Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 4

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
September 21, 2020 9 Mins Read
15 Comments

I don’t want to be rude to any of you. But i will tell u why i write my name like that. I am an author in several other applications. And in some of them most of the writers write their name at the end of every chapter. And I’m used to it. I do that in all the stories I write. Not only in Esfiya. Besides i have seen several other authors on Esfiya do the same thing. I don’t believe it’s a big problem. Every writer has their own style. And this is mine.

~~~~~~~~~~

އެއަރޕޯޓް ދޮށުގައި ސައިކަލެއް ކައިރީ ހުރި ދެ ޒުވާނުންނަށް ގިނަ އަދަދެއްގެ ލޯތައް އަމާޒުވަމުން ދިޔައެވެ. މަޑު މުށި ކުލައިގެ އިސްތަށިގަނޑާއި އަޅި ފެހި ކުލައިގެ ލޯ ދެމީހުންނަށް ލިބިފައިވާ އިރު އެދިމާލަށް ބަލާނުލައި ދިޔުމަކީ ވާނެ ކަމެއް ނޫނެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ.

ސައިކަލުގައި ލެނގިލައިގެން ހުރި އެ ފިރިހެން ކުއްޖާއަށް އެއްވެސް އަސަރެއް ކުރާހިނެއް ހީނުވާ އިރު، ސައިކަލް މަތީ އިން އަންހެން ކުއްޖާ އިނީ ގައިމުވެސް އުދަނގޫ ވެފައެވެ.

ޒަމާނީ ގޮތަކަށް އެ ފިރިހެން ކުއްޖާ ހެދުން އަޅާފައި ހުރިއިރު އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ހުރި ގޮތުން ކައިރިން ދިޔަ އަންހެން ކުދިންގެ ހިތްތައް ކަތިލަމުން ދިޔައެވެ. އާދައިގެ ނޫ ކުލައިގެ ވަށްތިރި ހެދުމެއްގައި އިން އަންހެން ކުއްޖާ ވެސް ވަކި ދުލެއް ނުކުރެއެވެ. ދުރުދުރުން ހިނގާފައި ދިޔަ ފިރިހެން ކުދިންގެ ހިތްތައް ލޭކޮށާލަމުން ދިޔައީ އޭނާގެ ތުންފަތް މަތީގައި ކުޅެލަ ކުޅެލަ އިން ރީތި ހިނިތުން ވުމުންނެވެ.

އާއެކެވެ. ތާރާ އާއި ކައިލާން އެވެ.

 

ކުއްލިއަކަށް އެއަރޕޯޓް ތެރެއިން ނިކުމެގެން އައީ އަސުރުމާ ކުލައިގެ ޝޯލަކާއި ދަނބު ކުލައިގެ ކަކުލާއި ހިސާބަށް އަރާވަރުގެ ހެދުމެއްގައި ހުރި އަންހެން ކުއްޖެކެވެ. މާ ދޮން ނޫނަސް ކަޅެކޭ ނުބުނެވޭނެއެވެ. އެރީތި އަންހެން ކުއްޖާ އަށް މަޑު މުށި ކުލައިގެ ކަޅިއެއް ލިބިފައިވާ އިރު ލިބިފައިވަނީ ކުޑަ ކުޑަ ލޮލެކެވެ. ކަޅުކަންގަދަ ބޯ ބުމައަކާއި ދިގު އެސްފިޔަތަކެކެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާފައި ވުމުން މޫނުމަތި އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ނަމަވެސް އެ މޫނުމަތީގައި އެންމެ އުފާވެރިކަމުގެ ކަންފުޅެއް ވެސް ފެންނާކަން ނެތެވެ. ހީވަނީ ކަމަކާ ހިތާމަ ކުރާހެނެވެ.

މުޅި ހިސާބު ގަނޑަށް ނަޒަރު ހިންގާލީ އެ ބީރައްޓެހި މާޙައުލު އިތުރަށް ހޭނުމަށް ހެން ހީވެއެވެ. ދުރު ދުރުން މީހަކު އޭނާގެ ނަން ގޮވާހެން ހީވުމުން އެދިމާއަށް ބަލާލިއެވެ. އެވަގުތު އެ މޫނު މައްޗަށް ވެރިވެގެން ދިޔައީ އުފާވެރި ކަމެވެ. މިހާރު އެއީ މީގެ އިރުކޮޅެއް ކުރިން މާޔޫސް ވެފައި ހުރި ކުއްޖެކޭ ވެސް ނުބުނެވޭނެއެވެ.

“ސަމާ!” ތާރާ ދުވެފައި އައިސް އެކުއްޖާ ގެ ގައިގައި ބައްދާލިއެވެ. ފަހަތުން ކައިލާން ވެސް އައިސް އަރާ ހަމަ ކުރިއެވެ. “ތާ. ކައި!” ސަމާ އަށް ވީ އުފަލުން ގޮވާލެވުނެވެ. “އައި މިސްޑް ޔޫ ގާއިސް!” އޭނަ ބުނެލިއެވެ. “މިސްޑް ޔޫ މޯރ.” ތާރާ ސަމާގެ ގައިން ދޫކޮށްލަމުން ބުނެލިއެވެ. ކައިލާން ވެސް ސަމާ ގައިގައި ބައްދާލުމަށް ފަހު ފޮށި ނެގިއެވެ.

