ހިތަކުން ނުފިލާނެ 10
” ހާދަ ވަރަކަށް ގޮވައިފީމޭ….! ރޭގަ ކިހާއިރަކު ގެއަށް އައީ….؟ ” ކޮޓަރީ ތެރެއަށް ވަންނަމުން ވަދީފާ ބުނެލިއެވެ. އެވަގުތު ލެޕްޓޮޕުން ހުޅުވާފައި އިން މައިޝާގެ ފޮޓޯގަނޑު ވަދީފާއަށް ފެނިފައި ހިނގުން މަޑުޖެހިލިއެވެ.
” މީކޮން ކުއްޖެއް…؟ ” ވަދީފާ ގޮސް އެނދުގައި އިށީންދެފައި ލެޕްޓޮޕް ނަގާ ބަލާލަމުން ބުނެލިއެވެ.
” ތީ އޮފީސް ކުއްޖެއް…! ” ފާޒިންވެސް އައިސް ވަދީފާ ކައިރީ އެނދުގައި ޖައްސާލިއެވެ.
” އަދިވެސް އޮތީތަ….؟ ދެން ތެދުވެބަލަ ސައިބޯން ދާން….! މިހާރު އެއޮތް އެގާރަ ޖެހީ….! ” ލެޕްޓޮޕް އެނދުމަތީގައި ބަހައްޓަމުން ވަދީފާ ބުނެލިއެވެ. ފާޒިން ފާހާނަޔަށް ވަނުމުން ވަދީފާ ނިކުމެގެން ގޮސް ފާޒިންއަށް ސައިތައްޔާރު ކުރަންފެށިއެވެ.
ދުވަސްތައްފާއިތުވަމުންދެއެވެ. ފާޒިންއާއި މައިޝާގެ އެކުވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. ފަރިޝާ އާއި ސާލީ މާލެއައީ ވަދީފާގެ އެދުމަށެވެ. ކުރީފަހަރާ ހިލާފަށް ފާޒިން ސާލީމެން ބަލާ އެއާރޕޯޓަށްވެސް ދިޔައެވެ. ސާލީ ހުރީ އޭނަގެ ހުވަފެންތަށް ކާމިޔާބު ވާންއުޅޭކަމުގެ ކުލަވަރު ފެންނާތީ ވަރަށް އުފަލުންނެވެ. ސާލީމެން ގެއަށްއައިސް ވަންއިރު ވަދީފާ ގޭގެ ސިޓިންގްރޫމްތެރޭގައި ޓީވީ ހުޅުވާލައިގެން އިނީ އެމީހުންގެ އިންތިޒާރުގައެވެ.
” އަވަހަށްއާދޭ…! ” ފަރީޝާމެން ފެނުމުން ވަދީފާ ތެދުވަމުން ބުނެލިއެވެ. ކުޑައިރުކޮޅެއްފަހުން އާމިރުވެސް އައިސް ގެއަށް ވަނެވެ.
” ކޮންއިރަކު އައިސްގެން ތިއުޅެނީ….! ” އާމިރުއައިސް ބަދިގެއަށްވަންނަމުން ބުނެލިއެވެ.
” ދެންމެ މިއައީ….! ” ހިނިތުންވެލަމުން ސާލީ ބުނެލިއެވެ.
” ފަރިޝާމެން އައީ އަހަރެން ބުނެގެން…! މިދުވަސްކޮޅު ސާލީގެ ކިޔެވުންވެސް ނޯންނާތީ އަހަރެން ގުޅާފައި ބުނީ އަންނާށޭ…! ” އާމިރުއަށް އިތުރަށް އޮޅުން ފިލުވައިދިނުމުގެ ބޭނުމުގައި ވަދީފާ ބުނެލިއެވެ. އެވަގުތު ފާޒިންވެސް އައިސް މަޑުކޮއްލިއެވެ.
” ހާދަ އޮލަވާހަކައެއްގައި….! ” ފާޒިން އައިސް ސާލީއާއި ޖެހިގެން ހުރިގޮޑީގައި އިށީނުމުން އާމިރުގެ މޫނުމައްޗައް ހިނިތުންވުމެއްވެރި ކޮއްލިއެވެ. އެކަން ވަދީފާއަށްވެސް ފާހަގަ ކުރެވުނެވެ. އިރު ކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު ފަރީޝާމެން ކޮޓަރިއަށް ވަނުމުން ވަދީފާއާއި އާމިރުވެސް ގޮސް ކޮޓަރިއަށްވަނެވެ. ފާޒިން އަވަސް އަވަހަށްގޮސް ލެޕްޓޮޕް ހުޅުވާލާފައި ހެޑްސެޓް ނަގާ ކަންފަތަށް ޖަހާލީ ސާލީމެން ދައްކާ ވާހަކަ އަޑުއަހާލުމެގެ ބޭނުމުގައެވެ.
