Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (12 ވަނަ ބައި)

ކުޑާ Level 110 Stories
May 19, 2015 5 Mins Read
21 Comments

ހެނދުނު ހޭލިގޮތަށް މާހިލް އެންމެ ފުރަތަމަވެސް ގުޅީ ސާޔާއަށެވެ. ރޭގައި ނިދިއިރު ލަސްވެފައި ހުރުމުން ހޭލެވުނީވެސް ވަރަށް ލަސްވިފަހުންނެވެ. ސާޔާއަށް ގުޅައިގެން ވާހަކަ ދައްކާލާފައި ތައްޔާރުވެލައިގެން ނުކުތް އިރު އެންމެން ސިޓިންގރޫމްގައި ތިއްެބެވެ. ކޮޓަރިން ނުކުމެގެން އައި މާހިލް ފެނުމާއެކު މުޒްނާ މާހިލް އާ ދިމާ ކޮށްލުމުން ރަކިވެގެން ބޯކަހާލިއެވެ. މުފީދާ ހެމުން ހެމުން ތެދުވެގެންގޮސް މާހިލްއަށް ސައި ތައްޔާރުކޮށްދިނެވެ.

ކޮޓަރީގައި ނުކުންނަ ހިތް ނުވެފައި އޮތް އުޝާ މާހިލްގެ ފޮޓޯ މޭގައި ޖައްސާލައިގެން އޮތް އިރު ނަޒަރު ހުރީ އެނބުރެމުންދިޔަ ފަންކާއަށް ހުއްޓިފައެވެ. ރޭގައި ސާޔާއާ މާހިލް އެހާ ކައިރީގައި ތިއްބައި ފެނުމަށްފަހު އެނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެހެން އޮވެފައި އިރިކޮޅަކާ ފުން ނޭވައެއް ބޭރުކޮށްލަނީ ހިތުގައިވާ ރުޅިވެރިކަމަށް ފިނިކަމެއް ލިބޭތޯއެވެ. ކުއްލިއަކަށް އެހެން އޮވެފައި ކޮޓަރީގެ ދޮރު ހުޅުވާލިއިރަށް ސިއްސައިގެން ގޮސް އަތުގައި އޮތް ފޮޓޯގަނޑު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. މާހިލް ހެވިލާފައި ހުރެގެން އައިސް މަޑުކޮށްލީ  އުޝާ ކައިރީގައެވެ. އޭރު ފޮޓޯގަނޑުގެ އެއް ބަޔަށް މާހިލްގެ ފައިން އެރިފައި އޮތެވެ. “އުޝާ އައި ނީޑް ޔޯ ހެލްޕް.. މިއުޅެނީ ސާޔާއަށް ސަޕްރައިޒްއެއް ދޭންވެގެން ރަންކިޔުމުގެ ކަންތަކާ އުޅެން ޖެހުނީމަ ސާޔާގެ ބާތްޑޭވެސް ސެލެބްރޭޓް ނުކުރެވުން އެހެންވެ އަހަރެން ހިތަށްއަރަނީ މިރެއަށް ސަޕްރައިޒެއް ޕްލޭން ކުރާނީއޭ..” މާހިލްގެ ވާހަކަޔާ ކިތައްމެ ދެކޮޅު ހަދަން ބޭނުންވި ނަމަވެސް އުޝާއަކަށް މާހިލް ކުރިމަތީގައި ދެކޮޅަށް އެއްޗެއްބުނާކަށް ނުކެރުނެވެ. މާހިލް އުޝާގެ އާން ބަސް ލިބުމުން ދާންއުޅެނިކޮން ފައިދަށުގައި އޮތް ފޮޓޯގަނޑު ލޮލުގައި އަޅައިގަތެވެ. ތިރިވެލާފައި ނަގަން އުޅެނިކޮން އުޝާ އަވަސް އަވަހަށް ފޮޓޯގަނޑު ނެގިއެވެ. މާހިލްއަށް ފޮޓޯގަނޑުގައި އިން މީހެއް ނުފެނުމުން ބިޓުދޯއޭ ކިޔާފައި ހެމުން ހެމުން ނުކުތީއެވެ. މާހިލް ނުކުތުމުން އުޝާއަށް ހިފަހައްޓައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލެވުނެވެ. މާހިލްއަށް އެފޮޓޯ ފެނުނުނަމަ ވާނެގޮތެއް ނޭނގެއެވެ.

