Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ފުހެވިގެން ނުދާނޭ – 01 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
September 19, 2020 6 Mins Read
23 Comments

ނޯޓު: ގިނަ ބަދަލްތަކަކާއެކު ކެރެކްޓާރސްތައްވެސް އިތުރަށް އިމްޕްރޫވް ކުރުމައްފަހު މި ވާހަކަ އަލުން އަޕްލޯޑްކުރަން އަޅުގަނޑު ނިންމައިފީމެވެ. ގިނަ ކިޔުންތެރިން ނުރުހުނުކަމުގައިވީނަމަވެސް، އަޅުގަނޑުގެ ޙާލަތު ހުރިގޮތުން މިވީ މަސްދުވަސްތެރޭގައި ވާހަކަ އަޕްލޯޑް ނުކޮށްދެވުނު ކަމަށްޓަކައި މަޢާފަށް އެދެމެވެ. މާދަން ހަވީރު 5 ޖެހުމުގެ ކުރިން 02 ވަނަ ބައި އަޕްލޯޑް ކޮށްލަދޭނަން. ޝުކުރިއްޔާ!

ވޯޑް ކައުންޓް: +1300

“ހުރިހާ ކަމެއް ނިމުނީތަ؟ ” ކުރިމަތީގައި ސަފުހަދައިގެންހުރި ހަ ނޯކަރު މީހުންނަށް ބަލާލަމުން ރޫބީ އަހާލިއެވެ. އެ އެންމެންވެސް އަދަބުވެރިކަމާއިއެކު އިސްޖަހާލައިގެން ތިބެ ބޯޖަހާލުމުން އެ އެންމެން ކައިރީގައި ދިޔަސް އެންމެ ރަނގަޅުކަމަށް ރޫބީ އެންގިއެވެ. ދެން އޭނާ މިސްރާބުޖެހީ ސިޑި އާއި ދިމާއަށެވެ.

ގޭތެރޭގެ މާޙައުލަށް ބަލާލި މީހަކަށް އެތަނުގެ ފެންވަރު ފެނިގެން ދާނެކަން ގައިމެވެ. މަތީގައި ބޮޑެތި ޗާންދަލިޔާ ލާފައިވާއިރު ފާރުތަކުގައި ލެވިފައިވަނީ ހުދުކުލައެވެ. ހުރިހާ ފަރުނީޗަރުތައް އަޅިކުލައިން ބޭނުންކޮށްފައިވުމުން ހިތްގައިމެވެ. ކާބަޔާއި ސިޓިންގް ރޫމު ވަކިކުރެވިފައިވަނީ އެތެރެ ފެންނަ ބޮޑު ބިއްލޫރިގަނޑެއްގެ އެހީގައެވެ. މައްޗަށް ދެވޭގޮތަށް ދެފަރާތުގައި ބޮޑު ސިޑިއެއް ހުއްޓެވެ.

އަރައިގެންހުރި އުސް ފައިވާނުގެ އަޑު މުޅިތަނުގައި ގުގުމާލާފައިވާއިރު ރޫބީ ގޮސް މަޑުކޮށްލީ، ދެވަނަ ފަންގިފިލާގައިވާ ކޮޓަރި ބަރިތެރެއިން ތިންވަނައަށްވީ ކޮޓަރީ ދޮރުމަތީގައެވެ. ދޮރު ހުޅުވާލަމުން ކޮޓަރިތެރެއަށް ނަޒަރެއް ހިންގާލިއިރު އެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

މޫނުގައި ރުލުގެ އަސަރު ހުރިނަމަވެސް، ބޭނުންކޮށްފައިވާ މޭކަޕުގެ އެހީގައި އެހާބޮޑަކަށް އެކަން ނަގައެއްނުގަނެވެއެވެ. ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވާއިރު ދުވަސްވެ ވިދުން ގެއްލިފައިވާ ދެލޯ ވަށައިގެން އަދުނުން ފަވާލާފައިވެއެވެ. ލައިގެންހުރީ ބިސްހުދު ކުލައިގެ ފަލަމަސްގަނޑާއި ހަމައަށް އަރާ ހެދުމާކާއި އެކު ކަޅުކުލައިގެ ޖީންސްއެކެވެ. ސާޅީސް ހަތް އަހަރަށް އަޅާފައިވީ ނަމަވެސް، އެއަށްވުރެ ޒުވާންކަމަށް ދައްކަމުން އައީ ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދިޔަ އިސްތަށިގަނޑުގެ އެހީގައެވެ.

“މަންމާ. ކޮންއިރަކުތޯ ބޭބެ ދުރުވަނީ؟ ” ފަހަތުން ރޫބީއަށް އޭނާގެ ނަވާރަ އަހަރަށް އަޅާފައިވާ އަންހެން ދަރިފުޅު ރިޔާ ފެނުމާއެކުގައި ރޫބީގެ ހިނުތުންވުން ފުޅާވިއެވެ.

