Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-13

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
September 23, 2020 4 Mins Read
15 Comments

ބެލްކަނި ނުފެންނާނެހެން އަވަސް އަވަހަށް ފާރާ ނިވާވެލި އައިވިންގެ ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. ޒަފަރް އައުމުން ޒޯޔާއަށް ދެންވާނީ ކިހިނެއްހެއްޔެވެ؟ މިފަދަ ވަޤުތެއްގައި ޒޯޔާ ދޫކޮށްލާފައި އޭނާ ފުރައިގެން ދާންވީހެއްޔެވެ؟ އައިވިން އަވަސް އަވަހަށް އޭނާގެ ފަޓުލޫނުގެ ޖީބުގައި އަތް ޖައްސާލުމަށްފަހު ފޯނު ނެގިއެވެ. ދެވަނަ ވިސްނުމެއްނެތި ނަންބަރުތަކަށް ފިއްތާލުމަށްފަހު އައިވިން މީހަކާ ގުޅާލިއެވެ.

“ހަލޯ.. ފުރަން ހަމަޖެެއްސި ޓިކެޓް ކެންސަލް ކުރޭ… ދުވަސްކޮޅަކު އަދި މިރަށުގައި މަޑުކޮށްލަން އަހަރެން ބޭނުން.. ދެން ހުރި ކަންތައްތައް އަހަރެން ހަމަޖައްސާނަން..” އައިވިން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ބޮޑީގަރޑާއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަދި އެނބުރި މާލެ ފުރާކަށް އޭނާ ތައްޔާރެއް ނޫނެވެ. އޭނާ އެ ހުރި ހާލަތުގައި މާލެ ގޮއްސި ނަމަ ނިމުމެއްނުވާ ނުތަނަވަސް ކަމެއްގައި މުޅި ނަފްސު ހިސާރު ވާނެކަން ޔަޤީނެވެ.

ފޯނު ކޯލު ކުރުކޮށްލުމަށްފަހު އައިވިން އައިސް ސޯފާގައި އިށީނދެ އޭނާގެ މެކް ބުކް ހުޅުވާލިއެވެ. ޗުއްޓީއަކަށް އެދި މެއިލްގެ ޒަރީއާއިން މަޖިލީހުގެ ރައީސް އަށް އޭނާ ސިޓީ ފޮނުވާލިއެވެ. ޗުއްޓީ ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ނަމަވެސް ދިގު މުއްދަތެެެއްގެ ޗުއްޓީއެއް ނުލިބޭނެކަން އޭނާއަށް އިނގެއެވެ. މަޖިލީހުގެ ޤަވައިދުގާ ވާގޮތުގެ މަތިން ސިއްޙީ އުޒުރަކާއި ލައިގެން މެނުވީ މީލާދީ ކަލަންޑަރުން މަހަކު އެއް ޖަލްސާއަށް ހާޒިރު ނުވެވޭގޮތަކަަށް މެންބަރަކަށް ޗުއްޓީއެއް ނުލިބޭނެއެވެ.

މެއިލް ފޮނުވާލުމަށްފަހު އައިވިން ސޯފާއިން ތެދުވެ ހިންދެމިލިއެވެ. ބުނެދެން ނޭނގޭފަދަ ހިތްވަރެެެއް އޭނާއަށް ލިބިގެން ދިޔަފަދައެވެ. ޒޯޔާ ދިފާޢު ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އޭނާ ބޭނުންވެއެވެ. އެއީ ޒަފަރް އާ ކުރިމަތިލުން ކަމުގައި ވާނަމަ އެކަންވެސް ކުރާކަށް އޭނާ ފަހަކަށް ނުޖެހޭނެއެވެ.

“އައި ވޯންޓް ލެޓް އެނީތިންގް ހެޕެން ޓު ޔޫ.. ދެޓްސް އަ ޕްރޮމިސް..” އައިވިން ހިތާއި ހިތުން ބުނެލި އިރު އޭނާގެ ސިކުނޑީގައި ކުރެހިފައިވަނީ ޒޯޔާގެ ތަސްވީރެވެ.
******

