Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިންއެކުގާ (13)

Neei Level 110 Stories
September 23, 2020 4 Mins Read
11 Comments

ޒަޔާން ވަރަށް އަވަހަށް ފޯނުނެގިއެވެ. ރައުފިއްޔާ މޮޅު ރޭވުމަކާއެކު ވާހަަކަ ދައްކަން ފެށިއެވެ. އަދި ނުވާކަމަކަށް ހަދާ އައިނާގެ އަތައް ފޯނުދިނެވެ.

…..

ހިޔާލަކަށް ގެއްލިއިނދެ ކަމުންދިޔަ އައިނާ ހުއްޓުންއެރީ ރައުފިއްޔާ އޭނަ އަތައް ފޯނުދިނުމުންނެވެ. އޭނާއިނީ މާބޮޑަށް ނުވިސްނާކަމުން ޒަޔާން ފެނުމާއެކު ހުއްޓުން އެރިއެވެ. ދިރުވާލަން އުޅުނު ކާއެތިކޮޅުވެސް ހީވީ އަރުގައި ތާށިވިހެނެވެ. ރައުފިއްޔާ ގަސްތުގައި ވީޑިއޯ ކޯލްކުރީ އެހެންވެއެވެ. ވީޑިއޯއިން ފެނުމުން ދެމީހުނަށް ފަސޭހަވާނެތީއެވެ. އަވަހަށް އިންތަނުންތެދުވެ ގަޑި ބަލާލަމުން ރައުފިއްޔާ ހިނގައިގަތެވެ. “މަންމަ އަދި ހަނދާންނެތިފައޭ މިހިރީ.. ކައިރި ފިހާރައަށް ވަންނަން އެބަޖެހޭ..” އެހެންބުނުމަށްފަހު ހަލުވިފިޔަވަޅުތަކެއް އަޅަމުން ރައުފިއްޔާ ގެއިންނިކުމެގެން ދިޔައެވެ. އައިނާ ކެއުންހުއްޓާލުމަށްފަހު ޒަޔާންއަށް ބަލައިލިއެވެ. ކަޅުކުލައިގެ ޓީށާޓެއް ލައިގެން އެއްވެސް ހަރަކާތެއް ނުގެނެސް ޒަޔާންއިނެވެ. އިސްތަށިގަނޑުން ބަޔެއް މޫނުމަށްޗަށް ވެއްޓިފައި އޮތުމުން އަދި ވަރަށް ހިތްގައިމެވެ.  ބަލާބެލުމަށް ހީވަނީ ރެސްޓޯތެންޓެއްގައި އިންހެނެވެ. ޒަޔާންފެނުމުން އައިނާއަށް ތުންފަތުގައި ދަތްއަޅާލެވުނީ ކުރިއަސަރަކުންނެވެ. “ޒަޔާ” އައިނާ ގޮވައިލީ ޖެހިލުންވެ ހުރެއެވެ. އެހެންނަމަވެސް ޒަޔާންގެ މޫނަށް އެއްވެސް ބަދަލެއްނާދެއެވެ. “ކެއީތަ؟؟” އައިނާ އަނެއްކާވެސް އަހާލިއެވެ. “ޒަޔާ… ވާހަކަ ދައްކަބަލަ..” ޒަޔާޏްވާހަކަ ނުދައްކާ އިންނަން ފެށުމުން އައިނާއަށް ރޮވޭގޮތް ވިއެވެ. ކުރިން އައިނާއާ ވާހަކަ ދައްކަން މަސައްކަތް ކުރަނީ ޒަޔާންއެވެ. އެހުރިހާ ވަގުތަކު އޭނާ ވާހަކަ ނުދައްކާ އިންނަނީއެވެ. ދެންހުންނަ މީހާ ވާހަކަދެއްކުމަށް އެއްބާރުލުން ނުދިނުމަކީ ކިހާ ވޭންހުރިކަމެއްކަން އައިނާއަށް އިހްސާސްކުރެވުނެވެ. “ޖަސްޓް ގިވްމީއަ ޗާންސް ޓު އެކްސްޕުލެއިން..” އައިނާގެ އަޑުބެދުނެވެ. އޭރު އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޭގެ މަގާމުދޫކޮށް އޮހެންފެށިއެވެ. ޒަޔާން ވީޑިއޯ އޮފް ކޮށްލުމުން އައިނާ އިސްޖަހާލީ ޒަޔާންއިތުރަށް އޭނައާ ވާހަކަދައްކަން ބޭނުންނުވާކަމަށް ހީވުމުންނެވެ.