” ވަދީފާ…! އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ސާލީއާއި ފާޒިންގެ ކައިވެނީގެ ކަންތައް ނިއްމާލަން….! ” އެނދުގައި އޮށޯވެލަމުން އާމިރު ބުނެލިއެވެ.
” ފާޒިން ކައިވެނި ކުރަންބޭނުންނަމަ ހަމަ ކުރަންވީ… އާމިރޫ…! ފާޒިންކައިރީގައި އެއްފަހަރުވެސް އަހާލަބަލަ އޭނަ ކާކާތޯ އިންނަން ބޭނުމީ…! ” ވަދީފާއައިސް އާމިރުގެ ކައިރީގައި އިށީނެވެ. ނަމަވެސް އާމިރުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނުތާގައި ނިތްކުރިމައްޗައް އަތް އަރުވާލައިގެން އޮތީއެވެ.
” ކޮންކަމަކާ ތިވިސްނަނީ….! ” އާމިރު ފުންހިޔާލަކަށް ގެއްލިފައި އޮއްވާ ވަދީފާ ބުނެލިއެވެ.
” ފާޒިން ނުގަބޫލްނަމަ މިހުރިހާ ދުވަސްވިއިރު އޭނަ ބުނާނެއްނު…..! އެކަމަކު އެވާހަކައެއް ނުދައްކައެއްނު..! އެކަމަކު ދެން ސާލީ އިންނަން ބޭނުންނަމަ ފާޒިންއާއި ޖެހޭނީ މިކައިވެނި ކުރަން….! ” އާމިރު އޮތްގޮތަށް އޮވެ ވާހަކަ ދެއްކިއެވެ.
” އާމިރުއަށް ކިހިނެއް އެނގޭނީ ސާލީގެ ބޭނުމަކީ ކޮބައިކަމެއް….! ފަހަރެއްގަ ސާލީވެސް އުޅެފާނެ ޒާހިރުގެ ނިންމުމަށް ދެކޮޅު ހަދަން ނުކެރިގެންވެސް…! ” ވަދީފާ ވާހަކަ ދެއްކީ ވަރަށް ވިސްނުން ތެރިކަމާއެކު އާމިރުއަށް ވިސްނައިދޭ ކަހަލަ ގޮތަކަށެވެ.
” ތިބުނާހެން ވެއްޖެނަމަ އަހަރުމެން ދެމީހުންގެ އެކުވެރިކަމަށްޓަކައި ދެދަރިންގެ ދިރިއުޅުން ދޯ ބަރުބާދު މިކޮއްލެވުނީ…! ” އާމިރު ވަދީފާގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
” މަންމާ…! އަހަންނަށް ހީވަނީ ވަރަށް އަވަހަށް އަހަރުމެންގެ ކައިވެނި އޮންނާނެހެން….! ބައްޕަވެސް އާމިރުބޭބެ ކައިރީގައި ބުނެގެން ވިޔަފާރިއެއް ފެށިނަމަ އަހަރެން ނުޖެހޭނެ ދޯ ފާޒިންއަކާއި އިންނާކަށެއް…! ” ފާޒިންއަށް ސާލީގެ އަޑު އިވުނެވެ.
” ދަރިފުޅު ތިކައިވެނި ކޮއްފަ ދުވަސްކޮޅަކުން ވަރިވީމަ ބައްޕަގެ ހިތަށް ކީކޭއަރާނީ….! އޭރުން ފާޒިންއަށް ތިދެވުނީ ކިހާބޮޑު ދެރައެއް….! މީގެ ކުރިން މަންމަވެސް ހީކުރީ ފާޒިން ދަރިފުޅުދެކެ ލޯބި ނުވާކަމަށް…! އެކަމަކު…..! ” ޒަރީނާ އެހިސާބައް ބުނެފައި ހުއްޓާލިއެވެ.
” މަންމަ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ….! މީގެ ކުރިން ތިކަހަކަ ވާހަކައެއް މަންމަ ނުދައްކަމެއްނު…! ” ސާލީއަށް ޒަރީނާ ދެއްކި ވާހަކައެއް ގަބޫލެއްނުކެރުވުނެވެ. އެންމެ ކުރިންސުރެވެސް ދެކެމުންއައި ހުވަފެނަކީ މުއްސަދި އަރާމް ދިރިއުޅުމެއް އުޅޭތަނެވެ. ފާޒިންގެ މުއްސަނދިކަމުގެ ފައިދާ ނަގައިގެން އަރާމްގައި ދިރިއުޅެމަށް އޭނަ ދެކެމުން އައި ހުވަފެން ކޮންމެ ގޮތެއް ހަދާފައިވެސް ހަގީގަތަކަށް ހަދަން ސާލީބޭނުންވެއެވެ.