“ކާރު އޮބެން އައިސް.” ކައިލާން މަގާ ދިމާއަށް އިޝާރާތް ކޮށް ލިއެވެ. އަދި އެކުދިންނާ އެކު ކާރާއި ދިމާއަށް ދިޔައެވެ. ކައިލާން ކާރަށް ފޮށި ލުމަށް ފަހު އެކުދިން ވެސް އެރުމުން ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ.

 

ތާރާ ކާރުގައި އިދެގެން ސަމާއަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ކިޔާ ދިނެވެ. އެގޮތުގައި ދެމީހުން ވެސް އެކި ވާހަކަތައް ހިއްސާ ކުރަމުން ދިޔައެވެ. ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރި ކަމުގެ ވަރުގަދަކަން ވަރަށް ސާފުކޮށް ފެންނަމުން ވެސް ދިޔައެވެ.

ސަމާގެ ބައްޕައާއި ދޮންމަންމަގެ ގެ ކާރިއަށް ކާރު މަޑު ކުރިއެވެ. އޭރު އޭނާގެ ވަކި ބަނޑު އެއްބަފާ ދައްތަ ޒަހާ އާއި ޒަހާގެ ފިރިމީހާ އިހުސާން ހުރީ ގޭދޮށަށް ނުކުމެއެވެ. ސަމާ ގާތު ފަހުން އަންނާނެ ކަމަށް ތާރާ ބުންޏެވެ. ކާރުން ސަމާ ނިކުތުމާއެކު ކާރު ދިޔައެވެ.

ޒަހާ އާއި އިހުސާން ސަމާއާ ސަލާމް ކުރިއެވެ. އެމީހުން ދޭތެރޭގައި މާގިނަ ވާހަކަ ތަކެއް ވެސް ބަދަލެއް ނުކުރެވެއެވެ. ހަމައެކަނި ތަޢާރަފު ވެލީއެވެ. ޒަހާއަކީ ސަމާގެ ދޮންމަންމަ ޒަމްރާގެ ދޮށީ އަންހެން ދަރިއެވެ. އޭނާގެ އުމުރުން 21 އަހަރެވެ. އެހެންކަމުން ޒަހާ ބޮޑުވީ ސަމާއާއި ޙިލާފަށް މާލޭގައެވެ.

 

ސަމާ އާއި ޒަހާގެ ބައްޕަ، ޝާހިދު ސުމައްޔާ އާއި ކައިވެނި ކުރުމުގެ ކުރިން ޒަމްރާ އާއި ކައިވެނި ކޮށްގެން ކުދިން ހުރެއެވެ. އަދި ސުމައްޔާ އާއި ކައިވެނި ކުރުމަށްފަހު 1 އަހަރު ކޮށްފައި މާލެ އަނބުރާ ދިޔައީއެވެ. އޭރު ސުމައްޔާ އިނީ ސަމާއަށް ބަލިވެއެވެ. ދަރިއަކު ލިބެން އުޅޭ ވާހަކަ ޝާހިދު ގާތު ގުޅާފައި ބުނުމުން ޝާހިދު ގަބޫލެއް ނުކުރިއެވެ. ޒަމްރާ ޝާހިދު އަނބުރާ ދާކަށް އެއްބަހެއް ވެސް ނުވިއެވެ. އެހެންވެ ޝާހިދު ސުމައްޔާ ވަރި ކުރިއެވެ. އެހެންކަމުން ސަމާ ބޮޑުވީ ހަމައެކަނި މަންމަގެ ލޯބީގައެވެ.

އޭނާގެ މުޅި އުމުރުގަ ވެސް ޝާހިދު ދުށީ އުމުރުން އެންމެ 4 އަހަރުގައެވެ. އެއީ ވެސް ސަމާ ސުމައްޔާ އާއެކު ކައިރި ރަށަކަށް ދަތުރު ދިޔަ ފަހަރަކު އެރަށަށް ބިޒްނަސް ކަމަކު ޝާހިދު ގޮސް ހުރުމުންނެވެ. އެފަހަރު ވެސް ސުމައްޔާ އެތަކެއް އާދޭސް ކުރުމުން ވެސް ޝާހިދު ސުމައްޔާގެ އާދޭހުގައި ކޮޅުފައިން ޖަހާފައި ދިޔައީ ސަމާގެ ކުރިމަތީގައެވެ. ސަމާއާ ދިމާއަށް އެންމެ ފަހަރަކު ވެސް ބަލާނުލައެވެ. އެހެންކަމުން ޝާހިދަކަށް ސަމާއެއް ނުފެނެއެވެ. އޭގެ ފަހުން ސަމާ ޝާހިދު ދެކެ ނަފުރަތު ކުރެއެވެ.

ނަމަވެސް ސަމާމެން ރަށަށް މީގެ އަހަރެއް ކުރިން ޝާހިދުގެ ކުންފުނީގެ މީހަކު ގޮސް ސަމާއާ ދިމާވިއެވެ. އެމީހާ ވަގުތުން ޝާހިދުއަށް ގުޅާފައި ސަމާގެ ވާހަކަ ބުނީ ސުމައްޔާގެ ދަރިއަކަށް ވެފައި ޝާހިދުއާ ވައްތަރު ކަމުންނެވެ. އެހިސާބުން ޝާހިދު ބޭނުންވީ ސަމާ މާލެ ގެންނާށެވެ. ނަމަވެސް އެއްފަހަރަކު ވެސް ސުމައްޔާ ދޫކޮށްފައި ދޮގުވެރިއެއް ގާތަށް ނުދާނެކަމަށް ސަމާ ބުންޏެވެ. އެތަކެއް ފަހަރު ސަމާ އެހެން ބުނުމުން ޝާހިދު އެންމެ ފަހުން މާޔޫސް ވިއެވެ. ނަމަވެސް އެންމެ ފަހުން ސުމައްޔާގެ ފަރާތުން ވެސް އެތަކެއް އާދޭސް ތަކެއް ކުރުމުން ސަމާ އަންނަން އެއްބަސްވިއެވެ. އެކަމަކު އައުމުގެ ކުރިން ސަމާ ޝާހިދަށް ގުޅާފައި އޭނާ އަންނަނީ ޝާހިދުގެ އެދުމަށް ނޫން ކަމަށާއި، އޭނާ އަންނަނީ އޭނާގެ މަންމަގެ އެދުމުގެ މަތިން ކަމަށް ބުންޏެވެ. އޭނާ އެއް ހިނދެއްގައި ވެސް ހިތްހަމަ ޖެހިގެން ނޫން ކަމަށާއި އޭނާ ޝާހިދަށް ދުވަހަކުވެސް މާފު ނުކުރާނެ ކަމަށް ވެސް ބުންޏެވެ.

 