…..

ޒަޔާން ފޯނަށް ބަލަހަށްޓައިގެން އިންއިރު އޭނާގެ ދެލޮލުން ރިހުންފެނެއެވެ. އައިނާއަށް ފެންނަގޮތަށް ހަރުކަށިކަން ދައްކައިގެން އޭނައިނަސް އޭނާގެ ހިތުގައި އެތަކެއް ވޭނެއް އެބައަޅައެވެ. އައިނާއާ ވާހަކަ ނުދައްކާ އޭނާއިނީ އައިނާ އެވާހަކަ ކިޔައިދޭތޯއެވެ. އެހެންނަމަވެސް އޭނާ އައިނާއަށް އެފުރުސަތު ދޭންބޭނުންނުވަނީ އައިނާ އެއީ ތެދެކޭ ބުނެފާނެތީއެވެ. އޭނާގެ ހިތުގައިވާ މީހަކީ އިމާދުއޭ ބުނެފާނެތީއެވެ. އެވާހަކަ އަޑުއަހަން ޒަޔާންއަށް ކެތްނުވާނެކަން އޭނާއަށް ހަމަރަނގަޅަށް އެނގެއެވެ. އޭނާ އައިނާދެކެ ލޯބިވެއެވެ. އައިނާއާއެކު އެކުވެރިކަމާއެކު ހޭދަކުރި ދުވަސްތަކަކީ އޭނައަށް ވަރަށް އުފާވެރިކަން ހާސިލްވި ދުވަސްކޮޅެކެވެ. ޒަޔާން ވީޑިއޯ އޮފް ކޮށްލީ އައިނާ ރޯންފެށުމުންނެވެ. އައިނާއެގޮތައް ރޯތަން ބަލަން ޒަޔާންބޭނުމެއް ނޫނެވެ. އައިނާގެ އަތުންކަރުނަ ތައްފުހެމުންދާތަން ފެނުމުން ޒަޔާން އައިނާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އޭރުއައިނާގެ މުޅި މޫނުވަނީ ރަތްވެފައެވެ. އިރުކޮޅަމުން ނޭފަތްދަމާލާ ގޮތުން ޒަޔާންގެ ހިތްތެޅިލިއެވެ. އެހެނަސް ވެދިޔަ ކަންކަމުން އައިނާއާ ކުރިމަތިލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހާކުއްލި ގޮތަކަށް މިކޮޅަށް އައީވެސް އެހެންވެއެވެ. އައިނާ އޮފީހަށް ނުނިކުންނާތީ ރާދުގެ ފަރާތުންވެސް އައިނާގެ އެއްވެސް ކަމެއް ޒަޔާންއަކަށް ނޭންގެއެވެ. ކުރިން ޓުރިޕްގައި ހުރިއިރު ރާދުގެ ލާނެއްމެސެޖް ތަކުން އޭނާއަށް އައިނާ އުޅޭގޮތް އެނގެއެވެ. މަންމަ އައިނާކައިރިއަށް ފޮނުވީވެސް އެހެންވެއެވެ. އިރުކޮޅަކު އެހެންއިނުމަށްފަހު އައިނާގެ އަޑުއަހާލަން ޒަޔާންބޭނުންވިއެވެ. “މަންމަ ކައިރީބުނޭ ގުޅައްޗޭ..” ޒަޔާން އެހެންބުނުމުން އައިނާ އިސްއުފުލާލާ ފޯނަށް ބަލައިލިއެވެ. އައިނާގެ ކަރުނުން ފުރިފައިއިން ލޯފެނުމުން ޒަޔާންއަށް ފޯނުކަޑާލެވުނީ ބޭއިހްތިޔާރުގައެވެ. އައިނާ އެގޮތައް ރޯތަން ބަލަން އޭނައަށް ކެތްވާނެ ހެއްޔެވެ. އައިނާދެކެ އޭނާވަނީ ތެދުވެރި ލޯތްބެވެ. އައިނާގެ ލޮލުން އެންމެ ކަރުނައެއް ވެއްޓޭކަށް ޒަޔާންބޭނުމެއް ނޫނެވެ. އަދި އައިނާއަށް އެފަދަ ކަމެއްދިމާވާ ކޮންމެފަހަރަކު އޭނާ ހިމާޔަތް ކޮށްދެން އެންމެގާތުގައި ހުންނަން ޒަޔާން ބޭނުމެވެ. 

