Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބި އަދު ލިބޭނެބާ 5

Minhaaa Level 110 Stories
September 21, 2020 One Min Read
4 Comments

މަލްދާގޮސް ސްކޫލް ކައިރީ ހުންނަ ފަޅުގެއާ އަރާހަމަވިތަނާހެން އެގޭ ތެރެއިން ނިކުއިން މީހެއް މަލްދާގެ އަތުގައި ހިފައިގެންފައި އެގޭތެރެއަށް ގަދަކަމުން ވެއްދިއެވެ. އެގަޑީ މަލްދާގެ ކުޑަ އަތުގައި އޮތް ފޮތް މަގުމައްޗަށް ވެއްޓުނެވެ. އެމީހާ މަލްދާގެ އަތުގައި ހިފަހައްޓައިގެން ގެންގޮސް ހޫރުވައިލިއެވެ. “މަންމާ…..” މަލްދާއަށް ބިރުން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އޭރު މުޅި މީހާ ދާހިތްލާ ފޯވެއްޖެއެވެ. ބިރުންގޮސް ތުރުތުރުލާން ފެށިއެވެ. ކުރިމަތީ އިން ވަހީދު ފެނިފައި މަލްދާ ގައިން ހީބިހި ނަގައިގަތެވެ. ވަހީދުގެ އެ ދަހިވެތި ބެލުމުންވެސް އޭނަ ބޭނުންވަނީ ކޮންކަމެއް ކަން ހާމަވެގެން ދިޔައެވެ. ބަލާކަށް ނުހުރެ ގައިގަ ހުރި ބާރެއްލާފައި މަލްދާ ދުއްވައިގަތެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ވަހީދު އެއަށްވުރެ ހުޝިޔާރެވެ. އަދި މަލްދާފަދަ އަންހެން ކުއްޖަކާ ޖެހިފައި ބާރުވެސް ގަދައެވެ. މަލްދާގެ ކޮނޑުގައި ހިފައި އަނެއްކާވެސް ފާރު ބުޑަށް މަލްދާ ކޮއްޕާލިއެވެ. ވީތަދުން މަލްދާއަށް ލޯ މަރާލެވުނެވެ. “ބަލަ މާ ފޮނިބޮޑު ވެގެން ތިއުޅެނީ ކީއްވެގެންތަ.. މާ ރީތި ވީމަ ދޯ.. ވާހާ ދުވަހު އަހަންނަށް ކެތްކުރެވިއްޖެ.. ދެން އިތުރަކަށް ނުވާނެ.. ކީކޭތަ ކަލެއާއެކީ އެއުޅޭ މަންޖެ ބުނީ؟.. އަތްނުލާއްޗޭ..؟ މިފަހަރު ބަލާނަމޭ މަގޭ އަތްދަށުން ސަލާމަތްވަނީ ކިހިނެތްތޯ..” ވަހީދުގެ އަޑުގައިވީ މަލާމާތެވެ. މަޑުމަޑުން މަލްދާ ކައިރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. މިނިކާ ޖަނަވާރެއްހެން މަލްދާ ގައިމައްޗަށް ފުންމާލަން ދިޔަ ވަހީދު ހުއްޓުނީ ފަހަތުން މީހަކު އައިސް ހިފެހެއްޓީމައެވެ. އަދި އެއަށްފަހު ވަހީދުގެ މޫނުމައްޗަށް އައީ ގޮށްމުށުގެ ހަމަލާއެކެވެ.  މަލްދާ މަޑުމަޑުން ލޯހުޅުވާލިއެވެ. މިއަދު އޭނަ އެނުބައި ޖަނަވާރު ކައިރިން ސަލާމަތް އެކުރީ އޭނަ އެންމެ ލޯބިވާ ފަރާތެވެ. އަޒްހާންއެވެ. އަޒްހާން އަށް މަލްދާހުރި ހާލު ފެނުމުން ހިތުގައި ރިއްސާލިއެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ މަދު ސިކުންތު ކޮޅެއް ތެރޭގައެވެ. މަލްދާ ގޭން ނިކުއިންތަން ފެނިގެން އަޒްހާން އަށްވެސް ނިކުމެވުނީ ހަމަ ނަސީބޭ ހިތައް އެރިއެވެ. މިއަދު މަލްދާއަށް ކަމެއްވިނަމަ އަޒްހާން ދުނިޔޭންވެސް މޮޔަވެދާނެހެން ހީވިއެވެ. “މަލް…” އަޒްހާން ދިޔަގޮތައް ގޮސް މަލްދާ އަތުގައި ހިފާގެނެސް އޭނަ މެޔާލާ ބޮނޑިކޮށްލިއެވެ. އުމުރުދުވަހަށް އެ  ހިމާޔަތް ދޭނަމޭ ބުނާފަދައިންނެވެ. ވަހީދުއަށް ހަދާނެ ގޮތެއް ނޭނގިގެން ގޮސްފިލިއިއެވެ. އަންހެން ކުއްޖެއްގެ ކުރިމަތީ ބާރުދައްކަން ކެރުނަސް އަޒްހާން ފެނުމުން ގަތީ އަމަށަކު ބިރެއްނޫނެވެ. އަޒްހާން ކުރިމަތީ އޭނަ ބާރެއް  ނުދެއްކޭނެކަން އިނގޭތީ އެތަނުން ފިލީ ދެން އިތުރު އަނިޔާއެއް ލިބިދާނެތީ ބިރުންނެވެ.

