Skip to content
އެސްފިޔަ

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..4

” އޯހ.. ހަމަ އެހާ މިސް ވޭތަ މަ މަތިން؟ އާނ އެހެންވެތާ ދޯ މަ ސްކޫލް އަށް ނައިސްގެން އެހާ ކަންބޮޑުވަނީ…ހައްހައްހައް..” ބެންޗްގައި ތިބި ޒީވާ އާއި ރާނިޔއަށްާ ކޮޅަށްތެދުވަން މަޖުބޫރުވީ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުންނެވެ. ރާނިޔާ އަށް ދަތި ގޮތަކަށް ހިންދިރުވާލެވުނު އިރު ޒީވާ އަށް ވެސް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.

 

***************

ބެންޗްގެ ފަހަތުގައި އޭނާގެ އެކުވެރިއަކާ އެކު މޫނުމައްޗަށް ލާނެތް ހނިތުންވުމެއް ވެރިކުރުވައިގެން ހުރި މާއިން ފެނި ރާނިޔާގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ޙާއްސަކޮށް އޭނައަށް ބުނެވުނު ބަސް މާއިންގެ ކަންފަތާ ހަމައަށް ފޯރުމުން ދެން އޭނާގެ އުނދަގު ބޮޑުވާނެ ވަރު ވިސްނި ރާނިޔާ އަށް އޭނާގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. ރާނިޔާ އަށް ވީ ގޮތް ފެނި މާއިިންގެ ލޮލުން ފެނިލީ ލާނެތް ކަމުގެ ވިދުވަރެކެވެ. އެއަށްފަހު ކްލާހާ ދިމާލަށްް މާއިން އޭނާގެ އެކުވެރިޔާ އާ އެކު ހިނގައިގަތީ ރާނިޔާގެ އަނގަ ބަންދުކޮށްލެވުމުން ފޮނި ވެފައިވާ ހާލުގައެވެ. އެހެންޏާ އޭނާ ބުނާ ކޮންމެ ބަހަކަށް ރައްދު ދެމުން އައި ކުއްޖާގެ އަތުގައި މިއަދު ރައްދުގެ ބަހެއް ނެތުންވީ މާއިންއަށް ބަލައިގަންނަން ވަރަށް ފަސޭހަވި ކަމަކަށެވެ.

” ހޭ އެކަމް މާ ގިނައިން މަ މަތިން ހަނދާން ނުކުރައްޗޭ.. ލޯބިވެވިދާނެ..ހައްހައްހައް..” ކައިރީ ހުރި އެކުވެރިޔާ އާއި އަތާ އަތްް ޖަހާލަމުން މާއިން އެހެން ބުނެލީ ހިނިގަނޑެއް ޖަހާލަމުން މަލާމާތުގެ ފާޑަކަށެވެ. އެއާއެކު ރުޅި ގަދަ ވެގެން ޒީވާ އެކުވެރިޔާގެ ދިފާއުގައި ނުކުންނަން އުޅުނު ނަމަވެސް ރާނިޔާ އެ އަތުގައި ހިފަހަށްޓަމުން އެސެމްބްލީ ފެށޭ ގަޑި ޖެހެނީ އޭ ބުނެލީ އެކަން ހިތުން ފުހެލަންހެން ހީވިއެވެ. އެހެންކަމުން ޒީވާ ވެސް އައި ރުޅިގަނޑު ހިންދާލަމުން އެސެމްބްލީ އޮތް ދިމާލަށްް ރާނިޔާ އާއެކު މިސްރާބު ޖެހިއެވެ.

***********

ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ތަނަވަސްކަމެވެ. ގޭތެރެއިން އޮފްއަރައަރާ ހުރި ކުލަަތަކުން އެކަނި ވެސް އެ ގޭގައި އުޅެނީ މުއްސަނދި ބައެއްކަން ދައްކުވައިދެއެވެ. ގޭގައި ލެވިފައި ހުރި ކުލައާއި، ކޮށްފައިވާ އެކި ޑިޒައިން ތަކުގެ އިތުރުން ބެހެއްޓިފައި ހުރި މޮޅު ފަރުނީޗަރުތަކުން އެކަނި ވެސް އެ ގޭގައި އުޅެމުން ދަނީ ހައިބަތު ހުރި ތަނަވަސް އާއިލާ އެއްކަން ރަމްޒުކޮށްދެއެވެ.