ޒަޔާން ފޯނުކަނޑާލުމުން އައިނާ ގަނޑުވިއެވެ. ޒަޔާންހަަމަް އޭނާދެކެ އެހާ ރުޅިއާދޭ ހެއްޔެވެ. ޒަޔާންް އޭނާ ދައްކާވާހަކަ އަޑެެއް ނާހާނެެހެއްޔެވެ.. ދެން އިތުރަށް އޭނާއަށް މާފުނުކުރާނެ ހެއްޔެވެ. އައިނާގެ ސިކުނޑި ތަފާތުހިޔާލުތަކުން ބަރުވަމުން ދިޔައެވެ. ބޮލުގައި އަތްއަޅާލަމުން ތެދުވެ ދެކޮޅަށް ހިނގާލިއެވެ. ހިޔާލުތައް ގިނަވެ އައިނާގެ ބޯފަޅައިގެން ދާފަދަ އިހްސާސެއް އެނާއަށް ކުރެވުނެވެ. މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނީ ނިދާލުމުގެ ބޭނުމުގައެވެ. ރައުފިއްޔާ ދެއަތް ފުރާލާފަ ކޮތަޅު ހިފައިގެން ގެއަށް އައިއިރު އައިނާގެ ހިލަމެއް ނެތެވެ. އޭނާ ދިޔައީ ދޮރުގެ ކާޑުހިފައިގެން ކަމުން ގެއަށްވަދެވުނީއެވެ. ކޮޓަރީން ފަނޑު އަލިކަމެއް ފެންނަން ހުރުމުން އައިނާނިދީ ބާއޭ ރައުފިއްޔާގެ ހިތައްއެރިއެވެ. އަވަސް ކޮށްލުމަށްފަހު ކޮތަޅުތަކުގައި ހުރި އެއްޗެހި ކަބަޑުތަކަށާ އައިސްއަލަމާރިއަށް ލިއެވެ. މޭޒުމަތީ އޮތް އޭނާގެ ފޯނުނަގަމުން ގެއަށްދިއުމަށް ހިނގައިގަތީ ޒަޔާންއާ އައިނާގެ މެދުގައި އެއްވެސް ކަމެއް ހައްލުވިބާއޭ ހިތައް އަރަމުންނެވެ.

…..