އަޒްހާންގެ އަތުތެރޭ މަލްދާއަށް އިހުސާސް ކުރެވުނީ ހިމާޔަތެވެ. މަލްދާގެ ދެއަތް އުފުލާ އަޒްހާން ގައިގައި ބައްދާލިއެވެ. ދެހިތުގެ ވިންދުވެސް ވަނީ އަވަސްވެފައެވެ. އެކަކު އަނެކަކަށްވާ ލޯބި ދިޔައީ އިތުރުވަމުންނެވެ. އިރުކޮޅަކަށް ދެމިގެންދިޔަ ހިތްގައިމު ވަގުތުކޮޅަކަށްފަހު އަޒްހާން މަލްދާއާއި ދުރުވެލިއެވެ. އަދި ނިކަން ލޯބިން މަލްދާގެ ކަރުނަތައް ފުހެލަދިނެވެ. އެއަށްފަހު މަލްދާގެ ނިތްކުރިޔަށް ލުއި ލުއި ބޮހެއް ދެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. އެގަޑީ  އިހުސާސްތައް ކޮންޓްރޯލް ނުކުރެވުނީއެވެ. މަލްދާ ހިތައް އަރާފާނެ އެއްޗަކާ މެދު ވިސްނާލެވުނީ އޭގެ ފަހުންނެވެ. ނަމަވެސް މަލްދާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަޒްހާންގެ އެއަމަލުން މަލްދާގެ ހިތައް ކުރުވީ ބަޔާންކުރަން ދަތި އުފާވެރި  އިހުސާސެކެވެ.