” ދަރިފުޅާ ސްކޫލް ކިހިނެއްވަނީ މިއަދު؟ ” ޖުމްލަ އަށް މީހުންނަށް އިށީނދެވޭނެހެން ހުރި ބޮޑު ބިއްލޫރި ކާމޭޒުގެ އެއްކޮޅުގައި މެންދުރުގެ ނާސްތާއަށް އިންސާފު ކުރަން އިން ޝިމާލް އޭނާގެ ކަނާތް ފަރާތުން އެންމެ ކައިރިއަށް އިން ޝައިހާ އާއި ސުވާލުކޮށްލިއެވެ. ޝިމާލްގެ ސުވާލާއެކު އަދަބުވެރިކަމާއެކު ހިނިތުންވެލަމުން ޝައިހާ ރަނގަޅޭ ބުނެލިއިރު ހިޔާލުގައި ކުރެހިގެން ދިޔައީ ޝަރޫފްގެ ހިތްގައިމު ސޫރައެވެ. އެވަގުތު ބައްޕަ އަރިހުން ޝަރޫފް ދެކެ އެހާ ރުޅި އަންނަނީ ކީއްވެގެން ތޯ އަހަން ބޭނުންވި ނަމަވެސް އެ ހިތްވަރެއް ޝައިހާ އަކަށް ނުލިބުނެވެ. އެހެންކަމުން ކެއުމައިގެން ކުރިއަށް ދިޔައީ ބައްޕަ އެކަނި ހުންނަ ވަގުތަކު އެ ވާހަކަ އެހުމަށް ނިންމައިގެންނެވެ.

*******

ވަގުތަކީ ހަވީރުގެ ހިތް ފަސޭހަ ވަގުތެވެ. ރަށު ތެރޭ ހަނާ އަޅަމުން ދިޔަ އަރާމު ވައިރޯލިތަކުން ހިތްތަކުގެ ހަމަޖެހުން ދެގުނަ ކުރުވަމުން ދިޔައެވެ. ގޭގެ ބޭރުުގައި ބެހެއްްޓިފައި ހުރި ޖޯލީގައި ހަމަޖެހިލައިގެން އޮތް ރާނިޔާގެ ހިޔާލުގައި ވަނީ ކޮންކަމެއް ކަމެއް ނޭނގެއެވެ. ކޮންމެސް ކަމެއް އޭނާއަށް އުނދަގު ކުރާކަމުގެ އަސަރު ތައް ރާނިޔާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. މިއަދު ހެނދުނު ވީ ކަންތައް އަދިވެސް ރާނިޔާގެ ސިކުނޑިން ފުހެލެވޭ ގޮތެއްނުވެއެވެ. އެ ޙިޔާލާ ދުރަށް ދާން މަސައްކަތްކުރާ ކޮންމެ ފަހަރަކު ފިލްމެއްގެ މަންޒަރުހެން އަލުން އިއާދަވަމުން ދިޔައީ ރާނިޔާގެ ސިކުނޑީގެ ހަމަޖެހުން ނަގާލަމުންނެވެ. އެންމެ ފަހުން  ރާނިޔާ އޭނާގެ ދިގު އެސްފިޔަ ތަކުގެ ނިވަލުގައި އެ އަސަރުގަދަ ކަޅިރަވަ ފޮރުވާލީ އެ ހިޔާލުތަކާ ދުރަށް އެންމެ ސިކުންތުކޮޅަކަށް ނަމަވެސް ދެވޭނެ ކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ލޯ މަރާލި ބާރުމިނުގައި ލޯ ހުޅުވާލަން މަޖުބޫރުވީ ލޯމަރާލުމާއެކު ލޮލު ކުރިމަތީ ކުރެހިގެން ދިޔަ މާއިން ގެ ހިތްގައިމު ސޫރައިގެ ސަބަބުންންވެ. އެވަގުތު އަހަރެން މޮޔަވަނީ ބާއޭ ރާނިޔާގެ ހިތަށް އެރިއެވެ. އެންމެ ފަހުން އެ ހިޔާލުތަކުން ދުރުވުމަށްޓަކައި ރާނިޔާ ޒީވާ މެން ގެއަށް ދިއުމަށް ހިނގައިގަތީ އެކުވެރިޔާ އާ އެކަން ހިއްސާކޮށްލުމުން ކުޑަ ނަމަވެސް ހަމަޖެހުމެއް ސިކުޑިއަށް ލިބޭނެ ކަމުގެ ފޮނި އުންްމީދުގައެވެ.

