Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެރިއެއް ތނޫނީ މަށެއް ނޭދެމޭ..27

euphoria Level 210 Stories100 Login
September 13, 2020 4 Mins Read
24 Comments

” އޯހް ޔާން.. އައި މިސްޑް ޔޫ ބޭބީ ” އަޔާންގެ މެދު ހަށިގައި ބައްދާލަމުން އެ އަންހެން ކުއްޖާ ތުއި އަޑަކުން ބުނެލިއެވެ. އެއާއެކު ދެމީހުން ދެމީހުނަށް ގެއްލިފައި ތިބި އަޔާން އަދި މީޝާ އަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

*********************

ކުއްލިއަކަށް އައިސް ނުވެސް ދަންނަ ކުއްޖަކު އޭނާ އާ އެފަދަ ގޮތަކަށް މުޙާތަބު ކުރުމުން އަޔާން އަށްް ހީވީ އޭނާގެ ނޭވާގެ ހިނގުން ވެސް މަޑުޖެހިލިހެންނެވެ. އަދި ޙާއްސަކޮށް ދުރުގައި ހުރި މީޝާގެ ލޮލުގެ ތެރެއަށް ބޮނޑި ވަމުން ދިޔަ ބޮޑު ތިކި ކަރުނަތަށް ފެނި އަޔާން އަށް ޢޭނާގެ މޭގައި މީހަކު ހިފާ ފިއްތާލި ކަމުގެ އިހުސާސް ކުރެވުނެވެ. އަވަސް ހަރަކާތަކާ އެކު އޭނާގެ ގައިގައި ތަތްލަވައިގެން ކަހަލަ ގޮތަކަށް ހުރި އަންހެން ކުއްޖާ ވެސް ބާރު ބާރަށް ދުރުކޮށްލިއިރު އެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް މީޝާގެ މައުސޫމް މޫނުން ވަކި ނުވެއެވެ. އެ އަންހެން ކުއްޖާގެ މޫނު ބަލާލުން ވެސް އެއީ މާ މުހިއްމު ކަމަކަށް އަޔާން އަކަށް ނުވިއެވެ. އެއާ ޙިލާފަށް ފެނުނީ ބާރުބާރަށް މީޝާއާ ދިމާލަށް އޭނާގެ ފިޔަވަޅުތައް ސީދާކޮށްލި ތަނެވެ. ” އަޔާ ” ކުރިއަށް އަޅަ އަޅާ ހުރި ފިޔަވަޅު އަޔާން އަށް މަޑު ޖައްސާލެވުނީ ފަހަތުން އިވުނު އަންހެންވަންތަ އަޑުންނެވެ. އާނ އެކެވެ. އެއަޑަކީ އޭނާ އަށް ދުވަހަކު ވެސް އޮޅޭނެ އަޑެއް ނޫނެވެ. އެ ނަމުން ދުވަހަކު ވެސް އެހެން މީހަކު ގޮވުމަށް ނުރުހުނު އަޑުގެ ވެރިއެވެ. އެ ނަމުގެ ސަބަބުން އަޔާން ގެ ޒުވާން ހިތުގެ ހިނގުން ފުރަތަމަ ފަހަރަށް އަވަސް ކުރުވުމުގެ ފުރިހަމަ ޝަރަފު ހޯދުނު ކުއްޖާއެވެ. އަދި އެ ހިތުގައި ލޯބި ފުރަތަމަ ފަހަރަށް އުފަންކުރުވި އަންހެން ކުއްޖާއެވެ.

” ލިއު ” މަޑު އާހަކާ އެކު ލިއުޝާގެ ނަން އަޔާންގެ އަނގައިން ނުކުތީ ބޭއިޙްތިޔާރުގައި މަޑު މަޑުން ކިރިޔާ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށެވެ. އިތުރަށް ޔަޤީން ކުރުމަށްޓަކައި ފަސް އެނބުރި އަޔާން ބަލައިލި އިރު އޭނާގެ ކުރިމަތީ ހުރި ގޭގެ ދޮރުމަތީގައި ރޮވިފައި ހުރި މީޝާ މަތިން ކުޑަކޮށް ނަމަވެސް ހަނދާން ހުރިހެނެއް ހިޔެއް ނުވެއެވެ. ފުރަތަމަ ލޮތްބަކީ ހަނދާން ނައްތާލަން ހަމަ އެހާ އުނދަގޫ ކަމެއް ބާއެވެ؟ ތިމާގެ ހިތުންނާ ސިކުނޑިން ފޮހެލަން އުނދަގޫ ރާސްތާއެއް ބާއެވެ؟

