Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުހެވިގެން ނުދާނޭ – 04 ، 05 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
September 22, 2020 9 Mins Read
25 Comments

އަވަސް ހަރަކާތަކާއިއެކު އިސްއުފުލާލަމުން އެ ދިމާއަށް ނަޒަރު ހުއްޓާލުމާއިއެކު ފެނުނު މަންޒަރަކުން އެ ފިރިހެން ކުއްޖާއަށް ނޫނެކޭ ކިޔާފައި އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ދުއްވައިގަންނަން ކުރިއަށް ފިޔަވަޅެއް އަޅަން އުޅުމާއެކުހެން ގައިގެ ވަރު ދޫވެގެން ވެއްޓުނީ ލޭމަދުވުމުގެ ސަބަބުންކަންނޭނގެއެވެ. ވޭނުން ފުރިގެންވި ގޮތަކަށް އެ އަންހެންކުއްޖާއަށް ބަލާލަމުން އެ ފިރިހެންކުއްޖާ އާދޭސްކުރަމުންދިޔައީ އަންހެންކުއްޖާ ކައިރީގައި ހުރި ރަޙުމެއް ކުލުނެއްނެތް ފިރިހެން މީހާ ކައިރީގައެވެ. ކުއްލިއަކަށް އިވުނު ބާރު އަޑަކުން އެ ފިރިހެންކުއްޖާ ދިޔައީ ސިއްސައިގެންނެވެ.

* * *
ކުއްލިއަކަށް ހޭލެވުނުއިރު އިލްފްގެ ނިއްކުރިމަތިން ދާތިކިތައް ވިދަވިދާ ހުއްޓެވެ. ފުންކޮށް ނޭވާލަމުންދިޔައިރު މޫނުގައި އަތް ކާއްތާލަމުން އިސްތަށިގަނޑުގައި އަތުން ފުނާއަޅާލިގޮތުން ހީވީ ފެނުނު ހުވަފެން ހަނދާނުން ފުހެލަން މަސައްކަތްކުރަމުން ދިޔަހެންނެވެ. އެންމެފަހުން އެކަން ނާކާމިޔާބުވުމުން ދެބުމަގޮށްޖަހާލާފައި ފާޙަނަ އާ ދިމާލަށް މިސްރާބުޖެހިއެވެ. އިރުކޮޅެއްފަހުން ތާޒާވެލައިގެން ނިކުމެފައި ގަޑި ބަލާލިއިރު ދިހަގަޑި ބައި ވަނީއެވެ.

***

ކާރަށް ވެރިވެފައިވީ މަރުފަދަ ހަމަހިމޭންކަމެކެވެ. ފަހަތު ސީޓުގައި އިން ޒެވިޔަން ފޯނަށް ގެއްލިހުސްވެފައިވީއިރު އެލީންއަށް ވިސްނެމުންދިޔައީ މަންމަ އާއި ދޮންބައްޕައަށް ވަދާއުގެ ސަލާމް ކުރިއިރު އަމްޖަދުބުނި ބަސްކޮޅެވެ. “އަހަރެމެންނަށްވުރެ ބޮޑަށް އޭނަ ކަލެއަށް އަނިޔާ ކުރާނެ. އޭނަ އެއްވެސް މީހަކާ ދޭތެރޭ އަޅައެއް ނުލާނެ އޭނަގެ އަމިއްލަ ނަފްސު ފިޔަވާ. ” އެލީން އެންމެ ކަންބޮޑުވި އެއްކަމަކީ ޒެވިޔަން އާއި އެލީން އުޅޭނީ ވަކި ގެއެއްގައިކަން އެނގުމުންނެވެ. ޒެވިޔަން އޭނާއަށް ކޮންމެފަދަ ކަމެއް ކުރިޔަސް އެއްވެސް މީހަކަށް ނޭނގޭނެއެވެ.

ހިޔާލުގެ ފުންކަންޑެއްގައި ގެނބެމުންދިޔަ އެލީން ސިއްސައިގެންދިޔައީ ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ނުހަނު ބާރަށް ހިފެހެއްޓުމުންނެވެ. އިސް އުފުލާލުމާއިއެކު އިސްޖަހާލެވުނީ އޭނާ އާދިމާލަށް ރުޅިވެރިނަޒަރަކުން ބަލަން އިން ޒެވިޔަން ފެނިފައެވެ.

“އާދެވިއްޖެ. ” އެހެން ބުނުމަށްފަހު އެލީންގެ އަތުން ދޫކޮށްލަމުން ޒެވިޔަން ކާރުން ފައިބާފައި ބަންލާފައި ދޮރުޖަހާލިލެއް ބާރުކަމުން އެލީންގެ ހިތްދިޔައީ ގުޑިގެންނެވެ. ލައިގެންހުރި ހެނދުމުގައި ހިފަހައްޓާލަމުން ކާރުގެ ދޮރުހުޅުވާފައި ފޭބިއެވެ. އޭރު ޒެވިޔަން ގޮސް ކުރިމަތީގައިހުރި ގެއަށް ވަތް މަންޒަރު އެލީންއަށް ފެނުނެވެ. އެކަނި ހުންނަން ބޭނުނުން ނުވުމުން އަވަސް ފިޔަވަޅުތަކެއް ނަގަމުން އެލީންގޮސް ދޮރުމަތީގައި ހުއްޓިލަމުން އަތް އުފުއްލާލަމުން ތަޅުގައި ހިފާ އަނބުރާލަން އުޅުނުތަނާ ކުއްލިއަކަށް ޒެވިޔަން ދޮރުހުޅުވާލާފައި އެލީންގެ އުނަގަންޑުގައި ހިފާ އެތެރެއަށް ލުއްކިއެއް ޖަހާފައި ދަމައިގަތެވެ.

އެއްވެސްގޮތެއް ނުވުމުން މަރާ ބާރުކޮށްލެވިފައިވާ އެސްފިޔަތަށް ހުޅުވާލުމާއެކު އެލީންގެ ހަތަރުކަޅި ހަމަވެގެން ދިޔައީ ޒެވިޔަންގެ ކަޅުކަންގަދަ ކަޅިއާއެވެ. ކުއްލިއަކަށް އެލީންއަށް އިޙުސާސްކުރެވުނީ ފާރާއި ޒެވިޔަން އާއި ދޭތެރޭގައި އޭނާ ފިތިގެން ދިޔަކަމެވެ. އޭރު އެލީން އާއި ޒެވިޔަންގެ މޫނު ވަނީ ނުރައްކާތެރިދަރަޖައަކަށް ކައިރީގައެވެ. ޒެވިޔަން އެލީންގެ ކަންފަތާ ދިމާލަށް ގުދުވެލުމާއެކު އެލީންއަށް ލޯ މަރާލެވުނެވެ.