އުޝާ މާހިލްއާއެކު ގޭގެ ޓެރަސް ޒީނަތްތެރިކުރަން އުޅުނީ ހިތާ ދެކޮޅަށެވެ. އެންމެން ކައިރީގައި ސަޕްރައިޒްގެ ވާހަކަ ބުނެފައި އޮތީމައި އިރުކޮޅަކާ ކޮންމެވެސް މީހަކު އެތަނަށް އާދެއެވެ. މުޒްނާއާއި މުފީދާ އުޅުނީ ބަދިގެތެރޭގައި ކެއްކުމުގެ ކަންތަކާއިގެންނެވެ. އުޝާއާއި މާހިލް އެހެން އުޅޭއިރު ދެމީހުން އެކަނި ވާއިރަށް އުޝާ ބަލަނީ މާހިލްއާ ވީހާވެސް ކައިރިވެވޭތޯއެވެ. މާހިލްއާ ކައިރިވާ ކޮންމެ ފަހަރަކު މާހިލް ގައިން ދުވާ މީރުވަހުން އެކަނިވެސް އުޝާގެ ހިއްސުތައް މަސްތު ކޮށްލާހާވެއެވެ.

އިރު އޮއްސިގެން އައިއިރު ކުރަންޖެހޭ ހުރިހާ ކަމެއް ކޮން ނިންމާލާފައި މާހިލް ކޭކު ބަލާ ދިޔައީ އުޝާ ގޮވައިގެންނެވެ. ދެމީހުން ކޭކު ހިފައިގެން އައިއިރު ސިޓިންރޫމްގައިމީހަކު ފެންނާކަން ނެތެވެ. “އުޝާ ދާންވީނު ރެޑީވާން.. އެކަމަކު އަދި އަހަންނަން ވަރަށް ބޮޑު ކަމެއް ކޮންދޭންޖެހޭނެ..” މާހިލް އެހެން ބުނުމުން އުޝާ ބޯޖަހާލިއެވެ. “އުޝާ ސާޔާ މިގެއަށް ގެނެސްދީ އަަހަރެން އޭނަކައިރީގައި ބުނިން ބޮލުގަ ރިއްސާތީއޭ މިއުޅެނީ.. އުޝާ ގުޅާފަ ބުނޭ އަހަންނަން ގޮވާލަން އަންނާށޭ އޯކޭދޯ..” މާހިލް ބުނަންވާ އެއްޗެއް ބުނެފައިި ދިޔުމުން އުޝާއަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. އޭނާގެ އަތުން އެންމެ ލޯބިވާ އިންސާނާ ޖަހައިގަތުމުންވެސް އޭނާވީ ސާޔާއަށް ކަންތައް ކޮންދޭން ހެއްޔެވެ. ކޮޓަރިއާ ދިމާއަށް ގޮސްގޮސް ހުރި އުޝާ ހުއްޓުނީ ހިތަށް އެރި އެއްޗަކުންނެވެ. “ވެއިޓް އަ މިނިޓް. އަހަރެން ސާޔާއަށް ގުޅަން ހަނދާން ނެތުނީ.. ރަނގަޅަށް ސަޕްރައިޒް ދޭނަން..” އުޝާ ހިތްހަމަ ޖެހިފައި ހުރެ ކޮޓަރިއަށް ވަނެވެ.