“ބައްޕަ ވަނީ އިލްފް ބަލާ ދުރުވެ. އިރުކޮޅަކުން އަންނާނެ. ދަރިފުޅާ، ކޮޓަރި ކިހިނެއްތަ؟ ” ކޮޓަރީ ދޮރު ބޮޑަށް ހުޅުވާލަމުން ރޫބީ އަހާލިއެވެ. މުޅި ކޮޓަރިވީ ކަޅާއި އަޅި ކުލައިން ފަރުމާ ކުރެވިފައެވެ. ފާރުގައި ކަޅު ކުލަ ލާފައިވާއިރު ކޮޓަރީ މެދުގައި ބަހައްޓާފައިވާ ބޮޑު ކިންގް ސައިޒް އެނދުގައިވެސްވީ ކަޅުކުލައެވެ. ނަމަވެސް އޭގެ މަތީގައި އަޅާފައިވީ ގަދަ އަޅިކުލައިގެ ބްލޭންކެޓެކެވެ. ބިތަކަށް ވާހެން ބޮޑު އަލަމާރިއެއް ހުރިއިރު ކޮޓަރީގައި ވަކިން އިށީންދެވޭނެހެން ދެ ސޯފާ އިންއިރު ކުޑަ ކަޅުކުލައިގެ ބިއްލޫރި މޭޒެއްވެސް އިނެވެ. ލައިޓުގެ ބަދަލުގައި މަތީގައި ބޮޑު ޗާންދަލިޔާއެއް ލާފައި އިނުމުން ބަލައިލިމީހެއް އާޝޯހުވާނެއެވެ.
“ވާއު. ބޭބެއަށް ކަމުދާނެކަން ޔަޤީނެއްނު. ” ދެލޯ ބޮޑުކޮށްލާފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ރިޔާ ބުންޏެވެ. އިސްކޮޅުން ދިގުވެފައި ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. ޤުދުރަތުން ލިބިފައިވާ ދޮން ހަށިގަނޑާއި އެ މުށި ކުލައިގެ ދެލޮލުގައި ވިދުވަރެއްވިއެވެ. ކޮނޑާ ހިސާބަށް ކޮށާލެވިފައިވާ ބުޅި އިސްތަށިގަނޑު ދޫކޮށްލާފައިވާއިރު ބަލައިލި މީހަކަށް އެ މޫނުމަތިން މަޢުޞޫމުކަން ފެންނާނެއެވެ.

“ޕާފެކްޓް! ހިނގާ ތިރިއަށް. މިހާރު އަންނާނެ. ” ކޮޓަރީ ދޮރުލައްޕާލަމުން ދެމައިން ހިނގައިގަތީ ތިރިއަށެވެ.

***
‘ޑާކްޖެމް’ ގެއަށް ވަދެގެން އައި ކަޅުކުލައިގެ ކާރު ގޭގެ މައި ދޮރުމައްޗަށް މަޑުކޮށްލުމާއި އެކު މެދު އުމުރެއްގެ ފިރިހެނެއް ނުކުތެވެ. ލައިގެންހުރި ކަޅުކުލައިގެ ސޫޓާއި ބޮލުގައިވާ ހުދު އިސްތަށިތަށް ޖެލް ލައި ފަހަތަށް ގެނެސް ތަތްކޮއްލާފައިވާއިރު ބަލައި ކޮންމެ މީހަކަށް އެއީ ކޮން ފެންވަރެއްގެ މީހެއްކަން އެނގޭނެކަން ގައިމެވެ. އެ މޫނުމަތީގައިވީ މީހުން ޖެހިލުންވާފަދަ ގޮތެކެވެ. ޝަޙުސިއްޔަތު ވަރުގަދަވެފައި މޫނުމައްޗަށް ގެނެސްފައި ހުރި ސީރިއެސްކަމުން މީހުންގެ ހިތްތައް ގުޑުވާލާނެކަން ގައިމެވެ.

ކުއްލިއަކަށް ކާރުގެ ފަހަތު ދޮރު ހުޅުވާލާފައި ނިކުތް ޒުވާނާ، ބަންލާފައި ދޮރުޖަހާލިއިރު ކާރުވެސް ގުޑިގެން ދިޔައެވެ. އޭރު ރޫބީ އާއި ރިޔާވެސް އެދެމީހުން ކައިރީގައި އައިސް ހުއްޓިލިއިރު ހުރީ ފާޑަކަށް ޖެހިލުންވެފައެވެ.

“އިލްފް، މައިޑް ޔުއަރ މެނާރސް! ” ހަރުކަށި ރާގަކަށް އިލްފްއަށް ބަލާލަމުން އަހްވަމް، އިލްފްގެ ބައްޕަ ބުނިއިރު އެ މޫނުމަތީގައިވީ މީހުން ޖެހިލުންވާފަދަ ކުލަވަރެކެވެ.

