އަލާވްޔާއަކީ މާއިޝްއާއި އެއް ކުލާހެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. މާއިޝްއާއި އަލާވްޔާއަކީ ގްރޭޑް ނުވައެއްގައި އޭރު ތިބި އެންމެ ކިޔަވަން މޮޅު އަދި ކަންކަމުގައި އިސް ނަގަން ކެރޭ ދެ ކުދިންނެވެ. އެކަކަށް ވުރެ އަނެކަކު މޮޅެވެ. މި ދެ ކުދިންނަކީ ވެސް ލަވަކިޔުމަށް ވަރަށް ފޯރި ހުންނަ ދެ ކުދިންނެވެ. އެހެންކަމުން ދެކުދިން ވެސް ތިބެނީ ސްކޫލް ބޭންޑްގެ އިސް އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާގެ މަޤާމުގައެވެ. ދެމީހުންގެ އަޑު ވެސް އެހާމެ ރީއްޗެވެ. އަދި ޙާއްޞަކޮށް ދެ ކުދިންގެ އަޑު އެއް ވެއްޖެނަމަ އަޑު އަހާ ފޫހި ނުވާނެހާ ފުރިހަމައެވެ. ލަވަކިޔުމުގެ އިތުރުން މި ދެ ކުދިންނަށް ގިޓާރ ކުޅެން ވެސް އެނގެއެވެ.
*****************************************
ބޭނޑްގެ ރިހާސަލްތަކުގައި އުޅުމުގެ ތެރެއިން މާއިޝްއާއި އަލާވްޔާއާއި ދެމެދުގައި ވަނީ ވަރަށް ޙާއްޞަ އިޙުސާސެއް އުފެދިފައެވެ. އެއީ ރަޙުމަތްތެރިކަމުގެ އިޙުސާސެއްކަމެއް ނުވަތަ ލޯބީގެ އިޙުސާސެއްކަމެއް ޙުދު އެ ދެ މީހުންނަށް ވެސް ނޭނގެއެވެ. އެ އިޙުސާސެއް އަދި ނަމެއް ދޭން ވެސް އެ ދެމީހުން ބޭނުން ނުވަނީ ކަންނޭގެއެވެ. އެއީ އެކަމުގެ ސަބަބުން ދެމީހުންގެ ކިޔެވުމަށް އަސަރުކޮށްފާނެތީއެވެ. ނަމަވެސް ދެމީހުންނަށް ވެސް އެނގޭ ހަމައެކަނި ކަމަކީ އެކަކު އަނެކަކުގެ މޫނު ފެނުމުން މުޅި ދުވަސް އަލިވެގެން ދާކަމެވެ. އަދި ހޭލައި ހުންނަ އިރުގަޔާ ނިދީގެ ތެރެއިން ވެސް އެކަކު އަނެކަކުގެ ޙިޔާލު ސިކުނޑިއާއި ހިތުގެ ތެރޭގައި ރަސްކަން ކުރާކަމެވެ.
މި ދެމީހުންނަކީ ވެސް މީގެ ކުރިން އެކަކާ ވެސް ރައްޓެހިވެފައިވާ ބައެއް ނޫނެވެ. އެހެންކަމުން ލޯތްބަކީ ދެމީހުންނަށް ވެސް މުޅިން އާ އެއްޗެކެވެ. ނަމަވެސް ދެމީހުންނަށް ވެސް ނޭނގޭ ކަމަކީ އެމީހުންގެ ތަޤުދީރުގައި ލިޔެވިފައިވާ ވަރުގަދަ ތޫފާނެވެ.
އެއް އަހަރު ފަސް….
