޔަވައި އެހެން ހުރިހާ ޖިންނީން ނުކުތުމަށް މާލިކު އަމުރުކުރިއެވެ. ހުރިހާ ޖިންނީން ނުކުތުމުން މާލިކު ދޮރު ލައްޕައިލައިފައި އައިސް މަލައިކާ ގާތަށް އައެވެ.

މާލިކު މަލައިކާގެ ދެކޮނޑުގައި ހިފަހައްޓައިފައި މަލައިކާ ކޮޅަށް ނެގުވިއެވެ. އެއާއިއެކު މަލައިކާ ވަރަށް ބާރަށް މާލިކު ގައިގައި ބައްދައިގަތެވެ. އަދި އަޑުގެ ނެތްކޮޅަށް ރޮއެގަތެވެ. އެ އަޑު އިވިފައި މާލިކަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ލޮލުންވެސް ހޯސްލައިފައި ކަރުނަތައް ފައިބައިގަތެވެ. ދުރުގައި މަންޒަރު ބަލަން ހުރި މަލަކާއަށްވެސް ހުރީ ރޮވިފައެވެ.

މަލައިކާގެ އަޑު ތަންކޮޅެއް މަޑުވެއްޖެހެން ހީވުމުން މާލިކު މަލައިކާ އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. އަދި މަލައިކާގެ ދެލޯ ފުހެލައިދީފައި މަލައިކާގެ ނިތަށް ބޮސް ދިނެވެ. “ދަރިފުޅާ! ހިނގާބަލަ ބައްޕައާއެކު.” މާލިކު އޭނާއާއިއެކު އައުމަށް ބުނުމުން މަލައިކާ މަލްހާއަށް ބަލައިލައިފައި މާލިކުގެ ފަހަތުން އެ ކޮޓަރިން ނުކުތެވެ. އޭރު މަލަކާ މަޑުމަޑުން ހިނގައިލައިފައި ގޮސް މަލްހާ ގާތުގައި އިށީނދެލިއެވެ.

މާލިކު މަލައިކާ ގޮވައިގެން ދިޔައީ ގަނޑުވަރާއި ތަންކޮޅެއް ދުރުގައި ހުރި ކުޑަގެއަކާއި ދިމާލަށެވެ. އެގޭ ދޮރުމަތީ އިށީންދެވޭ ގޮތަށް ހަދައިފައި ހުރި އަށްޓެއްގައި މާލިކު މަލައިކާ ބޭންދިއެވެ. އަދި މާލިކު މަަލައިކާގެ ބޮލުގައި ފިރުމައިލަމުން ވާހަަކަ ދައްކަން ފެށިއެވެ.

“މަންމައަށް ވީ ގޮތް އެނގެން ބޭނުންތަ؟” ފުން ނޭވައެއް ދޫކޮށްލައިފައި މާލިކު އެހިއެވެ. މަލައިކާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ކިތަންމެ ވަރަކަށް އެ ވާހަކަތައް މަަލައިކާއަށް ކިޔައިދޭން ބޭނުންވިއެއްކަމަކު މާލިކަށް ހަމަ ފަސްޖެހެވެނީއެވެ. ވާހަކަ ފަށާނެ ގޮތެއްވެސް ނޭނގިފައި މާލިކަށް އިނދެވެނީއެވެ. ކޮންމެފަހަރަކުވެސް އެއްޗެކޭ ބުނަން އަނގަ ހުޅުވައިލައިފައި އަނގަ ލައްޕައިލެވެނީއެވެ. އެހެނަސް ވަރަށް ހިތްވަރުކޮށްފައި ނަމަވެސް މާލިކު މަލައިކާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ.