އެންމެން ތައްޔާރުވެގެން ސާޔާ އަންނާނެ އިރަކަށް އިންތިޒާރު ކޮންގެން ތިއްބެވެ. އަށްގަޑި ބައިވި އިރުވެސް ސާޔާއެއް ނައެވެ. “އުޝާ ސާޔާއަށް ގުޅިންތަ..” މާހިލް އުޝާ ކައިރީ އަހާލުމުން މޫނަން ވައްތަރެއް ޖައްސާލާފައި އިންތަނުން ތެދުވިއެވެ. “އޯހް ނޯ.. މާހިލް އައި އެމް ސޮރީ ކުޑަކޮންވެސް ހަނދާނެއް ނެތް.. މާހިލް އަތުގައި ހިފާފައި އުޝާ އުޅެން ފެށިގޮތުން ހީވީ ހަމަ އަސްލުވެސް ހަނދާން ނެތިގެން ނުބުނެވުނީ ހެންނެވެ. އޭނާގެ އެކްޓިން ގަނޑު އެހާވެސް ދުރިހަމައެވެ. “ދެން ކިހިނެއް ހަދާނީ.. ހުރިހާ ކަމެއް ފެނަން ދިޔައީ އެއްނު..” މާހިލް ކަރު އެލުވާލާފައި ސޯފާއަށް ހަށިގަނޑު ދޫކޮށްލިއެވެ. “އަދި އެހާ އަވަހަށް މާޔޫސްވާކަން ނުވެއެއްނު ހުރޭ ދޮންބެ ދައްތަ ސާޔާއަށް ގުޅާލާނަން..” މުޒްނާ އެހެން ކިޔާފައި ފޯނު ނަގާ ސާޔާއަށް ގުޅާލިއެވެ. ފޯނު ކެނޑެން އުޅެނިކޮން ސާޔާ ފޯނުނެގިއެވެ. “ހަލޯ ސާޔާ މާހިލް ބަލިވެ އުޅޭ އިރުވެސް ގޮވާލަން ނާންނަމެއްނު…” މުޒްނާ ޝަކުުވާ ކޮށްލާ ރާގަކަށް އެހެން ބުނި ގޮތުންމާހިލް ކައިރިއަށް ހިނިވެސް އައެވެ. މުޒްނާ ފޯނު ބާއްވާފައި ޕްލޭން ސަކްސެސްފުލްއޭ ކިޔާފައި ސާޔާ އެގެއަށް އަންނަނީއޭ ބުންޏެވެ. “ސާޔާ ބުނީ ޓެކްސީގައޭ މީނީ.. ހެނދުނު ބިޒީ ކަމުން ނާދެވުނީއޭ..” މުޒްނާ އެހެން ބުނެ ނުނިމެނީސް އެންމެން ޓެރަސްއާ ދިމާއަށް ދުއްވައިގަތެވެ. އުޝާ އިނީ އޭނާ ބޭނުންވި ގޮތަށް ކަންތައް ނުވުމުން މޫޑް އޮފްވެފައެވެ.

 އުޝާ އިންތާގައި ނުތެދުވެ އިނުމުން މާހިލް ސާޔާ ޓެރަސްއަށް ގެންނަން ހަވާލުކުރީ އުޝާއާއިއެވެ. ވީފޫހިން އަތް މުށްކަވާލާފައި ސޯފާގައި ބާރަކަށް އުޝާ ޖަހާލިއެވެ. އުޝާ އެއިން ގޮތަށް އިނދެ އިސް އުފުލައިލީ ސާޔާ އައިސް ވަނުމުންނެވެ. ސާޔާ ފެނުނަސް އުޝާއަށް ވާގޮތެއް ނޭނގެއެވެ. ގަދަކަމުން މޫނު މައްޗަށް ހިނިތުންވުމެއް ވެރިކުރުވައިގެން ސާޔާއާ ކުރިމަތިލިއެވެ. “ކޮބާ އެންމެން ނޫޅެނީތަ..” “އެންމެން ވެއްޖެ ޓެރަސްގަ ހިނގާބަ އެތަނަން ދާން..” ހިތާ ދެކޮޅަށް ވިޔަސް އުޝާ ސާޔާ ގޮވައިގެން ޓެރަސްއަށް ދިޔައެވެ. ސާޔާ ދިޔުމާއެކު އެންމެން ހެޕިބާތްޑޭ އޭ ކިޔާފައި އަތް ޖަހައިލިއެވެ. ސާޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިފަދަ ކަމަކަށް އޭނާ އުންމީދުވެސް ނުކުރެއެވެ. މާހިލް ހެވިލާފައި ހުރެގެން އައިސްް ހެޕިބާތްޑޭ އޭ ކިޔާފައި ދިއްކޮށްލި ރަތް ފިނިފެންމަލުގެ ގުލްދަސްތާ ފެނިފައި ސާޔާ ހުރީ އުުފަލުން ފޮޅިފައެވެ. “ދެން ހިނގާ އަވަހަށް ކޭކު ފަޅަން..” މުޒްނާ ސާޔާ އަތުގައި ހިފާފައި ގެންދިޔައެވެ. ރަތް ކުލައިގެ ހިތެއް ގޮތަށް ހަދާލާފައި އޮތް ކޭކު ފަޅާލާފައި ސާޔާ މާހިލް ގެ އަނގައަށް ކޭކުކޮޅު ލަވައިދީފައި އެންމެންނަން ކޭކު ދިނެވެ. ސާޔާ ގޮސް އުޝާއަށް ކޭކުކޮޅު ލަވާލަން އުޅެނިކޮން ކޭކު ކޮޅު ވެއްޓުނީ އޭނާގެ ހެދުމަށެވެ. އުޝާއަށް ހީވީ އެއީ ސާޔާ ގަސްތުގައި ކުރިކަމެއް ހެންނެވެ. ސާޔާ ސޮރީއޭ ބުނުމުން ކަމެއް ނޫނޭ ކިޔާފައި ހެދުން ބަދަލު ކޮންގެން އަންނާނަމޭ ބުނެފައި އުޝާ އެތަނުން ދިޔައެވެ.