ސްކޫލްގެ ކިޔެވުން ކުރިއަށްގޮސް މިހާރު އެއްއަހަރު ފާއިތު ވެއްޖެއެވެ. މާއިޝްމެންގެ ޖީސީ ނަތީޖާ ލިބޭ ދުވަސް ކައިރި ވެއްޖެއެވެ. އަދިވެސް މާއިޝްއަށް އޭނާގެ ހިތުތެރޭގައިވާ އެއްޗެއް އަލާވްޔާއަށް ހުށަހެޅޭ ވަރެއް ނުވެއެވެ. އަލާވްޔާ ދޭނޭ ޖަވާބެއް ނޭނގޭ ތީ އަހަން ނުކެރޭނީއެވެ. ފަހަރުގައި އަލާވްޔާގެ ޖަވާބަކީ މާއިޝް ހިތާ އެދޭ ކަހަލަ ޖަވާބަކަށް ނުވެއްޖެނަމަ އޭނާގެ ހިތް ހަލާކުވާނެއެވެ. އަލާވްޔާވެސް އުޅެނީ ހަމަ އެ ދަފާ ޙާލެތްގައެވެ. މިހާރު އެކަމާ މެދު ވިސްނޭ ވަރުން ދެ ލޮލަށް ހަމަ ނިދި ލިބޭ ވަރު ނުވެއެވެ. ފުރަތަމަކޮޅު ޖީސީއަށް ވެސް ދަސްކުރަން އޭނާއަށް އުނދަގޫވިއެވެ. އަބަދު މާއިޝް މަތިން ވިސްނެނީއެވެ. މާއިޝް އޭނާއާއި މެދު ބަހައްޓާ ގާތްކަމާއި އޯގާތެރިކަމުގެ ސަބަބުން އަލާވްޔާގެ ހިތް އެކީ މާއިޝްއަށް ދެވިއްޖެއެވެ. އާނއެކެވެ. އޭނާއަށް ލޯބި ވެ ވިއްޖެއެވެ. އިންތިހާއަށް ލޯބިވެ ވެއްޖެއެވެ. އޭޭނާ ވެސް ހުންނަނީ މާއިޝް ފަދައިން އިސްވެ ލޯބި ހުށަހަޅަން ނުުކެރިފައެވެެ. މަންމަގެ ހެޔޮ ނަސޭހަތް އަޑު އަހައިގެން އަލާވްޔާ ކިޔެވުމަށް ސަމާލުކަން ދޭން ކުރިއަށް ވުރެ ބޮޑަށް މަސައްކަތް ކުރިއެވެ.
ހަފްތާއެއް ފަސް…
ހިތް ތެޅޭނީއެވެ. ބޯ ހާސް ވަނީއެވެ. މުޅި މީހާ ދާހިތްލާ ފޯވަނީއެވެ. ސިކުނޑި ސުމަކަށްދާ ވަރު ވެއްޖެއެވެ. ވިސްނާ ވިސްނާ ހީވަނީ ބޮލުގެ ނާށިގަނޑު ފަޅާލާފައި ސިކުނޑި ނިކުންނަން އުޅޭހެންނެވެ.
“މާއިޝް ހާސް ނޫވޭ، އިންޝާﷲ މާއިޝްގެ ނަތީޖާ ވަރަށް ކާމިޔާބުވާނެ” ލުއިލުއި ހިނިތުންވުމަކާއި އެކު މާއިޝްގެ އަތުގައި ހިފާލަމުން އަލާވްޔާ ބުނެލިއެވެ. އަލާވްޔާގެ އަތުން މާއިޝްގެ އަތުގައި ބީހިލުމުން މާއިޝްގެ ހުރިހާ ހާސްކަމެއް އެކީ ފިލައިގެން ދިޔަ ކަހަލައެވެ. ވަގުތުން މޫނުމަތީގައި ވާ ހާސްކަމުގެ މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “ތެންކްސް އަލް، އިންޝާﷲ އަލްގެ ނަތީޖާ ވެސް ވަރަށް ކާމިޔާބުވާނެ” އަލާވްޔާގެ ލޮލާއި ހަތަރުކަޅި ހަމަ ކޮށްލަމުން މާއިޝް ބުނެލިއެވެ. އަލާވްޔާ ވެސް ރައްދުގައި ތެންކްސްއޭ ބުނެލިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލާން ތިބުމަށް ފަހު ޓީޗަރު ގޮވާލުމުން މާއިޝްއާއި އޭނަގެ މަންމަ މައިމޫނާ، އަދި އަލާވްޔާއާއި އޭނަގެ މަންމަ އާނިޔާ ކުލާސް ތެރެއަށްވަނެވެ.
“މިސް ތި ދެކުދިން އެއްކޮށް މިގެނައީ ތި ދެކުދިންނަކީ ކޮންމެ އަހަރަކު ވެސް ނަގާ ޓެސްޓުތަކުން އެންމެ މަތީ ހޯދާ ދެކުދިން ކަމަށް ވާތީ. މިސްއަށް އެނގޭ ތި ދެކުދިން ވެސް މީގެއަށް ވަރަށް ހާޑުކޮށް ވޯރކް ކުރިކަން. އެހެންކަމުން އެހެންފަހަރު ތަކެކޭ ވެސް އެއްފަދައިން މި ފަހަރު ވެސް ދެކުދިންނަށް އެންމެ މަތި ލިބުނީ. މުޅި އެވްރެޖްކޮށް ބަލާއިރު ތި ދެކުދިން ދެމެދުގައި އުޅެނީ އެންމެ ދެ މާރކްސްގެ ތަފާތު. އަލާވްޔާއަށް އެއްވަނަ އަދި މާއިޝްއަށް ދެވަނަ” އަލާވްޔާއާއި މާއިޝްއާއި ނަތީޖާ ހަވާލުކުރަމުން އެކުދިންގެ ކުލާސް ޓީޗަރު ނާހިދާ، ބުނެލިއެވެ.
