Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 26

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 14, 2020 4 Mins Read
30 Comments

ވިސްނުމެއްގެ ތެރޭގައި އޮތް ލަތީފް ސިއްސައިން ދިޔައީ އެ މުސްކުޅި އަންހެންމީހާ ކޮންމެސް އެއްޗެކޭ ކިޔާ ވަރަށް ބާރަށް ގޮވަންފެށި އަޑަށެވެ. ލަތީފް މަޑުމަޑުން ދޮރު ކައިރިއަށް ޖެހިލިއެވެ.

“ދަރިފުޅާ!… ދަރިފުޅާ!.. ފެން… ފެން.” ކަނުލާ އަޑުއަހަން ހުރި ލަތީފްގެ ކަންފަތަށް އިވެމުން ދިޔައީ އެ މުސްކުޅި މީހާ ފެނަށް އެދި އާދާސްކުރާ އަޑެވެ.

ލަތީފަށް ޤަބޫލު ކުރެވޭ ގޮތުން އެއަޑު ލަތީފެކޭ އެއްވަރަށް ތާނިޔާއަށްވެސް އިވެންވާނެއެވެ. އެގޭތެރެއިން ލަތީފަށް ފެންނަ ގިނަ ކަންތައްތަކުން ލަތީފުގެ މުޅި ވިސްނުން އެކަމަށް ހުއްޓެން ފަށައިފިއެވެ. ހާއްސަކޮށް އެމުސްކުޅި މީހާއަށެވެ. އަދި އޭނަގެ އާދަޔާ ޚިލާފު ދެދަރިންނަށެވެ.

“މީއަނެއްކާ ކޮންކަހަލަ ދަރިންނެއްބާ؟ އެމީހާ ފެނަށް ގޮވަގޮވާ އޮންނަތާ އިރުކޮޅެއްވެއްޖެ. އެކަމަކު އެކުދިންގެ ހަބަރެއްވެސް ނުވެ.” ލަތީފް ހިތާހިތާ ކިޔާލިއެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލަމުން ލަތީފް އެމީހާއާ ދިމާލަށް ހިނގައިގަތީ އެމީހާގެ އާދޭސްތައް ހަމަހިމޭން ވުމުންނެވެ. ލަތީފްގެ ހިތަށް ކެތްނުވީއެވެ. އެއިންސާނާއަށް މިވަގުތު ފެނަކީ ކިހާ މުހިއްމު އެއްޗެއްކަން ލަތީފަށް ވިސްނެއެވެ.

“ދައްތާ! ދައްތާ! މިއޮތީ ފެން. އަވަހަށް ތެދުވެލާ ހިނގާ ފެންފޮދެއް ބޯލަމާ.” ކޮޓަރިން ފެންފުޅިއެއް ހިފައިން އައި ލަތީފް އެމީހާއަށް އަޑު އިވޭވަރަށް ވައި އަޑުން ބުނެލިއެވެ.

“ތީ.. ތީ ކާކު؟.. ތީތަ އަހަރެންގެ.. ކޮޓަރިއަށް އައި މަހުޖަނަކީ؟” އެމުސްކުޅި މީހާ ލަތީފަށް ބަލައިލަމުން ބުނެލި ޖުމްލައިން ލަތީފްގެ މުޅި ހަށިގަނޑަށް ހުއްޓުން އަރައިން ދިޔައެވެ.

އެހެން ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ލަތީފް މަސައްކަތް ކުރަމުން ދިޔައީ އެމީހާއަށް ފެންފޮދެއް ދެވޭތޯއެވެ.

“ދައްތާ! ތީކާކު؟ މިގޭ ކުދިންގެ މަންމަތަ؟..” ހައިރާން ވެފައިވާ ލަތީފް އެ މުސްކުޅި މީހާއާ ވާހަކަ ދައްކަން ފެށިއެވެ.