“އަހަރެން ކައިވެންޏެއް ނުކުރާނަން. ” އަޑަށް ހަމަހިމޭންކަން ވެރިކުރުވަމުން އިލްފް ބުނިއިރު އެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. ކަޅުކަންގަދަ ބުމަ ގޮއްޖަހާލައިގެން ހުރިއިރު ކަތުރުކަށިގަނޑަށް ވާންވެގެން ދިޔަ ގޮތުން ފިރިހެންވަންތަކަން އިތުރުކޮށްދިނެވެ. އެ ނޫކުލައިގެ ދެލޮލުން ފެނުނު އަލިފާން ރުޅިގަނޑުން އަހްވަމްވެސް އެންމެ ފަހުން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލި އެވެ. އެ ދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. ދެއަތް މުއްކަވާލައިގެން ހުރިގޮތުން ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންދިޔަކަން އެނގެ އެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ހަށިގަނޑެކެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ވައިގެ ސަމާސާގައި ބައިވެރިވަމުންދިޔަ އެވެ. ދިގު އެސްފިޔަތަކުގެ ނިވަލުގައި ދެލޮލުގައިވީ ރުޅިވެރިކަން ވަންހަނާކުރެވޭތޯ އިލްފް ދިޔައީ މަސައްކަތްކުރަމުންނެވެ. ތަރުތީބުކަމާއިއެކު ފަޅާފައިވާ ތުނި ތުނބުޅިން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހުރިހާ ރީތިކަމެއް ހުސްކޮށްލައިގެން ހުރި ޒުވާނެކެވެ.

ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލާފައި އެކަކަށްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އިލްފްގެ ދެލޮލުގައިވީ ނުރައްކާތެރި ވިދުވަރުފެނިފައި ޚުދު އަހްވަމްއަށް ވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. މަންމަ އާއި ރިޔާއަށް ބަލާލުމެއްވެސް ނެތި ހަލުވިކަމާއިއެކު އިލްފް ގެއަށް ވަދެގެން ދިޔައެވެ.

“ކޮބާ އަހަރެން އޭރުވެސް ބުނިން އަހްވަމް ކައިރީ އަހަރެން ކައިވެނީގެ ވާހަކަ އިލްފް ކައިރީ ދައްކާނަމޭ. އޭނަ ރާއްޖޭ ފަސްގަނޑުގަ ފައިވެސް އެ އެޅީ ނުވަ އަހަރުފަހުން. އަނެއްކާ އަނބުރާ ރާއްޖެއިން ބޭރަށް ދާން ޚިޔާލުކޮށްފިއްޔާ؟ ” ހިތްހަމަ ނުޖެހުނުވަރުން ރިޔާ އެތަނުގައި ހުރިނަމަވެސް، ރޫބީއަށް ބުނެވުނެވެ. މަންމަ އާއި ބައްޕައަށް ބަލާލަމުން ރިޔާ އަވަހަށް އެތަނުން ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ.

“އަހަންނެއް ނުބުނަން. ނޭނގެ ކިހިނެއްކަމެއް އޭނައަށް އެނގުނީކީ. ” ރޫބީއަށް ބަލާލަމުން އަހްވަމް ބުންޏެވެ.

“އައިހަމް! ޔަޤީން އޭނަކަން ބުނާނީ..” ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން ރޫބީ ބުންޏެވެ.

“ރޫބީ. ދޭ ގޮސް އޭނާއަށް ވިސްނާދީ. ގޮސް އާދޭސް ކުރިއަސް ހެޔޮ އޭނަ އެއްބަސް ވަންދެން. އެނގެއެއްނު މީ މުހިންމު ކަމެއްކަން. އަހަރެމެން މިކަން ކުރަންޖެހޭނެ. ކޮންމެ ގޮތެއް ހަދާފަވެސް އިލްފްގެ ކައިވެނިކުރަން ޖެހޭނީ ޒީކް އާ ” މަޑުމައިތިރިކަމާއި އެކު ރޫބީއަށް ވިސްނައިދޭފަދަ ރާގަކަށް އަހްވަމް ބުންޏެވެ. ރޫބީ ހަމައެކަނި ބޯޖަހާލީއެވެ.

“ޒީކް އަންނަނީ ކޮންއިރަކު؟ ” އަހްވަމްއަށް ބަލާލަމުން ރޫބީ އެއްސެވެ.

“އިރުކޮޅަކުން. އޭގެ ކުރިން އިލްފްއަށް ވިސްނާދެވޭތޯ މަސައްކަތްކުރޭ. ” ރޫބީއަށް ބަލާލަމުން އަހްވަމް ބުންޏެވެ. ރޫބީ ބޯޖަހާލިއެވެ.