“ދަރިފުޅު ދުނިޔެއަށް ގޮސް ގިނަ ދުވަސްވާން ފެށުމުން މަންމަ އެކަމާ ރުޅިއައިސްގެން ދަރިފުޅު ހޯދަންވެގެން ދުނިޔެއަށް ފޭބީ. އެކަމަކު މަންމަ ދަރިފުޅު ހޯދަން މަހެއް ވަންދެން އުޅުނު އިރުވެސް މަންމައަކަށް ދަރިފުޅެއް ނުފެނުނު. އެހެން އުޅެމުން ގޮސް އެއްދުވަހަކު ވީ ގޮތަކީ މައުސޫމް ކުޑަކުއްޖެއްގެ ފުށުން މަންމައަށް އަނިޔާއެއް ލިބުނީ. މަންމަ އެކަމާ ރުޅިއައިސްގެން އެކުއްޖާއަށް ގޯނާކުރަމުން ގޮސް އެންމެ ފަހުން އެކުއްޖާގެ އާއިލާއަށްވެސް ގޯނާ ކުރަން ފެށީ. އެގޮތަށް އުޅެމުން ގޮސް މަންމަ އެއް ރެއަކު އެކުއްޖާ މަރާލީ. ކުޑަކުއްޖަކު ޖިންނި މޮޔަވެގެން މަރުވި ޚަބަރު އެ ރަށުގަ ފެތުރެން ފެށުމުން ރަށުގަ ހުރި އެންމެ މޮޅު ފަންޑިތަ ހަދާ މީހާ ހެދި މޮޅު ފަންޑިތައިގެ ސަބަބުން މަންމަގެ ދުވަސް ދިޔައީ. ބައްޕަމެނަށް މި ހުރިހާކަމެއް އެނގުނުއިރު މަންމަ އަނދައި މަރުވެއްޖެ.” މާލިކު ކުރުގޮތަކަށް ވީގޮތް މަލަައިކާއަށް ކިޔައިދިނެވެ. މަންމަ އެ މަރުވީ މަންމަ އަމިއްލައަށް ނޫންކަން އެނގުމުން މަލައިކާއަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މަލައިކާ އޭރު ހީކުރީ މަލްހާ މަރުވީ މަލްހާ އަމިއްލައަށް ކަމަށެވެ. އަދި މަލްހާއަށް އެ ލިބުނީވެސް މަލްހާއަށް އެންމެ ޙައްޤުވެގެންވާ އަދަބުކަންވެސް މަލައިކާ ޤަބޫލުކުރިއެވެ. މަންމަ ވަކިވެދިޔުމުން ދެރަވިއެއްކަމަކު މަލައިކާ މިހާރު އެކަމާ އެއްގޮތަކަަށްވެސް އެކަމާ ހިތާމަކުރަން ބޭނުމެއްނުވީ މައުސޫމް ކުޑަކުއްޖެއްގެ ފުށުން މަންމައަށް ކުޑަ އަނިޔާއެއް ލިބުމުން މަންމަ އެކަމަށް ބަދަލު ހިފަން އުޅުމުންނެވެ. ބުއްދި ހަމަނުޖެހޭ ކުޑަކުދިންނަށް ވިސްނޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އެ ކުއްޖާއަކީ ޒާޔާގެ ކޮއްކޮއަށް ނުވުމުން މަލައިކާއަށް ހެއްދެވި ފަރާތަށް ޝުކުރުކުރެވުނެވެ. އަދި އޭނާގެ މަންމަގެ ސަބަބުން މަރުވި ކުއްޖާއަށް ހެޔޮ ދުޢާ ކުރުމަށްފަހު މަލައިކާ މާލިކު ގާތުގައި މަންމަ ގާތަށް ދާން ހިނގާށޭ ބުނެލިއެވެ.

މަލައިކާމެނަށް މަލްހާ އޮތް ކޮޓަރިއަށް ވަދެވުނުއިރު މަލްހާގެ ހަށިގަނޑުން ދުންތަކެއް ނުކުންނަނީއެވެ. އަދި މަޑުމަޑުން އެ ދުންގަނޑު ބޮޑުވެ މަލްހާގެ ހަށިގަނޑު އަނދައި އަޅިއަށް ބަދަލުވާން ފެށިއެވެ. އެ ހުރިހާ ކަމެއްވެ ނިމުމުން މަލަކާ މަޑުމަޑުން ހިނގައިލައިފައި ގޮސް އެ އަޅިތައް އޭނާގެ އަތުތެރެއަށް ލައިގެން ގޮސް ގަނޑުވަރުން ބޭރަށް ނުކުމެ ދުރަށް ހޫރައިލިއެވެ. އޭރު ޖެހެމުން ދިޔަ ވަޔާއި އެއްވަރަށް އެކި ދިމަދިމާލަށް އެ އަޅިތައް އުދުހިގެން ހިނގައްޖެއެވެ.