“މަން..މަ.. މީމަންމަ.. މީ..ރަޝީދާ.. އަވަހަށް.. ދެންދޭ…” ރަޝީދާ އެހެން ބުނުމުން ލަތީފް ގޮސް ކޮޓަރިއަށް ވަނެވެ. އެރޭގެ ގިނަ ވަގުތުތައް ލަތީފު ދުއްވާލީ އެމީހާއާ ދޭތެރޭ ވިސްނާ ފިކުރު ކުރުމުގައެވެ.

ހެނދުނުގެ އެންމެ ހެނދުނު ވަގުތެވެ. ރޮށި ފިހެ ނިމިގެން
އަފީފާ ފިހާރައަކަށް ދިޔައީ ގެޔަށް ބޭނުންވާ ބައެއް ސާމާނު ގަނެލުމަށެވެ. ސަމީރާ ކައިވެނި ކުރިފަހުން އަފީފާ ބަލަނީ އަބަދުވެސް ކުދިންނަށާ ސަމީރަށް އެންމެ ހިތްހަމަ ޖެހޭގޮތަށް ކަންތައްތައް ކޮށްދެވޭތޯއެވެ. ސަމީރާ ކައިވެނިކުރީ އަފީފާ އެނިޔަތުގައެވެ. އޯގާތެރިކަމުން ފުރިގެންވާ ހަމަޖެހޭ ދިރިއުޅުމަކަށް އަފީފާ އަބަދުވެސް ލޯބިކުރެއެވެ.

ބައެއް ސާމާނު ގަނެގެން ފިހާރައިން ނުކުތް އަފީފާގެ ލޮލުގައި އަޅައިގަތީ އަފީފާ ހައިރާން ވާފަދަ މަންޒަރެކެވެ. އެމަންޒަރު ލޮލުގެ ފެނުމަށް ކިތަންމެ ފަސޭހަވިޔަސް ހިތުން ޤަބޫލު ކުރަން އަފީފާއަށް އެހާ ފަސޭހައެއް ނޫނެވެ.

“ޕޮއް!.. ކޮބާ.. ސިއްސައިން ގޮއްސިތާ! ކޯއްޗެއް ފެނިގެންތަ ދެންމެ އެދިމާލަށް ބަލަން ހުރީ؟” އަފީފާ ސިއްސުވާލަމުން ފަހުދު ވާހަކަ ދެއްކިއެވެ.

“އާނ! ވަރަށް މޮޅު ދެން އަހަރެން ސިއްސުވާލެވުނީމަ..
އަބަދުބެސް މޮޅު ކަމެއް ކުރަން ބޭނުންވެފަ ހުންނަ މީހެއް ވިއްޔަތީ.. މަމި ބަލަނީ ފަހުދު ފެނޭތޯ؟ އެއީ އަހަރެން ގިނަފަހަރަށް މަގުމަތި އަޅަނީ ކަލޭ ފެނިފަވިއްޔަ.. އެހެންވެ މަހީކުރީ ޔުސްރާގެ އަތުގަ ހިފައިން ދެންމެ ދިޔައީ ކަލޭކަމަށް.” އަފީފާ ސިއްސައިން ދިޔަސް ފަހުދާ ކުރިމަތިލީ ކެރިހުރެއެވެ. މަޖާ ވާހަކައެއް ބުނެލިއިރު ހީވެސް ނުލާން ގަދަކަމުން އަފީފާ ހުރީއެވެ.

“ހެހެހެ.. ޔުސްރާ އަތުގަ ހިފައިން މަށޭ.. ހެހެހެ.. މަކޮން އިރަކުތަ އެހާ ކުޑަކުއްޖަކަށްވީ؟ އެއީ ކަލޭގެ ދޮންދަރި މާލިކް” ފަހުދު ހީހީފައިވެސް ވާހަކަ ދެއްކީ ތެދެއް ހެދުމުގެ ނިޔަތުގައެވެ.