***********************

ލިއުޝާ އާއި އަޔާން ދިމާވީ އަޔާން އޭނާގެ އާއިލާ އާއެކު އޮސްޓްރޭލިއާ އަށް ކުރި ދަތުރަކުންނެވެ. އަޔާން އަކީ އާޔަން އާއި އަޔާނީ ގެ ހުރި ހަމައެކަނި ދަރިފުޅު ކަމުން އަޔާން ގޮވައިގެން ކޮންމެ އަހަރެއްގެ ވެސް ޗުއްޓީގައި ކޮންމެސް ގައުމަކަށް ނޫނީ ރަށަކަށް ދިއުމަކީ އެ ދެމަފިރިންގެ އާދައެކެވެ. ހުރިހަމައެކަނި ދަރިފުޅުގެ އުފަލަކީ އެ މީހުންގެ ވެސް އުފާ ކަމުގައި ދެކިގެން އެ ދެމަފިރިން އަޔާން ބަލާ ބޮޑުކުރީ އެ ދެމަފިރިންގެ ދެ ލޮލުގެ ކޮއެ ފަދައިންނެވެ. އެ ދެމަފިރިން އަޔާން އަށް ދިން ހެޔޮ ތަރުބިއްޔަތު ކިތަންމެ ހާ ވެސް ރަނގަޅަކަށް އަޔާން އެ ދެމަފިިރިން ދެކެ ވަމުން ދިޔަ ލޮތްބާ ރިވެތި އަޙްލާޤުން ދޭހަ ކޮށްދެއެވެ.

އެއީ ވެސް އެފަދަ ގޮތަކަށް އެ ދެމަފިރިން އަޔާން ގޮވައިގެން އޮސްޓްރޭލިއާ އަށް ކުރި ދަތުރެކެވެ. އަޔާން އޯލެވެލް ހަދާ ނިންމުމަށްފަހު ހޯދި ރަނގަޅު ނަތީޖާގެ ސަބަބުން އެ ދެމަފިރިން އަޔާން އަށް ހަދިޔާކުރި ދަތުރެކެވެ. އުފަލާ މަޖަލުގައި ދުވަސްތަށް އެ ކުޑަ ކުޑަ އާއިލާ އެކުގައި އޮސްޓްރޭލިއާގައި ހޭދަކުރަމުން އައިސް އެ ތަނަށް ދިޔަތާ ހަފްތާއެއް ވީ ދުވަހު އާޔަން ގެ ދެމަފިރިން އެމީހުންގެ ރަހުމަތްތެރި އެއްގެ ގެއަށް ދިޔައީ އެ މީހުން އޮސްޓްރޭލިއާ އަށް އައި ޙަބަރު ލިބުމުންނެވެ. އެ ދުވަހު އަޔާން ދާން ބޭނުން ނުވުމުން އެ ދެމަފިރިން ދިޔައީ އަޔާން ގޭގައި ބަހައްޓާފައެވެ. ގޭގައި އެކަނި އިންނަން ފޫހިވުމުން ކައިރީ އޮތް ޕާކަށް ދިއުމަށް އަޔާން މިސްރާބު ޖެހީ ޒީވާން މެންނަށް ގުޅާ ގުޅާ އެ މީހުން ފޯން ނުނެގުމުން އެ މީހުނަށް ވެސް ކުދި ކިޔަމުންނެވެ. ޕާރކް ތެރޭ ހުރި ބެންޗް އެއްގައި އަޔާން ހަމަޖެހިލި ވަގުތުވީ އެ ބެންޗް ގެ އަނެއް ފަރާތުގައި އައިސް އެހެން އަންހެން ކުއްޖަކު ވެސް އިށީން ވަގުތަށެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަޔާން ގެ ނަޒަރު އެ ފަންމިއްޔެއް ފަދަ އަންހެން ކުއްޖާ އަށް ހުއްޓުނެވެ.

