ހިތަކުން ނުފިލާނެ 11
މައިޝާގެ ފޯން ރިންގުވާންފެށުމުން ޖީބުން ފޯންނަގާ ބަލާލި އިރު ގުޅަނީ ފާޒިންއެވެ. މައިޝާ ފޯނު ހިފައިގެން ތަންކޮލެއް ދުރަށް ޖެހިލަމުން މޫނުގައި އަތް އަޅައިގެން ރޯން އިން މުނީރާއަށް ބަލާލިއެވެ.
” ހަލޯ…! ” ފޯނު ކަންފަތުގައި ޖައްސާލަމުން މައިޝާ ބުނެލިއެވެ.
” ކިހިނެއްވެފަ…؟ އަނެއްކާ ކަމެއް ގޯސްވީތަ..؟ ” މައިޝާގެ އަޑު ކަންފަތުގައި ޖެހުމާއެކު ފާޒިންއަށް ފުރަތަމަވެސް އަހާލެވުނެވެ. ފާޒިންއަށް ދެން އިވުނީ މައިޝާގެ ގިސްލުމުގެ އަޑެވެ.
” ހަލޯ މައިޝާ…! ކިހިނެއްވީ…؟ ކޮންތާކު ތިހުރީ…؟ ” ފާޒިންގެ އަޑުގައި ހާސްކަން އެކުލެވިގެންދިޔައެވެ.
” އޭ.ޑީ.ކޭގަ…! ބައްޕަ ބަލިވެގެން…! ” މައިޝާއަށް ބުނެވުނީ އެވަރަށެވެ.
” އަހަރެން މިދަނީ…! ” ފާޒިން އެހެންބުނެފައި ފޯނު ކަނޑާލިއެވެ. އަދި އަވަހަށް ތެދުވެގެން ގޮސް އަލަމާރި ހުޅުވާލާފައި ޓީޝާތެއް އެރުވާލައިގެން ނިކުމެވުނީވެސް ދުވެފައި ކަހަލަ ގޮތަކަށެވެ.
” ދަރިފުޅާ..! ކިހިނެއްވީ…؟ ” ކޮޓަރިން ނިކުމެގެން އައި ފާޒިން ފެނުމުން ވަދީފާ ބުނެލިއެވެ. އޭރު ފައިހާވެސް ސިޓިންގް ރޫމްތެރޭގައި ލެޕްޓޮޕެއް ހިފައިގެންއިނެވެ.
” އެބަ އަންނަން އޮފީސް ކުއްޖެއްގެ ކައިރިއަށް ގޮސްލާފައި…! ” އެވަގުތު ކޮޓަރިން ނިކުތް ޒަރީނާ ފެނުމުން ފާޒިން ބުނެލިއެވެ. ޒަރީނާގެ ފަހަތުން ސާލީވެސް ނިކުތެވެ. ފާޒިން ދިއުމުން އަނގަޔަށް ވައްތަރެއް ޖައްސާލަމުން ސާލީ އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.
ފާޒިން ގޮސް އޭ.ޑީ.ކޭ ތެރެއަށް ވަންނަމުން މައިޝާއަށް ގުޅާލިއެވެ.
“ހަލޯ..! ކޮންތާކު ތިހިރީ…! ” މައިޝާ ފޯނު ނެގުމާއެކު ފާޒިން ބުނެލިއެވެ.
” އައި.ސީ.ޔޫ ކައިރީގައި…! ” މައިޝާ ތުރުތުރު އަޅައަޅާ ހުރި އަޑަކުން ބުނެލިއެވެ. ފާޒިން ފޯން ކަނޑާލާފައި އައި.ސީ.ޔޫއާއި ދިމާލަށް ހިނގައިގަތެވެ. ގޮނޑީގައި އިށީންދެލައިގެން އިން މައިޝާއަށް ފާޒިން ފެނުނީ ވަރަށް ކައިރިވީފަހުންނެވެ. ފާޒިން ފެނުމާއެކު މައިޝާ ގޮސް ފާޒިންގެ ގައިގައި ބައްދައިލެވުނީ ބޭއިހްތިޔާރުގައެވެ. އެކަހަލަ ކަމަކަށް ރެޑީނުވެ ހުރި ފާޒިންގެ ހުރިހާ ހިއްސުތަކެއް ހުއްޓުންއެރީ ކުއްލިއަކަށެވެ.
