Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-11

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
September 17, 2020 4 Mins Read
28 Comments

މަޑު ހިނގުމެއްގައި ދެމީހުން ގެޔާ ހަމައަށް އައެވެ. ދެބައި ވަކި ކުރުމަށް އިންދާފައި ހުރި ގަސްތައް ކައިރީ މަޑުކޮށްލަމުން އައިވިން ޖީބަށް އަތްޖަހާލިއެވެ https://erektilemed.de/. މިއީ ދެމީހުން ވަކިވާން ޖެހޭ ހިސާބުކަން އިނގުމުން އައިވިން ހުރީ ދާންބޭނުންނުވާ ގޮތަކަށް ހުއްޓިގެންނެވެ.

“އަޅުގަނޑު އެތެރެއަށް ވަނަސް މައްސަލައެއް ނެތްތޯ؟” އައިވިން ހަރަކާތެއް ކޮށްނުލާ ހުރުމުން ޒޯޔާ ދިޔުމުގެ ހުއްދައަށް އެދުނެވެ.

“ޒޯޔާއަށް ފާހަގަ ނުވިޔަސް އަހަންނަން ވަރަށް އުނދަގޫވެގެން މިއަހަނީ..ކީއްވެތަ ތިހާ މާތްބަހުން ތިވާހަކަ ދައްކަނީ..؟” އައިވިން ބޯ އަރިކޮށްލަމުން ޒޯޔާ އަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

“އައިވިން ފަދަ ބޭފުޅަކަށް އާދައިގެ ބަހުން ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންފަދަ އާދައިގެ މީހަކަށް އެކަށީގެންވާ ކަމެއް ނޫނެއްނޫންތޯ..” ޒޯޔާ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ.

“މިއީ ފަރަޤުގެ ވާހަކަ ދައްކަންވީ ވަޤުތެއް ނޫނެންނު.. މިހެން ޒޯޔާގެ ކުރިމަތީ އަހަރެން ހުއްޓިގެން ހުންނަ އިރު ތިބުނާ ފަރަޤެއް އަހަންނަކަށް ނުފެނޭ.. އެހެންނޫނަސް ދެން މިހާރު އަހަރެމެން ދެމީހުން މިއީ ދެ ރަޙްމަތްތެރިންނެއް ނޫންތަ..؟” އައިވިންގެ ވާހަކަ އާއި އެކު ޒޯޔާއަށް އައިވިން އާ ދިމާއަށް ބަލައިލެވުނީ ހައިރާންވެ ހުރެއެވެ. ރަޙުމަތްތެރިއެއްގެ ގޮތުގައި އައިވިން އޭނާ ދެކޭނެ ކަމަކަށް ޒޯޔާ އުންމީދެއް ނުކުރެއެވެ.

“ނޫންތަ..؟” ޖަވާބެއް ނުދީ ޒޯޔާ ބަލަހައްޓައިގެން ހުރުމުން އައިވިން އަނެއްކާވެސް އަހާލިއެވެ.

“ޒޯޔާގެ ބޭބީ ވެސް މިހާރު ފްރެންޑް ވެއްޖެ އަހަންނާ.. އެގަޑީގަ ހައިފައިވް އެއް ދިނޭ..” ޒޯޔާގެ ބަނޑުގައި އަތް ޖައްސާލި ވަޤުތަށް އިޝާރާތްކޮށް އައިވިން ސަމާސާ ގޮތަކަށް ބުނެލިއެވެ.

އައިވިންގެ ވާހަކައާއެކު ޒޯޔާއަށް ހީލެވުނެވެ. އެހިނިތުންވުން ފެނުމާއެކު އައިވިންގެ ތުންފަތަށްވެސް ހިނިތުންވުން ވެރިވީ އިޚްތިޔާރަކާ ނުލަައެވެ. ޒޯޔާގެ ކޮންމެ ހިނިތުންވުމަކާއެކު އޭނާގެ ހިތަށް ހިތްހަަމަޖެހުން ލިބިގެންދަނީ ކީއްވެކަމެއް ނޭނގެއެވެ.