***
“ވަދޭ..” ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން އިލްފް ބުނީ ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ކަޅުކަންގަދަ ބުމަގޮށްޖަހާލައިގެން ހުރިއިރު އޭނާގެ ނޫކުލައިގެ ދެލޮލުން އަލިފާންކަނި ބުރަމުންދާހެން ހީވިއެވެ. ރުޅިގަދަ ކަމުގެ އިންތިހާއެވެ.

“ދަރިފުޅާ އިލްފް. މި ކައިވެނިކުރަން އެއްބަސްވެބަލަ. އިތުރު އެހެން ގޮތެއް ނެތް. ” ކިންގް ސައިޒް އެނދުކައިރީގައި ހުއްޓިހުރި އިލްފް އާއި ދިމާލަށް މިސްރާބުޖަހަމުން ވިސްނުންތެރިކަމާއިއެކު ރޫބީ ބުންޏެވެ.

“ފުރަތަމަ މަމް. އަޅުގަނޑަކަށް އަޅުގަނޑުގެ ކައިވެނި އޮންނަ ކަމެއްވެސް ނޭނގޭ. ދެވަނަ ކަމަކަށް އަޅުގަނޑަށް އަޅުގަނޑާއި ކައިވެނިކުރާ ކުއްޖާގެ ނަންވެސް ނޭނގޭ. ތިންވަނަ ކަމަކަށް ކީއްވެ އިތުރު އެހެން ގޮތެއް ނެތީ؟ ” ދެބުމަގޮއްޖަހާލާފައި ރޫބީ އާ ދިމާލަށް ބަލާލަމުން އިލްފް ބުންނިއިރު އެ އަޑުގައިވީ ގޮތްދޫނުކުރުމެވެ.

“އެއީ..އެ..މީހުން މަ..ރުވުމުގެ..ކުރިން..ވީ ވަޢުދެއް. ” ހުއްޓަމުން ކަހަލަ ގޮތަކަށް ރޫބީ ބުނީ އިލްފް އާއި ހަތަރުކަޅި ހަމަކޮއްގެންނެވެ. ހީވީ އެ ނޫކުލައިގެ ދެލޮލުން ތަފާތު އަސަރެއް ފެނޭތޯ އުޅޭހެންނެވެ. ނަމަވެސް، އެދެލޮލުން އެއްވެސް އަސަރެއް ނުފެނުނެވެ.

“ތިބުނީ އެމީ…” އިލްފްއަށް އެހިސާބަށް ބުނެވުނުތަނާ ރޫބީ ބޯޖަހާލިއެވެ. އިލްފްއަށް ދެއަށް މުއްކަވާލެވުނުއިރު ކަތުރުކަށިގަނޑަށް ވާންވެގެން ދިޔައެވެ. ދެލޮލުން ތަފާތު އަސަރެއް ފެނިލި ނަމަވެސް، ނިކަން އަވަހަށް އިޙުސާސްތައް ވަންހަނާކޮށްލިއެވެ.

“ކޮން ނަމެއް އެ އަންހެންކުއްޖާއަށް ކިޔަނީ؟ ” އިލްފްގެ އަޑުގައިވީ ފިނިކަމެވެ.

“ޒީކް..ޒީން އާ ރާކިންގެ ދަރިފުޅު.” އިލްފްގެ އަތުގައި ހިފަހައްޓާލަމުން މަޑުމައިތިރިކަމާއިއެކު ރޫބީ ބުންޏެވެ. އެވަގުތު އިލްފްގެ ދެލޮލުން ވޭނެއް ފެނިލިއިރު އެ ދެލޮލުގައިވީ ތަފާތު އަސަރެކެވެ. ނަގައިގަންނަން އުނދަގޫ އަސަރެކެވެ.

“ކޮބާ އެމީހުން؟ ” ދުރުބަލާލަމުން އިލްފް އެއްސެވެ.

“އެމީހުން ނި…..” ރޫބީ ބުނަން އުޅުނު ނަމަވެސް، އޭނާގެ ޖުމުލަ މެދުކެނޑިގެން ދިޔައީ ރިޔާ ދޮރުހުޅުވާލުމުންނެވެ.

“މަންމާ. ޒީކް ދައްތަ އަތުވެއްޖެ. ” ހިނިތުންވެލަމުން ރިޔާ ބުންޏެވެ.

“މަންމަ އެބަ ދަން އިލްފް ގޮވައިގެން. ދަރިފުޅު ދޭ ތިރިއަށް. ” ހިނިތުންވެލަމުން ރޫބީ ބުނެލުމާއެކުހެން ބޯޖަހާލާފައި ރިޔާ ދޮރުލައްޕާލިއެވެ.

“އަޅުގަނޑު ކައިވެނި ކުރާނަން. ” ދެއަށް މުއްކަވާލަމުން އިލްފް ބުންޏެވެ.

“މަންމަ ވަރަށް އުފާވެއްޖެ. ” އިލްފް ގައިގައި ބައްދާލަމުން ރޫބީ ބުނިއިރު އޭނާގެ ތުންފަތްމަތީގައިވީ ފުޅާ ހިނިތުންވުމެކެވެ.