ރޭގައި ވީކަންތަކަށްފަހު ޒޯޔާއަށް ނިދުނީ އެތައް އިރަކު ވިސްނުމުގައި އޮތުމަށްފަހުއެވެ. އައިވިން އަށް ނޭނގުނަސް ރޭގައި ޒޯޔާ އޭނާގެ އިޙްސާސްތައް ބޭރުނުކޮށް ހިފެހެއްޓީ ކަށިން ނެތް ހިތްވަރު ނެރިގެންނެވެ. އެތައް ދުވަހެއް ވަންދެން އެކަނި މާއެކަނި ކަޑައްތު ކުރި އަނިޔާތަކަށްފަހު މީހަކު އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެން ވިސްނާލިވެސް އެއީ ފުރަތަމަ ފަހަރެވެ. އައިވިން އައިސް އޭނާގެ ކޮނޑުގައި ހިފަހައްޓާލި ވަޤުތު ހިތުގައި އުތުރި އަރަމުންގޮސް ބަންޑުންވާން ކައިރިވެފައިވާ ހުރިހާ އުދާހެއް ބޭރުކޮށްލަން ބޭނުންވިއެވެ. އެ ތަނަވަސް މޭގައި ބޯ އަޅާލައިގެން ހިތް ފުރެންދެން ރޯލަން ބޭނުންވިއެވެ. އެހެނަސް އެވަޤުތު އޭނާއާ ބައްދަލު ކުރީ ދިރިއުޅުމުގެ ހަޤީޤަތެވެ. އޭނާއަކީ ކޮންކަހަލަ މަޖުބޫރީއެއްގައި ހައްޔަރު ވެފައިވާ މީހެއްކަން ސިކުނޑި ވިސްނައިދިނެވެ. އައިވިން އަކީ އޭނާގެ ކުރިމަތީ ހުއްޓިލައިގެން ހުރި ރީތި ހުވަފެނެއްކަން އޭނާގެ ޟަމީރު ހަނދާންކޮށްދިނެވެ. މާގިނަ ވަޤުތެއް ނުވެ އެ ރީތި ހުވަފެނުން އޭނާ ހޭލަން ޖެހޭނެކަން ޔަޤީނެވެ.

ޒޯޔާ ނިދިން ހޭލަމުން މޯޅިއަކަށް ދެމިލިއެވެ. ގަޑިން ވީ ވަރު ބަލާލުމަށް ކައިރީގައި އޮތްފޯނު ނެގި ވަޤުތު އައިވިންގެ މެސެޖެއް އައިސްފައި އިނުމާއެކު ޒޯޔާގެ ނިދި އެއްކޮށް ފިލައިގެން ދިޔައެވެ. އަވަސްވެފައިވާ ހިތަކާއެކު މެސެޖު ހުޅުވާލުމަށްފަހު ކިޔާލިއެވެ. މެސެޖު އެއްކޮށް ކިޔާނިމުން އިރު ޒޯޔާ މުޅިން މާޔޫސް ވެއްޖެއެވެ. އައިވިން މިހާރު ފުރައިގެން ގޮސްދާނެކަން ޔަޤީނެވެ. އާއެކެވެ. އޭނާ އުޅެމުންދިޔަ ރީތި ހުވަފެނުން ހޭލަންޖެހޭ ވަޤުތު ޖެހިއްޖެއެވެ.

ބެލްކަނީގެ ދޮރުލެެއްޕުނު އަޑަށް ޒޯޔާއަށް ސިހިފައި އެދިމާއަށް ބަލާލެވުނެވެ. ކޮޓަރިއަށް ވަދެގެން އައި ޒަފަރްގެ ސޫރަ ފެނުމާއެކު ޒޯޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޒަފަރްގެ ލޮލުން ފެންނަމުން ދިޔަ ނުރައްކާތެރި ބެލުމާއެކު ޒޯޔާގެ ކައިރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ޒޯޔާ އޭނާގެ އަތް ފޯނާލާ ބާރުކޮށްލީ މީހާ ބިރުގަނެފައި އިން ވަރުންނެވެ.

“ކިހިނެެއްވީ ދެލޯ ބޮޑުކޮށްގެން ތިބަލަނީ.. ފެންނަން ބޭނުންވާ މީހާ ނޫން އެހެން މީހެއް ފެނުނީމަތަ..” ޒަފަރްގެ އަޑުގައި އެކުލެވިފައިވަނީ މަލާމާތެވެ. ޒޯޔާއަށް ހިންދިރުވާލެވުނީ ޒަފަރް އެދައްކަމުން ދިޔަ ވާހަކައިން މާނަ ކުރަންވީ ކޮން ކަމެއްކަން ނޭނގުމުންނެވެ.