ކޮޓަރިއަށް ވަތް ގޮތަށް ބަންލާފައި ދޮރުޖަހާފައި ގޮސް އުޝާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ލޯގަނޑުން އަމިއްްލަ ސޫރައަށް ބަލާލާފައި ހިނިތުންވެލިއެވެ. އޭނާގެ ކިބައިގައި ނެތީ ކޮން ސިފައެއް ހެއްޔެވެ؟ ރީތި ކަމުުގެ ލިސްޓުގެ އެންމެ ކުރީގައި އޭނާގެ ނަން ހިމެނޭނެކަން ގައިމެވެ. މާހިލް ހޯދަން ކޮންލަން ޖެހޭނީ ކުޑަކުޑަ ހިތްވަރެކެވެ. މާހިލް ނުލިބިގެން މާޔުސްވާވަރެއް އަދި ނުވެއެވެ. އުޝާ ހެދުން ބަދަލުކޮންލައިގެން ދިޔައިރު އެންމެން ކެއުމާއިގެން އުޅެއެވެ.

ކައިވެނި ކުރާ ދުވަސް ކައިރިވަމުން އައި ވަރަކަށް ގޭތެރޭގެ ހަލަ ބޮލިކަންވެސް ދިޔައީ އިތުރު ވަމުންނެވެ. ކައިވެނީގެ ހަފްލާއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން އެންމެ ތިން ދުވަހަށް ވެފައި އޮތުމުން އެންމެވެސް އުޅުނީ ވަރަށް ބުރަކޮށެވެ. ސާޔާއާއި މާހިލްގެ ކައިވެނީގެ ހެދުން ހިފައިގެން ޒާލިފްއާއި މުޒްނާ އައިއިރު ސާޔާވެސް އެގެއަށް އައިސް އިނެވެ. ސާޔާ އެގެއަށް އައީ މުޒްނާ ގުޅާފައި ހެދުން ހެޔޮވަރު ކޮށްލަން އަންނާށޭ ބުނުމުންނެވެ. މުޒްނާ އަތުގައި އޮތް ކޮތަޅުން ސާޔާގެ ހެދުން ނަގާފައި ދައްކާލިއެވެ. ހުދުކުލައިގެ ހެދުމުގައި ރަންކުލައިން ޒީނަތްތެރިކޮށްލާފައި ވާއިރު ވަރަށް ފުރިހަމައެވެ. މުުޒްނާ ސާޔާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަދެފައި ހެދުން ހެޔޮވަރު ކޮށްލަން ބުުނުމުން  ފާހާނައަށް ވަދެފައި ހެދުން ލައިގެން ނުކުތެވެ. ހެދުން ބަރުކަމުން ހިނގަން އުނދަގޫވެފައި ހުރިި ގޮތަކަށް އައިސް މުޒްނާ ކައިރީގައި ހުއްޓިލުމުން މުޒްނާއަށް ތައުރީފް ކޮށްލެވުނެވެ. “ކައިވެނިކުރާ ރޭ ސާޔާ ތިހެދުން ލައިގެން މާހިލް ކުރިމައްޗަށް އަރައިފިއްޔާ މޮޔަވާނެ..” މުޒްނާ ދިމާކޮށްލުމުން ސާޔާ ހުރީ ރަކިވެފައެވެ. ލޯގަނޑުން ކުޑަކުޑަކޮން ދޮރު ހުޅުވާލައިގެން ކޮޓަރިއަށް ބަލަން ހުރި މާހިލް ފެނުމުން މުޒްނާ ނުވާ ކަމަށް ހަދާފައިގޮސް މާހިލް ސިއްސުވާލުމުން މާހިލްއަށް ވީގޮތް ފެނިފައި ސާޔާއާއި މުޒްނާ އެއްފަހަރާ ހޭން ފެށިއެވެ. މުޒްނާ ދޮރު ތަޅުލާފައި އައިސް ސާޔާ ހެދުން ބަދަލުކޮންގެން އައުމުން ސިޓިންރޫމަށް ނުކުތީ ސާޔާއާއި އެކީގައެވެ.