“ސޯ ފްރެންޑްސް..؟” ސަލާމަށް އަތްދިއްކޮށްލަމުން އައިވިނަ ސުވާލުކުރިއެވެ. އިރުކޮޅަކު ހުއްޓިގެން ހުރުމަށްފަހު ޒޯޔާ އައިވިން އާ ސަލާމް ކޮށްލިއެވެ. ޒޯޔާގެ ކުޑަ ކުޑަ އަތުގައި ހިފާލި އައިވިންގެ ތުންފަތަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.

“ނައު ވީ އަރ އީކުއަލްސް.. ދެން މާތް ބަަހުން ވާހަކަ ނުދައްކާތި..” އައިވިން ޒޯޔާގެ އަތުން ދޫކޮށްލަމުން ބުނެލިއެވެ.

“ލައްބަ..މި..މ.. އޯކޭ..” ޒޯޔާ އަށް ލައްބައޭ ބުނެވުމާއެކު އައިވިން އުނަގަނޑުގައި އޭނާގެ އަތްވިއްދާލުމާއެކު ޒޯޔާ އަށް ބުނެވުނު ގޮތް ވިސްނި އަވަހަށް ރަނގަޅު ކޮށްލިއެވެ.

“ގުޑް ނައިޓް..” ޒޯޔާ އޯކޭ އޭ ބުނުމުން ހީލުމަށްފަހު އައިވިން ބާއްޖަވެރި ރޭގަނޑަކަށް އެދުނެވެ.

“ޒޯޔާ ފުރަތަމަ ވަދޭ ގެޔަށް.. ޒޯޔާ ވަނީމަ އަހަރެން ދާނަން..” އައިވިން ގެޔާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. ޒޯޔާ ބޯ ޖަހާލަމުން ގެއާ ދިމާއަށް ހިނގައިގަތެވެ.

“ޒޯޔާ..” ވަކި ހިސާބަކަށް ދެވުނުވަތާ އައިވިން ޒޯޔާއަށް ގޮވާލިއެވެ. ޒޯޔާ ފަހަތަށް އެނބުރި އައިވިން އަށް ބަލައިލީ ކިހިނެއްވީހޭ އަހާފަދައިންނެވެ.

“ސޮރީ.. ޒޯޔާގެ ގައިގަ ބައްދައިގަނެވުނީމަ..” ބޯކަހާލަމުން އައިވިން ލަދުން ހުރެފައިވެސް މަޢާފަށް އެދުނެވެ.

“އިޓްސް އޯކޭ..” ޒޯޔާ ހިނިތުންވެލުމަށްފަހު އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. ޒޯޔާ ގޮސް ގޭތެރެއަށް ވަނުމުން އައިވިން ވެސް ގެސްޓް ހައުސްގެ ތެރެއަށް ވަންނަން ހިނގައިގަތެވެ.
******

ނިދަން އޮށޯވެގެން އޮތް ޒޯޔާއަށް ވިސްނެމުން ދިޔައީ އައިވިން އާމެދުއެވެ. ފުރަތަމަ ދުވަހު ފެނުނު ސީރިއަސް ކަމާއި މަޑުމައިތިރިކަން އެކުލެވޭ އައިވިން  މިހާރު ފެންނަމުން އެދާ އައިވިން އާއި ހާސްބައި ތަފާތެވެ. ހީވަނީ މިރޭ އޭނާގެ ކުރިމަތީ އެހުރީ މުޅިން އެހެން މީހެއް ހެންނެވެ. އައިވިން ފުރަތަމަ ފެނުން ދުވަހުން ފެށިގެން މިރެއާ ހިސާބަށް ވީ ހުރިހާ ކަމެއް އެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ.