“ހީކުރީތަ އަހަންނަށް އެއްވެސް ކަމެެއް ނޭނގޭނެ ކަމަށް..” ޒޯޔާގެ ކައިރީ ހުއްޓި އޭނާގެ އަތުން ފޯނު ޖަހައިގަންނަމުން ޒަފަރް ބުނެލިއެވެ. ހުޅުވިފައިވާ ފޯނުން އައިވިން ކޮށްފައިވާ މެސެޖު އިނީ ފެންނާށެވެ.

‘ރޭގަވީ ކަންތަކޭ..!!؟” ކަލޭމެން ދެމީހުންގެ ގުޅުން ހާދަ މައްޗަކަށް ގޮށްސިޔޭ ދޯ.. ކުރިން ރޭ އަތިރިއަށް ގޮސްގެން ކަލޭމެން ދެމީހުން ގަތްގަނޑުވެސް އަހަންނަށް އިނގޭ.. ކޮބާތަ ކަލޭގެ ލަދު ޙަޔާތް… އަހަރެންގެ އަނބިމީހާއަށް ވެ ހުރެ އުޅޭ މުޑުދާރު ވައްތަރު ބަލާބަލަ.!!.” މެސެޖު ފެނުމާއެކު ޒަފަރް ހީވީ ހަމައިން ނެެއްޓިހެންނެވެ. ޒޯޔާގެ މޫނުގައި ގޮށްމުށުން އެތަކެއް ފަހަރު ޖަހަމުން ދިޔައެވެ. އެންމެ ފަހުން ޒޯޔާގެ ވާއަތު ކޯ ދުޅަވެ ތުންފަތް ފަޅައިގެން ގޮސް ލޭއަންނަން ފެށިއެވެ. އެޙާލުގައިވެސް ޒޯޔާ ކެތްތެރިވެވޭތޯ ބެލިއެވެ. ދެތުންފަތް ފިއްތާ ބާރުކޮށްލީ މޫނަށް ވެރިވި ދިލަ ތަދަށް ކެތްކުރުމަށްޓަކައެވެ.

“އަދި މާ ތާހިރު މީހަކަށް ހެދެން ވެގެން އެބަ ރޮއެންނު..ދެން އެފާޑަށް އުޅެން ހިތަށް އަރުވާލިޔަސް ނިމުނީ!” ޝަޙާދަތް އިނގިލި ޒޯޔާ މޫނުމައްޗަށް ހުރަސްކޮށްލަމުން އިންޒާރެއް ދޭ ބީދައިން ޒަފަރް ބުނެލިއެވެ.

“ހަނދާން ކުރާތި..އެ އައިވިންގެ ދުވަސްދުއްވާލާކަށް ވެސް އަހަރެން ފަހަކަށް ނުޖެހޭނަން.. ދެން އޭނާއާ ވާހަކަ ނުދައްކާތު..!” ޒަފަރް ބުނެލި ބަސްތައް ޒޯޔާގެ ކަންފަތައް އިވިގެން ދިޔައީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އޭނާގެ ސަބަބުން އައިވިން އަށް އެއްވެސް ގެއްލުމެއް ލިބިގެން ދިއުމަކީ ޒޯޔާއަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫނެވެ. އައިވިން އަވަހަށް ރަށުން ފުރައިގެން ދިޔަކަން އެއީ އޭނާގެ ނަސީބެވެ.
*******

އައިވިން އޭނާގެ ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔައިރު ، އިރު ކޮޅު ކޮޅާ އަތުގައި އޮތް ފޯނަށް ބަލާލައެވެ. ޒޯޔާއަށް ކިތަންމެ ގުޅަން ބޭނުންވިނަމަވެސް ޒަފަރް އަށް އިނގިއްޖެނަމަ ވެދާނެ ގޮތަކާމެދު އޭނާ ބިރުހީވެއެވެ. ޒޯޔާއަށް އެއްވެސް އަނިޔާއެއް ލިބުމަކަށް އޭނާ ނޭދެއެވެ. އެހެނަސް އޭނާއަށް ފެންނަ ހިސާބުގައި ޒޯޔާ ނެތުމުން އައިވިންގެ ހަމަޖެހުންވަނީ ގެއްލިފައެވެ.