އިހުސާނު ސަމާގެ ފޮށީގައި ހިފަން އުޅުމުން ސަމާ އަވަހަށް ހިފިއެވެ. އެހެންކަމުން އިހުސާނާއި ޒަހާ ވެސް އަޅާނުލައި ގެއަށް ވަނުމަށް އެދުނެވެ. އެންމެން އެއްކޮށް ގެއަށް ވަތް އިރު ސޯފާގައި ސަމާއަށް ވުރެ 2 އަހަރު ކުޑަ އަންހެން ކުއްޖަކާއި ސަމާއާ އެއް އުމުރުގެ ކުއްޖެއް އިނެވެ. ކުޑަ ކުއްޖާ އިނީ ވާހަކަ ފޮތެއް ކިޔާށެވެ. ބޮޑު ކުއްޖާ އިނީ ލެޕްޓޮޕް ހިފައިގެން ކަންފަތަށް ހެޑްސެޓް ޖަހައިގެންނެވެ. ދެމީހުން ވެސް ސަމާ އާ ދިމާއަށް ބަލާލީ އެކު އެކީގައެވެ.

ކުޑަކުއްޖާ ވަގުތުން ސޯފާއިން ތެދުވެ އައިސް ސަމާއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ސަމާ ވެސް ސަލާމް ކޮށްލިއެވެ. “ހާއި. މައި ނޭމް އިޒް ޒައިނާ. އައިމް 16.” އެކުއްޖާ ހިނިތުން ވެލިއެވެ. “ސަމާ. މިއަހަރު 18 ވާނީ.” ސަމާ ބުނެލިއެވެ. “ކޫލް. އެން ދެޓްސް ޒީނާ. މައި ކުޑަ ދޮންތަ.” ޒައިނާ ލެޕްޓޮޕާ ކުޅެން އިން ކުއްޖާއަށް އިޝާރާތް ކޮށްލިއެވެ. ސަމާ ޒީނާ އަށް ބަލާލިއެވެ. ޒީނާ ސަމާއާ ދިމާއަށް ލޯ އަޅާލުމަށް ފަހު ލެޕްޓޮޕް ހިފައިގެން ސިޑިއާ ދިމާއަށް ހިނގައި ގަތެވެ.

ޒީނާ، ޒައިނާ އަދި ޒަހާ އަށް ލިބިފައި ވަނީ ގަދަ މުށި ކުލައެއްގެ ލޮލެވެ. އަދި 3 މީހުންވެސް ހަންގަނޑު އަލިވެފައި ނުލައިހިކު ރީއްޗެވެ. ޒަހާ އާއި ހިލާފަށް އަނެއް ދެކުދިން ހުރީ ބުރުގާ ނާޅައެވެ. ޒީނާ އަށް ފަން އިސްތަށިގަނޑެއް ލިބިފައިވާ އިރު ޒައިނާ އަށް ލިބިފައި ވަނީ ޝާހިދުގެ ބުޅި އިސްތަށިގަނޑެވެ. 3 މީހުން ވެސް ހުރީ ޒަމާނީ ހެދުން އަޅާފައެވެ. ނަމަވެސް އެންމެނާއި ތަފާތަށް ޒީނާ ހުރީ ނިވާކަން ކުޑަ ކުރުކުރު ސޯޓަކާއި ޓީޝާޓެއް ލައިގެނެވެ.

އެވަގުތު ވަދެގެން އައީ އަންހެނަކާއި ފިރިހެނެކެވެ. ގާތްގަނޑަކަށް އުމުރުން ވާނީ 24 އަހަރު ވަރެވެ. އެ ފިރިހެން މީހާއަށް ފަން އިސްތަށިގަނޑަކާއި ގަދަމުށި ކުލައިގެ ލޮލެއް ލިބިފައި ވާއިރު އެ އަންހެންމީހާ އަށް ވަނީ ފަން އިސްތަށިގަނޑަކާއި ކަޅުކުލައިގެ ލޮލެއް ލިބިފައެވެ. އެ އަންހެން މީހާ ވެސް ޒީނާ ފަދައިން ހުރީ ކުރުކުރު ޖީންސަކާއި ބަނޑު ފެންނަ ވަރުގެ ޓޮޕު ކޮޅެއް ލައިގެންނެވެ.

“އެން ދެޓްސް ދޮންބެ އެން ދޮންބެ ދައްތަ. ޒިހާން އެން ރައުފާ.” ޒައިނާ އެމީހުން ވެސް ތައާރަފު ކޮށްދިނެވެ. ޒިހާންއާއި ރައުފާ ސަމާއަށް ބަލާލިއެވެ. ރައުފާ ސަމާއަށް އަތް ހުރާލިއިރު ޒިހާން އެއްޗެކޭ ނުބުނެއެވެ.

 

ކުޑަ އިރުކޮޅެއް ފަހުން ސަމާ އޭނާއަށް ހަމަ ޖެހިފައިވާ ކޮޓަރި އަށް ދެވުނެވެ. ދޮރު ލައްޕާލުމަށްފަހު، ތަޅުލުމަށް ފަހު އޭނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ބޮޑު ރީތި ކޮޓަރި އެކެވެ. މަޑު ފެހި ކުލައިގެ ފާރުންނާއި ގަދަފެހި ކުލައިގެ ފަރުނީޗަރު ތަކުން އެކޮޓަރީގެ ފަޅު ފިލުވާދޭ ކަހަލައެވެ.

ވެފައި ހުރި ވަރުބަލިން ސަމާ ފޮށި ދޮރުކާރީ ބެހެއްޓުމަށް ފަހު ޝޯލް ބޭލުމަށް ފަހު އެނދުމަތީ އޮށޯވެލިއެވެ. މަންމަ އާ ދެން އަވަހަށް ބައްދަލު ނުވާނޭކަން އެނގުމުން އޭނާ ހިތަށް ތަދުވިއެވެ. ރޮވުނެވެ. އެ ލޯބިވާ މަންމަ އާއި ދުރުގައި އުޅޭނީ ކިހިނަކުން ހެއްޔެވެ؟