ރާދުގެ ކައިވެނިކުރާ ދުވަސްކައިރިވެފައިވާތީ ގޭތެރެއިން ފެންނަނީ އުފާވެރިކަމެވެ. ރައުފިއްޔާއާ ފަރީދާ ޕާޓީ ބާއްވާނެ ތަނަކާމެދު މަޝްވަރާ ކުރަމުންދިޔައެވެ. ލަމްޝާ އެމީހުންކައިރީގައި ފާޑުުކިޔައި ގޮތްބުނެދެން އިނެވެ. ރާދު ދެކޮޅުދެކޮޅަށް ދުވާއިރު ހީވަނީ ފަޔަށް ކުރައްޕެއް އަރައިގެން އުޅޭހެނެވެ. “ކުޑަމަންމާ.. ކޮންއިރަކުންތަ ޒަޔާ އަންނާނީ..” ރާދު ރައުފިއްޔާއާ ކައިރިވެލަމުން އަހާލިއެވެ. “ކިހާ ފަޅުވާނެ ޒަޔާ ނެތިއްޔާ..” ރާދު އަނެއްކާވެސް ބުނެލިއެވެ. އެވަގުތު މިޝާއާ އައިނާވެސް އެގެއަށް ވަދެގެން އައެވެ. މިއީ އައިނާ ގެއިން ނިކުމެގެން ތަނަކަށް އައި ފުރަތަމަ ފަހަރެވެ. ފަރީދާ ގުޅާފައި އެވަރަށް ކިޔުމުން ނައިސް ނުކެރުނީއެވެ. އައިނާ ބަހަނާދެއްކިވަރުން ފަރީދާބުނުމުން މިޝާ އައީ އޭނަ އަންނަމުން އައިނާ ގޮވައިގެނެވެ. “އައި.. ކޮންއިރަކުން ޒަޔާ އަންނަނީ..؟؟” ރާދު ދުވަމުންއައިސް އައިނާމެން ކައިރީ މަޑުކޮށްލިއެވެ. އައިނާ ބުނާނެ އެއްޗެއް ނޭންގޭތީ ކޮނޑުއަރުވާލުމަށްފަހު ހިނގައިގަތެވެ. ރާދު ތުންދަމާލުމަށްފަހު މިޝާގެ އަތުގައި ހިފާލުމުން މިޝާ ބާރަކަށް ހީގަތެވެ. މިޝާއަށް އެންމެ ކަމުދަނީ ރާދުގެ މި މިޒާޖެވެ. ރާދު ކައިރީގައި ހުންނައިރު އިރުކޮޅަކުވެސް މިޝާއަށް ނުހީއެއްނުހުރެވެއެވެ. ވޭތުވެދިޔަދުވަސް ތަކުގައި ރާދުގެ އާއިލާއާ ގުޅުންބަދަހިވެފައި އޮތުމުން މިޝާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. “އަވަހަށް އާދޭ ދެކުދިން.. މިއަދު ވާނެ ކުލައެއް ފައިނަލް ކުރަން..”ރައުފިއްޔާ ރާދުމެނަށް ބަލަމުންގޮވާލިއެވެ. “މިޝާ އެއްބަސް ނުވާތީނު މަންމާ..” ރާދު ތުންފިއްތާލިއިރު ހީވަނީ ކުޑަކުއްޖެއް ހެނެވެ. ރާދުގެ ސަމާސާއިން ގޭތެރެއަށް ދިިރުންލިބިފައި އޮތަސް ޒަޔާން ނެތުމުގެ ފަޅުކަން ވަރަށް ބޮޑެވެ. މިފަދަ ކަމެއްގައި ޒަޔާން ބައިވެރިނުވާ އެއްވެސް ފަހަރެއް ނުދާނެއެވެ. އަދި މިފަދަ ކަންކަން ޒަޔާންއާ ނުލާ ފުރިހަމަވެސް ނުވާނެއެވެ. ރައުފިއްޔާ އެތަކެއް ވާހަކައެއް ދެއްކުމުންވެސް ޒަޔާންއަންނަފަދަ ހިޔާލެއް ނުގެންގުޅޭކަން އެނގުނެވެ. “އަޅެ ރާދުއެއް ނޫންތަ ކުލަ ޗޫޒް ކުރަން ނޭންގިގެން އުޅުނީ.. ” މިޝާ އައިސް ފަރީދާ ކައިރީ އިށީނަމަުން ބުންޏެވެ. އެކަމާ އެއްބަސް ވުމުގެ ގޮތުން ފަރީދައާއި ލަމްޝާ ބޯ ޖަހާލިތަން ފެނުމުން ރާދު ރައުފިއްޔާކައިރިއަށ ދިޔައެވެ. “ކުޑަމަންމާ.. ދޭއާ ބުލީއިންގް މީ..” ރާދު އެއްލޯ މަރާލަމުން ބުނެލިއެވެ. ރައުފިއްޔާ މަޑު ހުނުމަކާއެކު ދަރިފުޅު ބޮޑެއް ނުވާނެއޭ ބުނެލިއެވެ. އައިނާގެ ހިނިތުންވުން ފެނުމުން ރައުފިއްޔާ ވަރަށް ހިތްހަމަ ޖެހުނެވެ. ރައުފިއްޔާ ދެކެނީ އައިނާއަކީވެސް ހަމަ އޭނާގެ އުފަން ދަރިއެއްގެ ގޮތުގައެވެ. އެކިވާހަކަ ތަކުގައި ބައިވެރިވަމުން އައިނާވެސް ދިޔައީ އެމީހުންނާއެކު ޕާޓީގެކަންތައްތަކަށް ތައްޔާރުވަމުންނެވެ. ރާދުއެންމެފަހުން މައްސަލަޖައްސާފައިވެސް ނޭވީ ބުލޫ ކުލަ ކަމަށް ނިންމީ ފަރީދާ ހިތްހަމަ ނުޖެހުމުންނެވެ. މިހާރު ތިންދުވަހު ކުލަ ފައިނަލް ކުރަން އުޅެވިއްޖެއެވެ. ރާދުއަށް ކަމުދާ ކުލައަކާ ދިމާނުވަނީއެވެ. އެހާ ހާއްސަދުވަހެއް ވުމުން ރާދުއަށް ގޮތްނިންމަން ފަސޭހަނޫނީއެވެ. ޒަޔާން ހުރިނަަމައޭ ރާދުގެ ހިތައް އެރިއެވެ. އޭނާ ލެޕުން އޮންލައިން ވެލުމަށްފަހު ޒަޔާންއަށް ގުޅައިލިއެވެ. “ބުރޯ.. ސޭވްމީ..” ޒަޔާން ޖަވާބުދިނުމާއެކު ރާދު ހަޅޭލަވައިގަތެވެ. އެވަގުތު ޒަޔާންގެ މަޑު ހުނުމުގެ އަޑު އިވިގެންދިޔައެވެ. ރާދުގެ ކައިރީގައި އިން އައިނާއަށް ޒަޔާންގެ އަޑު އިވުމުން ހީބިހި ނަގައިގެން ދިޔައެވެ. މިއީ ދުވަސްތަކަށްފަހު ޒަޔާންގެއަޑު އިވުނު ފުރަތަމަ ފަހަރެވެ. “މިމީހުން އެބައުޅޭ ރާދު ދެރަކުރަން.. ރާދުއަށް ކަމުދާއެއްވެސް އެއްޗެއް އެމީހުނަކަށް