********

” ދަރިފުޅާ މާއިން ފިލާވަޅު ތައް ހެދިންތަ؟ ” ގޯތިތެރޭ ހުރި ޖޯލީގައި ކުޅެން ދިޔުމަށްޓަކައި ފަޔަށް ބޫޓު އަރުވަން އިން މާއިން ކައިރި އިށީންނަމުން އޭނާގެެ މަންމަ މިންޝާ އަހާލިއެވެ. އެއާއެކު މާއިން މޫނުމައްޗަށް ފޫހި ވައްތަރެއް ޖައްސާލީ މަންމަ އަބަދު ކިޔެވުމުގެ ވާހަކަ ދައްކާތީ ކަންނޭނގެއެވެ. ” މަންމާ އަދި މިރޭ ވެސް އެބައޮތެއްނު.. ކުޅެގެން އައިސް ވާނީ ދެން.. ވަރަށް އަވަހަށް އިންޓަރ ހައުސް މެޗްތައް ފެށޭ.. އެހެންވީމަ އެންމެ ދުވަހެއް ވެސް މިސް ކޮށްލައިގެން ނެތޭ މިހާރު ވާކަށް..” މިންޝާ އާ ދިމާލަށް އެނބުރިލަމުން މާއިން ހިތްހަމަަނުޖެހިފައިވާ އަޑަކުން ބުނެލިއެވެ. ” މަންމަ އަށް ވެސް އެނގޭ ދަރިފުޅާ.. އެކަމް ވަގުތަކީ ވަރަށް ކުޑަ އެއްޗެއް… ލިބޭ ވަގުތުގެ ބޭނުން ވާނެ ހެޔޮގޮތުގައި ހިފޭތޯ މަސައްކަތްކުރަން… ކުޅެންް ދިޔަސް ނެތޭ މައްސަލައެއް.. އެކަމް ދުވާލު ވަގުތުވެސް ކޮންމެސް އެއްގަޑިއެއް ވާނެ ކިޔެވުމަށް ހުސްކުރަން.. އަނެއްކާ މީ ދަރިފުޅުގެ ފަހު އަހަރު…” މިންޝާގެ ވާހަކަ މިހާ ހިސާބަށް ދިޔައިރު މާއިން ހުރީ ގޭން ނުކުންނަ ދޮރުމަތީގައެވެ. އޭނާ ދެއްކި އެއްވެސް ވާހަކައެއް އަޑު އެހުމެއްނެތި މާއިން އެ ގޮތަށް ދިއުމުން މަންޝާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ހިތުގައި ޖެހިފައިހުރެ މާއިން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް މިއަދު ވެސް މަންޝާއަކަށް ނުކުރެވުނެވެ.

**********

ކުޅެ ނިންމާލައިގެން އިރު އޮއްސުނުއިރު ގެއާ އަރާ ހަމަވި ޝަރޫފްގެ މޫނުމަތީގައި ވަނީ ހިތްތައް ކަތިލާ ފަދަަ ހިތްގައިމު ފިރިހެންވަންތަ ހިނިތުންވުމެކެވެ. ވަރަށް މަދުން ނޫނީ ނުފެންނަ އެ ހިނިތުންވުން މިވަގުތު އަންހެން ކުއްޖަކަށް ފެނިއްޖެ ނަމަ އެ ކުއްޖަކު މޮޔަވާނެކަން ގައިމެވެ. ރަތްކުލައިގެ ޖާރޒީ އަކާއެކު ލައިފައި ވަނީ ކަޅުުލައިގެ ސޯއްޓެކެވެ. ސޯއްޓުގެ އެއްޖީބަށް އަތް ޖަހާލައިގެން އަނެއްއަތުން އަރައިގެން ހުރި ބޫޓު ހިފައިގެން ހުރެ ޝަރޫފް ގޭ ގޯތިތެރެއަށް ވަނީ ފިރިހެންވަންތަ ހިނގުމެއްގައެވެ. ދޮންމޫނުމަތީގައި މުތީތަކެއް ފަދައިން ދާ ތިކި ތައް ބޮސް ދެމުން ދިޔައިރު ފަން އިސްތަށިކޮޅު މޫނުމައްޗަށް ވެއްޓިފައިވުމުން ފިރިހެންވަންތަ ކަމުން މިލްކު ނުކުރާނެ ހިތެއް ނުވާނެކަން ގައިމެވެ.

އައި މަގުމަތީ އޭނާގެ އެކުވެރިޔާ ދެއްކި ވާހަކަ އަކުން ގެއަށް ވައިން އިރު ވެސް ޝަރޫފްއަށް ދިޔައީ ހެވެމުންނެވެ. ނަަމަވެސް އެ ހިނިތުންވުން ދެމިގެން ދިޔައީ މަދު ސިކުންތުކޮޅަކަށެވެ. ގޭގެ ދޮރުމައްޗަށް އެރުމާއެކު އެތެރެއިން ފެނިގެން ދިޔަ ސޫރަ އަކުން ޝަރޫފް ހުއްޓުން އަރއިގެން ދިޔައިރު ދެފައިގައި ކަސްތޮޅު އެޅުވިގެން ދިޔައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (43)

  1. Afu

    Me 1 thr kiyaalaafa comment kohlaanan

    1. euphoria
      Afu

      labba congrats darlll..

  2. Rani

    Yeh.. Mii first….. Alheyh asluvx….. Lwbi, sweet, cute smile eh innanee dhw…… Hama moyavaavaru vey??☺️☺️☺️❤️❤️❤️

    1. euphoria
      Rani

      nuney raani mifaharu second bt dhn faharakun vaane first hoadhan ngey…nethin ehcheh bunaakah hahah miihehge haqqeh eiii… heheh

  3. R¥N

    Maasha Allah ❤??????mi part ves v salhi ??????❤ thnks varah bodah 2 part upload kohlyma ❤??????ly

    1. euphoria
      R¥N

      thnk yuh sooo much dear…. its okay dear eii thnks bunaavaru kameh nuney vrh dhuvas vehje ennu so 2 prts genesdheyn jeheyne thaa dhw..hehe..lym

  4. Rani

    Viraa ma bunoomehnnu fahu roadhi gadha vaane…2 part ehkoh?… Iba kiyaafa cmmnt kerahchey…. Eyrun dhw Iba kykan ingeynoo…

  5. ? BLOSsOM ?

    mi prt ves hama habeysss sissie..???? vrh salhi hama..? sifa kurunves vrh reethi…❤️❤️❤️ anehkaa raaniyaa ah maain dheke lwbi vevuneetha..??? hehehe.. this prt is also amazing hama.. ????sharoof ah mifenunee kaakubaa dhw.?? ? ekuhjaa eyoh ufaavefa huhtaa mood of kohlee vihya a meehaku dhw..?? waiting for the nxt prt sissie.. ??saranghae ❤️❤️❤️❤️❤️❤️?????????????❤️❤️❤️❤️? tc and stay safe gey sissssoooo ????????????lyyyyysssssssssssmmmmmmmmmmmmmmm ?????❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. euphoria
      ? BLOSsOM ?

      thnk yuh sweetie.. means a lot… lets see dhw loabivevuniitho vs… hingaa dhw balama sharoof ah fenunu miiheh vs…labba ey dhw dear…. nado saranghae.. stay safe nd lymmm darll

  6. euphoria

    Salaam all… Here is the fourth part… Let me know what yuh all think abt this part tooo…??… Just feel free to cmmnt… Again sorry fr the delay…
    Stay safe my beloved readers ??
    Love u all so much???

  7. Anonymous

    euphoria…. i think i know u…. btw vhk hama vrh reethi…. n u n monster r my fav author…. sifa kurunthah vx hama vrh salhi…. amm ސޯއްޓު ތަ ސޯޓުތަ ކިޔަނީ…. waitin 4 the nxt part…. tc… luv yaa euphoria siss

    1. euphoria
      Anonymous

      ummm srry to say bt i dont think i knw u… bt name bunelaifi nama faharuga ingi dhaane…btw thnk yuh sooo much dear… glad to hear that… ooppps a mistake ސޯޓު innaanii aslu… thnk yuh faahaga kohladhiniima ngey dear,,,, lymmm dear

  8. ?LamHaa?