އެއީ އޭނާ އަށް ބައްޕަގެ ލޯބީގެ އުނިކަން އިހުސާސް ވިޔަ ނުދީ ބަލާބޮޑު ކުރި މަންމައެވެ. ކުޑައިރު ނިދާއިރު ވާހަކަތަކާއި ލަވަތައް ކިޔާދިނީ އެ މަންމައެވެ. ބިރު ގަތުމުން ކައިރީގައި އިނދެ ބައްދާލާ ބިރު ނުގަތުމަށް ބުނީ އެ މަންމައެވެ. ދެރަވުމުން ރޮވުމުން ލޯތްބާއި އެކު ކަރުނަތައް ފުހެދިނީ ވެސް އެ މަންމައެވެ. އޯލެވެލް ގައި މުޅި ސްކޫލުން ދެވަނަ ހާސިލު ކުރިއިރު އުފަލުން ކަރުނައިގައި ހުރީ އެ ކެތްތެރި މަންމައެވެ. އެ މަންމަގެ ހިތުގައި ވޭން އަޅާނީ ކިތައް ފަހަރު ހެއްޔެވެ؟ ނަމަވެސް އެއްފަހަރަކުވެސް އެނގިހުރެ ސަމާއަށް ރޯ މަންޒަރު ދައްކާވެސް ނުލައެވެ. އެއީ އޭނާގެ ދިރިއުޅުމުގެ ހުޅުކޮޅެވެ. އެ މަންމައެވެ. އޭނާއަށް ޓަކައި ދުވާލުދާ ހަތަރުދަމު އެތަކެއް ގުރުބާނީ ތަކެއް ވި މަންމައެވެ. އެންމެ ފަހަރަކު ވެސް އެ މަންމަ ޝަކުވާ ކޮށްނުލައެވެ. ސަމާއަށް ޓަކައި ހުރިހާ ކަމެއް ވެސް ކުރީ އުފަލާ އެކީގައެވެ. ސަމާއަށް ކުރިއަށް ދާނެ މަގު ކޮށާދިނީ ހިތްވަރާއެކީގައެވެ.

ނިދީގެ ފުން ކަނޑަށް އޭނާ އަށް ފުންމާލެވުނީ އެތައް އިރެއް ފަހުން ރޮއެރޮއެ އޮށްވައެވެ.

……….

ސަމާއަށް ހޭލެވުނީ ދޮރުގައި ޓަކި ދޭ އަޑަށެވެ. މޯޅިއަކަށް ދެމިލުމަށް ފަހު ޝޯލް ބޮލުގައި އޮޅާލައިގެން ދޮރު ކުޑަކޮށް ހުޅުވާލިއެވެ. ދޮރު ކާރީ ހުރީ ޒަހާއެވެ. “ބައްޕަ އަތުވެއްޖެ. ސައިބޯން އާދޭ.” ޒަހާ ބުނެލިއެވެ. ސަމާ ނަމާދު ކޮށްގެން އަންނާނެ ކަމަށް ބުނެލުމަށް ފަހު ދޮރު ލެއްޕިއެވެ. އަދި ކުޑަކޮށް ފެންވަރާ ލައިގެން ކަކުލާ ހަމައަށް އަންނަ ވަރުގެ ޑަބަލްނެޓް ފޮތީގެ ރީނދޫ ކުލައިގެ ހެދުމެއް ލިއެވެ. އަދި ކަޅު ވަށްބުރުގަލެއް އަޅާލިއެވެ. އަސްރު ނަމާދު ކޮށްލައިގެން އޭނާ ކޮޓަރިން ނިކުތެވެ.

އެވަގުތު އޭނާ މީހެއް ގައިގައި ޖެހިފައި ފަހަތަށް ވެއްޓެން ދިޔައެވެ. ނަމަވެސް ވެއްޓުމުގެ ކުރިން އެމީހަކު އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ސަމާ ސިހިފައި މައްޗަށް ބަލާލިއެވެ. 19 ވަރަކަށް އަހަރުގެ ޒުވާނެކެވެ. ގަދަ މުށި ކުލައިގެ ލޮލަކާއި ބުޅި އިސްތަށިގަނޑެއް ލިބިފައިވާ އެ ޒުވާނާގެ މޫނުމަތި އެންމެ ވައްތަރީ ޝާހިދާއެވެ. ސަމާ އަވަސް އަވަހަށް އަތް ދަމައިގަތެވެ. އެހެންކަމުން އޭނާ ވެއްޓުނެވެ. ތަދުވި ނަމަވެސް އޭނާ ތެދުވިއެވެ. އޭރު އެ ޒުވާނާ ލާނެތް ހިނިތުން ވުމަކާއި އެކު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ސަމާ އެ ޒުވާނާ އާ ދިމާއަށް ބަލާލުމަށް ފަހު އަޅާނުލައި ހިނގައިގަތެވެ. ކާގެ އަށް ވަތް އިރު ޒީނާ އައިސް އިށީންނަނީއެވެ. އޭރު ޒިހާން އާއި ރައުފާ ވެސް އިނެވެ. ޒަހާއާއި އިހުސާން ވެސް މެއެވެ. ސަމާ ގޮސް އިށީނީ ޒައިނާ ކާރީގައެވެ. އެއީ ޒައިނާ އޭނާއަށް ގޮވާފައި ބުނުމުންނެވެ.

ކާމޭޒު މަތި ވަނީ އެކި ކަހަލަ ހެދިކާ ތަކުން ފުރިފައެވެ. ގުޅައާއި ޖަޑްޖަޑެވެ. މަސްރޮށްޓާއި ބިސްހަވާދެވެ. ކަޓުލަހާއި ފުއްޖެހި ކަވާބެވެ. ކުޅި ބޯކިބަލާއި ފާރޮށި ބޯކިބަލެވެ. ޕުޑިންނާއި ކޭކެވެ. މީގެ އިތުރުން ވެސް އެތަކެއް ބައިވަރު އެއްޗެހި ހުއްޓެވެ.

 