“ޕިސް ޕިސް… އަޅެ މަލްދާ ގޯސް.. ނާންނަ ވާހަކަވެސް ބުނިނަމަތާ މަށަށްވެސް އިނގޭނީ ނާންނަން..” ސާރާ ކުލާހުގައި އިނދެގެން މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ ނަފްސާއެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން ގަޑި އެއް ކަޓުވާލާނީ ދެމީހުން އެއްބައި ކިޔައިގެންވިއްޔާއެވެ. އަނެއްކޮޅުން އާރްޔަންވެސް ފޫހިވެގެން ހަލާކުވަނީއެވެ.  އާރްޔަން ގެ ދެބެންގެ ދެދަރިކަމުގައި ވާ އަލީ އެކްސްޓްރާ އަށް ދިޔައިމަ އަދި ވަކިން ފޫހިވިއެވެ. އެކަމް މާލޭގައި  ނުުހުންނަން ވެގެން ބައްޕަ ކައިރީ އާދޭސް ކޮށްގެން މިކޮޅަށް އައީވެސް އާރްޔަންއެވެ. ނަމަވެސް އެހެން ހަދަން ޖެހުނީ މާލޭގައި އެއްގޮތަކަށްވެސް އުޅެވޭ ވަރު ނުވީމައެވެ. ކޮންމެގޮތެއްވިޔަސް މިހާރު މިރަށަށްވެސް މިއޮތީ އާދެވިފައެވެ. ދެން އަނބުރާ ދިއުމެއް ނެތެވެ. އެހެންނޫނަސް މިކޮޅަށް އާދެވުމުން އޭނަ އަށް މިހާތަނަށް ނުފެންނަ ވަރުގެ ރީތި ކުއްޖެއް ފެނިއްޖެތާ އޭ ހިތައް އެރިއެވެ. މަލްދާ ފެނުން މަންޒަރު އަލުން އާރްޔަންގެ ލޮލު ކުރިމަތީ ސިފަވާންފެށިއެވެ.  އެއާއެކު އާރްޔަންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ” ކޮން ނަމެއްބާ ކިޔަނީ..” އާރްޔަންއަށް ހިޔާލީ ދުނިޔެއަށް ގެއްލިގެން އޮވެގެން އެހެން ބުނެވުނު އިރުވެސް  ނޭނގުނެވެ. ” ކާކަށް ކޮން ނަމެއް ކިޔަނީ.. ” އެ ކޮޓަރިއަށް ވަދެގެން އައި ހަލީމާ ފެނި އާރްޔަން ދިޔައީ ސިއްސައިގެންނެވެ. “އޭ.. މި ގޭމަކަށް ކިޔާ ނަމެއް ހަނދާން ނެތިގެން..” އާރްޔަން މޮޅު ދޮގެއް ހަދާލިއެވެ. އާރްޔަން އޭނަގެ މާމަ އާއި ވާހަކަ ދައްކާލަން އިރުކޮޅަކު މަޑު ކުރަމަށް ފަހު ދިޔައީ ތާޒާ ވެލާށެވެ.

” ހިނގާ ދާން…” މަލްދާގެ ލޮލަށް ބަލަހައްޓައިގެން ހުރި އަޒްހާން ބުންޏެވެ. މަލްދާ މަޑުމަޑުން ބޯ ޖަހާލުމަށްފަހު  އަޒްހާން އާއި އެކީ ދާން ހިނގައިގަތެވެ. މަގުމައްޗަށް ވެއްޓިފައި އޮތް މަލްދާގެ ކުޑަ ފޮތް އަޒްހާން ނެގިއެވެ. އަދި  މަލްދާ އާއި އެއްވަރަށް ހިނގަމުން ދިޔައެވެ.  ގެއަށް ދިޔަ މަގުމަތީ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ހިނގާދިޔަ ކަންތަކުގެ ސަބަބުން މަލްދާ އަދިވެސް އިނީ ބިރުންނެވެ. މަންމަމެން ކައިރީ އެކަހަލަ ވާހަކައެއް ބުނާނިވެސް ވަކި ކިހިނެއްބާއޭ ހިތައް އަރަމުން ދިޔައެވެ. މުޅީ ރަށަށް އެވާހަކަ ފެތުރިގެން ގޮއްސިއްޔާ ބަދުނާމު ވާނީ ހަމަ އޭނައޭ  ހިތައް އެރިއެވެ. އެންމެން ޤަބޫލު ކުރާނީ ވަހީދު ދައްކާވާހަކައެވެ. މިކަހަލަ ހިޔާލުތަކަކުން މަލްދާގެ ހިތް ދިޔައީ ނުތަނަވަސް ކުރުވަމުންނެވެ. އަނެއްކޮޅުން އަޒްހާންގެ ހާލަކީ ކޮބައިތޯއެވެ. މަލްދާ އެހާލުގައި އިންތަން ފެނުމުން އަޒްހާން  އަށް ވީގޮތް ބުނެދޭންވެސް ނޭނގުނެވެ. އޭނާ އެންމެ ލޯބިވާ ފަރާތް ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފެނި އަޒްހާންއަށް ކެތްކުރަން އުނދަގޫވީއެވެ. މިއަދު އަޒްހާންއަށް އެ ކުރެވުނު ކަންތަކަށްފަހު މަލްދާ އޭނަ އާއި މެދު ހިތައް އަރާނީ ކީކޭ ބާއޭ ހިތައް އަރަމުން ދިޔައެވެ. އެވަގުތުގެ ފައިދާ ނަގަނީއޭވެސް ހިތައް އަރާފާނޭ ހިތައް އެރުމުން އަޒްހާންގެ ހިތުގައި ރިއްސާލިއެވެ. މަލްދާގެ ނަފްރަތު ލިބުމަކީ އޭނައަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.

