ސިޑިން މައްޗަށް އެރުމަށްޓަކައި ސިޑީގެ ފުރަތަމަ ހަރުފަތް ގިރާކުރި ޝަރޫފް އަށް ހުއްޓެން މަޖުބޫރުވީ މީހަކު ކުރި ބެއްދުމުންނެވެ. ކާކުގެ ޢަމަލެއްތޯ ބެލުމަށްޓަަކއި އިސްއުފުލާ ބަލައިލި ޝަރޫފް ހަމަ އެ ބާރުމިނުގައި އަނެއް ފަރާތަށް އޭނާގެ މޫނު އަނބުރާލިއިރު އެ ސޫރައަށް ނުބަލަން ހުވާއެއްކޮށްގެން ހުރި ފަދަ އެވެ. ” ހާއި ޝަރޫފް ” ދެން އިވިގެން ދިޔަ ތުއި އަޑުން ޝަރޫފްގެ މޫނުމަތިން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ.
*********
” ދާން ތަން ދައްކާ ޝައިހާ ” މޫނު ޝައިހާ އާއި ވީ ދިމާލަށް އަނބުރާލަމުން ޝަރޫފް ބުނެލީ ދަތްކުނޑި ވިކާލަމުންނެވެ. މޫނުމަތީގެ އަސަރުތަކުން އެކަނި ވެސް ޝަރޫފް ރުޅި އައިސް ހުރި މިންވަރު ހާމަވެއެވެ. ނަމަވެސް ޝަރޫފްގެ އެ ޢަމަލުން ޝައިހާ އަށް މާ ބޮޑު ކަމެއްވި ހެނެއް ހިޔެއް ނުވެއެވެ. އެ އޮމާން ދެވަނައެއް ނުވާ މޫނުމަތީގައި ހިނިތުންވުމެއް ވީ އިރު ޝަރޫފް އާއި ދިމާ ބަލަހައްޓައިގެން ހުރި ގޮތުން އެއީ އޭނާއަށް އައު ކަމެއް ހެން ހިޔެއް ނުވެއެވެ. ހީވާގޮތުން ޝަރޫފް އާއި މިގޮތަށް ކުރިމަތިލާ ކޮންމެ ފަހަރަކު ޖަވާބު އަންނަނީ މިގޮތަށް ކަންނޭނގެއެވެ. އެހެންކަމުން މިފަހަރު ވެސް ޝައިހާއަށް ޝަރޫފްގެ އެ ޢަމަލު އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ. ޝަރޫފް އޭނާ އަށް މާ ބޮޑު ޝައުގެއް ނެތް ނަމަވެސް ، ޝަރޫފްގެ އެ ހުންނަ ހަރުދަނާ ފިރިހެންވަންތަ ސިފަތަކުން ޝައިހާ ގެ ހިތުގައި ޝަރޫފް ހާސިލް ކުރުމުގެ އެދުންވެރިކަން ކުރިލާ ހެދެން ފަށާފައިވާއިރު ، އެ ހިތުގައި ވަނީ އެކަން ހާސިލް ކުރުމަށް ނުގުޑާ ފަދަ އަޒުމެއް އުފެދިފައެވެ. ބޮޑާކަމާއި ކިބުރުވެރިކަން މަތީ ބޭނުންވާ ހުރިހާ އެއްޗެއް ލިބިގެން ބޮޑުވަމުން އަންނަ ޝައިހާ އަކީ ފެށުނީއްސުރެ ވެސް އޭނާ ބޭނުންވާ ކޮންމެ ކަމެއް ހާސިލް ކުރަން ފައިވިއްދައިފި ނަމަ އެކަން ހާސިލް ކޮށްފައި ނޫނީ ދޫ ނުކުރާ ކުއްޖެކެވެ. އެގޮތުން ޝަރޫފް ހާސިލް ކުރުމަކީ މިވަގުތު އެ ހިތުގައިވާ އެއްމެ ބޮޑު އެއް އެދުމެވެ. ނަމަވެސް ޝައިހާ އަށް ނޭނގުނު ކަމަކީ އޭނާގެ ގައިގައި ހުންނަ އެ ނުރަނގަޅު ސިފަ ތަކަކީ ޝަރޫފްގެ ހިތުގައި ޝައިހާގެ މައްޗަށްވާ ފޫހިކަން ދެގުނަ ކުރުވި ކަމެއް ކަމެވެ.