” މައިޝާ..! ބައްޕަޔަށް ކިހިނެއްވީ…؟ ” ހިއްސުތައް ހުއްޓުން އަރާފައި ހުރި ފާޒިންގެ ސިކުނޑި މަސެއްކަތް ކުރަން ފެށުމުން މައިޝާގެ ބޮލުގައި ފިރުމައިލަމުން ފާޒިން އަހައިލިއެވެ. އޭރުވެސް މައިޝާއަށް ގިސްލެވެމުން ދިޔައެވެ. ފާޒިން މައިޝާ ދުރުކޮއްލާފައި ގޮސް އަދުނާނު ކައިރީގައި އަހައިލިއެވެ. ފާޒިން މައިޝާ ދުރުކޮއްލުމުން ކުރެވުނު ކަންތައް ވިސްނި ކުޑަކޮއް ލަދުވެސް ގަތެވެ.
” ހާދީގެ ސިކުނޑީގެ ނާރެއް ފިތިފައި އިނީ…! ޑޮކްޓަރ ބުނީ ބޭރަށް ގެންދާށޭ ވީހާވެސް އަވަހަކަށް…! އެހެންނޫނީ ފަހަރެއްގައި….! ” އަދުނާނަށް ބުނެވުނީ އެހިސާބަށެވެ.
” ބޭރަށް ގެންދަންވީނު…! އަހަރެން ހުރިހާ ހަރަދެއް ކޮއްދޭނަން….! ” ފާޒިން އެހެން ބުނެފައި ފޯނުނަގާ ކަންފަތުގައި ޖައްސާލީ އެތަނުގައި ތިބި އެއްވެސް މީހަކަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. މުނީރާއަށްވެސް ފާޒިންގެ މޫނަށް ބަލަހައްޓައިގެން އިންއިރު ދެލޯ ވަނީ ބޮޑުވެފައެވެ.
” ހަލޯ…! ސިރާޖް…! ވަރަށް އަވަހަށް އާދެބަލަ އޭ.ޑީ.ކޭ ހޮސްޕިޓަލަށް…! ” އެކޮޅުން ސިރާޖް ފޯނުނެގުމާއެކު ފާޒިން ބުނެލިއިރު ފާޒިންގެ މޫނުމަތިންވެސް ހާސްކަން ފެންނަން ހުއްޓެވެ. ފަނަރަ ވަރަކަށް މިނެޓްފަހުން ސިރާޖް އޭ.ޑީ.ކޭއަށް އައިސްފައި ފާޒިންއަށް ގުޅިއެވެ. ފާޒިން ހުރިތަން ބުނުމުން ސިރާޖް ބާރުހިނގުމެއްގައި އައިސް މަޑުކޮއްލި އިރު ސިރާޖު މޫނުމަތިންވެސް ކޮންމެވެސް ވަރަކަށް ހާސްކަން ފެންނަން ހުއްޓެވެ.
” ސިރާޖު….! މާދަން އޮފީސް ހުޅުވުމާއެކު މިމީހުންގެ ފާސްޕޯޓްކަންތަށް އެބަޖެހޭ ނިންމަން….! ކޮންބައެއް ދަނީ…! ބޭބެވެސް ދަންތަ…؟ ” ފާޒިން އަދުނާނު ކުރެން އަހާލިއެވެ. އަދުނާނުވެސް ދާނެކަމަށް ބުނުމުން މައިޝާއާއި މުނީރާގެ އިތުރުން އަދުނާނުގެ ޕާސްޕޯޓްކަންތައް ސިރާޖާއި ހަވާލްކުރިއެވެ. ނަމަވެސް މިސްރާއާއި މިޝާ އެކަނިވާނެތީ މައިޝާ މަޑުކުރަން ނިންމިއެވެ.
” ކޮއްކޯ…! ދައްތަ ކިހިނެއް ތީގެ ބަދަލް ކޮއްކޮޔަށް ދޭނީ…! ދައްތަމެންގައިގަ ނެތް ތިހާ ފެންވަރެއް…! ” މުނީރާ ދެލޯފޮހެލަމުން ފާޒިންއާއި ދިމާލަށް ބުނެލިއެވެ.