އެގޮތުގައި އައިވިން ހުއްޓާ މެންދުރު ނަމާދުގެ ބަންގީގެ އަޑު ކަންފަތައް އިވިގެން ދިޔައެވެ. އަވަސް އަވަހަށް ފާޚާނާއަށް ވަދެ ވުޟޫ ކޮށްލުމަށްފަހު އައިވިން ގެސްޓް ހައުސް އިން ނިކުތީ މިސްކިތައް ދިއުމަށްޓަކައެވެ.

މަގުމައްޗަށް ނިކުންނަށް އައި އައިވިންގެ ކަންފަތަށް ފެން ވެހޭ އަޑު އިވިގެންދިޔައެވެ. ދެވަނަ ސިކުންތުގައި ޒޯޔާ ގޭކައިރި ހުރި ގަސްތަކަށް ފެންދެނީކަން ޔަޤީންވެ ދެބައި ވަކިކުރަން އިންދާފައިވާ ގަސްތައް ވަށާލުމަށްފަހު ގެ ފެންނާނެހެން އައިވިން މަޑުކޮށްލިއެވެ. ފަހަތައް އެނބުރިގެން ހުރި ޒޯޔާ އިއްތިފާޤުން އައިވިން އާ ވީފަޅިއަށް އެނބުރުނީ އެވަޤުތުއެވެ. ޒޯޔާ އަށް ރީތި ހިނިތުންވުމެއް ހަދިޔާކުރުމަށްޓަކައި އައިވިންގެ ތުންފަތް ދެމިލި ނަމަވެސް ދެވަނަ ސިކުންތުގައި ޒޯޔާގެ މޫނު ފެނި އޭނާގެ ހިނިތުންވުން އެއްކޮށްފިލައިގެން ގޮއްސިއެވެ. މިހާރު އައިވިންގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. ޒޯޔާގެ ލޯކައިރި ކޯތާފަތާއެކު ތުންފަތްވަނީ ނުހަނު ބޮޑަށް ދުޅަވެ އަރާފައެވެ. އައިވިން އަށް އިޚްތިޔާރަކާ ނުލާ ޒޯޔާއާ ދިމާއަށް ހިނގައިގަނެވުނެވެ.

ޒޯޔާއަށް އައިވިން ފެނުމާއެކު ހުރެވުނީ ފެންނަމުންދިޔަ މަންޒަރު ޤަބޫލު ނުކުރެވިފައެވެ. އައިވިން ފުރައިގެން ދާވާހަކަ މެސެޖުކޮށްފައި ވަނިކޮށް މިވީ ކިހިނެއްހެއްޔެވެ؟ އަނެއްކާ މިއީ އޭނާއަށް ހީވާހީވުމެއްހެއްޔެވެ؟ އައިވިންގެ ޚިޔާލު ކުރެވެމުން ގޮސް އެންމެ ފަހުން އައިވިންގެ އަސްލެއްނެތް ސޫރަވެސް އޭނާއަށް ފެންނަން ފެށީހެއްޔެވެ؟

ކުރިއަށް އަޅަމުންދިޔަ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ޒަފަރް އައިވިންގެ ކުރިމަތީ ހުއްޓުމުންނެވެ. ޒަފަރްގެ ސޫރަ ފެނުމާއެކުވެސް އައިވިންގެ ލޭ ކެކި އުތުރި އަރަންފެށިއެވެ. ޒޯޔާގެ މޫނަށް ލިބިފައިވާ އަނިޔާއަކީ ޒަފަރްގެ ކަމެއްކަން ޔަޤީންވާއިރު އޭގެ ސަތޭކަ ގުނަ އިތުރު ޒަފަރްގެ މޫނަށް ކޮށްލަން އޭނާ ބޭނުންވިއެވެ. އެހެނަސް ރުޅީގައި ކުރެވޭ ކަމަކުން ޒޯޔާ ގެއްލުމަކަށް ހުށައަޅާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އައިވިން އޭނާގެ ދެއަތް މުށްކަވާލަމުން ފަޓުލޫނުގެ ދެއަރިމަތީ ޖީބަށް ކޮށްޕާލަމުން މީހާ ހަމަޖެހިލުމަށް މަސައްކަތް ކުރިއެވެ.