ފުރަތަމަ ޖޫސްތަށި ދިންވަޤުތު އޭނާއަށް ބަލައިލު ތޫނު އެހެނަސް އެއްވެސް އަސަރެއް ނުވާ ބެލުމެވެ. އޭނާގެ ގަޔަށް ފެން ޖެހުނު ދުވަހު ބަލަހައްޓައިގެން ހުރި ރުޅިވެރި ބެލުމެވެ. މަޖިލީސް މެންބަރުންގެ ޒިންމާދާރުކަން ކުޑަ ކަމުގެ ވާހަކަ ދެއްކިވަޤުތު އައިވިން އޭނާއަށް ބަލަހައްޓައިގެން ހުރި ފިނި ބެލުމެވެ. ކުއްލިއަކަށް އައިވިން އަށް އެފަދަ ބަދަލެއް އަައީ ކީއްވެބާއެވެ. އޭނާ ގެ ގައިގާ ބިރުން ބައްދަައިގެން ވަޤުތު ހަނދާން ވުމުން ޒޯޔާ އަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އޭނާ ބަނޑުގައި އަތްޖައްސައިގެން ހުރުމުން އައިވިން ހާސްވެފަައި އައި ގޮތް ހަނދާންވުމުން ޒޯޔާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އެތެރެ ހަށީގައި ނިދާފައި އޮތް އިޙްސާސެއް ހޭލަމުން ދާކަމުގެ ސިގްނަލްތައް ހަށިގަނޑު ދޭން ފަށައިފިއެވެ.
******

ކިންގް ސައިޒްގެ ފުޅާ އެނދުގެ ދެކޮޅަށް ފުރޮޅެމުން ދިޔަ އައިވިންގެ ލޮލުގައި ނިދީގެ އަސަރެއްނުވެއެވެ. އޭނާގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައީ ޒޯޔާގެ ރީތި ހިނިތުންވުމެވެ. ލަދުރަކި ކަމާއެކު ޒޯޔާ އިސްޖެހިގެން ދާ ގޮތެވެ.

އޭނާގެ ހިތުގަަައި ދަޢުރުވަމުން މިދަނީ ކޮންކަހަލަ އިޙްސާސްތަކެއް ހެއްޔެވެ. ޒޯޔާ ފެންނަ ހިސާބުގައި އޭނާގެ ހުރިހާ ވަޤުތެއް ހޭދަކޮށްލަން ބޭނުންވަނީ ކީއްވެބާއެވެ؟ ޒޯޔާ ނުފެނި ކިތަންމެ ކުޑަ ވަޤުތު ކޮޅެއްވިޔަސް އެ ސޫރަ ފެނިލުމަށް އެދި އެހިތް އެދި ހަޅޭއްލަވަން ފަށައެވެ.
*******

ހަފްތާއެއް ވޭތުވެގެން ދިޔައިރު ޒޯޔާ އާއި އައިވިންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ކޮންމެ ރެޔަކުވެސް ދެ އެކުވެެރިން ބެލްކަނިން ދިމާވެ ވާހަކަ ދައްކާ ހެދުމަކީ ދެމީހުންގެ އާދައެކެވެ. ހިތުގައި ފުންވަމުން އައި އިޙްސާސްތައް ދެމީހުންވެސް އެކަކު އަނެކަކަށް ވަނީ ސިއްރުކޮށްފައެވެ.

“ޒޯޔާ ފެމިލީގަ ހުންނަނީ ޒޯޔާ އެކަނިތަ؟ މިބުނީ އިތުރު ދައްތަ އެއް ބޭބެއެއް ނުހުރޭތަ؟..” މިރޭވެެސް އެހެން ރޭރެއާ އެއްފަދައިން ދެމީހުން ތިބީ ބެލްކަނީގައެވެ.

“އާން.. އާއިލާގަ އަހަރެން އެކަނި ހުންނަނީ.. އެހެންވެ މަންމައާއި ބައްޕަ ވެސް އަހަރެން ބަލާ ބޮޑުކުރީ ވަރަށް ލޯބިން.. އަހަރެން ބޭނުންވާ އެއްވެސް ކަމެއް އެދެމީހުން ނުކޮށްދީ ދުލެއް ނުކޮށްލާ..” ޒޯޔާ ކިޔައިދިނެވެ.