“ނޭނގެ.. ފަހުދު ކޮން އިރަކުތަ ބޮޑު މީހަކަށްވީ؟ އަހަންނަކަށް ނުފެނެ ބޮޑުވެގެން އިސްލާހެއް ވެފަހުރި ތަނެއް.
ތަސައްރަފު ފުދިގެން މީހާ ގައިން ރީތި އަޚްލާގެއް. ދެންވެސް ތިހިރީ ބޮޑުވެފައޭ ދޯ؟…” ޒާތަކަށް ކޯއަނބުރާލަމުން ފަހުދަށް ނުފެންނާނޭހެން އަފީފާ ހީގަތެވެ. އިރުކޮޅަކު މަޑުކޮށްލައިން ހުރުމަށްފަހު އަފީފާ ގެޔާދިމާލަށް މިސްރާބު ޖެހިއެވެ.

“ސަމީރު!.. ސަމީރު!.. ކޮބާ މާލިކް” މަހޫ ފެންވަރުވަން ހުރި ސަމީރަށް އަޑު އިވޭވަރަށް ގޮވާލަމުން އަފީފާ ގިފިލި ކައިރި މަޑުކޮށްލިއެވެ.

“މާލިކް ދިޔައީ ޔުސްރާއާއެކީ.. މާލިކް މަދަރުސާއަށް ގެންދަން ބޭނުންވާ ވާހަކަ ބުނީމަ ޔުސްރާބުނީ… މަދަރުސާއަށް ބޭނުންވާ ބައެއް އެއްޗެސް ހޯދައިދޭނަމޭ. އެހެންވެ މާލިކް ގޮވައިން އެދިޔައީ. އެކަމު ދެން ނޭނގެ ގެޔަށް އަންނާނެ އިރެއް. އެސޮރު ޔުސްރާއާ ވަރަށް ރައްޓެއްސެއްނު.. ކިހިނެއްވީ؟” ސަމީރު ބުނެލި ވާހަކައިން އަފީފާ ހިތްހަމައެއް ނުޖެހުނެވެ.

“ސަމީރު!.. ޔުސްރާއާ ވަރަށް ވާހަކަ ދައްކަމުން މާލިކް ދިޔައީ. އަހަރެން ނުދެކެން އެވަރަށް އެސޮރު ސަމީރާ ވާހަކަ ދައްކާތަނެއް. އެއީ މައްސަލައެކޭ! އެހެންވެ އަހަރެން ވަރަށް ހައިރާންވި. އަހަންނަށް ހީވަނީ ދެން އެހެން ގޮތެއް އެކަމު… އެހެންނޫނަސް އަހަރުމެން އެއްޗެސް ގަންނަންވީނު. ކީއްކުރަންތަ… ޔުސްރާ ލައްވާ މަދަރުސާ އެއްޗެސް ހޯދަނީ؟” އަފީފާ ހިތްހަމަ ނުޖެހޭކަން ފާޅުކުރުމުން ސަމީރަށް އެކަން މާބޮޑު ކަމަކަށް ނުވިއެވެ.

“ޔުސްރާ ހަމަ އެސޮރާ މާވަރަކަށް ވާހަކަ ދައްކަން އުޅޭތީ އެހާ ދޯޅުވެފަ އެހުންނަނީ. ގެންގޮސް ފާޑު ފާޑުގެ ހަދިޔާއާ ދެން އެސޮރު ބޭނުންހާ އެއްޗެއް ގަނެދީވެސް ހަދައޭ. އެހެންވީމަވެސް ކުދިން ކިހާ ހިތްހަމަޖެހޭނެ .. އަހަރެން ކުރިންވެސް ބުނީމެއްނު މާލިކް އަހަންނާ އެހާ ވާހަކަ ދައްކާ ނޫޅެޔޭ. މި މަހޫއާވެސް ހިތަށް އެރީމަ ކޮންމެސް އެއްޗެއް ބުނެލާނެ. އަޅާނުލާ.. އަހަރެން ނުވިސްނާ ކަމަކާ އަފީފާވެސް ކަންތައްބޮޑު ނުވެބަލަ.” މަހޫގޮވައިން ގިފިލިން ނުކުންނަމުން ސަމީރު ބުނެލިއެވެ.