މުޒްނާއާއި ސާޔާ ނުކުމެގެން އައިއިރު ސިޓިންގ ރޫމްގައި ތިބީ ޒަރީނާއާއި މުފިދާ އެކަންޏެވެ. “މަންމާ ކޮބާ މާހިލް..” މުޒްނާ ފަރަތް ފަރަތް ބަލާލާފައި މާހިލް ފެންނަން ނެތުމުން މުފީދާއާއި ސުވާލުުކުރިއެވެ. “ދެންމެ މިތާގައި ހުރި.. ކޮޓަރިއަށް ކަންނޭނގެ އެވަނީ..” މުފީދާ ޖަވާބު ދިނުމުން މާހިލް ކައިރިއަށްދާށޭ ކިޔާފައި ސާޔާ މާހިލްގެ ކޮޓަރިއަށް ފޮނުވާލިއެވެ.

ސާާޔާގޮސް މާހިލް ކޮޓަރި ދޮރުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. މަޑު މަޑުން ދޮރުގައި ދެތިން ފަހަރަކު ޖަހާލިއިރަށް މާހިލް ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ހުރި ސާޔާ އަތުގައި ހިފައި އެތެރެއަށް ވަންދާ ތަޅުލާފައި މާހިލް ސާޔާ އަތުގައި ހިފާ ގެނެސް އެނދުމަތީގައި ބޭންދިއެވެ. ސާޔާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އޭނާގެ ތުންފަތުގައި އިނގިލި ޖައްސާލާފައި މާހިިލް އެކަން މަނާ ކުރިއެވެ. މާހިލް އޭނާގެ ނޭވާ ސާޔާގެ މޫނަން އެޅޭހާ ކައިރިވެލާފައި ތުންފަތުގައި ބޮސްދިނެވެ. މަޑު މަޑުން ދެލޯމަރާލާފައި ސާޔާ މާހިލްގެ އިސްތަށިގަނޑަށް އަތް މަހާލިއެވެ. ނޭވާ ކޮޅަށް ދިއުމުން މާހިލް ސާޔަ މޫނުގައި ދެއަތުން ހިފާލާފައި އޭނާގެ ލޮލަން ބަލައިލިގޮތުން ލަދުންގޮސް މަރުވާ ވަރު ވިއެވެ. ސާޔާގެ ދުލުން މާހިލްގެ ނަން ނުކުތީ މަޑުންނެވެ. އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވޭނެހެން ހީވުމުން މާހިލް ތެދުވެގެންގޮސް ހުއްޓެލީ ތަންކޮޅެން ދުރުގައެވެ. ސާޔާ މާހިލްއަށް ބަލަން އިނދެފައި ތެދުވެގެންގޮސް މާހިލްގެ ގައިގައި ފުރަގަހުން ބައްދާލިއެވެ. އަމިއްލަ ދުނިޔެެއަކަށް ގެއްލިފައިތިއްބާ ދެމީހުން ސިއްސައިގެންގޮސް ދުރަށް ޖެހިލީ ދޮރުގައި މީހަކު ޖަހައިލުމުންނެވެ.