” ދަރިފުޅު ތިބުނީ އާމިރުބެ ދަރިފުޅަށް ވިޔަފާރިއެއް ފަށައިދީފިއްޔާ ދަރިފުޅު ފާޒިންއަކާއި ކައިވެންޏެއް ނުކުރާނަމޭތަ…..؟ ” ޒަރީނާގެ އަޑުއިވުނެވެ. އެކަމާ ސާލީ އެއްޗެއް ނުބުނި ނަމަވެސް ޒަރީނާގެ އަޑު އިވުމުން ފާޒިންގެ ތުންފަތްމައްޗައް ހިނިތުންވުމެއްވެރިކޮއްލިއެވެ.
” މަންމާ…! ” ބަދިގޭގައި ހަނޑޫ ކޮޅެއް ހޮވަން އިން މުނީރާއަށް މިސްރާ ކޮޓަރިތެރެއިން ގޮވާލި އަޑު އިވުނެވެ.
” ކިހިނެއްވީ….؟ ” މުނީރާ ތަށި ބަހައްޓާފައި އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމުން މިސްރާ އިން ގޮތްފެނިފައި އަހައިލެވުނީވެސް ތަންކޮޅެއް ބާރަށެވެ. އޭރު މިސްރާގެ ލޮލުން ކަރުނަ ފައިބަމުންދެއެވެ.
” ބައްޕަ.. ” މިސްރާއަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ.
” ބައްޕަޔަށް ކިހިނެއްވީތަ…؟ ބުނެބަލަ…! ” މުނީރާ ގޮސް މިސްރާ ގައިގައި ހިފައި ތަޅުވައިގަންނަމުން ބުނެލިއެވެ. ނަމަވެސް މިސްރާއަކަށް ވާހަކައެއް ނުދެއްކުނެވެ. އަނގަމަތީގައި އަތްއަޅައިގެން އިންގޮތަށް ދެލޯބޮޑުވެފައި އިނީއެވެ. އެވަގުތު މުނީރާ މިސްރާގެ އަތުގައި އޮތް ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއެވެ.
” ހާދީ ވަރަށް ބޮޑަށް ބަލިވެގެން އެނމަޖެންސީކޮއް މާލެ ގެންގޮސްފި….! ” އެކޮޅުން ފިރިހެނެއްގެ އަޑު އިވުނެވެ. މުނީރާއަށްވީވެސް މިސްރާއަށް ވީވަރެވެ. އަނގަޔަކުން އަޑެއް ބޭރެއްނުވިއެވެ. ދެލޯ ބޮޑުކޮއްގެން އިނދެވުނީއެވެ.
” ހަލޯ..! ހަލޯ..! އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ….! ” މުނީރާގެ އަޑެއް ނީވުމުން އެކޮޅުން ބުނެލިއަޑު އިވުނެވެ. އެވަގުތު މައިޝާވެސް ފާހާނައިގައި އުޅެފައި އަވަހަށް ނިކުތީ ކޮޓަރި ތެރޭގައި އަޑުބާރު ވުމުންނެވެ.
” ކިހިނެއްވީ…؟ ” މައިޝާ ބޭރަށް ނިކުތްއިރު މިސްރާ ރޯން އިންތަންފެނުމުން މައިޝާއަށް އަހައިލެވުނެވެ. އޭރު މުނީރާ ކޮޓަރީގެ އަލަމާރި ހުޅުވާލާފައި އޭނަގެ އަތްދަބަހަށް އަތުގައި ހުރި ފައިހާކޮޅު އަޅާލައިގެން ނިކުންނަނީއެވެ. ކުލާސް ކުއްޖެއްގެ ގޭގައި އުޅެފައި މިޝާވެސް އައިސް ވަނީ އެވަގުތުއެވެ.
” ދޮންތާ..! ކީއްވެ ތުއްތި މިރޮނީ…! ” މިސްރާ ކައިރީގައި މަޑުކޮއްލައިގެން ހުރި މައިޝާއަށް ބަލާލަމުން ބުނެލިއެވެ.
” ދަރިފުޅާ…! ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން މާލެ ގެނެސްފި…! ” މުނީރާއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. ލޯފެންކަޅިވެފައި ހުރިއިރު މޫނުމަތިންވެސް ފެންނަނީ ހިތާމައިގެއަސަރެވެ. އަޅާފައި ހުރި ބުރުގާ ރީތިކޮއްލަމުން މުނީރާ އޭނަގެ އަތް ދަބަސްނަގާ ކޮނޑުގައި އަޅުވާލަމުން ބޭރަށް ދާން ހިނގައިގަތެވެ.