ފާއިދު ނިދާ ކޮޓަރި ކޮންމެސް ވަރަކަށް އަމިއްލައަށް ސާފު ކުރަމުން ދިޔައިރު ބައެއް ކަންތައްތަކުގައި ސީމާ އެހީތެރިވަމުން ދިޔައެވެ. ސީމާގެ ސާފުތާހިރުކަން ފާއިދުއަށް ޤަބޫލުކުރެވެން ފެށީ ފާއިދުގެ ކުރިމަތީގައި އެފަދަ ތަރުތީބަކާ ރީތި ކުރުންތަކެއް ފެންނަމުން ދާތީއެވެ. އެފަދަ ޅައުމުރުގައިވެސް ފާއިދުގެ ފަރާރުތުން ފެންނަ ހިތްވަރާ ހީވާގިކަމަށް ސީމާގެ ހިތް ފުރި ބަންޑުންދާވަރުވެއެވެ. އުފަލުންގޮސް ރޮވޭވަރު ވެއެވެ. ސީމާގެ ހުރިހާވެސް ހިތްހަމަ ޖެހުމާ އުފަލަކީ ފާއިދާ ތުގާ ހެޔޮހާލުގައި ބޮޑުވަމުން އަންނަތަން ފެނުމެވެ.

“ދައްތާ!.. އަލަށް އަދި ކޮޓަރިއެއް ރީތި ކޮށްލީ.. ރަނގަޅުތަ؟” ފާއިދު ސީމާއާ ސުވާލު ކޮށްލިއެވެ.

“އާނ! ތިހާ ކުޑަކުއްޖަކާ ބަލާފަ ދެން ވަރަށް ރަނގަޅު ތިވަރު އިނގޭ. ވަރަށް ރީތި. ދެން ހިނގާ ބަތްކާން. ވަރަށް ބަނޑުހައި ވެއްޖެ ދޯ؟” ފާއިދަށް ހިތްވަރު ދެމުން ސީމާ ބުނެލިއެވެ.

“ކޮބާތަ މޫސަބެ؟ މޫސަބެ އައިމަ ކާނީ..” ފާއިދު އެހެން ބުނެލުމުން ހިނިއައިސްފާ ހުރެ ސީމާގެ ބޯ ދެއަތައް އަނބުރާލިއެވެ.

“މޫސަބެ އިރުކޮޅަކުން އަންނާނެ.. މީހާދަ ރަނގަޅު ކުއްޖެކޭ.. ހެހެ..” ސީމާ އެހެން ބުނެލުމުން ފާއިދަށް މަޑަކުން ނުހުރެވުނެވެ.

“އަޅެ ދައްތަދޯ ދަސްކޮށްދިނީ އެގޮތް.. އެންމެން އެއްކޮށް ކާން ތިބީމަ މާ އުފާވެރިވާނެޔޭ. ރީތި ގޮތެކޭ ކިޔާފަ. އަހަރެން ހަނދާން އެބަހުއްޓޭ އެއީ ރީތި އާދައެކޭ ބުނިކަން.. އެހެން ނޫނަސް ދައްތަ ދިން ޖޫސްތަށި އޭރު ބުއީމަ އަދި ކާހިތެއްނެތް.” ފާއިދު އެވަގުތު ކާން ބޭނުން ނުވާކަން އަންގާލިއެވެ.

ލަތީފް ނިދާ ހޭލައިން ނުކުތްއިރު މެންދުރު ބާރަޖަހާ ބޮޑުވެއްޖެއެވެ. ކޮޓަރިން ނުކުމެ ލަތީފަށް ފުރަތަމަވެސް ބަލައިލެވުނީ ރަޝީދާ ކޮބައިތޯއެވެ. އޭރު ރަޝީދާވެސް ވަނީ މުޅިންހެން ނިދިން ހޭލެވިފައެވެ. ފެންފޮދެއް ބޯލުމުގެ ނިޔަތުގައި ލަތީފް ގޮސް ކާގެއަށް ވަނެވެ. އެވަގުތު އެތާ ލަހުމާގެ އިތުރުން ތާނިޔާވެސް ހުއްޓެވެ.