“ތިހެން ބުނީމަ މިހަނދާންވީ.. ޒޯޔާގެ ބައްޕައެއް ދުވަހަކުވެސް ނުދެކެން..” އައިވިން ކަމެއް ހަނދާންވާ ފަދައިން ބުނެލިއެވެ.

“ބައްޕަ.. ބައްޕަ މިހާރު ދުނިޔެއަކު ނެތް..” ޒޯޔާ އިސްޖަހާލަމުން ބުނެލި އިރު އެހިތި އިޙްސާސްތައް އަދިވެސް އަރުތެރޭގައި ނުފިލާ ހުރި ފަދައެވެ.

“ޒޯޔާ އަށް ވީގޮތް ފެނުމުން އައިވިން ކަންބޮޑުވިއެވެ. އެ ސުވާލު ނުކުރެވުނު ނަމައޭ ހިތަށް އަރަމުން ދިޔައެވެ.

“އައިމް ސޮރީ.. ” އައިވިން އަވަސް އަވަހަށް ބުނެލިއެވެ. އޭރު އެހިތް އެދި ގޮވަމުން ދިޔައީ ޒޯޔާ ގެނެސް އޭނާގެ އަތުތެރޭ ފޮރުވާލުމަށެވެ.

“އިޓްސް އޯކޭ.. އައިވިން ގެ ފެމިލީ ކިހިނެތް..؟” ޒޯޔާ އޭނާގެ އިޙްސާސްތައް ފޮރުވާލަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ.

” އަހަރެންގެ އާއިލާގަ ވެސް އިތުރު ކުއްޖެއް ނުހުރެ.. މަންމަ އާއި ބައްޕަ އަހަރެން ވަރަށް ކުޑަ އިރު ޑިވޯސް ވެއްޖެ.. އޭގެ ފަހުން ބައްޕަ އެއް ދުވަހަކުވެސް ނުދެކެން..” އައިވިން އުޑާ ދިމާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

އައިވިންގެ ވާހަކަ އަޑު އަހަން ހުރި ޒޯޔާ ދެރަވިއެވެ. އެންމެ ކުޑަ މިނުން އޭނާ އުޅެ ބޮޑުވީ މަންމައާއި ބައްޕައެއްގެ ލޯބި އިންތިހާއަށް ލިބިގެންނެވެ. ބައްޕަގެ އަޅާލުމާއި ލޯބި ނުލިބި ބޮޑުވުމަކީ އޭނާއަށް ނޭނގޭނެ އިޙްސާސެކެވެ.

“އައިމް ސޮރީ..” ޒޯޔާ އިސްޖަހާލަމުން ބުނެލިއެވެ.

“ހެހެ.. ކީއްވެގެންތަ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް އަބަދު މި މަޢާފަށް އެދެނީ..” އައިވިން އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުނެލިއެވެ.

“ކޮންމެ ގޮތެއްވިޔަސް މާޒީގަ ވެފަ ހުރި ކަމެއް އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެ.. އަހަރެވެންވެސް ބައްޕަ ހޯދާކަށް މަސައްކަތެއް ނުކުރަން.. އޭގެ ފަހުން އަހަރެންގެ ހުރިހާ މީހަކީވެސް މަންމަ.. މަންމަ އަކީ އޭރުން ފަށައިގެންވެސް ލޯޔަރެއް.. އަހަންނަށް ކިޔަވަދީ ބަލާ ބޮޑު ކުރީ މަންމަގެ އަމިއްލަ މަަސައްކަތުން.. މަންމަގެ ހުވަފެނެއް އަބަދުވެސް އަހަރެން މަޖިލީސް މެންބަރަކަށް ވުމަކީ..މިއަދު މަންމަގެ އެހުވަފެން އަހަންނަށް ކާމިޔާބު ކޮށްދެވިއްޖެ..” ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިވިން އިތުރަށް އޭނާގެ ހަޔާތާ ބެހޭ ގޮތުން ކިޔައިދިނެވެ.