އިރުކޮޅެއް ފަހުން އެތެރެއަށް ވަނީ އަންހެނަކާއި ފިރިހެނެކެވެ. އުމުރުން ގާތްގަނޑަކަށް 40 ގެ އަހަރުތައް ގުނަމުން ދާކަން އެނގެއެވެ. އެއީ ޝާހިދުކަން ސަމާއަށް ނަގައިގަނެވުނެވެ. ކައިރީގައި ހުރި އަންހެން މީހާގެ ފަން އިސްތަށިގަނޑުންނާއި ޒައިނާ މެން ކަހަލަ ގަދަ މުށި ކުލައިގެ ލޮލުން އެއީ ޒަމްރާ ކަން އެނގުމުން ސަމާ ފޫހިވާ ގޮތް ވިއެވެ.

ޝާހިދު ގޮޑީގައި އިށީންނަމުން އެންމެންނަށް ބަލާލިއެވެ. އޭނާގެ ކަޅުކަޅި ސަމާގެ މަޑުމުށި ކުލައިގެ ލޮލާއި ސީދާވި ހިނދު ދެލޯ ބޮޑުކޮށް ލެވުނީ ބޭއިޚްތިޔާރުގައެވެ. މިއީ އޭނާ އަށް ސަމާ ފެނުން ފުރަތަމަ ފަހަރެވެ. ހީވަނީ ސުމައްޔާގެ ޒުވާން އިރުގެ ނަކަލެއް ހެނެވެ. އެހާވެސް ވައްތަރެވެ. އެ މަޑުމުށި ކުލައިގެ ދެލޮލެވެ. އެ އެހާ ދޮންނޫން ހަންގަނޑެވެ. އެ ރީތި ކަމާއި ސާދާ ކަމެވެ. އެ މައުސޫމް ކަމެވެ. ނަމަވެސް އޭނާގެ މޫނުމަތީގެ އެހެނިހެން ސިފަތަކުން އެއީ ޝާހިދުގެ ދަރިއެއްކަން ވަރަށް ރަނގަޅަށް ވެސް ދޭހަވެއެވެ. ޝާހިދުގެ ކުޑަކުޑަ ދެލޮލެވެ. ބޯ ބުމައެވެ. އެއީ ހަމަ ޝާހިދުގެ ދަރިއެވެ. ހެއްކަކީވެސް ހަމަ އެކުއްޖާ އެވެ.

ސަމާ ވެސް ޝާހިދަށް ބަލަހައްޓައިގެން އިނެވެ. މީގެ 14 ވަރަކަށް އަހަރު ކުރިން އޭނާ ދުށް ޝާހިދަކާ މާކަ ބޮޑު ތަފާތެއް ވެސް ނެތެވެ. ކޮންމެވެސް ވަރަކަށް މޫނުމައްޗަށް ރޫޖެހި، އިސްތަށިގަނޑާއި ތުނބުޅި މަތިމަހުގައި ނުރަ ޖަހާފައި ހުރި ކަން އެކަންޏެވެ. އަދިވެސް ހުރީ ސަމާ ކަހަލަ ކުޑަކުޑަ ލޮލެވެ. ބޯބުމައެވެ. ބުޅި އިސްތަށިގަނޑެވެ.

ސަމާ އަވަސްއަވަހަށް ދުރު ބަލާލީ ޝާހިދުއާ އަމިއްލަ ނަފުސު ވައްތަރު ކަމުން އުނދަގޫ ވެގެންނެވެ. އެކަހަލަ ބޭވަފާތެރި އަކާއި ވައްތަރު ވީތީ އަމިއްލަ ނަފްސު ކުށްވެރި ކުރާ ޙާލުއެވެ. އެކަން ގަބޫލު ކުރަން ބޭނުން ނުވާ ހާލުއެވެ.

“ސަމާ…” ޝާހިދުގެ ދުލުން އެބަސްތައް ބޭރުވި ހިނދު ސަމާގެ ހިތަށް ތަދު ވިއެވެ. އުފަން ބައްޕައާ ދިމާއަށް ބަލާލެވުނީ އިޙުތިޔާރަކާ ވެސް ނުލައެވެ. އޭނާގެ ބައްޕައަކީ އެކަހަލަ ބޭވަފާތެރި އަކަށް ވީ ކީއްވެ ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟ އޭނާގެ ކުށެއް ނެތެވެ. އޮތީ އުފަން ބައްޕަގެ އެވެ.

ސަމާ އަށް ޒަމްރާއަށް ނަޒަރު ބަދަލު ކޮށްލެވުނެވެ. އޭރު ޒަމްރާ އިނީ އޭނައާ ދިމާއަށް ލޯ އަޅައިގެންނެވެ. އެ ދެލޮލުން ވެސް އަލިފާން ކަނި ބުރާ ކަހަލައެވެ. ހީވަނީ އިންޒާރު ތަކެއް ދޭ ހެންނެވެ. ނަމަވެސް ސަމާގެ ފަރުވަލެއް ނެތެވެ. މާލެ އައީ އޭނާ ބޭނުން ވެގެނެއް ވެސް ނޫން ވިއްޔާއެވެ.

“ހޭ ޑޭޑް.” ކާގެ ތެރެއަށް ވަދެގެން އައީ ކޮޓަރި ކާރިން ދިމާވި ޒުވާނާއެވެ. ސަމާ އަޅާނުލައި އިސްދަށަށް ޖަހައިގެން އިނީއެވެ. “ޒައިން. އަވަހަށް އާދޭ. އިށީނދޭ ދަރިފުޅާ.” ޝާހިދު ބުނި އަޑު އިވުނެވެ. ސަމާގެ ހިތް ރޮއިގަތެވެ. އޭނާ ތުއްތު އިރު ބައްޕަގެ ދުލުން ފުރަތަމަ ބައްދަލުވުމުގައި ދަރިފުޅާއޭ ކިޔާ އޭނާއަށް ގޮވާލާނެތޯ ރޮއީ ކިތައް ފަހަރު ހެއްޔެވެ؟ މިއަދު ވެސް އެ ހިތް ބޭގަރާރު ވަނީ އެ ބައްޕަގެ ދުލުން ހަމައެހެން ލޯތްބާއި އެކު ދަރިފުޅާއޭ ގޮވާލާތޯ އެވެ. ނަމަވެސް ތަފާތަކީ އޭނާ މިއަދު ހިތާ އެކަމުގައި ހަނގުރާމަ ކުރާ ކަމެވެ. އާއެކެވެ. އެ އަޑު އަހަން ކިތަންމެހާ ވެސް ބޭނުންވެ އެވެ. ނަމަވެސް މިއަދު ޝާހިދަށް ވަގުތު ފާއިތު ވެއްޖެއެވެ. ސަމާ ދެނެއް މާފެއް ނުކުރާނެއެވެ. ދަރިފުޅާއޭ ކިޔާ ކިތަންމެ ލޯބިން ކިތަންމެ ފަހަރަކު ގޮވި ކަމުގައި ވިޔަހެވެ. މީގެ 5 އަހަރު ކުރިން ސަމާ އޭނާއަށް ބައްޕަ އެއްގެ ލޯބި ބޭނުން ނުވާ ކަމަށް ވަނީ ނިންމާފައެވެ. އެދުވަހު އޭނާ ވަނީ އެކަން ކަނޑައަޅާފަ އެވެ. ދެން ބަދަލެއް ނުކުރެވޭނެ އެވެ.