” މީ އަހަރެން ބަދަލް ދޭގޮތަށް ކޮއްދޭކަމެއްނޫން…! މީ މައިޝާއަށް އޭނަގެ އޮފީސް ފަރާތުން ކޮއްދިންކަމެއްކަމަށް ބަލާ…! ” ފާރުގައި ލެގިލައިގެން ރޮވިފަ ހުރި މައިޝާއަށް ބަލާލަމުން ފާޒިން އެހެން ބުނެލީ ހިނިތުންވެލަމުންނެވެ. ސިރާޖް އެންމެންގެ އައި.ޑީ ކާޑް ހިފައިގެންގޮސް އެއަށްވުރެ އަވަސްކުރެވޭތޯ ތަންތަނަށް ގުޅަންފެށިއެވެ. ނަމަވެސް ފުރަން ހަމަ ޖެހުނީ އަނެއް ދުވަހުގެ ރެއަށެވެ.
” ދައްތަމެން ކައިފިންތަ…؟ ” ފާޒިން ގޮނޑިއެއްގައި އިށީންނަމުން މުނީރާ ކައިރީގައި އަހައިލީ ފާޒިންއަށްވެސް ބަނޑުހައިހޫނުކަމުގެ އިހްސާސް ވުމުންނެވެ. މުނީރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. އެވަގުތު އަދުނާނުވެސް ވީ ބެރަށް ގޮސްކަމުން ފިރިހެނަކަށް ހުރީ ފާޒިން އެކަންޏެވެ.
” ހިނގާ ކެންޓީނަށް…! އަހަރެންވެސް ވަރަށް ބަނޑުފައިވެފަ މީނީ…! ” ފާޒިން މައިޝާއަށް ބަލާލަމުން ބުނެލިއެވެ. މައިޝާވެސް ބަނޑުފައިވެފައި ހުރުމާއެކު މިޝާގެ އަތުގައި ހިފައިގެން ތެދުވީ ދެހިތެއްގައި ހުރެގެންނެވެ. ނަމަވެސް މުނީރާ ނުދާނެ ކަމަށް ބުނުމުން މިސްރާވެސް މައިޝާއާއި އެކު ހިނގައިގަތެވެ. މުނީރާ ފާޒިންއާއި ދިމާލަށް ބަލަހައްޓައިގެން އިނީ ބުނާނެ އެއްޗެއްނޭގިފައެވެ. އެހާ ހިތްހެޔޮ އިންސާނަކު ހުރެދާނެކަމަކަށް މުނީރާ މީގެ ކުރިން ގަބޫލެއްނުކުރެއެވެ. ފާޒިންހާ ހތްހެތޮކުއްޖަކު ހުރީތީ މުނީރާ ﷲ ޝުކުރުކުރިއެވެ.
” ކޯޗެއްބޮނީ…! ރެޑްބުލް،ކޯކު،ފުރެސް އޮރެންޖް…! ކޯޗެއްތަ…! ދެން ބުނެބަލަ….! ” ފާޒިން މައިޝާގެ އަތުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ.ފާޒިން އެހާގާތްކޮށް ވާހަކަ ދެއްކުމުންވެސް މައިޝާ އިނީ އޭނައަށް ކުރެވުނު ކަންތަކާ ލަދުންނެވެ. ކައިނިމިގެން މުނީރާއަށް ވާވަރަށް އެއްޗެހި ނަގައިގެން ފާޒިންމެން މުނީރާ ކައިރިއަށް ދިޔައިރު ހާދީ ވޯޑަށް ބަދަލްކުރުމުގެ ކަންތައް ކުރިއަށް ދަނީއެވެ. ހާދީ ވޯޑަށް ބަދަލް ކޮއްނިމުމުން ފާޒިން ގެއަށް ދާން ނިކުތެވެ. މައިޝާވެސް ގެއަށް ދާން ބޭނުންވެފައި ހުރުމުން ފާޒިންއާއެކު މައިޝާވެސް ބޭރަށް ނިކުތެވެ. މިޝާމެން މުނީރާ ކައިރީގައި މަޑުކުރީއެވެ.