“ވެލްކަމް ޓު ހެލް ވައިފީ! ”

ވައިއަޑުން ޒެވިޔަން އެހެން ބުނެލުމާއެކު އެލީންއަށް ދެލޯ ހުޅުވާލެވުނެވެ. ޒެވިޔަންގެ ކަޅުދެލިކޮޅެއްފަދަ ކަޅި އެހާ ކައިރިންފެނުމުން ގައިން ހީބިހިނަގައިގެން ދިޔައީ ސަބަބަކާއި ނުލައެވެ. އެދެލޮލުގައި އެތަށް އަސަރެއް ވިއެވެ. އެ ދެލޮލުގައި އެތަށް ކަމެއް ފޮރުވިފައި ވާކަހަލައެވެ. ނޫނީ އެއީ އެލީންއަށް ހީވިގޮތެކެވެ.

“ލައިނާ!! ” ކުއްލިއަކަށް ޒެވިޔަންގެ ރުޅިވެރި އަޑު މުޅި ގޭތެރޭގައި ގުގުމާލައިގެން ދިޔައިރު އެލީންއަށް ބިރުން ދެލޯ ބޮޑުކޮށްލެވުނެވެ. އޭރު ޒެވިޔަން އެލީންއާ ދުރަށް ޖެހިލަމުން ދުވެފައިކަހަލަ ގޮތަކަށް އެތަނަށް އައި މެދު އުމުރެއްގެ އަންހެން މީހާއާދިމާލަށް ބަލާލިއެވެ.

“އޭނަގެ ކޮޓަރިއަށް އޭނާ ގެންދޭ!” އެހެން ބުނުމަށްފަހު ޒެވިޔަން ސިޑިން އަރައިގެން މައްޗަށް ހިނގައްޖެއެވެ.

ޒެވިޔަން ދިޔަފަހުން މާޙައުލަށް ވެރިވެފައިވީ މަރުފަދަ ހަމަހިމޭންކަން ނައްތާލަން އެލީންއަކަށް ނުކެރުނެވެ. އެންމެ ފަހުން ލައިނާ އިސްނަގައި އަމިއްލައަށް ތަޢާރަފުވިއެވެ.

“އައްސަލާމު ޢަލައިކުމް. ” ސަލާމަށް އަތް ދިއްކޮށްލަމުން ލައިނާ ބުނީ ހިނިތުންވަމުންނެވެ. އިސްކޮޅުން އެހާ ދިގު ނޫންނަމަވެސް، ކުރެކޭވެސް ނުބުނެވޭނެއެވެ.

“ވަޢަލައިމުކުއް ސަލާމް. ” ލައިނާގެ އަތުގައި ހިފަމުން އެލީން ހިނިތުންވެލިއެވެ. އެލީން މޫނު ބުރުގާ އަޅައިގެންހުރި ނަމަވެސް، ލައިނާއަށް އެލީން ހިނިތުންވެލިކަން އެނގުނީ ލޮލަށް އައި ބަދަލުންނެވެ.

“އަޅުގަނޑުމީ ލައިނާ. މިގޭގައި މަސައްކަތްކުރާ މީހާ. ” އެލީންގެ އަތުން ދޫކޮށްލަމުން ލައިނާ ތަޢާރަފްވެލިއެވެ.

“އެލީން. ދައްތަ އަޅުގަނޑު ކިޔައިގެން ވާހަކަ ނުދައްކައްޗޭ އަޅުގަނޑާ.” ލައިނާ އެލީންގެ ފޮށީގައި ހިފަން އުޅުމުން އެލީން ފޮށީގައި ހިފިއެވެ.

“ދައްތަ އެހާ ބަރު އެއްޗެހި އުފުއްލާކަށް ނުވާނެ. އަޅުގަނޑަށް ވާނޭ. ” ހިނިތުންވެލާފައި އެލީން ބުންޏެވެ. އެލީން އެހެން ބުނެލިގޮތުން ލައިނާ އެއްބަސްވިއެވެ.

ފޮށިހިފައިގެން ސިޑިން އަރައިގެން މައްޗަށް ދިޔައިރު އެލީންގެ އަތަށް ތަދުވިނަމަވެސް، ހިތްވަރުކޮށްލާފައި މައްޗަށް ފޮށި ހިފައިގެން އެރިއެވެ. ހަތަރު ކޮޓަރީގެ ކުޑަ ގެއެއް ނަމަވެސް، ބަލައިލި ކޮންމެ ތަނަކުން ފެންނަނީ މުއްސަނދިކަމެވެ. ތިރީގައި އެއް ކޮޓަރި ހުރިއިރު މަތީގައި ވަނީ ތިން ކޮޓަރިއެވެ. ކާކޮޓަރިއާއި ކައްކާބައި ހުރީ ތިރީގައެވެ.

“މީ ޒެވިޔަންގެ ކޮޓަރި. އެ ކޮޓަރިއާ ޖެހިގެން އެހުރީ ޒެވިޔަން މަސައްކަތްކުރާ ކޮޓަރި. ދައްތަ އުޅެނީ ތިރީގަ ހުންނަ ކޮޓަރީގަ ” ސިޑިން އަރައިގެން އަންނަ އިރު ފުރަތަމަށް އިން ކޮޓަރިއަށް އިށާރާތްކޮއްލާފައި ދެން ދެވަނައަށް އިން ކޮޓަރިއަށް އިށާރާތް ކޮށްލަމުން ލައިނާ ބުންޏެވެ. އެލީން ހަމައެކަނި ބޯޖަހާލީއެވެ.

“މީ އެލީންގެ ކޮޓަރި. ” ޒެވިޔަން މަސައްކަތްކުރާ ކޮޓަރިއާއި ޖެހިގެން އިން ކޮޓަރީ ދޮރު ހުޅުވާލަމުން ލައިނާ ބުންޏެވެ.

“ޝުކުރިއްޔާ! ” ލައިނާއަށް ބަލާލަމުން އެލީން ބުނެލިއެވެ. ލައިނާ ބޯޖަހާލުމުން އެލީން ދޮރުލައްޕާލީ އަދި އެއްފަހަރު ލައިނާއަށް ޝުކުރުއަދާކުރަމުންނެވެ.

ފުންނޭވާއެއްލަމުން އެލީން ދެލޯ މަރާލިއެވެ. ބޭރުން ކިތަންމެ ރަނގަޅުކަމަށް ދައްކައިގެން ހުރިނަމަވެސް، އެލީންގެ ހިތްދިޔައީ ރޮމުންނެވެ. ހިތްވަރުކުރަން ބޭނުންވެއެވެ. ނަމަވެސް، ބައެއްފަހަރު ކެއްކުރަން އުނދަގުލީއެވެ. މަންމަ އާއި ބައްޕަގެ ފަރާތުން އަޅައިލުމެއް އޯގާތެރިކަމެއް ނުލިބުނުއިރު އަމިއްލަ ފިރިމީހާގެ ފަރާތުންވެސް އަޅާލުމާއި އޯގާތެރިކަން ލިބޭނެކަމެއް ނޭނގެއެވެ. އެވެސް ނުވެސް ދަންނަ މީހެއްގެ އަބިމީހާކަމުގައި ވެހުރެއެވެ.