ޒައިން ގޮނޑީގައި އިށީންނަމުން ސަމާއަށް ބަލާލިއެވެ. “މަމް، ޑޭޑް. ހޫ އިޒް ދެޓް ގަރލް؟” އޭނާ އަހާލިއެވެ. ކުރިމަތީ އިް އެ ރީތި ހޫރު ޕަރީ އަކީ ކާކު ކަން އެނގެން ބޭނުން ވާތީއެވެ. “އެއީ ސަމާ. ޑޭޑްގެ ދަރިއެއް.” ޝާހިދު ބުނެލިއެވެ. “ނަޙަލާލު ދަރިއެއް.” ޒަމްރާ ބުނި އަޑު އިވިފައި ސިހިފައި ސަމާއަށް އެދިމާއަށް ބަލާލެވުނެވެ. “އެއީ އަހަރެންގެ…” ޝާހިދަށް ރަނގަޅަށް ނުބުނެވެނީސް ސަމާ ހިތްހަމަ ނުޖެހިފައި ވާހަކަ ދައްކަން ފެށި އެވެ.

“އަހަރެންނަަކީ ނަހަލާލު ދަރިއެއް ނޫން. އޭނަ އަހަރެންގެ މަންމައާ ކައިވެނި ކުރި. އެކަމަކު މަންމަ ދޫކޮށްފަ މާލެ ފުރައިގެން ދިޔައީ. މަންމަ އަހަންނަށް ބަލިވެ އިން ވާހަކަ ގުޅާފަ ބުނީމަ އެމީހާ ގަބޫލެއް ނުކުރި. ދެން ވަރިކުރީ. އަހަރެން ކުރިމަތީ މީގެ 14 އަހަރު ކުރިން އުނގޫފާރަށް ދިޔަ ދުވަހުވެސް މަންމަ އާދޭސް ކޮށްކޮށް ހުއްޓާ ކޮޅުފައިން ޖަހާފައި އެމީހާ ދިޔައީ. އެހެންވީމަ އަހަންނަކީ ނަޙަލާލު ކުއްޖެކޭ ނުކިޔޭނެ. އަހަރެން މާލެ އައީކީ ވެސް އަންނަ ހިތަކުން ނޫން. މަންމަ ބުނީތީ.” އެހެން ބުނެފައި ސަމާ އެތަނުން ނިކުމެގެން ދިޔައެވެ.

ކޮޓަރިއަށް ވަދެވުން އިރު އޭނާއަށް ހުރީ ރޮވިފައެވެ. ވަގުތުން އެނދުމައްޗަށް ވެއްޓިގެންފައި ރޯންފެށިއެވެ. ސުމައްޔާ އޭނާ ބަލާބޮޑުކުރި ޙާލެއް އެމީހުންނަކަށް ނޭނގޭނެއެވެ. ދުވަހަކުވެސް ނޭނގޭނެއެވެ.

ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށުމުން ބަލާލިއެވެ. ގުޅަނީ ސުމައްޔާއެވެ. ނުރޯން ހިތްވަރު ކޮށްފައި ފޯނު ނެގައި ކަންފަތުގައި ޖެހިއެވެ. ނަމަވެސް ވަކި ހިސާބަކުން ބިސްގަނޑު ފަޅައިގެން ދިޔައެވެ. މަންމައަށް ވީގޮތް ކިޔާދިނެވެ. ފަހުން ހިތްވަރު ލިބުނީ ސުމައްޔާގެ ނަސޭހަތް ތަކުންނެވެ. ކޮންމެ ކަމެއްގައި ވެސް ހިތްވަރު ކުރަން ޖެހޭނެ ކަމަށް ބުނުމުން ނެވެ. ފޯނު ބޭއްވިއިރު އޭނާހުރީ ވަރަށް ހިތްހަމަ ވެސް ޖެހިފައެވެ. ލޯބިވާ މަންމައާ ވާހަކަ ދައްކާ ލެވުނީމައެވެ.

އެހެން ވެގެން އޭނާ އަވަސްވެގަތީ ޕެކް ކޮށްފައި ހުރި ފޮށިގަނޑުން އެއްޗެހިތައް ނަގާށެވެ. ހުރިހާ ކަމެއް ކޮށް ނިމުން ތަނާ ތާރާގެ ފޯން ކޯލެއް އައެވެ. އަދި މިރޭ އީކަންމެނާއި އެކު މޫންލައިޓް ގެއަށް މަޖާ ކޮށްލަން ދާއިރު ސަމާ ގެންދާނެ ކަމަށް ބުންޏެވެ. ސަމާ ވެސް އެކަމާ އެއްބަސް ވީ ބޯހަމަ ޖައްސާލެވޭނީ އޭރުން ކަމަށް ނިންމާފައެވެ.

 

ރޭގަނޑު ވުމުން ސަމާ އާދައިގެ ގޮތަކަށް ރީތި ވެލިއެވެ. ކަކުލާ ހަމައަށް އަރާވަރުގެ ގަޔަށްދޫކޮށް ފަހާފައި ހުރި ރަތް ކުލައިގެ ހެދުމެއް ލިއެވެ. އަދި ކަޅު ސްކިނީ ހަރުވާޅާއި ގުޅުވައިގެން ކަޅު ޝޯލެއް އެޅިއެވެ. އަތުގައި އޭނާގެ މަންމަ އޭނާއަށް 15 އަހަރު ވީދުހު ދިން ތަނޑިގަނޑު ވެސް އަޅާލިއެވެ. ތުންފަތުގައި މަޑު އަސުރުމަލު ކުލައިގެ ލިޕުސްޓިކު އުނގުޅުމަށް ފަހު ލޮލުގައި އައިލައިނާ އަޅާލިއެވެ. އޭނާގެ ރަތް ފައިވާން ހޯދާލުމަށް ފަހު އެ ހިފައިގެން ކޮޓަރިން ނުކުތެވެ. ސިޓިންރޫމަށް ނުކުތް އިރު ޝާހިދު ސޯފާގައި ޓީވީ ބަލަން އިނެވެ.