މާހިލް ގޮސް ދޮރު ހުޅުވާލުމުން އުޝާ ކޮޓަރިއަށް ވަނެވެ. ކޮޓަރިތެރޭގައި ހުރި ސާޔާ ފެނުމާއެކު އުޝާގެ މޫނުމަތި ބަނަވިއެވެ. މާހިލް ކައިރިއަށް އުޝާއައީ އެތާގައި ސާޔާ ހުރެދާނެކަމަށް އުންމީދު ކޮންގެންނެން ނޫނެވެ. އުޝާ ހީކުރީ ސާޔާ ފެންނަން ނެތުމުން  ސާޔާ ގެއަށް ދިޔައީ ކަމަށެވެ. އުޝާ ފުންނޭވާއެއް ދޫކޮށްލީ ހިތުގައި އުތުރި އަރަމުންދިޔަ ތޫފާންގަނޑު މައިތިރި ކުރެވޭތޯއެވެ. މާހިލް ކައިރިއަށް އޭނާ މިއައީ ހާދަ ހިތްވަރެއް ކޮންގެންނެވެ. މާހިލްދެކެ އޭނާ ވާ  ލޯބި ހާމަކުރަން އައިއިރު އެކަމަށްވެސް ސާޔާ ހުރަސް އަޅައިފިއެވެ. ސާޔާއަށް ބަލާލާފައި އޭނާގެ ތުންފަތަށް ވެރިވެފައިވާ ރަތްކުލަ ފެނި އުުޝާގެ ނަފްރަތުގެ ހުޅުކޮޅު ހައްތަހާ ދިޔައީ ބޮޑުވަމުންނެވެ. “އުޝާ ކިހިނެއްވީ ކަމަކުތަ؟” މާހިލްގެ އަޑުއިވިފައި އުޝާ މާހިލްއަށް ބަލައިލިއިިިިރު ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. “ނޫން ކަމެއް ނުވޭ..” އެހެންވީއިރު ހިނގާ ތިރިއަށްދާން..” މާހިލް ސާޔާ އަތުގައި ހިފައިގެން ނުކުންނަން ދާން ފެށުމުން އުޝާ މާހިލް އަތުގައި ހިފާ ހުއްޓުވިއެވެ. މާހިލް ހައިރާންވެފައި ބަލައިލީ ކިހިނެއްވީހޭ ބުނާފަަދައަކުންނެވެ. “މާހިލް ކީއްވެތަ އަހަންނަން ތިހެންތިހެދީ..” މާހިލްއާ ސާޔާތިބީ ވާނުުވާ ނެނގިފައެވެ. އުޝާ ކިޔާ އެއްޗެއް ނޭނގިގެން މާހިލް އުޝާއަށް ބަލައިލިއެވެ. އުޝާ ގޮސް މާހިލް ގައިގައި އޮޅުލައިގަތުމުން ސާޔާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. މާހިލް އުޝާ އޭނާއާ ދުރުކޮށްލާފައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައި މަޑުޖެހިލީ އުޝާ ވާހަކަދައްކަން ފެށުމުންނެވެ. “ޕްލީސް މާހިލް އަހަންނަން ތިހެން ނުހަދާ އައި ލަވް ޔޫ.. މާހިލްދެކެ އަހަރެން ވަރަށް ލޯބިވޭ..” އުޝާގެ ޖުމުލައާއެކު އެތާގައި ހީވީ ބޮމެއް ގޮއްވާލިހެންނެވެ. “އުޝާ ކީކޭތަ ތިކިޔަނީ ތިކިޔޭ އެއްޗެއް އެބަ އިނގޭތަ.” މާހިލް ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. “މާހިލް އަހަންނަން އަހަރެން މިކިޔާ އެއްޗެއް އެބަ އިނގޭ.. ނޭނގިގެން މިއުޅެނީ އަހަންނަކަށް ނޫން މިހިރަ ސާޔާއަށް މާހިލް އޭނަ ކައިރީގައި ބުނެބަލަ ތީ ހަމައެކަނި އަހަރެންގެ ހައްގެކޭ.. އަހަރެން މާހިލްދެކެ ލޯބިވީ ސާޔާއަށްވުރެ ކުރިން..” “އުޝާ މޮޔަވީތަ..” މާހިލް އަޑަށް ބާރުލާފައި އެހެން ބުނެފައި ބާރު ބާރަށް ކޮޓަރިން ނުކުތެވެ. ސާޔާވެސް ހަދާނެ ގޮތެއް ނޭނގިގެން މާހިލް ފަހަތުން ހިނަގައިގަތެވެ. އުޝާވެސް މާހިލްއަށް ގޮވަމުން ސާޔާ ފަހަތުން ނުކުމެގެން އައެވެ. އުޝާގެ އަޑުއިވިފައި ސިޑިއާ ދިމާއަށް ބަލައިލި މުފީދާއާއި ޒަރީނާ ތިބީ ވާނުވާ ނޭނގިފައެވެ. ސާޔާ ސިޑިން ފައިބަން އުޅެނިކޮން އުޝާ ސާޔާ ގައިގައި ޖެހިގަތުމުން ބެލެންސް ކަޓައިގެން ވެއްޓެން ދިޔައެވެ. ސާޔާގެ ހަޅޭކުގެ އަޑާއެކު ދޮރުން ނުކުމެ ނުކުމެ ހުރި މާހިލް ފަހަތް ބަލައިލިއިރު ސާާޔާއޮތީ ވެއްޓިފައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ފަނާ 14