ދެލޯ މަރައިގެން ހުރިނަމަވެސް، ފޫއަޅުވާލާފއި ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބައިގަތީ ނިމުމެއްނެތް ފަދައިންނެވެ.

“ޔާ ﷲ މިއަޅާއަށް ކެއްތެރިކަން ދެއްވާށި ” އިރުކޮޅަކު އެގޮތުގައި ހުރެފައި އެލީން އަވަސްވެގަތީ ތާޒާވެލައިގެން ނުކުމެ އަންނައުނުތައް ތަރުތީބުކުރުމަށްފަހު ނިދާލުމަށެވެ.

***

ހުކުރު ދުވަސްކަމުން ފަތިސް ވަގުތުގައި މަގުމަތީން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ނަމަވެސް، ނިއުޕޮޓް ވިއުގެ ސިޑީގައި އިށީންދެލައިގެން އިން ޒުވާނާ ދިޔައީ މި ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހޯދަމުންނެވެ. ނޫނީ އެއީ އެހެން މީހުންނަށް ފެންނާނެ ގޮތެވެ.

ޖެހިލާ މަޑު ވައިރޯޅީގެ ސަމާސާގައި ބައިވެރިވަމުން އެޒުވާނާގެ ކަޅު ރޭގަނޑެއްގަދަ ފަން ނަމަވެސް ކުރު އިސްތަށިގަނޑު އެ ޒުވާނާގެ ލޮލަށް ނިވާ އަޅާލައެވެ. މާދުރަށް ބަލަހައްޓައިގެން އިން އިރު އެ ޒުވާނާގެ މަޑުމުށި ކުލައިގެ ދެލޮލުގައިވާ އަސަރުތަށް ބަޔާންކޮއްދޭން ޝާޢިރަކަށްވެސް ނޭނގޭނެކަން ގައިމެވެ. އިރުއިރުކޮޅާ ދަތްކުނޑި ވިކާލާއިރު ދެލޮލުން ފެންނަ ރުޅިވެކަމާއި ދެއަތް މުއްކަވާލާގޮތުން ކޮންމެސް ކަމަކާއި ގޮތެއް ނިންމަން މަސައްކަތް ކުރަމުންދާކަހަލައެވެ. ލައިގެން ހުރީ ކަޅުކުލައިގެ ހޫޑީ އަކާއި ކަޅުކުލައިގެ ޖިންސްއެކެވެ.

ކުއްލިއަކަށް ކޮޅަށް ތެދުވަމުން ފައިހުރި ބާރެއް ލާފައި ސިޑީގެ ހަރުފަތެއްގައު ޖެހީ ރުޅި ފިނިކޮށްލަންހެން ހީވިއެވެ. ދެން އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން ހިތި ގޮތަކަށް ހިނިތުންވެލީ ސިކުނޑީގައި ދެން ކުރާނެ ކަންތައް ރާވާލަމުން ނެވެ.

“އައި އޭމް ކަމިންގ ފޯ ޔޫ ޒީކް.” ވައިއަޑުން އެހެން ބުނެލިއިރު އެ އަޑުގައިވީ ރުޅިވެރިކަމެވެ. ދެލޮލުން ފެނިލީ ނުރައްކާތެރި ވިދުވަރެކެވެ. ހޫޑް އިން މޫނު ފޮރުވާލަމުން އެޒުވާނާ ހިނގައިގަތެވެ.

****

“ދަރިފުޅު ބޭނުންވާހެން ކޯޓުން ކައިވެނިކުރަން ހަމަ ޖެހިއްޖެ މިރޭ ” އިލްފްއަށް ބަލާލަމުން އަހްވަމް ބުންޏެވެ. އިލްފް ހަމައެކަނި ބޯޖަހާލީއެވެ. އިލްފް ޒީކް އާއި ކައިވެނިކުރަން ބޭނުންވީ ކޯޓުގައެވެ. މި ކައިވެނީގައި ލޯބި ނުވާއިރު ބޭކާރު ހަރަދުތަކެއްކޮށް ބޮޑު ޕާޓީއެއް ބޭއްވުމުގެ ބޭނުމެއް އޭނާއަކަށް ނުފެނުނެެވެ.

“ޒީކް؟ ” ސިޑިން ފައިބައިގެން އައި ޒީކް ފެނިފައި އަހްވަމް ޒީކްއަށް ގޮވާލާފައި ކައިރިއަށް އައުމަށް އެދުނެވެ. އިލްފް ދާން އުޅުމާއެކު އިލްފް ކައިރީވެސް މަޑުކުރުމަށް އެދުނެވެ. ޒީކް އައިސް އިލްފް ކައިރީގައި މަޑުކޮށްލުމާއެކު އަހްވަމް ހީނލިއެވެ.

“މިރޭ ކޯޓުގަ ތި ދެކުދިންގެ ކައިވެނިކުރެވިގެން ދާނޭ. ދެކުދިންނަށްވެސް ބާއްޖަވެރި ޙަޔާތަކަށް އެދެން. ” އިލްފްގެ އަތް މަތީގައި ޒީކްގެ އަތް ބާއްވާލަމުން އަހްވަމް ބުންޏެވެ. އިލްފް އާއި ޒީކްގެ މަޑުމުށިކުލައިގެ ހަތަރުކަޅި ހަމަވެގެންދިޔައިރު ދެމީހުންވެސް ބަހެއް ނުބުންޏެވެ. ޒީކް އިލްފްގެ އަތުތެރެއިން އޭނާގެއަތް ނަގަމުން އަހްވަމްއަށް ބަލަލާފައި ބޯޖަހާލީ ކުޑަކޮށް ހިނިތުންވެލަމުންނެވެ.

“އޮވްހް އިލްފް. ދޭބަލަ އެއަރ ޕޯޓަށް. މިޔަދު ޔައިކް އަންނާނެ. ” ކަމެއް ހަނދާންވިފަދައަކުން އިލްފްއަށް ބަލާލަމުން އަހްވަމް ބުންޏެވެ. އިސްއުފުލާލަމުން އަހްވަމް އާއި އިލްފް ހަތަރުކަޅި ހަމަކޮށްލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. ޒީކްއަށްވެސް އެކަން ނަގައިގަނެވުނެވެ.

“ފައިން. ” ދަތްތައް ކާރުވައިގަންނަމުން އިލްފް ބުނީ ދެބުމަގޮށް ޖަހާލަމުންނެވެ.