” ޝަރޫފް………” ދުރަށް މޫނު އަނބުރާލައިގެން ހުރި ޝަރޫފްގެ ސަމާލުކަން ހޯދަން ޝައިހާ އޭނާގެ ތުއި އަޑު އިއްވާލި ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ދުލުގައި ތަޅެއް އެޅުވިގެން ދިޔަ ފަދަ އިހުސާސްއެއް ކުރެވުނީ ދުރުން އަންނަމުން ދިޔަ އޭނާގެ ބައްޕަ ފެނިފައެވެ. ޝައިހާގެ ބައްޕަ އަކީ ސްކޫލް ޕްރިންސިޕަލް ކަމުން ފަހަރުގައި ވެސް އޭނާ އެފަދަ ގޮތަކަށް ފިރިހެން ކުއްޖަކާ ވާހަކަ ދައްކަން ހުއްޓާ ފެންނާކަށް ނޭދެއެވެެ. ޙާއްސަކޮށް ޝަރޫފް އެވެ. އޭނާގެ ބައްޕަ ޝަރޫފް ދެކެ އަންނަ ރުޅި އަކީ އޭނާ އަށް އޮޅިފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އޭގެ އަސްލު ސަބަބަކީ ހޯދަން އުޅެ އުޅެ ވެސް ޝައިހާ އަށް އެނގިފައިވާ އެއްޗެއް ނޫނެވެ. ޝަރޫފް ފަދަ ރަނގަޅު ޒިންމާދާރު ކިޔެވުމަށްމޮޅު ދަރިވަރެއްދެކެ ބައްޕަ އެހާ ރުޅި އަންނަންވީ ސަބަބެއް ޝައިހާ އަށް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. ޕްރިންސިޕަލް އެއްގެ ހައިިސިއްޔަތުން ޝިމާލް ޝަރޫފް އާއި ވާހަކަ ދެއްކި ނަމަވެސް އެ މޫނުމަތީ އެއްވެސް ޝައުޤުވެރިކަމެއް ނުހުންނަކަން ޝައިހާ އަށ ވަނީ ފާހަގަވެފައެވެ. ހަމައެގޮތަށް ޝިމާލް އާއި ވާހަކަ ދައްކާއިރު ޝަރޫފްގެ މޫނުމަތިން ވެސް ފެނަނަނީ ހަމަ އެއްކަހަލަ އަސަރުތަކެކެވެ. ނަމަވެސް ހާއްސަ އިޙްތިރާމް އެއް ޝަރޫފް ޝިމާލް އަށް ކުރާކަން މިވީހާ ތަނަށް ވެސް ޝައިހާ އާއި އެ ސްކޫލްގެ އެހެން ކުދިން ވެސް އަދި ޓީޗަރުން ވެސް ފާހަގަކުރެއެވެ. އެމީހުން ޤަބޫލުކުރާ ގޮތުން އެއީ ދަރިވަރު ޕްރިންސިޕަލް އަށް ކުރާ އިޙުތިރާމް ނަމަވެސް އެކަމުގެ ފަހަތުގައި ފޮރުވިފައިވި އަސްލު ސަބަބު ޝަރޫފް އާއި ޝިމާލް ނޫން އިތުރު އެކަކަށް ވެސް ނޭނގެއެވެ.