ދެކުދިންނަށް އެއްފަހަރާ ޔޭސް އޭ ބުނެލެވުނެވެ. އަދި އެކަކު އަނެކަކަށް މަރުޙަބާ ކިޔެވެ. އަލާވްޔާއަށް ވުރެ ދެ މާރކްސްގެ ދަށްކޮށް ލިބުނެއް ކަމަކު މާއިޝް އެކަމާއި ދެރައެއް ނުވެއެވެ. ސަބަބަކީ އަލާވްޔާއަށް ލިބޭ ކޮންމެ އުފަލަކީ ހަމަ މާއިޝްއަށް ވެސް ލިބޭ އުފަލަކަށްވާތީއެވެ. ނަމަވެސް މާއިޝްގެ މަންމާ މައިމޫނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މޫނުމަތިން ނުދެއްކިޔެއް ކަމަކު އޭނާގެ ހިތް ވަނީ އަލާވްޔާއަށްޓަކާއި ހަސަދައިން ފުރިފައެވެ. އަލާވްޔާއަކީ ދަށްފަންތީގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ވެފައި ނަގާ ކޮންމެ ޓެސްޓަކުން އަލާވްޔާ އެއް ވަނަ ހޯދާ ތީވެ މައިމޫނާ އަށް އަލާވްޔާ އެއްގޮތަކަށް ވެސް ކަމުނުދެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ގްރެޖުއޭޝަން އޮންނަ ރޭ ގާތްވެއްޖެއެވެ. އެ ރެއަށްޓަކައި ސްކޫލްގެ އިސް ދަރިވަރުންގެ ހައިސިއްޔަތުން އަލާވްޔާއާއި މާއިޝް، އަދި އެ ކުލާސް ކުދިންތައް ހޯލް ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅުނެވެ. އެކި ބައިބަޔަށް ކުދިން ބަހައިގެން ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ނިންމުމަށް އެންމެ އަޒުމް ކަނޑައެޅިއެވެ.
އަލާވްޔާއާއި އޭނަގެ ބެސްޓްފްރެންޑް ނަދާއާއި، ނަދާގެ ބޯއީފްރެންޑް ލަޔާން، އަދި މާއިޝް އާއި އޭނާގެ ބެސްޓްފުރެންޑު ޒިޔާން ދިޔައީ އެއް ގުރޫޕްއަށެވެ. މި ގުރޫޕް މީހުންނާއި ޖެހުނީ ހޯލުގެ މޭޒުތައް ޑިޒައިންްކޮށް ގޮނޑިތައް އަތުރާށެވެ. މިއަހަރުގެ ގްރެޖުއޭޝަންގެ ތީމްއަކަށް ހަމަޖެހިފައި ވަނީ ނޭވީ ބްލޫ އަދި ބްލެކް ކަމުން ތިން ފިރިހެނުން ވެގެން މޭޒުމަތީގައި ކަޅު ފޮތި ނުނެއްޓެނެހެން ހަރުކުރަމުން ދިޔައެވެ. އަލާވްޔާއާއި ނަދާ ގޮނޑިތަކަށް ނޭވީ ބްލޫ ކަވަރުލައްވާ، މޭޒުތަކުގެ މެދުގައި ނޭވީ ބްލޫ ޕްލާސްޓިކް މާތަށް ވާސްއަށް އަޅާފައި ބަހައްޓަމުން ދިޔައެވެ. މިކަން ކުރުމުގެ ތެރެއިން މާއިޝްއާއި އަލާވްޔާ އެކަކު އަނެކަކަށް ވަގުވަގަށް ބަލާލައެވެ. ކިތަންމެ ވަގަށް ބެލި ނަމަވެސް ޒިޔާން، ލަޔާން އަދި ނަދާއަށް މިކަން ފާހަގަވިއެވެ. އަދި މާއިޝްއާއި އަލާވްޔާއަށް ނޭނގޭނެހެން އެކަކު އަނެކަކަށް ބަލާލާފައި ހީލައެވެ.
ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ހުރިހާ ކުދިން ވެސް ވިހި ވަރަކަށް މިނެޓްގެ ބްރޭކެއް ނެގިއެވެ. މި ފަސް ކުދިން ވެސް ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި އިށީނދެގެން އިނެވެ. ނަދާއާއި ލަޔާން އަތް ގުޅުވައިލައިގެން އެކަކު އަނެކަކަށް ބަލަން އިން ގޮތުން ހީވަނީ ރޮމެެންޓިކް މޫވީއެއްގެ ސީންއެއްހެނެވެ. “ތި ދެމީހުންނަށް ވާ ސާބަސް! ތި މީހުންނަށް ހެޔޮ ދޯ ކޮންމެ ތަނަކަސް މާފޮޅުވަން. ހަމަ އެހާ ވެސް ލޯބިވޭތަ އެކެއް އަނެކެއް ދެކެ” މި މަންޒަރު ބަލަން ހެވިފައި އިން މާއިޝް އަހާލިއެވެ. “އާން! ވަރަށް ލޯބިވޭ… މާއިޝްއަށް ވެސް ވިސްނޭނެ ލޯބިވެވޭ ދުވަހަކުން. އިންފެކްޓް، މަށަށް ހީވަނީ މާއިޝް އަހަރެމެންނަށް ވުރެ މާ ނުބައި ވާނެހެން” ހިނިގަނޑެއް ޖަހާލަމުން ނަދާ ބުނެލިއެވެ. “ކާކުތަ ބުނީ އަހަރެން ލޯބި ނުވެޔޭ މީހެއް ދެކެ” އަލާވްޔާއަށް ބަލާލަމުން މާއިޝް ބުނެލިއެވެ. “އޯހް ގައްޑާ! ތި ބުނީ އޯލްރެޑީ ލޯބި ވެވިއްޖެއޭތަ… އެ ލަކީ ކުއްޖަކީ ކާކުބާ” ކަނޑައެޅިގެން އެއީ ކާކުކަން އެނގޭ ޙާލު ލަޔާން މާއިޝްގެ އަނގައިން އެ ނަން ބުނުއްވަން ވެގެން އަހާލިއެވެ. “އެއީ ތި އެންމެންނަށް ވެސް އެނގޭނެ ކުއްޖެއް. އަދި މިއުޅެނީ އެކުއްޖާއަށް ލޯބި ހުށަނޭޅިގެން. ހުރިހާ ކަމެއް ސެޓު ވީމަ ތި އެންމެ ކައިރީގައި ނަން ބުނާނަން” މާއިޝް ބުނެލިއެވެ.
މާއިޝް ބުނެލި ބަސްތަކުން އަލާވްޔާގެ މޫޑު ޙަރާބުވިއެވެ. އޭނާއަށް ހީކުރެވުނީ މާއިޝް އެ ދައްކަނީ އެ އެންމެންނަށް އެނގޭ އެހެން އަންހެން ކުއްޖެއްގެ ވާހަކަ ކަމަށެވެ. ލޯބިވާ ވާހަކަ ބުނުމުގެ ކުރިން އަލާވްޔާގެ ފުރަތަަމަ ލޯބި އޭނައަށް ގެއްލުނީއެވެ. މާއިޝް އޭނާ އަތުން ގެއްލުނީއެވެ. ދެން ދުވަހަކު ވެސް އޭނާއަށް މާއިޝް ނުލިބޭނެއެވެ. މިހުރިހާ ޙިޔާލުތަކެއް ވެސް ވީ އަލާވްޔާގެ ސިކުނޑި ތެރޭގައެވެ. އަލާވްޔާ ހިތުގައި ޖެހި ރޮވޭގޮތްވިއެވެ. ނަމަވެސް އެންމެންގެ ތެރޭގައި ރޯން ފެށުމުން އެމީހުން ހީކުރާނީ ކީކޭ ބާއެވެ. އެހެންކަމުން އޭނާ ވަރަށް ހިތްވަރުކޮށްފައި ޕްލާސްޓިކް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
5 Comments!
Comments are closed.

vrh reethi… nxt knirakun…. n cover ga e thibee kn baeh thr…
Thank you so much ❤️ coverga eii hardin and tessa from a Netflix movie called “After”?
Maasha Allah Varah reethi mi part vas waiting for next part ????????????can I ask you a question reemer07 you age how much dont maind
Thanks a lot??❤️ I am 16yrs old
Nice story