އިސްކޮޅުން ދިގު ލޫޅާފަތި އަންހެން ވަންތަ ހަށިގަނޑެކެވެ. ދޮންއަލި ހަށިގަނޑަކާ އެކު ލިބިފައިވާ ބައްޓަން ރީތި ހެޔޮވަރު ހަށިގަނޑުން ފިރިހެނުންގެ ހިއްސުތަކާ ކުޅެލުން އެއީ މާ ބޮޑު ކަމަކަށް ވާނެ ހެނެއް ހިޔެއް ނުވެއެވެ. ބޮޑު ލޮަލަށް ހިޔާ އަޅަމުން ދިޔަ ދިގު އެސްފިޔަތަކުން މޫނުމައްޗަށް ވެރިވެފައި ވަނީ އައު ދިރުމެކެވެ. ދެލޯ ވަށައިގެން އަޅާފައި ހުރި އަނދުނުން އެ ބޮޑު ދެލޮލުގެ ހުދުކަން އިތުރުކުރުވާފައިވާ ފަދައެވެ. ފިޔާތޮށިކުލައިގެ ކުޑަ ކުޑަ ތުންފަތުގެ ވަށައިގެން ގަދަ ރަތް ކުލަ ޖައްސާފައިވާއިރު ގުދުރަތުން އެ އަންހެން ކުއްޖާ އަށް ދެއްވާފައި އޮތް އުނަގަނޑާ ހަމައަށް ހުރި ބުޅި ބުޅި އިސްތަށިގަނޑުން އެ ރީތިކަން އެތަށް ގުނައަކަށް އިތުރުވެފައިވާ ފަދައެވެ. ލައިގެން ހުރި ކުރުކުރު ސޯޓު ކޮޅުންނާ ކުރު އަތެއްލީ ކުޑަ ކުޑަ ޓޮޕްކޮޅުން އެއީ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ދޭހަވެއެވެ. ފުރަތަމަ ނަޒަރުން ވެސް އަޔާން އެ އަންހެން ކުއްޖާ ދެކެ ފޫހިވީ ހަމަ އެކަނި އެ ސަބަބަށް ޓަކައެވެ. އެ ގޮތަށް ހަށިގަނޑު މާ ހާމަކަން ބޮޑު ގޮތެއްގައި ފާޅު ކޮށްގެން ތިބޭ އަންހެން ކުދިންދެކެ އަޔާން ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. އެހެން ކަމުން އިސްޖަހާލަމުން އަވަހަށް އެތަނުން ނުކުތުމަށް އަޔާން ހިނގައިގަތް އިރު އެ އަންހެން ކުއްޖާއަށްޓަކައި މަޑުވެފައިވި އަޔާންގެ ހިތުގެ ހިނގުން ބާރު ވެއްޖެކަން ނުދެނަހުއްޓެވެ.

ދުވަސްތަށް އެ ގޮތުގައި ފާއިތުވަމުން ގޮސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަޔާން އަށް އެ އަންހެން ކުއްޖާ ފެނުމުގެ ނަތީޖާ އަކަށްވީ އަޔާންގެ ބަސްނާހާ ހިތް އެ އަންހެން ކުއްޖާގެ ލޮތްބަށް އެދެން ފެށުމެވެ. ކޮންމެ ރެއެއްގެ ނިދި ހަމައެކަނި އެންމެ ސޫރައަކަށް ޓަކައި ހަރާބުވަމުން ދިޔައީ އަޔާން އަށް އެ އަންހެން ކުއްޖާ ދެކެ ވެވުނު ތެދުވެރި ލޯބިންނެވެ. އެ ގޮތުގައި އެއްމަސް ފާއިތުވެގެން ދިޔައިރު އަޔާން އަށް ކެތް ނުވެގެން އެންމެ ފަހުން އެ އަންހެން ކުއްޖާ އަށް ލޯބި ހުށައެޅުމުން ޖަވާބު ލިބުނީ އަޔާން ހިތް އެދުނު ގޮތަށެވެ. އެ ދުވަހަށް ފަހު ލިއުޝާ އާއި އަޔާންގެ ނަން ލޯބިވެރިންގެ ލިސްޓުގެ އެންމެ ކުރީގައި ރަން އަކުރުން ފަވާލެވުނު އިރު ދެމީހުންގެ ލޯބީގެ ބަގީޗާގައި އެތަށް މަލެއް ފޮޅެމުން ދިޔައީ ފަރުދާގެ ފުރަގަހުގައި ލިއުޝާ ކުޅެމުން ދިޔަ ކުޅިގަނޑުގެ ހިލަމެއް އަޔާން އަށް ނުވާ ހާލުގައެވެ. ފަހުން ދައްކަން ހިތުލައިގެން ހުރެ އަޔާން ލިއުޝާގެ ވާހަކަ މައިނެބަފައިންނަށް ވެސް ސިއްރުކުރީ ލިއުޝާގެ އެދުމަށެވެ.