“ލަތީފް.. އަހަރުމެން މިދަނީ ވިލިނގިއްޔަށް ގޮސްލަން.. ވަރަށް ދުވަސް ވެއްޖެ މޫދައްއެރި ހަދާލަން ނުދާތާ.. މިހާރު ދެން ލަތީފްވެސް މިގޭގަ އުޅޭތީ ފަސޭހަވާނެ އަހަރުމެނަށް.. ތަންތަނަށް ޖައްސާލާ ބޭރަށް ގޮސްލާ ހަދާލަންވެސް.. މަށާ ތާނިޔާއާ ދެން މަގޭ ދަރިފުޅު ޝާމް މިދަނީ. އަހަރުމެނަށް އާދެވޭނީ މިރޭ ކަންނޭނގެ.” ލަހުމާ ވަރަށް ހިނިއައިސްފައި ހުރެ ބުނެލިއެވެ. ހީވަނީ މާބޮޑު ހިތްހަމަ ޖެހުމެއް އަލަށް ލިބިގަންނަން އުޅޭހެނެވެ.

“ވަރަށް ހައިރާން ވެއްޖެ.. ވަރަށް ބޮޑަށް ހައިރާން ވެއްޖެ. އެންމެ ކުރިން އަހަރެން ފެނުންރޭ ވާހަކަ ދެއްކިއިރު ބުނި ހަމަ ދެންމެ ކުރިމައްޗަށް ސިފަވި ސޫރައަކަށް ކިހިނެއްހޭ އިތުބާރު ކުރާނީ؟؟ އަހަރެން މި ހިތައް އަރަނީ އަހަންނަށް އިތުބާރު ކުރެވޭ ވަރަށް އަހަރެންގެ ސޫރަ ހިތުތެރޭ ފަވާލީބާއޭ؟؟ … ފަހަރެއްގަ ފަނޑުނުވާ ދެއްޔަކުންވެސް ފަވާލަފާނެތާ..” ލަތީފް ބަލައިލީ ލަހުމައަށެވެ.

ލަތީފްގެ މަލާމާތް ލަހުމާއަށްވީ ހިތަށް ލިބުނު ވޭނަކަށެވެ. އެބުނި ބަސްތަކުން ލަހުމާއަށް ކޮންމެސް ވަރަކަށް އަސަރުކޮށްފިކަން އެނގުނީ ލަހުމާއަށް ވެރިވި ހަމަހިމޭން ކަމުގެ ސަބަބުންނެވެ.

“ފެން ފޮދެއް ލިބިދާނެތަ؟” ތާނިޔާއަށް ބަލައިލަމުން ލަތީފް އެދުނުނެވެ.

“މިގޭގަ ހަމަ ފެންވެސް އަޅައިން ބޯންވީ.. ފެން ފޮދެއް ދޭން ކާކުތަ ޖެހިލުންވާނީ؟.. އެހެރީ ތަށިތައް.. ކަރުހިއްކުން ފިލަންދެން ފެން ބޮއޭ..” ތާނިޔާ ފާޑެއްގެ ޒާތަކަށް ބުނެލިއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ.. އެކަމު އަހަރެން މިއައީ ފެން ބޮވައިގަނެގެން ނޫން.. އަހަރެން ފެން ބޮވައޭ ބުނީމަ އަޑު އިވުންތޯ ބަލައިލަން.. އެހެންވީމަ ކޮންމެ ހާލެއްގަ އޮންނަ މީހަކު ފެނަށް ބުނެލިޔަސް އަޑުއިވެންވާނެތާ… ކަންފަތް ހުޅުވައިން އަޑުއަހަން ތިބޭނަމަ.. ދޯ؟؟” ލަތީފް މޮޅު ވާހަކައެއް ބުނެލިއެވެ.