    ❤️❤️❤️Maasha allah V reethi mi part vx sis
    Maain vx dhw..☺️☺️ Raaniyaa loabi vevenytha Maain dheke.. shimaal keevetha sharoof dheke Ehaa rulhi annanee.. n Kaakutha sharoof men gey ga huree
    Curiously waiting For nxt part
    Stay safe n Tc sisoo
    ❤️❤️❤️Lyyysssmmm sisoo

    1. euphoria
      ?LamHaa?

      thnk yuh sooo much my sweet lam… ahah neynge dhw dear… neynge bt adhi ingeyne rulhi anna sababu vs ngey… lets see dhw e geyga hurii kaaku tho? stay safe tc nd lymmm darll

  9. Nuhyy

    Wow vrhh vrhhh vrhhh salhi! Hama alhe nuhy ge frnd ah v heney raaniya ah evanee…lwbyga jeheveny nubai myheh ge kyhkuraany dho! Anways mi bai kiyaalaahithun hunna thr vrh zamaan vejje…two parts up koh dhinyma Thankyou euphoria
    Love the story tc❤️

    1. euphoria
      Nuhyy

      awwn thnk yuh sooo much darllll… alheyyyy hama ihthifaageh dhw dear… so srry daer ehaa wait kuruvuniima… ur wlcm dear… tc

  10. ?Flower?

    Masha Allah varah reethi mi part vx I think raaniyaa ah maain dheke loabi vevuneehen
    Anyways waiting for the next
    Ly ❤️❤️❤️
    Stay safe

    1. euphoria
      ?Flower?

      thnk yuh so much dear… lets seee dhw dear… lymm nd stay safe

  11. ?Ril?

    ❤️❤️❤️Wow sis Mi part ves vrh sali❤️❤️?????
    Masha Allah keep it up sis ❤️❤️❤️?????
    Maain haadha majaley dhw heeeheee halaaku vehje
    Sis aa bunaakah ????????

    1. ?Ril?
      ?Ril?

      ކޮބާއަނެއްބާ ރިލް ކޮމެންޓު ކުރީ ބުރިބުރި ކޮއްގެން ކޮމެންޓު ޕަބްލިޝް ނުވާތީ ?????????

    2. euphoria
      ?Ril?

      thnk yuh riloooo.. ahah ys vrh maja dhw

  12. ?Ril?

    މި ޕާރޓް ވެސް ވަރަށް ސަޅި❤️❤️?????
    މާޝާ ﷲ ކީޕް އިޓްއަޕް ސިސް ❤️????????❤️
    ހެހެހެހެހެހެހެ މި މާއިން ހާދަހާވާ މަޖާ ލޭ ރިލް ހީހީ ވަރުބަލި ވެއްޖެ ސިސް އާ ބުނާކަށް ހެހެހެހެހެހެހެ?????❤️❤️❤️?????
    އެކަމަކު އެދެމީހުން ވަރަށް ލޯބި އިނގޭ މިބުނީ އުޅޭ ގޮތް ސޯ ކިޔުޓް ހެހެހެހެހެހެހެ
    ރިލް އަށް ހީވަނީ ޝަރޫފްމެންގެ ޕާސްޓް ވަރަށް ސީކްރެޓިވްހެން ދޯ ސޯ ކިއުރިއަސް
    ކާރުބާރޫ މާއިންގެ މޫޑް ހަރާބުކޮއްލީ ????????????
    އެން ސިސް އައެމް އޯލްވޭސް ސަޕޯޓިން ޔޫ އިނގޭ ރިލް ގެ ލޯބިލޯ ލޯބިލޯބި ސިސް
    އެން ސިސް އަނެއް ސްޓޯރީ ވެސް ފްރީވެލާފާ އަނެއް ސްޓޯރީ ވެސް އަޕްކޮއްލަދޭއްޖޭ
    ވަރަށް ބޮޑަށް ލޯބި ވޭ އިނގޭ ސިސް ❤️❤️❤️???
    ސްޓޭ ސޭފް ސިސް❤️❤️❤️❤️

    1. ?Ril?
      ?Ril?

      ފައިނަލީ

    2. euphoria
      ?Ril?

      awwwnnn thnk yuh sooo much rilooo… ahah ril hiifa bahattaa ngey hahah… ys they r so cute dhw riloo… ys sharoof mn ge past vrh secretive kanne dhw… awwwnnn thnk yuh so much my sweet ril.. glad to hear it… lymmm nd more darlll… stay safe..

