* ދީވާނާ ކޮށްލާފާ ވާތީ، ލޯތްބަށް އޭދިގެން ރޯލީމޭ * ހޯދަން ނޭދެން ލޯތްބެއް ތީނުން * ލިބެން ނެތުމުން ރޯލީމޭ* ޕާކުުގެ މެދެއްހާ ހިސާބުގައި ބަހައްޓާފައި ހުރި ޖޯލިތަކުގެ ތެރެއިން ތިންވަނަ ޖޯލީގައި އިށީނދެގެން އިން އަލާވްޔާ އޭނާގެ ހިތުގެ އުދާސްތައް ލަވައެއްގެ ސިފައިގައި ބޭރު ކުރަމުން ދިޔައެވެ. އޭނާގެ އަތުގައި މުށި ކުލައިން ޖަރީކުރެވިފައިވާ ވަރަށް ރީތި ގިޓާރެއް ވެސް އޮތެވެ.
*ލޯ ކަރުނުން ފުރާ، ވާ ހާލުގައި، ލޯތްބަށް ޖަހާމީ ސަލާމޭ ހުވާ* ލޯތްބާ ރުހުން، ދީފައި ނެތަސް، ހެވޭ ހިތް ހަވާލު ކުރަން ހެޔޮހިތުން * ދީވާނާ ކޮށްލާފާ ވާތީ، ލޯތްބަށް އޭދިގެން ރޯލީމޭ * ހޯދަން ނޭދެން ލޯތްބެއް ތީނުންް * ލީބެން ނޭނގުމުން ރޯލީމޭ *
ލޯމަރައި ގެން އިނދެ ލަވަ ކިޔަމުން ދިޔަ އަލާވްޔާގެ ފިނިފެންމަލެއް ހާ ރީތި އަދި ފުރިހަމަ ދޮން މޫނު ވަނީ އެއްކޮށް ރަތް ވެފައެވެ. ގިސްލަ ގިސްލާފައި ލަވަ ކިޔަމުން ދިޔަ އަލާވްޔާގެ މޫނު މަތީގައި އެއްވެސް ކަހަލަގެ އުޖާލާ ކަމެއް ނެތެވެ.
ކުއްލިއަކަށް ޖެހި ބާރު ގުގުރިއަކާއި އެކު ވިދިވިދިގެން މަޑު ދެ ގުގުރި ޖެހިއެވެ. އިސާހިތަކު މާ ލަސްތަކެއް ނުވެ ތުނި ތުނިކޮށް ވާރޭ ވެހެން ފެށިއެވެ. ހީވާ ކަހަލައެ، އަލާވްޔާ މި ކިޔާ ލަވައަށް މޫސުން ވެސް އެއްބާރުލުން ދެނީއެވެ. މަޑު މަޑުން ވެހެމުން ދިޔަ ވާރޭ ތިކިތައް މާޔާ ތެއްމަމުން ދިޔަ ނަމަވެސް އޭނާ އެތަނުން ތެދުވާކަހަލަ ޙިޔާލެއް ނުކުރެއެވެ. އެހެން އެންމެންނަށް މިއީ އާދައިގެ ލޯބީގެ ލަވައަކަށް ވީނަމަވެސް މި ލަވައަކީ އަލާވްޔާއަށް ވަރަށް މާނަ ފުން ލަވައެކެވެ. މިލަވައިގެ ކޮންމެ ލަފުޒެއް ވެސް ވަނީ އޭނާގެ ދިރިއުޅުމާއި ގުޅިފައެވެ. އަލާވްޔާ ހަމަ އެއިން ގޮތަށް ޖޯލީގައި ލަވަ ކިޔަން އިނދާ ވާރޭ ބޯކޮށްލިއެވެ.