ދެމީހުންވެސް އެގޮތުގައި ވާހަކަ ދައްކަން އިރުކޮޅަކު ތިބުމަށްފަހު އިސްވެ ނިދަން ދިޔުމަށް އެދުނީ ޒޯޔާއެވެ. އައިވިންވެސް ބޯ ޖަހާލަމުން އުފާވެރި ރޭގަނޑަކަށް އެދުނެވެ. ޒޯޔާ އާއެކު ކިތަންމެ ގިނަ ވަޤުތެއް ހޭދަކުރަން ބޭނުންވިޔަސް އޭނާއަކީ އަމިއްލަ އެދުން ބޮޑު މީހަކަށް ވާކަށް އައިވިން ނޭދެއެވެ.

ޒޯޔާ ކޮޓަރިއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕަން ދެން އައިވިން ބަލަހައްޓައިގެން ހުއްޓެވެ. އައިވިން މޭގައި އަތް ޖައްސާލީ ހަށިގަނޑު ތެރޭގައި އުފެދެމުން ދިޔަ އުދާސްކަމުން ދުރުވެވޭތޯއެވެ. މާދަމާ އޭނާ މިރަށަށް އައި ބޭނުން ނިމިގެން ދާނެއެވެ. ވޯކް ޝޮޕުގެ ނިންމުމުގެ ޖަލްސާގައި މާދަމާ ބައިވެރިވުމަށްފަހު އިތުރަށް ރަށުގައި ހުރުމުގެ ބޭނުމެއް އޭނާގެ ނުހުންނާނެއެވެ. ނަމަވެސް މާލެ ދިޔުމުން އޭނާގެ ހިތަށް ހިތްހަމަ ޖެހުމެއް ލިބޭނެބާއެވެ؟ ޒޯޔާ އާއެކު ހޭދަވި ވަޤުތު ތަކަށްފަހު އޭނާގެ އިޙްސާސްތައް މިރަށުގައި ފަސް އަޅާ ފޮރުވާލުމަށްފަހު އައިވިން އަށް ފުރައިގެން ދެވިދާނެ ހެއްޔެވެ؟

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ތިޔަ ލޯބި އަދު ލިބޭނެބާ 4

Next

ޔުމްނު (2)

Next
September 17, 2020

ޔުމްނު (2)

Previews
September 17, 2020

ތިޔަ ލޯބި އަދު ލިބޭނެބާ 4

28 Comments!

  1. Wonder says:
    September 17, 2020 at 2:49 pm

    First of all my biggest apologies for such a big delay.. Wonder ah internet connection eh nulibi mi dhethin dhuvaa dhiyaeema las vee story up kurunn.. ekamahtakaa kiyuntheringe kibain nihaayathah ma’aafah edhen.. mi part ehaa dhigen nuvaane..ekam dhn in part dhigukoh v avahah upkohladheynan In sha Allah.. unmeedhu kuran kiyuntherinnah mibaivea kamudhaane kamah.. story ah thidhehvaa support ah v bodah shukurihya.. ly all?❤❤❤

  2. Anonymous says:
    September 17, 2020 at 3:13 pm

    ?????Wow really nice
    Curiously waiting for the next part
    ?????????Lysm and tc wonder
    And btw me first dhw

    1. Een says:
      September 17, 2020 at 3:14 pm

      Sorry it was me I forgot to write my name

    2. Wonder says:
      September 18, 2020 at 12:48 pm

      It’s okay Een.. it happens..?❤

    3. Wonder says:
      September 18, 2020 at 12:48 pm

      Thank u soo much Een. V ufaavejje mi bai kamudhiyaeema. Next part In sha Allah avahah up kohla dheynan. Lymmm and u too tvgc.. yess u first dear.. congrats?❤