“ތޭންކްޔޫ އަޒްހާން…” ގެއާ އަރާހަމަވިތަނާ، މިއޮއް ހުރިހާ އިރު އަނގައިން ނުބުން އިން މަލްދާ ވާހަކަ ދެއްކިއެވެ. މަލްދާ ގެ އެޖުމްލަ އަޑު އިވުމާއެކީ އަޒްހާން އަށް ހީވީ ބޮލުން ބޮޑު ބަރެއް އުފުލުނު ހެންނެވެ. ” މިއަދު އަޒްހާން ނައިނަމަ…” “ނޯ ނޯ.. އެކަހަލަ އެއްވެސް ކަމެއް ނުވާނެ އިންޝާﷲ.. ޑޯންޓް އިވެން ތިންކް އެބައުޓް އިޓް… ” މަލްދާގެ ވާހަކަ މެދު ކަނޑާލާފައި އަޒްހާން ބުންޏެވެ. އަޒްހާންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ މަލްދާ މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި އެއަށްފަހު ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ގެއަށް ވަންނަން ހިނގައިގަތެވެ. މަލްދާގެ  ކުޑަ ފޮތް ނުދެވޭކަން އަޒްހާން ހަނދާންވީ މަލްދާ ގެއަށް ވަނުމަށްފަހުއެވެ. ފަހުން ދެން ދޭނީއޭ ހިތައް އަރާފައި  އަޒްހާންވެސް އޭނަ ގެއަށް ގޮސް ވަނެވެ.

“ބަލަ އެކްސްޓްރާ އަށް ދިޔަ މީހާ ހާދަ އަވަހަކަށް ތިއައި؟… ” ނަފީސާ އަށް ދޮރުން ވައިން މަލްދާ ފެނިގެން ސުވާލު ކޮށްލިއެވެ. މަލްދާއަށް އޭނަ މަންމައާއި ދިމާލަށް ބަލާފައި ދޮގު ހަދާކަށް ނުކެރުނެވެ. ކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބަން ފެށީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. ” ދަރިފުޅާ ކިހިނެތްވީ..” މަލްދާ ރޯތަން ފެނުމުން ނަފީސާގެ ހިތް ބިރުގަންނަން ފެށިއެވެ. މަލްދާ ވީ ހުރިހާ ކަމެއް ނަފީސާއަށް ކިޔައިދިނެވެ. ހަމައެކަނި ދޫކޮށްލީ އަޒްހާން އާއި އެކު ހޭދަވި އުފާވެރި ކުޑާވަގުތުކޮޅުގެ ވާހަކައެވެ. ނަފީސާއަށް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަމިއްލަ ދަރިފުޅު އެ ނުލަފާ މީހާ ކައިރިން ސަލާމަތް ކޮށްދިނީތީ އޭނަ އުމުރު ދުވަހު އަޒްހާން އަށް ޝުކުރުވެރިވާނެއެވެ. މަލްދާއަށް ހިތްވަރުދީ މަލްދާއަށް ނިދެންދެން ނަފީސާ މަލްދާގެ ކައިރީ އޮތެވެ. މަލްދާއަށް ނިދުމާއެކު ނަފީސާ ދިޔައީ ޚާލިދު ހޯދާށެވެ. ޚާލިދަށް ހަޤީޤަތް އެނގުމާއެކީ އޭނަގެ ރުޅިގަނޑު ކެކިގެން ދިޔައެވެ. ވަގުތުން ފުލުސް އޮފީހަށް މައްސަލަ ހުށަހެޅިއެވެ. އިސާހިތަކު ހުޅުކޮޅެއް ރޯވެގެން ދާހާ އަވަހަށް މުޅި ރަށުގައި އެވާހަކަ ދެކެވެން ފެށިއެވެ. ފުލުހުން ވަހީދު ހޯދަން ވެގެން ދިޔައިރު އޭނަ މާ ކުރިން ފިލައިގެން  ގޮސްފިއެވެ. ވަހީދު އަށް ހައްޤު އަދަބު ނުލިބުން ނަމަވެސް އޭނަ ރަށުގަ ނޫޅޭނެކަން އިނގޭތީ މަލްދާގެ ހިތައް ލުއި  ކަމެއް ލިބުނެވެ.