ޝިމާލް އެހާ ހިސާބާ އަރާ ހަމަވުމުން ޝައިހާ ބޮޑު ހިނިތުންވުމެއް ބައްޕަ އަށް ރައްދުކުރަމުން އެއްފަރާތަކަށް ޖެހިލިއެވެ. ވަގުތުގެ ބޭނުން ހިފަމުން ޝަރޫފް ވެސް އަވަހަށް ސިޑިން އަރައިގެން ދިޔައީ އެއްވެސް އަސަރެއް ނެތްަ ހިނިތުންވުމެއް ޝިމާލްއަށް ރައްދުކޮށްލުމަށް ފަހުގައެވެ. އެ ހިނިތުންވުން ޝަރޫފްގެ ލޮލާ ހަމައަށް ވެސް ނުފޯރިއެވެ. ޝައިހާގެ ހިނިތުންވުމުގެ ޖަވާބު އޭގެ އެންމެ ފުރިހަމަ ގޮތުގައި ޝިމާލް ރައްދު ކުރި ނަމަވެސް ޝަރޫފް އަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އެއީ އާ ކަމަކަށް ނުވުމުން ޝަރޫފް މާ ބޮޑު ސަމާލުކަމެއް އެކަމަށް ނުދީ އޭނާއަށް ހަވާލުކުރެވިފައިވި މަސައްކަތް ކުރަން އަވަސްވެގަތީ ދެވަނަ ފަހަރަށް ޝައިހާގެ އުދަނގުލާ ކުރިމަތިލާން ޖެހިއްޖެ ނަމަ ހަލާކުވެގެން ދާނީ އޭނާގެ މުޅި ދުވަހުގެ ހަމަޖެހުންކަން އެނގުމުންނެވެ.
************
” ދޮންތާ… އަޅުގަނޑު މެތްސް ފޮތް ދެކުނިންތަ..” ރަނާ ގޭގެ ސިޓިންރޫމްގައި ހުރެފައި އަޑުގެ ކޮޅަށް އެހެން ގޮވާލީ ހިސާބު ފޮތްް ހޯދާ ހޯދާ ވަރުބަލިވިއިރު ވެސް އެ ނުފެނުމުންނެވެ. ” ހިއާ އިޓް އިޒް..” ސިޓިންރޫމަގައި ހުރި ސޯފާ މަތީގައި އޮތް ހިސާބު ލޮގު ފޮތް ދައްކާލަމުން ކޮޓަރިން ނުކުމެގެން އައި ރާނިޔާ ރަނާއަށް ބުނެލިއެވެ. އެއާއެކު ނުބައި އެއްޗެއް ކެވުނު ފަދަ އަސަރެއް ރަނާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ލޯ ކުރިމަތީ އޮތް އިރުވެސް އެ ފޮތް އޭނާ އަށް ނުފެނުމުންނެވެ. ރަނާއަށް ވީ ގޮތް ފެނި ރާނިޔާ ބާރުބާރު ބާރަށް ހޭން ފެށިއިރު ރަނާ ފެނުނީ ރަކި ނުވާންވެގެން ރާނިޔާ އާއި ދިމާލަށް ލޯ އަޅާލުމަށްފަހު ބާރު ބާރަށް ގޮސް ކިޔަވާ މޭޒު ދަށުގައި އިށީންދެ ފިލާވަޅު ހަދަންް ފެށިތަނެވެ. އޭރުވެސް ރާނިޔާ ހުއްޓާނުލާ ހުރެ ހެމުން ދިޔައެވެ.
” މީނަ ކޮންކަމަކާ މާވަރު އަރުވާލާފަ މި ހެނީ؟؟ ދެ ޢީދު އެއްފަހަރާ ލައިގަތީތަ؟ ” އެ ގެއަށް ވަދެގެން އައި ޒީވާ އަށް ރާނިޔާ މާ ވަރަކަށް ހޭތީ އެހެން އަހައިނުލާ ނުހުރެވުނެވެ.