– ނުނިމެ –

——————-*******—————–
މި ހަފްތާގެ ?!!
މި ހަދިޔާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން.?
ކުރިޔަށް އޮތް ބައިގާ ?
“ކޮބާތަ އެއްކަލަ ފާއިދު؟ ގޭން ނެރެފަ މިހާދުވަސް ވީއިރުވެސް (…..?) ނޫޅެންދޯ އެސޮރު ހޯދާކަށްވެސް؟”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ދިރިއުޅުން އަލިކޮށްދިން 6

Next

ލޯބީގެ ހައްގުގައި 11

Next
September 14, 2020

ލޯބީގެ ހައްގުގައި 11

Previews
September 14, 2020

ދިރިއުޅުން އަލިކޮށްދިން 6

30 Comments!

  1. noor says:
    September 14, 2020 at 8:13 am

    Yey me first dhw

    1. noor says:
      September 14, 2020 at 8:17 am

      Vrh reethi mi prt vx☺️

    2. Shaleen says:
      September 14, 2020 at 10:28 am

      Hi Noor ?
      Yes you are the first ?
      Congra! Congra! Congra!?

    3. Shaleen says:
      September 14, 2020 at 10:29 am

      Thanks Noor
      Vaahaka v reethi kamah buneleema ingey ❤️❤️
      Kommes masaalaeh veema aslu dhe comment ge reply meenee olhifa publish vefa dho
      Anyways thanks ingey

  2. Dhaan says:
    September 14, 2020 at 11:47 am

    Wow!
    Mibaives varah amazinggg!!
    Aslu alhe latheef akee mi meehunge relative kannenge.
    Kommeakas latheef haadha rangalhey dho
    Faaidhmen haadha sweet ey..cute ey dho

    1. Shaleen says:
      September 14, 2020 at 12:50 pm

      Hey you
      Thanks for the comment ?
      Ya latheef asluves v rangalhu dho.
      Next part ah inthizaaru kollahva

  3. lamma says:
    September 14, 2020 at 8:20 pm

    hi shaleen
    V dhuvas koffa commenteh mi kolly
    Aslu mihaaru kiyaalan mi libey partthah hama v ves habeyskoh midhanee.
    V v v v salhiey hama bunelan majbooru.
    V rangalhu v ibraitheri kankan thihiree vaahakaiga genesfa dho.
    V kiyaahithun mi kiyaalany mi vaahaka

    1. Shaleen says:
      September 14, 2020 at 8:30 pm

      Hi Lamma.
      V missvey you ge comments ingey.
      Anyways v ufaavejje dhuvas kollaafa cmnt eh libuneethee.
      Thank you a lottt❤️
      Ya v ibraitheri vaahaka akah veytho mi balanee.
      Readers Hih Hama jehenyaa dhen v ufaavaane Hama.
      Again thank you ?

  4. komasthey says:
    September 14, 2020 at 8:24 pm

    shaleeeeeeeeen!!!
    haaaaadha reehchey mi partvesss.
    V majaa fahudhuge bai.?
    Dhen v sweet e ulhey seemage family
    Alhe yusra ehenveema molhee malik hahllan.
    Pispis dhen e ulhey thaaniyamen dho?
    Latheef ves maa rangalhu emeehunnahvure.
    Anywayss
    Curioussssslyyy waitingggggg
    Shaleen alhe pls pls avas kollaa
    Mifaharuge hadhiyaa v ves kamudhey.❤️❤️❤️❤️❤️❤️

    1. Shaleen says:
      September 14, 2020 at 11:50 pm

      Thanks komasthey!!
      Ya fahudhumen dho..?
      Seema family abadhuves v sweet yeah..
      Hehe yusra and maalik dho.. let’s wait..
      Latheef v ves rangalhu Hama thibunihen
      Ohhhh MG..
      Curious veema bunelaany Hama next part ah wait kollaashey
      ✋✋✋✋
      Dhen hadhiya kamudhiyaima v bodahves ufaavejje ingey.
      ???