” ފާޒިން…! އަހަރެންނަކަށް ނޭގެ ފާޒިންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް….! އަހަރެންނަށް މައްސަލައެއް ނެތް އެހަރަދުގެ އަގުހަމަވަންދެން އަހަރެންނަށް މުސާރަ ނުދިނަސް…! ” މައިޝާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. ހަގީގަތުގައިވެސް މައިޝާ ހުރީ ވަރަށް ނުތަނަވަސް ވެފައެވެ.
” މީދެން އެވަރުގެ ކަމެއްވެސް ނޫނެއްނު….! އެކަމަކު ބުނަން… މީގެ ފަހުން ހަރަދޭ ކިޔައިގެން އޮފީހުގެ ވާހަކައެއް ދެއްކިޔަސް އަހަރެން މައިޝާއަކާއި ވާހަކައެއް ނުދައްކާނަން ދުވަހަކުވެސް…! ” މައިޝާ ދެއްކި ވާހަކައިން ފާޒިން ކުޑަކޮއް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް މައިޝާ ހުރިގޮތުން ފާޒިން މަޖާ އެއްޗެކޭ ބުނަން އުޅެފަވެސް އެވަގުތުގެ ގޮތުން އަޅާނުލީއެވެ. މައިޝާ އެރުމުން ފާޒިން ސައިކަލު ދުއްވާލިއެވެ. ގެއަށް ވަންނަން ދިޔަ މައިޝާގެ ފަހަތުން ސައިކަލު ބަހައްޓާފައި ފާޒިން ހިނގައިގަތީ މައިޝާއަށް އެހީތެރިކަމެއް ބޭނުންވެދާނެ ކަމަށެވެ. މައިޝާއަށް އެރުނީ ދެވަނަ ބުރިއާއި ހަމައަށެވެ. ބޯ އަނބުރާގޮތްވާންފެށީ ކުއްލިއަކަށެވެ. ފާޒިން މައިޝާ އަތުގައި ހިފައިގެން ފަސްވަނަ ބުރިއަށް އެރިއެވެ. ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންތަނުން މައިޝާ ހަބަރު ހުސްވެގެން ފާޒިންގެ އަތްމައްޗައް މައިޝާގެ ލުއިލުއި ހަށިގަނޑު ދެމިގެންދިޔައެވެ. ފާޒިންއަށް މައިޝާގެ އެރީތި އޮމާން މޫނުގައި ފިރުމާލެވުނީ ބޭއިހްތިޔާރުގައެވެ. އެވަގުތު ޝައިތާނާގެ ވަސްވާސް ތަކުން ފާޒިންގެ ހިތް ކިލަނބުވި ނަމަވެސް ފާޒިން އެހިތުގެ ބައްޗައް ބާރު ފޯރުވިއެވެ. ފާޒިން މައިޝާ ނަގައިގެން ގޮސް ކޮޓަރީގެ އެނދުގައި ބާއްވާލާފައި ފާހާނަޔަށްވަދެ ފެންކޮޅެއް ހިފައިގެން އައިސް މޫނުގައި އުނގުޅާލުމުން މައިޝާ ލޯހުޅުވާލިއެވެ. ދެލޯ ބޮޑުކޮއްލަމުން މައިޝާ ތެދުވީ ބިރެއް ފެނިގެން ތެދުވާހެނެވެ.
” އިހަށް އަރާމް ކޮއްލަބަލަ…! ” މައިޝާގެ ކޮނޑުގައި ހިފައި އެނދުމަތީގައި ބާއްވަމުން ފާޒިން ބުނެލިއެވެ. އަދި މައިޝާގެ މޫނުގައި ވަރަށް ލޯބިން ފިރުމާލިއެވެ. އޭރު މައިޝާ އޮތީ ލޯމަރައިގެންނެވެ. ފާޒިންއަށް މައިޝާގެ އެލޯބި މޫނަށް ބަލަހައްޓައިގެން އިނދެވުނީ ކިހާއިރެއްވަންދެންކަމެއްވެސް ނޭގުނެވެ. އޭނަޔަށް ހޭވެރިކަންވީ ޖީބުގައި އޮތް އޭނަގެ ފޯން ރިންގުވާން ފެށުމުންނެވެ. އެވަގުތު މައިޝާވެސް ލޯހުޅުވާލިއެވެ.