” ހެވޭނެއްނު މީނދަ ރަނާ ލޯ ހުންނަ އިރުވެސް އެހެން ތަންތަނުން އެއްޗެހި ހޯދާތީ..” ހެމުން ހެމުން ރާނިޔާ އެހެން ބުނެލަމުން އަސްލުކަން ވީ ގޮތް ޒީވާ އަށް ކިޔައިދިނެވެ. ރާނިޔާ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަމުން ޒީވާ އޭނާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ނަގާ ކައިރީ ހުރި ގޮނޑީގައި ބޭނދިއިރު ވެސް ހެވެމުން ދިޔައީ އެ ކަންވީ ގޮތުންނެވެ. ވާހަކަ އެއްކޮށް ކިޔައި ނިމުނުއިރު ޒީވާ އިނީ ރަނގަޅަށް ވެސް ހީހީ ބަލިވެފައެވެ. އެ ހުނުމުގައި މިފަހަރު ރަނާ ވެސް ބައިވެރިވީ އެކަން ވީ ގޮތް އޭނާގެ ހިޔާލަށް ސިފަކުރެވުމުންހެން ހީވިއެވެ. ވަގުތުކޮޅަކު އެ ގޮތުގައި ތިން އެކުވެރިން ސަކަރާތްޖަހާލަން ތިބުމަށްފަހު ދީފައި ހުރި ފިލާވަޅު ތައް ހަދަން ފެށިއިރު ވެސް މަޑު މަޑުން ހެވެމުން ދިޔައެވެ.
*********
” ދަރިފުޅާ ޝަރޫފް މިއަދު ހާދަ ލަހުން ތިއައީ..” ގެއަށް ވަދެގެން އައި ޝަރޫފް ފެނުމުން އާޝިޔާ ބުނެލިއެވެ. “ލައްބަ މަންމާ އެއީ ކުޑަ ކަމެއް ކޮށްލަން ޖެހުނީ އަޝްރަފް ސާރ ބުނެގެން..” ކިތަންމެ ބޭނުންވި ނަމަވެސް ޝައިހާގެ ވާހަކަ ނުބުނެ ޝަރޫފް ސިއްރުކުރިއެވެ.
” އަވަހަށް ދޭ ފެންވަރައިގެން ނަމާދުކޮށްގެން ކާން އަންނަން… މިހާރު ވަރަށް ވަރުބަަލި ވެފަ އެއްނު ހުންނާނީ ވެސް..” އާޝިޔާ ލޮތްބާއެކު އެހެން ބުނެލީ ފުރާފުރިހަމަ ވެފައި ހުރި އޭނާގެ ދޮށީ ދަރިފުޅުގެ ބޮލުގައި ލޯތްބާއެކު ފިރުމާލަމުންނެވެ. ލޮބުވެތި ނަޒަރެއް ޝަރޫފް ވެސް އާޝިޔާ އަށް ދިނީ އެ މަންމަ އަށް ޝުކުރުވެރިވާ ހާލުގައެވެ. ބައްޕަ އަކާ ނުލާ ދެ ފިރިހެން ދަރިންގެ ހައްޤުގައި އެ މަންމަ ވަމުން ދާ ޤުރުބާނީގެ އަގު ކޮންމެސް ދުވަހަކުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެ ކަމަށް ހިތާހިތުން ޝަރޫފް އަޒުމްކަނޑައެޅިއެވެ. ހިޔާލުތަކުން ބޭރުވަމުން ޝަރޫފް ވެސްް މަންމަ އަށް ހިނިތުންވެލަމުން ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހީ ވެފައިވާ ވަރުބަލިކަންް ފިލުވާލުމުގެ ގޮތުންނެވެ.
ޝަރޫފް ދިޔަ ދިމާ ބަލަހައްޓައިގެން ހުރި އާޝިޔާގެ ލޮލުގައި ކަރުނައިގެ މުތީތައް ވިދާލީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. މާޒީގެ ހިތި ހަނދާންތައް ހިޔާލުގައި ކުރަހާލެވުނުއިރު އުޅެބޮޑުވި އަމިއްލަ އުފަން ރަށް ދޫކޮށް ދެދަރިން ގޮވައިގެން އަމިއްލަ ވަޒަނާ އަލްވަދާޢު ކީ ދުވަސް ހަނދާނާ ކުޅެލުމުން ނޭނގޭ ރިހުމެއް އެ ހިތުގައި ހިފާލިއެވެ. ނަަމަވެސް އެ ހަނދާންތަށް ސިކުނޑީގެ އެއް ކަނެއްގައި ކަފުންކުރަމުން ލޮލުންއައި ކަރުނަ ތައް ފޮހެލީ އެކަން ހަނދާން ކުރިޔަސް މިއަދު ކުރާނެ ފައިދާއެއް ނޯންނާނެ ކަން ވިސްނުމުންނެވެ. އެހެންކަމުން ދެދަރިން ނުކުންނަން ވާއިރަށް ކާން ހެދުމަށް އާޝިޔާ އަވަސްވެ ގަތީ އެ ޙިޔާލުތަށް އެ ހިތުންނާ ސިކުނޑިން ބޭރުކުރަންހެން ހީވިއެވެ.