“އަހަން.. އައިވިން އަދިވެސް މިރަށުގައި އެބަ އުޅުއްވަންތޯ؟ މިރަށުގައި ބޭއްވުނު ވޯކްޝޮޕް ނިމުން ޚަބަރު އަޅުގަނޑު އަޑު އެހިން.. ދެން މާލެ ދުރުވަނީ ކޮން އިރަކުތޯ..؟” ޒަފަރް ނިކަން ހިނި އައިސް ސުވާލު ކުރި އިރު އޭނާގެ އެތެރެފުށުގެ މުޑުދާރުކަން މީހަކަށް ފަޙުމްވެސް ނުވާނެކަން ޔަޤީނެވެ.

ޒަފަރް ހިނިއައިސްފައި ހުރިތަން ފެނުމުން މިފަރު އައިވިން މޭބޮޑު ވާގޮތްވިއެވެ. ޒަފަރްގެ ސޫރައަކީވެސް އޭނާ އެންމެ ދެކެން ބޭނުންނުވާ މޫނަށް ވެއްޖެއެވެ.

“މިކޮޅުގަ ޗުއްޓީއަކަށް މަޑުކޮށްލާފަ ދާނީ..މިރަށް ހިތްގައިމު ކަމުން އެހާ އަވަހަށް ދާހިތެއްނެތް..” އައިވިން ބަލައިލީ ދުރުގައި އިސްޖެހިފާ ހުރި ޒޯޔާ އަށެވެ.

“އެހެންތޯ..އެކަމަކު އައިވިން ފަދަ ބޭފުޅަކު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާ ދުވަސްވަރަކު ޗުއްޓީ ނެންގެވީމަ ރައްޔިތުންނަށް ވަރަށް ބޮޑު ހާސްކަމެއް ލިބިގެންދާނެ ނޫންތޯ؟” ޒަފަރް ބެލީ އައިވިންގެ ނިންމުން ގޯސްކަމަށް ވިސްނައިދީ އޭނާ ބަދުނާމު ކޮށްލެވޭތޯއެވެ.

“ރައްޔިތުން އަޅުގަނޑަށް ފުރިހަމަ އިތުބާރު ކުރޭ.. މީހުންގެ އިތުބާރު ހޯދާ އެއިތުބާރު ދަމަހައްޓަން އަޅުގަނޑު ދަންނަން..” އައިވިން ސީދާ ޒަފަރްގެ ލޮލަށް ބަލާލަމުން ވާހަކަ ދެއްކި އިރު އޭނާގެ މޫނުމަތީގައިވަނީ ސާބިތުކަމެވެ.

އައިވިންގެ ޖެހިލުންް ކުޑަކަން ފެނި ޒަފަރް އަށް ދަތްކުނޑިވިކާލެވުނެވެ. އައިވިންގެ ކިބައިން ބަދަލު ހިފުމުގެ ރޫޙު އޭނާގެ ހަށިގަނޑު ތެރޭ އުތުރު އަރައިގެންދިޔައެވެ. ޒަފަރް ކުރިމަތިން ދިއުމާއެކު އައިވިން އަވަސް އަވަހަށް ޒޯޔާ ފެންނަން ހުރިތޯ ބަލައިލިއެވެ. އެހެނަސް ޒޯޔާ ހުރިތަން ހުސްކޮށް އޮތުމުން އައިވިން މާޔޫސްކަން މަތީ މިސްކިތާއި ދިމާއަށް މިސްރާބުޖެހިއެވެ.
******

ޒަފަރް އޭނާގެ ކެބިންގައި އިށީނދެގެން އިން އިރު މޫނުމަތީގައިވާ އަސަރުން ވަރަށް ބޮޑުކަމަކާއި ވިސްނަނީކަން ދޭހަވެއެވެ. ކެބިންގެ ދޮރުގައި ޓަކިޖެހި އަޑާއެކު އެތެރެއަށް ވަނުމަށް ޒަފަރް ގޮވާލިއެވެ.

“ކީކޭތޯ..؟؟” ޒަފަރްގެ އެންމެ އަރިސް ސެކެޓްރީ ސުވާލުކޮށްލީ ޒަފަރް އޭނާއަށް ގުޅާލުމަށްފަހު ވަރަށް އަވަހަށް ކެބިން އަށް އައުމަށް ބުނުމުންނެވެ. ޒަފަރް އިށާރާތްކޮށްލީ ތަނުގެ އެއްފަރާތުގައި ހުރި އެންމެ މިޒަމާނުގެ އަގުބޮޑު ސޯފާ ސެޓަށެވެެ.