“ސަމާ ތަނަކަށް ދަނީތަ؟” ޝާހިދު ސަމާ ފެނިފައި އަހާލައެވެ. “ލައްބަ. މިދަނީ ރަށު ރައްޓެހި ކުއްޖަކާ އެކު.” ސަމާ ބުނެލިއެވެ. “11 ގެ ކުރިން އަންނައްޗޭ.” ޝާހިދު ބުނެލުމުން ސަމާ ބޯޖަހާ ލުމަށް ފަހު ގެއިން ނުކުތެވެ.

 

އިރުކޮޅެއް ފަހުން ކާރެއްގައި ތާރާ އައެވެ. ތާރާ އާއެކު ޔުކްތާ ވެސް އިނެވެ. ކާރު ދުއްވާލުމުން ތާރާ ޔުކްތާ އާއި ސަމާ ތަޢާރަފު ކޮށްދިނެވެ. ކުޑަ އިރުކޮޅެއް ތެރޭ އެ ދެކުދިން ވެސް ގާތް ރަޙުމަތްތެރިންނަށް ވިއެވެ.

……….

ކައިލާން މޫންލައިޓް ގެއަށް ދިޔައީ އީކަންއާ އެކުއެވެ. އެމީހުން ތިބީ ގޭ އިންތެރޭގައި ހުރި ހަޓު ތެރޭގައެވެ. މުޅިތަނަށް ހަޓުގައި އިން އޮރެންޖްކުލައިގެ ލައިޓުން ފަނޑު އައްޔެއް  ފޭދިފައި ވުމުން ވަރަށް ހިތްފަސޭހަ މާހައުލެއް ކަމަށް ދައްކައެވެ. އިރުކޮޅެއް ފަހުން ގޭންގު ހަމަ ވިއެވެ. 4 މީހުން ވާހަކަ އާއި ސަކަރާތުގައި ތިބީ އަންހެން ކުދިން އަންނާނެ އިރެއްގެ އިންތިޒާރު ގައެވެ. އީކަން ގެ ހިތް ޔުކްތާ ދެކުމަށް އާދޭސް ކުރަމުން ދިޔައިރު، ތާރާ އާ ދޭތެރޭ މާވަރަކަށް ވިސްނެނީ ކީއްވެ ކަމެއް ކިޔާން އަކަށް ނުވިސްނުނެވެ.

ކުއްލިއަކަށް ހުނުމުގެ އަޑު އިވުނެވެ. ގޭތެރެއިން ނުކުމެގެން އައި އަންހެންކުދިން ދިޔައީ ތާރާ ކިޔަމުން ދިޔަ ކޮންމެވެސް އެއްޗަކުން ހެމުންނެވެ. އެވަގުތު ތާރާގެ ވާތް ފަރާތުގައި ހުރި ކުއްޖާ ފެނިފައި ޙައިރާން ވީ ކިޔާން އާއި ޖައިލަމެވެ. އެއީ މީގެ ކުރިން ދުށް ކުއްޖެއް ނޫނެވެ.

ތާރާމެން އައިސް ކައިލާން މެންތިބި ހަޓު ތެރޭގައި ހުރި ބާކީ އިން 3 ގޮނޑީގައި އިށީނެވެ. “ހާއި. ގާއިސް. ދިސް އިޒް މައި ބެސްޓް ފްރެންޑް ސަމާ.” ތާރާ ސަމާ ތައާރަފު ކޮށްދިނުމުން ދެންތިބި މީހުން ވެސް ތައާރަފު ވިއެވެ.

“އޭ ސަމް. މަ މަތިން ހަނދާން ނެތިފަތަ ތިހުންނަނީ؟” އީކަން ސަމާސާ ރާގަކަށް ބުނެލިއެވެ. ތާރާމެން ރަށަށް މީގެ ކުރިން އެތަކެއް ފަހަރު އީކަން ގޮސްފައި ހުރުމުން ސަމާ އާއި އީކަން އެކަކު އަނެކަކު ދަނެއެވެ. “ހަނދާނެއް ނުނެތޭ.” ސަމާ ހިނިތުން ވެލަމުން ބުނެލިއެވެ. އީކަން ވެސް ހީލިއެވެ.

 

ޖައިލަމް އަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ހާދަ ރީތި އަންހެން ކުއްޖެކެވެ. ސަމާގެ ކުޑަކުޑަ މަޑުމުށި ކުލައިގެ ލޮލަށް ބަލާލުމުން ވެސް އޭނާގެ ހިތަށް ގޮތެއް ވެއްޖެކަން އެނގުނެވެ. ސަމާ އަކިީ ގައިމުވެސް އޭނާގެ ޓައިޕްގެ ކުއްޖެއް ނޫނެވެ. އޭނާ އަށް ކަމުދަނީ ޒަމާނީ ކުދިންނެވެ. ނަމަވެސް މި ފަހަރު މިވީ ކިހިނެއް ހެއްޔެވެ؟ މި އަޖައިބެއް ފަދަ ކުއްޖާ އޭނާގެ ހިތާ އެ ކުޅެލީ ކިހިނަކުން ބާވައެވެ. އޭނާގެ ހިތް މިކުއްޖާ އޭނާގެ ޙައްޤަކަށް ހެދުމަށް ގޮވަން ފެށުން މީ އަޖައިބެކެވެ.

ސަމާ ޖައިލަމަށް ބަލާލިއެވެ. ރީތި ޒުވާނެކެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާ ކަހަލަ ސިފަތައް ލިބިފައިވާ ޒުވާނެކެވެ. އިސްކޮޅުން ދިގު ވެފައި ބާމަތިފުޅާ ހަށިގަނޑެކެވެ. ޗޮކްލެޓް ކުލައިގެ ރީތި ދެލޮލާ، ބޯ ބުމަ ލިބިފައިވާއިރު ކަޅުކަންގަދަ ބުޅި އިސްތަށިގަނޑެއްވެސް ލިބިފައިވެއެވެ. ތުނބުޅި މަތިމަސް ކޮށާ ލެވިފައި ވުމުން ވަރަށް ވެސް ހިތްގައިމު ކަމަށް ދައްކައެވެ. ނަމަވެސް ސަމާ ޖައިލަމްގެ ރީތި ކަމުގެ ދަލުގައެއް ނުޖެހޭނެއެވެ. އެއްފަހަރު ވީކަމެއް ތަކުރާރު ވިއަކަ ނުދޭނަމެވެ. އޭނާގެ ހިތުގައި ކޮންމެ ކޮންމެ ފިރިހެނަކަށް އެހާ ފަސޭހައިން އިތުބާރު ކުރާކަށް ނުވާނެއެވެ.