“ޒީކް ވެސް ގޮވައިގެންދޭ. މިހާރު ގޭ ހުރެހުރެ ޒީކް ފޫހިވެފައެއްނު ހުންނާނީ ދޯ؟ ” ޒީކްއަށް ދޯ އެއްލަމުން އަހްވަމް ބުންޏެވެ. އިލްފްއަށް އެއްޗެކޭ ނުބުނެވެނީސް ބޯޖަހާލަމުން ޒީކް ގޭން ނުކުންނަން ހިނގައިގަތެވެ. ދެއަތް މުއްކަވާލަމުން އިލްފްވެސް ދިގު ފިޔަވަޅުތަކެއް ނަގަމުން ޒީކްއާ އެއްވަރުކޮށްލިއެވެ.

“މަޑުކުރޭ. އަހަރެން އެބަ އަންނަން ކާރު ނަގައިގެން. ” އެހެން ބުނުމަށްފަހު ޒީކްއަށް ބަލާލުމެއްނެތި އިލްފް ކާރުނަގަން ދިޔައެވެ.

ވެރިވެފައިވީ ހަމަހިމޭންކަން ފޫއަޅުވާލަން އެކެއްވެސް ބޭނުން ނުވީކަންނޭނގެއެވެ. ނޫނީ ދައްކާނެ ވާހަކައެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގުނީއެވެ. އެއަރޕޯޓަށް ދެވެންދެސް މުޅި ކާރުތެރޭގައިވީ ހަމަހިމޭންކަމެވެ.

ކާރުން ފައިބަމުން އިލްފް ކާރުގައި ލެގިލީ ޔައިކް އަންނަން ދެނެވެ. ލައިގެންހުރި ހުދުކުލައިގެ ޓީޝާޓުންނާއި މަޑު ނޫކުލައިގެ ޖިންސްއެއް ލައިގެން ހުރިއިރު އަވިއައިނެއް އަޅައިގެން ހުރުމުން އެތަށް ބައެއްގެ ނަޒަރު އިލްފްއަށް ހުއްޓެމުންދިޔައެވެ. ބައެއް މީހުން އެނބުރިއެނބުރިފައިވެސް ބަލަމުންދިޔައެވެ. ނަމަވެސް އިލްފްއަށް ކަމެއް ވާހެންވެސް ހީނުވާފަދައެވެ.

ޒީކްވެސް ކާރުން ނުކުންނަމުން އިލްފް އާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލަމުން ކާރުގައި ލެގިލިއެވެ.

“ހެލޯ ބްރޯ. ” ކުއްލިއަކަށް އައިނައިތަނެއް ނޭނގި ޒުވާނަކު އިލްފްގެ ކޮނޑަށް އަތް ވައްޓަަލަމުން މަލާމާތުގެ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވަމުން ބުންޏެވެ.

“ޔައިކް. ” ފުންނޭވާއެއްލަމުން ޔައިކްގެ ނަމުން އެޒުވާނާއަށް ގޮވާލަމުން އޭނާގެ ކޮނޑުމަތީގައިވަ އަތް ނަގާ ދުރަށްލިއެވެ. އެ އަޑުގައިވީ ފިނިކަމެވެ.

ބައިމަތިފުޅާ ރީތި ހަށިގަނޑެކެވެ. އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލެވިފައިވީ ނަމަވެސް، ހަޑިއެކޭ ނުބުނެވޭނެއެވެ. ކަޅުކަންގަދަ ކަޅިއަކާއި ދިގު އިސްކޮޅެކެވެ.

“ހެލޯ ބިއުޓިފުލް. ” ކުއްލިއަކަށް ޒީކްއަށް ޔައިކްގެ ނަޒަރުހުއްޓުނުއިރު ޒީކްގެ ކޮނޑަށް އަތްވައްޓާލަން މަސައްކަތްކުރަމުން ޔައިކް ބުންޏެވެ. ނަމަވެސް ޒީކް މާ ހުށިޔާރެވެ. އޭނާގެ ކޮނޑާއި ދިމާލަށް ދިޔަ ޔައިކްގެ އަތުގައި ހިފަހައްޓަަލަމުން އަތް ދުރައްލިއެވެ.

“ފައިސްޓީ. އައި ލައިކް އިޓް. ” އެއްލޯ މަރަލަމުން ޔައިކް ބުންޏެވެ. ޒީކް އަސަރެއްނެތް ގޮތަކަށް ޔައިކްއަށް ބަލާލާފައި ދުރުބަލަލީއެވެ.

ކުއްލިއަކަށް ޔައިކް ޒީކްގެ އަތުގައި ހިފިއެވެ. މަންޒަރު ބަލަންހުރި އިލްފް އެންމެ ފަހުން އެދެމެދަށް ވަންނަން އުޅުނީ ޔައިކްގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. ނަމަވެސް އިލްފް ހުއްޓުންއެރީ ދެން ޒީކް ކޮއްލިކަމަކުންނެވެ.

“އަތުން ދޫކުރޭ! ” ރުޅިވެރިކަމާއެކު ޔައިކްއަށް ބަލާލަމުން ޒީކް ބުންޏެވެ.

“ދޫނުކޮށްފިއްޔާ؟ ” އެއްބުމަ ހިއްލާލަމުން ޔައިކް އަހާލިއެވެ.

ފުން ނޭވާއެއްލަމުން އިލްފްއަށް ބަލާލާފައި ޔައިކް އާއި ހަތަރުކަޅި ހަމަކޮށްލަމުން ޒީކް އެއްމިޔަކުން ހީނލިއެވެ. އަދި އަވަސް ހަރަކާތަކާއެކު ޔައިކްގެ އަތުތެރޭގައި އޮތް އޭނާގެ އަތް ލުއްކިއެއް ޖަހާފައި ދަމައިގަންނަމުން ޔައިކްގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލިއެވެ. ކާރުގައި ބުރަކަށިޖެހިފައި މަތަވިއިރު ޔައިކް ހުރީ ދެލޯ ބޮޑުކޮށްލައިގެން ޒީކް އާއި ދިމާލަށް ބަލާންށެވެ. އެވަރުން އަދި ޒީކް ނިންމާލީއެއް ނޫނެވެ. ކާރުގެ އެއްފަޅީގައި ޔައިކްގެ ބޮލާ ދިމާލުން އަތް އަޅަމުން ޔައިކް އާއި ހަތަރުކަޅި ހަމަކޮށްލީ އިންޒާރުގެ ނަޒަރަކުން ބަލާލަމުންނެވެ.

“މިހެން ވާނީ އެންޑް ޑޯންޓް ޔޫ ޑެއަރ ޓަޗް މީ ވިތައުޓް މައި ޕާރމިޝަން. ” ނުރައްކާތެރިނަޒަރަކުން ޔައިކް އާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ ޒީކް އެހެން ބުނިގޮތުން ޔައިކް އަށް ބުމަ ހިއްލާލެވުނެވެ. މުޅި މާޙައުލަށް ނަޒަރު ހިންގާލެވުމާއި އެކު ލަދުގަންނަގޮތްވީ ގިނަ މީހުންތަށް ހުއްޓިފައިހުރެ ޒީކް އާއި އޭނާއަށް ބަލަމުންދިޔަ ގޮތުންނެވެ. ނަމަވެސް، ސިއްސައިގެން ދިޔައީ ޒީކް އަޑުހަރުކޮށް ބުނި އެއްޗަކުންނެވެ. މިއީ އަންހެންް ކުއްޖެއް ބާވައޭވެސް ހިތަށް އެރިއެވެ.