ކަމަކު ނުދޭ..” ރާދު އެހެންބުނެ ބަލައިލިއިރު އައިނާބަލަން އިނުމުން ވިހަގޮތަކަށް ހިނިތުންވެލިއެވެ. “ބުރޯ.. ކޮންކުއްޖެއް ކައިރީލައިގެން ތިއުޅެނީ.. މިކޮޅުގަ ހުރި މީހާ ކަމުނުދަނީތަ..” ރާދު ޖެއްސުމުގެ ރާގަކަށް އެހެންބުނެލިއެވެ. ޒަޔާންއިނީ ރެސްޓޯރެންޓެއްގައި ކަމުން ކައިރީގައި ފުދޭވަރަކަށް މީހުންތިއްބެވެ. ޒަޔާން ހީގަންނަމުން އޭނާގެ ފަހަތުންގައި އިން ކުއްޖާގައިގައި ކޮށްޓާލުމަށްފަހު ވާހަކައެއް ދައްކަންފެށިއެވެ.. ޒަޔާންއެއަންހެން ކުއްޖައާ ވާހަކަ ދައްކަން ފެށުމުން ރާދު އައިނާއާ ކައިރިވެލަމުން އައިނާއަށް އެމަންޒަރު ދައްކާލިއެވެ. ޒަޔާން ފަހަތުގައި އިންކުއަޖާއާ އައްޗެކޭބުނުމަށް ފަހު “ހޮޓް ޗިކެއް” އެހެންބުނެ އެނބުރުނު އިރު ސުކުރީނުން އައިނާފެނުމުން ހުއްޓުންއެރިއެވެ. ރާދު ބަނޑުގައި އަތް އަޅަމުން ހޭންފެށީ ޒަޔާންގެ މޫނުމަތިން ފެނުނު ކުލަވަރުންނެވެ. އައިނާއިނީ ޒަޔާންއަށް ބަލާށެވެ. އޭނާގެ ލޮލުގައި ކުރިންހުރި ވިދުވަރެއް ނެތެވެ. ޒަޔާން ބަލާލުމުން އައިނާ އިނީއެވެ. ޒަޔާންއަށް ދެލޯ މަރާލެވުނެވެ. “އައިނާ ވައި އާޔޫ ޑުއިންގް ދިސްޓުމީ.. އިޓް ހާޓްސް” ޒަޔާން އިންގޮތައް އިނދެ އެތަކެއް ޝަކުވާއެއް ކުރިއެވެ. އެހެނަސް ވަރަށްވެސް ސިއްރުންނެވެ. “ސަލާމްބުނި ރާދުއަށް..” ޒަޔާން ބޯކަހާލަމުން ބުނެލިއެވެ. އައިނާއިން ކަމުގައިވިޔަސް ޒަޔާން އައިނާއަކާ ވާހަކައެއް ނުދައްކައެވެ. ފަހަރަކު މީހަކާ ވާހަކަ ދެއްކިއިރުގައިވެސް އައިނާއާ ވާހަކަ ދައްކާކަށް ޒަޔާން ނޫޅެއެވެ. އައިނާއިނީ އެހާގިނަމީހުން ތިބުމުން ކުކުރާލަންވެސް ނޭންގިފައެވެ.. މިޝާއާ ރާދުއާ ވާހަކަ ދެއްކުމަށްފަހު ފޯންކޯލް ނިންމާލަން އުޅުމުން ރައުފިއްޔާ އެދުނީ އަވަހަށް ރާއްޖެ އައުމަށެވެ. ޒަޔާން އެކަމާ އެއްވެސް އެއްޗެއް ނުބުނެއެވެ. ރައުފިއްޔާ ދެއްކި ވާހަކަ އަޑުއަހައިގެން އިނީއެވެ…