Next

ހިތަކުން ނުފިލާނެ 12

Next
May 20, 2015

ހިތަކުން ނުފިލާނެ 12

Previews
May 18, 2015

ފަނާ 14

21 Comments!

  1. flower says:
    May 19, 2015 at 5:37 pm

    Bodu fani v foohi mi girl dheke…alhe shaayaa ah gotheh nahadhah chey…vv reethi mi part vess….aneh part avahah up kohdheh chey plz plz

  2. iba says:
    May 19, 2015 at 5:40 pm

    Why u re taking so much time to upload story..i can’t wait for too much…plx next time upload the story little bit fast..by the way story is awsome……keep it up

  3. aaku says:
    May 19, 2015 at 6:58 pm

    No shayaa ah dheragotheh nuvaathi v nice mi part ves next part avahah up kohladhehchey

  4. ZOO says:
    May 19, 2015 at 9:09 pm

    V NICE BT HURIHAA STORY EHGA VX EH GOTHEH WANY

  5. nana says:
    May 19, 2015 at 10:27 pm

    dhen anikaaves 3 weeks varuvaane up vaan

  6. me says:
    May 19, 2015 at 10:34 pm

    gud one dear

  7. naanyyy says:
    May 20, 2015 at 10:37 am

    Alhe thankolheh avaha next part up dhecheyy
    V v v rèethi mi part vex ekemeku haadha lahunney vaahaka nereny.

  8. zee says:
    May 20, 2015 at 12:06 pm

    cant wwwwwwwwwwwwwwwwwwwwwwwwwwait

  9. dhen konmes golaeh says:
    May 20, 2015 at 12:38 pm

    Varah salhi…. Ekam saayaa ah dhera gotheh nuhadhaathi…. K

  10. dhen konmes golaeh says:
    May 20, 2015 at 12:39 pm

    Varah salhi… Ekam saayaa ah dhera gotheh nahadhaathi.. K

  11. july says:
    May 20, 2015 at 2:16 pm

    nice story…..saaya ah dera gothwh nuhadacchey….next part avahah up kohllacchey…..keep it up

  12. nishy says:
    May 20, 2015 at 2:40 pm

    ushaaa moyavtha…. v fooohi ushaaaa ulhey vahtharun…. shaayaa ah dheragotheh nuhadhahchey plx

  13. luv luvy says:
    May 20, 2015 at 3:58 pm

    Dhn kn irakn next part up kh dhenyWow wow wow wow hadha salhiey..

  14. May fool says:
    May 20, 2015 at 5:28 pm

    Saayaa ah dhera gotheh nahdhaathi ingey……. varah foohi ushaa ulhey gothakun……. next part avahah up awsme stry…..kohlahchey…..

  15. hama neygeny tha says:
    May 20, 2015 at 5:30 pm

    ….wow…. wow…. wow… wow ….wow… wow ….wow…. wow ….wow …wow….wow

  16. seen says:
    May 21, 2015 at 6:04 am

    Vvvvvvvvvvvvvvvreethi part 13 avas

  17. swyty girl says:
    May 21, 2015 at 11:20 am

    When next part upload…??????? Hahhhahahaha

  18. ކުޑާ says:
    May 21, 2015 at 12:48 pm

    thankyou all for your comments

  19. luvly grl says:
    May 23, 2015 at 7:25 am

    Awsme stry ….. Pls pls next part up kohlahchey avahah alhe saayaa ah dheragotheh nahadhaathi… K

  20. swyty girl.. says:
    May 23, 2015 at 2:33 pm

    Kba thr thankolheh boduvru dhw vahakaeh upmkutan 3 weeks

  21. yaa says:
    July 4, 2015 at 9:21 pm

    Koba mi vahaka ge ane bai

Comments are closed.

Next Episodeސާޔާ (13 ވަނަ ބައި)←


All Right Reserved!