“ހިނގާ ތިރިއަށް. އެންޑް ބިހޭވް ” އިންޒާރުގެ ނަޒަރަކުން އިލްފްއަށް ބަލާލަމުން ރޫބީ ބުނެލިއެވެ. އިލްފް ކޮނޑުއަރުވާލަމުން ކޮޓަރިން ނުކުންނަން މިސްރާބުޖެހިއެވެ.

***
“ޒީކް؟ ” ފަހަތުން ރޫބީގެ އަޑުއިވުމުން ޒީކް ފަސް އެނބުރި ފަހަތް ބަލާލިއެވެ. ކުޑަކޮށް ހުއްޓުންއެރި ނަމަވެސް، ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލަމުން އިސްޖަހާލިއެވެ. ރޫބީ ކައިރީގައި ހުރި ޒުވާނާ އާއި ދިމާލަށް ބަލާލަން ބޭނުން ނުވީ ކީއްވެކަމެއް ޚުދު ޒީކްއަށް ވެސް ނޭނގުނެވެ.

“ދަރިފުޅު ހާލު ކިހިނެއްތަ؟ ” ޒީކްގެ އަތުގައި ހިފަހައްޓާލަމުން ގެނެސް ސޯފާގައި އިށީންނަމުން ރޫބީ އަހާލީ ހިނިތުންވަމުންނެވެ.

“ރަނގަޅު. ދައްތަ ކިހިނެއްތޯ؟ ” ވައި އަޑަކުން ޒީކް އަހާލިއިރު ރޫބީއަށް ޒީކް ބުނި ޖުމުލަ އަޑުއިވުނީ ކިރިޔާއެވެ.

“ހަމަ ރަނގަޅު. އިލްފް، މީ ޒީކް. ޒީކް އެއީ އިލްފް. ” އިލްފް އާއި ޒީކްއަށް އިށާރާތް ކުރަމުން ރޫބީ ބުންޏެވެ. އިލްފް ޒީކް އާ ދިމާލަށް ބަލާލާފައި ފޯނަށް ނަޒަރުހުއްޓާލިއިރު، ޒީކް އިސްޖަހާލައިގެން އަތުގެ އިންގިލިތަކާއި ކުޅެލަކުޅެލާ އިނެވެ.

ރިޔާ އިލްފްގެ އަތުގައި މަޑުމަޑުން ޖަހާލުމުން އިސްއުފުލާލާފައި ރިޔާގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލާލަމުން ފޯނު ނިއްވާލިއެވެ. ސޯފާގައި އިށީންނަމުން އަހްވަމް ވަކިވަކިން އެންމެންނަށް ބަލާލަމުން ހިނިތުންވެލިއެވެ. އެހެން އެންމެން ރައްދުގައި ހިނިތުންވެލި ނަމަވެސް، އިލްފްގެ މުނުމަތީގައިވީ ހުސްކަމެވެ.

“މިހާރު އަހަރެން ގަބޫލުކުރަނީ އިލްފް އާ ޒީކް ދެމީހުން ތަޢާރަފް ވެއްޖެކަމަށް. މާދަން ރޭ ކައިވެނިކުރެވިގެން ދާނެ. ” މޫނުމައްޗަށް ސީރިޔެސް ނަޒަރެއް ވެރިކުރުވަމުން އިލްފްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ އަހްވަމް ބުންނެވެ.

ދެއަތް މުއްކަވާލާފައި ދަތްތައް ޖައްސާ ބާރުކޮށްލިއިރު ދެލޯ މަރާލާފައި ހުޅުވާލީ ރުޅިގަނޑު ކޮންޓްރޯލްކުރުމުގެ ނިޔަތުގައެވެ. ކައިވެނިކުރާ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، ތަޤުދީރުގައިވާ ލިޔެވިފައިވާ ގޮތެއް އޭނާއަކަށް ނުހުއްޓުވޭނެއެއް ނޫން ހެއްޔެވެ؟