  5. Shaiiii says:
    September 14, 2020 at 9:58 pm

    Vhk vrh salhi ❤️⚡❤️⚡❤️⚡❤️⚡❤️⚡❤️⚡❤️⚡❤️⚡❤️
    Faaidh Manma anekka Faaidh hoadhany baa?????
    Waiting for nxt part ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Shaleen says:
      September 14, 2020 at 11:53 pm

      Hi Shaiiii ???
      Bodu bodukoh SHUKURIYYA?❤️
      faaidhge kamei burst vaan ulheny dho?
      Yeah let’s wait for upcoming Tuesday ?
      In sha Allah

  6. Khaleel says:
    September 15, 2020 at 12:02 am

    Maasha allaah..mipartves vvv reethi..mifaharu es hadhiya v kamugosfi..habeys..
    Mihaar kyhkurantha emeehun faaidhu hoadhany.. dhen fahudh n yusraage hagygaihves v ingen beynun.. waiting for next part..keep it up dear..tvgc.lysm

    1. Shaleen says:
      September 15, 2020 at 12:07 am

      Thank you so much ❤️
      Ya hingaabala balan muvaan ulhey gothei dho?
      Let’s wait.
      Mihaa lahunves comment libuneethee v ufaa ?
      Lysm?

  7. Quin me says:
    September 15, 2020 at 8:34 am

    Hi shaleen
    I am a huge fan of you ?
    V ves reethi mi part ingey.
    V reethi liyefa hunna goives Hama.
    Vaahaka Hama ?% salhi.
    Faaidh hoadhany kaakuba?????
    Waiting waiting for the next ? curiouslyyyy

    1. Shaleen says:
      September 15, 2020 at 2:06 pm

      Hi
      Thanks my loving fan..❤️
      Hehe
      Wait kollaa mivaa gothei balaalan dhen
      Next part ga ingeytho???

  8. فلك احمد says:
    September 15, 2020 at 11:59 am

    Mi partves v reethi
    Waitinggg waitinggg waitingg
    Keep it up

    1. Shaleen says:
      September 15, 2020 at 2:08 pm

      THANK YOU SO MUCH DEAR ❤️
      FOR THE COMMENT ?
      YEAH WAIT KOLLAA DHEN ANEKKAAVES

  9. Dhisha says:
    September 15, 2020 at 7:20 pm

    Omg kaaku faaidh he mauloo nagaigen e ulheny . Wow varh kamu gosii hadhiyaa. Dhn mi part vx hama habeys. Afeefaa and fahudhu ge baithah hama majaiyyey abadhuves. Enjoyed it a lot?. Waiti g for next

    1. Shaleen says:
      September 15, 2020 at 9:10 pm

      Thanks Dhisha?
      Ya afeefa hama v kulhadhaana?
      Let’s c kulliyakah mi faaidh annan jehunu sababei?????
      Thanks for enjoying ??
      Lysm

  10. Idhy says:
    September 15, 2020 at 7:25 pm

    Hi shaleen. Mi part hama so good. Faaidh eii haadha rangalhu kujjekey dho. And kaakubaa faaidh ge vaahaka ehii e. Varah interesting mi faharuge hadhiyaa. Waiting for it.

    1. Shaleen says:
      September 15, 2020 at 9:13 pm

      Idhy! How’s u dear?
      Body bodu shukurei ingey ?
      Ya that surprise for readers dho ?? Ingey v kamugosfikan
      Hehehe
      Dhen let’s wait dho ?
      Ding ding ding ding ?????

  11. Idhy says:
    September 15, 2020 at 7:29 pm

    Hey Shaleeeeeen. Story up vanii aslu Tuesday ga or Wednesday ga? I’m confused. Wednesday ga up vefa inna tho balaileveny mihaaru. And up vefa innany+many comments ves hurey. So anekkaa olhifa baa ey hithah arany mihuree up vaa day. Tuesday or Wednesday??

    1. Shaleen says:
      September 15, 2020 at 9:20 pm

      Hi?
      Aslu vaagothakee baeh faharah lassvey site inn up kuraaleh.
      Ehenve shaleen hithah aranee kurin hama vhk submit kollaafaey baindhaany. So site ah vaguthuveema up kollaafa e innany.
      Shaleen beynunvey readers balaalaairu kommehenves Tuesday or wednesdayga yageen kamaaeku kiyaalan libumah.?
      Dhen plus ehnnooni readers foohivaane dho lass vanya.
      Aslu ginafaharah readers ge visnun hunnany ei authorge massala kamah.
      Bt hama bunevidhaane site and author ge issue ekeyves.?