“އެމީހެއް އެމީހެއްގެ ދިރިއުޅުމަށް އަނބުރާދޭ. ދަ ޝޯ އިޒް އޯވާރ! ” އެންމެނަށް ބަލާލާފައި ޒީކް ބުންޏެވެ. ޒީކްގެ އަޑުގައިވީ ރުޅިވެރިކަން އިޙުސާސްކުރެވިފައި މީހުންތަށް އަވަސްވެގަތީ އެމީހެއް ކުރަމުންދިޔަ ކަމެއްގައި މަސްޢޫލުވުމަށެވެ.

“މިހިސާބުން އަދި މި ނިމުނީއެއް ނޫން. އަދި މި ފެށުނީ. ރިމެންބާރ ދިސް ބިއުޓިފުލް ” ޒީކްއަށް ހިނިތުންވުމެއް ދެމުން ޔައިކް ބުނެލިއިރު އެ ދެލިލުން ފެނިލީ ނުރައްކާތެރި ވިދުވަރެކެވެ.

“ޝީ އިޒް ގޮއިންގ ޓު ބީ މައި ވައިފް ޔައިކް. އައި ޑޯންޓް ތިންކް ޔޫ ވޮނަ ޑޫ ދިސް. ” ޒީކް އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމާއެކު އިލްފް ބުނެލީ ޔައިކް އާއި ދިމާލަށް ފިޔަވަޅުތައް ނަގަމުން ލަސްލަހުންނެވެ. އޭރު އެ ދެލޮލުގައިވީ އިންޒާރެވެ.

“އޯވްހް ކާންޓް ގެޓް އެނީ ބެޓާރ ބްރޯ. ދިސް އިޒް ގޮއިންގް ޓު ބީ ފަން. ” ނުލަފާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން ބޯ އަރިކޮށްލާފައި ޔައިކް ބުންޏެވެ. އަދި އިލްފް އެއްޗެކެ ބުނަން އަނގަ ހުޅުވާލުމާއެކު ކާރުގެ ފަހަތު ދޮރު ހުޅުވާލަމުން ކާރަށް އަރާފައި ދޮރުޖަހާލިއެވެ.

ޒީކް ވެސް ވަކި ޔައިކްއަށް ދޫނުކުރެއެވެ. ކާރު ވަށާލާފައި ގޮސް ކުރީ ސީޓުގައި އިށީނެވެ. އިލްފްގެ ކަންތަށް އަދި މާ މައްޗެވެ. އައި ރުޅީގައި ކާރުގައި ގޮށްމުށުން އެތޮފަހަރެއް ވީއްލާލަމުން ދޮރު ހުޅުވާލާފައި ޑްރައިވަރު ސީޓުގައި އިށީންނަމުން ބަންއަޅާފައި ދޮރު ޖަހާލިލެއް ބާރުކަމުން ކާރުވެސް ގުޑިގެން ދިޔައެވެ.

****

“ދަރިފުޅުމެންނަށް އާދެވިއްޖެދޯ. ހާދަ ލަހެއްވީ؟ ” ގެއަށް ވަދެގެން އައި ޒީކް އާއި އިލްފްގެ އިތުރުން ޔައިކް ފެނިފައި އަހްވަމް އެއްސެވެ. ތިން މީހުންވެސް ބޯޖަހާލަމުން ފުއްދާލީއެވެ.

“ދަރިފުޅު މިހާރު ވަރުބަލި ވެފަ ހުންނާނީ. ދޭ އަރާމުކޮށްލަން. ” ޔައިކް އަށް ބަލަލަމުން ރޫބީ ބުންޏެވެ.

“ލައްބަ މަންމާ. ” އެހެން ބުނުމަށްފަހު އަހްވަމް އާއި ރޫބީއަށް ފުޅާ ހިނިތުންވުމެއް ދެމުން ޔައިކް ސިޑިން އަރައިގެން ދިޔައެވެ.

“އިލްފް އާ….” އެހެން ބުނަމުން ރޫބީ ބަލާލިއިރު އިލްފް އާއި ޒީކްގެ ހިލަމެއްވެސް އެތަނަކުން ނުފެނުނެވެ. ދެފަރާތަށް ބޯ ހޫރާލަމުން ރޫބީ އަހްވަމް އާއި ވާހަކަދައްކަން ފެށިއެވެ.

****

ޒީކްގެ އަތުގައި ހިފައިގެން ކުރިއަށް ހިނގަމުންދިޔަ އިލްފްގެ މޫނުމަތީގައިވަނީ ރުޅިވެރިކަމުގެ އަސަރެވެ. ފަހަތުން އެއްޗެކޭ ނުބުނެ އިލްފްގެ ދިގު ފިޔަވަޅުތަކާއި އެއްވަރަށް ހިނގަން މަސައްކަތް ކުރަމުންދިޔަ ޒީކްގެ މޫނުމަތީގައިވެސްވީ އެ އަސަރެވެ.

އިލްފް އޭނާގެ ކޮޓަރީ ދޮރުހުޅުވާލަމުން އެތެރެއަށް ވަދެފައި ބަންލާފައި ދޮރުޖަހާލަމުން ޒީކް ދޮރާއި ދިމާލަށް ކޮއްޕާލިއެވެ. އިލްފް ކޮއްފާނޭކަމަށް ހުސިޔާރުވެހުރި ޒީކް ދޮރުގައި ބުރަކަށި ޖެހުމުގެ ކުރިން އަމިއްލަ ހަށިގަނޑު ބެލެންސް ކޮށްލިއެވެ. އޭރު އިލްފް ހުރީ ރުޅިވެރި ނަޒަރަކުން ޒީކްއަށް ބަލަހައްޓައިގެންނެވެ. އެހެން މީހެއްވީނަމަ މިހާރު އިލްފްގެ ދެލޮލުގައިވީ އަސަރު ފެނިފައި ބިރުން ހިމޭންވީހެވެ. އެކަމަކު ޒީކް އިސްކުރީ އެހެން އަސަރެކެވެ.

“ކިހިނެއް ވެގެންތަ ތި އުޅެނީ؟ ” ރުޅިވެރިކަމާއެކު އިލްފްއަށް ބަލާލަމުން ޒީކް ބުންޏެވެ. ޒީކް އެހެން ބުނުމުން ހީވީ އަލިފާނަށް ޕެޓުރޯލު އެޅިހެންނެވެ. ދެން ފެނުނީ ކޮޓަރީ ދޮރާއި އިލްފް އާއި ދެމެދުގައި ޒީކް ފިތިގެން ދިޔަ މަންޒަރެވެ. ޒީކްގެ ދެ އަތުގައި ގަދަކަމުންކަހަލަ ގޮތަކަށް ހިފަމުން އިލްފް ޒީކްގެ ދެއަށް ޒީކްގެ ބޮލާދިމާލުން ފާރުގައި ޖައްސާލިއެވެ.