……

ނިޝާ ހިނގަމުންދިޔައީ އައިނާކައިރިއަށް ދިއުމަށެވެ. އައިނާއުޅޭ ގޮތްފެނުމުން ނިޝާގެ ހިތްފަޅައިގެން ދާހާވެއެވެ. އައިނާގެ މަންމަމެން ލަންކާއަށް ބަދަލުވުމުން އައިނާ ދާނެ ތަނެއްވެސް ނުހުންނާނެއެވެ. އައިމިނަ މެން ލަންކާއަށް ބަދަލުވީ އައިނާގެ ކޮއްކޮ ވަރަށް ބޮޑަށް ބަލިވުމާގުޅިގެން އައިނާ ޒަޔާންއާ ކައިވެނި ކުރިތަނާއެވެ. މިވީހާދުވަހު ނިޝާ ޒަޔާންއަށް ގުޅަންކުރި މަސައްކަތައް އެއްވެސް ކުރިއެރުމެއް ލިބިފައެއްނުވެއެވެ. އައިނާގެ ހެޔޮއެދޭ ރަހުމަތްތެރިއެއްގެ ގޮތުން އޭނާއަށް އެހީވާން ނިޝާ ބޭނުމެވެ. ހިނގަމުން އައިނާގެ ގެއާހަމައަށް ދެވުމުން ވަންނަން ދިޔަ ނިޝާއަށް ހުށްޓެވުނީ އިމާދު ފެނުމުންނެވެ. “އިމާދު” ނިޝާއަށް ކިޔާލެވުނެވެ. ދަތްކުނޑިވިކާލުމަށް ފަހު އިމާދުއާ ދިމާއަށް ހިނގައިގަތީ އިމާދުގެ ފަރުވާކުޑަ ހިނިތުންވުން ފެނުމުންނެވެ. އައިނާއަށް ވެދިއަކަންކަމުގަ އިމާދުގެ އަތެއްވާކަން ނިޝާއަށް އެނގެއެވެ. އިމާދުގެ ފަރާތުން ސަލާމަތްވާން އުނދަގޫވާނެކަން ވެސްއޭނާއަށް އެނގެއެވެ. “އެހުރިހާ ކަމެއްކޮށްފަ ކަލޭ ލަދެއް ނުގަނޭތަ.. މިތަނަށް އަންނަން” ނިޝާ އައިސްފައި ހުރި ރުޅިން ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. “ހެހެހެ..” އިމާދުގެ ހުނުމުގެ އަޑު މަގުމަތީގައި ގުގުމައިގެން ދިޔައެވެ. “ކީއްކުރެވޭނީ.. ނިޝާވެސް ޖެހޭނީ ތިހެން ހުންނަން.. އަހަރެން ބޭނުންގޮތެއް ހަދާނީ.. އައިނާ ހީކުރީ އަހަރެންނަށް އެހެންހެދުމަށްފަހު ހުރެވޭނެއޭތަ..” އިމާދުގެ ބާރު އަޑު އިވިގެންދިޔައެވެ. 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Neei

Level 110 Stories

I'm neei.. I love to read and write stories.. hope you guys enjoy my stories.. appreciate your support

Other Articles

Previous

ނުފިލާނޭ މިހިތަކުން… 34

Next

ތިޔަ ލޯބި އަދު ލިބޭނެބާ 6

Next
September 23, 2020

ތިޔަ ލޯބި އަދު ލިބޭނެބާ 6

Previews
September 23, 2020

ނުފިލާނޭ މިހިތަކުން… 34

11 Comments!

  1. Shaima shaee says:
    September 23, 2020 at 7:36 am

    Vrrrr Reethi mipartves ?????waiting for the next part

  2. Shaima shaee says:
    September 23, 2020 at 8:46 am

    Anyways me first dho ????

    1. Neei says:
      September 23, 2020 at 3:47 pm

      Hehe.. Yes you first.. TC dear

  3. Zayaan ❤️ says:
    September 23, 2020 at 9:48 am

    Ma sha allah ❤️ vvvvvvvv reethi mi part ves when next part… Keep it up dear…. ❤️

    1. Neei says:
      September 23, 2020 at 3:49 pm

      .thank you. ❤️TC dear

  4. Starlight vixx says:
    September 23, 2020 at 12:41 pm

    Varah reethi mi part ves curiously waiting for the next part ☺️☺️☺️ take care ♥️? ????

  5. Starlight vixx says:
    September 23, 2020 at 12:41 pm

    Varah reethi mi part ves curiously waiting for the next part ☺️☺️☺️ take care ♥️? ????

    1. Neei says:
      September 23, 2020 at 3:50 pm

      Thank you starlight vix.. V avahah up kohlanan.. IA

  6. Ainaa says:
    September 23, 2020 at 4:39 pm

    Vrh salhi… alhe e thanah zayaan annan kyhvaanee….. eyrun zayaan ah ingeyne imaadh raavaigen kuri kameh kan… plx ainaa n zayaan gulhuvahchey…. waitin for the nxt part…. tc

    1. Neei says:
      September 23, 2020 at 6:36 pm

      hehe.. dho ainaa..
      thanks

  7. Ram says:
    September 26, 2020 at 4:03 pm

    Maasha allsh vvv reethi ???????????

Comments are closed.

Next Episodeލޯބިންއެކުގާ (14)←


All Right Reserved!