ދެމީހުން ސޯފާތަކުގައި ހަމަޖެހިލުމަށްފަހު ޒަފަރް ހީރާސްޖަހާފައިވާ ގަނޑުތަކެއް ކައިރީ ހުރި ބިއްލޫރި މޭޒުގައި ބާއްވާލިއެވެ.

“އަހަރެން ޔަޢުގޫބް އާ ހަވާލުކުރާ މަސައްކަތަކީ މިއީ.. ޒޯޔާގެ ކަންތައް އަހަންނަށް އެންގުމުން އަހަރެން ޔަޢުޤޫބަށް ކުރާ އިތުބާރު ދެގުނަ ވެއްޖެ.. މި މަސައްކަތްވެސް އެފަދަ ވަފާތެރި ކަމާއެކު ނިންމާނެކަމަށް އުންމީދުކުރަން…” މޭޒުމަތީގައި ބޭއްވި ގަނޑުތައް ޔަޢުޤޫބާއި ކައިރިއަށް ޖައްސާލަމުން ޒަފަރް ބުނެލިއެވެ. އޭރު ގަނޑުތަކުގެ ފުރަތަމަ ޞަފްޙާއިން އައިވިންގެ ފޮޓޯ އާއި ނަން ފެންނަމުން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ފިޔަފަތް 26

Next

ނުފިލާނޭ މިހިތަކުން… 34

Next
September 23, 2020

ނުފިލާނޭ މިހިތަކުން… 34

Previews
September 22, 2020

ފިޔަފަތް 26

15 Comments!

  1. Wonder says:
    September 23, 2020 at 12:42 am

    Salaam dear readers.. Here is the 13th part of Neydhemey vakivumeh.. Hope u all will like it.. Hope to get a lot of feedbacks for this part too.. Enjoy reading and thanks all for the immense support.. B safe everyone.. Good night?❤❤

  2. VANTEKTH says:
    September 23, 2020 at 6:28 am

    hey wonder! mi prt ves vvvvvv reethi ingeyyy!! loved this stry.. alhuga hurihaa bayakah cmnnt nukuriyas baraabarah kiyaafa like dhemun mi annanee… and i gotta say that I LOVED IT!!! whn will the nxt prt be??soooo curious!!!! btw im first dhw!! yayyyyy!!!

    1. Wonder says:
      September 23, 2020 at 11:54 am

      Thank u soo much VANTEKTH. Soo happy to receive a comment from such an awesome writer. Thank u soo much for the support and ready glad u like the story. Next part two days thereyga In sha Allah up kohla dheynan. Yess! U r first.. congrats!!?❤

  3. ?Flower? says:
    September 23, 2020 at 6:35 am

    Wow mi part ves varah reethi masha Allah keep it up sis
    Waiting for the next

    1. Wonder says:
      September 23, 2020 at 11:55 am

      Thank u soo much Flower.. soo glad u liked this part too.. next part In sha Allah two days varu therey up kohla dheynan ?❤

  4. ?BLACK PINK says:
    September 23, 2020 at 7:47 am

    Alheyyyyy.. Aivin ah kihineh hadhantha zafar E ulheny..
    Aivin and Zoya is match.. Ohhh furathama dhuvahuvs
    Zoyaa ah balaabala kohli varu… Huh… BTW varah wonder
    Mi part vs… Curiously waiting… I luv this prt.. 2..tc
    ??❤️??❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️????❤️❤️?❤️?❤️?❤️?❤️?❤️??❤️??❤️?❤️❤️??❤️❤️?❤️❤️❤️???❤️❤️❤️???❤️❤️??

    1. Wonder says:
      September 23, 2020 at 11:57 am

      Hingaa dhw Zafar kuran eulhey kameh ves balamaa.. Aaekeyy..zafar ge dhe aih bindhaalan vee kanneynge fhw wonder.. Thank u soo much dear..mi bai ves kamudhiyaeema v ufaavejje.. u too tvgc?❤

  5. ?Ril? says:
    September 23, 2020 at 8:54 am

    Wow mi part ves vrh sali ❤️
    Masha Allah keep it up ❤️
    Zafarugadhaaaa hurebala Ma kulieh dhakaalanaa aivin Ah vurekurin Ril gos zafaru thalaa chiskohlaaana heheh???❤️❤️
    And hope everything is going to be well ❤️❤️
    Btw waiting for the next part ❤️❤️
    Love u sooo muc sis❤️❤️
    Stay safe ❤️❤️

    1. Wonder says:
      September 23, 2020 at 12:00 pm

      Thank u soo much Ril.. soo glad u liked this part too.. Hehe.. wonder ves baiveri vaanan ingey.. wonder dhaanan thavaeh hifaigen xafar ge moonuga jahan?? yess! Let’s hope for the best. Lymmm dear. U too stay safe?❤

    2. Sher says:
      September 25, 2020 at 8:38 pm

      Hey Wonder aa Ril men dhaairu Sher ves govain dhahchey??? Zafar ah landeh dheyn dhangnaa heyvalla thayyaaru??????????????????