  3. Ju_juhey says:
    September 17, 2020 at 3:23 pm

    Comment nukuriyas.. vaahaka kiyan.. varah inthizaaru ga huttaa thi up kohllee.. varah rythi story.. waiting for the next part

    1. Wonder says:
      September 18, 2020 at 12:52 pm

      Thank u soo much Ju_juhey. V ufaavejje mi vaahaka kamudhiyaeema.. adhi vaahaka ah inthizaaru kuraakah ingunyma v ufaavejje.. In sha Allah v avahah next part up kohla dheynan?❤

  4. Izabell says:
    September 17, 2020 at 3:24 pm

    Hello wonder!???? How’s yuh? Btw, comment nukuriyas mi story gavaidhun kiyan hama.?? Varah interesting story eh mee.?? Mi part vx hama awesome. ❣️❣️ Nd Aivin is so handsome ?? Donno what to say ?? curiously waiting for next part ☺☺ ly

    1. Wonder says:
      September 18, 2020 at 12:54 pm

      OMG izabell!!! i was waiting for ur comment for sooooo looong..Im sooo sooo happyyy rn.. I hope u saw the comment i wrote in my last part of vaashey mashaa eky.. thank u soo much dear.. v ufaavejje mi vaahak kiyaakan ingunyma.. n soo happy to know u like the story and the characters. Next part v avahah up kohla dheynan In sha Allah.. lymmmm dear?❤

  5. Sher says:
    September 17, 2020 at 3:52 pm

    Alhey Aivin haadha loabi ey?????????????? Haha aslu ves Aivin vaahaka dhakka goiy hama varah loabi??? haha aslu hama mihaaru majilis member ekey bunaa varehves nun??? wonder hama molhiyyey dho vaahaka liyan??? ماشاءالله♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Rai aa Kail hama hadhaan vanee?? hehe mibaives varah varah salhi??❣️❣️ wonder mihaaru hama Laara mennah dhoonukurey??? ehaa ves molhuvejje????????????????????????????????????? Wonder dialogue thah genna gothah ehaa loabi koh comment nuliyevidhaane ingey???????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Stay safe???????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Wonder says:
      September 18, 2020 at 12:59 pm

      Awwn..sher thank u sooo much… As always ur comments make me super happyy.. v ufaavejje dear ah kamudhiyaeema mi part ves.. hehe.. i miss them too when i write this story.. n so Happy to know u liked the dialogues. Wow.. laara is one of my fav writers.. she is a big inspiration for me.. i have a long way to go there. Ekam ves v ufaavejje laara kahala molhu writer akaa wonder compare kohleema.. it really made me happyy.. no way..ur comment is more loabi than my dialogues.. u too stay safe dear?❤

  6. unknown queen says:
    September 17, 2020 at 7:15 pm

    Salhi Inge ????

    1. Wonder says:
      September 18, 2020 at 12:59 pm

      Thank u soo much unknown queen. V ufaavejje vaahaka kamudhiyaeema ?❤

  7. ?LamHaa? says:
    September 17, 2020 at 8:04 pm

    Wow Maasha allah V V reethi mi part vx sis
    Whn is nxt part sisoo.. Curiously waiting for nxt part
    Stay safe n Tc
    Lyyysssmmm

    1. Wonder says:
      September 18, 2020 at 1:00 pm

      Thank u soo much LamHaa.. v ufaavejje mi bai ves kamudhiyaeema.. next part In sha Allah tomorrow ga up kohla dheveythoa balaanan. U too stay safe and tvgc dear.. lymmmm?❤

  8. Livy says:
    September 17, 2020 at 9:08 pm

    Alheyyyy Aivin so cute ?????????????????????????Btw mi part ves Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Maa sha Allah ❤️❤️❤️sifa kohdhinun thah ves Varah Varah furihama ❤️❤️❤️❤️❤️ ❤️❤️❤️curiously waiting waiting waiting for the next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ❤️❤️❤️ Love you ❤️❤️❤️Take care ❤️❤️