އޭގެ އަނެއް ދުވަހު އިރު އެރި އިރުވެސް މަލްދާއަށް އޮތީ ނިދާ ނުހޭލައެވެ. ހޭލެވުންއިރު ގަޑި ޖެހެން ކައިރިވަނީއެވެ. އަވަހަށް ފެންވަރައިގެން ނިކުމެ ފޮތްއަޅަން ބަލައިލިއިރު އެއްފޮތް މަދުހެން ހީވެގެން ހޯދާ ހޯދާ ނުފެނުނެވެ. ” އޯ ނޯ..” ފޮތް ވާނީ އަޒްހާން އަތުގައޭ ހިތައް އެރުމާއެކު މަލްދާއަށް ބުނެވުނެވެ. އަޒްހާން އެ ފޮތް ހުޅުވައިފިއްޔާ މަލްދާގެ ސިއްރު ބޭރުވެގެންދާނެއެވެ. ބަލާކަށް ނުހުރު ދުއްވައިގަތީ އަޒްހާންމެން ގެއާއި ދިމާލަށެވެ.

“ކޮބާ.. ރެޑީތަ.. މިއަދު ހުންނާނެ ފޯރި އިނގޭ.. އާރްޔަން ފެނިފައި އަންހެން ކުދިން އިންނާނީ މޮޔަވެފަ.. ” އަލީ ސުކޫލަށް ދާން ތައްޔާރުވެގެން އައިސް އާރްޔަންގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. ” އެއްކަލަ.. ފެށީއޭ ދޯ.. އެކަހަލަ ކަމަކާ ނުވިސްނަން..” އާރްޔަން ވަރަށް ސީރިއަސް ވެގެން ކަމަށް ހެދިގެން ބުންޏެވެ. ” އަޑޯއި…  ޝާނީގެ ކަންތަކާ ހެދިތަ.. މަށަށް އިނގޭ ކަލޭ ނުބުންޏަސް އޭނަ އާ ހެދިގެން ކަން މިރަށަށް އަންނަން ނިންމީވެސް..” އަލީ ގެ ޖުމްލަ އާއިއެކު އާރްޔަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” އާން މިހާރު މާ އަނގަ ގަދަ ވަނީ އިނގޭތި..” މިހެން ބުނުމަށްފަހު އާރްޔަން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ޝާނީގެ ވާހަކަ އޭނަ މިހާރު ދައްކާކަށް ބޭނުމެއްނޫނެއް ނޫނެވެ. މާލޭގައި ނޫޅެވުނީވެސް އެ ކަންތަން ބޮޑު އަންހެން ކުއްޖާގެ ސަބަބުންނެވެ. ޝާނީއަކީ ކުރީގައި އާރްޔަންގެ ވަރަށް ގާތް އެކުވެރިއެކެވެ. ކަންތައްތައް ގޯސް ވާންހެދީ ޝާނީގެ ހިތުގައި އާރްޔަންއަށްޓަކައި އިހުސާސްތަކެއް ކުރެވެން ފެށުމުންނެވެ. ޝާނީ އަށް އާރްޔަން ދެކެ ލޯބި ވެވުނެވެ. އެހެން ނަމަވެސް އާރްޔަން އަބަދުވެސް ދެކުނީ ޝާނީ އަކީ ރަހުމަތްތެރިއެއްގެ ގޮތުގައެވެ. ޝާނީގެ އެދުމަށް ފުރަގަސްދިނީ އެހެންވެއެވެ. ނަމަވެސް ޝާނީއަށް މި ހަޤީޤަތް ގަބޫލުކުރުންވީ ދަތި ކަމަކަށެވެ. އާރްޔަން އަށް ގުޅާ އާދޭސްކޮށް ނުވިތާކަށް އަމިއްލައަށް މަރުވާނަމޭ ކިޔައިގެންވެސް ބިރު ދެއްކިއެވެ. އެކަމުންވެސް ޝާނީ ބޭނުންވާ ގޮތައް ކަންތައް ނުވީމާ ދެން މަސައްކަތް ކުރީ އާރްޔަންގެ އަގު ވައްޓާލާށެވެ. އެންމެފަހުން ކެތްނުވެގެން އާރްޔަން ނިންމީ ކިޔެވުން  ނިންމަން މަންމަ ރަށަށް އައުމަށެވެ.

އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު އަޒްހާން އަށް ހޭލެވުނީ އަވަހަށެވެ. މަލްދާގެ ޚިޔާލުތަކާ ހުރެ ނިދޭވަރެއް ނުވެއެވެ. މަލްދާއަށް ގުޅަން ހިތައް އެރި ނަމަވެސް އެހިތްވަރު ނުލިބުނީއެވެ. އެއްލި ކަޅިއަކުން މަލްދާގެ ކުޑަ ފޮތް ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން ގޮސް އަޒްހާން އެ ހުޅުވާލިއެވެ. އެއާއި އެކު ފެނުން މަންޒަރުން އަޒްހާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޒްހާން އަށް ކުރެވެމުން ދިޔައީ ބަޔާން ކުރަން ދަތި އިހުސާސްތަކެކެވެ. ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވުމާއެކީ އެދޮން މޫނުގެ ރީތިކަން ދިޔައީ އިތުރުވެގެންނެވެ.

“ދައްތާ.. އަޒްހާން އެބައުޅޭތަ..” ގެއަށް ވަދެވުމާއެކީ ޝަރުމީލާ ފެނުމުން، ޝަރުމީލާ އާއި ސުވާލުކޮށްލިއެވެ. “ކޮޓަރީގައިވީ.. ދެންމެ އުޅުން ނިކުމެވެސް.. އަޅެ ދޭބަަލަ ބަލާލަން..” ޝަރުމީލާ ވާހަކަ ދައްކަމުން ދިޔައީ ނުހަނު ލޯބިނެނެވެ. ކުރިންވެސް އެގެއަށް އައިސް އުޅޭތީ މަލްދާ އެގެއަށް އަލެއް ނޫނެވެ. ބަލާކަށް ނުހުރެ އަވަހަށް ގޮސް  އަޒްހާންގެ ކޮޓަރިއަށް ވަނެވެ. މަލްދާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެކޮޓަރިއަށް ވަދެވުން އިރު އަޒްހާން ހުރީ މަލްދާގެ ފޮތް ހުޅުވައިގެންނެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Minhaaa

Level 110 Stories

Other Articles

Previous

ނުފިލާނޭ މިހިތަކުން… 33

Next

ހިތި މާޒީ

Next
September 21, 2020

ހިތި މާޒީ

Previews
September 21, 2020

ނުފިލާނޭ މިހިތަކުން… 33

4 Comments!

  1. ✨Naako✨ says:
    September 21, 2020 at 9:44 pm

    Vrh reethi Masha Allah waiting for the next part❤️❤️???

  2. KIMSAMUEL says:
    September 21, 2020 at 9:47 pm

    Hii pretty gurl. Haadha curious koffa ey thi nimmaaly.. Anyway mi part ves hama varah amazing.. I can’t wait to read next part. E waheedhuge dhuwas dhuhwaalan ves hithah eri.. Aaghh.. Never mind.. Hey I think Azhaan got to know that maldha has feelings for him.. If it happens like it it would be so awesome.. Looking forward to read next part

  3. unknown queen says:
    September 22, 2020 at 2:04 pm

    Wow vvv salhi hope nest avahah genesdheyne kamah♥️♥️

  4. Shaima shaee says:
    September 22, 2020 at 10:28 pm

    Vrrrr Reethi mipartves waiting for the next part ?????????????

Comments are closed.

Next Episodeތިޔަ ލޯބި އަދު ލިބޭނެބާ 6←


All Right Reserved!