  6. ?LamHaa? says:
    September 23, 2020 at 12:18 pm

    ❤️❤️❤️❤️Wow Maasha allah V reethi mi part vx sis
    Zafar ah hurihaa hageegatheh kiyaadheefa dhw huree.. Hurebala Zafar ah rangalhu landeh libeyne
    Curiously waiting For nxt part
    Stay safe n Tc
    ❤️❤️❤️❤️Lysm

  7. Naa says:
    September 23, 2020 at 12:56 pm

    thee zafar ehves noon .Thee safarukaidha?????huh. Eyna e ulheny umurah vure hagu kujjeh libuneema foni bodu vegen. Xoya ahves konmes kahala majuboory eh ovegen vari nuve hunnany. Xoya ah evaru aruvaa iru eyna baduga eothy zafaruge kujjehkan ves hadhaan nuhurey. Rahumeh kuluneh nei. Aivin ah konmes gotheh hadhan e ulheny. Wonder e zafar maithiri aruvaa lahchey. Varah reethi mi part waiting for the the other

  8. Livy says:
    September 23, 2020 at 4:45 pm

    Heyyyy Zafar Gandaa ???????? wonder buneba Zafar gandu kairee Aivin ah ehves Kameh kuran hithu ves nulahcheyyy ????????????????? Aivin ah landei dheyn ves nuvisnahchey ??????????????????
    Alheyy wonder please Aivin ah Kameh viya nudheichey ?????????????????????????????? mi Zafar gandu mee haadha Nubai meeehekeyy, zoya ah evaru kuramun nuvegen mihaaru Aivin ah ???????
    Btw mi part ves Varah Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ sifa kohdhinun thah ves Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️ maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ curiously waiting waiting for the next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ love you wonder ❤️❤️ take care ❤️❤️❤️
    ❤️❤️❤️❤️Stay home and stay safe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Shaima shaee says:
    September 23, 2020 at 7:36 pm

    Hey zafar aivin gaigaa ingili kauri jahsaaliyass nimunee ???????????????????????ma me zoya nama zafar borkolhu idhifushah jahaafa dhookuraanee????I hate that stupid idiot zafar kale ah halaakuhuri ??????anyways mi part ves Vrrrr Reethi masha allah

  10. Sher says:
    September 25, 2020 at 8:34 pm

    Hey wonder sissuuu??? haalu kihinehtha?? ☺️☺️☺️ Esfiya ah nuvadhevuneema vaahaka adhi mikee☹️☹️Last part ah ves eoh loabi comment kureema veegotheh ves neynge???Alhey Zafar keeh kuran tha thi aeekee??? adhi Zafar annaakah nuveyey thi ai thaakah dheybala ihah?? huvafenakah vaanama ey ves hithah eri ekam huvafenuga ves Zafar eh hayo??? Zafar aeema hama zoya ah vaahen foohi vanee Zafar dheke vaahaka dheke ehnun anekkas??? Alhey Aivin haadha loabi ey❤️❤️????❤️❤️❤️❤️?????? Ekam Zafar gandu??‍♀️??‍♀️??‍♀️??‍♀️??‍♀️ huvaa mibuni hama Azzam kairin ehuree kiyavaafa??? Zafar gandu Aivin ah kameh kohgen nuvaane ingey??? alhe Zoya ves dhera vaane dho ekam dhera nuvahchey????? adhi Aivin libeyne ey Zoya ah ‏‎إن شاء الله♥️♥️ dho wonder ekam adhi vaahaka keema thaa ingeyni????? hama vaahaka reethi kamun kiyeyhaa ehchehi ingey????????????❤️❤️❤️❤️
    ماشاءالله♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Mi mihaaru enme kiyaa hithun kiyey vaahaka?????????????????????????????????????????? Rai miss veema yellow☹️☹️☹️☹️☹️ Rai aa Kail ah salaam??????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-14←


All Right Reserved!