“ވެގެން އުޅެގޮތެއް ހަމަ ނޭނގޭތަ؟ ” ދެބުމަގޮށްޖަހާލާފައި ރުޅިވެރިކަމާއިއެކު ޒީކް އާއި ހަތަރުކަޅިހަމަކޮށްލާފައި އިލްފް އެހެން ބުނެލިއިރު ދެމީހުންގެ މޫނުވީ ނުރައްޖާތެރިދަރަޖައަކަށް ކައިރީގައެވެ. ނަމަވެސް، ދެމީހުންނަށްވެސް އެކަން އިޙުސާސްނުވާ ފަދައެވެ.

“ބުނީ…” ޒީކް ވާހަކަދައްކަން އަނގަ ހުޅުވާލުމާއެކު އިލްފް ރުޅިވެރިކަމާއެކު ޒީކްގެ ޖުމުލަ މެދުކަނޑާލިއެވެ.

“މިޔަދު ތިކުރި ކަމަކުން ޔައިކްގެ އުނދަގޫ ވާނީ އިތުރު. ދެން އޭނަ ޒީކްއަށް ޖެއްސުންކުރާނެ ޒީކްގެ ހިޔަނިހެން ފަހަތުގައި ހުރެ. ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެ. އަދި އެވެސް އަހަރެންގެ ވައިފްއަށް ވާ އަންހެންކުއްޖާކަން އެނގިފަ.” ރުޅިވެރިކަން އަޑުގައިވާއިރު އިލްފް ފަހުޖުމުލަ ބުނެލާފައި ދަތްކުނޑިވިކާލިއެވެ.

“އެކީވެ ވައިފްއަށް ވާ އަންހެންކުއްޖާކަން އެނގިފަ؟؟ ” ދެބުމަގޮށްޖަހާލަމުން ޒީކް އެއްސެވެ.

“ނަން އޮފް ޔުއަރ ބިސްނެސް. ” އެހެން ބުނުމަށްފަހު ދެމީހުންނަށްވެސް ދެމީހުން ހުރެވުނީ ކިހާ ކައިރީގައިކަން އިޙުސާސްކުރެވުނުކަހަލައެވެ. ނަމަވެސް، އިލްފްގެ ސިކުނޑީގައި އެހެން ކަމެއްކުރަން ރާވާލީކަންނޭނގެއެވެ. ޒީކް އާއި އިތުރަށް ކައިރިވެލިއެވެ.

“ދުރަށްދޭ! އަދި އިލްފް އަހަރެންގެ ފިރިމީހާއަކަށް ނުވޭ އަހަންނާ ތިހާ ކައިރިވާން. ” ރުޅިވެރިކަމުން އަނދަމުންދިޔަފަދަ ގޮތަކަށް ޒީކް ބުނެލީ އިލްފްއަށް ބަލާލަމުންނެވެ. ހީވީ މީހަކު އޭނާ ގައިގައި އަތްލަންވެސް ނުރުހޭހެންނެވެ.

“ތިބުނީ ދެން އަހަރެން ޒީކްގެ ފިރިމީހަށްވާފަހުން އޯކޭ އޭތަ؟ ” ޒީކްގެ މޫނުމަތިން ލަދުވެތިކަމުގެ ޒައްރެއްގެ މިންވަރެއްނަމަވެސް، ފެނޭތޯ މަސައްކަތް ކުރަމުންދިޔަ އިލްފް އަހާލީ އަދިވެސް ޒީކްއާއި ދުރުވުމެއްނެތިއެވެ.

ރުޅިވެރިކަން ފާޅުވަމުންދިޔަ ދެލޯ މަރާލާފައި ޒީކް ލޯ ހުޅުވާލީ ރުޅިގަނޑު ފިނިކޮށްލުމަށްކަން ނޭނގެއެވެ. ނަމަވެސް ދެން ކޮއްލީ އިލްފް އުންމީދުކުރިފަދަ ކަމެއް ނޫނެވެ. އިލްފްގެ އަތުތެރޭގައި ހައްޔަރުވެފައިވާ ދެއަތް ދަމައިގަންނަމުން ތިރިން ޒީކްގެ ފައިން އިލްފްގެ ފައިގައި ފައިއަޅުވާލާފައި އަނެއްފައިން ފައިމައްޗަށް ބާރަށް އެރިއެވެ. ނަމަވެސް އިލްފް އަވަސް ގޮތަކަށް އޭނާގެ ހަށިގަނޑު ބެލެންސްކޮށްލަމުން ޒީކްއަށް ބަލާލީ ޙައިރާންވެ ހުރެއެވެ. މި އަންހެންކުއްޖާ އަބަދުވެސް އެބަ އޭނާ ޙައިރާންކޮއްލުމުގައި ކާމިޔާބުކުރެއެވެ.

އެވަރުން ނުފުދިގެން މުއްކެވިފައިވާ އަތުން އިލްފްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލާން ހޫރާލި ހަމަލާއިން އިލްފް ރެކެގަތީ ނުހަނު ހުސިޔާރުވެހުރެއެވެ. ދެންވެސް ޒީކް އަތްމުއްކަވާލައިގެން ހުރެ އިލްފްގެ މޫނުމައްޗަށް ވީއްލާލަން ހޫރާލި އަތުގައި އިލްފް ހިފެހެއްޓިއެވެ.

“ކީއްވެ އަހަރެންގެ މޫނު؟ މި ރީތި މޫނުގެ ދުވަސް ދުއްވާލީމަ މީހަކު ނުވެސް ބަލާނޭ އަހަންނަށް. ” އެއްމިޔަކުން ހީނލަމުން އިލްފް އެހެން ބުނެލީ ޒީކް ރުޅިއަރުވާލުމުގެ މަޤުސަދުގައެވެ. ވީވެސް އޭނާ އުންމީދުކުރި ގޮތަށެވެ.