~~~~~~

މިބައިވެސް ކިޔުންތެރީންނަށް ކަމުދިޔަ ކަމަށް އުންމީދު ކުރަން. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ދެން އޮތް ޕަރޓް ވެސް ކިޔުންތެރީންނާ ހަމައަށް ގެނެސް ދޭނަން.

~°ޝައިމާ°~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ލޯބިންއެކުގާ (12)

Next

ނުރުހުން ވިއަސް…….(3)

Next
September 21, 2020

ނުރުހުން ވިއަސް…….(3)

Previews
September 21, 2020

ލޯބިންއެކުގާ (12)

15 Comments!

  1. Hazu says:
    September 21, 2020 at 9:42 pm

    Me first vv rythi mi part pls nxt part maadhan upload kohla dhyba

    1. Shyyyms Shyyyms says:
      September 22, 2020 at 10:08 am

      Thanks ❤️

  2. ✨Anaa naako✨ says:
    September 21, 2020 at 10:28 pm

    Vrh reethi mi part ves curiously waiting for the next part❤️❤️ stay safe and sound?

    1. Shyyyms Shyyyms says:
      September 22, 2020 at 10:08 am

      Thanks ❤️

  3. Starlight vixx says:
    September 21, 2020 at 10:44 pm

    Varah reethi mi part ves curiously waiting for the next part

    1. Shyyyms Shyyyms says:
      September 22, 2020 at 10:09 am

      Thanks ❤️

  4. ?Ril? says:
    September 21, 2020 at 10:50 pm

    ?????Wow mi part ves vrh Sali??????❤️❤️
    ❤️Masha Allah sis❤️❤️???????
    ??Vrh reethi ingey????
    Haadha nubaey ? dhw mi samaage dhonmanma huh ? ??????????
    ??Waiting for the next part??
    ?????Avaha next part up kohladheychey ingey????????
    ❤️❤️Love uuu sis ❤️❤️.
    ❤️❤️Stay safe❤️❤️

    1. Shyyyms Shyyyms says:
      September 22, 2020 at 10:09 am

      Hehe. Thanks ❤

  5. ?LamHaa? says:
    September 22, 2020 at 7:02 am

    Maasha allah V reethi mi part vx
    Jailam like vee kaneyge samaa dheke
    Curiously waiting For nxt part
    Stay safe n Tc
    Lysm

    1. Shyyyms Shyyyms says:
      September 22, 2020 at 10:09 am

      Thanks ❤️

  6. Shaima shaee says:
    September 22, 2020 at 11:25 am

    Alhugandah heevanee jailam hihkeehen samaa ah???☺️☺️☺️☺️☺️☺️Vrrrr Reethi mipartves waiting for the next part sis stay safe ????????

  7. unknown queen says:
    September 22, 2020 at 3:13 pm

    Vvvv reethi ??
    Whn next??

    1. Shyyyms Shyyyms says:
      September 23, 2020 at 7:18 am

      Thanks ❤️. Iraadha kurevviyya v avahah next part publish kuraanan.

  8. R¥N says:
    September 22, 2020 at 9:24 pm

    Maasha Allah ?????varah reethi drlin ???????keep it up????????waiting for the next part ?????TC

  9. Shiz says:
    September 25, 2020 at 8:00 am

    Masha allah.. Vv reethi mibai vx❤️❤️?
    Waiting for the next part

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 5←


All Right Reserved!