ޒީކް އާއި ދިމާލަށް ނަޒަރުހުއްޓާލަމުން އިލްފް އެ އަންހެންކުއްޖާއަށް ނަޒަރު ހިންގާލިއެވެ. ލައިގެންހުރީ ކަޅުކުލައިގެ ކަކުލާއި ހަމައަށް އަރާ ގަޔަށް ދޫ ހެދުމަކާއި ކަޅުކުލައިގެ ޖިންސެކެވެ. އިސްތަށިގަނޑު ނިވާކުރެވިފައިވީ ކަޅުކުލައިގެ ޝޯލްއެއްގެ އެހީގައެވެ. މޫނުމަތީގައި މޭކަޕުގެ ކުޑަ ނަމަވެސް، އަސަރެއް ނެތްކަމުގައި ވީނަމަވެސް، ގަދަ ފިޔާތޮށިކުލައެއް ވެރިވެފައިވާ ތުނި ތުންފަތެކެވެ. ހިމަ ބަޓަން ނޭފަތާއި ދޮން ވަށް މޫނެކެވެ. ހިތިފަތު ބުމައަކާއި ބޮޑު ދެލޮލެވެ. ކަޅިރަވައިގައި ތޫނުކަމެއް ވާއިރު މައްޗަށް ލެނބިފައިވާ ބޯ އެސްފިތަކެވެ. އިލްފް އާއި ޒީކްގެ ހަތަރުކަޅި ހަމަވެގެން ދިޔައިރު އިލްފްއަށް އެ ކަޅުދެލިކޮޅެއްފަ ކަޅިން ފެނުނީ ހުސްކަމެވެ. އެ ދެލޮލުގައި ވިދުމެއްނުވެއެވެ. ހީވީ ނޭވާލިއެއްކަމަކު އެތެރެއިން މަރުވެފައިވާ ހެންނެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟

އިލްފްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވުމުން އިސް އުފުލާލަމުން ޒީކް އިލްފްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެ މޫނުމަތީގައި އެއްވެސް އަސަރެއް ކުރެހިފައިނުވާއިރު އެ ދެލޮލުގެ ރީތިކަން ފެނި ޒީކް އާޝޯޚުވިއެވެ. ކަޅުކަންގަދަ ބޯ އެސްފިޔަތަކުގެ ނިވަލުގައިވީ ނޫކުލައިގެ ދެލޮލުން ޒީކްއަށް އެއްވެސް ކަހަލަ އަސަރެއް ނުފެނުނެވެ. ހީވީ ހުރިހާ އަސަރެއް އެ ނޫކުލައިގެ ދެލޮލުގައި ފޮރުވާލެވިފައިވާހެންނެވެ. އެންމެފަހުން އިސްޖަހާލީ އޭނާގެ ދެލޮލުން އިލްފްއަށް އެއްޗެސް އެނގިދާނެތީ، ސިއްރެއް ފޮރުވަންހެން ހީވިއެވެ.

“އެހެންވީމާ ދެމީހުންވެސް ކައިވެންޏަށް އެއްބަސް ދޯ؟ ” ޒީކް އާއި އިލްފްއަށް ބަލާލަމުން ރޫބީ އަހާލިއެވެ. ޒީކް އާއި އިލްފްގެ ހަތަރުކަޅި ހަމަވެގެން ދިޔައިރު ދެމިހުންވެސް ބޯޖަހާލިއެވެ.

****
“އެލީން! ހަމަ މިހާރު އާދޭ އަހަރެން ކުރިމައްޗަށް. ” މުޅި ގޭތެރޭގައި ގުގުމާލައިގެން ދިޔައީ އަމްޖަދުގެ ރުޅިވެރި ހަޅޭކުގެ އަޑެވެ. ކޮޓަރީ ފާހަނައިން ނުކުތް އެލީންގެ ދެލޯ ބޮޑުވެގެންދިޔައިރު، ކޮޓަރިން ނުކުންނަން ދުއްވައިގަނެވުނީ އެންމެ ސިކުންތެއްވެސް ލަސްވެއްޖެނަމަ ދޮންޕައްބަ އޭނާއަށް އަދަބު ދޭނެކަން އެނގޭނެތިއެވެ. ނުކުތުމާއިއެކުހެން ދޮރު ކުރިމަތީގައި ހުއްޓެވުނީ އަމްޖަދުގެ އަތުގައި އޮތް ބެލްޓު ފެނިފައެވެ. ދެލޯ ބޮޑުކޮށްލަމުން އުނދަގޫގޮތަކަށް ހިތްދިރުވާލީ ދެން ވާނީ ކިހިނެއްކަން އޭނާއަށް މާ ރީތިކޮށްވެސް އެނގޭތިއެވެ. ތާޒާ މޫނުމަތީގައި ދާތިކިތައް ވިދަން ފެށިއިރު ހިތް ތެޅެމުންދިޔަލެއް ބާރުކަމުން ބޭރަށް ނިކުމެދާނެހެން ހީވިއެވެ.

ބޮޑު ދެލޮލަކާއި ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. ދޮން މޫނެކެވެ. ހިމަ ދިގު ނޭފަތަކާއި މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ލާފައިހުރީ ފިޔާތޮށިކުލައިގެ ފަލަމަސްގަނޑުން ތަންކޮޅެއް މައްޗަށް ހުރި އަތްދިގު ހެދުމަކާއި ކަޅުކުލައިގެ ހަރަވާޅެކެވެ. އިސްތަށިގަނޑު ނިވާކުރެވިފައިވަނީ ކަޅުކުލައިގެ ވަށް ބުރުގަލެއްގެ އެހީގައެވެ. މޫނުމަތީގައި ފަސް އިނގިލީގެ ނިޝާނެއް ހުރިއިރު ތުންފަތް ކައިރީގައި ލޭގެ އަސަރު ހުއްޓެވެ.