އައި ރުޅީގައި ޒީކް އޭނާގެ ފައިގެ ހަމަލާއެއް އިލްފްގެ ފަލަމަސްގަނޑަށް ދިނެވެ. ތަދުވިނަމަވެސް، އިލްފް ޒީކް އާއި ބައިވެރިވިއެވެ. ކަމެއް ޔަޤީންކުރުމުގެ މަޤުސަދުގައި އިލްފް އޭނާގެ އަތް މުއްކަވާލަމުން ޒީކްގެ ބޮލާއި ދިމާއަށް އެތިފަހަރެއް ވީއްލާލަން ހޫރާލި ހަމަލާއިން ޒީކް ރެކެގަތީ ހުށިޔާރުވެހުރެއެވެ. އަދިވެސް އިތުރަށް ޔަޤީންކުރަން އިތުރު ދެތިންހަތަރު ހަމަލާ ދޭން މަސައްކަތްކުރިނަމަވެސް، ޒީކް އެ ހުރިހާ ހަމަލާއިން ރެކެގަތީ ހީވެސްނުކުރާހާ އަވަހަށެވެ. ކަމެއް ޔަޤީންވުމުން އިލްފް މަޑުކޮށްލިއެވެ. އަދި ކުއްލިއަކަށް ވަރަށް ހުށިޔާރުވެހުރެ ޒީކްގެ ދެއަތް ހަފަތަށް ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލީ ޒީކްއަށް އޭނާ ދޫނުކޮށްލަނިސް މިނިވަން ނުވެވޭނޭކަން އެނގޭތީއެވެ.

“ވަޓް އިޒް ޔުއަރ ޕްރޮބްލެމް؟ އޭނ! ” ރުޅިވެރިކަމާއެކު ޒީކް އެހެން ބުނިނަމަވެސް، ދެއަތް މުއްކަވާލައިގެން ހުރިއިރު ބުނީ ވައިއަޑުންނެވެ.

“ޔޫ. ނޯ. ހައު. ޓު. ފައިޓް. ” ލަސްލަހުން އިލްފް އެހެން ބުނިއިރު އެ މޫނުމަތިން ފެނުނީ ސީރިޔެސްކަމުގެ އިންތިހާއެވެ. ކަމެއް ހަނދާންވިފަދައަކުން ޒީކްގެ ގޮށްޖެހިފައިވާ ބުމަ މޮހެވިގެން ދިޔައިރު ފުންނޭވާތަކެއް ލަމުންދިޔައީ ހަމައަކަށް އެޅުމުގެ ބޭނުމުގައެވެ. އިލްފް އޭނާ ކޮއްފައިވާ ލޮކް އިން އޭނާ މިނިވަންކޮށްލުމާއެކު ފައިން ފާރުގައި ޖަހަމުން ހަމަޖެހިލިއެވެ.

“މައްސަލައެއްތަ އެއީ؟ ” ފަސްޖެހުމެއްނެތި އިލްފްގެ ކުރިމަތީގައި ހުއްޓެމުން ޒީކް އަހާލީ ހަތަރުކަޅި ހަމަކޮށްގެން ހުރެއެވެ. އިލްފް އެއްބުމަހިއްލާލީ ޤަބޫލެއް ނުކުރާނަމޭ ބުނާ ފަދަ ގޮތަކަށެވެ.

“ލުކް. އަމިއްލަ ސެލްފް ޑިފެންސްއަށް ކަމެއްކުރަން ދަސްކުރަން ޖެހޭނެ އެންޑް އައި ކޭން ހޭންޑަލް ޔައިކް އޮން މައި އޯން. އައި ތިންކް މިހާރު އިލްފްއަށްވެސް އެކަން ޤަބޫލުކުރެވޭނެހެން. ” ހީނލަމުން ޒީކް ބުންޏެވެ. އިލްފް އަދިވެސް ޒީކްއަށް ބަލަހައްޓައިގެންހުރީ ޒީކް އެހެން ބުނިއިރު އެކަމުގައި ދޮގެއްވޭތޯއެވެ. ނަމަވެސް ޒީކް ހުރީ ހަމަޖެހިފައެވެ. އެ ތުންފަތް މަތީގައިވީ ހިނިތުންވުމެކެވެ. މޫނުމަތީގައި ދާތިކީގެ އެންމެ މުތީކޮޅެއްވެސް ނެތެވެ. ދެލޮލުން ފެނުނީ ކެރޭކަމެވެ. ޒީކް އޭނާގެ ކައިރީގައި އެބުނީ ތެދެއްކަން ޤަބޫލުކުރަން ޖެހުނީ އެސްފިަޔަތައްވެސް ތިރިނުކޮށް ޒީކް އޭނާއާއި ހަތަރުކަޅިހަމަކޮށްގެން ހުރުމުންނެވެ. އިލްފްއަށް ނޭނގުނީ އެއީ ޒީކް އޭނާއަށް ދައްކާލި ދަޅައެއްކަމެވެ.

“އޯކޭ. އަހަރެން މާބޮޑަށްވެސް މިހާރު ޤަބޫލުކުރަން ޒީކްއަށް ޔައިކް ހިފެހެއްޓޭނެކަން. އެކަމު ހަދާންކުރާތި. އޭނަ ކުރާ ގެއްލުންދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. ނުރައްކާތެރިވަމުން. އޭނައާ ކުޅެގެން ކުރިއެރުމެއް ނުލިބޭނެ. ލިބޭނީ ހުސް ގެއްލުން. ” ސީރިޔެސްކަމާއެކު އިލްފް އެހެން ބުނެލިނަމަވެސް، ޒީކްގެ މޫނުމަތިން ފެނިލީ ހިނުތުންވުމެކެވެ.

“ގެސް ވަޓް؟ އައި އޭމް ދި ކޯޗް. ”

* * * *

އިރުގެ އަލިކަން ދެލޮލަށް އެޅުމުން ހީވީ އެލީންއަށް އުނދަގޫވިހެންނެވެ. ލަސްލަހުން އެސްފިޔަތަށް ހުޅުވާލުމާއެކު ދެލޯ މަރާލެވުނީ ދެލޮލަށް ހަމަލާދިން އިރުގެ އަލިންނެވެ.

މިއީ އަހަރުތަކަކަށްފަހު އެލީން ހަމަނިދި ލިބުނު ދުވަހަކެވެ. އަރާމުކޮށް ބިރެއްނެތި ނިދާލެވުނު ދުވަހެކެވެ. މޯޅިއަކަށް ދެމިލަމުން އެނދުން ތެދުވެގެން ފާޙަނައަށް ވަދެ ތާޒާވެލައިގެން ނިކުމެ ގަޑިބަލާލިއެވެ. އަށެއް ޖަހަނީއެވެ. ދެލޯ ބޮޑުވީ އެހާ ލަހުން ހޭލެވުމުންނެވެ. އަވަސް އަވަހަށް ކަޅުކުލައިގެ ގަޔަށްދޫ އަބާޔާއެއް ލަމުން މޫނުމަތީގައިހުރި އަނިޔާތަކުގެ ލަކުނުތަށް ފޮރުވާލުމަށް މޫނުގައި އަޅާ ފޮތިކޮޅު މަތިން ވައްޓާލާފައި މޫނު ނިވާކޮށްލިއިރު ފެންނަން ހުރީ އެލީންގެ ގަދަމުށިކުލައިގެ ކަޅިއެވެ. އަތުގައިވާ ލަކުނުތައް ފޮރުވާލުމަށް ކަޅުކުލައިގެ އަންގިއަކުން އަތް ފޮރުވާލިއެވެ. މިހާރު ބަލައިލި މީހަކަށް ފެންނާނީ ހަމައެކަނި އެލީންގެ ދެލޮލެވެ.