************
ހެނދުނުގެ ހަމަހިމޭން މަރިޔާދަން ވަގުތެވެ. ރަށުތެރެ ހަލަބޮލިވެފައި ވަނީ ސްކޫލް އަށް ދާ ކުދިންނައިގެންނެވެ. އެއްބަޔަކު އެކަކު އަނެކަކާ މައްލަވަ ކުރަމުން ދާއިރު އަނެއް ބަޔަކު ދިޔައީ އެކުދިންގެ ބެލެނިވެރިންނާއެކު މަޑުމަޑުންންވެ.
މަޑު ހިނގުމެއްގައި ސްކޫލް ތެރެއަށް ވަދެގެން އައި ރާނިޔާ އެތެރޭގައި ހުރި ބެންޗް އެއްގައި އށީންދެލީ އެތަނުގައި ކްލާސް ކުދިން ވެސް ތިބުމާއެކުގައެވެ. ރާނިޔާ އައުމާއެކު އެތަނުގައި ހީވީ ކޮމްޑީ ޝޯވ އެއް ކުޅެވެން ފެށުނުހެންނެވެ. ރާނިޔާ ބުނެލާ ލާނެތް ޖުމްލަތަކުން ކުދިން ހެއްވާލުމުގައި ކާމިޔާބު ހޯދަމުން ދިޔައިރު އެތަނުގައިވި މަޖާ މާހައުލުގެ ސަބަބުން އެތަނުގައި ތިބި ކުދިންތަކުގެ ހިތްތަކުގައި ވަނީ ހިތްހަމަޖެހުމެވެ.
” މީނަ ކޮން ބަނދިވަރެއްތަ މި އަމުނަނީ މިާ އިނދެ؟..” ބެންޗާ އަރާ ހަމަކުރަމުން ޖެއްސުމުގެ ރާގަކަށް ޒީވާ އެހެން ބުނެލީ ރާނިޔާ ރުޅި އަރުވާ ނުލައި ހިތްހަމަނުޖެހިގެންް ހެން ހީވިއެވެ. އެއާއެކު ބާކީ ތިބި ކުދިންތަކުގެ ހުނުމުގެ އަޑު އެ ހިސާބުގައި ގުގުމާލިއިރު ރާނިޔާ ފެނުނީ ޒީވާއަށް ލޯ އަޅާލިތަނެވެ. ސިކުންތަކަށްފަހު ސިކުންތެއް ފާއިތުވަމުން ގޮސް ކްލާހަަށް ވަންނަ ބެލް ޖެހުމާއެކު އެންމެން ކްލާހަށް ވަންނަން ހިނގައިގަތްް ނަމަަވެސް ރާނިޔާ އާއި ޒިވާ ބެންޗް ގައި މަޑުކޮށްލީ ދަބަސްވެސް ކްލާހުގައި ވުމާއެކު އެސެމްބްލީގައި އެ ދެކުދިން މިއަދު ސްޕީޗް އެއް ދޭން ޖެހުމުގެ ސަބަބުން އެކަން ނިންމާލުމަށްފަހު ކްލާހަށް ދިއުމަށެވެ.