“ހަމަ މިހާރު އާދޭ މިތަނަށް! ” ރުޅިވެރިކަމުން ފުރިގެންވި ނަޒަރަކުން އެލީންއަށް ބަލާލަމުން އަމްޖަދު ހަޅޭއްލަވައިގަތެވެ. އޭރު އޭނާގެ މަންމަ މާހިޔާ ސޯފާގައި އިށީންދެގެން އިން އިރު، އަމްޖަދުގެ އަންހެން ދަރިފުޅު ނައުރީ އިނީ ކާބަދިގޭގައި އިށީންދެގެން ކާންށެވެ.

ދޮންބައްޕަ އިތުރަށް ރުޅިއަރުވަން ބޭނުން ނުވުމުން އަވަސް ހިނގުމެއްގައިގޮސް އެލީން އަމްޖަދު ކައިރީގައި ހުއްޓިލިއިރު ހުރީ ބިރުން ތުރުތުރު އަޅައެވެ. ކުއްލިއަކަށް އަމްޖަދު އެލީންގެ ކޮލުގައި ހިފާ ބާރުކޮށްލަމުން މޫނުމައްޗަށް އެތިފަހަރެއް ވީއްލާލިއެވެ. ވޭނުން ފުރިގެންވި އާހެއް ދެތުންފަތް ފުއަޅުވާލާފައި ނިކުތް އިރު ބެލެންސް ކަޓައިގެން އެލީން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އޭނާ ނުވަމަހާއި ނުވަދުހަވު ބަނޑުއަޅާ ވިހެއި މައިމީހާގެ ހުނުމުގެ އަޑު މުޅިތަނުގައި ގުގުމާލައިގެން ދިޔައެވެ. އާދޭހުން ފުރިގެންވީ ގޮތަކަށް ނައުރީއަށް ބަލާލި ނަމަވެސް، އޭނާ އިނީ ނުލަފާ ހިނިތުންވުމެއް ވެރިކުރުވައިގެން ނެވެ.

ކުއްލިއަކަށް އަތުގައި އޮތް ބެލްޓުން އަމްޖަދު އެލީން ގައިގައި ޖެހުނި ތަނެއްގައި ޖަހަމުން ދިޔައިރު މުޅި ގޭތެރޭގައި ގުގުމާލާފައިވީ އެލީންގެ ވޭނުން ފުރިގެންވި އަޑެވެ. ނަމަވެސް، އެކަމަށް އަޅައިލުމެއްނެތި އަމްޖަދު އޭނާ ގައިހުރި ބާރެއް ލާފައި ބެލްޓުން އެލީންގެ ގައިގައި ޖަހަމުން ދިޔައެވެ. ހިނދުކޮޅެއްފަހުން އަޑު މަޑުވަމުން ގޮސް އެއްކޮށް އެލީންގެ އަޑު ހިނދިގެން ދިޔައިރު ހުސްވުމެއްނެތް ކަރުނަތައް ދެލޮލުން ފައިބަމުންދިޔައިރު މަޑުމަޑުން އެ ނިކަމެތި އަންހެންކުއްޖާގެ ދެލޯ މެރިގެން ދިޔައެވެ. ނަމަވެސް އަމްޖަދު ހުއްޓައިނުލައި އެލީން ގައިގައި، ބެލްޓުގެ އެހީގައި ޖަހަމުންދިޔައެވެ. އެ ހިތުގައި ރަޙުމްގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް-12

Next

ދިރިއުޅުން އަލިކޮށްދިން 9

Next
September 20, 2020

ދިރިއުޅުން އަލިކޮށްދިން 9

Previews
September 19, 2020

ނޭދެމޭ ވަކިވުމެއް-12

23 Comments!

  1. Malsa moosa - lysh - says:
    September 19, 2020 at 10:46 pm

    Salaam. It’s been a long time since I have upload this story and I am rewriting this story coz I want to finish it. So, characters and plot ves mhr innaanee improve kohfa. I assure you guys that I will finish this story and I’m sorry I disappointed you all but life isn’t fair right! I got depressed. Btw missed you guys and if you don’t wanna read this story again, then don’t. No one will force you to read it. Hope ya all will like the upcoming parts.
    Nyts guys
    Salaam

    1. ?? says:
      September 20, 2020 at 12:09 am

      Oh it’s ok dear but I think this is d 3rd time I’m reading this first episode I think it would’ve been better if u continue d story rather that restarting it its just my opinion ? hope that u don’t take it negatively..I love u r stories and I’ll read this one till it ends ..lots of love from me ? salaam tvgc may allah azza wajja al bless u wid all the happiness in this world ❤❤❤