” މަންމާ އަހަރެންވެސް ދާނަން…! ” އެވަގުތު މައިޝާ ބުނެލިއެވެ. އެންމެންވެސް ދާން ބޭނުންވުމުން ގޭތަޅު ލާފައި ކާރަކަށް އަރައިގެން އޭ.ޑީ.ކޭ ހޮސްޕިޓަލަށްދިޔައެވެ. ހޮސްޕިޓަލް ތެރެއިން މުނީރާއަށް ހާދީއާއިއެކު މަސެއްކަތްކުރާ އަދުނާނުއާއި ދިމާވިއެވެ.
” ހާދީއަށް ކިހިނެއްވީ…؟ ” މުނީރާ ގޮސް އަދުނާނު ކައިރީގައި މަޑުކޮއްލަމުން ބުނެލިއެވެ.
” ނޭގެ…! ހާދީ ވަރަށް ވަރުބަލިއެބަވެއޭ ކިޔާފައި އެތަނުގައި ހުރި ގަހެއްގެ ހިޔަލަށްދާން ހިނގައިގަތީ…! ތަންކޮޅަކަށް ދިޔަތަނުން ހާދީ ވެއްޓުނީ…! އަހަރެން ގޮސް ނެގިއިރު ހާދީގެ އަނގައިން ހުރީ ލޭއައިސްފަ…! ” އަދުނާނު ކިޔައިދިނެވެ. އެވަގުތު އެމަޖެންސީ ރޫމުން ޑޮކްޓަރަކާއި ނަރުހެއް ނިކުމެ ހާދީގެ އެހީތެރިންނަކީ ކޮބައިތޯ އަހައިލިއެވެ. އަދުނާނާއި މުނީރާ އެނަރުސް ކުއްޖާކައިރިއަށް ގޮސް މަޑުކޮއްލިއެވެ. މައިޝާވެސް މިސްރާމެން އެތާ ގޮނޑިއެއްގައި ބައިތިއްބާފައި ގޮސް މުނީރާމެން ކައިރީގައި މަޑުކޮއްލިއެވެ.
” މީ ހާދީގެ އަންހެނުން މުނީރާ…! ” އަދުނާނު އެނަރުސް ކުއްޖާކައިރީގައި ބުނެލިއެވެ.
” ހާދީގެ ސިކުނޑީގެ ނާރެއް ފިތިފައި އިނީ…! ވީއެންމެ އަވަހަކަށް ބޭރަށް ދިއުން ރަނގަޅީ…! މާލަސްކޮއްފިނަމަ ފަހަރެއްގައި ނުކުޅެދޭ މީހަކަށް ވުމަކީވެސް އެކަށީގެންވާކަމެއް…..! ” އެޑޮކްޓަރ މުނީރާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. ޑޮކްޓަރ އެހެންބުނުމާއެކު މުނީރާއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. މައިޝާގެ ލޮލުންވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައި ގަތެވެ. އޭރު އަދުނާނު މުނީރާއަށް ހިތްވަރު ދެމުންގެންދިޔައެވެ. އަދުނާނު މުނީރާ ގޮވައިގެންގޮސް މިސްރާމެންތިބި ގޮޑީގައި ބޭންދިއެވެ.
” ހިތްވަރުކުރޭ މުނީރާ…! މުނީރާ ތިހެން ހެދީމަ މިތިބަ ކުދިންނަށް ވާނީ ކިހިނެއް…! އެކަލާނގެ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ…! ” އަދުނާނުގެ އަޑުގައިވެސް ވަނީ މޮޅިވެރިކަމެވެ.
” އަހަރުމެން ކިހިނެއް ބެރަށް ދާނީ…! ހާދީއަށް ލިބޭ އެއްޗަކުން ގިނަފަހަރަށް އޮންނަނީ ދެކޮޅުވެސް ނުޖެހިފައި…! ކިހިނެއް ދެން އަހަރެން ހަދާނީ…! ” މުނީރާއަށް ހަދާނެ އެއްގޮތެއްވެސް ނުވިސްނުނެވެ. އެވަގުތު މައިޝާގެ ފޯން ރިންގުވާންފެށުމުން ޖީބުން ފޯންނަގާ ބަލާލި އިރު ގުޅަނީ ފާޒިންއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.


Varah reethi…alhe plx thankolheh dhigu kohladhybala
Wow.. V salhi mi part vzz..
V salhi
V.v.v nice waiting for de next part
Thanks all… next part maadhan up kohdhevey thw balaanan
Vvvv reeethi …. Thankolheh dhigukn genesdheeeba plx
Reethi ekm haadha kurey
vv nice bt its too short
Very nice watin next part
wowww v nice mi part ves….next part avas koh up kohdeyne kamah unmeed kuran
Thankolheh kuru …ekamaku mi part ves vvv reethi 🙂
Wow….vara reethi
miwaahaka kiyaa myhegge vx naaru fitheyne..pix pix..
Haadha lahey up vaalehh