    1. Wonder says:
      September 18, 2020 at 1:02 pm

      Thank u soo much Livy.. glad u find him cute.. anehkaa livy fall nuvahchey Aivin ah..hehe just kidding ingey.. awwn..sifa kohdhinun kamudhiyaeema v ufaavejje.. next part In sha Allah v avahah up kohla dheynan.. lymmm.. u too tvgc dear ?❤

    2. Livy says:
      September 19, 2020 at 10:31 am

      Hehehe.. Aslu ves wonder Varah balaigen story kiyan vaaanii ? ehen noonnee fall vedhaane ???????????????? Nd zoya Livy dheke varah rulhi Annaane eyrah???? Aslu dhen hama Aivin cute kamun kiyeniyyeyyy ??????

  9. Liyaa says:
    September 17, 2020 at 9:12 pm

    Mashaa allah v reethi vaahaka

    1. Wonder says:
      September 18, 2020 at 1:02 pm

      Thank u soo much Liyaa.. v ufaavejje vaahak kamudhiyaeema.. ?❤

  10. ?BLACK PINK says:
    September 18, 2020 at 11:04 am

    Ohhh….. Wonder Adhi laheh nuveyey.. Mivaru k ey story up kuran..BTW vvvvvvvvvvv salhi… Varah kamudhey… Mi prt
    Vs.. Aivin ah moya hee vejje Dhw Zoya ah hug eh dhevuneema… Hehehe.. Varah vvvvvvvvvvv nice.. I’ll always
    Supporting u… Keep going…. Im Curious with this prt also.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    N still I’m waiting…. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Wonder says:
      September 18, 2020 at 1:05 pm

      Thank u soo much Black pink for understanding.. it means a lot.. n v ufaavejje mi bai dear ah kamudhiyaeema..awwn..soo happy to know U’ll always b supporting me.. this made me really happy..thank youuu dear. Next part In sha Allah v avahah up kohla dheynan ?❤

  11. Ainth Jee says:
    September 18, 2020 at 11:34 am

    V furihama

    1. Wonder says:
      September 18, 2020 at 1:05 pm

      V bodah shukurihya Ainth Jee.. vaahaka kamudhiyaeema v ufaavejje ?❤

  12. Ainth Jee says:
    September 18, 2020 at 11:34 am

    Story

  13. Epiphany정국❇ says:
    September 18, 2020 at 6:47 pm

    Its okay ….No matter how late it is if it is nice its no problem……….Maashaa Allah v v v v v salhi……… ???????????This part also very nice……??????.. Don’t know what to say…… ????????Its very nice…..❤❤❤❤❤❤❤ ……Alhey Aivin erashu kuhjeh nama v salhi vees but its okay………Aivin dhiyaeema v sakaraai vaane………. When will zoya’s past will come…… I am very curious about her and Zafar’s relationship too………??? I like it……..????? keep it up……..curiously waiting for the next part…. ???????????????BTW how old are you??…….. Love you sisyyy….. ???????????Tc…..??????????????????????????????????????????????????????????????????????????????????????????????????????????????

    1. Wonder says:
      September 18, 2020 at 10:57 pm

      Thank u soo much Epiphany for understanding.. n soo happy u liked this part dear. Hingaa dhw Aivin dhn hadhany kihineh thoa balamaa.. story ge kuriyah huri baithakuga zoaya ge past ves unfold vamun dhaanyy hama..keep waiting ingey?. Yes..In sha Allah v avahah up kohla dheynan next part.. thanks for the motivation. Im 18 years old.. lymm dear.. n u too tvgc?❤

  14. ?flower? says:
    September 19, 2020 at 2:10 pm

    It’s ok ehbaa faharu ehenves vaane anyway vaahaka varah reethi Masha allah
    Waiting for the next

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-12←


All Right Reserved!