ފުން ނޭވާއެއްލަމުން އެލީން ކޮޓަރިން ނުކުމެ ސިޑި އާއި ދިމާލަށް ދާން މިސްރާބުޖެހިތަނާއި ކޮޓަރީ ދޮރުހުޅުވާލާފައި ނުކުތް ޒެވިޔަންގެ ގައިގައި ޖެހިފައި ވިއްސައިގެންދާން އުޅުނެވެ. ނަމަވެސް، ހުށިޔާރުކަމާއިއެކު ޒެވިޔަން އެލީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ.

ދެމީހުންގެ ހަތަރުކަޅި ހަމަވިއިރު ޒެވިޔަންގެ ދެލޮލުން އެކައްޗެއްވެސް ދޭހައެއްނުވެއެވެ. އެލީންގެ ދެލޮލުންފެނުނީ ބިރުގެންފައިވާކަމެވެ. އެއީ ޒެވިޔަން އެލީންގެ ދެލޮލުން އޭނާއަށް ފެންނަން ބޭނުންވާ އަސަރެވެ. ޒެވިޔަން އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ތަދުވިނަމަވެސް، އެލީން މަސައްކަތްކުރީ އެތަދުގެ އިޙުސާސް ނުކުރެވޭތޯއެވެ.

ކުއްލިއަކަށް ޒެވިޔަން އެއްމިޔަކުން ހީނލާފައި އެލީންގެ އުނަގަނޑުގައި ވަށާލެވިފައިވާ އަތް ދޫކޮށްލުމާއެކު އެލީން ކަނޑާވައްޓާލި ރުކެއްހެން ބިންމައްޗަށް ވެއްޓެން ދިޔައެވެ

– ނުނިމޭ –

ވޯޑް ކައުންޓް: +2100

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ލޯބިވާވަރު އަންގަދޭހިތްވޭ 2

Next

އިންތިހާ – 9

Next
September 22, 2020

އިންތިހާ – 9

Previews
September 22, 2020

ލޯބިވާވަރު އަންގަދޭހިތްވޭ 2

25 Comments!

  1. Malsa moosa - lysh - says:
    September 22, 2020 at 10:30 am

    Salaam readers. here is the 4th and the 5th part. Hope ya like it. Next part soon. take care. Luv ya all. salaam

  2. Starlight vixx says:
    September 22, 2020 at 11:02 am

    Me first tha ????? anyways varah reethi mi part ves curiously waiting for the next part

    1. Malsa Moosa says:
      September 22, 2020 at 4:06 pm

      Thank you starlight vixx. Yesh, your first, congrats nge. 🙂 Next part soon insha allah

  3. hoodie gurrl says:
    September 22, 2020 at 1:09 pm

    maasha allah….. vrh reethi mi part vx…. alhe zeviyan eleen vahtaa nulahchey…. curiously waitin 4 the nxt part… tc

    1. Malsa Moosa says:
      September 22, 2020 at 4:07 pm

      Thank you hoodie gurrl 🙂 Ehe zeviyan kairee bunaanan nge ;). Tc salaam

  4. ✨Anaa naako✨ says:
    September 22, 2020 at 2:23 pm

    Vrh reethi mi part ves❤️❤️❤️❤️ curiously waiting for the next… stay safe and sound……………

    1. Malsa Moosa says:
      September 22, 2020 at 4:08 pm

      Thank you Anaa naako. you too stay safe tc. salaam 🙂

  5. ?BLACK PINK says:
    September 23, 2020 at 10:32 am

    Ohhh.. Dear Mi part vs varah varah varah nice… Ekm
    Thankolheh kurin Mi prt thah up kureemennu… BTW
    Varah wonder this story……❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????

    1. Malsa Moosa (Lysh) says:
      September 26, 2020 at 5:10 pm

      Thank you ?BLACK PINK. yeah, next part mirey insha Allah. Tc, salaam☺️

  6. Unknown grl says:
    September 23, 2020 at 9:31 pm

    vrh vrh salhi mi part vx…. maasha allah… curiously waitiing for the nxt pat….

    1. Malsa Moosa (Lysh) says:
      September 26, 2020 at 5:12 pm

      Thank you dear. Next part mirey insha Allah. Tc, salaam ?

  7. Unknown gurl says:
    September 23, 2020 at 9:34 pm

    vrh vrh salhi mi part vx…. maasha allah… curiously waitiing for the nxt part…. n sry 4 the late reply…. tc darl…

    1. Malsa Moosa (Lysh) says:
      September 26, 2020 at 5:13 pm

      Thank you dear. Next part mirey insha Allah. Nooney, it’s okay ?Tc, salaam ?

  8. Naa says:
    September 25, 2020 at 8:56 am

    Mall it’s been 3 days since u uploaded this part. When are u going to upload the another. Just asking ok……..

    1. Malsa Moosa (Lysh) says:
      September 26, 2020 at 5:14 pm

      Tonight naa. Sorry for the delay. Huh sure, Tc, salaam?

  9. Unknown gurl says:
    September 27, 2020 at 9:53 pm

    mal kba nxt… i’m waitin 4 the nxt part…. plx avahah up khdhee bala… can’t wait…. vrh curious vefa mi hunnanee xeviyan kanthah kuri gothun…

    1. Darken Angel says:
      October 6, 2020 at 7:36 pm

      Thank you

  10. Anonymous says:
    September 29, 2020 at 7:17 pm

    Maloooo Kba nxt part ??

    1. Darken Angel says:
      October 6, 2020 at 7:37 pm

      Thank you

  11. Shuaa says:
    October 1, 2020 at 6:41 pm

    Kobaa tha vhk ???

    1. Darken Angel says:
      October 6, 2020 at 7:37 pm

      Thank you

  12. Magnumm says:
    October 2, 2020 at 4:03 pm

    Alhey kobaa tha vahaka tonight ey buni fahun ves v dhuvas vehje dhw pls up kohdhybaa kehmadhu vefa ey mihury

    1. Darken Angel says:
      October 6, 2020 at 7:38 pm

      Thank you

  13. Anonymous says:
    October 3, 2020 at 6:38 pm

    maloo.. nxt part avahah up khdhee bala plx plx… vrh curious… mihaaru 6th part ah inthizaaru kuraathaa vx month akah vure gina dhuvas vejje… mal thee vrh molhu kujjeh vhk liyan… maasha allah… but thigothah hadhanyya mal ge strys dheke readers foohivaane… plxxxxxx nxt part up kohdheeba avahah….

    1. Darken Angel says:
      October 6, 2020 at 7:38 pm

      Thank you

Comments are closed.

Next Episodeފުހެވިގެން ނުދާނޭ – 06 –←


All Right Reserved!