” އެއުޅޭ މާއިން މިއަދު ސްކޫލްއަށް ވަޑައިނުގަންނަވަނީތަ؟ ނުއެއް ފެނޭ..” ކުއްލިއަކަށް އިނދެލާފައި ރާނިޔާ ބުނެލި ވާހަކައިން ޒީވާ އަށް ހައިރާންވީވަރުން އޭނާގެ އަނގަ ހުޅުވާލެވުނެވެ. ރާނިޔާ އާއި ދިމާލަށް ބަލައިލި އިރު އެ މޫނުމައްޗަށް ޖައްސައިގެން އިންވައްތަރުން ޒީވާ ހިނި އައި ނަމަވެސް މިފަހަރު ހަމަ ރަނގަޅަށް ވެސް ހިނިތުންވުމުގެ މައްޗަށް ޒީވާގެ މޫނުމަތިން ކުރި ހޯދީ ހައިރާންކަމެވެ. ކުއްލިއަކަށް އިނދެފައި ރާނިޔާ އެ މައުލޫ ފަށަން ޖެހުނު ސަބަބެއް ވިސްނާ ވިސްނާ ވެސް ޒީވާ އަކަށް ނޭނގުނެވެ. ޒީވާ އަށް ނޭނގުނު ކަމަކީ ޙުދު ރާނިޔާ ވެސް އިނީ އޭނާ އަށް ބުނެވުނު ބަހުން ހައިރާންވެފައި ކަމެވެ. މާއިންގެ ނަން ދުވަހަކު ވެސް އިސްވެ އެ ގޮތަށް ނަންގަތުން އެއީ ރާނިޔާ ކުރަން ބޭނުންވި ކަމެއް ނޫނެވެ. ނަމަވެސް މައިދު ހާލަތު ތަފާތު ވެއްޖެ ކަމަށް ރާނިޔާގެ ސކުނޑި ކެނޑިނޭޅި އިންޒާރު ދެމުން ދިޔައެވެ.
” އޯހް.. ހަމަ އެހާ މިސް ވޭތަ މަ މަތިން؟ އާނ އެހެންވެތާ ދޯ މަ ސްކޫލް އަށް ނައިސްގެން އެހާ ކަންބޮޑުވަނީ…ހައްހައްހައް..” ބެންޗްގައި ތިބި ޒީވާ އާއި ރާނިޔާއަށް ކޮޅަށްތެދުވަން މަޖުބޫރުވީ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުންނެވެ. ރާނިޔާ އަށް ދަތި ގޮތަކަށް ހިންދިރުވާލެވުނު އިރު ޒީވާ އަށް ވެސް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.



yessshhhhh..me first dhw..???
kiyaalaafa comment eh eba kohlan gey sissie..❤️
labba congrats dear..
Awwhh… my Lwbikolhu #sh…. Masha allah….. Varah obi…. Keep it up….. ❤️❤️❤️❤️❤️❤️
thnk yuh so much darlll.. means a lot..
wwwooooooowwwwww…?????? mi prt ves vrh reethi maasha’Allah..❤️❤️❤️❤️ and vrh funny this prt…? alhugandhah ves ranaa ah evaakahala kankan vrh vaane … kaareega othas nufennaane gina faharah…?????? btw sharoof fahathun alhuvaalaigen a ulhey shaihaa a ee kon kuhjeh..????? haadha ehn gothakah ulhey gurl ekey dhw a ee .. raaniyaa maain miss v dhw..? ??? mi baives hama vrh habeys as always…. hama loved it..???? it’s really awesome hama..??? waiting for the nxt prt sissie..????? take care of ur self gey…??? luv you ssssooooooooooo muuuuucccccccchhhhhhhhhh ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????
awwwnnn thnk yuh sooo much darlll….ahahah ys vrh ginain vaa kan kan eii dhw… ys shaiha vrh ehn kahala dhw… ahhah ys raania hama miss v ey maain mathin… again thnks dear…tc b safe nd lymmmmmmmm darlll
Maasha Allah ❤❤❤varah reethi ???so nice ???keep it up ???curiously waiting ???Lym???tc ???
thnk yuh sooo much dear… lym nd tc
Salaam my dear readers here is the third part of my second story… Hope yuh all will like it… Just feel free to cmmnt… Positive nd negative comments are welcomed… Nd I’m so sorry fr the delay.. plz point out the mistakes so that I can improve…
Stay safe my beloved readers ?