މަންމަގެ އެ ވަކިވެދިޔުމުގެ ސަބަބުން މަލައިކާ ނިންމީ ކުޑަދުވަސްކޮޅަކަށް އޭނާގެ އާއިލާ ގާތުގައި މަޑުކޮށްލުމަށެވެ. މި ދަނޑިވަޅަކީ އޭނާގެ އާއިލާއަށް އޭނާގެ އެހީ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާނެ ދަނޑިވަޅެއްކަން ދަނެގެން މަލައިކާ އެމީހުން ހަމައަކަށް އެޅެންދެން އޭނާގެ އާއިލާ ގާތުގައި މަޑުކުރަން ނިންމިއެވެ.

ރޭގަނޑުގެ ވަގުތެވެ. ރޭގަނޑުގެ ކެއުން ނިންމައިލައިފައި އަޙްމަދާއި ނިހާން ރެސްޓޯރެންޓުން ނުކުތެވެ. ނިހާންގެ އެދުމަކަށް އަޙްމަދު ނިހާން ރަސްރަނި ބަގީޗާއަށް ލައިފައި އަޙްމަދު ދިޔައީ އޭނާގެ އޮފީހުގެ ބައެއް ކަންތައްތައް ނިންމައިލާށެވެ. ބަގީޗާގައި ހުރިތަނުން ބެންްޗެއްގައި އިށީންދެލަމުން ނިހާން އޭނާގެ ފޯނު ނެގިއެވެ. އަދި މިއަދު އެއްކަލަ ޒުވާނާ އޭނާއަށް ދިން ނަމްބަރަށް ގުޅައިލިއެވެ. ދެތިން މިނެޓް ތެރޭ އެ ޒުވާނާ ފޯނު ނެގުމުން ނިހާން އޭނާ ގާތުގައި އައުމަށް ބުންޏެވެ. އަދި އޭނާ ހުރިތަނެއް ބުނުމުން ޒުވާނާ މި ދަނީ ކަމަށް ބުނެ ފޯނު ކަނޑައިލިއެވެ.

އެއީ ދަންނަ ޒުވާނެއްކަމުން ނިހާން ހުރީ ވަރަށް ބޮޑަށް އެ ޒުވާނާ ބުނަން އެއުޅޭ ވާހަކައެއް އަޑުއަހައިލައި ހިތުންނެވެ. އަދި އަމުދުން އެ ޒުވާނާ އެއީ ވަރަށް މުހިންމު ވާހަކައެކޭ ނިހާން ގާތުގައި ބުނެލި ގޮތުންވެސް އެ ވާހަކައެއް އަޑުއެހުމަށް ނިހާންގެ ހިތުގައި އުފެދިފައިވި ޝައުގު ދެގުނަވެގެން ދިޔަ ކަހަލައެވެ.

ކޮންމެއަކަސް ނިހާން ރަސްރަނި ބަގީޗާގައި އިންނަތަ މިހާރު ވިހި މިނެޓް ވެއްޖެއެވެ. އިރުކޮޅެއް ނުވެ އެ ޒުވާނާ ނިހާނާއި ދިމާލަށް އަންނަތަން ފެނުމުން ނިހާން ބެންޗުގެ އެއްފަރާތަކަށް ޖެހިލީ އެ ޒުވާނާއަށް އިށީންނާނެ ތަން ދެއްކުމަށެވެ.

މަތީން އައިސް ނިހާން ގާތުގައި އިށީންދެލައިފައި ނިހާނާއި ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. ނިހާން ވެސް ހިނިތުންވެލައިފައި މަތީނާއި ސަލާމް ކޮށްލިއެވެ. “ވަރަށް ފެނިފަ ހުރި މީހެއްހެން ހީވަނީ. ކޮން ނަމެއް ކިޔަނީ؟” ނިހާން އެ ސުވާލުކޮށްލުމާއިއެކު މަތީނަށް އިސް ޖަހައިލެވުނެވެ. މަތީން އޭނާގެ ނަން ނިހާން ގާތުގައި ބުނެފިއްޔާ ނިހާން ހަދައިލާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އެހެނަސް މަތީން ކުރިން ހެދި ގޮތަށް އެއްވެސް ކަމެއް އޮޅުވައިލަން ބޭނުންނުވުމުން މަތީން އޭނާގެ ނަން ހާމަކުރަން ނިންމިއެވެ.