ވައި ގަދަވެ އަލާވްޔާ އިށީނދެގެން އިން ޖޯލި ކައިރީ ހުރި ގަސްތައް ނުކިޔަމަންތެރިކަމާއި އެކި ބާރު ބާރަށް ހެލެން ފެށިއެވެ. ވާރޭ ވެހެން ފެށުމުން މަގުތައް މަތީގައި ޙަރަކާތްތެރިވެ އުޅުނު މީހުންތައް އަވަހަށް އެމީހުންގެ ގޭގެ ހިޔާވަހިކަމުގެ ދަށަށް ވަދެ ވާރޭއަށް ފިލިއެވެ. އެހެން މީހުންނެކޭ އެއްފަދައިން އަވަހަށް ގެއަށް ދިއުމަށް މާއިޝް ވެސް ހިނގައިގަތެވެ. ނަސީބު ރަނގަޅު ކަމުން މާއިޝް ގެއިން ނިކުތް އިރު ނިކުތީ ވާރޭ ވެހި ދާނެ ކަމަށް ކުޑައެއް ހިފައިގެންނެވެ. މާއިޝްއަށް އޭނާގެ ގެއަށް ވާސިލްވެވެން އޮތީ ޕާކު ހުރަސްކޮށްފައި ކަމުން ޝޯޓްކަޓެއް ނަގަން ވެގެން މާއިޝް ޕާކު އެތެރެއަށްވަނެވެ.
ތަންކޮޅެއް ދުރަށް ދެވުނު ތަނާ އަހާން ލޮލުގައި ތަންކޮޅެއް ދުރުގައި ހުރި ޖޯއްޔެއްގައި އިށީނދެގެން އިން އަންހެން ކުއްޖަކު އަޅައިގަތެވެ. ވެހެމުން ދިޔަ ބޯ ވާރޭ ތެރޭގައި އެކަނިމާއެކަނި އެ ކުއްޖާ އިނުމުން މާއިޝް ކަންބޮޑުވިއެވެ. އެކުއްޖާ ފަހަތަށް އެނބުރިގެން އިނުމުން މޫނު ފެންނަ ގޮތެއް ނުވިއެވެ. މަޑު ފިޔަވަޅު ތަކެއްގައި މާއިޝް އެކުއްޖާއާއި ދިމާލަށް މިސްރާބުޖެހިއެވެ. ޖޯއްޔާއި ތަންކޮޅެއް ކައިރިވީތަނާއި މާއިޝްގެ ކަންފަތުގައި އެކުއްޖާ ކިޔަމުން ދިޔަ ލަވަ ޖެހުނެވެ.
މާއިޝްގެ ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. “އެއީ ހަމަ އެ އަޑު. ހަމަ އެ ލަވަ. އަނެއްކާ އޭނާ މާލެ އައީ ބާ، އެކަމަކު… ނޫން ނޫން މިއީ އޭނާއަށް ވެގެން ނުވާނެ” ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނާޅައި ހުރިތަނަށް ޖަހައިފައިވާ ބުދެއްހެން މާއިޝް ޙިޔާލުތަކަށް ގެއްލިފައި ހުއްޓެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މާއިޝް ކުރިއަށް ފިޔަވިއްސެއް އަޅާލީ، އެ އަންހެން ކުއްޖަކީ ހަމަ އޭނާ ތޯ ބެލުމަށް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް އެދެމުން ދާދިއުމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. އަތުގައި ތުރުތުރު އަޅަމުން ދިޔަ ޙާލު މާއިޝް އެކުއްޖާގެ ކޮނޑުގައި އަތްް ބާއްވާލުމަށްފަހު އެއީ އޭނާއަށް ނުވޭތޯ ދުޢާ ކުރަމުން ލޯ މަރާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

Nice stry darl… whn nxt… curiously waitin… n nxt part thankolheh dhigu khlahcheyyy…
Thank you she_rrr❤️ inshallah next part miahvure dhigu vaane
OMG I just clicked this story cause I saw hardin and tessa. Wowwww ? ❤️???? this story is awesome can’t wait any longer for next part ? avahah upkohlahchey ?
Awwwwn I love them too??? and thanks for liking my story… Means a lot❤️ knme part eaves mi up kohlanee eyge kuriah onna part liye nimuneema… So next part Sundayga inshallah up kohlaanan… But maybe esfiya meehun story ah review kohfa up kuran Las vedhaane
Wow vvvv salhi Hama best ♥️♥️
Whn next??
Thanks❤️ next part Sundayga up kohlaanan.. Nuvatha faharehga eyge kurin ves up kohlaanan…. Keep waiting sweetie
Thank you she_rrr❤️ inshallah next part miahvure dhigu vaane