ދުވަހަކީ އަޔާން އޭނާގެ އަމިއްލަ ފަސްގަނޑަށް ދިއުމަށްޓަކައި ފުރަން އޮތް ދުވަހެވެ. ފުރުން ހަމަޖެހިފައި އޮތީ ރޭގަނޑަށް ކަމުން އަޔާން ބޭނުންވީ އެ ދުވަހުގެ ދުވާލު ގަޑި ލިއުޝާ އާ އެކު ހޭދަކޮށްލުމަށެވެ. އެހެން ކަމުން މަންމަ ކައިރި މިކޮޅުގައި ހުރި ރައްޓެއްސެއް ކައިރިއަށް ގޮސް އެބަ އަންނަމޭ ބުނެ ގެއިން ނުކުތީ ލިއުޝާގެ ގެއަށް ދިއުމަށެވެ. ދުވަހަކު ވެސް އެގެއަށް އަދި އަޔާން ގޮސްފައި ނުވި ނަމަވެސް މިއަދު އަޔާން ބޭނުންވީ އެ ގެއަށް އޭނާ ގޮސް ލިއުޝާ އަށް ސަޕްރައިޒް އެއް ދިނުމަށެވެ. ނަަވެސް ކަންވީ އަޔާން އުންމީދުކުރި ގޮތަކަށް ނޫނެވެ. ލިއުޝާގެ ކޮޓަރި ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން އަޔާން ހުރި ތަނަށް ހުއްޓުން އަރައިގެން ދިޔައިރު ދެލޯ މަރާ ތަގުޅި ކޮށްލި ގޮތުން އެތެރިން ފެނުނީ ބަލަން ކެތް ވާވަރުގެ މަންޒަރެއް ނޫންކަން ދޭހަވާހާވެއެވެ. އެ މަންޒަރުން އެކަނި ވެސް އަޔާން އަށް ހީވީ އޭނާގެ ހިތަށް އެއްފަހަރާ އެތަށް ތީރެއް ހަރާލެވުނު ހެންނެވެ. ލިއުޝާ އަށް ސަޕްރައިސް އެއް ދޭން އައި ނަމަވެސް ފަހުވަގުތު ސަޕްރައިސް މި ލިބުނީ އޭނަ އަށެވެ. އެ މަންޒަރު އޭނައަށް ފެނުމުގެ ކުރިން އޭނާގެ ލޮލުގެ ފެނުން ގެންދެވި ނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ އަޔާންގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ.

( ނުނިމޭ )

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

euphoria

Level 210 Stories100 Login

Other Articles

Previous

ސަޕްރައިޒް

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..28

Next
September 13, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..28

Previews
September 13, 2020

ސަޕްރައިޒް

24 Comments!

  1. NAANI says:
    September 13, 2020 at 11:45 am

    Vrh reethi mi part ves????masha allah❤️❤️❤️
    Keep it up❤️❤️❤️
    Curiously waiting for the next part….
    Tc❤️❤️

    1. euphoria says:
      September 13, 2020 at 11:55 am

      thnk yuh sooo much dear.. means a lottt… keep waiting insha allah nxt part vs hama miadhu kiyaalan libeyne… u too dear tc nd stay safe

  2. Lam ? says:
    September 13, 2020 at 12:09 pm

    ❤️❤️❤️❤️❤️Wow Maasha allah v reethi mi part vx euphoria sis
    Liusha ey Ayaan ge first love dhw.. Ekam Liusha Haadha hadi ey ulheuley.. Meesha vx V dhera vaane dhw Ayaan enme sikunthakah vx Meesha mathin handhaan nethunyma..n kobaatha Naayoo.. V miss vi mi part keeiru naaya mathin.. Hehehe
    Curiously waiting for nxt part sisoo
    Stay safe
    Lyyysssmmm

    1. euphoria says:
      September 13, 2020 at 2:51 pm

      awwwnnn thnk yuh sooo much lam dear… labba dear liusha eii ayaan ge first love… ys liusha ulhun v hadi dhw dear… yes vv dheravaane dhw meesha .. eheh naayoo annaane nxt part ga… hehe dear ok dhn wait nukuriyas nxt part ah e othy publish vefa mihaaru nxt part avahah kiyaalaa ngey sis ge sweet lam…
      u tooo darl stay safe nd lymmmm nd more..

  3. unknown queen says:
    September 13, 2020 at 1:27 pm

    Wow vvv salhi and kobaatha naayoo and iyaash.. I feel solo bad for meesha?
    Curiously waitinggg ?
    Stay safe stay home?
    Lysm TC♥️

    1. euphoria says:
      September 13, 2020 at 2:54 pm

      thnk yuh soo much dear.. really means a lot… nayoo nd iyaash annaane nxt part ga ingey dear… asluvs dhw dear kiihkuraaniii lets see dhw meesha ah vaa goih vs dhn… its published already so no need to wait darlll….hehe…avahah kiyaalaa ngey…
      u tooo darlll stay safe nd tc… lymm nd more dear..