“މަ… މަތު.. މަތީން.” އަޅައަޅައިގަންނަމުން މަތީން އޭނާގެ ނަން ބުނެލިއެވެ. މަތީން އިސްއުފުލައި ނިހާންގެ މޫނަށް ބަލައިލިއިރު އެ މޫނުމަތިން ފެންނަން ހުރި ކުލަވަރުގެ ސަބަބުން މަތީން ނުތަނަވަސްވާގޮތްވިއެެވެ. މަތީނާށް ބޭއިޚްތިޔާރުގައި ހިންދިރުވައިލެވުނެވެ. އޭރު މަތީންގެ މޫނުމަތިން ފެންނަން ހުރީ ޖެހިލުންވެފައިވާކަމުގެ ކުލަވަރުތަކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ޔުމްނު (2) މޮޑިފައިޑް

Next

އިންތިހާ – 10

Next
September 24, 2020

އިންތިހާ – 10

Previews
September 24, 2020

ޔުމްނު (2) މޮޑިފައިޑް

31 Comments!

  1. yooha says:
    September 24, 2020 at 12:30 pm

    Varah reethi maasha allah you are are doing well

    1. Dhonthy says:
      September 24, 2020 at 11:48 pm

      Yooha 🙂 🙂 🙂 Thank you so much dear!

  2. Samra says:
    September 24, 2020 at 1:00 pm

    ❤❤❤❤❤❤??????????????❤❤❤❤❤❤❤❤❤❤❤❤❤❤❤???????????

    1. Dhonthy says:
      September 24, 2020 at 11:49 pm

      Samra 🙂 🙂 🙂 Thanks for the colourful comment <3 <3 <3 <3 <3 <3 :-*

  3. Ram says:
    September 24, 2020 at 1:17 pm

    Maasha allah vvvvvvv reethi??????????❤❤❤❤❤❤❤???????

    1. Dhonthy says:
      September 24, 2020 at 11:50 pm

      Ram 🙂 🙂 🙂 Thank you so much 😀 <3 <3 <3 <3 <3 <3

  4. ❤️shyn❤️ says:
    September 24, 2020 at 6:25 pm

    Maasha Allah ❤️❤️❤️.. V. Reethi mi part ves ????.. Curiously waiting for the nxt part ??????????????
    ??Ly ❤️❤️

    1. Dhonthy says:
      September 24, 2020 at 11:51 pm

      shyn 🙂 🙂 🙂 Thank you so much dear. And yes! Keep waiting for the next episode 😀 😀 <3 <3 <3 Love you too <3 <3 <3 <3

  5. R¥N says:
    September 24, 2020 at 6:36 pm

    Dhonthyyyy ?????????Maasha Allah Mi part vx vvvvvvvvvvv reethi ???????????????????????????????????????????ure so so talented ????????????????keep it up dear ??????????curiously waiting ???????????????????????????LYSMMM ???????????TC ????????????

    1. Dhonthy says:
      September 24, 2020 at 11:53 pm

      RYN 😀 😀 😀 Thank you so much dear 😀 😀 😀 vv ufaawejje 😀
      And yes dear! Keep waiting for the next episode. Love you too and take good care <3 <3 <3 <3 <3 <3 <3

  6. R¥N says:
    September 24, 2020 at 6:37 pm

    OMG so many ?

  7. ❤️shyn❤️ says:
    September 24, 2020 at 6:52 pm

    Blue comment eh dhw ryn?

  8. ?KIMTAETAE-JEONKOOKIE? says:
    September 24, 2020 at 7:12 pm

    varah reethi mi part vess ❤️
    cmnt nukuriyas kiyan mi vaahaka❤️❤️❤️❤️
    anehkaa nihaan rulhi aissgen matheen vaahaka dhahkan furusathuvess nudhyfaane??
    luv you dhonthyy????????
    stay safe ???

    1. Dhonthy says:
      September 24, 2020 at 11:55 pm

      KIMTAETAE-JEONKOOKIE 🙂 🙂 🙂 Thank you so much dear! It means a lot. Love you too and stay safe <3 <3 <3 <3

  9. Haamaan says:
    September 24, 2020 at 8:12 pm

    V reethi ???