    2. Malsa Moosa says:
      September 20, 2020 at 8:24 am

      Hehe I know. But If I continue writing from the sixth part nothing will make sense, that’s why I’m doing this. But dont worry. Varah avahah 6th vana part aa hisaabah upload kohladhynan. Btw thank you soo much. Really, it means a lot. Take care. Salaam♥

  2. Maii says:
    September 19, 2020 at 11:31 pm

    Mallloooo?????? Hama bunaane ehcheh vx neyngun❤️?✨ varah varah reethi mi part vx??????????????????????? sifa kurun vx varah furihama?❤️???… Curiously waiting for the next part?✨.. Ly mal??✨✨

    1. Malsa Moosa says:
      September 20, 2020 at 8:20 am

      Thank you mai >3 tvgc, ly 2. Salaam❤

  3. R¥N says:
    September 20, 2020 at 8:22 am

    Maasha Allah ❤️❤️❤️❤️varah reethi mi part ves ??????curiously waiting ❤️?❤️?Tc

    1. Malsa Moosa says:
      September 20, 2020 at 8:25 am

      Thank R¥N?, take care you too. Salaam.

  4. unknown queen says:
    September 20, 2020 at 8:45 am

    Vvvv salhi.. keep it up dear ??
    Amjad is so cruel dhw I feel bad for eleven?

    1. Malsa Moosa (Lysh) says:
      September 20, 2020 at 12:22 pm

      Thanks unknown queen. yeah, same. eh, tc salaam

  5. unknown queen says:
    September 20, 2020 at 8:45 am

    Tvvgc everyone stay safe♥️

    1. Malsa Moosa (Lysh) says:
      September 20, 2020 at 12:23 pm

      you too

  6. Anonymous says:
    September 20, 2020 at 9:10 am

    Varah Kada aslu Alun feshyma
    Nimmi hisaabun feshinama mas rangalhu vaane

    1. Malsa Moosa (Lysh) says:
      September 20, 2020 at 12:25 pm

      Thank you, I know, but then nothing would make sense to some readers. I wanna take it smoothly, Hope you understand. again thank ya. tc salaam

  7. ( RDS) SHANKS says:
    September 20, 2020 at 9:16 am

    Anonymouse ebunee thedheh… Anyways waiting for next part…

    1. Malsa Moosa (Lysh) says:
      September 20, 2020 at 12:26 pm

      Thank you ( RDS ) SHANKS, salaam

  8. Livy says:
    September 20, 2020 at 12:51 pm

    Varah❤️?Varah?❤️Varah?❤️Varah❤️?reethi?❤️ maa sha Allah❤️curiously❤️?? waiting?❤️waiting?❤️for?❤️the?❤️next❤️? part?❤️love you mallooo❤️❤️❤️❤️❤️❤️ take care?❤️?❤️?❤️?❤️?❤️?❤️?❤️?❤️?stay home and stay safe❤️?❤️

    1. Malsa Moosa (Lysh) says:
      September 20, 2020 at 1:08 pm

      Thank you livy 🙂 Ly 2. you too be safe, Tc Salaam

  9. magnumm says:
    September 20, 2020 at 12:55 pm

    Omg gurl got depressed thr!!..that’s so sad to hear but be confident kk❤.. I’ll be there with u as a besty forever…So keep smiling ngeyyy?..n remember that I’ll read ur stories if anyone does not… alun vhk feshi kamuga viyas kuri ekey eh gothah vhk vrh rythi??!!!keep goinn darlinnnn…saranghae more n moree?????

    1. Malsa Moosa (Lysh) says:
      September 20, 2020 at 1:33 pm

      Hehe yeah, ekam I’m fine rn. Thank you bro,You are the best, I miss you soo much. Can’t wait to talk to ya. eheh yuhh, love you too bro.

    2. magnumm says:
      September 20, 2020 at 1:50 pm

      awwwnn how sweet?!!… I miss u infinity darlinn… sorry but I think I can’t talk u through hangouts.. I have said u ehnu I can’t talk u through hangouts ey dhw… dhn kithanme beynun nuviyas ahareh haa dhuhu madukohlan kahneyge jeheyny dhw darl??

  10. Am❤❤❤ says:
    September 20, 2020 at 4:31 pm

    Really gud
    Love ur stories
    Keep it up?

    1. Malsa Moosa (Lysh) says:
      September 20, 2020 at 8:10 pm

      Thanks Am. tc salaam

  11. Shuaa says:
    September 20, 2020 at 8:46 pm

    Lysh dhn story anekkaa nuliyaathi.. mi vhk vrh kiyaa hithun mihaar dhe vana thin vanah faharah mi kiyanee… Komme faharaku thign badhalu kurany.. dhn badhalu nukoh ekkon geneedhy nimmaalah cheyyy plxxxxxxx… Vrh rythi mi vhk kiyaa hithun kiyey…

Comments are closed.

Next Episodeފުހެވިގެން ނުދާނޭ – 02 ، 03 –←


All Right Reserved!