” ދަރިފުޅާ…! ކޮންތާކު ތިއުޅެނީ….! ތީ މެންދުރު ނިކުމެގެން ދިޔަ މީހާ…! މިހާރު އެއޮށް އިރު އޮއްސެނީ…!” އެކޮޅުން ވަދީފާ ވާހަކަދެއްކި އަޑު މައިޝާއަށްވެސް އިވުނެވެ. ވަދީފާ ކައިރީގައި މިދަނީ ކަމަށް ބުނެފައި ފާޒިން ފޯނު ކަނޑައިލިއެވެ.
ފާޒިންގޮސް ގެއަށް ވަނުމުން ކުރިމަތި ލާންޖެހުނީ ސާލީއާއެވެ. ނަމަވެސް ފާޒިން ވަރުބަލިވެފަ ހުރި ވާހަކަ ބުނުމުން ސާލީ އިތުރަށް ފާޒިން ހުއްޓުވާކަށް ނޫޅުނެވެ. އެހެންވެ ފާޒިން އަވަހަށްގޮސް ފެންވަރައިލައިގެން ބޭރަށް ނިކުތީ ވަރުބަލިވެފަ ހުރިނަމަވެސް އޭނަގެ މަގުސަދު ހާސިލް ކުރުމުގެ ބޭނުމުގައެވެ.
” ދަރިފުޅާ ސައިބޯންދާންވީނު….! ” ކޮޓަރިން ނިކުތް ފާޒިން ފެނުމުން ވަދީފާ ބުނެލިއެވެ. އޭރު ޒަރީނާއާއި ސާލީވެސް ވަދީފާ ކައިރީގައި ތިއްބެވެ.
” ސާލީ ސައިބޮއިފިންތަ…؟ ” ފާޒިން ބަދިގެއާއި ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. ސާލީ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ފާޒިން ސައިބޯލައިގެން ކޮޓަރިއަށް ވަނީ ކުޑަކޮއް ނިދާލުމުގެ ބޭނުމުގައެވެ. ގަދަ ނިދީގައި އޮތް ފާޒިންއަށް ހޭލެވުނީ ވަދީފާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާއަޑަށެވެ. ފާޒިން ލޯއުނގުޅަމުން އުނގުޅަމުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލާފައި އަނެއްކާވެސް އައިސް އެނދަށް ވެއްޓިގަތީ ނިދިއައިސްފައި ހުރިވަރުންނެވެ.
” ދަރިފުޅާ…! ބައްޕަ ބުނި ސާލީވެސް ނުގަބޫލުގަ ބައްޕަ ބޭނުމެއް ނޫނޯ ދަރިފުޅުމެންގެ ކައިވެނި ކުރުވާކަށް…! އެކަމަކު ސާލީ ކައިވެނި ކުރަންބޭނުންނަމަ ޖެހޭނީ ކައިވެނި ކުރާށޯ…! ” ވަދީފާވެސް އައިސް ފާޒިންގެ ކައިރީ އެނދުގައި އިށީނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.


Owww vaahaka varah kiyaa hithun huhta up thi kureee 🙂 🙂 🙂
Wow amazing wating
Nice v.. v v avahah anna part up kh dhechey
..mi prt vx vvvv rythii
maisha r fazin gulhuwahchey
shaaly r fazin nugulhu wahchey pleeex..
awahah up kohdheythiii waiting 4 next part
Vaaahaka v reeethi
v reethi..keep it up
vrh salhi bt thankolheh kury . .
Haadha kurey……but v salhi❤
Wow mi partves hama amazin …nxt part avhah up kohdhecchey. 😀
Reethi….
varah reethi mahsalaakee avaha apdat nuvaa thee;)
varah kiyaa hithun imdhaa nimaalanee
wow..haaadha romantic ey.. heynethifa oii iru vx bely romance kureweythw..
އަނެއް ބައި އަޕްވާނީ ކޮން އިރަކުންބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
Haadha slow ey up vaa goth… Keehve aslu slow vanee????
kobaa aney bai haadha dhigu inthizaarekey avaha up kolladhry chey♥
V nice mi story mahsalaaky up vaaleh lay next part thankolheh avahah up kohladhyba