    1. Dhonthy says:
      September 24, 2020 at 11:56 pm

      Thank you so much 🙂

    2. ( RDS ) SHANKS says:
      September 25, 2020 at 10:20 am

      Haamaan bro aha hama rukerunee negetive comment eh kuran… Ehn nu vaany kujjehge athun maru vedhaane viyya dhw… Bro… Any ways…. Ma adhi mi vaahaka eh nukiya… Ekkoh ninmaaleema fashaagen kiyan madu kohlee…. Reethi vaane kamah mi balany…. ?

  10. Prince says:
    September 24, 2020 at 8:12 pm

    V reethi ???

    1. Dhonthy says:
      September 24, 2020 at 11:58 pm

      Thank you prince 🙂 <3

  11. ފްލާވާ says:
    September 24, 2020 at 8:40 pm

    އަޅޭ ޒާޔާ އާއި ލިއަމް ގުޅުވަބަލަ⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ ސްޓޯރީ ހަމަ ހަބޭސް⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ ލަވް ޔުއަރ ސްޓޯރީ އަނެއްބައި ކޮން ދުވަހަކުން ބާ ??????

    1. Dhonthy says:
      September 24, 2020 at 11:59 pm

      Flower 🙂 🙂 🙂 Thank you so much! Storyge dhn in bai hama liyevunuhaa avahakau upload kolladheynan <3 <3 <3 <3

  12. UNKNOWN QUEEN ✨ says:
    September 24, 2020 at 9:41 pm

    Maasha Allah.. can’t wait for the next part.. so curious .. anyway.. Dhonthiii❤️❤️ Varah salhi ingey.. keep it up.. tc and stay safe .. LYSM. ❤️❤️❤️❤️❣️

    1. Dhonthy says:
      September 25, 2020 at 12:00 am

      UNKNOWN QUEEN 🙂 🙂 🙂 Thank you so much dear! Keep waiting for the next ep 🙂 😀 vv ufaawejje mi comment kiyaalaafa 😀 😀 😀 Take care and stay safe 🙂 Love you too <3 <3 <3 <3 <3

  13. Kairaa says:
    September 25, 2020 at 10:24 am

    dhonthy…..
    varah varah reethi mi bai vx….
    waiting for the nxt part…..
    lysm….
    stay safe…

    1. Dhonthy says:
      September 25, 2020 at 3:08 pm

      Kairaa 😀 😀 😀 Thank you so much dear. And yes! Keep waiting for the next episode 🙂 Love you too and stay safe <3 <3 <3 <3

  14. UNKNOWN QUEEN ✨ says:
    September 25, 2020 at 12:22 pm

    YOU ARE THE BEST .. DHONTHII❣️❣️❤️❤️

    1. Dhonthy says:
      September 25, 2020 at 3:10 pm

      UNKNOWN QUEEN 🙂 🙂 🙂 Thank you so much dear! <3 <3 <3 <3

  15. ⛦Xoya⛤ says:
    September 25, 2020 at 12:39 pm

    Mi part ves varah nice hama. Dhonthy alhe you are the best. Varah furihama story writer eh dhonthy aky. Thanks and luv u dhonthy. ???????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????. How r u dhonthy? Keep writing. Never stop. We love your stories. Insha Allah dhonthy aky future ga ves varah kaamiyaabu writer akah vaane. By reading your stories i feel like dhonthy, you’re born to write. ?????????. BE SAFE.

    1. Dhonthy says:
      September 25, 2020 at 3:13 pm

      Xoya 😀 😀 😀 vvvv ufaawejje xoyage faraathun mi libunu comment ge sababun. vvvv bodau thank you xoya <3 <3 Thank you so much for your support and love dear. vv bodu hiyvareiy libijje 😀 😀 😀 😀 😀 Thanks a hundred times. Hehe. Stay safe dear and love you too <3 <3 <3 <3 <3

  16. maasha says:
    September 25, 2020 at 6:21 pm

    Oh wow waiting fo next part

    1. Dhonthy says:
      September 25, 2020 at 11:55 pm

      maash 🙂 🙂 🙂 Thank you so much dear <e

Comments are closed.

Next Episodeޒާޔާ (ތެއްތިރީސްވަނަ ބައި)←


All Right Reserved!