  4. Epiphany. says:
    September 13, 2020 at 2:25 pm

    Maashaa Allah V v v v v v v v v v v Salhi…….
    Soooo nice…. I like it v v much……. It’s so nice that I even don’t know if there is a mistake…… Keep it up……. Luv ya……. TC…..

    1. euphoria says:
      September 13, 2020 at 2:56 pm

      alheyyyy thnk yuh thnk yuh thnk yuh sooo much dear.. really really means a lott…. umm so glad to see those lovely words… dear kurii part ah kohfa inh cmmnt kiyaalaafa vs v happy vi.. thnk yuh… lymmmm nd more dear… tc

  5. Anonymous says:
    September 13, 2020 at 2:31 pm

    Masha Allah ❤️ varah reethi…ekamu hama thankolheh kuree…but I love it…….next in part avahah up kohdheyne kamah ummeedhu kuran

    I’m not a bad anonymous

    1. euphoria says:
      September 13, 2020 at 2:57 pm

      thnk yuh sooo much dear…. means a lot…. yh i knw dear thankolheh kurukan mi part umm so srry fr that… nxt part einiii publish vefa avahah kiyaalaa ngey dear…

  6. ?Ril? says:
    September 13, 2020 at 3:06 pm

    Wow mi part ves vrh sali
    Masha Allah keep it up sis
    Fainally vrh wait kurin this stry ah kiyaalan libuny maa vrh happy vehje
    Aley meeshaa dhw plss Sis ayaan aa meeshaa aa demeehun durunukuraachey
    Luv uuuu
    Stay safe

    1. euphoria says:
      September 13, 2020 at 6:02 pm

      awwwn thnk yuh sooo much sis ge loabi loabi riloooo…. vv ufaaveje riloo happy v ma sis vs… nd im so srry riloo lavva ehaa wai kurevuniima… lets see dhw dear meesha nd ayaan ah vaa goih vs.. lymmm nd more dear.. stay safe..

  7. Lotus? says:
    September 13, 2020 at 3:46 pm

    ❤️Masha Allah mi prt vs Vrh salhi
    Alhey I feel bad for meeshaa
    ❤️❤️❤️Lyssssm sisoo

    1. euphoria says:
      September 13, 2020 at 6:04 pm

      thnk yuh soo much dear… yh asluvs dhw dear meesha ah v gothun v dhera ey dhw…
      lymmm nd more darlll..

  8. ?Xeen? says:
    September 13, 2020 at 7:25 pm

    Sis varah reethi mi part vx
    ❤️❤️❤️❤️❤️❤️❤️❤️❤️❤️Masha Allah
    Sis mi part ah eha long cmnt eh nukuriyas OK dhw
    Mi part varah imotional
    Lysmmm sis

    1. euphoria says:
      September 15, 2020 at 11:57 am

      thnk yuh sooo much xeen darlll… labba hama okay ey loabi loabi xeen ehaa long cmmnt eh nukohliyas.. lymmm nd more darll…

  9. ?Flower? says:
    September 14, 2020 at 7:16 am

    Wow sis mi part ves varah reethi masha Allah keep it up sis meesha and ayaan dhuru nukuraachee sis
    Waiting for the next
    Lysm❤️❤️❤️

    1. euphoria says:
      September 15, 2020 at 11:59 am

      thnk yuh sooo much dear… means a lot…. lets see dhw meesha nd ayaan ah vaa goih vs… lymmm darlll…

  10. YAMIKKO says:
    September 15, 2020 at 8:57 am

    Masha Allah ❤️❤️ varah salhi. Keep it up sis ❤️❤️

    1. euphoria says:
      September 15, 2020 at 12:01 pm

      Hey brw thnk yuh so much fr the lovely nd supportive words… really means a lot to me…

  11. Aiman❤️ says:
    September 17, 2020 at 12:34 pm

    Vh shalhi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️❤️❤️❤️?????????????you liyafa huri vaahakath☺️☺️☺️☺️?❤️❤️❤️❤️❤️❤️I❤️to reading stories

    1. euphoria says:
      September 22, 2020 at 1:31 pm

      thnk yuh so much…..

  12. Aiman❤️ says:
    September 17, 2020 at 12:40 pm

    You liyafa hurihaa Vrh salhi ingaa maashaa Allah❤️❤️❤️❤️?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  13. ❤️Aiman❤️ says:
    September 17, 2020 at 12:42 pm

    You liyafa hurihaa Vrh salhi ingaa maashaa Allah❤️❤️❤️❤️?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

Comments are closed.

Next Episodeލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..28←


All Right Reserved!