Lysssmmm???
Ehkala swry bondi bannnany dhw…. Varah habeys Hama… Keep it up..
isssok sissie… ????this prt is hama awesome hama..??????
keep it up sissie..❤️❤️❤️
Its ok dear..sry nubunaane..stry kiyaa kudhin understand vaane varah..dho hurihaa kudhin…hope u all are fine.ly
thnk u all fr understanding..
btw how is everyone doing..? hope u all r fine..??
really missed you guys a lot..????
take care and stay safe everyone gey..?❤️
❤️❤️❤️❤️❤️❤️Maasha allah V reethi mi part vx sisoo
Maain Dhw ey.. Nxt part kiyaalaafa thankolheh dhigu comment eh kohlaanan ingey sisoo
❤️❤️❤️❤️❤️❤️Lyyysssmmm
thnk yuh soo much darlll.. labba maain… labba ok hama… lymmm nd more
Wow sis mi part ves vrh sali
Masha Allah sis
Anehkaa shaihaa ge dad aa sharoof aa othy kon gulumehbaaa
I really want to know about their past hehehhe curiouse
And mi raaniaa haadha majaley
Ril ves Hama heeeheee bindihje heheheh
Suhboooo rageeney ey maain kan hehehe
Ekoe vaa Kada eh vaane dhw heheh
Btw waitting for the next part
No no eabin next part heheh
Luv uuuuu
Stay safe sis
thnk yuh soo much dear…. lets see dhw e dhemiihun dheythre othy kn gulhumeh tho vs… ahah ys raania eii majaa kuhjekey vrh… lymmm nd stay safe darll
Wow mi part vx varah reethi masha Allah sis
Anehkkaa shimaal aa sharoof aa othy kon relationship eh baa
Waiting for the next
Ly ❤️❤️❤️
thnk yuh sooo much dear…. lets see dhw dear… lymmm
Wow mi part vx varah reethi masha Allah sis
Anehkkaa shimaal aa sharoof aa othy kon relationship eh baa
Waiting for the next
Ly ❤️❤️❤️
Stay safe sis
Actually olhigen eeny two comment fonuvifa ???
its ok dear.. srry nubunaane ngey..
MaShaaAllah Vvvvvvvvvvvvvvvvvvvv Reethi! Principle ei sharoof ge dad hn Scarlet ah heevany.. ?
Just a guess… So that means shaiha Moya vegn ulhenee amilla beybe aa Ey! Oh my! ????? she will be so embarrassed if I’m right!
Btw, raany haadha kada vaaney dhww? ???
Is she inlove with Maain? I thought she and sharoof..
Ugh too bad!
Lysm sisoooooo! ❤️❤️❤️❤️❤️❤️❤️❤️❤️
Keep it up.. Plus ?NO NEED OF APOLOGISING!
awwwnn thnk yuh sooooo much darlllll… ahah lets see dhw… adhi neynge ekameh vs hingaa dhw balama loabivevunytho vs dhw… lymmm darlll..
Varah reethi mibai vess ekamu hama thankolheh kuree ekamu vess varah reethi ??❤️
thnk yuh sooo much dear… srry dear i knw kurukan bt hama liyevn varu miii…
??????????Masha Allah V reethi mi part vx
????Alhey Raaniya haada majaley dhw…hehe
Sharoof aai shaiha ge dad aai oii gulhun varah balaa ?hihvehje
Alhey Raaniya maain eba huhtey fahathuga..hehe…
?Sharoof ge dad akee kaaku baa
??????????????Lysmmmmmmmm sis
?????????????Take care & be safe
thnk yuh sooo much darlllll ys vrh majaa dhw raania… ahah adhi ingeyne just wait ngey darlll…lets see dhw eii kaaku tho? lymmm nd more darlll… tc nd stay safe
V Salhi Mi part vc??