  13. ❤️Scarlet❤️

    Soooooooooooo awesome mi part ves… Aneh part ah ves innaane comment eh kohlaafa. Alhe Maain Kairi buneba Bas ahaign ulheyshey! Raany loves him for sure! Alhe this is like my story… ??? I used to hate the guy for so long but thafaathakee like Maain, he didn’t try to annoy me or talk he was just not assumed as a bad guy. And later I fell inlove… Which I regret.
    Sharoof ge dad ar
    Lysm ❤️ ❤️ ❤️ ❤️ ❤️

    1. euphoria
      ❤️Scarlet❤️

      thnk yuh sooo mcuh darllll … means a lot… labba fenihje… hahah dear buneba alhe maain kairi bas ahaashey… ahah lets see dhw… alheyyy so sad… lymmm darlll

  14. ?MALSAA ?

    Masha Allah ❤️varah reethi ?

    1. euphoria
      ?MALSAA ?

      thnk yuh soo much dear..

  15. Shaima shaee

    Masha Allah Vrrrr Reethi mipartves waiting for the next part ???????????????????

    1. euphoria
      Shaima shaee

      thnk yuh sooo much dear… keep waitingg

  16. ?Xeen?

    ?????❤️❤️❤️❤️❤️❤️މާޝާ ﷲ ސިސް ވަރަށް ރީތި މި ބައި ވެސް
    ???????????????މާއިން ވަރަށް މަޖާ އަދި ލާނެއް
    ރާނިޔާ ނަފްރަތުން ލޯބި އުފެދުނީ ކަން ނޭގެ އެހެންވީމާ ދެން އެހާ ވަރަށް ނުވިސްނާ
    ???????? އަނެއްކާ ޝައިހާ ބާވާ ޝަރޫފް ހޯދަން އެއައީ އެގެއަށް
    ☺️☺️☺️☺️ސިސް ދިވެހިން ކޮމެންޓް މިކުރީ އިނގެރޭސިން ކުރީމާ ޕަބްލިޝް ނުވާތީ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ލަވް ޔޫ ސިސް

    1. ?Ril?
      ?Xeen?

      Dhw xeen Ril ves neyge kitha cmnt kameh kurevuny english enmen ehche ves publish eh nuvi eo Long cmnt ???????????????

    2. meeheh
      ?Xeen?

      Thee hama vaagothehnu brw

    3. ?Ril?
      ?Xeen?

      Heheheh aslu ves dhw meehe hehhehehehedh?????????????????????????

    4. euphoria
      ?Xeen?

      thnk yuh soo much darllll… heheh ys maain vrh maja dhw… neynge lets see dhw dear… labba ok ey hama dhivehin vs ngey dear kiyan ingenya e v hama..hhehe.. lymmm darll..

  17. PrincWess

    Alheyy vvv reethi ??????maain brw Saabaheyyyy…. Love U medammmmmmm????ehaa dhigu noon v ma sorry????mymmmmmmmmmmmm??????????hama aslahvx… Miakee medam ge…. Ingihjje dhw

    1. PrincWess
      PrincWess

      Alhe Kihineh thr medam lwbiiii

    2. euphoria
      PrincWess

      alheyyyy thnk yuh sooo much… ys saabahey dhw maain ah.. awwwwnnnn lymmmm more more more nd more sweetie… no its okiiii ey hama…. mymmm more more nd more…. really reallly miss yuh my sweet dhaithaa… ys maa rangalhah vs ingijje

    3. PrincWess
      PrincWess

      Hama dhefayah hini araigen cmnt kuranee mi… But Dhen dhuvas kolheh kohllaafa anehkaavx ?????☺️☺️☺️????OK thr egoeh

    4. euphoria
      PrincWess

      medam hama baraabaru alhamdulillah.. dhaitha kihineh tha? i really miss yuh … labba hama ok e goeh vs dhaitha beynun gotheh… dhefaiga hini hafain dhulhaviima angaalaa ngey beys alhai dheynan eyrun hahah..

    5. PrincWess
      PrincWess

      Dhen hama aadhaige gotheh ???dhaitha ge medam gandu mathin Miss Vaa varun vx ehaa rangalheh noon…. Aaawwwnnnn I miss u moreeeeeeoooo??????athahuga vx hafaifi…. Beys alhaidhee avahah

    6. PrincWess
      PrincWess

      N hama my kulhi medam ah surprise eh eba oiy ??????Ekam medam avas kurihaa avahakah surprise vx avas vaane ?????????Dhen medam dhaitha ah dhuvahaku kameh kohdhengnaa Aneh story ah Alhuga enme fahun kohffa in comment ah dhigu rep eh dhee??????????Ummmmwwwaaaahhhhhh

  18. YAMIKKO

    masha allah. mi baives varah salhi ingey. keep it up

Comments are closed.