  12. Real Me says:
    September 16, 2020 at 4:18 pm

    Masha allah. Mi part was hama vrh vrh reethi. Shaleen thy hama best eh in’gey. Yusra ge konmes nubai kameh ulhey kamah faahaga kureveny. Fahudhah vure molhethi basthah afeefa bunela ey dhw. Vrh entertain vey emeehun ge bai kiyaalaa iru. Seema ge belumuge dhashuga afeefa hunnan fesheehsure vrh best dhw faaidh. Me ah heevany hadhiyaa ga bunefa in e dialogue eii Afeefa fahudhaa dhimaalah bunaa eccheh hen. Will wait for the next. Luv U sis. Stay quarantined.

    1. Shaleen says:
      September 16, 2020 at 6:53 pm

      Hey ?
      How’s you my dearest♥️
      Thanks a lottt ingey comment fenifaves v ufaavejje.
      Inthizaaru kuranikoh comment libifa meenee.
      Yusra v sakaraii dho Real Me..
      Ya fahudhu ah eheree meehakaa jehifa dho.hehehehe.?
      Ya faaidh ah lwbi libeythee dho..
      Let’s c kaaku bunaa ehcheitho?? Dho ?????
      Thanks for the guess ingey.
      Guess eh libuneema Hama varahhhhhhhh happy.?
      Luv u kudakuda aunty…❤️

  13. Kasshaf says:
    September 16, 2020 at 6:02 pm

    Pispis dharinney kiyaafa rasheedhaa ah libifa e thiby kon kahala kudhinnettha. Thaaniyaa ah ves fen dheyn latheef bunyma ivey. Rasheedha ge adu neeveny. E ulhey yusra ves maa malik vegen ulhey kamah hedhe ehnu eba. Mi part in hama ekam emme rulhi aee thaaniyaa men dheke?
    And hadhiyaaga ehen bunefa in meehaku hoadhaalan waiting. Guess kollaakah neyngunu hama.
    Waiting waiting

    1. Shaleen says:
      September 16, 2020 at 6:58 pm

      Thanks kassahaf?
      Shaleenge kasshafge commentakah balabalaa hutta mi catch vee dho.
      Yeah thaaniyaamen dho.
      Konkahala baehtha mee alhe,?
      Hadhiyaa dho???
      Guess Kollan nengun dho.?
      Okay let’s wait mivaan ulheny kongothakahthoww balan ?
      Thank you bodukoh
      Regular commenter..
      Lysm ?

  14. Lil sis says:
    September 17, 2020 at 6:23 pm

    Hey Shaleennnn! How’s yuh? Vhk hama vrh vrh reecchey. Keep it up! Fahudhu and Afeefa ge vrh majaa. I mean fahudhu ehn ulhey meehakah afeefage basthakunves ehaa varu vaathii dhw. Awwn that’s so sweet of faaidh. Haadha bas ahaa kujjekey Masha allah! Latheef ves mivii ehen v ma vrh hiyy heyo meehakah dhw. Hadhiyaa ga dheefa in dialouge heevanii mihaaru vaa gothun nama yusra noonii afeefa ge kameh hen. Ok.. Will wait for the next. Love you sis. Stay safe❤.
    Lots of love,
    Lil sis

    1. Shaleen says:
      September 17, 2020 at 8:16 pm

      Hi ? Lil sis
      I am pretty well dear ☺️
      Thanks for the comment sweet sweet Lil sis?
      Ya afeefa v gadha meeheidho..,,?
      Faaidh kahala kudhin madhuvaane asluves..
      Dhen latheef dho naseebeinnu emeeha ah alhaalaakan.
      Dialogue dho??
      Thee Hama dhen bodu guess eh ??hehe
      Keep waiting dear
      Lysm♥️

Comments are closed.

Next Episodeއިމްތިޙާން 27←


All Right Reserved!